Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…7

autti_quin._ Level 110 Stories
June 17, 2020 3 Mins Read
6 Comments

ދުވަސްތައް ހަލުއިކަމާއެކު މާޒީއާއި އެކު ވަމުން ދިޔައީ ލާޝާ އާއި ނިއަލްގެ އިތުރުން ނައިހާ އާއި ނާއިކްގެ ދިރިއުޅުން ވެސް އިހުނަށް ވުރެ ބޮޑަށް އުފާވެރި ކުރުވަމުންނެވެ. އެކަކު އަނެކަކު ދެކެވާ ތެދުވެރި ލޯބި އިތުރަށް ފުން ކުރާ ހާލުގައެވެ. ނައިހާ އާއި ލާޝާގެ އެކުވެރިކަމެކޭ އެއްފަދައިން ނިއަލް އާއި ނާއިކްގެ އެކުވެރިކަން ވެސް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެކަކު އަނެކަކާ އެކީ ދުވަހުގެ ބޮޑުބައެއް ހޭދަ ކުރަމުންނެވެ. ނަމަވެސް ދެރަކަމަކީ ހަތަރު މީހުން އެކީ އެތައް ސަކަރާތެއް ޖަހަމުންދާއިރު, އެކަކަށް ވެސް އަންނަން އުޅޭ ތޫފާނުގެ އެއްވެސް ހިލަމެއް ނުވާ ކަމެވެ.

އެއާ ޚިލާފަށް ވޭތުވެގެންދާ ކޮންމެ ދުވަހެއް ވެގެންދަނީ މާޝާގެ ހިތުގައި އަޅާ ވޭންތައް އިތުރަށް ގަދަ ކުރުވާ ދުވަސްތަކަކަށެވެ. އެ ހިތުގައި ނަގަމުންދާ ދިލަ ތަދުގެ އެއްވެސް ހިލަމެއް އިތުރު މީހަކަށް ނުވާ ޙާލުގައެވެ. އެ ކުށެއްނެތް މައުސޫމު އަހަންހެން ކުއްޖާ ކުރަމުންދާ ހިތާމަތައް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. މާޝާ ދެރަވަނީ ހަމަ އެކަނި ނިއަލް އެހެން މީހެއްގެ ހައްގަކަށް ވީމައެއްނޫނެވެ. އޭނާ އަށް އޭނާގެ ފުރަތަމަ ލޯބި ހާސިލު ނުވީމައެވެ. ނިއަލްގެ ކުރިމަތީގައި އޭނާގެ ހިތުގައި ނިއަލް އަށްޓަކައިވާ ލޯބި ހާމަ ނުކުރެވުމުންނެވެ. ލޯބި ވުމަކީ ކުށަކަށް ވާނަމަ މާޝާ ނިއަލް ދެކެ ލޯތްބެއް ނުވީހެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ލޯތްބަކީ އެމީހެއް އަމިއްލައަށްވާ އެއްޗެއް ނޫނެވެ. އޭއީ އެއްވެސް އިޚްތިޔާރަކާނުލާ ވެވޭ އެއްޗެކެވެ. މާޝާ އަށް ވެސް ވީ ހަމައެހެންނެވެ. އެހެންކަމުން އެއީ މަޝާގެ ކުށެކޭ ބުނެވިގެން ނުވާނެއެވެ. މާޝާ އަށް ކޮންމެ ރެއަކުވެސް ނިދެނީ ނިއަލްގެ ހަނދާން ތަކުގައި އޮއްވައެވެ. މިހާރަކަށް އައިސް އެ ރީތި މޫނު މަތިން އެއްވެސް އުޖާލާ ކަމެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ހިތްދަތިކަމެވެ. މިލައި މޯޅިވެފައިވާ ތަނެވެ. މާބޮޑަށް ކެއުމާ ދުރުވެ، އަބަދު އަބަދު ހިތާމަ ކުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ބޮޑުތި ބަދަލުތަކެއް އައިސްފައިވާކަން ބަލާލި ކޮންމެ މީހަކަށްވެސް ދެނެގަންނާކަށް އުނދަގުލެއް ނުވާނެކަން ހަމަ ޔަގީނެވެ. ނަމަވެސް ކޮންމެ ގޮތެއް ވިއަސް ހެޔޮކަމަށް ނިއަލް އާއި ލާޝާ ދުރުކުރުމަށް މާޝާ މަސައްކަތް ކުރާނެއެވެ. އެހެން ނޫނީ އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

