Skip to content
އެސްފިޔަ

އިންތިޒާރު 14

“ކީއްވެ ރާއިން” ޒާޔާ ދެވަނަ ފަހަރަށް އެސުވާލު ތަކުރާރުކޮށްލީ ރާއިން އެއްވެސް ޖަވާބެއްނުދީ އެހުރިގޮތަށް ހުރީމައެވެ.

ޒާޔާތެދުވެގެންއައިސް ރާއިންގެ ކައިރީހުއްޓިލިއެވެ. ނަމަވެސް ރާއިންއޭނައާއި ކުރިމަތިލާން ބޭނުމެއްނުވިއެވެ. ފަސްއެނބުރުމެއްނެތި ހުރިގޮތަށް ހުއޓިލައިގެން ހުރީއެވެ.

“ރާއިންއަށް ހަމަނޭގެނީތަ އަހަރެން މިތާގައި މިއިނީ ކީއްވެގެން ކަމެއް” އެތަށް ޝަކުވާއެއް ހިތުގައި ހުރިކަމުގައިވިނަމަވެސް އެކަމެއް ނުމެދެއްކުނެވެ. ނަފްރަތުގެ މައްޗަށް އަދިވެސް ވަނީ ލޯބިވެރިވެފައެވެ. މަޑުން އެހުނީ އެހެންވެގެނެވެ.

“ރާއިން އެހާ އަވަހަށް ހަދާންނެތުނީތަ، އެއީވެސް މިކަހަލަ އާހަރެއް ފެއްޓުނުރެއެއް، އަހަރެންނަށް ޕްރޮޕޯޒްކުރީ މިކަހަލަރެއެއްގައި، ރާއިން ހަމަ ހަނދާންނެތުނީތަ……” ރާއިންގެ ފަރާތުން ޖަވާބެއްނުލިބުމުން ދެންވެސް ވާހާކަދެއްކީ ޒާޔާއެވެ. އެއަޑުގައިވިރިހުމާއި ޝަކުވާ ކިތަންމެ ރަނގަޅަކަށްވެސް ރާއިންއަށް އެނގެއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗަކަށް ރައްދުގައި ބުނާނެ އެންމެ ލަފްޒެއްވެސް އޭނަގެ ދުލަކަށް ނައެވެ.

” ވޭތުވެދިޔަ ކޮންމެ އަހަރެއްގެ އާއަރުފެށޭއިރު އަހަރެން އިނީ މިތާގައި، މިވީހުރިހާދުވަހެއް ވަންދެންވެސް އަހަރެން ހުރީ ރާއިންގެ އިންތިޒާރުގައި، ރާއިން ޒާގާތު ނުބުނަންތަ ވެއިޓް ކުރާށެކޭ، ރާއިން ނުބުނަނަތަ އަންނާނަމެކޭ، ރާއިން ނުބުނަންތަ ލޯބިވެއެކޭ….. އަހަރެންދެކެ މުޅިއުމުރަށް ލޯބިވާނަމެކޭ ނުބުނަންތަ ރާއިން……….. ދެން ކީއްވެ ތިހެންތި ކަންތައްކުރީ، ކީއްވެ އެހެންމީހަކަށް ތިހިތުން ޖާގަތިދިނީ، ކީއްވެގެން އަހަރެންމަތިން ހަނދާންނައްތާލީ، ކީއްވެ މިހުރިހާދުވަހު ނައިސްހުރީ، އެކަމްވެސް ޒާ މިހުރީ ވެއިޓްކޮށްގެން، ބިކޯޒް ޔޫ ސެއިޑް ވެއިޓްކުރާށޭ، ޓްރަސްޓް ކުރާށޭ، ރާއިންދެކެ ޒާލޯބިވާވަރަށް ރާއިންވެސް ލޯބިވެއޭ، ދެން ކީއްވެ ރާއިންއަށް ވެއިޓްނުކުރެވުނީ، ކީއްވެ…… ކީއްވެ ރާއިން……….ކީއްވެ، ކީއްވެ………”

