Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯ ފޮހެލާދޭށެ މަގޭ 19

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
May 27, 2020 5 Mins Read
8 Comments

”އެއީ އަހަރެންގެ.. ބައްޕަ.” އައިލީޝްގެ ދުލުން އަޑު ބޭރު ވީ ބުރިބުރިވެގެންނެވެ. އައިލީޝް އެމީހުންނަށް ހަގީގަތް ހާމައެކުރީ އެއީ އެމީހުންނަށް ވެސް އެނގެން ޖެހޭ ކަމެއްކަން އެނގުމުންނެވެ. ނަމަވެސް އެމީހުންނަށް އެވާހަކަތައް އިވިފައި ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ.

ބޯޓުގައި މަސައްކަތް ކުރާ މީހާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައިއެވެ. އޭނާ އާކިފް މަރައިލި ގޮތުގެ ވާހަކަދައްކަމުން ދިޔައިރު އައިލީޝްގެ ފަރާތުން ފެނުނު ކެތްތެރިކަމުން އޭނާ އަންތަރީސް ވާވަރުވިއެވެ. ”އަޅުގަނޑުމެން ތި ވޭދަނަ ކާމިޔާބު ކުރުމަށް ޓަކައި ކުރެވެން އޮތްހާ ކަމެއް ކޮށްދޭނަން. ދެން ނުރޮއި. މިވަގުތު ހިތްވަރު އެލުވާ ނުލައި. މި ވޭދަނަ ކާމިޔާބު ވާނެ. މާތް ﷲގެ އިރާދަފުޅުން މިކަން ވާނެ.” އެމީހާ އައިލީޝްއަށް ހިތްވަރު ލައިދިނީ އައިލީޝްއަށް ކުރާނެ އަސަރު އަންދާޒާ ކުރެވޭތީއެވެ.

ނިކަން އުނދަގުލުން ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ތުންފަތަށް ހިނިތުންވުމެއް އައިލީޝް ވެރި ކުރުވިއެވެ. އޭނާގެ ހިތް ހީވަނީ ކޮށާލާފައިވާ ހެންނެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް އެކަން ކާމިޔާބުވުން ވީ ދުރުކަމެއްގެ ގޮތުގައިއެވެ. އޭނާގެ ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކެއްގެ ސަބަބުން މީހާގެ މުޅިގައި ދިޔައީ ރޫރޫ އަޅަމުންނެވެ. ނަމަވެސް ކުރަމުން ދިޔަ މަސައްކަތް ހުއްޓާލާކަށް ގަސްތެއް ނުކުރެއެވެ. ވީހާވެސް އަވަހަކަށް އެ ވޭދަނަ ނިންމާލަން އައިލީޝް ބޭނުމެވެ. މެދުކަނޑާލާކަށް އެއްވެސް ހާލެއްގައި ބޭނުމެއް ނޫނެވެ.

”ދެން އަވަހަށް މަސައްކަތާއިގެން އުޅެމާ ދޯ. މިއަދު އޮންނާނެ އަދި ތިން މީހުންނާ ސުވާލުކުރުންވެސް. އަދި ޖެހޭބަ މާޖިދުގެ ފޮށި ބަލަންވެސް.” އެންމެންނަށް އައިލީޝް ބުނެލިއިރު އޭނާގެ މޫނުމަތީގައި ވަނީ ސާބިތުކަމެވެ.

ފުރަތަމަވެސް އެންމެން މަސައްކަތް ކުރީ މާޖިދުގެ ފޮށި ބަލާށެވެ. އޭގައި ވަނީ ކޯއްޗެއްތޯ ބަލަން އެންމެންގެ ކެތްތެރިކަންވެސް ވަނީ ކޮޅުންލާފައިއެވެ. އަދި އެއާޕޯޓުގައި ނަގާފައި އިން ވީޑިއޯއިން މާޖިދުގެ އަތަށް ދެމީހުން ދޭ ދަބަސް ތެރޭގައި ވަނީ ކޯއްޗެއްތޯ ބަލައިލާ ހިތުން އެންމެންގެ ޝައުގުވެރިކަންވެސް ވަނީ އިތުރުވެފައިއެވެ.

