ފުރަ މެންދަން 5 އަދި 6
ފުރަ މެންދަން 5
…………………………………..
^3^ ކައިން ރައިނާގެ ކޮޓަރިދޮރުގައި ޓަކިޖަހާލިއެވެ. ޖަވާބެއްނައެވެ. ދެތިން ފަހަރު ޖަހާލައިގެން ރައިނާގެ ޖަވާބެއް ނައެވެ. ކައިން އެންމެފަހުން މަޑުކޮށްކޮށް ވަރުބަލި ވެގެން ޓަކި ޖަހާލާފައި އެތެރެއަށް ވަނެވެ. ފެނުނު މަންޒަރުން ނޭވާލާންވެސް ކައިން ހަނދާން ނެތުނެވެ. ^3^
ފާޚާނާއިން ދެންމެއަކު ފެންވަރައިގެން ނުކުތް ޝަވާން ފެނިފައެވެ. ހުރީ ތިރިން ކަޅާއި ހުދު ސްޓްރައިޕް ދަމާލާފައިވާ ސޯޓެއް ލައިގެން އެކަންޏެވެ. ހުރީ ހުސް ގަޔާއެވެ. އޭރުވެސް ފެން ތިކިތައް ގަޔަށް ތަޅަމުން ދިޔައެވެ. “އީކްކްކް…!!!!!” ކައިންއަށް ލޯމަތީގައި އަތްއެޅުނެވެ. “އާވް ޝިޓް..!” ޝަވާންގެ ލޮލުގައި ކައިން އަޅައިގަތީ އިރުކޮޅެއް ފަހުންނެވެ. ކައިން އަނެއްފަރާތަށް އެނބުރުނެވެ. ޝަވާން އަވަހަށް ތުވާލިނަގާ ފެންހިއްކާލަމުން ޓީޝާޓް ވައްޓާލިއެވެ.
“ޔޫ ނިމުނީތަ..؟” ކައިންއަށް އެހުނެވެ. ހިމައަޑަކުންނެވެ. “ހޫނ….” ޝަވާން ބުނެލިވެ. ކައިން ލޯ ހުޅުވާލިއެވެ. ޝަވާން ހުރީ ‘ބޭޑްބޯއި’ ޖަހާލާފައިވާ ކަޅު ޓީޝާޓެއް ލައިގެންނެވެ.
“ކައިން ތިއީ ކޮންކަހަލަ މީހެއް..؟” ޝަވާންގެ އަޑުގައިވަނީ ހުނުމުގެ އަސަރެވެ. ހީވަނީ ހޭން ބޭނުން ވެފައި ހުރިހެންނެވެ. “ހޫމް.. ހީބަލަ ހީބަލަ..” ކައިން ބުނެލިއެވެ. ”ހޭކަށް ނޫޅެމޭ.. އަހަން ބޭނުން ވެގެން މިއުޅެނީ ކީއްވެގެންހޭ ކުއްލިއަކަށް މަގޭ ކޮޓަރިއަށް ވަނީ..؟” ޝަވާން އެއްސެވެ. “މިއީ ރައި ގެ ކޮޓަރިއެއް ނޫންތަ..؟” ކައިންއަށް އެހުނެވެ. “ރައިނާ އޭނަގެ ކޮއްކޮގެ ކޮޓަރިއަށް ބަދަލުވީ.. މިހާރު މިއީ މަގޭ ކޮޓަރި..” ޝަވާން ބުނެލިއެވެ. “ބާއި..” ކައިން އަވަހަށް ނުކުންނަން ހިނގައިގަތެވެ. “މަޑުކޮއްބަލަ..” ޝަވާންގެ އަޑަށް ކައިން ފަހަތް ބަލާލިއެވެ. “ނެވަރމައިންޑް.. ދޭ..” ޝަވާން އެއްޗެކޭ ބުނަން އުޅުނުހެން ކައިންއަށް ހީވިއެވެ. ނަމަވެސް ޝަވާން އެއެއް ނުބުނުމުން ކައިން ރައިނާގެ ކޮއްކޮ ރީންގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެއްސެވެ.
ކައިން ރީންގެ ކޮޓަރިއަށް ވަތްއިރު ރައިނާ ހުރީ ލެޕްޓޮޕުން ފިލްމެއް ބަލާށެވެ. “އޭ މައި ބަޑީ.. މިގަޑީ ކީއްކޮއްލަނީ..؟” ރައިނާ ޕޯސް ކޮއްލަމުން އެއްސެވެ. “ކަމެއް ނުކުރަން.. ފޫހިވެގެން މިއައީ… ރައި ކޯޗެއް ތިބަލަނީ..؟” ކައިން އެއްސެވެ. “ޓްރުތް އޯރ ޑެއަރ.. ބިރުވެރި އެއްޗެއް.” ރައިނާ ބުނެލިއެވެ.