ވާހަކަދައްކަމުންގޮސް އެންމެފަހުން ޒާޔާއަށް ރޮވުނެވެ. ރާއިންގެ އަތުގެމުލައްދަނޑިގައި ހިފާތަޅުވާލަމުން ޒާޔާ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައެވެ. ރާއިންގެ މޫނުމައްޗަށް އަރާފައިބަމުންދިޔަ ކުލަވަރެއް ޒާޔާއަކަށް ނުފެނެއެވެ. އެދެލޯވެސް ވަނީފެންކަޅިވެފައެވެ. އެމަންޒަރުފެނުނުނަމައެކީ މިއަދު ރާއިން ޒާޔާކުރިމަތީގައި ބޭޒާރުވީހެވެ. ހިލައިގެ ބުދެއްހެން ގުޑިވެސް ނުލާ އަތުގައި ހުރި ކޮފީތަށީގައިދެއަތުން ހިފަހައްޓާލައިގެން ރާއިން އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ.

ޒާޔާއަށް ރޮމުންގޮސް އެންމެފަހުން ތިރީގައި އިށިއިނދެވުނެވެ.

“ރާއިން ކީއްވެ ތިހާބޮޑުދެރައެއް ޒާއަށް ތިދިނީ، ޒާއަށް ކޮންކުށެއްކުރެވުނީ، އާންސަރ މީރާއިން، ޒާދެކެ ދުވަހަކުވެސް ލޯބިވިންތަ……. ޒާގެ މުޅިލައިފްވެސް ރާއިންއަށް ދޭން މިހުރީ………. މިހިތުން އެހެންމީހަކަށް ކުޑަވެސް ޖާގައެއްނުދެން……. އެހެންއެއްވެސް މީހަކުގާތު ނުބުނަން ރާއިންއަށޭ މި ވެއިޓް ކުރަނީ، ރާއިންއާއޭ ރައްޓެހިވެގެން އުޅެނީ…….. އައިޑިޑް އެވްރީތިންގ ޔޫއާސްކްޑ……. ދެން ކީއްވެ މިހެން ތިހެދީ، ރާއިން ޒާދެކެ ލޯބިނުވާއިރު ކީއްވެ އެގޮތަށް ޒާއާ ޕްލޭކުރީ……..ފައިވް ލޯންގ އިޔަރސް ވަންދެން ޒާމިހުރީ ތިރާއިންއަށްޓަކާ ވެއިޓްކޮށްގެން…….ދެން ކީއްވެގެން ރާއިން……. ޔޫކުޑް ޖަސްސޭ ދާންބޭނުންވަންޏާ…..އެހެން ގާރލް އެއް ބޭނުންވަންޏާވެސް…… މަމް ގަބޫލުނުވިނަމަވެސް…….އޭރުންވެސް ޒާ ދިޔައީމުހޭ ރާއިންގެ ލައިފްއިން……… އުދަނގުލެއް ނުކުރީމުހޭ……….ބަޓް ވައި ޑޫޔޫ ވޯންޓް ހާރޓް މީ ލައިކްދިސް……. ވައި ރާއިން ވައި” ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިނދެ ޒާވާހަކަދައްކަމުން ދިޔައިރު އޭނައަށް ވާހަކަދެއްކުނީ ހުއްޓަހުއްޓާފައެވެ.

އަމިއްލަ ހިތުގެ ހާލު ކޮންޓްރޯލްކޮށްގެން ދެދަތްޕިލާ ޖައްސާބާރުކޮށްގެން ރާއިންހުރީ ޒާޔާ ކިޔާނެހައި އެއްޗެއް ކިޔަންދެކަށެވެ. އެއިންކޮންމެ ޝަކުވާއެއްއަޑުއަހަންވެގެނެވެ. އެހިތުގައިވާ ރިހުމަށް ކޮންމެވެސްވަރެއްގެ ލުޔެއްލިބޭނީ އެޝަކުވާތަށް އޭނައާ ކުރެވުމުންކަން އެނގޭތީއެވެ. އެހުރިހާ އެއްޗެއް ހިތުން ނެރެވުމުންކަން އެނގޭތީއެވެ.