ޕޮލިސް އިންޓެރޮގޭޝަން ރޫމުގެ އެއްފަރާތުގައި ޗީފް އައިމިނަތު އާއި އައިލީޝްގެ ޓީމްގެ އެހެނިހެން މެންބަރުން ތިބިއިރު ޕްރޮސެކިއުޓާރ ޓީމްވެސް އެތަނުގައި ތިއްބެވެ. އެނެއްފަރާތުގެ މޭޒުދޮށުގައި މާޖިދު ބައިންދާފައި އިންއިރު އޭނާގެ މޫނުމަތިން ދިޔައީ ރުޅިވެރިކަމާއި މަކަރުވެރިކަން ފައުޅުވަމުންނެވެ. އައިލީޝްގެ އެދުމުގެ މަތިން އޭނާއަށް މާޖިދުއާ ސުވާލު ކުރުން ހަމަޖެހިފައިވާ އިރު އައިލީޝް ދިޔައީ ވީ ހާ ވެސް ބޮޑަށް އެކަމަށް ތައްޔާރުވަމުންނެވެ. މާޖިދުއާ ކުރާނެ ސުވާލުތައް ނޯޓްފޮތުގައި ލިޔެލާފައިވާއިރު މާޖިދު އަނގައިން ނުބުނެއްޖެނަމަ ކަން ކުރާނެ ގޮތްވެސް އައިލީޝް ދިޔައީ އައިމިނަތުގެ އެހީގާއި އޭނާގެ ސިކުނޑިގައި ރައްކާކުރަމުންނެވެ.

ވަގުތު ޖެހުމާއިއެކު ކަރުދާސް ބޮޑިއެއް ހިފައިގެން އައިލީޝް މާޖިދުގެ ކުރިމަތީގައި އިށީންދެލައި ވަރަށް ފުން ނަޒަރެއް ދިނެވެ. އަދި އަނެއްކާވެސް އޭނާ ގެނައި ކަރުދާސްތަކަށް ނަޒަރު ހިންގައިލާ ވާހަކަދައްކަން އަނގަ ހުޅުވާލިއެވެ.

ކޮޓަރީގެ އެނެއްފަރާތުގައި ތިބި އެންމެންގެ ނޭވާ ވަނީ ހިފަހައްޓާލާފައިއެވެ. ”ގުޑް ލަކް އައިލީޝް.” ނައިޝަމްއަށް މަޑުމަޑުން އެހެން ބުނެލެވުނު އިރު އޭނާގެ މޫނުމަތިން ދިޔައީ ހާސްވެފައި ހުރި ވަރު ހާމަވަމުންނެވެ.

”އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ނުލިބުނަސް ސީދާ ޕޮއިންޓަށް އަހަރެން ދާނަން. އެކަމު އުންމީދު ކުރަން އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ލިބޭނެކަމަށް. އިނގޭތޯ ނޯތް ހާބަރުގައި މީގެ ނުވަ އަހަރު ކުރިން މަރާލައިފައިވާ އާކިފް ރަޝީދު؟ ނޫނޭ މިހެން ބުނެގެން ނޭނގި ދާނެ ދޯ. އިނގިލައްވާތޯ ނޯތް ހާބަރުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަޅުގަނޑުގެ ބައްޕަ؟” މަލާމާތުގެ ރާގަކަށް އައިލީޝް ސުވާލުކުރަމުން ދިޔައިރު މާޖިދުގެ މޫނުމަތިން ދިޔައީ ރުޅި ވެރިކަން ފާޅުވަމުންނެވެ. ނަމަވެސް އޭނާ އަނގަހުޅުވާލައި އެއްޗެއް ބުނާކަށް ގަސްތެއް ނުކުރެއެވެ.

”އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ތަކުން މިކަން ކޮށްފައިވަނީ އިބްރާހިމް މާޖިދު ދެއްތޯ؟” އައިލީޝް ސީދާ މާޖިދުގެ ކަނޑެއް ފަދަ ފުން ދެލޮލަށް ބަލައިލާފައި ބުނެލިއެވެ. އެވަގުތު މާޖިދުގެ ތުންފަތް މައްޗަށް ވެރިވީ މަކަރުވެރިކަމާއި ނުލަފާ ކަމުން ފުރިފައިވާ ހިނިތުންވުމެކެވެ.

”ކޮބާ ހެއްކަކީ؟” މާޖިދު ކުރި ސުވާލުން އައިލީޝްގެ ގާތަށް އައީ ހިންޏެވެ. ”އޭނާ ހީކުރަނީ ހެކި ނެތީ ކަމަށް ހެއްޔެވެ؟ ކޮންފަދަ ބޮޑު މޮޔައެއް ހެއްޔެވެ؟ ބޮޑެތި މޮޅު ކަންތައް ކޮށްލާއިރު ސިކުނޑީގައި ކުޑަވެސް ތެތްކަމެއް ނެތެއް ނޫން ހެއްޔެވެ؟ މާ ގަޓް ހުރިކަމަށް މީހާގެ ވަރުގަދަކަން އެންމެންނަށް ދައްކަމުން މި ދުވަނީ މީނާ ކޮންކަމަކާ ހެއްޔެވެ؟ ކޮންކަމަކާ ބޮޑާވެގަނެގެން ހެއްޔެވެ؟” އައިލީޝްގެ ސކިުނޑި ސުވާލުތަކުން ފުރިބާރުވީ މާޖިދުއަަށް މަލާމަތް ކުރަމުންނެވެ.

”ހެހެ. ހީވަނީތަ އަހަރެމެން މާޖިދު ގެނެސް މިލީ އެއްވެސް ހެއްކެއް ނެތިގެންނޭ. ތީ އޮޅުމެއް. ބޮޑު އޮޅުމެއް. މާޖިދު ހާ މޮޔަ ބައެއް ނޫނޭ އަހަރެމެންނަކީ. ކުރީ ފަހަރު ސަލާމަތް ވެވުނީމަ މިފަހަރު ސަލާމަތް ވެވޭނެ ކަމަށް ހީނުކުރައްޗެ.” އައިލީޝްގެ އަޑު ބާރުވިއެވެ. މީހާއަށް އިންތަނުން ތެދުވެލެވުނީ ވެސް އައިސްފައި ހުރި ރުޅިންނެވެ.

”ހައްހައްހާ. ތީ ހީވާ ހީވުމެއް. އަހަރެންގެ އަތެއް އެކަމުގައި ވާކަން ކާކުގެ ދުލަކުން ބުނީ. ކާކުގެ ލޮލަށް އެމަންޒަރު ފެނުނީ. މިފަހަރަކުވެސް ކަލޭމެންނަކަށް ތިކަމެއް ނުވާނެ. ހަމަ ޖެހޭނި ވަޅެއް ކޮނެފަ ތި ހުރިހާ އެއްޗެއް އަޅާފަ ފަސްލާ ފޮރުވަން.” މާޖިދުގެ ވާޙަކަތަކުން ޔަގީންވެފައި ހުރި ކަންތައްވެސް އައިލީޝްއަށް އިތުރަށް ޔަގީންވަމުން ދިޔައެވެ. ނަމަވެސް އޭނާ އިތުރަށްވެސް ވާހަކަ ދައްކަމުން ދިޔައީ މާޖިދުއަށް އެހެން ގޮސް ބުނެވޭނެ ކަމަށެވެ.