“އެހެންދޯ…؟ ކަމެއް ނެތްތަ..؟” ކައިން އިށީންނަމުން އަހާލިއެވެ. “ހޫމް.. ކަމެއްނެތް.. އެކަމް ކަމެއް ކުރެވިދާނެ.. ހިނގާބަލަ ދާން..” ރައިނާ ކުއްލިއަކަށް ތެދުވިއެވެ. “ކޮންތަނަކަށް..؟” ކައިން އެއްސެވެ. “އަމް.. ވަލަށް..؟ ވަލުގެ އެއްކަލަ ބާ ޓަވަރަށް..” ރައިނާ ޚިޔާލެއް ދިނެވެ. ”ހޫމް ހިނގާ ދަމާ..” ކައިން ބުނެލިއެވެ. “އެބަ އަންނަން ތައްޔާރު ވެގެން.. ކައިން ދޭބަލަ ޝަވާއަށް ގޮވަން.. އޭނާ ކައިރީ ބުނޭ އަހަރެމެންނާއެކީގައި ދާން އަންނާށޭ..” ރައިނާ އަލަމާރިން ހެދުމެއް ނަގާފައި ފާޚާނާއަށްވަނެވެ. “އޭ އޭނަވެސް ގޮވައިގެންތަ ދަނީ..؟ ފަނިހަދާ ރައިނާގަނޑު..” ކައިން ފާޚާނާގެ ދޮރުބުޑުގައި ހުރެގެން ކިޔެވެ. “ދޭބަލަ ބުނަން.. ކީއްވެގެން ލަދުން ތިއުޅެނީ..؟؟” ރައިނާގެ އެސުވާލަށް ޖަވާބުދޭން ކައިން ފަސް ޖެހުނެވެ. އެހެންކަމުން ކައިންއަށް ޖެހުނީ ޝަވާންއަށް ގޮވަންދާށެވެ.
“އެހެމް…؟” ކައިން ޝަވާންގެ ކޮޓަރީގައި ޓަކި ޖަހާލަމުން ގޮވާލިއެވެ. “ކިހިނެތްވީ އަންހެން ކުއްޖާ..؟” ޝަވާންގެ އަޑު އިވުނެވެ. “ކަލެއަށް ކިހިނެތް އެނގުނީ..؟” ކައިން ހައިރާންވީ ޝަވާންއަށް އޭނާގެ އަޑު ވަކި ކުރަން އެނގުމުންނެވެ. “މަށަށް ކީކޭ..؟” ޝަވާން ދޮރު ހުޅުވަމުން އެއްސެވެ. “މިބުނީ.. މަގޭ އަޑު ވަކި ކުރަން އެނގުނީ ކިހިނެތްހޭ.؟” ކައިންއަށް އަދިވެސް ހުރެވުނީ ހައިރާން ވެފައެވެ. “ލަރން ލޮޖިކް ކުއްޖާޔާ…” ޝަވާން ބުނެލިއެވެ. “ދެންހެޔޮ..” ކައިން ދާން ހިނގައިގަތެވެ. “ކީއްވެ ތިއައީ..؟” ޝަވާން ގޮވާލިއެވެ. ކައިން ޝަވާންގެ ކޮޓަރިއަށް އައި މަގްސަދު ހަނދާންވީ ދެނެވެ. “މިއައީ މަށާއި ރައިނާއާއެކީގައި ތަނަކަށް ދާނަންހޭ އަހާލަންވެގެން.. ދާން ބޭނުންނޫނިއްޔާ ހެޔޮ ނަޔަސް..” ކައިން ދުރު ބަލާލަމުން ބުނެލިއެވެ. “ތިއީ ހަމަ އަސްލަށް އަންހެން ކުއްޖާގަނޑު ބުނާ އެއްޗެއްތަ..؟” ޝަވާން އެއްސެވެ. “ހޫނ..” ކައިން ބުނެލިއެވެ. “އާދޭ ދާން..” ޝަވާން ނުކުންނަމުން ބުނެލިއެވެ.
އޭރު ރައިނާ ނުކުމެ ހުއްޓެވެ. ކައިން ބެގީ ރަނގަޅު ކޮއްލަމުން ހިނގައިގަތެވެ. ”އަންނާނަން ޖޫސްޕެޓީ ގަނެގެން.. ކައިން ޝަވާ ގޮވައިގެން ޓަވަރަށް އަރާ…” ރައިނާ ބުނެލިއެވެ. ”އަބަދުވެސް މަ ޝަވާން އާއެކީ އެކަނި ކޮއްލާފައި ރައިނާ ދާނީ..” ކައިން ޝަކުވާ ކޮއްލިއެވެ. “ދެން ޝަވާ ނޫޅެޔޭ ކައިން ތެލު ލައިގެން ކާލާކަށް..” ރައިނާ ބުނެލިއެވެ. “ހޫމް.. ދެން ދޭ..” ޝަވާން ބުނެލިއެވެ.
ކައިން ވަލަށްވަނެވެ. “އަންހެން ކުދިން ވަލަށް ވަދޭތަ..؟” ކައިންގެ ގޮތް އެނގޭތީ ޝަވާން އެއްސެވެ. ”މާނައަކީ ކަލޭއެއް ނުވަންނާނެޔޭ..” ކައިން ރަނގަޅު ޖަވާބެއް ދިނެވެ. “އެހެންތާ.. އަހަރެންގެ ޖިންސު އަދި އޮޅިފައެއް ނެތް….” ޝަވާން ބުނެލިއެވެ. ކައިން ބާރަށް ހިނގަން ފެށިއެވެ. ބޯހޫރާލާފައި ޝަވާން ކައިންއާއި އެއްވަރުކުރަން ހިނގައިގަތެވެ. ”މަށާއި އެއްވަރަށް ނާދޭ…” ކައިން ބުނެލިއެވެ. “ބޯހަރު ކުއްޖާޔާ.. މީހުންނަށް އަހަރެމެން ދެމީހުން ފެނުނަސް އިނގޭނެ އެއްކަމެއްގައި ނޫޅޭނެކަން…” ޝަވާން ބުނެލިއެވެ. “އިން ހެލް.. މަށާއި ކަލޭ..؟ އޯމައިގޯޑް..” ކައިން މަޑު ކޮއްލަމުން ބުނެލިއެވެ. “އެހެންނެއް ނޫންތަ މަ މިބުނީ..؟” ޝަވާން ބުނެލިއެވެ. “ހަމަޖެހޭ ވާހަކައެއް އަލަށްތަ ތިބުނެވުނީ..؟؟” ކައިންއަށް އެހުނެވެ. ”ދެން ތިހެން ވިސްނާލާ..” ޝަވާން ހީގަންނަމުން ބުނެލިއެވެ.
