ލޯތްބައްޓަކައި(9ވަނަ ބައި)
”ފަލަކް”
ރަފްގާއާއި ނިކްޔަންގެ ފަހަތުން ސުކޫލު ގޭޓުން ވަދެގެން ދިޔަ ފަލަކް ހުއްޓިލީ ވަރަށް ދަންނަ އަޑަކުން މީހަކު އޭނާއަށް ގޮވާލުމުންނެވެ.”ޒުމާ”ފަހަތަށް އެނބުރުނު އިރު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ދެލޯ ބޮޑު ކޮށްލައިގެން ހުރި ޒުމާ ފެނުމުން ފަލަކް އަށް ބުނެވުނެވެ.ފަލކްއަށްވެސް ވީ ހަމަ ޒުމާ އަށް ވީވަރެވެ.އުފަލުން ގޮސް ދެކުދިން އެކަކު އަނެކަކު ގައިގަ ކުޑަކޮން ބައްދާލިއެވެ.ދެ އަހަރު ފަހުން އެންމެ ގާތް އެކުވެރިޔާއާއި ބައްދަލުވުމުން ދެކުދިންވެސް ތިބީ ވަރަށް އުފަލުންނެވެ.”ފަލަކް މިތާ…؟”ސުވާލު ގެ ނަޒަރަކުން ފަލަކްއަށް ބަލާލަމުން ޒުމާ އަހާލުމުން ފަހުން ކިޔައިދޭނެ ކަމުގައި ބުނެ ފަލަކް އަވަސްވެގަތީ ކުލާހަށް ދިއުމަށެވެ.ދުރުގައި ޝޫރާއާއި ރަފްގާ މިމަންޒަރު ބަލަން ތިބީ މޫނު ކުނި ކޮއްލައިގެނެވެ.ފަލަކްއަށް މާ ގާތް އެކުވެރިން ލިބި އުފަލުގައި ހުންނަން އެދެމީހުން ބޭނުން ނުވަނީ ކަންނޭނގެ އެވެ.ޝޫރާ ރަފްގާ ފަލަކް އަދި ޒުމާވެސް ދިއައީ އެއް ކުލާހަކަށް ކަމުން ހަތަރު ކުދިންވެސް ގޮސް ކުލާހުގައި ދަބަސްތައް ބަހައްޓާފައި އެސެމްބުލީ ކުރާ ހޯލަށް ދިއައެވެ.އޭރު ނިކްޔަން މެންގެ ގުރޭޑް ބާރައިގެ ކުލާސް ކުދިންވެސް ހޯލުގައި ތިއްބެވެ.
.ލޫތު އާ ވާހަކަ ދައްކަން ހުރި އާލިމްއަށް އެއްލި ކަޅިއަކުން ހޯލުގެ ދޮރުން ޒުމާއާއި ވާހަކަދައްކަމުން އައިސް ވައިން ފަލަކް ފެނުމުން އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީ މިފެންނަނީ ހަޤީގަތެއްކަން ގަބޫލު ނުކުރެވިފައެވެ.އާލިމް މާވަރަކަށް ދޮރާ ދިމާލަށް ބަލާތީ ލޫތުވެސް އެދިމާލަށް ބަލާލިއެވެ.ޒުމާ ކައިރީ ހުރި އަންހެންކުއްޖާ ފެނުމުން ލޫތުއަށް ވީގޮތް ނަގައިގަނެވުނެވެ.ޒުމާ އަކީ އެކުދިންނާ އެއްސޫކޫލެއްގައި ގުރޭޑް 9 އަކުން ފަށައިގެން ކިޔެވި ކުއްޖަކަށްވާތީ ޒުމާއަކީ އެމީހުނަށް އާމޫނެއް ނޫނެވެ.”އާލް އެއީ އެ ސެންޓުފުޅި މަންޖެ ދޯ”ލާނެއް ރާގަކަށް ލޫތު ބުނެލުމުން އާލިމް ބޯކަހާލަމުން އާންއެކޭ ބުނެލިއެވެ.އެސެމްބލީ ފެށިގެން ދިއައީ ޤުރުއާނުގެ ބަރަކާތުންނެވެ.ލީޑިން ޓީޗަރުންނާ ސުކޫލުގެ އިސްވެރިންގެ ވާހަކަފުޅަށްފަހު އެސެމްބްލީ ނިމިގެން ދިއުމުން ހުރިހާ ކުދިންވެސް ކުލާސްތަކަށް އަނބުރާ ދިއައެވެ.
