Skip to content
އެސްފިޔަ

މި ދެލޯ ފުހެލަ ދޭށޭ ލޯބިން 12

 

އެމަންޒަރު ފެނުނީ ފާހާނާއަށް އައި ޔުނާން އަށެވެ.އެވަގުތު އެތަން ފެނުމާއިއެކު އިތުރު ވަގުތެއްވެސް ބޭކލާރު ނުކޮށް އަވަހަށް އެދިމާލަށް ދުއްވައިގަތެވެ.

އެދިޔަ ބާރުމިނުގައި ގޮސް ނައިނާގެ ކަރުގައިވާ އަތް ނައްޓާލާ އެމީހަކު ޔުނާން އާއި ވީފަރާތަށް އަނބުރާލިއެވެ.އެއީ މީގެ ހާދިސާއެއް ދެފަހަރުވެސް ހިނގައިގެން ކޮލެޖްއިން ވަކިކޮށްފައި ހުރި ޖޮނަތަންއެވެ.

ޔުނާން އައިސް ނައިނާގެ ކަރުގައި ވާ ދެއަތް ނައްޓާލިއެވެ.އެވަގުތު ނައިނާ ލަސްވުމުން އެތަނަށް އައި ސާރާއަށް އެމަންޒަރު ފެނުމާއި އެކު ވަގުރުން ސެކިއުރިޓިއަށް ގޮވުމަށްޓަކައި ހިނގައިގަތެވެ.

އޭރު އެހެން ފިރިހެން ކުއްޖެއް އައިސް ޖޮނަތަން ގޮވައިގެން ހިނގައިގަތެވެ.ޔުނާން އޭނާ އައިސް ފައިވާ ރުޅި ހަމައަކަށް އަޅުވާލިއެވެ.އެވަގުތު ސިކުނޑީގައި ސުވާލެއް ދައުރު ވާން ފެށިއެވެ.މިހާވަރަށް އޭނަ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ؟ މިއީ ދުވަހަކުވެސް އޭނައަށަް ވީގޮތެއްނޫނެވެ.އެވަގުތު ހިތަށް އެި އެއްަޗަކުން ބޯ ހޫރާލެވުނެވެ.

އޭނައަށް އެވާހަކަ ތަކަށް ވުރެ މުހިންމުވީ ފާރުކައިރީގައި ދެފައި މެޔާއި ކައިރި ކޮށްލައިގެން އިން ނައިނާއަށް އެހީތެރި ވުމެވެ.ނައިނާގެ ކުރިމަށްޗަށް ހުއްޓި ޔުނާން ނައިނާ ކޮޅަށް ނެގުމަށްޓަކައި އުޅުނެވެ.ނަމަވެސް އެވަގުތު ނައިނާ ގެނައި ހަރަކާތުން ޔުނާން އަށް ހުއްޓެވުނެވެ.އަދި ނައިނާއާއި ދިމާލަށް ބަލާލެވުނީ ގަބޫލު ނުކުރެވޭ ހާލުއެވެ. އެވަގުތު ނައިނާގެ ދެވަނަ ހަމަލާ ލިބުމުން ކޮލުގައި ވީތަދުން އަތް އެޅިއެވެ.”ކަލޭމެން ފިރިހެނުން ކީއްވެތަ އަންހެނުންގެ ބަލިކަށިކަމުގެ ފައިދާ ނަގަނީ. އެންމެންވެސް ކީއްވެތަ އަހަރެންގެ ހިތާ ކުޅެން އިނގެނީ.އެހެން އަންހެނުންވެސް އެބަތިއްބޭ.އެމީހުން ކައިރިޔަށް ދޭބަލަ. ތިއީ ކޮންމެ ފިރިހެނެއްގެވެސް ވައްތަރޭ.ދުނިޔޭގެ ކުރިމަތީގައި ނުލާހިކު ރަގަޅުވެގަނެގެން އެންމެން ފޮނުވާލާފަ ތިއުޅުނީ ކަލޭވެސް އަހަރެންގެ ކިބައިން ލައްޒަތު ހޯދާކަށް ނޫންތަ؟” ނައިނާ ރޮމުން ރޮމުން ބުނެލިއެވެ. ވެފައި ހުރި ދެރައިންނާއި އައިސްފައި ހުރި ރުޅިން ނައިނާ ވާހަކަ ދެއްކީ ހަމައެކަނި ޔުނާންއަށް ދޭހަވާނޭހެން ސާފު ދިވެހި ބަހުންނެވެ.

އެވަގުތު ނައިނާ ގޮވައިގެން ސާރާމެން ގެޔަށް ދާން ހިނގައިގަތެވެ. ޔުނާން އަށް މިބަސްތަކުގެ ސަބަބުން އޭނާގެ ހިތުގައި ވާ ނައިނާގެ ހިޔާލުތައް ފުސް ނުވީތީ އޭނައަށް ރުޅި އާދެވުނެވެ.ޔުނާންވެސް މޫޑު ހަރާބު ވުމާއިއެކު ހިނގައިގަތީ އޭނަ އުޅޭ އެޕާޓްމެންޓް އަށެވެ.