ވަލުގައި ކޮށާލާފައިވާ ހަނިހަނި މަގުން ކައިންއާއި ޝަވާން ކުރިއަށް ދިޔައެވެ. ވަލުތެރެއަކީ މީހުން ސާފު ކުރާތަނަކަށް ނުވާތީ ގަސްތައް ހެދިލާފައިވެއެވެ. ބައެއްގަސްތައް ނުލާހިކު ބިޔަވެފައި ވަރުގަދައެވެ.
ތަންކޮޅަކަށް ހިނގާލާއިރަށް ބިޔަބިޔަ ނިކަގަސްތަކަކާއި ހަމައަށް އެރިއްޖެއެވެ. އެތަނުގައިވަނީ ބައިވަރު ގަހާއި ވިނަތައް ހެދިފައެވެ. ކައިން ކުރިއަށް ޖެހިލާފައި އެތަނުގައި ވެއްޓިފައިއޮތް ސަތަރިގަނޑު އެއް ފަރާތް ކޮއްލިއެވެ. އެތަނުގައިވަނީ ލަކުޑި ފީވެފައިވާ ބާ ދޮރުގަނޑެކެވެ. ކައިން ކުރިއަށް ޖެހިލާފައި އެދޮރު ހުޅުވާލިއެވެ. އެތަނުގައި ވަރުގަދައަށް ހަރުކޮއްލާފައިވާ ހަރުގަނޑެއް ހުއްޓެވެ. އެހަރުގަނޑުވެސް ވަނީ ބާވެގެންގޮސް ފޫޖަހާފައެވެ. “އައްޗީޑީ..!” ޝަވާން ހުރީ ފަކުރުން ގޮސް ހަލާކު ވާވަރުވެފައެވެ. “ކަލޭ އަންހެނަކަށްވުރެ ކަންތައް ފަލައެއްނު..؟” ކައިންއަށް ބުނެވުނެވެ.
”އަނގަމަޑުން ލައިގެން ހުރެފާނަންތަ..؟” ޝަވާން ދެލޯ ހަނިކޮއްލަމުން ބުނެލިއެވެ. ”އަރާ…” ކައިން ބުނެލިއެވެ. އަދި އެހަރުގަނޑުން މައްޗަށް އަރަން ފެށިއެވެ. ވަރުގަދައަށް ހަރުކޮއްލާފައި ހުއްޓޭ ބުނުމަކީ ދޮގަކަށް ވާވަރު ވެއްޖެއެވެ. ދެއަތަށް ތެޅޭވަރުން ދެންމެ ދެންމޭން ނެއްޓިގެން ހިނގައިދާނެޔޭ ހީވެއެވެ. ކައިން މަޑުމަޑުން މައްޗަށް އަރަމުންގޮސް އެންމެ މައްޗަށް އެރިއެވެ. އެތަނުގައި ލަކުޑިން ހަދާފައިވާ ހަތަރުގޮނޑި ހުއްޓެވެ. އަޑި މޭޒުގަނޑެއްވެސް ހުއްޓެވެ. އެއީ ބާ ފޯނުޓަވަރެކެވެ.
ކައިން އެތަނުގައި އިށީނދެލިއެވެ. “ގޯހެއްނޫން..” ޝަވާން އިށީންނަމުން ބުނެލިއެވެ. “ކަލޭ ކީއްވެގެން މަށާއި ޖެހިގެން ތިހުރީ..؟” ކައިން އެއްސެވެ. “މަ ވިއްޔާ ދެން އިށީނދެގެންވެސް ނުވަނީތަ.؟” ޝަވާން ބޯހޫރާލަމުން އެއްސެވެ. “ކަލޭ ކޮޅަށް ހުއްޓަސް މަށަށް ހެޔޮ..” ކައިން ބުނެލިއެވެ. “ޕިސްޕިސް.. ތި ދޫ ބުރިކޮއްލާފައި ވަޅުލާ ހިސާބަށް ހިނގައްޖެ ކަންނޭނގެ..” ޝަވާން ބުނެލިއެވެ. ”މަޑުން ހުރޭ.. އެނޫނީ ތިރިއަށް ވައްޓާލާނަން..” ކައިން ބުނެލިއެވެ. “އެހެންތަ..؟ ވައްޓާލަބަލަ އަޅެ ކެރެންޏާ..” ޝަވާން ބުނެލިއެވެ.
“ޗި.. ކަލޭ ހީކުރީ ފުޅާ ބައިމައްޗަކާއި ސިކްސްޕެކެއްލާފައި ހުރީމައި ކަލެއަށްވުރެ ގަދައެއް ނުވާނެކަމަށްތަ..؟” ކައިން ތެދުވެފައި އެއްސެވެ. “ވަގަށް މަގޭ ކޮޓަރިއަށްވަދެ ޓީޝާޓް ނުލާ ހުއްޓާ ކައިން ސިކްސްޕެކަށް ދާންދެން ބެލިންތަ..؟؟” ޝަވާން އެހެން ބުނެލުމުން ކައިންއަށް އިސް ޖެހުނެވެ. “އޭ ދެން މަގޭ މައްސަލަ އެއްނޫންދޯ ރައިނާ ރީންގެ ކޮޓަރިއަށް ބަދަލު ވުމަކީ….” ކައިން އަމިއްލަ ނަފްސު ދިފާއު ކުރިއެވެ. ޝަވާން އެއްބުމަ މައްޗަށް އަރުވާލިއެވެ. “ފާޑުފާޑަށް ބަލާނެ ކަމެއް ނެތް..” ޝަވާން ހުރިގޮތް ފެނިފައި ކައިން ބުނެލިއެވެ. “އަންހެން ކުއްޖަކަށް ތިހާ ހިތްވަރު ލިބިގެން އުޅެނިކޮށް މަށަށް އަދި އަލަށް މިފެނުނީ..” ޝަވާން ބުނެލިއެވެ. “މަ އުޅޭގޮތް ބަލައިގެން ދެން ދަސް ކުރަން ވެއްޖެއެއްނު..؟” ކައިން ކުރިއަށް ފިޔަވަޅެއް ނަގަމުން ބުނެލިއެވެ.