ޒާޔާއެންމެފަހުން ވާހަކަދެއްކުން ހުއްޓާލާފައި މޫނުގައި ދެއަތްއަޅާލައިގެން ރޯލަރޯލައިނީ އިތުރަށް ސުވާލުކުރުމުގެ ހިތްވަރެއް ނެތީމައެވެ. އެއްވެސް ސުވާލަކަށް ޖަވާބުވެސް ނުލިބުނީމައެވެ. ކައިރީގައި ހުރިކުޑަމޭޒުގައި ކޮފީތަށި ބެހެއްޓުމަށްފަހު ރާއިން ޒާޔާގެ ދެކޮނޑުގައި ހިފާ ޒާޔާ ކޮޅަށްނެގިއެވެ. އަދި އެތާގައި ހުރި ގޮނޑީގައި ބޭންދިއެވެ. ދެއަތުން މޫނުގައި ހިފާ ކަރުނަތަށް ފޮހެލަދިނެވެ. ޒާޔާގެ ރުއިމަކަށް ބަދަލެއްނައެވެ. ކުރިމަތީގައި ހުރިމޭޒުގައި ޒާޔާއާއި ކުރިމަތިވާގޮތަށް ރާއިން އިށިއިނެވެ.

“އެމް ސޮރީ” ޒާޔާއަށް ގޮވާލުމަށްފަހު ރާއިން އެހެންބުނެލީ ހަމަޖެހިލައިގެން ހުރެއެވެ. ކަރުނުން ފުރިފައިވާ ލޮލަކުން ޒާޔާ ރާއިންއަށް ބަލާލިއެވެ.

” އަހަރެން ހިޔެއްނުކުރަން ޒާޔާ މިހުރިހާދުވަހު އަހަންނަށް ވެއިޓް ކުރާނެއެކޭ، އައި މީން ހޫވެއިޓް އެހާ އޯނެސްޓްލީ އެހާ ގިނަދުވަސްވަންދެން، އެން ޔޫވާރ ޖަސްޓް އަ ލިލް ކިޑް، އެންޑް އައި ވޯސް ޔަންގް، އޭރު ނުވިސްނާނެ ދޯ އެހާބޮޑަކަށް، ދެޓް ވޯޒް ފަން ލައިފް، ބިސައިޑް އައިނެވަރ ވޯޒް ރެޑީ ފޯރ އަ ރިލޭޝަންޝިޕް، އަހަރެންނައީމަ އައި ތޯޓް ޔޫވިލް މޫވް އޮން ކަމަށް އެން ބިސައިޑް ދެޓްވޯޒް ޔުއަރ ޓީނޭޖް” ރާއިން ވާހަކަ ދެއްކީ ދުރުބަލަހައްޓައިގެން އިނދެއެވެ. ޒާޔާ ރުއިން ހުއްޓާލުމަށްފަހު ރާއިންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އެމޫނުން އެއްވެސް އަސަރެއް އޭނައަކަށް ނުފެނުނެވެ. އިސްޖަހާލީ ރާއިން އެދެއްކީ ތެދެކޭ އެހިތުން ބުނުމުންނެވެ.

“ސޯ ޔޫ ނެވަރ ލަވްޑް މީ،….” އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނުމަށްފަހު ރާއިންއާއި ޒާޔާސުވާލުކޮށްލިއެވެ.

