އެކުއްޖާ 13
* އަނެއް ދުވަސް ފެށުނީ ނުލާހިކު މަޖާކަމާއެކީގައެވެ. ހެނދުނު ސައިބޯލިގޮތަށް އަނެއްކާވެސް އެރުނީ ޕޫލަށެވެ. މެންދުރުގަޑީގައި ދިޔައީ ހިނގާލާށެވެ.
ދޮންވެލިގަނޑު މަތީގައި ހިނގަމުން ކައިޔަން އަނެއްކާ ކުރިމައްޗަ ށްހުރި ގަސްބޮނޑިއަށް ބަލާލެވުމާއެކީގައި ކޮންމެވެސް ކަޅުއެއްޗެއް ލޮލުގައި އަޅައިގަތެވެ. ”އަޅެފަހެ މިއީ ކޮންކަމެއް..؟” ކައިޔަން ބޯހޫރާލާފައި ގޮސް އަވީނާ މެންނާއި އެއްހަމަ ކުރިއެވެ. *
ހަވީރު ވަގުތުގައިވެސް އެއެއްޗެއް ދެތިންފަހަރަށް ކައިޔަންއަށް ފެނުނެވެ. ނިދާ ވަގުތު ޖެހުމުން އަނެއްކާ ވެސް އިއްޔެރޭ ގަސް ބޮނޑި ތެރެއިން ފެނުނު އެތި ލޮލުގައި އަޅައިގަތެވެ. ނުނިދިގެން އެތައް އިރެއް ފާއިތު ވެގެން ހިނގައްޖެއެވެ. އެންމެފަހުން ކައިޔަން ޖިންސަކަށް އެރިލައިގެން ޓީޝާޓު ލައިގެން ބޭރަށް ނުކުތެވެ. ކޮފީއެއް ބޯލާހިތުންނެވެ. ކޮފީ ހިފައިގެން ކައިޔަން އެފްލޯރގައި ހުރި ބެލްކަންޏެއް ކަހަލަ ތަނަށް ނުކުތެވެ. އޭރު އެތަނުގައި ހުރި ބެންޗެއްގައި އިށީނދެލައިގެން ކޮފީބޯން އަވްލީން އިނެވެ.
”އަވް..؟” ކައިޔަންއަށް ގޮވާލެވުނެވެ. އަވްލީން ސިއްސައިގެން ގޮސްފައި ފަހަތް ބަލާލިއެވެ. “މިގަޑީ މިތަނުގައި..؟؟ ކީއްތިކުރަނީ..؟؟” ކައިޔަން ބެންޗުގައި އިށީންނަމުން އެއްސެވެ. “ވަރުބަލި ވެއްޖެ.. އެކަމަކުވެސް ނިންޖެއް ނައި.. އެހެންވެ މިތަން ފެނިފައި ހިތަށްއެރީ މިތަނަށް އަންނާނީއޭ..” އަވްލީން ހީލާފައި ބުނެލިއެވެ. އަވްލީން ހުރީ ނިދަންލާ ސޯޓުކޮޅު މަތިން ކަޅުކުލައިގެ ޓީޝާޓެއް ލައިގެންނެވެ.
“ކައިޔަން މިތަނުގައި ކީއްކުރަނީ..؟” އަވްލީން ބުނެލިއެވެ. “ސޭމް.. ނުނިދިގެން މިއުޅެނީ…” އެކަޅު އެތި އެއްވެސް މީހަކަށް ފެނުނުކަމުގެ ނިޝާނެއް ނުފެންނާތީ ކައިޔަން ގަސްތުކުރީ އެވާހަކަ ސިއްރު ކުރާށެވެ.