ޝަވާން ހެމުން ފަހަތަށް ފިޔަވަޅެއް ނެގިއެވެ. ކައިން އެ ދިމާލަށް ދުއްވައިގަތެވެ. ޝަވާން ކޮއްޕާލާށެވެ. ޝަވާން އެއްފަރާތަށް ޖެހިލިއެވެ. ކޮންޓްރޯލް ނުކުރެވިގެން ކައިން ދިޔައީ ފިލާތައް ހަލާކުވެފައިވާ ދިމާލަށެވެ. އެތަނުން ވެއްޓޭ މީހަކު މަރުނުވެ ސަލާމަތްވުމަކީ ކަލާނގެ ކުޅަދުންވަންތަކަމެވެ. އެހާވެސް އުހެވެ.
ޝަވާންގެ ސިކުނޑި އިންޒާރު ދިނުމާއެކީ ދެއަތް ކައިންއާއި ދިމާލަށް ދިޔައެވެ. ކައިން އަރިއަޅާލާފައި ހުއްޓާ އުނަގަނޑުގައި ޝަވާންއަށް ހިފޭއްޓުނީ ކޮން ބާރެއް ލިބިގެން ކަމެއް ނޭނގެއެވެ. ކައިން އޭރު ހުރީ ދެލޯމަރާ ފިއްތާލައިގެންނެވެ. އެއަށްވުރެ ބޮޑަށް ލޯ މެރޭނެހެންނެއް ހިޔެއް ނުވެއެވެ. ޝަވާންއަށް އަދިވެސް ހުރެވުނީ ކައިންގެ އުނަގަނޑުގައި ހިފޭއްޓުނު ގޮތަށެވެ. ހަރަކާތެއް ގެންނަން ނޭނގިފައެވެ. “ހެލް.. ދެންވެސް މައްޗަށް އަރުވައިދީބަލަ…” ކައިން އެހެން ބުނެލިއިރު އަޑުގައި ހުރި ތަފާތު ޝަވާންއަށް ފާހަގަވިއެވެ. “ކައިން ބިރުންތަ..؟” ޝަވާންއަށް އެހުނެވެ. ”ނޫން.. އެކަމު ދެން ޝަވާން… ޕްލީޒް ދޫކޮއްނުލާތި…” ޝަވާންގެ ޓީޝާޓް ގައި ބާރަށް ހިފާއްޓައިގެންހުރެ ކައިން ބުނެލިއެވެ. “މި ދޫކޮއްލަނީ..!” ޝަވާން އޭނާގެ އަތުން ވާގި ދޫކޮއްލިއެވެ.
ފުރަ މެންދަން 6
……………………………………….
ޝަވާންގެ ސިކުނޑި އިންޒާރުދިނުމާއެކީ ދެއަތް ކައިންއާއި ދިމާލަށް ދިޔައެވެ. ކައިން އަރިއަޅާލާފައި ހުއްޓާ އުނަގަނޑުގައި ޝަވާންއަށް ހިފޭއްޓުނީ ކޮންބާރެއް ލިބިގެންކަމެއްނޭނގެއެވެ. ކައިން އޭރު ހުރީ ދެލޯމަރާ ފިއްތާލައިގެންނެވެ. އެއަށްވުރެބޮޑަށް ލޯމެރޭނެހެންނެއް ހިޔެއްނުވެއެވެ. ޝަވާންއަށް އަދިވެސް ހުރެވުނީ ކައިންގެ އުނަގަނޑުގައި ހިފޭއްޓުނުގޮތަށެވެ. ހަރަކާތެއް ގެންނަން ނޭނގިފައެވެ. “ދަ ހެލް.. ދެންވެސް މައްޗަށް އަރުވައިދީބަލަ…” ކައިން އެހެން ބުނެލިއިރު އަޑުގައި ހުރި ތަފާތު ޝަވާންއަށް ފާހަގަވި އެވެ. “ކައިން ބިރުންތަ..؟” ޝަވާންއަށް އެހުނެވެ. ”ނޫން.. އެކަމު ދެން ޝަވާން… ޕްލީޒް ދޫކޮއްނުލާތި…” ޝަވާންގެ ޓީޝާޓް ގައި ބާރަށް ހިފާއްޓައިގެންހުރެ ކައިން ބުނެލިއެވެ. “މި ދޫކޮއްލަނީ..!” ޝަވާން އޭނާގެ އަތުން ވާގި ދޫކޮއްލިއެވެ. “ނޫން..!!” ހީވީ ކައިންއަށް އުދުހުމުގެ ބާރުލިބުނުހެންނެވެ. އެބާރުމިނުގައި ޝަވާންގެ އަތުގައި ހިފާއްޓާލާފައި މޭގައި ތަތްވެލިއެވެ.
ޝަވާންއަށް ކައިންގެ ގައިގައި ރަނގަޅަށް ބައްދާލެވުނެވެ. ކައިންދެކެ އެހާ ރުޅިއަންނައިރު އެހެން ހެދުނީ ހިތަށް ކޮން ވަސްވާހެއް ސަވާރުވެގެންކަމެއް ނޭނގެއެވެ.
