Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ! (5)

Yyass Level 110 Stories
May 21, 2020 2 Mins Read
0 Comments

ޒެނީޝް އެތަނުން ނިކުންނަން ހިނގައިގަތެވެ.  ފަހަތުން އަޔާން ވެސް ހިގައި   ގަތެވެ.

*******************************     ޒެނީޝް ބާރު ހިނގުމުގައި ގޮސް      ގޭގެ ބަގީޗާތެރެއައް ނިކުތެވެ. ފަހަތުން       އައި އަޔާން ޒެނީޝް އަތުގައި ހިފާ އޭނާއާއި    ދިމާއަށް އަބުރާލިއެވ. “ދޫކުރޭ!”  ޒެނީޝް      އަޔާންގެ އަތް ފޮޅާލިއެވެ. “ކީއްވެ؟”        އަޔާން ދެޖީބަށް އަތްޖަހާލަމުން އަހާލިއެވެ.      ” އެއީ އަޔާން އަކީ ކާކުކަން އަހަންނަށް      ނޭނގޭތީ! އަހަރެން އަޔާން ދެކެ ލޯބި ނުވާތީ!”  އަޔާން ހައިރާން ކަމާއެކު ޒެނީޝް އައް ބަލާލިއެވެ.  މިހާތަނަށް ދުވަހަކު ވެސް އަޔާންގާތު އޭނާ ދެކެ   ލޯބިނުވޭ ބުނާ އެއްވެސް މީހަކާ ދިމަލެއް     ނުވެއެވެ. އޭނާފެންނަށް ކޮންމެ އަންހެން      ކުއްޖެއްވެސް އޭނާއަށް ހިތްކިޔައެވެ.

“ކީވެ؟” އަޔާން އެގެން ބޭނުން ވިއެވެ.   ދުރުބަލަހަށްޓައިގެން ހުރި ޒެނީޝް ސިހުނެވެ.    “ސަބަބެއް އޮންނަންޖެހޭތައް؟” އަޔާން އައް     ބަލާވެސް ނުލާ ޒެނީޝް ބުނެލިއެވެ.         އަޔާންގެ ތުފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.   ދިގު ފިޔަވަޅުތަކެއްގައި ގޮސް ޒެނީޝް އާއި     ދާދި ކައިރީގައި ހުއްޓި ލިއެވެ. “އޯވް…..     އެހެންވީމަ ކަމުނުދާ ސިފައެއް ވެސް ނެތް    ދޯ!” ޒެނީޝް ގެ ދޮން މޫނާ ގާތްވެލަމުން      އަޔާން އަހާލިއެވެ. ޒެނީޝް ގެ ހިތުގެ         ވިންދު އަވަސްވެގެން ދިޔައެވެ. މުޅި މޫނަށް    ރަތްކުލަ ފެތުރިގެން ދިޔައެވެ. ޒެނީޝް އަޔާންގެ   މޫނުގައި އަތްއަޅާ ކޮއްޕާލިއެވެ. ނުވިސްނާ     ހުރި އަޔާން ފަހަތަށް އެޅުނު ފިޔަވަޅާއެކު     ފައި އޮޅިގެން ވެއްޓުނެވެ.

ޒެނީޝް ރުޅިއައިސް އަޔާން އައް       ފުރަގަސް ދެމުން ހިނގައިގަތެވެ. އަޔާން     އައް ހެވުނެވެ. މި އަންހެން ކުއްޖާގެ ސަބަބުން އޭނާގެ ފޫހި ދިރިއުޅުމުގެ ފޫހިކަން ނެތި       ހިނގައިދާނެއެވެ.

“ޒެނީޝް!” އަޔާން ތެދުވެގެން ގޮސް     ޒެނީޝް ކުރިމައްޗަށް އެރިއެވެ. “ޑޫޔޫ ލައިކް   މީ؟” އަޔާން މަލާމާތުގެ ގޮތަކަށް ހެމުން     އަހާލިއެވެ. “އަޔާން ހުވަފެނުގަ އަހަރެން      އަޔާން ދެކެ ލައިކް ވަނީ.” ޒެނީޝް ރުޅިވެރި    ގޮތަކަށް މޫނުހަދާލަމުން ބުނެލިއެވެ. “ހޭހް!     އެހެންވެ ތިހާވަރަށް ތި ބްލަޝް ވަނީ!”      އަޔާން ޒެނީޝް އައް ބަލާލަމުން ބުނެލިއެވެ.