“އޭ ކައިޔަން.. ސިއްރެއް ބުނަންތަ..؟ އެލަންއާއި މަންމަމެންގާތު ނުބުނައްޗޭ..” އަވްލީން ވައިއަޑުން ބުނެލިއެވެ. “ޓްރަސްޓް މީ..” ކައިޔަން ބުނެލިއެވެ. “އަވްއަށް ހީވަނީ އަބަދުވެސް ކޮންމެވެސް މީހަކު ނޫނީ އެއްޗަކު އަވްގެ ފަހަތުގައި އުޅޭހެން.. ނޭނގެދެން.. އިމޭޖިނޭޝަންއަށްވެސް ވެދާނެ..” އަވްލީން ބުނެލިއެވެ. ”އޯހް…” ކައިޔަންއަށް ބުނެލެވުނެވެ. ”ކިހިނެތްވީތަ..؟ މަލާމާތް ނުކުރައްޗޭ..” އަވްލީން ތުން އޫކޮއްލާފައި ބުނެލިއެވެ. “މަލާމާތެއް ނުކުރާނަމޭ.. ބިސައިޑްސް.. ކައިއަށް ވެސް ހީވި ތިކަހަލަ ކަމެއް އެބައުޅޭހެން.. ކައިއަށް ފެނުނީ ކަޅު އެއްޗެއް.. ބޮޑަށް ހީވަނީ މީހެއްހެން… ދެން މާ ޖިންނި ނުކުރައްޗޭ.. އަނެއްކާ އަވްދެކެ ބިރުގަންނުވަން ތިއުޅެނީ..” ކައިޔަން އަވްލީންގެ އަތަށް މަޑުމަޑުން ފިތާލިއެވެ.
“ހެވުނޭ އަދި އެރޭ.. ވަރަށް ގަދައަށް.. އާނ ބިސްމި ކިޔާފައި އަވް ފޮނުވާލަންވެގެން ވިއްޔާ ކައިޔަން އުޅުނީ..” އަވްލީންއަށް ނުހުރެވިގެން ހީގަނެވުނެވެ.
ހީނހީނފައި ދެމީހުން ވާހަކަ ދައްކަމުން ބެލްކަނިން ބޭރަށް ބަލާލެވުނު ވަގުތު ވަރަށް ރީއްޗަށް ކަޅު އެއްޗެއް ފެނުނެވެ. ”ފެނުނުތަ..؟ ކައި ބުނީމެއްނު..؟” ކައިޔަން އޭނާ ހެދީ ދޮގެއް ނޫންކަން ސާބިތު ކޮއްދިނެވެ. ”އެވެދާނެ ޓުއަރިސްޓަކަށްވެސް..” އަވްލީން ބުނެލިއެވެ. ދެމީހުން ކޮޓަރިއަށް ވަނީ އެތައް ވާހަކައެއް ދައްކާފައެވެ. އޭރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ.
ރަނާ ހުރީ ރަށުގެ އުތުރުފަޅީގައި ހުރި ފަޅުގެގަނޑެއްގެ ކުރިމަތީގައި ހުއްޓިލައިގެންނެވެ. އަތުގައި ކުޑަ ދަބަހެއް އޮތެވެ. ކުއްލިއަކަށް އެއްކަލަ ޒުވާނާ ދުވެފައި އައިސް ރަނާއާއި އަރާ ހަމަކުރިއެވެ.
އޭރު އެޒުވާނާގެ އަތުގައި ފައިލެއް އޮތެވެ. ރަނާ ކެތްތެރިކަމެއް ނެތި އެ ޒުވާނާގެ އަތުން އެ ފައިލް ޖަހައިގަތެވެ. އޭގައި ވަނީ އަވްލީންއާއި ކައިޔަންގެ ފޮޓޯތަކެކެވެ. ދަތުރު މަތީގައި ކުރި މަޖާތަކާއި ދެ މީހުން އެކަހެރިކޮށް އުޅުނު ވަގުތުތައް އެ ފޮޓޯތަކުން ދައްކުވާދެއެވެ.
“އަވްލީން… ކަލޭ އަދި ބަލަން ހުރޭ.. އެސްފިޔަ ޖަހާލުމުގެ ކުރިން ކަލޭގެ ކަންތައްތައް އަހަރެން ނިންމާލާނަން.. ކައިޔަންގެ ލޯބި ލިބޭނީ މަށަށް.. މަ އެކަންޏަށް.. އެހެން އެއްވެސް މީހަކަށް އެ ލޯބީގެ ރަހަ ބަލާލަންވެސް ނުލިބޭނެ..” ރަނާ އެތަނުން އެއް ފޮޓޯއެއް ނެގިއެވެ. އެއީ އަވްލީންގެ ފޮޓޯއެކެވެ. ނުހަނު ރީއްޗަށް ހިނިތުންގެން އަވްލީން ހުރިތަން ފެނި ރަނާއަށް ވިހަގޮތަކަށް ހީނލެވުނެވެ. އަދި ވަގުތުން އެ ފޮޓޯ ވީދާ ކުދިކުދި ކޮށްލިއެވެ.