”އަހަރެމެންގެ އަތުގައި މަންޒަރު ދުށް ދެމީހުންގެ ހެކި އެބައޮތޭ ބުނެފިއްޔާ އޯ. ސީސީޓީވީ ފުޓެޖް އެބައޮތޭ ބުނެފިއްޔާއޯ.” މާޖިދުގެ އަނގަ ވަގުތުން ބަންދުވިއެވެ. އައިލީޝް އެބުނީ ތެދެއްބާއޭ އޭނާގެ ހިތަށް އެތައް ފަހަރަކު އަރަމުން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިންދާ އަނެއްކާވެސް އައިލީޝް އޭނާގެ ވާހަކަ ފެށިއެވެ. ”ބުނާނެ އެއްޗެއް ނޭނގުނު ދޯ. ގަބޫލެއްވެސް ނުކުރެވޭ ދޯ. އަހަރެން ބުނިންދޯ މިކަން އަހަރެން ކުރާނަމޭ. ބަލަން ހުންނައްޗެ. މިއޮށް ހުރިހާ ދުވަހު ހީކޮށްގެން ހުރީ އަހަރެންނަށް މިކަން ނުވާނެ ކަމަށް ދޯ.”

އައިލީޝް ލާނެތް ހިނިތުންވުމެއް މާޖިދުއަށް ރައްދުކޮށްލުމާއިއެކު އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެކަހަލަ މީހުން ޖައްސާނެ ވައްތަރާ ވާހަކަ ހުންނާނެ ގޮތް ހަމަ ރަނގަޅަށްވެސް އައިލީޝްއަށް އެނގެއެވެ. އެއީ އައިލީޝްއަށް އޮޅުވާލެވޭނެ ފޮރުވޭނެ ކަންތައްތަކެއް ނޫނެވެ.

”އަހަރެން އަނެއްކާވެސް ހަމަ މީގެ ނުވަ އަހަރު ކުރިން ކުރި ސުވާލު ތަކުރާރު ކުރާނަން. ކާކު ބުނެގެން އަހަރެންގެ ބައްޕަ މަރައިލީ؟ އަހަރެންގެ ބައްޕަ ކީއް ކޮށްގެން އޭނަ މަރައިލީ؟ ކޮން އުނދަގުލެއް އޭނާ ކުރީ؟” އައިލީޝްގެ ދެ ލޯ ތެމުނެވެ. ކަރުނައިން ދެލޯ ބަންޑުންވާން ކައިރިވިއެވެ. ނަމަވެސް މާޖިދުގެ ކުރިމަތީގައި ނުރޯން މަސައްކަތް ކުރިއެވެ. އޭނާގެ ބަލިކަށިކަން މާޖިދަށް ދައްކާކަށް އައިލީޝް ބޭނުމެއް ނޫނެވެ. އެހެންކަމުން ކަރުނަތައް ހިންދައިލުމަށް ޓަކައި އެކި ތަންތަނަށް ނަޒަރު އުކަން ފެށިއެވެ. މާޖިދުގެ މޫނަށް ބަލައިވެސް ނުލައިއެވެ.

އެތަނުގެ އެނެއްފަރާތުގައި ތިބި އެންމެންގެ ހިތުގެ ވިންދު އެވަގުތު އަވަސްވެގަނެގެން ދިޔައެވެ. ހިތުގެ ވިންދު މެކުހަށް އަރައިގެން ދިޔައިރު މޭކަށި ފަޅާފައި ނިކުންނަން އުޅޭ ފަދައެވެ. ނޭވާ ހިފަހައްޓާލައިގެން ދެލޯ މަރައިލައިގެން ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައި އެންމެންވެސް ތިބީ ދުއާކޮށްލަ ކޮށްލާއެވެ.

”ތިހާ ވަރަށް ހެކި ހުރިއްޔާ ތި ސުވާލުތަކަށް ޖަވާބުވެސް ލިބެން ޖެހޭނެ އެއްނު. ހެހެ.” މާޖިދުގެ ވާހަކަ ދެއްކުންތެރިކަމުގެ މޮޅުކަން އެނގި އެންމެންނަށްވެސް އެމީހަކު ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. ”އަހަރެން އަބަދުވެސް ބުނަމެއްނު ކަލޭމެންނަކަށް މިކަމެއް ނުވާނޭ. އަހަރެންގެ ފަރާތުން ބަހެއް ލިބޭނެ ކަމަށް އުންމީދު ނުކުރާތި.”

