Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަމަވިޔަސް… (3 ވަނަ ބައި)

ކުޑާ Level 110 Stories
March 24, 2015 3 Mins Read
1 Comment

ލިޝާން ކަޔާންއަށް ބަލައިލީ ހައިރާންވެގެންނެވެ. “ނޫރާ ފެނުނަސް ކެންއަށް ކީއް. އެއީ ކެން ވިސްނަންޖެހޭ ކަމެއް ނޫނެއްނު”.. “މަށެއްވެސް ނޫޅެމޭ ނޫރާއާމެދު ވިސްނާކަށް.. މަމިބުނީ މަށަށް މިއަދު އޭނަ ފެނުނު ވާހަކަ އެހާ ގިނަ ދުވަސްވެފަ ފެނުނީމަ މި ބުނީވެސް މިހާރު އޭނަގެ ހަބަރެއް ނުވާތާ މިވަނީ  ހައަހަރު މިހާރު އޭނަހުރީ ވަރަށް ބަދަލުވެސް ވެފަ..” ކަޔާން ލިޝާނަށް އޮޅުން ފިލުވައިދިނެވެ.  “ހޫން ދެން އެންމެ ރަނގަޅޭ ހިނގާ ކޮފީއަކަށް ދާން” ލިޝާން ކަޔާން ގޮވައިގެން ދިޔައީ އާންމުކޮން އެމީހުންދާ ރެސްޓޯރެންޓަށެވެ. ހަވީރު ވަގުތު ކަމުން ރެސްޓޯރެންޓުތެރޭގައި ފުދޭވަރަކަށް މީހުން ގިނައެވެ.

ކޮފީއެއް ބޯލައިގެން ދެ އެކުވެރިން ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް ލިޝާން ދުއްވަމުން ދިޔަ ސައިކަލު މަޑުކުރުމުން ކަޔާން ވީ ކީއްހެއްޔޭ އަހާލިއެވެ. ލިޝާން ދައްކާލީ އައިސްކްރީމް ވިއްކާތަނެއް ކައިރީގައި މަޑުކޮށްލައިގެން ހުރި ނޫރާއެވެ. ލިޝާން  އެދިމާއަށްދާން އުޅުމުން ކިޔާން އޭނާ ހުއްޓުވިއެވެ. ލިޝާންވެސް ދެކޮޅުނުހަދާ ކިޔާންއާއެކު ދިޔައީއެވެ.

 

“ކެން ބުނީހަމަ ތެދެއް ނޫރާ މިހާރު ހުރީ ވަރަށް ބަދަލުވެފަ ކުރިއަށްވުރެ މާރީތި އިސްކޮޅާ އެއްވަރަށް ހަށިގަނޑު ހުރީމަ ކަންނޭނގެ މިހާރު އެހާ ރީތިހެން ހީވަނީ ކުރީގަ ހުންނަނީ ވަރަށް ފަލަކޮށެއްނު” ލިޝާން ކިޔާން ބުނި ބަހަށް އެއްބަސްވިއެވެ. “އަހަރެން ހިތަށް އަރަނީ އޭނަ ކައިރީގައި އެހެރީ ކޮން ކުއްޖެއް ބާއޭ” ކިޔާން ލިޝާންއާ ދިމާއަށް ބަލައިލުމަށްފަހު ބުނެލިއެވެ. “ނޭނގެ ދޯ ވެދާނެއްނު އެއީ ނޫރާގެ ދަރިފުޅު ކަމަށްވެސް ކިޔާންއާ ރުޅިވެފަ އޭނަ އެހެން މީހަކާމެރީ ކުރީކަންނޭނގެ ދޯ” ލިޝާންވެސް ކިޔާންގެ ވާހަކައާ އެއްބައިވެލިއެވެ. “އޭ ދެން އެވާހަކައެއް ނޫނޭ މަދެން މިދަނީ ގެއަށް އިނގޭ” ލިޝާން ދިއުމުން ކިޔާންވެސް މަންމަ ކައިރީގައި ކާނީ އަދި ކުޑަ އިރުކޮޅަކުން ކަމުގައި ބުނެފައި ކޮޓަރިއަށް ވަނެވެ.

