Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 18

darkangel Level 210 Stories
March 24, 2015 4 Mins Read
22 Comments

“ޒާޔާ، ދައްތަބުނީމެއްނު ދިރިއުޅުމުގައި އެތައް ކަމަކާ ކުރިމަތިވާނެއޭ، ތިގޮތަށް ހިތްވަރުދެރަކޮށްގެން އެއްވެސް ކަމެއް ކާމިޔާބެއް  ނުވާނެ، ދައްތައަށް ޔަގީން ޒާޔާ ދޫކޮށްލި މީހަކު ޒާޔާ ދޫކޮށްލާނީ އެއީ އެމީހަކަށް ނުވިސްނޭތީކަން، ޒާޔާތިއީ ވަރަށް ރަނގަޅުކުއްޖެއް އެހެންނު، ދެން އެކަހަލަ މީހަކަށްޓަކައި ކީއްކުރަން ރޮނީ، މިހާރު ކޮލެޖުކިޔެވުންވެސް ފެށެން ކައިރިވީ، ދެން އެކަމާ ވިސްނަން ހަދައިގެން ޒާޔާގެ ކިޔެވުން ހަލާކުވެއްޖެއްޔާ އެދުވަހުން އަދި މާދެރަވާނެއްނު، އެން، ޔޫ އާރ ގޮއިންގ ޓް ފޯލް އިންލަވް އަގެއިން، އެން އިޓްސް ގޮއިންޓްބީ ބިޔުޓިފުލް އޭޒް މަޗް އޭޒް ފަސްޓްޓައިމް، އެން ޔޫއާރ ގޮއިންގޓް ފޮރގެޓް އެވްރީތިންގް އޯކޭ، ދައްތަގެ ބަސް ޒާޔާ ގަބޫލުކުރަމެއްނުދޯ، އެހެންވީމަ މީގެފަހުން ދެން ނުރޯތި، އެން ތިކުއްޖަކަށް ދައްކާލަބަ ތިއީ ބަލިކަށި ކުއްޖެއްނޫންކަން އިނގޭ” ޒާޔާއަށް ވިސްނައިދިނުމަށް ސަލްމާ އެކިގޮތްގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނަގެ ހިތުގައިވި ޒާޔާއަށްވީ ފޫހިކަމަށްވެސް އެގަޑީގައިވީ ކިހިނެތްކަމެއް ނޭނގެއެވެ. ހީވީ އަމިއްލަ ދަރިއަކަށް ވިސްނައިދިންހެނެވެ. ޒާޔާއިދޭތެރޭ ބެހެއްޓުން ގާތްކަންވެސް އޭނައަށް އިހުސާސްވީ އެކޮޓަރިން ނިކުތްފަހުންނެވެ.

ސަލްމާ ވާހަކަ ދައްކާފައިދިޔަފަހުން ޒާޔާ ކުޑަކޮށް ހަމަޖެހިލިއެވެ. އެތަށް އަހަރަކަށްފަހު އެހާގާތްކޮށް ވާހަކަ ދެއްކިއެއީ ފުރަތަމަފަހަރެވެ. ސަލްމާ ދެއްކިވާހަކަތަކާއި ދޭތެރޭ އޭނަވިސްނާލިއެވެ. އެއީ މުޅިންވެސް ރަނގަޅޫވާހަކަ ތަކެއްކަން އޭނައަށްވެސް ވިސްނުނެވެ. ވާއަތް ނަގައި އަތުގައި އޮތްކެވެލކޮޅު ނެގިއެވެ. އަލަމާރީގެ ތެރޭގައި އޮތް އޭނާގެ ޑައިރީނަގައި އެފޮތުގެ ތެރެއަށް އެލައި ލައްޕާލުމަށްފަހު އިރުކޮޅެއްވަންދެން އެނދުމަތީގައި އެފޮތް އުނގުމަތީގައި ބާއްވާލައިގެން އިނެވެ. ކުޑައިރުކޮޅެއްފަހުން ސްޓަޑީޓޭބަލް ކައިރިއަށްގޮސް އިށިއިދެފައި ފޮތް ހުޅުވާލުމަށްފަހު ހުސްގަނޑެއް ހޯދާލިއެވެ. އަދި ލިޔެލިއެވެ.