“ލިސެން ޒާޔާ، އިޓްވޯސް ޖަސްއަ ލިލް މިސްޓޭކް، ފޮގެޓް އެބައުޓް މީ، އެން މޫވް އޮން ޔުއަރ ލައިފް، ޔޫއަރ ޔަންގ، އެން އިނޓެލިޖެންޓް، ޑޯންޓް ޓްރަސްޓް އެނީވަން ސޯމަޗް، އައިކޭން ނެވަރ ބީވިތް ޔޫ، އައި ކޭން ނެވަރ އެކްސެޕްޓް ޔޫ، އައި ކޭން ނެވަރ ވެލްކަމްޔޫ ޓްމައި ލައިފް، މިކަންތައް ބޮޑު ކަމަކަށް ނުހަދާ މޫވް އޮންކޮށްބަ، ޕްލީޒް….” އިށިއިނދެގެން އިންތަނުންތެދުވެ ޒާޔާގެ ފަހަތަށް އައިސް ހުއްޓިފައި ރާއިން ވާހަކަ ދެއްކިއެވެ. ޒާޔާގެ ހިތުން ދުވަހަކު ވޭން ނުފިލާވަރަށް ވޭންދެމުންނެވެ. މުޅިއުމުރަށް އެހިތް ރޮއްވާލަމުންނެވެ. މޫނުފޮހެލުމަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ ޒާޔާ އެތަނުން ދާން ހިނގައިގަތެވެ. ހިތާހިތުން އެތައް ކަމަކަށް ވައުދުވަމުންނެވެ. އިތުރަށް ދެން ބުނަން އޮތީވެސް ވަކި ކޮންއެއްޗެއްހެއްޔެވެ؟ ރާއިން ހުރިހާއެއްޗެއް ބުނެ އެނިންމާލީއެވެ. ރުއިމުގެ ބޭނުމެއް ސުވާލުކުރުމުގެ ބޭނުމެއް ނެތެވެ. އެމީހެއްގެ ކުރިމަތީގައި ތިމާއަކީ އެއްވެސް ގަދަރެއް ލިބިގެންނުވާ މީހެއްގެ ކައިރީގައި ޝަކުވާކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ؟ ތިމާގެ އަގު އިތުރަށް ދައްވުން ކަމުގައި ނޫނީ ނުވާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. aley

    Mi varah inthizaaru kuryma vx haadha kuru koh. borin vey eba adhi vx reason neyngign. kyhve kan raain zaa r dhuru vaan jehuny ???””??””

  2. hashfa

    Thihen hedhyma hama kada foohivehje. Edhemyhun gulhuvabaaaa

  3. shahu

    Haadha kurey… Next part ah ehaa dhigu inthixaareh nukuruvahchey…

  4. Eem

    V v v v v v salhi. V gulhey eemge lyf aa.
    Really story is awsome

  5. shahee

    Haadha kury akamakuvs vvvv nice

  6. Azu

    Varah varah reethi. Next part inthizaaru ga

  7. Nash

    very nyc….bt thankolheh digu kobbrr adi story (y)

  8. black widow

    Vahaka varah reethi……. raain is sick dhw 🙁

  9. dark princess

    v nice…. bt haadha kurukoh thi genes dhiny… avahah up kohdhehchey… waiting 4 next part. edhemyhun gulhuvaba.. plz

  10. same

    Hadha kurey….. BT nice…. Dhn Sarah awahah anehbaa genes dhyba… V kiyaa hithuh mihury….. Plxxxxxxx

  11. cherx

    Varah varah reeethi… miyah wureh dhigukoh alhe genes dheeba

  12. MiRacle

    Mi story genx dheylehh maa kuru n up kohhdhenyvx lahunnn… raain n zaaya aai dhuruvaann jehunu reason avahahh bunedhyba dhnnnn… nxt part mi ahh vurenn dhigu kohhdheyne kamahh heekurannn… n avahahh up kohhdhehhchey nge….

  13. zara

    haadha lahunney vaahaka up vany.. waiting for the next part.

  14. Zo

    It would be great if the writer can at least tell when she/he can upload the next part. Thank you

  15. darkangle

    m really sorry guys for nt updating story, m bxy with my assignments and exams. hopefully ll update thursday o friday. hope u guys ll understand n thnkx for reading my story.

  16. Zo

    Thank you for the response. make it a little longer this time.. can’t wait to read.

  17. shau

    i cnt wait to read dis romantic story… plzz avahah up kohdhy…..

  18. shau

    v v v reethi mi story…. konmeh parteh ves 3 times kiyan… hama kiyaa hih vany…

  19. Athoo

    Knme parteh 3 times kiyanya shau aky moyaeh

  20. shau

    athoo, shau hama moya vany mi story kiyaa….

  21. cherx

    Miyadhu mee Thursday aneh part adhives up nukohdhe mehnun.. 🙁

Comments are closed.