މާޖިދުގެ އޭނާގެ މޮޅު ވިސްނުން ބޭނުން ކުރަމުން ދިޔައީ މޮޅެތި ވާހަކަތަކުގެ ސިފާގައިއެވެ. އޭނާ ބުނެލާ ޖުމުލަތަކުން އައިލީޝްގެ ދޫ ބަންދުވެގެން ދިޔަނަމެވެސް އައިލީޝް ދޫ ދޭކަށް ބޭނުމެއް ނޫނެވެ. މިކަމުގައި އައިލީޝް ކުރި އަރައިގެން ދާން ބޭނުމެވެ. މާޖިދުގެ ފަރާތުން ފުލަށް ވެއްޓޭކަށް އައިލީޝް ނޭދެއެވެ.

”އެހެންތަ؟ ހާދަ މޮޔައޭ. މާޖިދަކަށް ނޭނގުނެއްނު އަމިއްލައަށް މިކަމާ އެއްބަސްވެވުނު އިރަކުވެސް. އަމިއްލަ ދުލުން އެހެން ބުނެލެވުނު އިރުވެސް ނޭނގުނެއްނު.” މާޖިދު އައިލީޝް ބުނި ޖުމުލައާ މެދު ވިސްނަން ފެށިއެވެ. އޭނާއަށް އެހެން ބުނެވުނު ބާއޭ ހިތަށް އަރުވާލަ އަރުވާލާ އިން އިރު އައިލީޝްގެ އެއްބުމަ ވަނީ މަލާމާތުގެ ގޮތަކަށް އަރުވާލާފައިއެވެ. ވާހަކަދައްކަމުން ދިޔައިރު އައިލީޝް ހަނދާން ނެތިފައިވާ ކަމީ އޭނާގެ ފަހަތުގައި އެތަނުގެ ބޮޑު މީހާވެސް އިންކަމެވެ. އާދައިގެން ގޮތަކަށް ވާހަކަ ދައްކަމުން ދިޔައީ އޭނާއަށް އޭނާގެ ރުޅި ހިފެހެއްޓިިފައި ނުވުމުންނެވެ.

”އަދި އެއް ސުވާލު. މާޖިދުގެ ފޮށީގައި ޕެރެޑައިސްގެ ރެޖިސްޓްރީ އޮންނަން ވީ ކީއްވެ؟ މާޖިދުގެ ފޮށީގައި އޮތް ދަބަހުގައި ހުރި ނަވާރަ މިލިއަން ރުފިޔާ އެއީ ކޮންތާކުން ހޯދި އެއްޗެއް؟” އައިލީޝް އޭނާގެ އަތް ހަށަން ބަދެލައި ގޮޑިއަށް ލެގިލިއެވެ. ޖަވާބު އެނގި ހުރެވެސް އައިލީޝް މާޖިދުއަށް އެސުވާލު އަމާޒުކޮށްލީ އޭނާގެ މޫނުމައްޗަށް އަރައި ކުލަވަރު ދެނެގަންނާށެވެ. މާޖިދުއަށް އަމާޒުވި ސުވާލުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ އޭނާ މިވީ ދުވަސްތެރޭގައި ނުވިސްނާ ކަމެކެވެ. އެގޭގެ ރެޖިސްޓްރީއާ ހުރިހާ ރުފިޔާތަކެއްގެ މަތިން އޭނާ އޮތްހާއިރު އިނީ ހަނދާން ނެތިފައިއެވެ. މާޖިދުގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރުތަކަށް ފުން ނަޒަރެއް ދީގެން އިން އައިލީޝް އަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ.