އަދި ކަލޭ..! ވަރަށް ރަނގަޅު.. ތިގޮތުގައި މަސައްކަތްތައް ކުރިޔަށް ގެންދޭ.. އޭރުން މަށަށް ކައިޔަން ލިބޭގޮތަށް އަވްލީން ކަލެއަށް ލިބޭނެ..!!” ރަނާ ބުނެލި ޖުމްލައިން އެޒުވާނާ ބާރަށް ހީގަތެވެ.
“ރަނާއަށް އަދި ކިރިޔާ ދޯ ޕްލޭން ވިސްނެންފެށީ..؟؟” އެ ޒުވާނާ އެހެން އަހާލުމުން ރަނާ ފަރުވާކުޑަ ”ހޫމް”އެއް އަޅުވާލިއެވެ. ”އަވްލީންގަނޑަށް ޝައްކުވިތަ..؟؟” ރަނާ އެއްސެވެ. “ހިޔެއްނުވޭ އަވްލީން އަށް ޝައްކު ވިހެންނެއް.. އެކަމަކު ވަރަށް ގާތްކަމެއް އެއީ ކައިޔަންއަށް ފާހަގަވިކަން..” އެ ޒުވާނާ ޖަވާބުދިނެވެ.
“އަވްލީންއަކީ ކޮން ދުނިޔެއަކުން އަހަންނާއި ކައިޔަންގެ މެދަށް އައި ރީތި އަންހެންކުއްޖާގަނޑެއްތަ..؟ އެ ވިހުރިލާ އިސްތަށިގަނޑު އެހެން ފިރިހެނެއްގެ މޫނުމަތީގައި ކާއްތައިނުލީ ކީއްވެގެންތަ..؟” ރަނާއަށް ބުނެވުނެވެ. ރަނާ ކުދި ކިޔަން ފަށާއިރަށް އެ ޒުވާނާ ހޭން ފަށައިފިއެވެ. “ކަލެއަށް ހީވަނީ މިއީ ޖޯކެއް ހެންތަ…؟ އާނ އަހަރެން މިހުރީ ސަރކަސް ކްލައުންއަކަށް ވެގެން ޖޯކު ކިޔާދޭންތާ..” އެ ޒުވާނާ ހޭން ފެށުމުން ރަނާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
“ނޫން… ރަނާ އަވްލީން ދެކެ ރުޅި އަންނަވަރު އިހުސާސް ކޮށްލެވޭއިރަށް އަހަރެންނަށް ހަމަ ހެވެނީ.. ގަސްތުގައެއް ނޫން… މިހާރުވެސް ރަނާ ގޮސްފައި ލޯގަނޑެއްގެ ކުރިމަތީ ހުއްޓިގެން ހުރެ ކުދި ކިޔާބަލަ… މަށަށް ޔަގީން ރަނާވެސް ހޭނެކަން…” އެ ޒުވާނާ ހީނލަމުން ހަށަން ބަނދެލިއެވެ.