ނޫރާ އޭނާގެ އެންމެގާތް އެކުވެރިޔާ އަމާނީ އާއެކު ބޭރަށް ނުކުތީ ތިމާގެ ކުއްޖެއްގެ ކައިވެނި ޕާޓީ އޮންނާތީ ބާޒާރު ކޮށްލާށެވެ. އޭރު ގަޑިން ނުވައެއް ޖަހަން އުޅެއެވެ. ދެމީހުން އެންމެ ފުރަތަމަ ދިޔައީ މަޖީދީ މަގުގައި ހުރި ފައިވާން ފިހާރައަކަށެވެ. ކަމުދާ ފައިވާނެއް ނުފެނުމުން އެފިހާރައިން ނުކުމެގެން ކައިރީގައި ހުރި ފިހާރައަކަށް ދިޔައެވެ. ނޫރާމެން ވަންނަން އައިއިރު ލިޝާން ފިހާރަ ތެރެއިން ނުކުންނަނީއެވެ. ނޫރާއަށް އެވަގުތު ލިޝާން ފެނުނެވެ. ކަޔާންއާ ރައްޓެހިވެގެން އުޅުނުއިރު ނޫރާއަށް ލިޝާން އެނގެއެވެ. ނޫރާވެސް ކޮންމެވެސް ވަރަކަށް ލިޝާންއާ ވާހަކަ ދައްކައެވެ.

އަމާނީ ނޫރާ ހުއްޓުމުން ދަންނަ ކުއްޖެއްހޭ އަހާލުމަށްފަހު ނޫރާ އާއެކު މަޑު ކުރިއެވެ. ލިޝާންވެސް ނޫރާމެން ކައިރީ މަޑުކޮށްލުމަށްފަހު ނޫރާއަށް ގޮވާލިއެވެ. ދެމީހުންވެސް ތިބީ ބީރައްޓެހިވެފައެވެ. މާގިނަ ވާހަކަތަކެއް އެކަކުވެސް ނުދައްކައެވެ. ހާލު އަހާލުމަށްފަހު ނޫރާ އަތުން ނަމްބަރު އަތުލައިގެން ލިޝާން ދިޔައީއެވެ. އަމާނީ ހުރުމުން މާގިނަ ވާހަކަ ތަކެއް ދައްކާކަށް ލިޝާން ބޭނުމެއްނުވިއެވެ. ނޫރާ ލިޝާންއަށް އޭނާގެ ނަމްބަރުު ދިނީ އިތުރު އެއްވެސް މީހަކަށް އޭނާގެ ނަމްބަރު ނުދޭށޭ ބުނެފައެވެ.

ލިޝާން ނޫރާއަށް ގުޅީ ބާޒާރުކޮށް ނިންމާލުމަށްފަހު ނޫރާ ގެއަށް އައިސް ނިދަން ތައްޔާރުވާން އުޅެނިކޮންނެވެ. ލިޝާން ގުޅުމުން ފޯނު ނުނަގަން ހިތަށް އަރާފައިވެސް ނޫރާ ފޯނު ނެގިއެވެ. ކަޔާންގެ ސަބަބުން ލިޝާންއާ ވާހަކަ ނުދައްކާ ހުންނާކަށް ނޫރާ ބޭނުމެއް ނުވިއެވެ. ނޫރާ ހުރީ ލިޝާންއާ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އެހެން ހުއްޓާ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ލިޝާންއެވެ.