ނައިޝަމްއަށް އަނެއްކާވެސް އޭނާގެ ނޭވާ ހިފަހައްޓާލަން ޖެހުނެވެ. ކޮންޕިއުޓަރުން ފެންނަމުން ދިޔަ މާޖިދުގެ ޒޫމް ކުރެވިފައިވާ މޫނަށް ނައިޝަމް ބަލަމުން ދިޔައީ ކަމެއް ފާހަގަ ކުރެވޭތޯއެވެ. މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރުތަކުން ކަމެއް ދޭހަ ކުރެވޭތޯއެވެ. ”ޕެރެޑައިސް ގެޔަކީ ކޮން ގެޔެއް؟” ނައިޝަމްގެ ކަންފަތް ބުޑުގައި ރައުހާ އަހައިލީ ނިކަން ސިއްރު ސިއްރުންނެވެ. އެތަނުގައި އައިމިނަތު އިނީތީއެވެ. ”އެއީ އައިލީޝްގެ ގެ. ކުރިން ދުވަހު އެގެއިން ވައްކަން ކޮށްފައި ހުރީ ގެޔަށް ދިޔައިރު.” ހަމަ އެ ސިއްރު މިނުގައި ނައިޝަމްވެސް ރައުހާގެ ސުވާލަށް ޖަވާބުދިނެވެ.

މާޖިދުގެ ފަރާތުން ޖަވާބެއް ނުލިބުމުން އައިލީޝް އެތަނުން ނުކުމެގެން އެނެއް ފަރާތަށް ގޮސް ވަނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލާ އައިމިނަތުގެ ކުރިމައްޗަށް އެރިއެވެ. ”ވަރަށް ރަނގަޅު. މިއަދު ހަވީރު ވާނެ ދެން ތިބި ދެމީހުންގެ ފަރާތުން މައުލޫމާތު ހޯދަން.” އައިމިނަތު އައިލިޝްގެ ކޮޑުގައި އަތް ބާއްވާލައި ދެތިން ފަހަރަކު މަޑު މަޑުން ޖަހައިލިއެވެ. އަދި އެތަނުން ދިޔުމަށް ހިނގައިގަތެވެ.  އައިމިނަތު ދިޔުމާއިއެކު އައިލީޝް އެތާގައި ހުރި ގޮޑިއަށް ޖެހިގަތެވެ. އަދި މޫނުމަތީގައި އަތް އަޅާ މޫނު ފޮރުވާލިއެވެ. ނައިޝަމް ގޮސް އައިލީޝްގެ ދެކޮޑުގައި ހިފައި ތަޅުވާލުމާއިއެކު އައިލީޝް އޭނާގެ މޫނުމަތިން އަތް ނަގައި ނައިޝަމްއަށް ހިނިތުންވުމެއް ރައްދުކޮށްލީ ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބުމުންނެވެ.

***

‘އާކިފްގެ މަރުގެ ވޭދަނައަށް ޝައްކުވާ ތިން ގާތިލަކު ހައްޔަރުކޮށްފި’ ފޭސްބުކް ހާވަން އިން މައުނާގެ ދެލޯ ބޮޑުވެގެން ދިޔައީ ސުރުހީގެ ދަށުން އޭނާގެ ބައްޕައާއި އިތުރު ދެމީހަކު ފެނުމުންނެވެ. އަވަސް އަވަހަށް އޭތި ހުޅުވަައި ކިޔައިލީ އެކަމުގެ ހަގީގަތް ބަލާށެވެ. ނަމަވެސް އެކިޔައިގެންވެސް މައުނާގެ ކޮށި ސިކުނޑިއަކަށް އެއްޗެއް ވަންނަ ގޮތެއް ނުވިއެވެ. އެހެންކަމުން ޒާހިދާގެ ގާތަށް ފޯނު ހިފައިގެން ދިޔައީ އެކަން އޮޅުން ފިލުވުމަށެވެ.

”މަންމާ. ބައްޕަގެ ފޮޓޯ ކީއްވެތަ މީގަ މީނީ؟ ބައްޕަ އެކަހަލަ ކަމެއް ކުރީތަ؟” މައުނާ ޒާހިދާގެ އަތަށް ފޯނު ލައިދީފާ އޭނާ ދައްކަން ބޭނުންވި އެތި ދައްކައިލިއެވެ. އެވަގުތު ޒާހިދާގެ ދެލޯ ބޮޑުވެ ލޯ ފުންމައިގެން އަތަށް ނައީވެސް ކިރިޔާއެވެ. ފޯނު އަތުން ދޫވެގެން ތަޅުން މައްޗަށް ވެއްޓިގެން ދިޔައިރުވެސް ޒާހިދާއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީ ހާސްވެ ލިބުނު ސިހުމުގައިއެވެ.