ހަމްދާން އާއެކު ކުލާހަށް ވައިން ނިކްޔަން ފެނުމުން އާލިމްގެ މޫނުމަތި ބަނަވެގެން ދިޔަތަން ލޫތު އަށް ވަރަށް ރަނގަޅަށް ވެސް ފެނުނެވެ.އާލިމްގާތު އެއްޗެކޭ ބުނަން ލޫތު ހުޅުވާލި އަނގަ ލައްޕާލަންޖެހުނީ މުދައްރިސް އައިސް ކުލާހަށް ވަނުމުންނެވެ.ގޮނޑީގައި އިށީނދެ ހަމަޖެހިލުމަށް ފަހު ނިކްޔަން ކުލާހުގެ އަނެއްފަޅީ ކަނަށް ބަލާލީ މީހަކު އިންތޯ ޔަޤީންކޮއްލަން ބަލާލި ފަދަޔަކުންނެވެ.”އޭ ނިކް އަދިވެސް ތި މައްސަލަ ހައްލުވާ އަތަށް ނާޅަނީތަ؟”ނިކްޔަންގެ ގައިގަ ކޮއްޓާލަމުން ހަމްދާން އަހާލިއެވެ.”ހައްލުކުރާކަށް މަނުވެސް އުޅެން…”ނުރުހުމާއެކު ނިކްޔަން ޖަވާބުދިނުމުން އިތުރަށް އެކަމާ ބެހޭގޮތުން އެއްޗެކޭ އަހާކަށް ހަމްދާން އަކަށްވެސް ނުކެރުނެވެ.
ކުލާހަށް ވަނީންސުރެ ގިނަ ބައެއްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން ފަލަކް އިނީ ނުތަނަވަސްވެ އުނދަގޫވެފައެވެ.”ޒުމް… ހާދަ ވަރަކަށޭ މި އެންމެން އެބަލަނީ.”..ކައިރީގަ އިން ޒުމާގައިގަ ކޮއްޓާލަމުން ފަލަކް ބުނެލުމުން ޒުމާ ލާނެއް ފާޑަކަށް ހީގަތެވެ.”ފަލަކް އަކަށް ނޭނގޭތަ ރީތި އެއްޗިއްސަށް އެންމެންވެސް ބަލާނެ…”ކުލާހުގެ ފަހަތުގައި ތިބި ފިރެހެން ގުރޫޕަށް އިޝާރާތް ކުރަމުން ޒުމާ ބުނެލުމުން ފަލަކްވެސް ފަހަތަށް އެނބުރި ބަލާލިއެވެ.އޭގެ ތެރެއިން ގިނަ ބައެއްގެ ނަޒަރު އޭނާއަށް ހުއްޓިފައ ި ހުރުމުން ފަލަކް ޒުމާއާ ދިމާލަށް ބަލާލީ ކަންބޮޑުވެ ހުރެއެވެ.ކުލާހުގެ އެންމެންގެ ފަރާތުން ފަލަކްއަށް މާ ބޮޑު ސަމާލުކަމެއް ލިބެމުން ދާތީ ރަފްގާގެ ހިތުގައި ފަލަކްއާ މެދު ހަސަދަވެރިކަން ދިއައީ އުފެދެމުންނެވެ.”ޝޫ އަޅެ އެތިބަ އެންމެން އެ ފަލަކް އާ ދިމާލަށް އެ ބަލަނީ އޭނަގެ ކޮންތަނެއް ރީތިވެގެންތަ…”އެންމެފަހުން ކެތްނުކުރެވުމުން ރަފްގާ ޝޫރާގެ. ކަންފައިތް ބުޑުގައި ބުނެލިއެވެ.”ރަފް ރިލޭކްސް….އޭނަ ކިތަންމެ ރީއްޗަކަސް ރަފް އަށް ވުރެން ރީއްޗެއް ނުވެވޭނެ…”ޒުމާއާއި ފަލަކްއާ ދިމާލަށް ލޯއަޅާލަމުން ޝޫރާ ބުނެލިއިރު އޭނާގެ އަޑުގައިވެސް ވަނީ ފަލަކްއާ ދޭތެރޭ ރުޅިވެރިކަމެވެ.ފުރަތަމަ ދުވަސް ކަމުން މާ ބޮޑު ކިޔެވުމެއް ނެތެވެ.ބްރޭކް ގަޑި ޖެހުމުން ލޫތު އާއެކު ކުލާހުން ނިކުތް އާލިމް ލޫތު އަށް އެއްލޯ މަރާލުމަށް ފަހު ދުރަށް ހިނގައިގަތީ ބެންޗް އެއްގައި އިށީނދެ ތިބި ފަލަކްއާ ޒުމާ ފެނުމުންނެވެ.