“މިންޖުކުރަމުން އަހަރެންގެ ހިތް، މިންޖުކުރަމުން ތިޔަ އިންތިޒާރުން،

     މިންޖުކުރަމުން ތިޔަހަނދާނުން، މިންޖުކުރީ ތިޔަލޯބީގެ ނިޝާން”

އަދި އެފޮތުގެ ކަނެއަގައި އެކެވެލިކޮޅު ހަރުކޮށްލިއެވެ. ހިތާއިހިތުން އެހާފިނޑިނުވުމަށް އަޒުމް ކަނޑައެޅިއެވެ. ރާއިންގެ ހިޔާލުތަކާއި އެލޯބި ހިތުން ފިލައިގެން ނުދިޔަކަމުގައިވިނަމަވެސް ހިތުގެ ކަނެއްގައި ރައްކާކުރުމަށް ނިންމިއެވެ. އޭނައަކީ ބަލިކަށި މީހެއްނޫންކަން ހާމަކުރަން ބޭނުމެވެ. އެހެންމީހަކަށް ދައްކާކަށެއްނޫނެވެ. ނަމަވެސް އަމިއްލަ ނަފްސަށް އެޔަގީންކަން ދިނުމަށެވެ. އެރޭ އޭނަނިދަންއޮތީ އެކަން ހިތުގައި އަޒުމް ކަނޑައަޅަމުންނެވެ.

     ޖެހިގެންއައިދުވަހުގެ ހެނދުނެވެ. ބަދިގެއަށްވަތް ސަނާއަށް ހައިރާންކަމެއް ލިބުނީ މޭޒުކައިރީ ފިޔާކޮށަންހުރި ޒާޔާފެނިފައެވެ. ބަދިގެތެރެއިން ނުފެންނަތާ ދުވަސްކޮޅެއްފަހުން ފެނުނީމައެވެ. ޒާޔާގާތަށްގޮސް ކޮށށްޓާލުމަށްފަހު ހަމަރަނގަޅަށްވެސް އެއީ އޭނަހެއްޔޭ މަޖަލަކަށް އަހާލިއެވެ. ކޮންމެކަމެއްވިކަމުގައި ނަމަވެސް މިހާރު ޒާޔާއެހުރީ ހަމަޖެހިފައިކަން ނުރާ ދެނެގަތެވެ. އެހެންވުމުން އިތުރަށް އެއީ ކޮންކަމެއްތޯ އަހައިގެން އޭނަގެ މޫޑު ގޯސްކުރުމުގެ ބޭނުމެއް ނެތެވެ. އަބަދުވެސް ވާހަކަ ދައްކާގޮތަށް ގާތްކޮށްވާހަކަ ދައްކަމުން ހެނދުނުގެ ސައިހަދާ ނިންމާލިއެވެ.

     ހެނދުނު ސައިބޯން ނުކުތް ނޫރާއަށްވެސް ޒާޔާއަށް އައިސްފައިވާ ބަދަލުފާހަގަކުރެވުނެވެ. ސަނާގާތުގައި އޭނަ ޒާޔާއާއި ވާހަކަދެއްކީތޯ ސިއްރުސިއްރުން އަހާލިއެވެ. ސަނާ ޒާޔާއާއި ވާހަކަދެއްކީ ސަލްމާކަމުގައި ބުނެލިއެވެ. އަދި އިތުރަށް އެކަމާއިބެހޭގޮތުން ޒާޔާއާއި ވާހަކަނުދެއްކުމަށްވެސް ބުނެލިއެވެ.

     އެހެންދުވަސްދުވަހާ ހިލާފަށް މިއަދު ޒާޔާ، ޔާނާއާއި އިސްވެ ވާހަކަދެއްކިއެވެ. ޔާނާގެ އިތުރުން މިކަންވެގެންދިޔައީ ރާއިންވެސް ހައިރާންކުރުވި ކަމަކަށެވެ. ޔާނާ އައިފަހުން އަދި އެހާގާތްކޮށެއް ޒާޔާ ޔާނާއާއި ވާހަކަ ނުދައްކައެވެ. އެއާއި ހިލާފަށް ރާއިންއެއީ އިންމީހަކަށްވެސް ޒާޔާ ހަދާނުލިއެވެ. އެންމެފަހަރަކު ބަލާވެސް ނުލައެވެ. އެތަށްދުވަހަކަށްފަހު އެތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެފައި ވިއެވެ. ނަމަވެސް ރާއިންއަށް ނުވިސްނުނީ އެއީ ކިހާހިތްވަރަކަކުން އޭނަގެނެސްފައިވާ ހިނިތުންވުމެއްކަމެވެ. އަދިވެސް އެހިތުގައި ކުރިއެކޭ އެއްވަރަށް ވޭންއަޅާކަމެވެ.