ނައިނާ ގެޔަށް ގޮސް ސާރާގެ އުނގުގައި އޮވެ ކުޑަ ކުއްޖެއް ފަދައިން ރުޔެވެ.ހިތުގަވާހާ ޝަކުވާތަކެއް ލޯބިވާ އެކުވެރިޔާގެ ކައިރީގައި ބަންޑުން ކޮށްލިއެވެ.އެވަގުތު ސާރާވެސް ހައިރާން ވީ ނައިނާ އެ ކަންކަން އަމިއްލަ ހިތުގައި ބާއްވައިގެން އުޅުމުންނެވެ.އެކުއްޖާގެ ހިތްވަރު ގަދަ ކަމުންނެވެ.ނައިނާ އެއުޅުނީ މީގެ ކުރީގެ  އެތައް ހަދާންތަކެއް ވޭނާއި އެކު ހިތުގައި ފޮރުވައިގެންނެވެ.ސާރާ ގެ ހިތުގައި ކުރިޔަށް ވުރެވެސް ބޮޑަށް ނައިނާއަށްޓަކައި ހަމްދަރުދީ އުފެދިގެން ދިޔައެވެ.

ޔުނާން ގެޔަށް ދިޔުމަށް ފަހު ތާޒާ ވެލައިގެން ބެލްކަންޔަށް ނުކުތެވެ.ރޭގަނޑުގެ އެވަގުތުގައި މުޅި ކޮލެޖްގެ ގޯތި ތެރެ ހީވަނީ ނިދާފައި ވާހެނެވެ.ނަމަވެސް ކުރިމަތިން ފެންނަން އޮތް މަގުގައި ދުއްވަމުން ދިޔ ތަކެތީގެ ސަބަބުން މާހައުލުގެ ހަމަހިމޭންކަން ކެނޑިފައި އެވެ.ހަނދުވެސް އޭގެ ވާޖިބު އަދާ ކުރުމައިގެން އިނެވެ.ތަރިތައްވެސް އެހެން ރޭރެޔައްވުރެ މިރޭ ވަކިން އަލިގަދަ ހެން ހީވެއެވެ.މިއިން އެއަވެސް މަންޒަރަކުން ޔުނާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.ނައިނާގެ ހާލު ބަލާލަން ބޭނުންވަނީއެވެ.ނައިނާ ކިތަންމެ އެއްޗެއް އެވަގުތު ކީކަމުގައި ވިޔަސް ހެވެ.

އޭނައަށް އަދިވެސް ސިފަވަނީ ނައިނާ އެހީ އަކަށް އެދި ގޮވަމުން ދިޔަ ގޮތެވެ.އެކުޑަ ކުޑަ ބަލިކަށި ހަށިގަނޑު ޖަނަވާރެއްގެ އަތްދަށުގައި މަރަށް ތެޅެމުން ދިޔަ ގޮތެވެ.ރޮއި ރޮއި ދުޅަވެފައިވާދެލޮލެވެ.ރުޔުމުގެ ސަބަބުން ރަތްވެފައިވާ ނޭފަތެވެ.ބިރުގެ ކުލަވަރު ފެންނަމުން ދިޔަ ދެލޮލެވެ.މިރޭ ޔުނާން އަށް އެނގުނު ހާވެސް އެއްޗަކީ ނައިނާ ވަނީ ވަރަށް ބޮޑު ވޭނެއް ފިރިހެނެއްގެ ކިބައިން ލިބިފައިކަމެވެ.އެހެންނޫންނަމަ މިރޭ އޭނަ އާއި ދިމާލަށް އެހެނެއް އެއްޗިއްސެއް ނުކީހެވެ.ނަމަވެސް އެވަގުތުވެސް ޔުނާން އަށް ރުޅީގެ ބަދަލުގައި ވެވުނީ ހަމްދަރުދީއެވެ .

އެއަތުގެ ތެރެޔަށް ނައިނާ ލުމަށް ބޭނުންވި ވަގުތު ކޮޅެއްވެސް އައެވެ.މިއީ ހަމްދަރުދީތޯ އެނާގެ އަމިއްލަ ހިތާއި ސުވާލުކޮށްލިއެވެ.ނައިނާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އެހިތުގައި ނޭނގޭ ވިންދެއް ޖަހާލިކަން އޭނައަށް އިހްސާސްކުރެވުނެވެ.ނައިނާ ފެންނަ ކޮންމެފަހަރަކު ހިތުގައި ނައިނާގެ ތަސްވީރު ކުރެހިގެން ދަނީ ފޮހެވިގެން ދާފަދަ އަކުންނޫނެވެ.ހިޔާލުގެ ކަނޑެއްގައި ގެބެމުން ދިޔަ ޔުނާން އަށް ލޯބިވެވިއްޖެ ކަމަށް ހިތުގެ ކަނަކުން އަންގަމުން ދިޔައެވެ.ޔުނާންގެ ތުންފަތްމައްޗަށް ފިރިހެންވަންތަ ހިނިތުންވުމެއް ވެރިވީ އެއީ ތެދެއްކަމަށް އމިއްލަ ހިތްވެސް ގަބޫލު ކުރުމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. zai