ފަލަކް މެންތިބި ދިމާލަށް ބަލަހައްޓައިގެން ކުރިޔަށް ހިނގަމުންތިޔަ އާލިމް ސިހުނީ މީހެއްގެގައިގަ ޖެހެވުމުންނެވެ.ޝޫރާޔާ އަދި އިތުރު ދެ އެކުވެރިޔަކާ އޮލަ ވާހަކައެއްގައި ހުރި ރަފްގާ ފަހަތް ބަލާލީ މީހަކު އައިސް އޭނާގެ ބުރަކަށީގައި ޖެހުމުންނެވެ.ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުން ރަފްގާގެ ކޯތާފަތައ ޖަންބު ކުލަ ވެރިވެގެން ދިޔައިރު މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.”އާލިމް..ކިހިނެއް..؟”ވާހކަ ދެއްކީ ޝޫރާއެވެ.”ހަމަ ބަރާބަރޭ…ސޮރީ އިނގޭ ރަފްގާ..ދެންމެ ނުބަލާ އާދެވުނީ..”ވާހަކަ ދެއްކި އިރުވެސް އާލިމް ދިއައީ އިރު އިރު ކޮޅާ ފަހަތް ބަލަމުންނެވެ.އިޓްސް އޯކޭ އޭ ބުނަން ރަފްގާ ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ އެނބުރި އައިކޮޅަށް ދާން އާލިމް ހިނގައިގަތުމުންނެވެ.
.”އޭ ޒުމާ ކިހިނެއްތަ؟”ޒުމާއާއި ފަލަކް އިން ބެންޗުގައި އިށީނދެލަމުން ލޫތުއަހާލިއެވެ.”ހަމަ ރަނގަޅޭ….ލޫތު އޯ”ހިނިތުންވުމަކާއެކު ޒުމާވެސް ވާހަކަ ދެއްކިއެވެ.ބޯން އިން މައިލޯ ޕެކެޓު އަނގައިން ނައްޓާލަމުން ފަލަކް ލޫތް އާ ދިމާލަށް ބަލާލިއެވެ.ކޮންމެވެސް ތަނަކުން ލޫތް ދުއ ހަނދާން ވިނަމަވެސް އެއީ ކޮންތަނެއް ކަމެއް ފަލަކްގެ ހަނދާނަކަށް ނައެވެ.”ޒުމް މީ ކޮންކުއްޖެއް”ފަލަކްއަށް އިޝާރަާތް ކޮއްލަމުން ލޫތު އަހާލުމާއެކީ ޒުމާ އެދެމީހުން އެކަކު އަނެކަކަށް ތަޢާރަފު ކޮއްދިނެވެ.”އޭ ލޫތް ކައެ މިތާ….”ވަރަށް ނޫންކަމަށް ހެދިފައި އައިސް އެ ބެންޗުގައި އިށީންނަމުން ވާހަކަދެއްކި އާލިމް ފެނުމުން ފަލަކްއަށް އިންތަނުން ކޮއްޅަށް ތެދުވެވުނެވެ.އޭރު ލޫތުގެ މޫނުމަތީގައި ކާމިޔާބީގެ ހިނިތުވުމެއް ވީއިރު ޒުމާ ހުރީ ސުވާލު މަރކެއްގެ ތެރޭގައެވެ.މީ ފަލަކްމެން އެތާ ތިބި ތަންފެނުމުން ފަލަކްގެ ނަން ހޯދަންވެގެން ލޫތް އާއި އާލިމް ރާވާލި ކުޑަ ރޭވުމެކެވެ.އެމީހުން ބޭނުންވިގޮތަށް އެކަން ކާމިޔާބުވެސް ވިޔެވެ.މޫނުމައްޗައް ހައިރާންކަން ވެރި ކުރުވައިގެން ހުރި އާލިމްއަށް އެ ވިލު ނޫކުލައިގެ ޖާދޫވީ ދެލޮލުގެ ޖާދޫގައި ޖެހެން މާ ގިނަ އިރެއް ނުނެގިއެވެ.”ޔޫ!”