ނޭނގޭ!(6)
“ކޯންޗެއް ތޯ އޯޑަރު ކުރަނީ؟” ޝިޔާންގެ އަޑު ޒެނީޝްގެ ކަންފަތުގައި ޖެހުމުން ޒެނީޝް ގެ ހަރަކާތް ހުއްޓުނެވެ. މުޅި މީހާ ފިނިވެގެން ދިޔައެވެ. ދަބަރު ޖަހާފައިވާ އިސްކުރެއް އަބުރާލާހައި އުނދަގުލުން ޝިއާން މޫނަށް ޒެނީޝް ބަލާލިއެވެ. “ހޫމް…… އެޕަޓައިޒާރް އަކަށް އެއް ޕްރޮސްކިއުޓޯ ވްރެޕްޑް މޮޒޮރިއްލާ، ދެން ފިލެޓް މިގޮނޮން 12 އައުންސް، ދެން މި ލޯބި ކުއްޖާއައް ކެޕްރިސް ސެލެޑް އަކާ ސައިޑް ޑިޝް އަކަށް ބަޓާމިލްކް ބިސްކަޓްސް. ދެން ދެމީހުނަށް ވެސް ރެއިންބޯ ކޮކޮނަޓް ވޯޓާރ ސްޕްރިޓްޒާއެއް. އަޔާން ހިނިތުން ވެލާފައި އޯޑަރް ނެގިއެވެ.
“މީތިބޭފުޅާގެ ގާލްފްރެންޑް ތޯ؟” ޝިއާން އަޔާން ކީއެއްޗިހި ފޮތެއްގައި ނޯޓު ކުރަމުން އަހާލިއެވެ. އަޔާން މޫނުމަތީ ހުރި ހިނިތުންވުން ފިލައިގެން ދިޔައެވެ. ޒެނީޝް ބިރުގަތެވެ. އޭނާ ޝިއާން ވަޒީފާއިން ވަކިކުރާކަށް ބޭނުމެއްނޫނެވެ. “ނޫން.. ނީޝް އަކީ އަހަރެންގެ ފިއާންސޭ. އެންޑް އަހަންނަކަށް ނޭނގޭ މިތާ ވެއިޓަރުންނަށް އަންނަހާ މީހެއްގެ ޕާސަނަލް ކަންކަން އަންގަން ޖެހޭނެކަމެއް.” އަޔާން ޝިއާން އައް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ.
“އަޔާން ! އަދި އަހަރެން އެއްބަހެއް ނުވަން އަޔާންގެ ވައިފް އައްވާާކަށް . ޝިއާން ނުވިސްނަޗެއް ގޯސްކޮށް. މީ އަދި ފެމިލީން ނިންމާގެން އުޅޭކަމެއް.” ޒެނީޝް ތެދުވެލަމުން ބުނެލިއެވެ. އަޔާން ޒެނީޝް އައް ބަލާލިއެވެ. އޭނާގެ ދެބުމަ ކާރިވިއެވެ. “އަޔާން. އަހަރެން ކާހިއް ކެނޑިއްޖެ!” ޒެނީޝް ބާރު ހިނގުމުގައި އެތަނުން ނިކުންނަން ދިޔައީ ފަހަތުން އަޔާން އަންނާނެ ކަން އޭނާއަށް އެނގޭތީއެވެ.
“ހަދާންކުރާތި! ދެން ޒެނީޝްއާ ގާތް ނުވާތީ!” އިޔާން ތެދުވަމުން ބުނެލިއެވެ. “އަހަރެން އުޅޭނީ އަހަރެން ބޭނުންގޮތަކަށް! ކަލޭތީކާކު އަމުރު ކުރަން.” ޝިއާން އަޔާން އާއި ގާތްވެލަމުން ބުނެލިއެވެ. “މިތާގެ ބޮޑު މީހާ! ކަލޭ ހުރުމާ ދިއުމާއެއީ މަގޭ އަތުގެ ކުޑަ ހަރަކާތެއް މައްޗައް ބިނާވެފައި އޮންނަކަމެއް. ކަލޭކަހަލަ ލިބޭ ލާރިކޮޅު ޕާޓީކުރުމާ ޑްރަގްސް އައް ހޭދަ ކުރާމީހކަށް މިކަހަލަ ތަނަކުން ވަޒީފާގަނޑެއް ދިނީތީ ވެސް ޝުކުރުކުރޭ!” އަޔާންގެ ބަސްތައް އިވުމުން ޝިއާންއައް ދުރައް ޖެހިލެވުނެވެ. އަޔާން އެތާ އިތުރަށް މަޑުނުކޮށް ނިކުތެވެ.
