ނޭނގޭ! (7)
*********************
“ޒެނީޝް” ޒެނީޝްއައް އޭނާގެ މާޒީތެރޭން ނިކުމެވުނީ އޭނާގެ އެންމެގާތް އެކުވެރިޔާ ސުޒާނާ ކޮޓަރިއަށް ވަނުމުންްނެވެ. “އެދު ހުރަސް ބަލި ޖެހިފަތައް؟” ހެމުން ސުޒާނާ އަހާލިއެވެ. ތެދެކެވެ. ޒެނީޝްއައް އޮވެވުނީ އެދުމަތީ ހުރަހަށް އޮށޯވެލައެވެ. ބެލްކަނި ކާރީ ހުރެފައި އެތަނަށް އާދެވުނު އިރު ޒެނީޝް އައް ނުވަސް އެގެއެވެ. ޒެނީޝް ހީލިއެވެ. “ކީވެޔޯ މިއަދު މިގެއަށް ތިއައީ؟” ޒެނީޝް ސުޒާނާ އަތުގައި ހިފައިގެން ގޮސް އެކޮޓަރި ސޯފާގައި އިށީނެވެ.
“ދެން އެކުވެރިޔާ ގާތައް އަންނާނީ އަަބަދުވެސް ކަމެއްބޭނުން ވީމަތައް؟” ހަށަންބަނެލަމުން ފުސްމޫނު ހަދާލާފައި ސުޒާނާ ބުނެލިއެވެ. “ނޫން! ކޮންމެވެސް ސޮރަކާ ރުޅިވީމަ އެސޮރުގެ ނުބާވާހަކަ ދައްކަން!” ޒެނީޝް ހިނިގަނޑު ކޮންޓްރޯލް ކުރަމުން ބުނެލިއެވެ. ސުޒާނާ ލޯއަޅާލިއެވެ. އަދި ކާރީގައި އޮތް ކުޝަން އަކުން ޒެނީޝް ބޮލުގައި ޖެހިއެވެ.
“ހޫން.. ދެން ކާކުތަ މަގޭ ބީ ދޫކޮއްލީ؟” ޒެނީޝް ސުޒާނާގެ ހަމަލާއިން ރެކެމުން އަހާލިއެވެ. “އެހެންވެއެއް ނޫނޭ! މިއުޅެނީ އެކްސް މަތިން މިސްވާވަރުން!” ސުޒާނާ ބޮޑާހާކާ ލަމުން ބުނެލިއެވެ. “ކިތައްވަނަ އެކްސް؟” ޒެނީޝް މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ. “ޒެނީޝުގަނޑާ. މަޖަލެއްނޫންއިގޭ!” ޒެނީޝް ދެކޮލުގައި ހިފާ ދަމާގެން ނަމުން ސުޒާނާ ބުނެލިއެވެ. “އައޫޗޫ ތަދުވޭ! ހަމަ މިހާރު ދޫކުރޭ!” ޒެނީޝް ސުޒާނާގެ އަތުގައި ތަޅަމުން ބުނެލިއެވެ. ސުޒާނާ ލޯއަޅާލަމުން ދޫކޮއްލިއެވެ. “ކިހިނެއްތައް މަށައް އެގޭނީ ކާކުކަން! ސުޒީގެ 20 އެކްސް ހުރޭ ވިއްޔާ. މަ ހަދާންވެސް ނެތް އެއްބާމިހުގެ ނަންވެސް!” ޒެނީޝް އޭނާގެ ރަތްވެފައި ވާ ދެކޮލުގައި އަތުން ފިރުމަމުން ބުނެލިއެވެ. “20 ނޫން 21.” ސުޒާނާ ރަނގަޅުކޮށް ލިއެވެ. ޒެނީޝް އަގަޔައް ވައްތަރެއް ޖައްސާލިއެވެ.