އާލިމްއާ ދިމާލަށް އިނގިލި ދިއކޮއްލަމުން ފަލަކް އެހެން ބުނެލިއިރު އޭނާގެ ދެބުމަ ވަނީ ގޮއްޖެހިފައެވެ.މީ އެ ފިހާރަތެރެއިން އޭނާ ލަދުގަންނަވާލި ޒުވާނާއެވެ.”ތި ދެމީހުން އެކަކު އަނެކަކު ދަންނަންތަ؟”އެންމެ ފަހުން ޒުމާއަހާލިއެވެ.އަދި ސުކޫލުގެ ގޯތިތެރޭގައި ތިބި ގިނަ ބައެއްގެ ނަޒަރު އެދިމާލަށް ހުއްޓެން ފެށުމުން ފަލަކްގެ އަތުގައި ހިފައި ބެންޗުގައި ބޭންދިއެވެ.އޭރު އާލިމްގެ މޫނު މަތީގައި ވަނީ ލާނެއްކަމުގެ ވިދުވަރެކެވެ.”ކަމަނާ..އަނެއްކާވެސް ބައްދަލުވީނު…މިއަށް ކިޔާނީތަޤުދީރު..”ހިނިގަނޑެއްޖަހާލަމުން އާލިމް ބުނެލި ޖުމްލައާއެކު ފަލަކްގެ މޫނުމަތިން ނުރުހުން ފާޅުވެގެން ދިއައިރު ލޫތުވެސް ހީގަތެވެ.ވާނުވާ ނޭނގިފައިން ޒުމާ ފެނުމުން ލޫތު ކުރުގޮތަކަށް ފިހާރަ ތެރޭގައި ހިނގައިދިޔަ ހާދިސާ ކިޔާދިނެވެ.ޒުމާވެސް ހޭންފެށުމުން ފަލަކް އޭނާގެ ގައިގައި ބޮނޑިއެއްއަޅުވާަލަމުން އިތުރަށް ތުންދަމާލިއެވެ.ފަލަކްގެ ހަރަކާތްތަކަށް ކަޅިޖަހާ ނުލާ ބަލަން އިން އާލިމް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮއްލީ ފަލަކް އޭނަޔާ ދިމާލަށް ބަލާލުމުންނެވެ.”ދެން އާލް ނުޖެހޭނެ ކަމަނަ އޭ ކިޔާކަށް މިދެން ނަންވެސް އިނގުނީނު…ދޯ ފަލަކް”ލޫތު ގެ ޖުމްލައާއެކު ޒުމާއަނެއްކާވެސް ހޭންފެށިއެވެ.”އަހަރެން ކިޔާނީ ހަމަ ކަމަނަ…”އާލިމް ބުނެލުމުން ފަލަކް އާލިމްއާ ދިމާލަށް ލޯއަޅާ ލުމަށް ފަހު އެތަނުންދާން ހިނގައިގަތުމުން ޒުމާވެސް އޭނާގެ ފަހަތުން ދިއައެވެ.އޭރު އާލިމްގެ މޫނުމަތީގައި ވަނީ އެހެންޔާ ނުފެންނަ ފަދަ ރީތި ހިނިތުންވުމެކެވެ.”ފަލަކް މަޑު ކޮއްބަލަ… ތިހާ ބާރަށް ނުދިޔަސް ކުލާހަށް ދެވިދާނޭ…”ހެމުންހެމުން ފަލަކްއާ އެއްވަރު ކުރަމުން ޒުމާ ބުނެލިއެވެ .”އެއީ ކާކުތަ؟އިނގޭތަ އޭނަޔާ ހެދި އެދުވަހުވެސް ހާދަ ލަދެއް ގަތޭ”ފަލަކް އަހާލުމުން އަނެއްކާވެސް ޒުމާ ހީގަތެވެ.”އެއީ ދޯ….އެއީ އޭނދަ ލޫތުގެ ބެސްޓް ފްރެންޑް އެންޑް ސްކޫލުގަ އުޅުނު އިރު ސުކޫލުގެ މިސްޓާރ ހޭންޑްސަމް…އާލިމް”ޒުމާ މާވެލާފަ އާލިމްގެ ތާރަފެއް ދިނުމުން ފަލަކް ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށް ޒުމާއާ ދިމާލަށް ބަލާލިއެވެ.”މިސްޓާރ ހޭންޑްސަމް މައި ފުޓް”ފަލަކް ބުނެލި ރާގުންވެސް ޒުމާއަށް ހިނިގަނޑު ހިފަހައްޓާލެނީ ހަމަ ކިރިޔާއެވެ.
”އޭ ބަލަ ނިކް މަ މިއޮތް ހުރިހާ އިރު ވާހަކަ ދެއްކިއިރު ކޮންތާކަށް ގެއްލިފަ ތި ހުންނަނީ”ކުލާސްތައް ހުންނަ ކޮރިޑޯގައި ނިކްޔަންއާ ހަމްދާން ތިބި އިރު ނިކްޔަންގެ މޫނުމަތީގައި އަތް ހޫރުވާލަމުން ހަމްދާން ބުނެލީ، އޭނާ ވާހަކަ ދައްކައި ދައްކައިވެސް ނިކްޔަންގެ ސަމާލުކަން ނުލިބުމުންނެވެ.ސިހިފަ ކަހަލަ ގޮތަކަށް ކީކޭ ހޭ ނިކްޔަން އަހާލިއެވެ.މިއޮތް ހުރިހާއިރު އޭނާގެ ސަމާލުކަން ހުއްޓިފައި ހުރީ ޒުމާއާއެކު ކޮރިޑޯއަށް ވަދެގެންއައި ފަލަކްއަށެވެ.ހިނގަމުން އައިސް ނިކްޔަންމެނާ އަރާ ހަމަވުމުން ފަލަކް ނިކްޔަންއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.ބަދަލުގައި ނިކްޔަންވެސް ހީލިއެވެ.”
ރަފް ހާދަ އުފާވެފަ!ހަމް އާލިމް ކޮއްލާ އެކަހަލަ ކުޑަކަމަކުން ރަފްގެ މުޅި މޫޑް ޗޭންޖްވެޔޭ ދޯ”ހުރިހާ ގަޑިތައް ނިމުމުން ދަބަހަށް ފޮތް އަޅަމުން ޝޫރާ ރަފްގާއާއި ވާހަކަދެއްކިއެވެ.”އުފާވާންނު..ދެން ޝޫ އަށްވެސް އިނގޭނެ އައި ލައިކް ހިމް ސޯމަޗް…”ހުވަފެނީ ގޮތަކަށް ރަފްގާ ބުނެލިއެވެ.ގެއަށް ދާން ނިކުތް އާލިމްއަށް ރަފްގާއާއި ނިކްޔަންއާ އެއްކާރަކަށް އެރި ފަލަކްފެނުމުން އެތައް ސުވާލެއް ހިތުގައި ފުނި ޖެހުނެވެ.ޒުމާ ވެސް ހުރީ ހަމަ އެފަދަ ހާލެއްގައެވެ.ނަމަވެސް ފަލަކް ހުރިހާ ވާހަކައެއް ފަހުން ކިޔާދޭނަމޭ ބުނުމުން ހިތްހަމަޖައްސާލައިގެން ހުރީއެވެ.