“ޔާނާ ދަރިފުޅު މިހާރު ފުރުން އޮތީކޮންއިރަކުތަ؟” ސައިބޯންތިބެގެން ވާހަކައިގެ ތެރެއިން ސަލްމާއަހާލިއެވެ.

“މަމް ތިއުޅެނީ ޔާނާ އަވަހަށް ފޮނުވާލަންތަ؟” ކުޑަހީލުމަކާއިއެކު ރާއިން އެހެން އަހާލީ ކޮންމެހެން އެވާހަކައިގައި ބައިވެރިވާކަށެއްނޫނެވެ. ނަމަވެސް އެކަމުގެ ސަބަބުން ޒާޔާއަށް އެއްވެސް ބަދަލެއްއާދޭތޯއެވެ. އެހެންނަމަވެސް ރާއިންގެ އެސުވާލުން ޒާޔާއަށް އެއްވެސް ބަދަލެއް ނައެވެ. ނޫރާއާއި ކޮންމެސް ވާހަކައެއް ދައްކަން އޭނައިނީ އެވާހަކަ އަޑުނީވޭތީކަމެއް ނުނީ އަޑުނީވޭކަމަށް ހަދަންވެގެންކަމެއް އޭނައަކަށް ނުވިސްނުނެވެ. ރާއިންގެ ސުވާލުން އެންމެން ކުޑަކޮށް ހީލިއެވެ. ޔާނާގެ ފުރުން ލަސްވެފައިވަނީ އޭނަގެ ބައްޕަ އެހަފްތާތެރޭ މާލެ އަންނަން ހަމަޖެހިފައިވުމާއި އެއްކޮން އޭނަގެ ބައްޕައާއި އެއްކޮން ދިއުމަށް މަޑުކުރާތީކަން ޔާނާ ސަލްމާއަށް ސާފުކޮށްދިނެވެ.

ޔާނާގެ އުޅުމަށް އައިބަދަލުން ރާއިން ހަމަޖެހުނުނަމަވެސް އޭނަގެ ހިތުގައި ނޭނގޭ  ބިރުވެރިކަމެއް އެކަމާއިގުޅިގެން އުފެދެމުން ދިޔައެވެ. ވިސްނާވިސްނާވެސް އޭނައަކަށް ނޭނގުނެވެ. އޭނަ ޕްލޭން ކުރިގޮތާއި އެއްގޮތަށް ހުރިހާކަމެއް ވެނިމުނީއެވެ. ޒާޔާވެސް އެކަން ހަނދާންނައްތާލާފައި ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ނިންމައިފިއެވެ. ނަމަވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އަނެއްކާ އަނެއް އިމްތިހާނު ކުރިމަތިވާން އުޅެނީބާއެވެ.