ރެސްޓޯރެންޓް ދޮރުން ނިކުމެ އަޔާން މަގުގެ ދެފަރާތަށް ލޯހިންގާލުއެވެ. ނަސީބަކުން ކަރާ ދާދި ގާތުގައި ޒެނީޝް ހުއްޓެވެ. ރޭގަނޑު ވަގުތު ކަމުން އެ މަގުގައި މީހަކު ފެންނަން ވެސް ނެތެވެ. އަޔާން ގޮސް ޒެނީޝްގެ ފަހަތުގައި ހުއްޓި ލިއެވެ. “ނީޝް! އެއީތަ ނީޝް ލޯބިވާމީހަކީ؟” އަޔާން މަޑުމައިތިރި ކަމާއެކު އަހާލިއެވެ. “އާން އެއީ!އަހަރެން ހީކުރަން އަޔާން އަހަރެމެން ދެމެދަށް ނުވަންނާނެކަމަށް!” ޒެނީޝް އަޔާން އާއި ކުރިމަތިލަމުން ބުނެލިއެވެ. އެރީތި ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އަޔާން އޭނާގެ އަތް މުއްކަވާލީ އަބުރާގޮސް ޝިއާން ގައިގައި ތަޅާގެންނަހާ ރުޅި އައުމުން ނެވެ. “ނީޝް! އަހަރެން އަތުން މަދީ ކޯންޗެއް؟ެަ އަހަރެން ނީޝް ދެކެ ލޯބިވޭ! ނީޝް ބޭނުން އެއްޗެއް އަހަރެން ދޭނަން!” އަޔާން ޒެނީޝް އާއި ދާދި ގާތްވެލަމުން ބުނެލިއެވެ. އޭނާގެ އަތުން އެރީތި މޫނުގައި ލޯބިން ހިފާލިއެވެ.
“އެއީ ސަބަބަކީ! ހުރިހާއެއްޗެއް ދެވޭނެޔަތީ! އެކަމް އަހަރަށް ތި ލޯބި އަބުރާ ދެވޭނެތަ؟ އަހަރެން އަޔާންދެކެ ލޯތްބެއް ނުވޭ!” ޒެނީޝް އަޔާންގެ އަތް ފޮޅާލިއެވެ. “ނީޝް!” އާދޭހުގެ ރާގަކަށް އަޔާން ޒެނީޝް އައް ގޮވާލަމުން ޒެނީޝްގެ މަޑު އަތްތިލާގައި ހިފާލިއެވެ. ަަަަަަަަަަ
“އަޔާން! ލޯބިފިޔަވާ އަހަންނަށް ވެސް ހުރިހާއެއްޗެއް ދެވިދާނެ. އެކަމް އަރެންގެ ލޯތްބަކީ ހަމައެކަނި ޝިއާންގެ އެއްޗެއް. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން!” ޒެނީޝް އަޔާންގެ އަތުން އޭނާ އަތް ދަމާގަތެވެ. އަދި ގޮސް އަޔާން ކާރު ފަހަތު ސީޓުގައި އިށީނެވެ. އަޔާން ފުން ނޭވާއެއް ދޫކޮއްލިއެވެ. އޭނާ އަދި މިވަރުން ޒެނީޝް ދޫކޮށެއް ނުލާނެ އެވެ.
މިމަންޒަރު ތައް ބަލަން ރެސްޓޯރެންޓް ދޮރުކާރީ ހުރި ޝިއާންގެ ތުންފަތުގައި ފަތަހައިގެ ހިނިތުންވުމެއް ދުވެލިއެވެ. އަޔާން ޒެނީޝް ގޮވާގެން ޒެނީޝްގެ ގެޔަ ދިޔައެެވެ. ޒެނީޝް އިތުރަށް މަޑުނުކޮށް ގޮސް ކޮޓަރިއަށް ވަނެވެ. އަޔާން ސިޓިންރޫމް އައް ދިޔުމުން ދުވަސްދިޔަގޮތުގެ ސުވާލުތައް ދެފަރާތު އާއިލާއިން ކުރަންފެށި އެވެ. ޒެނީޝް އާއި އެކުވެރި ވެވިއްޖެ ކަމަށް ބުނެ އަޔާން ފުއްދާލައެވެ. އަދި އެ އާއިލާއާއި އެކު އެރޭގެ ނާސްތާގައި ބާވެރިވިއެވެ. އިރުކޮޅަކުން ޒެނީޝް ވެސް އައިސް ބާވެރިވިއެވެ. ކޭއިރު އެވެސް މީހަކު ދެއކި ވާހަކައެްް ދެމީހުންވެސް ނާހައެވެ. ޒެނީޝް ވިސްނީ ދެން ޝިއާން އައް މާފަށްއެދޭނެ ގޮތެކެވެ. އަޔާން ވިސްނިީ ޝިއާންގެ ތޫނު ވިހަ ގަދަ ވަކިތަކުން ޒެނީޝް ސަލާމަތް ކުރާނެ ގޮތެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