“އޭތް.. އަހަރެން ބޭނުމެއް ނޫން ދެން ކަލެއާއެކީ މަސައްކަތް ކުރާކަށް…..” ދުރު ބަލާލަމުން ރަނާ ބުނެލި ޖުމްލައިން އެ ޒުވާނާ ހަށަން މޮހާލިގޮތަށް ރަނާގެ ދެއަތުގައި ހިފާ އެ ފަޅުގެއާއި ލާ ފިއްތާލިއެވެ. އެފަދަ ހަރަކާތަކަށް ނުވިސްނާ ހުރުމުން ރަނާވެސް ދިޔައީ ސިއްސައިގެންނެވެ. “ރަނާ.. ތިއީ ހަގީގަތަށް ބުނާ އެއްޗެއްތަ..؟؟” އެ ޒުވާނާ ހިމޭންކަމާއެކީ އެސުވާލު ކޮށްލިގޮތުން ރަނާގެ ގައިން ހީބިހި ނެގިއެވެ. “އަސްލު ނޭނގޭ މީހަކާއެކީ މަސައްކަތް ކުރަން ހަމަ ބޭނުން ނުވަނީ..” ރަނާ ހާސްކަން ފޮރުވާލަމުން ސަލާމަތްވާން ގަދަ ހަދާލިއެވެ. އެ ޒުވާނާގެ ވަރުގަދަ އަތުން ރަނާއަކަށް ސަލާމަތެއް ނުވެވުނެވެ.
“އަހަރެން އަހަރެންގެ މޫނު ދައްކަން ވީތަ..؟ އޭރުން ރަނާ ތި ޚިޔާލު ދޫކޮށްލަފާނަންތަ..؟” އެ ޒުވާނާ އެހެން ބުނެލުމުން ދެންމެ ބޭނި މަހެއްހެން ތެޅިލަ ތެޅިލާ ހުރި ރަނާއަށް އެ ޒުވާނާއާއި ދިމާލަށް ބަލާލެވުނެވެ. “ހްމްމް.. ނަން ނުބުންޏަސް ހެޔޮ….” ރަނާއާއި ދެކޮޅަށް މާ ގަދަވެގެން އެއުޅެނީ ކާކުތޯ ބަލާލަން ލިބުނު ފުރުސަތު ދޫކޮށްލާކަށް ރަނާ ބޭނުމެއް ނުވިއެވެ. އެހާ ފަސޭހައިން އެއްބަސް ވެވުނީ ވެސް އެހެންވެގެންނެވެ.
އެ ޒުވާނާ ރަނާގެ އަތުން އަތް ދޫކޮއްލިއެވެ. އަތް ދޫކޮށްލުމާއެކީ ރަނާ އަމިއްލަ އަތުގައި ފިރުމާލިއެވެ. އެހާ ބާރުގަދަ އަތަކުން ރަނާގެ އެ ނިކަމެތި އަތުގައި ބާރަށް ހިފޭއްޓުމުން ތަދު ނުވާންވީ ސަބަބެއް ނެތެވެ. “ސްޓެޗޫ އޮފް ލިބަރޓީހެން ހަރަކާތެއް ނެތިފައި ތި ހުންނަނީ ކީއްވެގެން..؟؟” އެ ޒުވާނާ ބުދެއްހެން ހުއްޓުން އަރާފައި ހުންނަން ފެށުމުން ރަނާ އަހާލިއެވެ. “ރަނާ ބޭނުމިއްޔާ…..” އެ ޒުވާނާ ޖުމްލަ ފުރިހަމަ ނުކުރިޔަސް އެ ބުނަން ބޭނުންވި ވާހަކަ ރަނާއަށް ނަގައިގަނެވުނެވެ. ރަނާ އެ ޒުވާނާ އާއި ގާތްވެލިއެވެ. އަދި މަޑުމަޑުން އެ ޒުވާނާގެ ހުޑްގައި ހިފާ ތިރިއަށް ދަމާލިއެވެ. ހުޑް ވެއްޓުމުން ރަނާގެ ދެލޯ ބޮޑުވިއެވެ.