ޖެހިގެން އައި އާދިއްތަ ދުވަހު ޒާޔާގެ ކިޔެވުންވެސް ފެށިއްޖެއެވެ. އޭނަ އަޒުމް ކަނޑައަޅާފައިވަނީ އޭނގެ ކޯސް ނިމުމުން އެއާއިލާއާއި ވީހާވެސް ދުރަކަށް ދިއުމަށެވެ. އެކަން އެންމެ ފަސޭހައިން ވާން އޮތީ އޭނަގެ ޓީޗިންކޯސް ނިމުނީމައެވެ. އޭރުން ރާއްޖެތެރޭ ރަށަކުންވެސް އޭނައަށް ވަޒީފާ ހަމަޖެއްސިދާނެއެވެ. ރާއިން ނުފެންނަހާ ދުރަށްދެވިދާނެއެވެ. ކިޔެވުންފެށުމުން ޒާޔާއާއި ރާއިން ބައްދަލުވާލެއް އިހުނަށްވުރެވެސް މަދުވިއެވެ. ރާއިންގެ ހަނދާންތަކާއިއެކު އެހެނަސް ހަމަޖެހިގެން އުޅެން ޒާޔާ އާދަކުރަމުން ދިޔައެވެ. ހަމައެގޮތަށް ރާއިންވެސް އޮފީހުގެ ކަންކަމުގައި ގިނަވަގުތު މަސްއޫލުވަމުން ދިޔައެވެ. ޒާޔާގެ ހަނދާންތަކުން އެހިތް ދުރުކުރުމަށެވެ. ނަމަވެސް އަދިވެސް ޒާޔާ ފެންނަ ކޮންމެފަހަރަކު އެހިތުގައި ތަފާތުވިންދެއް ޖަހައެވެ. އެލޯބި ލިބުމަށް އަދިވެސް އެހިތް އެދެއެވެ. އެއަތުގެ ތެރެއަށް ޒާޔާގެނެސް ލޯބިކޮށްލުމަށް އެދެއެވެ. ނަމަވެސް ނަމަވެސް އެއިން ކޮންމެ ހިޔާލެއް ހިތުގެ ތެރެއިން ނެރެ ހަގީގަތާއިކުރިމަތިލުމަށް ސިކުނޑިން ވިސްނައިދެއެވެ.

ޖެހިގެންއައިދުވަހުގެ ހެނދުނެވެ. ޒާޔާގެ ކިޔެވުންފެށުނުތާ ހަތަރުވަނަ ދުވަހެވެ. އެންމެން ތިބީ ސައިބޯށެވެ. “ދަރިފުޅު އޮފީހަށްދަމުން ސައިކަލުގައި ޒާޔާ ކޮލެޖަށް ލައިދީފައި ދާތި، އެއްކާރުއޮތީ ހަލާކުވެފަ، ބައްޕަ ވީ އަނެއްކާރުގައި ގޮސް، ބުނީ ނާދެވިދާނެއޭ،” ސަލްމާ ރާއިންގާތުގައި ބުނިވާހަކައަކުން ޒާޔާއަށާއި ރާއިންއަށް ހީވީ އެތާގައި ބޮމެއް ގޮވިހެނެވެ. ހިތުގެ ތެޅުންވެސް ކުއްލިއަކަށް ހުއްޓުނުހެން ހީވިއެވެ. ޒާޔާއަށާއި ރާއިންއަށް އެކަކު އަނެކަކަށް ބަލާލެވުނީ އެއްކޮށެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް އެއީ ކުރަންބޭނުން ނުވާކަމެއްކަން ހާމަވާން ހުއްޓެވެ. ދައްކާނެ ބަހަނާއެއް އެކަކުގެ ހިޔާލަށްވެސް އެގަޑިއަކު ނައެވެ. ޔާނާއަކަށްވެސް އެއްޗެކޭ ބުނާކަށެއް ނުކެރުނެވެ.

ސައިބޮއިނިމިގެން ގޭދޮރުމަތީގައި ސައިކަލު މަޑުކޮށްލައިގެން ރާއިންއިނީ ޒާޔާ ނިކުންނާނެ އިރަކަށެވެ. ޒާޔާއަށް ވާނެގޮތްވެސް އޭނައަށް އިހުސާސް ކުރެވެއެވެ. އޭނައާއި ހެދި ހިތާއިދެކޮޅަށ ކިތައް ކަންތައް ކުރަން ޒާޔާއަށް މަޖުބޫރުވާނެބާއޭ ހިތަށް އަރަމުންދިޔައެވެ. ކުޑައިރުކޮޅެއްފަހުން ޒާޔާ ދަބަސްކޮނޑުގައި އަލުވާލައިގެން ގެއިންނުކުތެވެ. ރާއިންއާއި ކައިރިވަމުންދާވަރަކަށް އޭނަގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. ކޮޓަރީގައި އެތައްއިރަކު މަޑުކުރުމަށްފަހު ނިކުމެގެން އައީ އެއީ އަދި ރަނގަޅުގޮތް ނޫންވީމައެވެ.

“އިޓްސް އޯކޭ، އަހަރެން ކާރެއްގައި ހިނގައިދާނަން” ރާއިންއާއި އަރާހަމަވުމުން ޒާޔާ މަޑުމަޑުން ބުނެލިއެވެ.