“ހޫން. ަަެަަަަެަަަެަަަަެަަެަަަަެަަަެަަަަަަެަަަަެަަަެަަަަެަަެަަދެން ކާކުތަށް. މަ ހިޔެއް ނުކުރަން ސުޒީ ސީރިއަސްވީ މީހެއް ހުރިކަމަށް!” ޒެނީޝް ސުޒާނާގެ މޫނަށް ބަލާލިއެވެ. ސުޒާނާ ފުންނޭވާއެއް ދޫކޮއްލިއެވެ. “އާގް… ވަޓްއެވަރ. މަ ވާހަކަ ފަހުން ދެއްކިދާނެއްނުން ބުނެބަ ޒެނީޝްގެ ސިއްރު ބިޓާ ހަބްސްގެ ވާހަކަ. އަޕްޑޭޓްސް؟” ކުއްލިއަކަށް ޒެނީޝް އައް ބަލާލަމުން ސުޒާނާ އަހާލިއެވެ.
“ޝިއާން ކުރިންވީ ކަމަށް މާފްދީފި. އަޔާން އަދިވެސް ގޮތްދޫނުކުރޭ! މަ ބިރުގަނޭ އޭނާ ބުނާގޮތް ނަހަދާފިއްޔާ ޝިއާންއައް ގޮތެއް ވެދާނެޔަތީ.” ޒެނީޝް ދުރު ބަލާލަމުން ބުނެލިއެވެ. “ޝިއާން؟” ސުޒާނާ ސިހުނެވެ. “ހޫމް.. ސުޒީ ކާރީ ނުބުނެވޭ ދޯ ނޭމްއެއް. ސޮރީ” ޒެނީޝް ހިނިތުން ވެލަމުން ބުންޏެވެ. “އޭނަޔަށް ނުވެއްޖެއްޔާ ރަނގަޅު!” ހިތާހިތުން އޭނާއަށް ކިޔާލެވުނެވެ. “އަޔާން އައް އެނގޭތަ؟ ޝިއާން!” ސުޒާނާގެ މޫނުމަތިން ހިނދުކޮޅަކަށް ފެނިގެން ދިޔަ ނުތަނަވަސްކަން ޒެނީޝްއައް ފެނުންނަމަވެސް އޭގެން މާނަ ނަގާނެ ގޮތެއް ޒެނީޝް އަކަށް ނޭގުނެވެ.
“ހޫމް..އަޔާންގެ ބޮޑެތި ކޮންޕެނީތަކުގެ ތެރޭގައި އަޔާން ކައްކާ ހިތްވާލެއް ބޮޑުކަމުން އެޅި ރެސްޓޯރެންޓް އެއް އެއިީ. ބައްޕަ ކީއެކަހަލަ އެއްޗެއް މަންމަ ގާތު. އެކަމް ރަނގަޅު އެސޮރު އެތަނަށް ވަދެލާނަމަވެސް. ކައްކާކަށްނޫން ކާން ވަންނަނީ. ދެ ދުވާނީ މަ ފަހަތުން. އެކަމް މިއަދު އަދި ނާދޭ! ޝިޔާން އަކީ އެތާ ވެއިޓަރެއް!” ޒެނީޝް ކިޔާދިނެވެ. ސުޒާނާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. ޒެނީޝްއައް ނޭގިނަމަވެސް އެހިތުގައި ހާއްސަ ޖާގައެއް ވަނީ އަޔާންއަށް ދެވިފަކަން ސުޒާނާއަށް އެގުނެވެ.
“ޒެނީ! މަށައް ހީވަނީ ތި ޝިއާން އައްވުރެން މާރަނގަޅު ވާނެކަންނޭ އަޔާން.. އަޔާންގެ ގިނަކަންތައްތަ ޒެނީއައް އެގޭ! ޝިއާންގެ މާބޮޑު މައުލޫމާތެއް ޒެނީއައް ނޭގޭ ކަންނޭ. އެހެންނޫނަސް މިހާރުގެ ކުދިން ބޭނުންވާނީ ކައްކަން އެގޭ ލާރިހުރި ފިރިޔެްއް. އަޔާންގެ އުނިސިފަ އެއް ނުފެނޭ އަހަންނަކަށް!” ސުޒާނާ އެހެންބުނެލާފައި ތެދުވެ ބެލްކަންޏަށް ނިކުމެ ލިއެވެ. ފަހަތުން ޒެނީޝްވެސް ނިކުތީ ހިތްހަމަ ނުޖެހި ހުރެފައެވެ.