*********

ފަތިހުގެ ހިތްގައިމު ވަގުތުގައި ލާޝާ އިނީ ގޭގެ ޓެރެސްގައި ބަހައްޓާފައި އިން ޖޯލީގައި ކޮފީ ޖޯޑެއް ހިފައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. އެހެން އިން އިރު އޭނާ އަށް ވިސްނެމުން ދިޔައީ މާޝާ އާއި ދޭތެރޭއެވެ. ވަރަށް ފަހުން ދުވަހަކު ނިއަލް ވަނީ ލާޝާ އަށް މާޝާ ތަޢާރަފު ކޮށްދީފައެވެ. ލާޝާ އަށް ފާހަގަ ކުރެވިފައިވާ ގޮތުގައި މާޝާ އަކީ ހިތްހެޔޮ، މަޑުމައިތިރި ކުއްޖެކެވެ. ލާޝާ އާއި މާޝާ އެންމެ ފުރަތަމަ ދިމާވި ދުވަހުގައި ލާޝާ އަށް މާޝާގެ މޫނުމަތީގައި ހުރި ހިތާމައިގެ އަސަރުތައް ވަރަށް ވެސް ރަނގަޅަށް ފާހަގަކުރެވުނެވެ. އެހެންކަމުން ނިއަލް އާއި އެ ވާހަކަ ދައްކާލަން ލާޝާ އިންނަނީ ކިތައްމެހާވެސް ބޭނުންވެފައެވެ. ނަމަވެސް ކޮންމެފަހަރަކު ވެސް ފަސްޖެހެވެނީއެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. ކޮފީތަށި ބޮއެ ނިމުމުން ލާޝާ ޓެރެސްއިން ފައިބަން ހިނގައިގަނެފައި ވެސް ހުއްޓެން މަޖުބޫރުވީ ބޮލަށް އެރި ތޫނު ތަދެއްގެ ސަބަބުންނެވެ. އަދި ހަމަ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލާޝާ އެނބުރުން އަރައިގެން ވެއްޓޭން ދިޔައެވެ. ނަމަވެސް ލާޝާގެ ނަސީބު ހަމަ ރަނގަޅީ ކަންނޭނގެ އެވެ. އެވަގުތު އެތަނަށް ވަދެގެން އައި ނިއަލް އަށް ލާޝާ ފެނުމުން ދުވެފައި އައިސް ހުށިޔާރު ކަމާ އެކީ ލާޝާގެ އުނަގަނޑުގައި ހިފާ އޭނާ އާއި ދިމާއަށް ދަމާލިއެވެ. ނިއަލް ލާޝާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން އަވަސް ހިނގުމެއްގައި ޓެރެސްއިން ފައިބައިގެން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ލާޝާ ބާއްވާލިއެވެ. އަދި މަޑުމަޑުން ލާޝާގެ ކޮލުގައި ޖާހާލިއެވެ. ނަމަވެސް އެގޮތަށް ދެތިން ފަހަރު ޖަހާލުމުން ވެސް ލާޝާ ހަޔެއްނޭރިއެވެ. އެހެންކަމުން ނިއަލް ކުޑަކުޑަ ފެން ކޮޅެއް ލާޝާގެ މޫނަށް ބުރުއްސާލިއެވެ. ލާޝާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލިތަން ފެނުމުން ނިއަލް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “އެގަޑީ ކިހިނެއްތަވީ ލާޝް އަށް؟” “ކުއްލިއަކަށް ބޮލަށް އެނބުރުން އެރީ.. ދެން ނޭޭނގެ ވީގޮތެއް… މިހާރު ދުވަސްކޮޅެއް ވެއްޖެ ބޮލަށް އެނބުރުން އަރާފަ، މޭނުބައިކުރާތާ…ދެން އަބަދުވެސް ހުންނަނީ ފާޑަކަށް ވަރުބަލިވެފަ” “އަނެއްކާާ ލާޝް……..؟” ” ނޭޭނގެ… އެކަމް ވެސް ހީވަނީ އެހެންހެން” “އޯކޭ..” ނިއަލް ލާޝާގެ ބޮލުގައި ލޯތްބާއިއެކު ފިރުމާލަމުން ބުނެލިއެވެ. އަދި ލާޝާގެ އަތުގައި ހިފައިފައި އެ އަތުގައި ބޮސްދިނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ . މާލޭގެ ހަލަބޮލި މަގުތައް އޮތީ ފުރިބާރު ވެފައެވެ. އެއީ އަލަށްވީ ކަމެއް ނޫނެއްނޫން ހެއްޔެވެ؟ އެއީ އަބަދުވެސް މާލޭ މަގުތަކުގެ ހާލަތު ނޫން ހެއްޔެވެ. ކޮންމެ މީހެއްގެ ވެސް އަމާޒަކަށް ވެފައި ވަނީ އެމީހެއްގެ މަންޒިލާ ހަމައަށް އަވަހަށް ވާސިލުވުމެވެ. އެ މީހުންގެ ތެރޭގައި ނާއިކް ވެސް ހިމެނެއެވެ. ނާއިކް ވެސް ބެލީ އަވަހަށް އޭނާގެ މަންޒިލާ ހަމައަށް ވާސިލްވެވޭތޯއެވެ. ނާއިކްގެ ސައިކަލު މަޑުކޮށްލީ ނައިހާގެ ގޭގެ ދޮރު ކުރި މައްޗަށެވެ. ނާއިކް ސައިކަލުން ފައިބައިފައި ނައިހާ އަށް ގުޅަން ވެގެން ފޯނު ނެގި ވަގުތަކީ ނައިހާ ގޭގެ މައި ދޮރާށިން ނިކުތް ވަގުތެވެ. ނައިހާ ފެނުމުން ނާއިކްގެ ތުންފަތް މައްޗަށް ވެރިވީ ބޮޑު ހިނިތުންވުމެކެވެ. ނައިހާ ލައިގެން ހުރީ ރިޕްޑް ޖިންސަކާއި، އަޅި ކުލައިގެ ޓޮޕްކޮޅެކެވެ. ބެގީ ކޮށްލާފައި، ކޮނޑުގައި ބްރޭންޑެޑް ދަބަހެއް އަޅުވައިފައިވާއިރު އަތުގައި ފަހުގެ އަގުބޮޑު ގަޑިއެއް އަޅާފައިވުމުން ނައިހާ އަކީ ފެޝަނަށް ލޯބި ކުރާ ޒުވާނެއްކަން ވަރަށް ރަނގަޅަށް ވެސް ހާމަ ވެއެވެ. ނައިހާގެ ރީތިކަން އިތުރު ކޮށްދެނީ މިނިވަން ކަމާއި އެކީ ދޫކޮށްލެވިފަވާ އޭނާގެ ފަންފަން ދިގު އިސްތަށިގަނޑުންނެވެ. ތުންފަތުގައި ރަތް ކުލައިގެ ލިޕްސްޓިކެއް ޖައްސާފައިވާއިރު ވަރަށް ވެސް ފުރިހަމަ އެވެ. ނާއިކް ވެސް ވަކި ހަޑި އެއް ނޫނެވެ. ނާއިކް އަކީ ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ސިފަ ތަކެއްގެ ވެރިއެކެވެ. ނާއިކް ހުރީ ކަޅު ކުލައިގެ ހޫޑީ އަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެންނެވެ. އަދި އޭނާގެ ދިގު ވެފައިވާ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ނައިހާ ނާއިކް އިން ހިސާބަށް އަރާ ހަމަވުމުން ނާއިކް އަށް ނައިހާގެ ރީތިކަމާއި ބެހޭގޮތުން އެއްޗެއް ނުބުނެއެއް ނީނދެވުނެވެ. ނާއިކްގެ ދުލުން ބޭރުވި ތަޢުރީފުގެ ބަސްތައް އަޑުއަހައިފައި ނައިހާ ނާއިކް އަށް ޝުކުރުވެރިވިއެވެ. އަދި ދެމީހުން އެކީހެން ސައިކަލަށް އެރި އެވެ.