“އެމް ސޮރީ.” ޝަވާންއަށް މާފަށްއެދެވުނެވެ. ކައިންގެ އުނަގަނޑުން ދޫކޮއްލަން ހިތަށް އެރުވުނީމައެވެ. “އިޓްސްއޯކޭ.. ދެން މައްޗަށް އަރުވަދީފައި ދޫކޮއްލާ…” ކުރިއަށްވުރެ ކައިންގެ އަޑު ބަދަލުވެއްޖެއެވެ. އެއީ ކައިންގެ އަސްލު ސިފައެވެ. ރުޅިއަންނަސިފައަކީ ކައިންގެ ގައިގައި ހަރުލާފައިވާ ސިފައެއްނޫނެވެ. އެއީ އަމިއްލަ ނަފްސު ވަރުގަދަކޮއްލަންލާފައިވާ ސިފައެކެވެ. ޝަވާން މަޑުންހުރީއެވެ. ކައިން މައްޗަށް އަރުވާ ޚިޔާލެއްނުކުރެއެވެ. ”އަރުވަދީބަލަ ދެން. އެނޫނީ ވެއްޓިދާނެ.. ވެއްޓިއްޖެއްޔާ މަރުވާނެ.” ކައިން ބުނެލިއެވެ. “ކައިން.” ޝަވާންއަށް މަޑުމަޑުން ބުނެވުނެވެ. “ޝަވާން.؟” ކައިންއަށް ބަލާލެވުނީ ސީދާ ޝަވާންގެ ދެލޮލަށެވެ. ޝަވާން މަޑުމަޑުން ކައިން މައްޗަށް އަރުވައިދިނެވެ.
“އޭ ޕީޕަލް.. ޖޫސްޕެޓީ..!” ރައިނާގެ އަޑަށް ޝަވާން ސިހިފައި ކައިން ދޫކޮއްލިއެވެ. ކައިންވެސް ޝަވާންއާއި ދުރަށް ޖެހިލިއެވެ. “ކޮބާ ހަޅޭއްނުލަވާ އިރުކޮޅަކީތަ؟” ޝަވާންއާއި ކައިން މަޑުންހުރުމުން ރައިނާއަށް އެހުނެވެ. “އުހުމް..” ޝަވާން ބުނެލިއެވެ. “އަން މި ބޮއިބަލަ..” ރައިނާ އައިސް ކައިންއަށް ޖޫސްޕެޓީ އެއްލިއެވެ. ދެންމެއަކުވީ ކަމާހެދި ކައިންއަށް ހުރެވުނީ ހުވަފެނީ ދުނިޔެއެއްގައެވެ. ޖޫސްޕެޓީ ވެއްޓުނީ ބޭރަށެވެ. “އައްދެޔޭ.. ކީއްވެތި ޖޫސްޕެޓީ ނުހިފީ…؟” ރައިނާ އެއްސެވެ. “އަން… މިބޮއެ..” ޝަވާން އޭނާގެ ޖޫސްޕެޓީ ކައިންއަށް ދިއްކޮއްލިއެވެ. “ނޫން..” ކައިން އެހެން ބުނެލިގޮތަށް ޓަވަރުން ބޭރަށް ނުކުންނަން ދުއްވައިގަތެވެ. “އަޅެ..” ރައިނާ ހުރީ ވާނުވާގައެވެ.
“ބަހައްޓާ..” ޝަވާން ބުނެލިއެވެ. “ބަލަ ޝަވާއަށް ކިހިނެތްވެގެންތަ ތިއުޅެނީ.؟” ރައިނާއަށް އެހުނެވެ. “މަ ޖަވާބުދޭނަން ވަގުތުޖެހުނީމަ..” ޝަވާންގެ ޖުމްލައިން ރައިނާއަށް ވީގޮތް އަދި އޮޅުނީއެވެ.
ކައިން ބާރުބާރަށް ދުވެލާފައި އައިސް ގެއަށްވަނެވެ. “ކޮންތަނަކަށްގޮސްފައި ތިއައީ..؟” ފަހާފޮށިގާތުގައި އިނދެ ބޮޑުގަޑިން ފަހެއްޖެހިއަޑު އަހާފައި ކާއިނާތު އެއްސެވެ. “މިއައީ ރައިނާއާއެކީގައި އަކްމަލްމެންގެ ގެއަށްގޮސްފައި..” ސިކުނޑިއަށް ފުރަތަމަވެސް އައި ބަހަނާއަކީ އެއެވެ. ކައިން ދާހިއްލާފައި ހުރުމުން ކާއިނާތު ފާޑަކަށް ކައިންއާއި ދިމާލަށް ބަލާލިއެވެ. ”އަކްމަލްމެންގެ ގެއަށޭ..؟ ސޯޓު ލައިގެން..؟ ކިތައް ފަހަރު ކައިންއަށް ބުނެދޭންޖެހޭނީ ތިހެން އުޅޭކަށް ނުވާނެޔޭ..؟ ދެން ސޯޓު ލައިގެން ގޮސްފިއްޔާ ހުރިހާ ސޯޓެއް ކުނިބަލާ އަންނަ ބޮންދުބެއާއި ހަވާލުކޮއްލާފައި ބަންގްލާދޭޝްއަށް ފޮނުވާލާނަން..” ކާއިނާތު ކައިން ބިރުގަންނަވާލުމުގެ ނިޔަތުގައި ބުނެލިއެވެ.