ފޯނު ވެއްޓުނު އަޑަށް ސޯފާގައި އޮތް ޔޫހާވެސް ތެދުވެގެން އައިސް ފޯނު ނަގައި އޭގައިވާ އެއްޗެއް ބަލައިލިއެވެ. ޒާހިދާއަށް ލިބުނު ސިހުމަށް ވުރެ ބޮޑު ސިހުމެއް ޔޫހާއަށް ލިބިގެން ދިޔައިރު އޭނާގެ އަތުންވެސް ފޯނު ދޫވެގެން ވެއްޓުނެވެ. ”ޕިސްޕިސްޕިސް. އެންމެންވެސް މަގޭ ފޯނު މި ވަރަނީ އޯ. މަންމާ ވެގެން އުޅޭ ގޮތެއް ބުނެބަލަ.” މައުނާ ހިތްހަމަނުޖެހޭ ގޮތްވިއެވެ.

ޒާހިދާއަށް ލިބިފައި ހުރި ސިހުން ފިލައިގެންނެއް ނުދެއެވެ. މީހާ ގަނބުވެފައި ހުރިއިރު އެސްފިޔަވެސް ޖަހާނުލައިއެވެ.

~ ނުނިމޭ ~

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

މިހިތުންނުފިލާނޭ..(10)

Next

ލޯބިލިބޭތޯ 1

Next
May 27, 2020

ލޯބިލިބޭތޯ 1

Previews
May 27, 2020

މިހިތުންނުފިލާނޭ..(10)

8 Comments!

  1. ?Nafu✨ says:
    May 28, 2020 at 12:08 am

    salam all. 19 vana bai vs up v mioh. unmeedhu kuran mi bai vs kamudhaane kamah. dhn oii bai vs maadhan rey genesdhevey thr balaanan insha allah. inthizaaru kohlaa.
    and pending ga huri comment thah nafu kiyaalin inge. jimin and sau ah vr vr vr vr vr bodah thank u nafu ah thidhey support ah. thank u soo much.
    adhi kiyunetheringe hithah arafaane dhw mi part ga hus aileesh menge vaahaka ey ehn baeh nethey. yes nafu beynun vi gothah mi part myny genes dhyfa inge. dhn oii baaga nafu dhn himanaalaani dhn huri myhunge baathah. unmeedhu kuran understand vi kamah.
    leave a comment. have a good night. stay home. stay safe. thank u

  2. Kairaa says:
    May 28, 2020 at 12:47 am

    OMG sis….kihineh e v……varah varah reethi mi bai vx….vrh curious vehjje….whn nxt part sis….curiously waiting for the nxt part….lysm stay safe

    1. ?Nafu✨ says:
      May 28, 2020 at 8:04 pm

      balamaa dhw dhn vaane gotheh dhw. thank u soo much kairaa .it means a lot. dhn oii bai mirey insha allah. keep waiting. u too stay safe. lym

  3. ?Aashko?? says:
    May 28, 2020 at 2:12 am

    V v reethi mi part ves. Curiously waiting for the next part. Ly sis

    1. ?Nafu✨ says:
      May 28, 2020 at 8:05 pm

      thank u soo much aashko. it means a lot.. keep waiting. stay safe. lym

  4. MariyamSaula says:
    May 28, 2020 at 9:29 am

    Wow it’s just superb… Ur Doing well… Masha Allah ❤️ good job ?

  5. Park Jimin says:
    May 28, 2020 at 11:15 am

    Masha Allah mi partvx Varah reethi… Keep it up.. ? ? ? curiously waiting for the nxt part..haalu kihineh thah… Alhamdhulillah I am fine.. Lysm ❤️❤️

  6. ?Aashko?? says:
    May 30, 2020 at 3:35 pm

    Sis where is the next part…..
    Haadha laheyy up vaaleh mihaaru… Admin kairy buneba avahah upload kuraashey

Comments are closed.

Next Episodeލޯ ފޮހެލާދޭށެ މަގޭ 20←


All Right Reserved!