މާޝާ އިނީ ސިޓިންރޫމުގައި ޓީވީ ބަލާށެވެ. މާޝާގެ ނަޒަރު ޓީވީ އަށް ހުއްޓިފައިވިއެއް ކަމަކު އޭނާ އިނީ ވަރަށް ފުން ވިސްނުމަކަށް ގެއްލިފައެވެ. މާޝާ ވިސްނަމުން އެ ދަނީ ނިއަލް އާއި ލާޝާ ދުރުކުރާނެ ގޮތަކާމެދު އެވެ. އެތައް އިރެއް ވަންދެން އެހެން ވިސްނަން ހުރުމަށްފަހު މާޝާ އޭނާގެ ކޮޓަރިއަށް ދާން ތެދުވީ ސިކުނޑީގައި މޮޅު ހިޔާލުތަކެއް ރާވާލަމުންނެވެ.

ޖެހިގެން އައި ދުވަހުވެސް ލާޝާ އުޅުނީ ބޯ އަނބުރާފައި، މޭނުބައިކުރާތީ އެވެ. އެހެންކަމުން ނިއަލް އަށް ލާޝާ އެ ހާލުގައި އުޅޭތަން ބަލަން ކެތްނުވެގެން ލާޝާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރ ދިން ޚަބަރާއި އެކު ލާޝާގެ އިތުރުން ނިއަލްގެ މޫނުމަތިން ފެނިގެން ދިޔައީ…….

ނުނިމޭ…

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

autti_quin._

Level 110 Stories

Other Articles

Previous

ލޯތްބައްޓަކައި (4 ވަނަ ބައި)

Next

އެކުގައިވާން އެދެމޭ 20 – 16

Next
June 17, 2020

އެކުގައިވާން އެދެމޭ 20 – 16

Previews
June 17, 2020

ލޯތްބައްޓަކައި (4 ވަނަ ބައި)

6 Comments!

  1. autti_quin._ says:
    June 17, 2020 at 2:32 pm

    Hellw readers…
    Here’s the 7th part of neydhemey dhuruvaakasheh loabivaa….
    I am really sry for being late….
    Thank you for the support yuh all were giving…
    Hope u all like this part too❣️
    Stay home
    &
    stay safe everyone?

    1. Ziviya says:
      July 6, 2020 at 8:19 pm

      V reethi mivaahaka you ves #stay home
      #stay Safe

  2. Lamko says:
    June 17, 2020 at 5:50 pm

    Me first tha???Sis anehkkaa laasha preg v tha??hehe…
    Ehn part thakekey ehgothah mi part vc varah varah furihama….
    When nxt part curiously waiting 4tha nxt…lysm be safe dear????

    1. autti_quin._ says:
      June 17, 2020 at 10:52 pm

      Yess ur the first..?❤️
      Dhn nxt part in engeyne dhw laashaa ah evi gotheh vx?
      Btw thank you so much
      Lym dear❣️
      Tc✨

  3. Aish says:
    June 18, 2020 at 4:26 pm

    Ohh laash preg v dhw noce

    1. autti_quin._ says:
      July 22, 2020 at 1:58 pm

      ☺️

Comments are closed.

Next Episodeނޭދެމޭ ދުރުވާކަށެއް ލޯބިވާ…8←


All Right Reserved!