“ގަޑި ޖެހެނީ……. އަރާ” ރާއިން މަގަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ޒާޔާ ގޭތެރެއިން ނުކުތީއްސުރެ އޭނަ އެއިންނަނީ އަވި އައިނު އަޅާލައިގެން މަގަށް ބަލަހައްޓައިގެނެވެ. ޒާޔާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ. ގަޑިވެސް ޖެހެނީއެވެ. ކާރެއްހޯދައިގެން ދާން ލަސްވާނެއެވެ. އެންމެ ފަހުން ސައިކަލުގައިދާން ނިންމިއެވެ. ރާއިންގެ ކޮނޑުގައި ހިފަހައްޓާލުމަށްފަހު ސައިޑަކަށް އަރާ ހަމަޖެހިލިއެވެ. ރާއިންއަށް މަޑުއާހެއް ބޭރުކޮށްލެވުނެވެ. ލޯމަރާ ބާރުކޮށްލުމަށްފަހު ހުޅުވާލާލައި ސައިކަލު ދުއްވާލިއެވެ. ރާއިން ކުއްލިއަކަށް ސައިކަލު ދުއްވާލުމުން ޒާޔާއަށް ރާއިންގެ ބަނޑުގައި ހިފަހައްޓާލެވުނެވެ. ރާއިންއަށް ބުރެކި ޖައްސާލެވުނީ ލިބުނު ސިހުމަކުންނެވެ.

“ސޮރީ،” ދުލުގައި ދަތް އަޅާލަމުން ލޯމަރާލުމަށްފަހު މަޑުމަޑުން ޒާޔާބުނެލިއެވެ. އަދި ރާއިންގެ ގައިން ދޫކޮށްލިއެވެ. ރާއިންއަށް އެގަޑީގައި އަމިއްލަނަފްސަށް ހީލެވުނެވެ. ކަރުކެހިލުމަށްފަހު އަނެއްކާވެސް ސައިކަލު ސްޓާރޓް ކޮށްލިއެވެ. ކޮލެޖާއި ހަމައަށް ދެވެންދެންވެސް އެކަކުވެސް އެކައްޗެކޭވެސް ނުބުނެއެވެ. ދެހިތުގައިވެސް ވަނީ ހައިޖާނުބޮޑުވެފައެވެ. އެހިނދުކޮޅު ދިގުދެމިގެން ދިއުމަށް ރާއިންއަށް އެދެވުނެވެ. އެހެން އެދެވުމަށް އޭނއަށް އިހުތިޔާރު ނެތްކަން އެނގޭ އިރުވެސް މެއެވެ. ޒާޔާގެ ހިތަށްވެސް އެތަށް އެއްޗެއް އަރާ ފައިބަމުންދިޔައެވެ. ރާއިންއާއި އެހާ ކައިރީގައި އިންނަން ޖެހުމުން ހިއެހިތުގެ ތެޅުންވަނީ ކުރިއަށްވުރެވެސް ބާރުވެފައެވެ. އޭނަ ކާރެއްގައި ދިއުމަށް ރާއިން ގަބޫލުނުވީ އޭނަ ދެރަކުރަން ކަމުގައި ބާއޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ހަގީގަތަކީ ކޮބައިކަން އޭނަ ހަނދާން ނައްތައެއްނުލާނެއެވެ. މަޑުދުވެއްޔެއްގައި ޒާޔާގެ ކޮލެޖާއި ހަމައަށް ގޮސް ސައިކަލު މަޑުކޮށްލިއެވެ. ޝުކުރުއަދާކުރަން ބޭނުންވިނަމަވެސް ޒާޔާއަކަށް އެއްޗެކޭ ނުބުނެވުނެވެ. ރާއިންވެސް އެއްޗެކޭ ނުބުނެ ޒާޔާފޭބުމުން ސައިކަލު ދުއްވާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި… (4 ވަނަ ބައި)

Next

ހިތަކުން ހަމަނުފިލާނޭ…

Next
March 25, 2015

ހިތަކުން ހަމަނުފިލާނޭ…

Previews
March 24, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި… (4 ވަނަ ބައި)

22 Comments!

  1. ummi says:
    March 24, 2015 at 11:52 pm

    V v v v reeethiiii 🙂 🙂

  2. mufff says:
    March 24, 2015 at 11:59 pm

    ekam dhen haadhakurey… alhey aneh part thankolheh avaha gen dheeba plx plx plx

  3. zaayaa says:
    March 25, 2015 at 12:25 am

    Kuru kamun v v foohi

  4. zuby says:
    March 25, 2015 at 12:57 am

    Varahves varah reethi

  5. ammuty says:
    March 25, 2015 at 1:13 am

    Reethi varah..ekam Maa bodah ves kuree genesdhey thankolhu.. Plz Milan rangalhu kohdhee next part ga..