”ސިއްރެއް ބުނަންތަ އަހަރެމެން ދެމީހުންގެ އެންމެ ދޮށީ ދެކޮއްކޮ ގާތުގައި..؟” ކައިޔަން ލާނެތް އަޑަކުން އެއްސެވެ. ”ހޫމް.. ބުނެބަލަ.. ދޮންބެގެ ރާގު ހުރިގޮތުން ތަންކޮޅެއް ބޮޑު ވާހަކައެއް ކަމަށް ފެނޭ…” ޒިވީން ބުނެލިއެވެ. ”ވެއިޓް ވެއިޓް.. ޑޯންޓް ޓެލް މީ…!” އަލާން އަތް ޖަހާފައި ފުންމައިގެން ތެދުވިއެވެ. އަދި ޒިވީންގެ ކަންފަތް ބުޑުގައި އަލާންގެ ހިތުގައިވާ ސިއްރު ބުނެލިއެވެ. “ބުނަންތަ..؟ ރަނގަޅިއްޔާ ބުނައްޗޭ..” ޒިވީން ބުނެލިއެވެ. “އޯކޭ..” ކައިޔަން އެއްބަސްވިއެވެ. ”ޔޫ އާރ ގޮނަ ޓްރީޓް އަސް..” އަލާން ބުނެލިއެވެ. “ނޯވޭ ކިޑޯސް..” ކައިޔަން ބުނެލިއެވެ. ”ޒިވީގެ ހިތުގައިވާ އެއްޗެއް ބުނަންތަ..؟” ޒިވީން އެއްސެވެ. “އޯކޭ..” ކައިޔަން ބުނެލިއެވެ. “ދެޓް ދޮންބެއާއި އަވްދައްތަ…” ޒިވީން އެވާހަކަ ނުބުނަނީސް އަލާން އަތް ޖަހާފައި ފުންމައިގަތެވެ.
“އަސްލުތަ..؟” އަލާން ފުންމަމުން ދިޔަވަރު ހީވަނީ ލޯންޗުގެ ކުޑަދޮރުން ކަނޑަށް ފުންމާލާފައި ހުރިހާ ކަނޑުގެ މަސްތަކަށް އިވޭވަރަށް އެޚަބަރު އިއުލާން ކޮއްލަފާނެހެންނެވެ. ”ސަޕްރައިޒް..” އަވްލީން ބުނެލިއެވެ. “އޯހް ޔޭއި…” އަލާން އަދިވެސް ފުމެނީއެވެ. “މަންމަގާތު ދޮންބެމެން އެކަކަށްވެސް ނޭނގޭނެހާ ސިއްރުން ބުނެފިން.. އެލަންމެން އެހެން އެއްވެސް މީހެއްގެ ގާތުގައި ނުބުނައްޗޭ… ދޮންބެމެން ސްކޫލަށް ގޮސްފައި ހައިމެންގެ ގާތުގައި ބުނާނީ.. ދެން އޯކޭ..؟” ކައިޔަން ބުނެލިއެވެ. “އޯކޭ…” ޒިވީން ހީލަމުން ބުނެލިއެވެ.
”އިއްޔެ ހަވީރު ރަށަށް އަންނަން ފުރިނަމަ ސްކޫލަށް ގަޑި ނުޖެހުނީހޭ…” އަވީނާ ވާހަކަދެއްކީ ލޯންޗު ގައި އިށީނދެލައިގެން ތިބި އެންމެންނާއެވެ. “މަންމީ އަދި އެބައޮތޭ ވަގުތު… އަދި ފަސްގަޑި ބައިވަނީ..” އައިން ތުން އޫކޮއްފައި ވާހަކަ ދެއްކިއެވެ. “ޑީލެއް.. މިއަދު އަހަރެމެން އެންމެން ގަޑި ޖެހިގެން ސްކޫލަށް ގޮސްފިއްޔާ ދެން ދުވަހަކުވެސް މިކަހަލަ މަޖާ ޓްރިޕަކަށް ނުދާން ވައުދުވަން..” އަލާން ބުނެލިއެވެ. “އޯކޭ.. އެކަމަކު އެލަން އަމިއްލައަށް އިނގޭ ތިޔަ ޑީލް ހެދީ.. ގަޑިޖެހިއްޖެނަމަ އެންމެންނަށް ހުކުމް ހިނގާނެ..” އަވީނާ ބުނެލިއެވެ.