*******
– އޯރކިޑްވިލާ ކައިރިއަށް ކާރު މަޑު ކުރުމުން އެންމެ ފުރަތަމަ ވެސް ފޭބީ ރަފްގާއެވެ.ކަންމަތީ ފިހާރައަށް ގޮސްލާފައި އެބައަންނަން ކަމުގައިބުނެ ރަފްގާ ދިއުމުން ފަލަކްގޭތެރެއަށް ވަންނަން ހިނގައިގަތެވެ.ފަލަކްގެ ފަހަތުން ކަހަލަ ގޮތަކަށް ނިކްޔަންވެސް ދިއައެވެ.ލިފްޓުގެ ދޮރު ހުޅުވުމުން ދެމީހުން އެކުއެކީހެން އަރާ ފިތްތައް ހުންނަ ދިމާލަށް އެއްފަހަރާ އަތްގެންދެވުމުން އެކަކުގެ އަތް އަނެކަގެ އަތްތިލަ މަތީ ބީހިލިއެވެ.އެވަގުތު ދެމީހުނަށް އެއްފަހަރާ އެކަކު އަނެކަކާ ދިމާލަށް ބަލާލެވުނު އިރު ހަތަރުކަޅި ހަމަވެގެންދިއައެވެ.އިސްޖަހާލަމުން ސޮރީ އޭ ބުނެލަމުން ފަލަކް އޭނާގެ އަތް ދުރަށް ލުމުން ނިކްޔަން
ލިފްޓުގެ ފިތްތަކަށް އޮއްބާލިއެވެ.ލިފްޓް ފުރަތަމް ފްލޯ އަށް ހުއްޓުމުން ފަލަކް އަވަހަށް ލިފްޓުން ނިކުތެވެ.”ސްކޫލުގެ ފުރަތަމަ ދުވަސް ރަނގަޅުތަ؟”ގޭގެ ދޮރާދިމާލަށް އަޅާލި ފިޔަވަޅުމަތީ ފަލަކް ހުއްޓުނީ ފުރަތަމަ ފަހަރަށް ނިކްޔަން އޭނާއާއި ވާހަކަ ދެއްކުމުންނެވެ.”ހޫމް…ހަމަ ވަރަށް ރަނގަޅު..”ފަހަތައް އެނބުރިލަމުން ހިނިތުންވުމަކާއެކު ފަލަކް ޖަވާބުދިނެވެ.”ކަމެއް ބޭނުންވެއްޖިއްޔާ ބުނެލައްޗޭ..”ހިނިތުންވުމާއެކު އެހެން ބުނެލުމަށް ފަހު ސިޑިން މައްޗައް އަރައިގެން ނިކްޔަން ދިއައެވެ.ލަސްކުރަން ނަހަދާ ފަލަކްވެސް ގޭތެރެއަށް ވަދެގެން ދިއައެވެ.
******
– ގެއަށް ވައިން އިރު ކާ މޭޒުދޮށުގައި ތިބި ހަނީފްއާއި ލައިލާ ފެނުމުން އާލިމްގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުން އެކީހެން ފިލައި ދިއައެވެ.އެމީހުން ފެނުނު ކަމަށްވެސް ނަހަދާ އާލިމްގޮސް ކޮޓަރިއަށްވަނީ ހަނީފް ގޮވަގޮވާ އޮއްވައެވެ.”މަންމާ އެހެރީނު އޭނަގެ އުޅުން ހުންނަ ގޮތް…އަހަރެންމީ އޭނާގެ ބައްޕައޭ.. އެކަމް އޭނަގެ ހިތުގަ ކުޑަވެސް އިޚުތިރާމެއް ޤަދަރެއް ނެތް…”ކޮޓަރިއަށް ވަދެގެން ދިޔަ އާލިމް އަށް އިޝާރަތް ކުރަމުން ހަނީފް ވާހަކަދެއްކިއެވެ.”އަހަރެން ބުނިންދޯ އާލިމްގެ އުޅުން މާކަ ރަނގަޅެއް ނޫނޭ…އަހަރެންނާ ދިމާލަށްވެސް އޭނަ ކިޔަނީ ހިތުހުރި އެއްޗެއް”އަލިފާންގަނޑަށް ތެޔޮއެޅުމުގެ މަސައްކަތް ލައިލާ ކޮއްލިއެވެ.”މަންމަ އާލް އާ ވާހަކަ ދައްކާނަމޭ…””މަންމަ ވާހަކަ ދައްކައިގެން ހައްލުވަާނެ ނަމަ މިހާރު ހައްލުވާހާ ދުވަސްވެއްޖެ…”ހާޖަރާއަށް އޭނާ ބުނަން އުޅުނު އެތި ފުރިހަމަ ނުކުރެވެނީސް ހަނީފް ބުނެލިއެވެ.އަޑުންވެސް އޭނަ ރުޅިއައިސްފައި ހުރިވަރު ހާމަވެއެވެ.”އެވާނީ މިއަދު ސުކޫލުގެ ފުރަތަމަ ދުވަސްވީމ ަ ވަރުބަލިވެފަ ހުރީމަކަމަށޭ”ހާޖަރާ ބެލީ ހަނީފްގެ ރުޅިގަނޑު މައިތިރި ކުރެވޭތޯއެވެ.
