Skip to content
އެސްފިޔަ

މިދެލޯ ފުހެލަ ދޭށޭ ލޯބިން 10

ސާރާމެން ކޯހަށް އައި ފަހުން ދުވަސްތައް ދިޔަގޮތް ނޭނގުނެވެ.އެދުވަސް ތަކުގެ ތެރޭގައި ހަޝްމާވެސް ސާރާމެންނާއި ވާހަކަ ދައްކާހަދަންފެށިއެވެސާރާވެސް މާލްމެންނާއި އެކު ކުރިން އުޅުނު ބީރައްޓެހި ގޮތްކެނޑި ގޭތެރެޔަށް ހޭނިއްޖެއެވެ.

އެއްރޭ ސާރާ އާއި ނައިނާ ކައިނިންމާލުމަށްފަހު ކޮޓަރިޔަށް ހިނގައިގަންނަނިކޮށް ހަޝްމާ ގޮވާލި އަޑު އިވުމުން ސާރާ އެދިމާލަށް ބަލާލިއެވެ.ހަޝްމާ އެދުނީ އޭނައާއި އެކު  ބެލްކަންޔަށް ދިޔުމަށެވެ.ނައިނާ ކޮޓަރިޔަށް ފޮނުވާލުމަށްފަހު ސާރާ ހަޝްމާގެ ފަހަތުން ހިނގައިގަތެވެ.

ސާރާ ދިޔައިރު ހަޝްމާ ހުރީ ބެލްކަނި ރެއިލިން ތަކުގައި ހިފަހައްޓައިގެންނެވެ.ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތަކުން ހީކަރުވާގޮތެއްހުރެއެވެ.

ހަޝްމާ ސާރާއަށް ގޮވާލި އަޑަށް ސާރާ ހަޝްމާއަށް ބަލާލިއެވެ. އެވަގުތު ހަޝްމާގެ ލޮލުގައި ހުރި އަސަރުތައް ދެނެގަންނާކަށް ސާރާއަކަށް ނޭނގުނެވެ.ހަޝްމާ އެއްޗެކޭ ނުބުނުމުން ބެލްކަނިން ބޭރު ބަލާލިއެވެ.ކާރޫ ބާރު ބޮޑު މަގުތަކުގަޔާއި ހައިވޭތަކުގައި ދުއްވަމުން ދިޔަ ކަރުތަކާއި އެހެނިހެން ދުއްވާ ތަކެތީގެ އަލިން އަޖާއިބު ކުރުވާފަދަ ރީތި ކަމެއްހުރެއެވެ.ޖެހެމުން ދިޔަ ވަޔަށް ކޮލެޖްގެ ގޯތިތެރޭގައި ހުރި ގަސްތައް ހެލެމުން ދިޔައީ ކިޔަމަންތެރިކަމާއިއެކުއެވެ. ކޮލެޖްގެ ގޯތި ތެރެއިން މަދުމަދުން ކުދިން ފެނެއެވެ.

“ސާރާ” ހަޝްމާ އަނެއްކާވެސް ގޮވާލުމާއިއެކު ސާރާ ބަލާލިއެވެ.މިފަހަރު ހަޝްމާ ވާހަކަ ދައްކަންފެށިއެވެ. އެހެން ނަމަވެސް ޖެހިލުންވެފައި ހުރި ގޮތަކަށެވެ.”ސާރާ. އައިއެމް ސޯ ސޮރީ ކުރިން ދުވަހު ވީ ކަމަށް. ވަރަށް ދެރަވި ސާރާ ކަން އެނގުނީމަ.”

ސާރާ ހިނިތުންވެލިއެވެ.” އިޓްސް އޯކޭ އޭ . ސާރާ ހަޝްގެ މަގާމުގައި ހުރި ނަމަވެސް ވާނެ އެހެން.” ހެޔޮ ހިތުން ސާރާ މައާފް ކުރިއެވެ.ތަފާތު ވާހަކަ ތަކަކަށް ފަހު ހަޝްމާ އަހާލިއެވެ.”ތިހާ ރީތި ކުއްޖެއްގެ ބިޓެއްނެތި ދާނެހެނެއް ހިޔެޔް ނުވޭ. ކޮބާތަ ބީއެފް؟’ހަޝްމާ މިހެން އަހާލުމާއި އެކު ސާރާއަށް ޝާއަފް މަތިން ހަނދާން ވުމާއިއެކު ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެހިތުގައި ޝާއިފްދެކެ ވާ މަތިވެރި ލޯބެއްގެ ސަބަބުން ހަމައެކަނި ޝާއިފް އެނަމުންވެސް އެ ތުންފަތުގައި ހިނިތުންވުމަކަށް ޖާގަ ލިބިއްޖެއެވެ.