  6. neel says:
    March 25, 2015 at 1:18 am

    Haadha kurey…

  7. Naaz says:
    March 25, 2015 at 7:26 am

    Thankolheh avahah upkoala dheynama haadha rangalhe.salhi

  8. shau says:
    March 25, 2015 at 9:04 am

    alhe haadha kuru koh thi up kuree… but v v v reethi…jst luv it…thnq Darkangel…

  9. schiyy says:
    March 25, 2015 at 10:05 am

    awesome story! ^_^ loved it!! <3 Update soon! 😀 ^^

  10. raain says:
    March 25, 2015 at 10:21 am

    Story vvv salhi… ekam thankolheh kury… dhen ahna part thankolheh dhigu koh genesdheyne kamah uhmeedh kuran… nd keep it up.. gud job… #best_story

  11. luv luvy. says:
    March 25, 2015 at 10:33 am

    Wow wow wow wow !!!! Kiya baath heyyy!!!!! Ehaaavx reethi ingeyy… BT v sad because, kuru vyma ingey… Dhn annna part avahah upload khfa dhigu kh liyaane kamah unmeedhu kuran…….. Brilliant…….

  12. luv luvy. says:
    March 25, 2015 at 10:34 am

    <3<3<3 :- ;-

  13. luv luvy. says:
    March 25, 2015 at 10:43 am

    Kba miadhu same eyna he ehvx habateh nuvey mi part ga

  14. same says:
    March 25, 2015 at 11:07 am

    Wow v habeyxxxx… ekk v sad… hadha kurey dhn ahna prt upload v awahah khdhey thi n v dhigu vx khdhey thi… keep it up… luv luvly same mi habareh vy ey .. same hithah araa mi vahaka drama akah bandhalu waanama ey dhw luv luvly…

  15. neel says:
    March 25, 2015 at 11:12 am

    v reethi ekam haadha kurey

  16. luv luvy. says:
    March 25, 2015 at 11:15 am

    Ofcourse same eurun v habeyxx vaane dhw..

  17. friend says:
    March 25, 2015 at 12:40 pm

    salhi…………..

  18. darkangle says:
    March 25, 2015 at 1:35 pm

    thank you all, n sorry kurukoh genesdhevunyma, next part dhigukoh genesdheveythw v try kuraanan, thank you for reading mu story.

  19. athoo says:
    March 25, 2015 at 10:14 pm

    Mi ulhey writers in mee haadha selfish baeh dw hurihaa faidaa eh vany kiyun theringe sababun ekamuvez liyelaairu neygeyne folhuvathakun kaivatheh hamakuran vx dhen hama jehsumeh kuranee eh

  20. athoo.. says:
    March 26, 2015 at 3:59 pm

    oh reader athoo, please do respect writers. mI story ge author ah vaguthu nuvaathy ey bunefi dhw dhen ehen vee iru mee jehsumah author kuraa kamakah nuvaane ehnu.. that’s not because they are selfish… it’s just because they Don’t Have Enough Time. vaguthu vaa Authors hama gavaaidhun eba upload kurey ehfaharaa 2 to 3 episodes ves… Readers must have patience.. And yes, authors must respect their readers…. vaguthu nuvaathy ey kiyaafa aharu dhuvas vandhen up nokoh bahahtaa vaahaka eh noon but at least 2 weeks in ehfaharu up kureven jeheyne and it’s author’s must.

  21. cherx says:
    March 28, 2015 at 7:20 pm

    konirakun anehbai up kohdheynee…. 🙂

  22. luv luvy. says:
    March 29, 2015 at 10:31 am

    Kba thr myge anebai… Dhn miharu 2 weeks vejje dhw.. Dhn Ava’s khbalandhy. I know u v bxy vane kan vx ekm kiyaahithun nyndheveny ey hama… Plx plx plx..

Comments are closed.

Next Episodeއިންތިޒާރު 19←


All Right Reserved!