ނޭދެމޭ ދުރުވާކަށެއް ލޯބިވާ…6
“ނުވާނަމޭ ބަދަލެއް ހުވާ ޔާރާ….
ވާނަމޭ އުމުރަށް އެކީ ޖާނާ….
ނޭދެމޭ ދުރުވާކަށެއް ލޯބިވާ….
ނުވާނަމޭ ބަދަލެއް ހުވާ ޔާރާ…”
ލާޝާ ކަންފަތައް ހެޑްސެޓު ޖަހައިގެން އިނދެ، އިވެމުން ދިޔަ ލަވަ އާއި އެއްވަރަށް ކިޔަމުން ދިޔައެވެ. އޭރު ލާޝާ ކައިރީގައި ލާޝާގެ ލެޕްޓޮޕް ހިފައިގެން ނައިހާ އިނީ ނިއަލް އާއި ލާޝާގެ ކައިވެނި ޕާޓީގައި ނަގައިފައި ހުރި ފޮޓޯތައް ބަލާށެވެ. ނައިހާ ލާޝާ ކައިރިއަށް އެ ގެއަށް އައީ ލާޝާގެ އެދުމުގެ މަތިންނެވެ. ނިއަލް ޑިއުޓީ އަށް ދިޔުމުން ލާޝާ އެކަނި ގޭގައި އިންނަން ފޫހިވާތީއެވެ. ނިޔާޝާ އާއި ނާއިމް ވެސް ވީ ވިޔަފާރި ކަމަކު ބޭރު ގައުމަކަށް ގޮހެވެ.
ނިއަލް އިނީ އޭނާ އިށީންނަން ހަމަޖެހިފައިވާ ގޮޑީގައި ފުން ވިސްނުމަކަށް ގެއްލިފައެވެ. ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖެހި އަޑަށް ނިއަލް ދިޔައީ ސިއްސައިގެންނެވެ. އެހެންކަމުން އަވަސް އަވަހަށް ގޮނޑީގައި ހަމަޖެހިލަމުން “ކަމް އިން” އޭ ގޮވާލިއެވެ. އެ ވަގުތު އެތެރެއަށް ވަދެގެންއައީ ހަމުގެ ކުލަ އަލި، ދިގު އިސްކޮޅެއް ލިބިފައިވާ ޒުވާން އުމުރުފުރައިގެ އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާ އަކީ އުނަގަނޑާއި ހަމައަށް އަރާ ދިގު، ފަން އިސްތަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ލައިގެން ހުރީ އަޅިކުލައިގެ ޓޮޕްކޮޅަކާ، ކަޅު ކުލައިގެ ޖިންސެކެވެ. އަދި އަރައިގެން ހުރީ ކަޅު ކުލައިގެ ހައި ހީލްސް އަކަށެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާފައިވާއިރު އިތުރު އެއްވެސް މޭކަޕެއް ކޮށްފައެއްނުވެއެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވާ މި އަންހެންކުއްޖާ އަކީ އެތައް ފިރިހެން ކުއްޖެއްގެ ހިތްތައް ކަތިލަމުން އަންނަ ހޫރު ޕަރީއެކެވެ. އެކުއްޖާގެ މޫނު ފެނި ނިއަލްގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާން ކަމެވެ. “މާޝާ” ނިއަލް އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ނިއަލް މިހެން ބުނުމުން މާޝާ ނިއަލް އަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ނިއަލް ކުރިމަތީގައި އިން ގޮނޑީގައި އިށީނެވެ. “މާޝާ.. ހާދަ ދުވަހެއް ކޮށްލާފައޭ ދޯ މި ދިމާވީ.. މި ހުރިހާ ދުވަހު ނުފެނި ކޮންތާކުގަތަ އުޅުނީ؟؟؟…” “އަހަ އާނ ދޯ.. އެ ވާހަކަ ކިޔައިދޭނަން ނިއަލް ފްރީ ވީމަ.. ކޮންއިރަކު ނިއަލް ޑިއުޓީ ނިމެނީ؟…” “މާޝާ ތީ އެންމެ ފަހު ޕޭޝަންޓް.. ކިހިނެއްވީ؟؟” “ކަމެއްނުވޭ.. އެހެންވީރު އަހަންނާއެކީ ލަންޗް އަށް ދާންވީނު.. އޭރުން އަހަރެން ނިއަލް އަށް އޭރު ކަންތައްތައް ވެގެން ދިޔަ ގޮތް ކިޔައިދޭނަން…” “އޯކޭ..” ނިއަލް ބުނެލިއެވެ.
