ލޯތްބައްޓަކައި (1 ވަނަ ބަައި)
ހޮސްޕިޓަލްގެ ވާރޑްގެ އެނދެއްގަ ބޯ އަޅާލައަގެން ގޮނޑީގަ ނިދިފަ އޮތް އަންހެން ކުއްޖާއަށް ވާރޑްއަށް ވަންނަމުން ދިޔަ ގިނަ ބައެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ.ނިދާފަ އޮތް އިރުވެސް އެ މައުސޫމު މޫނު މަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ.ބޯ އެސްފިޔަތައް މެރިފަވީ ނަމަވެސް އެ ބޮޑު ދެލޮލުގެ ކިއިރީގައި ކަރުނަ ނުހިކި ހުއްޓެވެ.އެ އަންހެންކުއްޖާ ބޯ އަޅާ ލައިގެން އޮތް އެނދުގައި މެދު އުމުރުފުރައިގެެ އަންހެނެއް އޮތް އިރު، އެ އަންހެން މީހާ ނިދިފަ އޮތް އޭނާގެ ދަރިފުޅުގެ ބޮލުގަ ފިރުމާލަން އަތް ހިއްލާލިއެވެ.އަތް ތުރުތުރުލާ ހާލު އޭނާ އޭނާގެ ދެލޮލުގެ ނޫރުފަދަ ދަރިފުޅުގެ ބޮލުގަ ފިރުމާލީ ލޯތްބާއެކީގައެެވެ.ދުވަހަކުވެސް އެ ދަރިފުޅުގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް ރަޝްފާ ބޭނުމެއް ނޫނެެވެ.ސޯޅަ އަހަރު ފުރިފަވީނަމަވެސް އޭނާ އަކަށް ދުވަހަކުވެސް އެ ދަރިފުޅު ބޮޑެއް ނުވާނެއެެވެ.އޭނާ އެ ދަރިފުޅު ބަލާ ބޮޑުކުރީ އެކަނިމައިއެކަނި ކަމުގަވީއިރު މިއަދު، އެ ދަރިފުޅާ އެތައް ހާސް މޭލެއް ދުރަށް އެކަނި ދޫކޮށްދާން އޭނާއަށް ވަނީ މަޖުބޫރު ވެފައެވެ.އަބަދުވެސް އެ ދަރިފުޅުގެ ގާތުގަ ހުންނަން ބޭނުންވީނަމަވެސް މިއަދު ތަޤުދީރު އެކަމަކަށް ޖާގަ އެއް ނުދިނެވެ.އާއެކެވެ.ދިރިއުޅުމަކީ ވަގުތީ އާލަމެކެެވެ.އެމީހެއްގެ އަޖަލުހަމަވުމުން ކޮންމެ މީހަކު ވެސް އެމީހެއްގެ ދާއިމީ އާލަމަށް ދަތުރުކުރަން ޖެހޭނެއެެވެ.
“ދައްތަ ހޯދަން މީހަކު އައިސް އެބަ ހުންނެވި.”ފަލަކްގެ ބޮލުގައި ފިރުމަމުންދިޔަ ރަޝްފާއަށް ހޭވެރިކަންވީ ނަރުސް ކުއްޖެއް އައިސް އޭނާއާ ވާހަކަދެއްކުމުންނެވެ.އެ ނަރުސް ކުއްޖާގެ ފަހަތުން އައިސް ހުއްޓުނު ފިރެހެންމީހާ ފެނުމުން ކަރުނަވީ ދެލޮލާއެކު ރަޝްފާ ހިނިތުންވެލިއެވެ.ދެބައި އުމުރަށް އެޅިފައި ވީނަމަވެސް ރަޝްފާގެ މޫނުމަތން ފެންނަނީ ޒުވާންކަމެވެ.ހަށިގަނޑު ހިކިވެ އަނަރޫފަ ވެފައިވީނަމަވެސް އެ ދޮން ހަންގަނޑާއި ބޮޑު ދެލޮލުގަވީ ވިދުމެވެ.އަޅައިގެންހުރި ކުޑަ ވައްބުރުގާ ރީތިކޮއްލަމުން ރަޝްފާތެދުވެ އެނދުގައި ލެގިލިއެވެ.އޭނާގެ ކުރިމަތީގައި ހުއްޓިގެން އެހެރީ އެ މޫނެއްދެކިލުމަށް އޭނާގެ ހިތް އިންތިިިޒާރު ކުރަމުންދިޔަ މޫނެވެ.އަދިވެސް އެމޫނު މަތީގައިވަނީ މީގެ 16 އަހަަރުކުރިން އޭނާ ދުއްފަދަ ތާޒާކަމެވެ.