Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 14

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
May 24, 2020 7 Mins Read
13 Comments

 

* “ކައިޔަންގެ ލޯބި މަށަށް ނުލިބުނީ ކަލޭގެ ލޯފަދަ ލޮލެއް ނުލިބުނީމައިތަ.؟” ރަނާ ހަޅޭއްލަވައިގަނެފައި އަވްލީންގެ ލޮލަށް ކަތުރު ވައްދާލަން އައެވެ. ރަނާގެ މުޅި މޫނަށް ލޭބުރައިގެންދިޔައެވެ. ރަނާ ދެފަރާތަށް ކަތުރު އަނބުރާލިއެވެ. އަވްލީން ހަޅޭއްލަވައިގަތް އަޑަށް ވިހަ ހިނިތުންވުމަކުން ހީލާފައި އަވްލީންގެ ލެއިން ކަޅިވެފައި ހުރި ދެލޮލަށް ނަޒަރެއް ހިންގާލަން ރަނާ އެދިމާލަށް ބަލާލިއެވެ. *

ރަނާގެ ލޮލުގައި އަޅައިގަތީ ކައިޔަންއެވެ. ކަތުރު ގޮސް ހެރިފައިވަނީ ކައިޔަންގެ ބުރަކައްޓަށެވެ. ކައިޔަން ލައިގެން ހުރި އަޅި ޓީޝާޓުގައިވެސް ލެއިން ކޯރެއް ދެމިލާފައިވެއެވެ. “ކައިޔަން…!” އަވްލީންއަށާއި ރަނާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހަޅޭއްލަވައިގަނެވުނެވެ.

ކައިޔަން ދެންމެ އަވްލީންގެ އައްޑަނައަކަށް ނުވިނަމަ އަވްލީންގެ ދެލޯ ސަލާމަތެއް ނުވާނެކަން ހަމަ ޔަގީނެވެ. ހުރިހާ ޝުކުރެއް ކައިޔަންއަށެވެ. ކައިޔަންއަށް ވަގުތަށް ނާދެވުނުނަމަ މަންޒަރު ފެންނަން އޮންނާނެ ގޮތް ފެނުނު މީހެއްގެ ނިދި ޚަރާބު ކޮށްލާނެއެވެ.

ކައިޔަން އަވްލީންގެ ގައިގައި ބާރަށް ބައްދާލިއެވެ. އަވްލީން ދިޔައީ ސިއްސައިގެންނެވެ. ”އައިމް ސޮރީ އަވް..” ކައިޔަން ބުނެލިއެވެ. އެ އަޑުގައިވީ ހިތްދަތި ކަމެވެ. އޭރު އަވްލީންގެ އިސްތަށިތައް މުޅިތަނަށް ބުރައިގެން ގޮސްފައިވެއެވެ. “ވެލްޑަން.. ވެލްޑަން..!!!” ރަނާ މޮޔައެއްހެން އަވްލީންގެ އިސްތަށިތައް ކޮމްފެޓީއެއް ގޮއްވާލާއިރަށް މައްޗަށް އަރައިގެންދާ ކަރުދާސް ކޮޅުތައްހެން މައްޗަށް އުކާލިއެވެ. އަދި ދުވެފައި ބޭރަށް ނުކުތެވެ. އަދި ޓީޗަރުންނަކީ އެ ދިމާލަށް މަދުން ނޫނީ ނާންނަ ބައެކެވެ. ގިނައިން އަންނަނީ ސްކޫލްގެ ކުދިންނަށް ވުމާއެކީ އެހީއެދި އަވްލީން ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް އަންނާނެ މީހަކު ނުހުންނާނެއެވެ. ރަނާދެކެ ބިރުން ކައުންސެލިންގ ރޫމްތެރޭ ހުރި ތިން ކުދިންވެސް ދިޔައީއެވެ.

”ކައިޔަން ނުޖެހޭ މާފަށް އެދޭކަށް…” އަވްލީން ބުނެލިއެވެ. “ނޫން.. އައި ޑިޑް ނޮޓް ކަމް ވެން ޔޫ ނީޑެޑް މީ..” ކައިޔަން އަސަރާއެކީ އެހެން ބުނެލަމުން އަވްލީންގެ ކުރުކުރު އިސްތަށިގަނޑުގައި ފިރުމާލިއެވެ.

“އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން..” އަވްލީން ތެދުވިއެވެ. ކޮޅަށް ހުރެވެނީވެސް ކިރިޔާއެވެ. ދެމީހުން
ހޮސްޕިޓަލަށް ދިޔައީ ކާރުގައެވެ. ޕްރިންސިޕަލްއަށް ރަނގަޅަށް ވީގޮތް ނޭނގުނަސް އެމީހުން ސްކޫލުން ގެއަށް ދިޔައީ އެމެޖެންސީއެއްގައި ކަން އެނގުނެވެ.

ހަތަރު ހަފްތާ ފާއިތުވެގެން ދިޔައީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ރަނާ ސްކޫލަށް އައުން މަދު ކޮއްފިއެވެ. އަންނަ ދުވަހަކު އެހެން މީހުންނަށް ފެނުނަސް ކައިޔަންއަކަށް ނުފެނެއެވެ. ރަނާ އަދިވެސް މަސައްކަތް ކުރަނީ އަވްލީންއާއި ދިމާ ކުރާށެވެ. އެ ދުވަހު ވީގޮތުގެ ހަގީގަތް ރަނގަޅަށް އެނގޭނީ ހަމައެކަނި އަލާންއަށާއި ޒިވީންއަށެވެ. އަވީނާއަށް ރަނާ އަވްލީންއާއި ދިމާކުރީ ކީއްވެގެން ކަން ސާފު ކޮށް ނުކިޔައިދިނަކަސް ވީގޮތް ކުޑަކޮށް ކިޔައިދިނެވެ. ހުޑީ ލައިގެން އުޅޭ އެ ޒުވާނާވެސް ދޭތެރެ ދޭތެރެއަކުން ފެނިލައެވެ.