“ހުރޭ ބީއެފްއެއް.”ސާރާ ބުނެލިއެވެ. ސާރާ މިހެން ބުނުމާއިއެކު ހަޝްމާ ޝާއިފްގެ ތައާރަފަކަށް އެދުމުން ސާރާ ކިޔަންފެށިއެވެ.”.ތިން އަހަރު ވަނީމި އެކީގައި އުޅޭތާ. މެލޭގައި ހުންނަނީ ޕައިލެޓްކަން ކިޔަވަން.ޝާއިފް ކިޔަނީ” ސާރާ ޝާއިފް އޭބުނެލުމާއި އެކު ހަޝްމާ އަށް ހީވީ ކަރަންޓުގެ އޮއިވަރެއް އެހަށިގަނޑުގައި ދުވެލިހެންނެވެ.މީހާއަށް ތެޅިގަނެވުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި މީހާ ހަމައަކަށް އަޅުވާލަމުން ހިނިތުންވެލިއެވެ.”އެހެންތަ؟ އިންގޭތަ ހަޝް އާ އެއްވަރު ކަޒިންއެއް ހުންނާނެ ޝާއިފް ކިޔާ. އަނެއްކާ އޭނަތަ؟” އެ ޗާއިފް ނޫންކަން ޔަގީން ވިކަމުގައި ވިޔަސް ސަމާސާ އެްގެ ގޮތުގައި ހަދާފައި ނަމަވެސް އަހާލީ އެހެންވުމުގެ ފުރުސަތުވެސް އޮތުމާއި އެކީގައި އެވެ. އެކަން ނޭނގި އެހިތަކަށް ހަމަޖެހުމެއް ނުވެއެވެ.”ހޫމް.އެ ޝާއިފް.ޝާއިފް ބުނި ހަޝްމާ ގެ ވާހަކަ.ސާރާ އެހެން ނުބުނީ ހަޝްމާ އަށް އެނގޭނެ ކަމަށް.” ހިނިތުން ވުމަކާއި އެކު ސާރާ ބުނެލިއެވެ. ސާރާ އެހެން ބުނެލުމާއި އެކު ހަޝްމާއަށް ހީވީ  ބިންގަނޑު ދަމައިގަތްހެންނެވެ.ނަމަވެސް އެހެންހޭ ބުނެލާ ހިނިތުންވެލިއެވެ.އެވަގުތު ސާރާ ނިދުމަށް ކަމަށް ބުނެ އެތެރެޔަށް ދިޔުމުން ހަޝްމާ ބެލްކނި ރެއިލިން ތަކުގައި ހިފަހައްޓާލިއެވެ.ހަޝްމާގެ ހިތް ކުޑަ ކުޑަ ހިދުކޮޅެއްތެރޭ ސާރާ އާއި މެދު ބަދަލު ވެގެން ދިޔައެވެ.އެކުވެރި ކަމުގެ ވިންދު ޖަހަމުން ދިޔަ އެހިތުގައި ނަފްރަތުގެ ހުޅުގަނޑެއް ރޯވެ އަދަން ފަށައިފިއެވެ. ބޭއިޚްތިޔާރުގައި ރެއިލިން ތަކުގައި ހިފާ ބާރު ކޮށްލިއެވެ.ހީވީ ރެއިލިން ތައް މުށުތެރެޔަށްލާ ފިއްތާލަން އުޅުނު ހެންނެވެ.ހަޝްމާގެ ހިތުގައި އަދަމުން ދިޔަ އަލިފާންގަނޑު ހަޝްމާގެ ދެލޮލުން ފެންނަހާވެއެވެ.އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. އެންމެ ކުޑަ އިރުއްސުރެވެސް މުއްސަދި ދިރިއުޅުމެއް އުޅެމުން އަންނަ ހަޝްމާއަށް ދަސްވެފައި ވަނީ އޭން ބޭނުންވާ އެއްޗެއް އޭނަގެ މޫށުތެރެޔަށް ލުމަށެވެ.އޭނަ ގަޔާވާ އެއްޗެއް ހާސިލް ކުރުމަށެވެ.އޭނަ ގަބޫލު ކުރާގޮތުގައި އޭނައަށް ނުލިބުނު އެއްޗެއް އެހެން މީހަކަށް ލިބުމުގެ ހައްގެއް ލިބިގެނެއް ނުވެއެވެ.އާއެކެވެ.ހަޝްމާއަށް ޝާއިފްދެކެ ލޯބިވެވުނެވެ.ކިތަންމެ ފިރިހެން ކުދިން ނަކާއި އެކީގައި އުޅުނު ކަމަށް ވިޔަސް އެހިތުގައި ވާ ޝާއިފް ގެ ނަމާއި ސޫރަ ފުހެވޭ ގޮތެއް ނުވިއެވެ.ކިތަންމެފަހަރަކު ޝާއިފް އަށްލޯބި ހުށައަޅައިފިއެވެ. ނަމަވެސް ކޮންމެ ފަހަރަކު އެލޯބީގައި ޝާއިފް ކޮޅުފައިން ޖަހާފައި އެބުރި ދަނީއެވެ.ހަޝްމާ އަށް ނުލިބުނު އެއްޗެއް ސާރާއަށް ލިބުނަ ނުދިނުމަށް އެހިތުގައި އަޒުމް ކަނޑައެޅިއެވެ.އެވަގުތު ދެލޮލުން އޮހިގަތީ ނަފްރަތުގެ ހޫނު ކަރުނަ ތަކެވެ.ހަޝްމާ ސިހިގެން ދިޔައީ ޝުއާ ގޮވާލި އަޑަށެވެ.”ހަޝް. ނިދަން ނާންނަނީތަ؟” ފެންފުޅިއެއް ހިފައިގެން ކޮޓަރިޔަށް ވަންނަން ދިޔަ ޝުއާގެ އަޑަށް ހަޝްމާ ކަރުނަތަށް ފޮހެލުމަށް ފަހު ނިދުމަށްޓަކައި މިސްރާބުޖެހިއެވެ.