އޭރު ބަގީޗާތެރޭ ފޯރިޔާއެކު ނިޝާން ފުޓްބޯޅަ ކުޅެމުން ދިޔަތަން ފެނުނެވެ. 5 އަހަރުގެ ނިޝާން އެހާކުޑައިރުވެސް ފުޓްބޯޅަ ކުޅެން މޮޅެވެ. ކުޅޭ މުބާރާތްތަކުން ބެސްޓް ޕްލޭޔާރ ގައި ނުހިމެނި ދިޔަ ފަހަރެއް ޒެނީޝް ހަނދާނެއް ނެތެވެ. ލާގެން ހުރި އާރްޖެންޓީނާ ޖާޒީ ވަނީ ދާހިއްލުމުގެ ސަބަބުން ގަޔަށް ހިފާފައެވެ. އެ ވައް ދޮން ލޯބި މޫނުމަތީ ސަބްނަމް ތިކިތަކެއް ފަދައިން ދާތިކިތައް ވިދަމުން ދިޔައެވެ. ބަލާމީހުން ލޯބިން މަރުވާވަރު ވާނެއެވެ.
ޒެނީޝް މޫނުމައްޗަށް ނިޝާން ފެނުމުން ވެރިވި ހިނިތުންވުން ފިލާގރން ދިޔައީ ދެންމެ ދެކެވުނީ ވާހަކަ ހިތައް އެރުމުންނެވެ. ވިލާތައް އިރު ފޮރުވާލާފަދައިން ޒެނީޝް ގެ މޫނުމަތީ ކުލަވަރު ބަދަލްވިއެވެ. “ސުޒީ! އަހަރެން ޝިއާންގެ ހުރިހާއެއްޗެއް އެގޭ ވަރަށް ދެމީހުން ބައްދަލުވެ ވާހަކައެއް ނުދެއްކޭ! ޝިއާން އަކީ ވަރަށް ބިޒީ މީހެއް. ސުޒީ ބޭނުމިއްޔާ މަށައް މާމަ ކިޔާ! މަމީ މިޒަމާނު ކުއްޖެއްނޫން. އަހަންނަށް ލާރިއެއް މުހިއްމެއް ނޫން. ފިރިމީހާއަށް ކައްކަން އެނގޭކަށް ނުޖެހޭ. އެހެންނޫނީ އަބިމީހާގެ ބޭނުން ކޮބާ؟” ޒެނީޝް ބުނެލިއެވެ. “ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ”އަބިމީހާގެ ބޭނުމަކީ ހަމައެކަނި ކެއްކުމެއް ނޫނޭ!” ސުޒާނާ ހިނިއައިސްފައި ޒެނީޝްގެ ކޮނޑު މަތީ ޖަހާލިއެވެ. “ބޭނުންތައް ނޭނގޭ އިރ ކީއްކުރަން ކާވެނިކުރަނީ! ސުޒާނާ ޒެނީޝްއައް މަލާމާތް ކޮއްލިއެވެ. “ތިހެބުނާނީ މަގާތަކުނޫނޭ! މަންމަ އާ ބައްޕަ ގާތުބުނެބަލަ!” ޒެނީޝް ސުޒާނާގެ ބުރަކަށިމަތީ ބާރު އެތިފަހަރެއް އަޅާލަމުން ބުނެލިއެވެ. ނަގާގެ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްން ދިލައަކުން ހަލޭލަވައި ގަންފައި ސުޒާނާ ފަހަތަށް ޖެހިލި އެވެ. “މިއަދު އަޔާން ބަލީތައް؟ އުދަގޫ ކުރާކަށްވެސް ނާ…ދޭ…..” ޒެނީޝް ޖުމުލަ ފުރިހަމަ ނުކުރެވެނީސް އަބުރައި ގަތެވެ. މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. “ޒެނީޝް!!!” އެވަގުތު އެންމެ ފަހުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެުއިވުނީ ސުޒާނާގެ ހަޅޭކުގެ އަޑެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Here’s the 7th part hope u all like it. And plx feel free to comment and let me know if there’s any mistakes. I would love to hear u out. Love u all my readers ❤️