*******************

“ދެން ހުރި ކުއްޖާ އަވަހަށް އާދޭ…” ގައިޑެންސް ދެމުން އަވްލީން ބުނެލިއެވެ. އަވްލީން ގައިޑެންސް ދީ ނިންމާލުމުން ނުކުންނަން ދިޔަ ކުއްޖާއަށް ކައުންސެލިންގ ރޫމްގެ ތެރެއަށް ވަންނަން އައި ކައިޔަން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

“އަވް.. ވައުންޑްތައް އޯކޭވެއްޖެތަ މިހާރު..؟” ޕްރިންޓްކޮށް ނިންމާލައިގެން ގެނައި ސްލިޕް ކޮޅުތައް ޑްރޯވަރ ތެރެއަށް ލަމުން ކައިޔަން އަހާލިއެވެ. “މިހާރު ދެން އޯކޭ.. ކައިޔަންގެ ބުރަކަށީގައި ލެވުނު ވައުންޑް ކިހިނެތް..؟” އަވްލީން އެއްސެވެ. “އެއްކޮށް ރަނގަޅު ވެއްޖެ..” ކައިޔަން ބުނެލިއެވެ.

ކައިޔަން ގޮނޑީގައި އިށީނދެފައި މަސައްކަތް ފެށިއެވެ. އިތުރު ހަރަކާތް ތަކަށް ދާން ޖެހޭ ކުދިންގެ ސްލިޕް ކޮޅުތަކުގައި އެކުއްޖެއްގެ ނަން ޖަހަމުން ކްލާހަކަށް ދޭން ޖެހޭ ސްލިޕްކޮޅުތައް ހަމަވިތޯ ބަލަމުން ކައިޔަން އުޅުނެވެ. ދޭތެރެ ދޭތެރެއިން ކައިޔަން ކޮމްޕިއުޓަރާއި ކުޅެލައެވެ. ކުއްލިއަކަށް ކަރުދާސްކޮޅެއް އައިސް އަވްލީންގެ މޭޒުމައްޗަށް ވެއްޓުނެވެ. އަދި އެވަގުތު ކައުންސެލިންގ ރޫމް ކުރިމަތިން ރަނާ ހުރަސް ކޮއްލިއެވެ. ރަނާ އެ ރީތި ބުޅި އިސްތަށިގަނޑު ފަން ކޮއްފިއެވެ. ޖަހަނީވެސް އެހެން މީހެއް ވައްތަރެވެ.

“އަވްބޭބީ…” ކަރުދާސްކޮޅުގައި ލިޔެލާފައިވިއެވެ. އަވްލީންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެކުޑަކުޑަ މެސެޖް އެކަނިވެސް އޭނާގެ ހިތަށް ތަދު ކޮއްލިއެވެ. “ލީ…. ލިޔާން…” އަވްލީންއަށް ހިތުގެ އަޑިން ގޮވާލެވުނެވެ. “މި މެސެޖް ކިހިނެތް މިތަނަށް އައީ..؟” އަސްލާ ދޭތެރޭ އަވްލީންއަށް ވިސްނާލެވުނީ އިރުކޮޅަކުންނެވެ.

”އަވްބޭބީ..” ޖެހުނު ބާރު ވައިރޯޅީގެ ތެރެއިން ފަނޑުކޮށް އަވްލީންގެ ކަންފަތުގައި ލިޔާންގެ އަޑު ޖެހުނެވެ. ”ލިޔާން…” އަވްލީންއަށް ރައްދުގައި އެހެން ބުނެލެވުނުއިރު ލޮލުން ކަރުނަ ފައިބައިފިއެވެ. “ކީކޭ އަވް..؟” އަވްލީން އެއްޗެކޭ ބުނިގެން ހީވެގެން ކައިޔަން އެއްސެވެ. “މިބުނީ އަވަހަށް ލިޔަންވީއޭ..” އަވްލީން އަވަހަށް ކަރުނަތައް ފޮހެލުމަށް ފަހުގައި މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

އެދުވަހުގެ ގައިޑެންސް ދިންއިރު ރަނގަޅަށް ދެވުނު އެންމެ ގައިޑެންސެއް ވެސް ނެތެވެ. ރޭގަނޑު ނިދަން އެނދަށް އަރާފައިވެސް އަވްލީންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ރޯން ބޭނުން ނުވިޔަސް އެ ކަރުނަތައް ހުއްޓުވާނެ ގޮތެއް އަވްލީންއަކަށް ނޭނގުނެވެ. އެހާ ދުވަސް ވަންދެން ލިޔާންގެ ޚިޔާލުތަކާއި ދުރުވެވޭތޯ އުޅުނުސް ވީ ހެވެއް ނެތެވެ. ލިޔާން ނުފެނުނަސް ލިޔާންގެ އަޑު ކަންފަތުގައި ޖެހުމުން އެ ވީގޮތުގެ އަސްލަކީ އަވްލީންއަށް އަދިވެސް ލިޔާންގެ ހަނދާންތައް އެ ހިތުން ނުފޮހެލެވޭކަމެވެ.