އަނެއް ދުވަހުގެ އިރު އެރުމާއި އެކު ކޮންމެ މީހަކުވެސް ތެދުވެ  އެމީހެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އަވަސްވެގަތެވެ.ސާރާ އަށާއި ހަޝްމާއަށް ކޮޓަރިން ނުކުމެވުނީ އެކު  އެކީގައި އެވެ. ސާރާ ހިނިތުންވެލުމާއި އެކު ހަޝްމާގެ ހިތުގައި އަލިފާނަށް ހީވީދަރުތަކެއް އަޅާލިހެނެވެ.ނަމަވެސް އެކަން ފޮރުވުމަށް ފަހު ހިނިތުންވެލިއެވެ.

އެހެން ދުވަހެކޭވެސް އެއްފަދައިން ކޮލެޖް ނިންމާލުމަށް ފަހު ބޭރަށް ނުކުތްއިރު ނޯޓިސް ބޯޑު ކައިރިޔަށް ކުދިން އެއްވާތަން ފެނުމުން ސާރާމެން ވެސް އެތަނަށް މިސްރާބުޖެހިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. Umny ???

    Nice and when is the next part kiyaa hithun moyavaa varu veyey and hope miyah vureh dhigukohllaafa avahah up kohllaane kamah

    1. vanteKTH
      Umny ???

      thankyou so so much.. v ufaavejje umny ah mi part ves kamudhiyaeema..inshallah next part up kohlaairu dhigu kohlaanan..

  2. someone

    maashallah vvv reethi.. when is the next??

    1. vanteKTH
      someone

      thankyou.. inshallah v avahah up kohladheynan..

  3. dear gurl

    neh hama bunaane ehcheh vvv reethi..maashallah.. btw are u an ARMY??❤❤⚘

    1. vanteKTH
      dear gurl

      awwn thankyou dear… yes i am ?

  4. rauna?

    mashallah.. thikuraa hihvarah saabas.. adhi kiriyaa hurihaa baeh ves.. bunaane ehcheh nei.. vvvvvvvvv curious

    1. vanteKTH
      rauna?

      thankyou rauna dear … v ufaavejje mi vaahaka kamudhiya eema..

  5. shau her

    mashallah.. v reethi.. thankolheh avahah up kohladhechey ingey❤❤

    1. vanteKTH
      shau her

      thank you.. alhugadu submit kohlan but esfiya in publish thankolheh vanee

  6. shaai

    v nice.. v reethi sifakurun thah.. heevanee lolu kurimathee hingaafa huri kameh hen.. when is nxt ??

    1. vanteKTH
      shaai

      thankyou dear.. v avahah up kohla dheynan

  7. naash

    woooooow girl hama speachless… vvvv reethi… reethikamn anga hulhuvi gothah lappan vs neyngifa mihurii… vvv habeys mi part vs… whn nxt medam? lyssssssm darl… myssm my mudharris.. stay safe girl…

    1. vanteKTH
      naash

      thankyou darla..hehe messeh vadhedhaane..v avahah up kohlaanan inshallah.. ly2 <1000 .. miss you more dharivaru… you too.. stay at home and GWS once again

  8. Twinkle?

    Ooooh laaaa laaaaa???? Vvvvvvv salhi mi part vs… alhe aneh part avahah up kurahche… Miss u madam??? Ilysm❤️❤️❤️❤️

    1. vanteKTH
      Twinkle?

      Oo la la.. thank you girl.. maadhama aneh part up kohlaanan?… mym❤… i love you too buddy…

  9. Kairaa

    Varah varah reethi mi bai vx…waiting for the nxt part…lysm

    1. vanteKTH
      Kairaa

      Thankyou .. v ufaavejje kairaa dear ah mi part ves kamudhiya eema…next part maadhama kiyaalan libeyne.. lym..

  10. Zaai

    Mashallah v nice… kon irakah next part libeynee?? Vvvv curious…

    1. vanteKTH
      Zaai

      Thankyou zaai… next part maadhama libeyne ingey.. inshallah.. hehe..

Comments are closed.