“ނޫރާ މިހުރިހާ ދުވަހު ކޮންތާކު އުޅުނީ ނުވެސް ފެނޭ” ލިޝާންވެސް ވާހަކަ ދައްކަން ފަށާނޭ ގޮތެއް ނޭނގިފައިހުރެ ބުނެލިއެވެ. “ހެހެ… ރާއްޖޭން ބޭރުގަ ހުރީ އަދި ރާއްޖެ އައިތާ މިވަނީ ހަފްތާއެއް ކޯސްލިބުނީމަ ދިޔައީ” ނޫރާ ލިޝާންގެ ސުވާލަށް ޖަވާބުދިނެވެ. އެހެންތަ މިހާރު ޖޮބުގަތަ އުޅެނީ ލިޝާން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. “ނޫން ޖޮބު މިހާރު ހަމަ ޖެހިފަ އޮތީ ހަފްތާއެއް ފަހުން ނުކުންނާނީ މިކޮޅުން ޖޮބު ހަމަ ޖެހުނީމަ މިއައީވެސް.. ލިޝާން ކީއްކުރަނީ”.. “އަހަރެން މިހާރު މިއުޅެނީ  އަމިއްލަ ވިޔަފާރިއެއް ފަށައިގެން.. އިރާދަ ކުރެއްވިއްޔާ ވަރަށް ރަނގަޅަށްދަނީ…” ލިޝާން އާއި ނޫރާ ދިހަ ވަރަކަށް މިނިޓު ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ކަޔާންގެ ވާހަކަ ކިތައްމެ އަހާލަން ބޭނުންވި ނަމަވެސް ނޫރާއަކަށް ލިޝާން ކައިރީގައި އަހާލާކަން ނުކެރުނެވެ. ހައަހަރު ފާއިތުވެގެން ދިޔަނަމަވެސް ނޫރާގެ ހިތަކުން ކަޔާން ގެ ހަނދާންތަކެއް ނުފިލައެވެ.

ލިޝާން ކަޔާން ކައިރީ ނޫރާއާއި ދިމާވި ވާހަކަ ބުންޏެވެ.އަދި ނޫރާއާއި ދެކެވުނު ވާހަކަތައްވެސް ކިޔައިދިނެވެ. އޭނާ އެވާހަކަތައް ކިޔައިދިނީ ކަޔާން މާވަރަކަށް ކިޔަން ފެށުމުންނެވެ. “ކެން މާވަރަކަށް ނޫރާގެ ވާހަކަ ތި އަހަނީ ކީއްވެ؟” ކަޔާންއަށް ބުމަ އަރުވާލަމުން ލިޝާން އަހާލިއެވެ. “ސާބަހޭ ޝާން މީނަ ކައިރީގަ ނޯންނާނެ އެއްޗެކޭ އަހާލެވޭ ކަންވެސް” ލިޝާން ކޮނޑުގައި ޖަހަމުން ކަޔާން ބުނެލިއެވެ.

ކަޔާން ކިތައްމެ ނޫން ކަމަށް ހެދުނަސް ނޫރާ ފެނުނު ދުވަހަށްފަހު ނޫރާ މަތިން ހަނދާންވެއެވެ. އެއީ ދުވަހަކުވެސް އޭނައަށް ވީ ގޮތެއް ނޫނެވެ. ކޮންމެ އަންހެން ކުއްޖަކާވެސް ރުޅި ވުމަށްފަހު ކަޔާންގެ ހިތުގައި ދެން އަލުން އެކުއްޖަކާ މެދު އެއްވެސް ޝައުގުވެރިކަމެއް ނުހުރެއެވެ. ނަމަވެސް ނޫރާ ފެނުމުން އޭނާގެ ހިތަށް ގޮތެއް ވެއްޖެއެވެ. ކަޔާން ވަކިވުމުން ނޫރާ އޭނާ ކައިރީގައި ކުރި އާދޭސް ތަކާއި ނޫރާ އޭނައާއި ހެދި އުޅުނު ވަރު ހިތަށް އަރައެވެ. ކިތައްމެ ހަނދާން ކުރަން ބޭނުން ނުވިޔަސް ކަޔާންއަށް އޭނާގެ ހިތަށް ބާރެއް ނުފޯރުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ނަމަވިޔަސް…. (2 ވަނަ ބައި)

Next

ނަމަވިޔަސް… (4 ވަނަ ބައި)

Next
March 24, 2015

ނަމަވިޔަސް… (4 ވަނަ ބައި)

Previews
March 23, 2015

ނަމަވިޔަސް…. (2 ވަނަ ބައި)

One Comment

  1. sal says:
    March 24, 2015 at 11:51 am

    މިވާހަކަ ގެނެސް ދޭން ފެށީމަ އުފާވޭ މިސައިޓުންވެސް. އެކަމް ދިވެހި ވާހަކަ.ކޮމް ގަ އެބޮތް 6 ވަނަ އެޕިސޯޑާއި ހަމައަށް ގެނެސްދީފަ

Comments are closed.

Next Episodeނަމަވިޔަސް… (4 ވަނަ ބައި)←


All Right Reserved!