ނައިހާ އޭނާގެ ފޯނު ރިންގުވާން ފެށުމުން ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. އޭރު ފޯނު ސްކްރީނަށް “މައި ލަވް” އޭ އަރައިފައި އިނެވެ. ގުޅަނީ ނާއިކް ކަން އެނގުމުން ނައިހާގެ މޫނު އުޖާލާވެގެން ދިޔަތަން ލާޝާ އަށް ވަރަށް ރަނގަޅަށް ވެސް ފެނުނެވެ. އެހެންކަމުން ލާޝާގެ ތުންފަތް މަތީގައި ދުވެލީ ފުޅާ ހިނިތުންވުމެކެވެ. ނައިހާ ބެލްކަނީ އަށް ނިކުމެ ފޯނު ނަގައި ކަންފަތުގައި ޖައްސާލުމަށްފަހު “ހެލޯ” އޭ ބުނެލިއެވެ. “ހެއި މައި ބޭބީ ގާލް.. ކީއްކޮށްލަނީ ތި؟؟” “ކަމެއް ނުކުރަން.. ނިއާ ޑިއުޓީ އަށް ދިޔައީމަ ލާޝް ފޫހިވާތީ ލާޝް ކައިރިއަށް އައިސްގެން މި އުޅެނީ.. ނާއީ ކީއްކުރަނީ؟” “ނައި އަށް ގުޅައިގެން ވާހަކަ ދައްކަނީއެއްނު އަހަހަ..” ނާއިކް މާޖާ ގޮތަކަށް ބުނެލިއެވެ. ނާއިކް އާއި ނައިހާ އެކި އެކި ވާހަކަތައް ދައްކަން ތިބުމަށްފަހު ފޯނު ބޭއްވިއެވެ.
ނިއަލް އާއި މާޝާ ތިބީ ލަންޗް އަށް ރެސްޓޯރެންޓަކަށް އައިސްއެވެ. އެންމެ ފުރަތަމަ ކަމަކަށް ދެމީހުން ވެސް ކާނެ އެއްޗަކަށް އޯޑަރު ކުރީއެވެ. “ދެން ކިޔާބަ.. އަސްލު ކީއްވެ މި ހުރިހާ ދުވަހެއް ވީއިރު އެއްވެސް ހަބަރެއް ނުވީ؟؟ ކޮންތާކު މި ހުރިހާ ދުވަހު މާޝާ އުޅުނީ؟” “ވަރަށް ބޮޑަށް ސޮރީ ނިއަލް ކައިރީ ނުބުނެވުނީމަ.. އަސްލުވީގޮތަކީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން މަންމަ ގޮވައިގެން މެލޭޝިޔާ އަށް ދިޔައީ… ދެން އެކޮޅަށް ގޮއްސަ ބައްޕަ ބޭނުމެއްނުވި އަނބުރާ ރާއްޖެ އަންނާކަށް… ބައްޕަ ބޭނުންވީ އެއްކޮށް އެކޮޅަށް ބަދަލުވަން..” “އޯހހހ އޯކޭ.. މިހާރު ދެން މަންމަ ރަނގަޅުތަ؟” “އާނ ދެން ކުރިއަށް ވުރެން ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެ” “الحمدالله” ނިއަލް ހިނިތުންވެލަމުން ބުނެލިއެވެ. މޭޒުމަތީގައި އޮތް ނިއަލްގެ ފޯނު ރިންގުވާން ފެށުމުން ނިއަލް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. “ކިހިނެއްވީ ލޯބީ” “ނިއާ މިއަދު ގެއަށް ކާން ނާންނާތީ ކިހިނެއްވީތޯ އަހާލަން ވެގެން…” “އާނ އެއީ ރައްޓެއްސަކާ ދިމާވެގެން އޭނާއާއި އެކީ ރެސްޓޯރެންޓެއްގަ މީނީ.. ސޮރީ ނުބުނެވުނީމަ..” “އިޓްސް އޯކޭ… ބާއި.. ލަވް ޔޫ….” “ބާއި.. ލަވް ޔޫ ޓޫ” ނިއަލް މިހެން ބުނުމުން މާޝާގެ މޫނު އެއްކޮށް ބަނަވެގެންދިޔައެވެ. ހީވާ ކަހަލަ އެވެ. މާޝާ ނިއަލް ދެކެ ވަރަށް ލޯބިވެއެވެ. ލޯބި ނުވާނަމަ މާޝާ އަށް އެ އައި ކުއްލި ބަދަލުގެ ފަހަތުގައި ވަނީ ކީކޭބާއެވެ. “ކާކު؟ ނިއަލްގެ ގާލްފްރެންޑްތަ؟” “ނޫން އެއީ އަހަރެންގެ ގާލްފްރެންޑް އެއް ނޫން.. އެއީ އަހަރެންގެ ވައިފް” ނިއަލް ބުނެލި ފުރަތަމަ ޖުމުލައިން މާޝާގެ ހިތް އުފަލުން ނަޝާލި ނަމަވެސް ދެން ނިއަލްގެ ދުލުން ބޭރުވި ޖުމްލައިން މާޝާ އަށް ހީވީ މަދު ސިކުންތު ކޮޅަކަށްވެސް މުޅި ދުނިޔެ ހުއްޓުނު ހެންނެވެ. އާނއެކެވެ… މާޝާ ނިއަލް ދެކެ ވަރަށް ލޯބިވެއެވެ. އޭނާ މާލެ އެ އައީ ވެސް ނިއަލް ކައިރީ ލޯބިވާ ވާހަކަ ބުނުމުގެ ބޭނުމުގައެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. މިހާރު ނިއަލް އަކީ މީހެއްގެ ފިރިއެކެވެ. އެއީ އެހެން މީހެއްގެ ހައްގެކެވެ. ދެން އެ ހައްޤު ފޭރިގަންނާނީ ވަކި ކިހިނެއް ހެއްޔެވެ؟ އެހެން މީހެއްގެ ހައްގަކަށް އަރައިގަންނަން މާޝާ އަށް ކެރޭނެ ހެއްޔެވެ؟ މާޝާ އަށް ނިއަލް އާއި ލާޝާ ދުރުކުރެވޭނެ ހެއްޔެވެ؟ ނިއަލް އާއި ލާޝާ ދުރުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ވެދާނެ ހެއްޔެވެ؟ ނިއަލް އަކީ މިހާރު އެހެން މީހެއްގެ ހައްގެއްކަން ބަލައިގަންނަން މާޝާ އަށް ފަސޭހަވާނެ ހެއްޔެވެ؟..ހައްތަހާވެސް ޖަވާބު ނޭނގޭ ސުވާލު ތަކެވެ. ނިއަލް ކުރިމަތީގައި އިންނަން ކުޅަދާނަ ނުވުމުން މާޝާ ގޮނޑިން ތެދުވެ އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން ދުވެފައި ކަހަލަ ގޮތަކަށް ރެސްޓޯރެންޓުން ނިކުމެގެން ދިޔައެވެ. ނިއަލް ވެސް ވީކީއްކަމެއް ނޭނގޭ ހާލު މާޝާގެ ފަހަތުން ނިކުމެގެން ދިޔައެވެ. ނަމަވެސް ވެސް މާޝާ އާއި އެއްހަމަ އަކަށް ނުދެވެނިސް މާޝާ މާލޭގެ އެ ކާރުބާރު މަގުމަތިން ޓެކްސީ އެއް ހުއްޓުވާފައި އޭގަށް އެރިއެވެ. މި މަންޒަރު ބަލަން އިން ނިއަލް އަށް ހުރެވުނީ މާޝާ އަށް އެވީ ގޮތް ނޭނގޭތީ ސުވާލުމާކެއްގެ ތެރޭގައެވެ.