ޖެހިގެން އައި ދުވަހުވެސް އަވްލީންއަށް މަސައްކަތެއް ނުކުރެވުނެވެ. ނިއްވާލާފައިވާ ކޮމްޕިއުޓަރުގެ ކަޅު ސްކްރީން އިން ފެންނަމުންދާ އަމިއްލަ ސޫރައަށް ބަލަން ގަބުވެފައި ހުރެވެނީއެވެ.

ރޭގަނޑު ގަޑިއެވެ. އަވްލީން ހުރީ ކުޑަދޮރު ހުޅުވާލައިގެން ވައިޖައްސާލާށެވެ. ކުއްލިއަކަށް އެނދު މަތީގައި އޮތް ފޯނު ރިންގް ވާންފެށިއެވެ. ކައިޔަންގެ ކޯލެކެވެ. ކޯލުގައި ފަނަރަވަރަކަށް މިނެޓް ހޭދަ ކޮއްލުމަށްފަހު ސްވީޓް ޑްރީމްސްއޭ ބުނެ ކޯލް ނިންމާލަމުން އަވްލީން އެނދުމަތީގައި ފޯނު ބާއްވާލަމުން ބަލާލިއެވެ. އަވީނާ އިސްތިރިކޮށް ފަތްޖަހާފައިވާ ހެދުންތައް އެނދުމަތީގައި ބާއްވާފައިވެއެވެ. އަވްލީން މާދަމާ އޮފީހަށް ދާން ލާން ނޫސްކިނީއަކާއި އާދައިގެ ނޫ ހަވީރީ ހެދުމެއް ނެގިއެވެ. ބާކީ ހުރި ހެދުން ތައް ކްލޯސެޓް ތެރެއަށް ލުމަށްފަހު އަވްލީން ނިދަން އޮށޯތެވެ.

ގުގުރިއެއް ޖެހި ބާރު އަޑަށް އަވްލީންއަށް ސިއްސައިގެން ގޮސްފައި ހޭލެވުނެވެ. އަވްލީން މޯޅިއަކަށް ދެމިލާފައި ގަޑިއަށް ބަލާލިއެވެ. “ދިހަގަޑި ބައިވީ…؟؟؟” ދުވަހަކީ ހުކުރު ދުވަސް ކަމުން އޮފީހަށް ދާކަށް ނުޖެހޭނެކަން އެނގޭތީ އަވްލީންއަށް އެހާއިރު ވަންދެން ނިދުނީއެވެ. “ޑޭމް… އަދި މަންމަގެ ގާތު ބުނެވުނޭ ނޫޑްލްސް ހަދަން އެހީ ވާނަމޭ ވެސް….” އަވްލީން ބޯ ކަހާލާފައި ފާޚާނާއަށް ވަނެވެ. މޫނު ދޮންނަން މޫނުގައި ފޭސްވޮޝްއެއް އުނގުޅާލިތަނާހެން ކަރަންޓު ދިޔައެވެ. “ޝޫޓް..!” އަވްލީން އަވަހަށް މޫނު ދޮވެލައިގެން ނުކުމެފައި ފެނުނު މަންޒަރަކުން ހުއްޓެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

“ދޮންބޭ އާދޭ ކާން..” ޒާއިން ކޮޓަރި ދޮރުފަތުގައި ޓަކި ޖަހާލިއެވެ. “ދޮންބޭ..؟؟” ކައިޔަންގެ ޚަބަރެއް ނުވުމުން ޒާއިން އެތެރެއަށް ވަނެވެ. އޭރު ކައިޔަން ހުރީ ކުޑަ ދޮރުގެ ގާތުގައި އިށީނދެލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. “ދޮންބޭ..؟” ޒާއިން ކައިޔަންގެ ގާތަށް ގޮސް އަނެއްކާވެސް ގޮވާލައިފިއެވެ.

ކައިޔަން އިނީ އެއަރޕޮޑްސް ޖަހައިގެން ކަން އެނގުނީވެސް މާ ފަހުންނެވެ. ޒާއިން މަޑުމަޑުން ކައިޔަންގެ ކޮނޑުގައި އަތް ބާއްވާލުމުން ސިހިފައި ކައިޔަން ފަހަތަށް ބަލާލިއެވެ. “ކޮންކަމަކާއި މެދު ތި ވިސްނަނީ..؟” ޒާއިން އަހާލިއެވެ. “ކަމެއް ނޫން…” ކައިޔަންގެ އަޑުގައި ވަނީ ހުސްކަމެވެ. “ނޫން ދޮންބެ ކޮންމެވެސް ކަމަކާއި ދޭތެރޭ އެބަ ވިސްނާ…” ޒާއިން ބުނެލިއެވެ. “ހެހެ… ޒާއިން މާ ކުޑަ.. އެ ވާހަކަ ބުނެދީފިއްޔާ ޒާއިންއަކަށް ގެޓެއް ނުވާނެ…” ކައިޔަން މަޑުމަޑުން ހީނލިއެވެ.

“އެކަމް އަޑު އަހާލަން ބޭނުން..” ޒާއިން އެނދުމަތީގައި އިށީނެވެ. ކައިޔަން ޒާއިންއަށް އެ ދުވަހު ކައުންސެލިންގ ރޫމްތެރޭ ހިނގައިދިޔަ ކަންތައްތައް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ޒާއިން ހުރީ ސިހިފައެވެ. ބިރުވެސް ގަނެފައެވެ. “އަޅެ އަވްދައްތަގެ އިސްތަށިގަނޑު އެހާ ކުރުވި ސަބަބު މި އެނގުނީ… އެ ރަނާ އަކީ ހާދަ ގޯސް ކުއްޖެކޭ…! އަވްދައްތަ ކޮން ކަމެއް ކޮށްގެންތަ މި ރަނާ އަވްދައްތަގެ އެ ރީތި އިސްތަށިގަނޑު އެ ކޮށާލީ…؟؟” ޒާއިން އެހެން ބުނެލިއިރު އަޑުގައި ޝަކުވާ ކުރާ ކަހަލަ ރާގެއް ހުއްޓެވެ.