****************
ގެއަށް ވަދެގެންގޮސް ޝޫރާ މައުރިފާގެ ކޮޓަރީގެ ދޮރު ހުޅުވާލީ މައުރިފާ ގޭގައި އުޅޭތޯ ޔަޤީންކޮއްލުމުގެ ގޮތުންނެވެ.ކޮޓަރީގައި މައުރިފާ ނެތުމުން އޭނާވީ ޑިއުޓީގައިކަން ޝޫރާއަށް ނަގައިގަނެވުނެވެ.ދަބަސް ނަގައި ސޮފާމަތީ ބޭއްވުމަށްފަހު ޝޫރާ ސޯފާގައި އިށީނދެލިއެވެ.މަންމަގެ އުޅުން ވޭތުވެދިޔަ ތިން ދުވަހު ހުރި ގޮތުން އޭނާ އެހުންނަނީ ކަންބޮޑުވެފައެވެ.އަބަދު އަނގަތަޅާހަދާ މައުރިފާ ހުންނަނީ މުޅިންހެން ހިމޭންވެ ފައެވެ.ވީ ކިހިނެއްތޯ އެހުނު އަދަދެއްވެސް ނޭނގެއެވެ.ކޮންމެ ފަހަރަކުވެސް ހިނިތުންވެލަމުން ކަމެއް ނުވާކަމުގައި ބުނާނެއެވެ.ސޯފާއިން ތެދުވެގެން ގޮސް ޝޫރާ ކޮޓަރިއަށް ވަދެ ފެންވަރާ ހަދާލައިގެން ނިކުމެ އެއްޗެއް ކާލަން ޝޫރާއަވަސްވެގަތެވެ.
******
”ފަލަކް ދައްތާ،ފަލަކް ދައްތާ”
ފަލަކް އަށް ގޮވަމުން ގޮވަމުން އެގެއަށް ވަދެގެން އައި ނުހާ ފެނުމުން ރާއިދާއަށް ވުރެން ބޮޑު ހައިރާންކަމެއް ލިބުނީ ރަފްގާއަށެވެ.”ކޫ،ކޮބާތަ ފަލަކް ދައްތަ؟”އަވަސްއަރުވާލަމުން ނުހާ އަހާލިއެވެ.”ހާދަ އެކްސައިޓްވެފަ ނުއްކޯ….ކިހިނެއްވީ؟ތި ވެގެން އުޅޭ ގޮތެއް ބުނެބަލަ ކޫ ކައިރީ”ނުހާގެ ދެކޮނޑުގައި ހިފާލަމުން ރަފްގާ އަހާލިއެވެ.”ކޫއަކަށް ނޭގޭނެ ބުންޔަސް އައި އޭމް ގޮއިންއަޕް އޮންލީ ފަލަކް ދައްތަ އަށް އިނގޭނީ..”ނުހާގެ ޖުމްލައާއެކު ރަފްގާއަށް ނުހާގެ ކޮނޑުން އަތް ދޫކޮއްލެވުނެވެ.އެއާއެކު ނުހާ އަވަހަށް ސިޑިން އަރައިގެން ދިއައެވެ.”އަދިވެސް އުޅޭތި އޭނައަށް މާ ހެޔޮވެގެން..ނުހާއެއީ ކުރިން އަބަދު ރަފްގެ ފޫބުޑުން ނުނައްޓާ އުޅޭ ކުއްޖެއް…އެކަމް މިހާރުއޭނައަށް ފަލަކް ވަރެއް ނެތް،އަދި މި ވީވެސް އެންމެ ހަތަރު ވަރަކަށް ދުވަސް އޭނ މިގެއަށް އައިތާ”ރާއިދާ ބުނެލުމާއެކު ރަފްގާ ރާއިދާއާ ދިމާލަށް ބަލާލިއެވެ.އޭނާގެ މޫނުމަތިންވެސް ރުޅިއައިސްފައި ހުރިކަން ހާމަވެއެވެ.ރަފްގާގެ ހިތުގައި ފަލަކްއާމެދު އޮތް ނަފްރަތުގެ ހުޅުގަނޑަށް ތެޔޮއެޅި އިތުރަށް ބޮޑުވެއްޖެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Salaam readers.Here is the ninth part of the story hope you all like it…if there is anything you wanna say regarding the storys current track or if you notice any mistakes pls tell me through comments…feel free to express your views and opinions..love you all stay safe❤️
Alhey Maasha Allah mee haadha loabi vaahaka ekey?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????? Adhi mikee hurihaa baeh Maasha Allah hurihaa baeh ves varah varah varah varah loaaaaaaabi???????? kon irakun tha next part??? Varah varah kiyaa hivvey eba next part????????