“ދޭ އަވަހަށް އަސުރުނަމާދުކުރަން..” ކާއިނާތު އެހެން ބުނެލުމުން ކައިން ފެންވަރަންވަނެވެ. އައިސްބްލޫ ވޯންޓް ސްޓޮޕްއޭ ޖަހާފައިވާ ޓޮޕްކޮޅަކާއި ކަޅު ޖިންސުސޯޓެއް ލައިގެން އެނދަށް ވެއްޓިގަތީ މިރޭ ކުރާނެކަންތައްތަކާއި ދޭތެރޭ ވިސްނާށެވެ. ”އަޅެ މަގޭ ޑްރޯވިންބްލޮކަށް ކިހިނެތްބާ އެވީ..؟” ކައިންގެ ހިތުން އަދިވެސް އެބެންޗްގެ މަންޒަރުގަނޑު އަދިވެސް ފިލައިގެންނެއްނުދެއެވެ. “ސަހަލެއްނޫން.. އަނެއްކާ މަށަށް ފެނުނު ހުވަފެނެއްބާ..؟” ކައިންއަށް ވިސްނާލެވުނެވެ. “އާހް..!” ކައިން ބާލީސް މޫނު މަތީގައި އަޅާލަމުން ލޯމަރާލިއެވެ.
“މިއޮތީ ޑްރޯވިންބްލޮކް…” ކުއްލިއަކަށް ބޮޑު ދުންފިނިގަނޑެއްގެ ތެރެއިން އަޑުއައެވެ. ކުއްލިއަކަށް އަތެއް ކައިންއާއި ދިމާލަށްއައެވެ. އެއަތުގައި ކައިންގެ ޑްރޯވިން ބްލޮކްއޮތެވެ.
“މަންމާތް..” ކައިންއަށް ފުންމައިގަނެގެން ތެދުވެވުނެވެ. ކުރު ހުވަފެނެކެވެ. މާނަފުނެވެ. އެހުވަފެން ކައިންއަށް ބުނެދޭން އުޅުނީ ކޯޗެއްކަން ކައިންއަކަށް ނަގައެއްނުގަނެވުނެވެ. އިޝާނަމާދަށް ބަންގިގޮވި އަޑުން ފަޒާ ގުގުމާލީ ދެނެވެ. ކައިން ނަމާދުކޮއްގެން އަލަމާރިން ގޯ ގަރލްއޭ ޖަހާފައިވާ އަތްދިގު ހުޑީއެއް ނެގިއެވެ. ތިރިން މަޑުސޯޓެއްލުމަށްފަހު އިސްތަށިގަނޑުގައި ހުދު ޓައީއެއް ޖެހިއެވެ. ކޮޓަރީގެ ދޮރުހުޅުވާލިއަޑަށް ކައިންއަށް ޖައްސަން ހުރި ލިޕްސްޓިކް ތިރިކޮއްލެވުނެވެ. ކަންފަތުގައި ދެން ޖެހުނީ ކައިރާގެ ހުނުމުގެއަޑެވެ.
”ކޮންތަނަކަށް ދާންތަ ކައިނީ މާވަރަކަށް ލިޕްސްޓިކް ޖައްސާ ތިފަރިވަނީ…؟” ކައިރާ ހެމުން އެއްސެވެ. “ޝަވާންއާއެކީ މިރޭ ބޭރަށްދާންކަމަށް..” ދޫއޮޅެމުން ކަހަލަގޮތަކަށް ކައިންއަށް ބުނެވުނެވެ. ކައިރާ ކުއްލިއަކަށް ފުންމައިގެން ތެދުވެ ކައިންއާއި އިންޗިއެއްކައިރީގައި މަޑުކޮއްލިއެވެ. ”އަނެއްކާ ކައިންއާއި ޝަވާން….؟” ކައިރާ ލޯހަނިކޮއްލަމުން އެއްސެވެ. “ޗި… ކައިންއާއި އެފިރިހެނާ އާއެކީ ވިސްނުމަކީ ހިތިބޭހެއް ބުއިންފަދަކަމެއް..” ކައިންއަށް އެހެން ބުނެވުނުއިރު ކޮލަށް ރަތްކަން ފާއްދާލިއެވެ. “އެހެންތަ..؟” ކައިރާ ހުރިގޮތަށްހުރެ އެއްސެވެ. ”އަޅުވާކިޔައިފިއްޔާ ނިމުނީ..!! ރައިނާއެކޭ ދޮންތި ގަނޑެކޭ ތަފާތެއްނެތޭ. ޝަވާން ޝަވާން ޝަވާން.. ހުސް ޝަވާން. ބޯހަލާކު…” ކައިން އެހެން ބުނެ ލާފައި ލިޕްސްޓިކް ނުޖައްސާ ބާއްވަމުން އެނދަށްއެރިއެވެ. ”އޯކޭ އޯކޭ…. އެބަ އަންނަން ކައިގެން.. ދައްތަ ބުނީ ކައިގެން ވަގުތުން އެނދަށްއަރާށޭ..” ކައިރާ އެހެން ބުނެލިގޮތަށް ނުކުތެވެ. ކައިރާ އަން ނަންވާއިރަށް ކައިން ކަރާހަމައަށް ރަޖާ އަޅައިގެން އޮށޯތެވެ. މަގްސަދަކީ މިރޭވެސް މޫދަށް ދިޔުމެވެ. ކައިންއަށް ސީލިންގަށް ބަލަހައްޓައިގެން އޮވެވުނެވެ.
ވަގުތު ފާއިތުވަމުން ދެއެވެ. ރަށުތެރޭގައި ދިއްލާފައިވާ ބޮކިތައް ނިވެންފެށިއެވެ. ފިނިގަދަވާންފެށިއެވެ. ކައިރާ ނިދިކަން ޔަގީންވުމުން ކައިން ކަންނެޔޮ ދިގަށް ދަމާލާފައި ބާލީސްތައް އަތުރާލަމުން އޭގެމަތީ ގައި ރަޖާއަޅާފައި ކުޑަދޮރު ހުޅުވާލިގޮތަށް ބޭރަށް ފުންމާލިއެވެ. އެތާގާތުގައި ވައްޓާލާފައިވާ ކަޅު އެންކަލްއަށް އެރުމަށްފަހު ދޮންނަމެޝިންމައްޗަށް އަރާ ފާރުމަތިން ފުންމާލިއެވެ. އަދި މަޑުމަޑުން ގަސްގަހާއި ކަރަންޓުބޯޑުފަދަ ތަންތަނުގެ ނިވަލުގައި ފިލަމުން ކައިން ކުރިއަށް ދިޔައެވެ.