ޒެނީޝް ލޯބޮޑުކޮއްލާފައި އަޔާންއައް      ބަލާލިއެވެ. “ހިގާބަ އަރެންގެ ރެސްޓޯރެންޓް އައް  މައި ޓްރީޓް.” އަޔާން ހީލަމުން ބުނެލިއެވެ.     “ނުދާނަން!” ޒެނީޝް ދުރަށްހިގައިގަންނަމުން   ބުނެލިއެވެ. “އެއީ ކީއްވެ؟”       ދަގަތްފާނަށް ދަގަނޑު ދާމާފަދައިން ޒެނީޝް    ދާހާދިމާލަކަށް އަޔާން ޒެނީޝް ފަހަތުން        ހިނގަންފެށިއެވެ. “އަޔާން އަހަރެން ފަހަތުން     ނުހިނގާ! އަހަރެންގެ އެއްވެސް ސައުގެއް     ނެތް އަޔާން އަކަށް.” ޒެނީޝް ވައްބުރަކަށް    ހިނގަހިނގާ ހުރެފައި ހުއްޓުނެވެ.

“އެހެންވެ އަހަރެން ގާތްވާ ކޮންމެ     ފަހަރަކު ތި ލަދުން ހަލާކުވަނީ؟ ނުގޮސް     ފިއްޔާ ބަލާނީ މަ ދެކެ ޒެނީޝް ލައިކް ވާ    ކަމަށް” އަޔާން އޭނާގެ ފަން އިސްތަށިގަނޑު    ތެރެއަށް އަތްހިންގާލަމުން ބުނެލިއެވެ.        “ބިރުދައްކައިގެން ގެންދަންތަށް ތިއުޅެނީ”      ޒެނީޝް ހަށަން ބަދެލަމުން އަހާލިއެވެ.        “ކާކުބުނީ؟ ހަމަ ރީޗަށްއަހާލިނުން މީ. ދެން     އޯކޭ. އެހެންވީމާ ވޭދޯ!” ލާނެތް ގޮތަކަށް      ހީލަމުން އަޔާން ޒެނީޝް ގެ މޫނާ ގާތް       ވެލިއެވެ. ވަގުތުން ޒެނީޝްގެ މޫނަށް ޖަންބު    ކުލަ ވެރިވެގަތެވެ.

“ނޯ…….. . ހިނގާދާން!” ޒެނީޝް        އެންމެ ފަހުން ގޮތްދޫ ކޮއްފައި ހިނގައިގަތެވެ.   އަޔާންގެ ކާރަށް އަރާފައި ފޯނު ސްކްރީން     އައް ނަޒަރެއް ހިންގާލިއެވެ. ޝިއާންގެ       ޝިފްޓް މިގަޑީގައި ނިމިފައި ހުންނާތީ       ބައްދަލު ނުވާނެކަން އެނގުމުން ފުންނޭވާއެއް   ދޫކޮށްލާފައި ހަމަޖެހިލިއެވެ.

ޝިފްޓް ނިމިގެން ނިކުންނަން އައި     ޝިއާންއައް ޒެނީޝް އާއި އަޔާން         ރެސްޓޯރެންޓް އައް ވަންމަންޒަރު ފެނުނެވެ.    ަަަަަަަަަަަަަަަަަަެ އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.     ޒެނީޝް ގެއްލިއްޖެ ނަމަ އޭނާގެ ޕްލޭން      ފްލޮޕް ވާނެއެވެ. އަލުން ވަދެ ޔުނީފޯމް       ލައިގެން ނިކުތެވެ. ޒެނީޝް އާއި އަޔާންގެ     އޯޑަރ ނަގަން ދާންދިޔަ ވެއިޓަރު ހުއްޓުވާފައި   ޝިއާން ގޮސް އެމީހުގެ މޭޒުކައިރީ        ހުއްޓިލިޔެވެ. “ކޯންޗެއް ތޯ އޯޑަރ ކުރަނީ؟”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yyass

Level 110 Stories

16 year old girl. Love to write story's. Even though my future is not depending on story writing, it's going to be a hobby for me. Thanks for reading and supporting ❤️

Other Articles

Previous

ނުފިލާނޭ މިހިތަކުން… 1

Next

އެހެނަސް…(23)

Next
May 21, 2020

އެހެނަސް…(23)

Previews
May 21, 2020

ނުފިލާނޭ މިހިތަކުން… 1



All Right Reserved!