Alheyyyy thankyouuuu so much naani darling❤️❤️❤️❤️Wrh ufaa wejje comment fenunyma and next part mirey submit kuraanan ly❤️❤️❤️
Wah wah wahhhh maasha Allah vvvvvvvvv Reethi comment nukurevunas baraabarah kiyan mi stry… Hama buneveynii wow eyh.. Haadha foohivey e rafga dheke.. Alhe Falak kiihtha kurii eyna ah.. Btw whn nxt dear??? Lysm
wrh ufaa wejje ingey naash ge comment fenunyma glad you like it darling?❤️And yes rafga hama without a reason eba rulhi aadheye dhw ulheyne nu ekahala myhun wes…next part i will submit tonight lyt❤️❤️❤️
Dhw haadha goahey rafga? vrh foohi vey dhn maa rangalhu meehakah vegen ulheythy
Wowwwwyyy varah varah habeys mi prt vx???????????? …. Masha Allah Masha Allah varaaaaaaaaah salhi ❤️❤️❤️❤️❤️❤️❤️❤️❤️❤️…. Whn nxt ??? … Ur one of my fav ????????…. Waiting 4 nxt
….. Stay safe
TC
Lots and lots of love from Afu ?????????
Lysssssmmmmmm ?????
Awwww thankyou afuuu darlingg❤️❤️❤️Seeing your colorful comment every time makes me rlly happy thankyouu lwbs??lym stay safe ❤️❤️❤️
Wowoowow nice story hama bestttt❤❤❤❤❤rafga dhn hama falak aa jahsaalaafa falak ge ehwes kusheh nethi….raaidhaa wes pspspsps i wonder wat problems they will create for her in the future anehkaa falak libeyny kon boy akah baaa aalim or nikyan vrh looking forward awahah next part up kohdhehcheyyyy lyy sis?
Dhw hama falak aa jassaalaafa dhemain act kuran wes molhy ey rafga anehka?thankyou so much comment kohlyma and happy that you like it nuhyy next part soon sooon lymmm❤️❤️❤️❤️?
This part is also amazing
Masha Allah Hama varah sali
And waiting for the next sis.
Pls avaha up kohladheychey
Love u sis❤❤❤❤
Ayee thankyou ril❤️Next part mirey submit kuraanan stay safe❤️❤️
Thank U sissy……. ??????????
Anytyn❤️
Aphxx dear, next part up kohdhehche avahah…. Im cant wait to read the next part… Mibai Vvvvvvvv Reethi… Alhe falak besty aa meet veema V happy vi.. Rafga and her mom haadha mean Ey.. If I suddenly get to know I have another sibling I would be so excited.. Hehe.. Lysm darling…… Tvvvvvvvvvvvgc
Kyhkurany dhw ulheyne rafga kahala kudhin wes…and thankyou luvia darling ❤️❤️ I have already submitted next part ingey
Heyyyy. Aphxxx its v vvvv nice…. Nxt part vc avahah up kolladheythi pls dear
Hey raaaya thankyou darling ❤️?next part already submitted ingey