ނިދަން ތައްޔާރުވެގެން އެނދަށްއަރަން ފަރިވެލި ޝަވާންއަށް ކައިން މާ ވަގުވަގަށް އުޅޭތަން ފެނުނެވެ. “ދޮންބޭ.. ކޮޓަރި ތަޅުލައިގެން ނިދާތި.. އެބައަންނަން ތަނަކަށް ޖެހިލާފައި..” ޓީޝާޓްފޮތީގެ ހުޑީއަކާއި ކަޅު ޖިންސެއްލަމުން ޝަވާން ބަހެއްނުބުނެ ކުޑަދޮރުން ތިރިއަށް ފުންމާލިއެވެ. ޝަރޫން އެއްޗެކޭ ބުނުމުގެ ކުރިން ޝަވާން ތިރިއަށް ފުންމާލައިފިއެވެ.
ކައިންގެ ފަހަތުން ކައިންއަށް ހިލަމެއްނުވާނެހެން ޝަވާންވެސް ކުރިއަށްދިޔައެވެ. ކައިން ވަލަށްވަތް މަންޒަރުދެކިފައި ޝަވާންގެ ހިތުގައި ސުވާލުއުފެދުނެވެ. ކައިން ފަހަތުން ގޯޅިއަޅައިގެން ޝަވާންއަށް ނުކުމެވުނީ ގޮނޑުދޮށަށެވެ. ހުޑީ ވައްޓާލާފައި ކައިން ދެއަތްދަމާލިއެވެ. އެރި ލޮނުގެ ވަސްގަނޑާއެކީ ކައިންގެ ތުންފަތް ފުޅާވީ ހިނިތުންވުމަކުންނެވެ. ކައިން ދޮންވެލިގަނޑުމަތީ ދުވަންފެށިއެވެ. ކޮއްޓަކުން ދެންމެ މިނިވަންވެގެން ނުކުތް ދޫންޏަކަށް ކުރެވޭނެ އިހުސާސް ކައިންއަށް ކުރެވުނެވެ.
ޝަވާންއަށް ޖޯއްޔެއްގައި ޖައްސާލެވުނެވެ. ކައިން މާވެލައިގެން އުޅޭތަން ފެނުމުން ޝަވާންގެ ގާތަށް ލާނެތް ހިންޏެއްއައެވެ. ޖެއްސުމެއްކޮއްލަން ދާހިތްވެސްވިއެވެ. ނަމަވެސް ކައިންގެ އުފާވެރިކަން ފަނޑު ވެގެން ހިނގައިދާނެތީ ޝަވާން މަޑުންހުރީއެވެ. ކައިން އެހާ ލޯބިކޮށް ހިނިތުންވެލައިގެން ހުންނަތަން ފެނުމުން ޝަވާންގެ ހިތަށް ފިނިވީ ދެންމެއަކު ޖެހުނު ވައިރޯޅިން ނޫންކަމެއްނޭނގެއެވެ. ނޫނީ ހަމަ ހަގީގަތުގައި ވެސް ކައިންއަށް ޝަވާންގެ ހިތުން ދަރަޖައެއްލިބުނީބާވައެވެ.؟
ކައިން ހިތްހަމަޖެއްސުން ހުއްޓާލާފައި ބެންޗުގައި އިށީނެވެ. ކައިން ކުރާކަމެއް ބަލާލަން ޝަވާންވެސް ހަމަޖެހިލިއެވެ. އެތައްއިރެއްވީއިރުވެސް ކަމެއްނުވެއެވެ. ބާރަގަޑި ބައިވެއްޖެއެވެ. ނިދިއައިސްގެންގޮސް އާފުރެންފެށުމުން ޝަވާން ކައިން ކުރާކަމެއްކުރަން ދޫކޮއްލާފައި ގެއާއިދިމާލަށް މިސްރާބުޖެއްސެވެ. ކައިން ބެންޗުގައި ލޮލުފިޔަޖަހާނުލާ އިނެވެ. ނިދީގެ ކަންފުޅެއް އެދެލޮލުގައި ނުވެއެވެ. އިސްތަށިގަނޑު ރީތިކޮއްލަމުން ކައިން ފައިން ލޮނުގަނޑާއި ކުޅެންފެށިއެވެ. ޑްރޯވިންބްލޮކް ނުފެންނަނީސް ހުރިތަނުން ހިރުވާވެސް ނުލާށެވެ. ކުއްލިއަކަށް މޫދުން އަލިގަނޑެއްއެރިއެވެ. ލޮލަށް އުނދަގޫވެގެން ކައިން ލޯމަތީ އަތްއެޅިއެވެ. ކައިންއަށް ލޯހުޅުވާލިއެވެ. އަލިގަނޑެއްނެތެވެ. ނަމަވެސް ގާތުގައި ކައިންގެ ޑްރޯވިން ބްލޮކްއޮތެވެ. “ސުބުހާނައްﷲ..” ކައިންއަށް މަޑުމަޑުން ކިޔާލެވުނެވެ. ޑްރޯވިން ބްލޮކް އޭނާއާއި ޖެހިގެން އޮތުމުންނެވެ. އޭތި އަނެއްކާ އައީ އުދުހިފައި ހެއްޔެވެ.؟ ނޫނީ މަހެއް ގެނެސް އެތަނުގައި ބޭއްވީހެއްޔެވެ.؟ ނޫނީ ހަމަހަގީގަތުގައިވެސް ގޮތްނޭނގޭ ކަންތައްގަނޑެއް ހިނގަނީބާވައެވެ.؟
ކައިން ބިރުން ދުވެފިލާވަރަށް ބިރު ނުގަތްކަމުގައިވިޔަސް ހިތުގެ ކަނެއް ކަޅުން ފެވިއްޖެއެވެ. ކައިންއަށް ވަށައިގެން ހޯދާލެވުނެވެ. ޑްރޯވިންބްލޮކް އެތަނަށް ލައިދިނީ ކާކުކަން ނޭނގުނަސް ކައިން އެފަރާތަކަށް ޝުކުރުއަދާކުރަން ބޭނުންވިއެވެ. ނަމަވެސް އެތަނުން ދިރޭފުރާނައެއްގެ ހިލަމެއްވެސް ނުވިއެވެ. ކުއްލި އަކަށް ލޮނުގަނޑުގައި އެއްޗެއްޖެހުމުން ލޮނުގަނޑު ވިއްސައިގެންދާ ބީދައިން ލޮނުގަނޑު ވިއްސައިގެން ދިޔައެވެ. ކައިން ވަގުތުން ފަހަތަށް އެނބުރުނެވެ. ނަމަވެސް ލޮނުގަނޑުގައި އުފައްދާލި ބާނިތައްފިޔަވާ އެހެންއެއްޗެއް ކައިންއަކަށެއް ނުފެނުނެވެ. “ކާކު..؟” ކައިން ގޮވާލިއެވެ. ޖަވާބުދާރީވާނީ ކާކުހެއްޔެވެ.؟ މޫދުގެ ލޮނުގަނޑުހެއްޔެވެ.؟ ނޫނީ ބެންޗުހެއްޔެވެ.؟ ކައިން ދެފަރާތަށް ބޯހޫރާލަމުން ޑްރޯވިންބްލޮކް ހިފައިގެން މޫދުން އެރިއެވެ. އެންކަލްއަށް އަރާފައި ކައިންއަށް ގެއަށްދެވުނުއިރު ދެގަޑިބައިވެއްޖެއެވެ. ހުޑީ އާއި ޖިންސުސޯޓު އަލަމާރީގެ އެންމެ ދަށަށްލާ ފޮރުވާލަމުން ކައިން ނިދާއެއްޗެހި ލައިގެން އެނދު މަތީގައި އޮށޯވެލިއެވެ. ވީހާވެސް އަވަހަކަށް ނިދޭތޯއެވެ.