އަވްލީން ހުރީ ކައިޔަންގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. ލޯންޗުގެ އަރިމަތިން ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ފައި ލައިގެންނެވެ. ”ފޫއްސެއް ނުވޭތަ..؟” ކައިޔަން އެއްސެވެ. “ކައިޔަންގެ ގާތުގައި ހުރެ ކިހިނެތް ވެގެންތަ ފޫހި ވާންވީ..؟” އަވްލީން ޖަވާބުދިނެވެ. ”ދޮގެއް ވެސް ނޫން..” ކައިޔަން ބުނެލިއެވެ. ”ކައިޔަން.. ސުވާލެއް އަހާލަންތަ..؟” އަވްލީން އެއްސެވެ. ”މިސާލަކަށް ރަނާ….” އަވްލީންއަށް ޖުމްލަ ރަނގަޅަށް ނުބުނެވެނީސް ކައިޔަން އަވްލީންގެ ތުންފަތުގައި ޝަހާދަތް އިނގިލި އެޅިއެވެ.
”އަވްވް… ލިސެން…” ކައިޔަން ރަނާއާއި ކައިޔަންގެ ދެމެދުގައި ހިނގިހާކަމެއް ކިޔައިދިނެވެ. އަލިފުން ޔާއަށެވެ. “ހާސްނުވޭ.. އަހަރެމެން ދެމީހުންގެ މެދަށް އެކަކަށްވެސް ނާދެވޭނެ… ނެވަރ..” ކައިޔަން ބުނެލިއެވެ. ”އެކަމަކު..” އަވްލީން އެއްޗެކޭ ބުނަން އުޅުނެވެ. “ޑޯންޓް ވޮރީ ލަވް…” ކައިޔަން ބުނެލިއެވެ. “އޯކޭ.. އައި ވިލް އޯލްވޭސް ޓްރަސްޓް ޔޫ…” އަވްލީން ކައިޔަން ގާތަށް ޖެހިލާފައި ކައިޔަންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ކައިޔަން ހިނިތުންވެފައި އަވްލީންގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.
“ކިހިނެތްވީ..؟” ރަނާ އެ ޒުވާނާގެ މޫނަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އެ ޒުވާނާ އަހާލިއެވެ. އެޒުވާނާގެ ކޮނޑަށްވުރެ ތިރިއަށް ފައިބާފައި އޮތް ބުޅި އިސްތަށިގަނޑުގައި ތަރުތީބެއް ނެތުމުން ރަނާ އަށް އުނދަގޫވިއެވެ. ރަނާއަށް އަތުން އެ އިސްތަށިގަނޑުގައި ފުނާ އަޅާލެވުނީ ބޭ އިޚްތިޔާރުގައެވެ. “ކަމެއް ނުވޭ…” ރަނާ އަވަހަށް ދުރު ބަލާލައިފިއެވެ. “އަދި އެންމެ ދުވަހެއް ވަންދެން މަޑުކޮއްލާ…” އެ ޒުވާނާ ރަނާގެ ދަތްދޮޅީގައި ހިފާ އެ ޒުވާނާއާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ. “ހްމްމްމް…” ރަނާ އަވަހަށް އެ ޒުވާނާގެ އަތް ދުރުކޮއްލިއެވެ. “ފަހަކަށް އައިސް ރަނާ ހީވަނީ ކަމަކާއި ދޭތެރޭ ވިސްނާހެން…” އެ ޒުވާނާ ފާޑަކަށް ބުނެލިއެވެ. “ނޫން.. ކަމަކާއި ދޭތެރޭ ނުވިސްނަން… އަން.. ކަލޭ ބޭނުންވި އަދަދަށް ފައިސާ މިހުރީ…” ރަނާ އަވަހަށް އެ ޒުވާނާގެ އަތުތެރެއަށް އެ ދަބަސް ލައިދިނެވެ.
“ފައިސާ ގުނުމަކީ އެއްވެސް އިރެއްގައި އަހަރެން ކުރިކަމެއް ނޫން.. ޔަގީންތަ މި ހަމަ ވާނެކަން..؟؟” އެ ޒުވާނާ ދަބަސްތެރެ ހާވާލިއެވެ. “އާނ.. ހަމަވާނެ..” ރަނާ ޔަގީންކަން ދިނެވެ. އެ ޒުވާނާ ދަބަސް ކޮނޑުގައި އަޅުވާލަމުން ދާން ހިނގައިގަތެވެ. “ދަނީތަ..؟” ރަނާ އެހެން ބުނެލި އަޑަށް އެ ޒުވާނާ ހުއްޓުނެވެ. “ކިހިނެތްވީ..؟؟ ރަނާ ބޭނުންވާ މައުލޫމާތު ލިބި އަހަރެންނަށް ކޭޝް ލިބިއްޖެއްނު..؟ ނުދާންވީތަ..؟” އެ ޒުވާނާ މަޑުމަޑުން ހީނލައިފިއެވެ. ”އުހުން.. އަހަރެންވެސް މި ދަނީ…” ރަނާ ބާރު ހިނގުމެއްގައި ޖެހިގެން އޮތް ގޯޅިން އެޅިއެވެ.