“އެ ސަބަބު ކިޔާދޭނަން ޒާއިން ބޮޑުވީމަ… އެ ކުޅިގަނޑު މިހާރު ޒާއިންމެން ފަށައިފިއްޔާ ދެން އެހާ ރަނގަޅެއް ނުވާނެ…” ކައިޔަން ޒާއިންގެ ބޮލުގައި ފިރުމާލިއެވެ. “ތިއީ ދިވެހި މިސްވެސް ބުނި އެއްޗެއް.. ގާލްފްރެންޑް ބޯއިފްރެންޑްގެ ވާހަކައެއްނު ދޯ ދޮންބެ ތި ބުނީ…؟” ތޭރަ އަހަރުގެ ކުއްޖަކަސް ޒާއިން ހީވަނީ ތޭވީސް އަހަރުގެ މީހެއް ހެންނެވެ.

“ދިވެހި މިސްއޭ…؟ އޯވް.. ޒާއިންމެންނަށް ކިޔަވައިދެނީ އީވާ މިސްތަ..؟” އޮޅުމަކުން ނަމަވެސް ކައިޔަން އަށް ޒާއިންގެ ގާތު ބުނެވުނީ ގްރޭޑް އަށެއްގައި ދިވެހި މިސް ދިން ލެކްޗަރުން ކައިޔަން ހަނދާންވާ އެއް ޖުމްލައެވެ. “އާނ އީވާ މިސް އަންނަނީ.. އަނެއްކާ ދޮންބެގެ ވެސް މިސްއެއްތަ..؟” ޒާއިން ހީނގަނެފައި އަހާލިއެވެ. ”އާނ…” ކައިޔަންއަށް ހެވުނީ އެ ލެކްޗަރަކީ އީވާ މިސް ކިޔަވާދޭ ކޮންމެ ކްލާހަކަށް ދޭ ލެކްޗަރެކޭ ހިތަށް އެރުމުންނެވެ. އެކުއެކީ ޒާއިންވެސް ހީނގަތެވެ. ގާލްފްރެންޑް ބޯއިފްރެންޑް އަކީ ޒާއިންގެ ކްލާސް ކުދިންވެސް ގެންގުޅޭ އެއްޗެކޭ ބުނަމުންނެވެ.

އަވްލީންއަށް ބަލާލެވުނީ ހުޅުވާފައިވާ ކުޑަދޮރަށެވެ. ގައިމުވެސް ނިދުމުގެ ކުރިން އެ ދޮރު ތަޅުލި ހަނދާންވެއެވެ. ގަދަ ވަޔާއެކީ ވާރޭގެ ކުދި ހަމަލާތައް ކުޑަދޮރުން ވަދެ ޓައިލްސްތައް މަތީ ފެންކޯރެއް ހަދަމުން ދިޔައެވެ. ވިދާލި ވިދުވަރާއެކީ އަވްލީން ސިއްސައިގެން ގޮސް އަވަހަށް ކުޑަދޮރު ލައްޕާފައި ތިރީގައި މޮޕް ލިއެވެ. އަދި އެނދުގައި އިށީނދެ ފޯނު ހުޅުވާލިއެވެ. ޕިން ޖަހަން ނާރާ ކުއްލިއަކަށް ފޯނު ހުޅުވުމުން އަވްލީން ހައިރާންވިއެވެ.

ޒާއިންއާއެކީ މަތީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ސައިބޯން ތިރިއަށް ފޭބިއިރު އަލާން އާއި ޒިވީން މޭޒު ދޮށުގައި ހުއްޓެވެ. އެތަނުގައި ކައިޔަންމެން ހުރިކަން އިހުސާސްނުވެ ޒިވީންއާއި އަލާން ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ. ”އެއް އެހެމް..!!” ޒާއިން ލެވުނުހާ ބާރެއްލާފައި ކަރު ކެހެލިއެވެ. ޒިވީން ސިއްސައިގެން ގޮސްފައި ފަހަތް ބަލާލިއެވެ. “ހޭ އެލަން..” ކައިޔަން އަލާންއަށް ހިނިތުންވެލިއެވެ. އަލާން ކައިޔަންއަށް އަތް ހޫރާލިއެވެ.

“މީހަކު ކޮޓަރިއަށް ވަނީބާ..؟؟” އަވްލީން އަވަހަށް ފާޚާނާއަށް ވަދެ ދޫ ހަރުވާޅަކާއި މާޝްމެލޯއެއް ކުރަހާފައި ހުރި ފިޔާތޮށި ޓީޝާޓެއް ލައިގެން ނުކުމެ އެ ކުރު އިސްތަށިގަނޑުގައި ފުނާ އަޅާލާފައި ބޮޑު ކޮކާލެއް ހުރި ދައްޗެއް ޖެއްސެވެ.

ހަފްތާ ބަންދު ދުވަސް ވޭތުވެގެން ދިޔައީ އަވްލީން ކޮޓަރީގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގައެވެ. ކުޑަ ދޮރުގެ ލޮކް ވަރުގަދަކޮށް ފޯނުގައި އާ ޕާސްވޯޑެއް ޖަހާ އަވްލީން އުޅުނެވެ. އަދި ހުސްވަގުތެއް ލިބޭ އިރަށް އަވްލީންގެ ވިސްނުމަށް އަންނަނީ ލިޔާންއެވެ. އެ ދުވަހު ވީ ގޮތާއި ހެދި އަވްލީންއަށް އުނދަގޫ ވާން ފަށައިފިއެވެ. އެ ކުޑަ ނޯޓް ކޮޅުވެސް ފޮރުވައިގެން ގެންގުޅޭތާ އެތަންމެ ދުވަހެކެވެ.