ހަމަ އެފަން އިސްތަށިގަނޑާއި ކަނޑު ނޫކުލައިގެ ކަޅިއެވެ.ބައިމަތިފުޅާ ވަރުގަދަ އެހަށިގަނޑުގައި މަސްޖަހާލާފަ ހުރިނަމަވެސް އެ ހިއްގައިމުކަމަކަށް ބަދަލެއް ނާދެއެވެ.އަލި ހަންގަނޑާއި ތުނިކޮށް ކޮށާލާފައި ހުރި ތުނބުޅި އޭނާގެ ފިރެހެންވަންތަކަން އިތުރުކޮއްދެއެވެ.”ފާލިހް”ރަޝްފާގެ އަނގައިން ނިކުމެގެންދިޔަ ނަމާއިއެކު އެ ފިރިހެން މީހާ އައިސް ރިޝްފާގެ އަތުގައި ހިފާލިއެވެ.އެވަގުތު ރަޝްފާ ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ.ނުހަނު ލޯތްބާއެކު އެކަރުނަތައް ފޮހެލާދެމުން ފާލިހް ރަޝްފާގެ ދޮން އަތަށް ބޮސްދިނެވެ.ފާލިހްގެެ މޫނަށް ބަލާލުމަށްފަހު އެނދުގެ އަނެއްފަޅީގައި ނިދިފައޮތް ފަލަކް އާ ދިމާލަށް ރަޝްފާ ބަލާލީ އެ ދަރިފުޅު ބަލައިދިނުމަށް އެދޭ ފަދަޔަކުންނެވެ.”ރަޝްފާ…”ފާލިހްގެ އަޑުވެސް ނިކުތީ ކިރިޔަކިރިޔާއެވެ.”ފާލިހް އަހަރެމެންގެ ދަރިފުޅު….”ރަޝްފާއަށް ބުނެވުނީ އެހިސާބަށެވެ.ގިސްލަ ގިސްލަމުން އޭނާއަށް ރޮވެން ފެށުނެެެވެ.މަންމަގެ ގިސްލުމުގެ އަޑަށް ނިދިފަ އޮތް ފަލަކްއަށް ކުއްލިޔަކަށް ތެދުވެވުނެެވެ.ރަޝްފާގެ އަތުގައި ހިފަހައްޓާލައިގެން ހުރިމީހާ އޭނާއަށް ފެނުނީ ފުސްކޮންނެެވެ.ރީއްޗަށް ދެލޯ އުނގުޅާލުމަށްފަހު ބަލައިލުމުން ފެނުނު ސޫރަ އަކުން ފަލަކްއަށް ކޮއްޅަށް ތެދުވެވުނެެެވެ.”ބައްޕާ……”;
ނޯޓް:މީ އަޅުގަނޑު މިފަދަ ސައިޓަކަށް ލިޔާ ފުރަތަމަ ވާހަކައެވެ.ތިޔަ އެންމެހާ ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެެވެ.އަދި ތޔަބޭފުޅުންގެ ފާޑުކިޔުން އަޅުގަނޑު އުފަލާއެކު ބަލައިގަންނާނެ ވާހަކަ ދަންނަވަމެެެވެ.ފެށުންކަމުން މިބައި ކުރުވިޔަސް ދެން ކުރިއަށް ހުރި ބައިތައް ދިގުވާނެ ވާހަކަވެސް ދަންނަވަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



vvvvvvv nice storyyy proud of u sis❤❤❤❤❤❤❤
#gohodo?????
Yes buri♥️♥️♥️
vvvv reethi maasha allah….
Thankyou naash❤️
Nice starting keep it up
Thankyou Ril❤️
Wow very nice maasha allah, hama varah reethi vaahaka eh don’t stop and continue the work ❤️
Yesss ❤️❤️❤️
Nice starting..
Thankyou… glad you like it♥️
V reethi Mi vaahaka ge feshun vx dhn kieeve vaahaka reethi nuvaanvy hehe
Ehhehe thankyouu glad you like it❤️
Vvv reethi mi vaahaka keep it up sis❤️❤️❤️
Thankyoi nia next parts kiyaalahchey darling❤️