މާޝާ ގެއަށްއައި ގޮތަށް ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތެވެ. އަދި މޫނުމަތީގައި ބާލީސް އަޅައިގެން އޮވެ ރޮމުން ދިޔައެވެ. އެތައް އިރެއް ވަންދެން އެހެން އޮތުމަށްފަހު މާޝާ ވަނީ ފާޚާނާ އަށެވެ. މާޝާ ފާޚާނާ އަށް ވަދެ ލޯގަނޑުން އޭނާގެ އަމިއްލަ ސޫރަ އަށް ބަލާލިއެވެ. އޭރު އޭނާގެ އެ ރީތި ދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ. މާޝާ މޫނު ދޮވެލައިގެން ފާޚާނާ އިން ނިކުތެވެ. އަދި އެނދުގައި އިށީންނަމުން ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައި އިން ފޮޓޯ ފްރޭމް ނެގިއެވެ. އެއީ ނިއަލްގެ ފޮޓޮއެކެވެ. “ނިއަލް ކީއްވެތަ އަހަރެން ކައިރީ ނުބުނެ ކައިވެނި ކުރީ؟ ނިއަލް އަށް ހަމަ ނޭނގެނީތަ އަހަރެން ދެރަވާނެވަރު؟ އަހަރެން ނިއަލް ދެކެ ލޯބިވާވަރު ވެސް ނިއަލް އަށް ހަމަ ނުވިސްނޭތަ؟ ނިއަލް ތީ އެހެން މީހެއްގެ ހައްގެއްކަން ގަބޫލު ކުރާކަށް އަހަރެންގެ މި ބަސްނާހާ ހިތެއް ބޭނުމެއް ނުވޭ.. ތީ ހަމަ އެކަނި އަހަރެންގެ ހައްގެއް… ކޮންމެ ގޮތަކަށް ކަންތައް ކުރަން ޖެހުނަސް ހެޔޮ.. އަހަރެން ނިއަލް އާއި އެ އަންހެން ކުއްޖާ ދުރުކުރުވާނަން…” މާޝާ އެ ފޮޓޯ ފްރޭމް އަށް ބަލަހައްޓައިގެން ހުރެ މޮޔަވެފައިވާ މީހަކު ފަދައިން ވާހަކަ ދައްކަމުން ދިޔައެވެ. ނިއަލް އަކީ މިހާރު އެހެން މީހެއްގެ ހައްގެއްކަން އެނގުމުން މާޝާގެ ހިތަށް ވަނީ ވަރަށް ވެސް ފުން އަސަރުތަކެއް ކޮށްފައެވެ. އަދި އެކަން ބަލައިގަންނަން އޭނާގެ ހިތާއި ސިކުނޑި ވަނީ ނުކުޅެދިފައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Varah varah varah reethi ❤️✨?✨❤️?
Maa sha Allah ?? curiously waiting waiting for the next part ?✨?
Thank u livy☺️❣️
woow varah varah reethi mi part vc??….
dhn nial as laasha aa dhemeehunnah kihinehbbaa …..sis edhemeehunnah dhera gotheh nuhadhahchey….curiously waiting for the next part???☺️
sorry I’ve made a mistake ?
woow varah varah reethi mi part vc??….
dhn nial as laasha aa dhemeehunnah kihinehbbaa vaanii…..sis edhemeehunnah dhera gotheh nuhadhahchey….curiously waiting for the next part???☺️
Thank u❣️
Dhuvas kolheh kohllaafa kiyaali iruves hama v salhi ☺️?❤️❤️❤️ ekam baeh basthah rangalhu kollan jehey lunch ge badhaluga mendhuruge keumey jahaalinama dhivehi kureveny bas thah dhivehi kohllahchey ingey eyrun ithurah vaahaka furihama vaany☺️☺️☺️ autti_quin._ ah heyo edhey thy bunely??❤️?❤️
Be safe
Stay home ???
Thanks ?❤️
Ooo are u back
Adhi comment eh kohlaanan
Yess?
This is a nice story.♥️?. And nial and laashaa dhuru nukurahchey?. Waiting for the next part.
Thank yu so much❤️❤️❤️