“އަވް.. މިއަދުވާނެ އައިންމެން ގޮވައިގެން ކުޑަކުދިންގެ ހަވީރަށްދާން.. އަހަރެމެންގެ ގެއާއި މާދުރުނޫން ކުޑަކުދިންތައް އެންމެ ގިނައިން ގޮސްއުޅޭ ޕާކު އެނގެއްނު.؟ އެތަނަށް…؟ އަވް އޯކޭއިއްޔާ..” ކައިޔަން އޮފީސް ނިންމާލާފައި ގެއަށްދާން ކާރުގައި ހުރެ ބުނެލިއެވެ. “ހްމްމް.. މައްސަލައެއްނެތް.. ތައްޔާރުވާން ވީ ގަޑިއަކީ ކޮބާ.؟” އަވްލީން އެއްސެވެ. “ހަތަރު ގަޑިބަޔަށް.. ބިޒީއެއް ނުވާނެދޯ..؟ އަވް އޯކޭއިއްޔާ..” ކައިޔަން އެއްސެވެ.

“ހޫމް…. މިއޮއް އާދެވުނީ ގެއަށް… ދެންވެސް ކާރު ޕާކު ކުރާކަށް ނުވޭތަ…؟” އަވްލީން އެއްސެވެ. “ލައްބަ އަވްލީލީ…” ކައިޔަން ބުނެލިއެވެ. “ކައި ކޮންތާކުން ދަސްކުރި ނަމެއް..؟” އަވްލީން ކާރުން ފައިބާފައި އެއްސެވެ. ”ދެންމެ ހަދާލިނަމެއް.. އަވް އޯކޭއިއްޔާ..” ކައިޔަން ބުނެލިއެވެ. “އަވް އޯކޭއިއްޔާ އަވަހަށް ގޮސްފައި ރެޑީވޭ… މިއަދު އަހަރެމެން އެކްސްޓްރާއަކަށް ރިލީފްއެއްދޭން މަޑުކުރަން ޖެހިއްޖެ ވިއްޔާ.. އެ ތިނެއް ޖަހަނީ…” އަވްލީން ބުނެލިއެވެ.

ހަތަރުގަޑި ބައިވެގެން ދިޔައީ ކައިޔަން ގަޑީގެ ސިކުންތު ކައްޓަށް ބަލަހައްޓައިގެން ހުއްޓައެވެ. ލައިގެން ހުރި ދަނބު ޓީޝާޓާއި ކަޅު ޖިންސު ރީތިކޮއްލަމުން ކައިޔަން ނުކުތެވެ. އޭރު އައިންއާއި އަލާން ނުކުމެ ހުއްޓެވެ. ޒާއިންއާއި ޒިވީން ވެސް ނުކުތެވެ. “ކައިޔަން.. ސޮރީ… އިރުކޮޅަކުން އާދެވޭނީ.. ޒާއިންމެން ގޮވައިގެން ކައިޔަން ދޭ.. އަވް އަންނާނަން…” އަވްލީން ބުނެލިއެވެ. ކައިޔަން އެއްބަސްވީ އަވްލީންއާއެކީ ދާން އެތައް އުޒުރެއް ދައްކާފައެވެ.

“އޯކޭއި އައިމް އޯފް..” ކައިޔަން އަތް ހޫރުވާލާފައި ކާރު ދުއްވާލިއެވެ. އޭރު އަލާން، ޒިވީން، އައިން އަދި ޒާއިން ވަރަށްވެފައި ސަކަރާތް ގަތުމުގައި އުޅެއެވެ.

”ބާއި…” އަވްލީން ފެންވަރަން ވަނެވެ. އަދި ފެންވަރައިގެން ދަނބު ކްރޮޕްޓޮޕަކާއި ނޫ ހައިވެއިސްޓެއް ލާފައި ރީތިވެލިއެވެ. މޫނުގައި ކުޑަކުޑަ ފުށްކޮޅެއް ޖަހާލާފައި ބޮލުގައި ކުޑަކުޑަ މަލެއް ޖަހާފައިވާ ދައްޗެއް ހަރުކޮއްލިއެވެ. އަތްދަބަސް ކޮނޑުގައި އަޅުވާލަމުން އަވްލީން ގެއިން ނުކުތީ އަވީނާއަށް ޕާކަށް ދާކަން އަންގާލާފައެވެ.

މަގުމަތި ފަޅެވެ. އެންމެންވެސް އެދިޔައީ އެހަވީރަށް ކަންނޭނގެއެވެ. އަވްލީން ނުލާހިކު ހަމަޖެހިލައިގެން ކުރިއަށް ދަނިކޮށް ކުރިމަތީގައި ހުރި ގަސްގަނޑު ތެޅިގަތެވެ. އަވްލީން އެތާނގައި ހުރީ ކޯޗެއްތޯ ބަލާލަން އަރިވެލިއެވެ. ފެނުނު މަންޒަރުން އަވްލީންގެ ލޮލުން ތަރިބުރައިގެން ދިޔައެވެ.