“ޖަސްޓް ވެއިޓް..” އެ ޒުވާނާ މާނަވީ ހިނިތުންވުމަކުން ހިނިތުންވެލާފައި އަނދިރިގަނޑު ތެރެއަށް ވަނެވެ.
ރަށަށް ލެފުމާއެކީ އަވީނާ އަވަސް ކުރާށޭ ކިޔާ ގޮވާލިއެވެ. ގާތުގައި ޕާކު ކޮށްފައި ހުރި ކާރަށް ކައިޔަން އެރިއެވެ. މިފަހަރު ޖެހުނީ އައިންއާއި ޒާއިންވެސް ގޮވައިގެން ދާށެވެ. ގެއާއި ހަމައަށް ފޯރެންދެން އިވެނީ ޒާއިންއާއި އަލާން ޒުވާބު ކުރާ އަޑެވެ. އެކޮޅަށް ޖެހޭށޭ މިކޮޅަށް ޖެހޭށޭ ކިޔާ އެ ދެމީހުން ޒުވާބު ކުރާ އަޑާއެކީ އައިން އާއި ޒިވީންގެ ޕިސްޕިސް ކިޔުންވެސް ނުހުއްޓުނެވެ. ދެން އިވެމުން ދިޔައީ އަވްލީންގެ ހުނުމުގެ އަޑެވެ.
“އޭތް މަރިޔަމް އަވް… ގަޑި ޖެހެން އެންމެ ހަތް މިނެޓޭ…!!” ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އަލާން އައިސް އަވްލީންގެ ކޮޓަރިއަށް ވަނެވެ. “ސާބަހޭ މި ނިމެނީއޭ..!” އަވްލީން ފުނާ ބާއްވާފައި ތެދުވެ އަތް ދަބަސް އަޅުވާލިއެވެ. އަލާންއާއި ދިމާލަށް ބަލާލާފައި އަވްލީން ހޭންފެށިއެވެ. އެއަޑަށް އައިންވެސް އައިސް އެ ކޮޓަރިއަށް ވަނެވެ. “ކުޑަބޭ..! ދަން ޖެހެންތަ ތިއުޅެނީ..؟؟” ލޯބޮޑު ކޮއްލާފައި އައިން އަހާލިއެވެ.
ދޮގެއް ނޫނެވެ. އަލާން ޓައީ އަޅާފައި ހުރިގޮތުން ހީވަނީ ކަރަށް ދަންމަޅިއެއް ވައްޓާލާފައި ހުރިހެންނެވެ.
ކާރުގައި ސްކޫލަށް ދިޔަ މަގުމަތީގައި ޒިވީން އަލާންގެ ޓައީ ރީތި ކޮށްދިނެވެ. އެ މަންޒަރު ބަލަން ޒާއިން އާއި އައިން ހުރީ ހިނިތުންވެލައިގެންނެވެ. ގަޑިޖެހެން ސިކުންތުކޮޅަކަށް ވެފައި އޮއްވާ ޒާއިން އައިން ޒިވީން އަދި އަލާން އެމީހުންގެ ކްލާސް ރޫމްތެރޭ ހަމަޖެހިލިއެވެ. ސޮއި ކޮއްލާފައި ކައިޔަން އަވްލީންގެ އަތުގައި ހިފާ ބާރު ކޮއްލިއެވެ. އަވްލީން ހީލާފައި ކުރިޔަށް ފިޔަވަޅެއް އެޅިއެވެ.