ހެނދުނު ހޭލިގޮތަށް ކައިން ފެންވަރައިގެން ސްކޫލަށް ދާން ތައްޔާރުވިއެވެ. އިސްތަށިގަނޑު ފުނާއަޅަނި ކޮށް ކައިންގެ ލޮލުގައި އަލަމާރިދަށުން ޑްރޯވިންބްލޮކްގެ އެއްކަން ބޭރަށް ނުކުމެފައި ވަނިކޮށް ފެނުނެވެ. “ޔާރައްބީ.. ނަސީބެއްނު ދައްތައަށް ނުފެނުނުކަން..” ކައިން އަވަހަށް ޑްރޯވިން ބްލޮކް ނަގަމުން އެނދު ގައި ދެފައިވަށްކޮއްލައިގެން އިށީނެވެ. ތަފާތެއް ހީވާތީއެވެ.
ކައިން ކުރެހި ފަސްސަފުހާ ދޫކޮއްލާފައި ހަވަނަގަނޑު ބަލާލިއެވެ. “ކާކުތަ އަޅެ ކުރެހާފައި މިހުރީ..؟” ކައިންގެ ދެލޯ ވިދައިގަތެވެ.
.. ނުނިމޭ ..
# ދެން އޮތް ބައި އަވަހަށް ނެރެދެވޭތޯ ނީޝް ބަލާނަން.. ލަވް ޔޫ އޯލް މައި ސަޕޯޓަރުން
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.

Mi part ves sali. Mash allah .Dhen oi part ves avaha kiyaalaan libeyne kamah unmeedu kuran
Thnk u Taehyung Honey.
Neesh are you okay?? I mean you always comment back to the commenters and i have noticed you didnt are not doing like that for a while. Just asking because i am little worried… anyways stay safe and may Allah bless you?❤❤
Yeah I have seen it… dont focus on the negative things people say… some people are like that. Just free your mind from all those stuff. And dont underestimate yourself. Remember no one is perfect except Allah ? honestly your stories are really good. I am willing it from the bottom of your heart. Just take care of yourself and waiting for the next part? lysm neesh❤
No need to say sorry for it. I was just a bit worried about the same. dont focus on the negative things people say… some people are like that. Just free your mind from all those stuff. And dont underestimate yourself. Remember no one is perfect except Allah ? honestly your stories are really good. I am willing it from the bottom of your heart. Just take care of yourself and waiting for the next part? lysm neesh❤
Masha Allah mi part ves varah sali.
When next
Take care love u ❤❤❤
Thnk u ril honey 🙂 your very kind i love you very much 🙂 next i have submitted 🙂 hope u read ril honey… I think u are my biggest fan 😉 🙂 Take care and I love you very much tooo !
Ohhh aley thanks dear . U are very sweet. I am also a fan of urs an uare story’s love u too. Take care of ur health and don’t focus on negative comments. Stay safe
Omg neesh u are 8 years tha . I was reading the comments in vaahak. Com
And I just got to know that. I am just speechless. Just amazing. 8 years ge kuje Hama ehaareethi vaahak liyefaanebaa ey mihitha araane. But now I got to know that. Neesh I am just a fan of urs from now. Aley love u. ❤❤❤?????keep going dear.
And also don’t be sad because of that negative comments . Be courageous. That people don’t understand ur feelings.