އެތަނުގައި ހުރީ ބޮޑު ދެބުޅަލާއި ކުޑަ ބުޅާތަކެކެވެ. “ސޯ ކިއުޓް.. އެއީ އަވްލީންއާއި ކައިޔަން ނޫން ކަމެއް ކިހިނެތް އެނގެނީ..؟” އަވްލީން މޮޔަ ޚިޔާލެއް ކޮއްލާފައި އަމިއްލަ އަމިއްލައަށް ހީގަތެވެ. އަދި ކުރިއަށް ހިނގައިގަތެވެ. އަވްލީން ގެ ނޭފަތްމަތީގައި މީހަކު ރުމާލެއް އެޅިއެވެ. އަރައިގަތް ވަހުން އަވްލީންގެ ބޮލަށް އެނބުރުން އެރިއެވެ. މިނެޓެއްވެސް ނުވަނީސް އަވްލީން ދެމިފައިވަނީ އެމީހެއްގެ އަތްމަތީގައެވެ. ކުއްލިއަކަށް އެމީހާގެ ކުރިމައްޗަށް އަޅިކުލައިގެ ޕްރައިވެޓްކާރެއް ހުއްޓުނެވެ. ކާރުގެތެރޭ ގައި ހުރި ޑްރައިވަރު އިޝާރާތް ކޮއްލުމާއެކީގައި އަވްލީން ކާރުތެރެއަށް ކޮއްޕާލާފައި އެމީހާ ކާރަށް އެރިއެވެ. ކާރު ދުއްވާލީ އެމީހާ ދޮރު ލައްޕާލުމުންނެވެ.

ޕާކު ތެރޭގައި ހުރި ބެންޗެއްގައި އިށީނދެގެން ހުރި ކައިޔަންއަށް އިންތިޒާރު ކުރެވެމުން ދިޔައީ އަވްލީން ދައްކާލާނެ އިރަކަށެވެ. ދެ އައިސްކްރީމްކޯން ހުސް ކުރެވިއްޖެއެވެ. ނުވިތާކަށް ޕޮޕްކޯން ވެސް ކެވިއްޖެއެވެ. “އަވް އަދިވެސް ނާދޭތަ..؟” އަލާން އައިގޮތަށް އައިސް ކައިޔަންގެ އަތުން ޕޮޕްކޯންކޮޅެއް ނަގަމުން އެއްސެވެ. ”ހޫމް.. އަދި ނާދޭ..” ކައިޔަން ބުނެލިއެވެ. ”އަވްދައްތަ މާ ބިޒީވީ ކަންނޭނގެ އެއްނު..؟” ޒިވީން ބުނެލިއެވެ. “ގުޅޭތޯ ބަލާލައިފިންތަ..؟؟” އަލާން އެއްސެވެ. ”އުހުމް.. އަވް އެހާ ބިޒީކޮށް އުޅޭ އިރު ޖެއްސުން ކުރާކަށެއް ނުވާނެއްނު..؟ އަންނަންވީމައި އަވްލީން އަންނާނެ..” ކައިޔަން ބުނެލިއެވެ. “ދޮންބެގެ ސެލްފް އެސްޓީމް ހާދަހާ ވަރުގަދަޔޭ… އޯކޭ.. ދަނީ..” އަލާން އެހެން ބުނެލީ ޕޮޕްކޯން ކޮތަޅުން މުށެއް ނަގަމުންނެވެ.

”ދޮންބެޔޭ ކިޔާފައި ގޮވަންވާނީ އަދި މީގެ ދިހައަހަރަށްފަހު…” ކައިޔަން ހީލިއެވެ. ޒިވީންއަށް ބާރަށް ހޭންފެށުނީ ހިނިގަނޑު މަތަނުކުރެވިގެންނެވެ. އަލާން ޕޮޕްކޯން ކޮތަޅު އަތުލާފައި ދުއްވައިގަތެވެ. “އަޅެ..” ކައިޔަން އަލާން ފަހާ ދުއްވައިގަންނަން އުޅެފައިވެސް އެޚިޔާލު ދޫކޮއްލިއެވެ. ޒިވީން ކައިޔަންގެ ފޯނު އަތުލާފައި އަވްލީންގެ ނަމްބަރަށް ގުޅާލިއެވެ. އިރުކޮޅަކަށް ރިންގުވުމަށްފަހު އަވްލީން ފޯނު ކަނޑާލިއެވެ. ”އޭތް ޒިވީ ދެން އަވްއަށް އުނދަގޫކުރަން ނުހަދާ..” ކައިޔަން ބުނެލިއެވެ. ޒިވީން އަނެއްކާ ގުޅާލުމުން ފޯނުނިއްވާލާފައިވާކަން އެނގުނެވެ. “އޯކޭ..” ޒިވީން ފޯނުދީފައި ދިޔައެވެ. “އަވް މާބިޒީވެގެން ކޮންކަމެއް ކުރަނީތަ..؟” ކައިޔަންއަށް ހިތާހިތުން އެހުނެވެ.

އަވްލީންއަށް ލޯހުޅުވާލެވުނުއިރު މުޅި މަންޒަރު އަދިވެސް ފުހެވެ. ކުރިމަތީގައިވާ ފަނޑުއަލީގެ ކުރި މައްޗަށް މީހަކު އެރިއެވެ. އަވްލީންއަށް ދެލޯމަރާލެވުނެވެ. މަންޒަރުގެ ފުސްކަން ކަނޑުވާލުމަށެވެ. އަވްލީންއަށް ސާފުކޮށް ތަންތަން ވަކިކުރަން އެނގުނީ އަދި އިރުކޮޅެއްފަހުންނެވެ.

އެއީ ކުޑަކުޑަ ގެގަނޑެކެވެ. އަނދިރިކަމުގެ ކިއްލާއެކެވެ. އެތަނުގައި ކުޑަދޮރެއް ހުއްޓެވެ. ހަތަރު ބިއްލޫރިގަނޑުގެ ތެރެއިން އެއްބިއްލޫރިގަނޑުވަނީ ކުޑަކޮށް ކަނަކުން ތަޅައިގެން ގޮސްފައެވެ. ނަމަވެސް މީހަކަށް ނުފެންނާނެގޮތަށް އެތަނުގެ ބޭރުގައި ކަރުދާސް ހިއްޕާފައިވެއެވެ. މުޅި އެތަނުގެތެރޭގައިވަނީ އެންމެ އުއްބައްތިއެކެވެ. މޭޒަކާއި ދަގަނޑުން ހަދާފައިވާ ކްރިކެޓް ކަހަލަ އެއްޗެހި ކުޅޭ ފަދަ ބެޓެއް އޮތެވެ. ޗޭނު ފަށްތަކަކާއި ދޮލަނގެއްވެސް އޮތެވެ. ދޮލަނގުގެ ގާތުގައި ދަބަރަށް ވެފައިވާ އުނދުޅިއެއް އޮތެވެ. ދެން ހުރީ އެތަނަށް ވަދެ ނުކުމެހަދަން ދޮރެކެވެ. ހީވާގޮތުން އެދޮރު ހަދާފައިވަނީ ފިލައިންނާއި ލަކުޑި ފަދަ އެއްޗެހިންނެވެ.

އަވްލީންއަށް ތަންދޮރު ވަކިކުރަން އެނގުމުން ތެދުވަން އުޅުނެވެ. ނަމަވެސް އަވްލީންއަށް ހަރަކާތެއް ނުކޮއްލެވުނެވެ. އަވްލީން ހުރީ ގޮނޑިއެއްގައި ޗޭނުފަށަކުން އައްސާލާފައެވެ. އަތްވެސްވަނީ ހަރަކާތް ނުކުރެވޭވަރަށް ހައްޔަރު ކޮއްލާފައެވެ. ނުވިތާކަށް ފައިވެސް އައްސާލާފައިވެއެވެ.

“ހޭލެވުނީތަ..؟” ރަނާގެ އަޑަށް އަވްލީން ސިއްސައިގެންދިޔައެވެ. އަނެއްކާ ރަނާ އެއުޅެނީ އަވްލީން މަރާލަން ނޫންބާވައޭ އަވްލީންގެ ހިތަށްއެރިއެވެ. “ބިރުން ރޮއި ހަޅޭއްލަވަންވީނު..؟ އެކަކުވެސް ކަލޭ ރޯއަޑު އަހާކަށް ނުހުންނާނެ..” ރަނާގެ އަޑުގައި ސަމާސާކަމެއް ނެތެވެ. “ހާސްނުވޭ.. ކަރުން އަޑު ދަންދެން ހަޅޭއްލެވިޔަސް މިފަހަރު ކައިޔަން ކަލޭ ސަލާމަތް ކުރާކަށް ނާންނާނެ..” ރަނާ ބުނެލިއެވެ. ”ކީއްވެ އަހަރެން މިތަނަށް ގެނައީ..؟” އަޑަށް ހަރުކަށިކަން ގެނެވޭތޯ އަވްލީންކުރި މަސައްކަތް ބޭކާރުވީ އަޑު ތުރުތުރު ލާން ފެށުމުންނެވެ.

“ކަންބޮޑު ނުވައްޗޭ.. ކަލޭ މަރައެއް ނުލާނަމޭ.. ކަލޭ މިތަނަށް މިގެނައީ އަހަރެންގެ ބޭނުމަކަށެއް ނޫނޭ.. އޭނަގެ ބޭނުމަކަށް..” ރަނާގެ އަޑުގައި މަލާމާތުގެ ރާގު އެކުލެވިގެންދިޔައެވެ. ”އޭނަ..؟؟؟ އޭނަ އަކީ ކާކު..؟؟” އަވްލީންއަށް އޮޅުނެވެ. ރަނާ ކައިޔަން ބޭނުން ވާނަމަ ‘އޭނަ’އަކީ ކާކު ހެއްޔެވެ.؟ އަނެއްކާ އަވްލީންއަށް ކަމެއް ކުރަން އުޅެނީ ނޫން ބާވައެވެ.؟

“އޭތް.. ކަލޭ ބޭނުންވާ ކުނިކޮޅު ލިބިއްޖެއެއްނު..؟ ދައްކާ ވާހަކައެއް ދައްކާފައި ކުރާހާ ކަމެއް ކޮއްފައި އެ ޑަސްޕިނަށް ލާން ހަނދާން ނައްތާނުލާތި..! ލިޓަރ ކުރާކަށް ނުވާނެއްނު ދޯ މަދަރ ނޭޗަރ އެއަށް ރަހުމު ކުރަން އެހާ ވަރަށް ރޯއިރު..” ރަނާ އެދޮރުން ނުކުންނަމުން އެޖުމްލަ ބޭރުކޮއްލީ އަވްލީން ނިކަމެތި ކޮއްލަން ވެގެންނެވެ.

ރަނާ ނުކުމެގެން ދިޔުމުން މުޅިތަން ހިމޭން ވެގެން ދިޔައެވެ. ކުއްލިއަކަށް ފަނޑު އަލީގެ ތެރެއަށް މީހަކު ނުކުތެވެ. އެއީ ހުޑީލައިގެން އުޅޭ ސިއްރުވެރި ފަރާތެވެ. ހަމަ އެޒުވާނާއެވެ. “ކަލޭ ތީ ކާކު..؟” އަވްލީން ހަޅޭއްލަވައިގަތެވެ. އެޒުވާނާ މަޑު މަޑުން ހީނލިގޮތުން އެކަނި އަވްލީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ އަވްލީންގެ ކަންފަތަށް އިވުނު އާ އަޑެއް ނޫނެވެ.