    wow wow wow.. yaaaayyy im first dhw.. and yunaan loabi v dhw.. alheyy dear thankolheh avahah up kohla dhehcheyy.. and yes saaraa aa shaaif ge part thah avah genesdhehvun edhen…mi part ves vvv reethi…love you so much sis.. can i call u that??

    1. vanteKTH
      zai

      alheyy thankyou so much zai dear…and yes u r the first..labba dhn avahah up kohladheveythw balaanan nge…dhn anna part noonee eyge anneh prt ga saaraa and shaaif ge bai genesdheveyne… and yes u can call me sis.. lym.. stay safe

  2. naal

    wow vv reethi.. aslu vaahakaige pic attract v ma kiyaalee.. and im your fan .. loved your work.. keep it up!!!

    1. vanteKTH
      naal

      hehe.. pic maa attractive ee dhw.. thank u .. means a lot darla

  3. jimin is jam

    wowwww.. its really nice.. BTW are u an ARMY??

    1. vanteKTH
      jimin is jam

      thank u .. yeah im an ARMY

  4. shaai

    mashallah vvvvvv reethi.. when is next??

    1. vanteKTH
      shaai

      thank u.. maadhama inshallah

  5. saaraa

    mashallah ..neyge bunaane ehcheh vv reethi.. whn is next.. lysm

    1. vanteKTH
      saaraa

      thank u saaraa dear… maadhama inshallah.. lym

  6. shifkko

    wow vv reethi..

    1. vanteKTH
      shifkko

      thankyou shifkko

  7. xeen

    wow.. vv reethi.. BTW ARE YOU A BLINK???

    1. vanteKTH
      xeen

      thank u xeen.. i cant say im a total blink but yeah i love them

  8. shina

    v reethi.. u r so talented hama…

    1. vanteKTH
      shina

      thank u

  9. shimmi

    alhyh.. heevanee vvv rom stry eh hen.. ekm aslu vhk mi part kurukohlaaafa mibunee saraa ourse hadhaa hisaabu kurukohlaafa aslu ga saaraa and shaaif akee hero and heroin v ma emeehunge part genesdhinun kihineh vaane?? aslu mibunelee nge.. its your choice hama.. eyrun i think stry will be more attractive ehn ve….btw i loved this stry.. when is next??

    1. vanteKTH
      shimmi

      hingaa dhw balamaa.. and labba dhn anna part noonee eyaa jehigen anna part ga saaraa and shaaif ge bai genesdheynan ngeyyy.. and its ok hama.. beynun vaa ehcheh buneyh.. eyrun alhugadu stry improve kohlan ingeyne dhw.. vvv ufaavejje hiyaaleh dhineema

  10. Umny ???

    Sara and shaa if ge bai Gina kohlla dhinumo kee varah Gina kiyuntheringe edhumeh so Please do it and vaahaka eh part ah vureh anneh part eba kurevey so correct that mistake please and vaahaka lasvaathee varah varah dhera vey and mi part ves dhen hama Ok ekam mi buneli kanthahthah correct kohla dheyne kamah unmeedhu kuran and be fast please when u will submit the story?

    1. vanteKTH
      Umny ???

      thnk u so so much umny dear.. and madhuvegen 2 parts therey ga alhugadu saaraa and shaaife ge bai genesdheynan inshallah..and alhugadu vhk dhigukohlaanan.. alhugadue vhk lasvane nline class thakuga busy v ma.. ehn kamun e kamah vvv bodah maafah ehdhen..inshallah emme lasvegen maadhama noon aneh dhuvahu kohladheynan

  11. Kairaa

    Varah varah reethi mi bai vx…waiting for the nxt part…lysm

    1. vanteKTH
      Kairaa

      thank u … lym kairaa darl

  12. Aish ? Iya

    Mibai varah kuru ekamaku varah reethi mibai

  13. vanteKTH

    salaam hurihaa readers
    miothee 12 vana bai.. alhugaduge vhk lasvikamah takai vvv bodah maafah edhehn.. alhugadu ge vhk lasv online koh kiyevun feshifai vaatheeve.. inshallah alhugadu balaanan vvv avahah stry up kureveyuthw.. and yes hurihaa kiyuntherin ge ves edhumuge mathin saaraa and shaaif ge bai dhn anna part gai noonee eyaa jehigen anna part ga genesdheynan.. thank u so so much for the support.. ilysm.. stay at home. and stay safe

Comments are closed.