އެޒުވާނާ މަޑުމަޑުން އަޅައިގެން ހުރި ހުޑް ތިރިއަށް ވައްޓާލިއެވެ. އަވްލީންއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އެއީ އެމޫނެއް ދުށުމަށް ކޮންމެ ދުވަހަކު ބޭނުންވެގެން އުޅޭ މޫނެވެ. ހީވީ މެޝިނަކަށް ހުރިވަރުދީފައި ވަރުގަދަ ކަރަންޓު ޝޮކެއް ޖަހާލިހެންނެވެ. އަވްލީންގެ މުޅި ހަށިގަނޑުއެކީ ތުރުތުރު އަޅައިގަތެވެ. އެއާއެކީ ޗޭނު ފަށްތައްވެސް ތެޅިލިއެވެ. ދަގަނޑު އަޑުފައްގަނޑު ގުގުމައިގަތެވެ.

އަވްލީންގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނަކަމެއް ރުޅިވެރިކަމުގެ ކަރުނަކަމެއް ދެރަވުމުގެ ކަރުނަ ކަމެއް ނޭނގެއެވެ. އަވްލީންއަށް ބުނެދޭން ދަތި ގޮތްތަކެއްވިއެވެ. އެ ދިގުކޮއްލާފައިވާ އިސްތަށިގަނޑުގެ ތެރެއިން އަވްލީންއަށް އެއީ ލިޔާން ކަން އެނގެން ސިކުންތެއްވެސް ނުނެގިއެވެ. “އަވްބޭބީ.. ލޯންގް ޓައިމް ނޯ ސީ..”

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އެހެނަސް…(24)

Next

ޒާޔާ – ޓްރެއިލަރ

Next
May 24, 2020

ޒާޔާ – ޓްރެއިލަރ

Previews
May 24, 2020

އެހެނަސް…(24)

13 Comments!

  1. Unknown khween says:
    May 24, 2020 at 3:36 am

    V reethi mi vaahaka…waiting for the next part ????

    1. yooon yoooon says:
      May 24, 2020 at 7:56 am

      Aw thank u dear… ?? that means a lot ingey ?? Keep on waiting Unknown Khween ??

  2. yooon yoooon says:
    May 24, 2020 at 7:59 am

    Hii my dear readers.. Please don’t hesitate to share how you feel about this story ?? Go right ahead.. and pls tell me the mistakes I’ve made and do tell me how to improve them… ✔ Then I’ll be very happy ? Hope you all loved this part and Hope you all are waiting for the next part ???

  3. Kiarae says:
    May 24, 2020 at 9:23 am

    varh salhi mi part ves..curiously waiting for next.. appreciate your work!! ly &stay safe!<3

  4. Een says:
    May 24, 2020 at 9:30 am

    Mashaa Allah. This part is also perfect… Curiously waiting … You are the best writer ever Yoon….. May all of your wishes come true…. Btw when is next????? Lysm?????

  5. yooon yoooon says:
    May 24, 2020 at 11:00 am

    Awwwww ?? thank you sooo much Een ?? next part will be up too ?? Hope u wait for it honey ?
    Love u more dear ????

  6. Hannah says:
    May 24, 2020 at 1:30 pm

    Alhey this story is so nice. !!!! I just wanna keep on reading.. Just sooo excited.. caant wait ingey…. Hope u have a nice Day of Eid yoon.. Eid mubarak !! Soz.. I am not very gud with compliments.. Just take this simple thank u as my gratitude..

  7. Ain 1799 says:
    May 24, 2020 at 1:34 pm

    O M G !!!!!! 1 in a 1000000 hama… SO beautifulllllll 🙂 I just wanna say Maasha allah and keep on going forward 🙂 And I’m countin’ on ya yoon… Pls give this strory a mind blowing ending.. as in it’s already leaving me hama completely speechless.. 🙂 Wish u a happy eid Yoon

  8. yooon Aikko says:
    May 24, 2020 at 1:39 pm

    You knw what..?? ma varah hih hama jehunu Avleen Blind nuvikan enguneema… e bai kiyaalaafa e gadee beyrah dhookollevunu neyva in yageen kurimathee hunna meeha ves fahathah jeheyne kan (lol) dhn hama amazing ingey…! Like varah unexpected goithah vegen dhaathee.. Everyone thought Avleen Ge lolah kameh vaanee kamah… dhn nuvi.. Avleen ge ”just kaiyan” saved her.. marvel ga noolhunas hama superb ingey… . Wish u a very very very very bright future 🙂 Lysm yooon..

  9. azza '.'.'.' says:
    May 24, 2020 at 1:45 pm

    Aaai !!! Avlyn kidnap kureetha ? kurin ves guess kuri gothah The ” E xuvaana ” was hama Liyaan dhw ??? Av baby ah kameh kollan tha e ulhenee ? Like if liyaan was her 1st luv magey hithah hama aranee keevvegen baavaey eyna ranaa aaai ehbai vee..?? ain’t he supposed to love her or somethin ??? These questions will surely keep me impatiently waiting for the next part… LYVM Yoonn

  10. 123 says:
    May 24, 2020 at 6:32 pm

    Omg

    1. yooon yoooon says:
      May 24, 2020 at 10:44 pm

      Thank you 123

  11. ?Ril? says:
    May 24, 2020 at 11:00 pm

    Varh nice. Hama awesome. Keep it up yoon???????❤❤

Comments are closed.

Next Episodeއެކުއްޖާ 15←


All Right Reserved!