ހޯލްވޭގެ ތެރެއިން ލާފައި ކައިޔަންއާއި އަވްލީން ކުރިއަށް ހިނގަމުން އަންނަވަރަކަށް ހީވަނީ މަންޒަރު ސްލޯ މޯޝަންއަށް ލައިގެން އުޅޭ ހެންނެވެ. އާފަލެއް ކާން ހުރި މުވައްޒަފެއްގެ އަތުން އާފަލު ވެއްޓުނެވެ. ކުޑަ ދަރިޔެއް އުރައިގެން ހުރި ބެލެނިވެރިޔެއްގެ އަތުން އެކުއްޖާގެ ބުއްފުޅި ދޫވެގެން ވެއްޓުނެވެ. އެ ދިމާލަށް ހިނގާފައި އައި ޕްރިންސިޕަލްގެ ފައި އޮޅުނެވެ. އެމަންޒަރު ދެކެން ދަތްތައް ދިލުވާލައިގެން ލީޑިން ޓީޗަރު ހުއްޓެވެ.
“ވޯ.. ސަރމެން ހަމަ އަސްލުވެސް….” ކުދިންތައް ވަށާލައިގެން ހުރެ މަރުހަބާ ކިޔަމުން ދިޔައެވެ.
ހޯލްވޭގެ ތެރެއަށް ވަދެވަދެ ހުރި ރަނާއަށް ފެނުނީ ކުދިންތައް ބޮނޑިވެގަނެގެން އުޅޭތަން އެކަންޏެވެ. ބޯ އަރުވާ ހެދި ނަމަވެސް އެކުދިންތައް އެހާ އުފަލުން އެބަލާ އެއްޗެއް ރަނާއަކަށް ނުފެނުނެވެ.
“ކިހިނެތް ވެގެންތަ މިއުޅެނީ..؟؟؟” ރަނާ އެދިމާއިން އައި އަންހެންކުއްޖަކު ހުއްޓުވާފައި އެއްސެވެ. “މިސް.. މިސްއަކަށް ނޭނގޭތަ..؟ ކައިޔަން ސަރ އާއި އަވްލީން މިސް ލުކްސް ސުޕަރ ކިއުޓް… އަދި އެއީ ކަޕްލްއެއް…” އެ އަންހެން ކުއްޖާ ކިޔައިދިނެވެ. އަދި ދުވެފައި ދިޔައެވެ.
ރަނާގެ ލޭމައްޗަށް ދިޔަކަހަލައެވެ. އެދޮން ދޮން މޫނުމަތި އެކީއެކަށް ރަތް ވެއްޖެއެވެ. އަތް މުއްކަވާލީނުން އަތުގައިވާ އެންމެ ހިމަ ނާރަށްވެސް ވާންވެގެން ދިޔައެވެ.
”ދިސް އެންޑްސް ނައު…!!!!!” އިވުނު ޚަބަރުން ރަނާގެ ރުޅިގަނޑު ހައްދުން ނެއްޓިއެވެ. ބާރުބާރަށް ސިޑިން މައްޗަށް އަރާފައި ރަނާ މިސްރާބު ޖެހީ ކައުންސެލިން ރޫމާއި ދިމާލަށެވެ.
”އަވްލަވް… ކައި އެބައަންނަން ކޮންމެވެސް ގަނޑުތަކެއް ޕްރިންޓް ނަގާލާފައި.. އިރުކޮޅެއް ވެދާނެ..” ކައިޔަން ނުހަނު ލޯބިއަޑަކުން ބުނެލިއެވެ. އޭރުވެސް ކައުންސެލިން ރޫމުގައި ތިންކުދިން ތިއްބެވެ.
“އޯކޭ…..” އަވްލީން ބުނެލިއެވެ. ކައިޔަން މަޑުމަޑުން ދޮރު ލައްޕާލާފައި ހިނގައިގަތެވެ.
އަވްލީން ކައުންސެލިން ދޭންފެށިއެވެ. ރަނާ ކައުންސެލިންރޫމުގެ ދޮރު ކުރިމަތީ ހުއްޓުނު ގޮތަށް ދޮރުގައި ބަންލާފައި ޖަހާ ހުޅުވާލިއެވެ. އެއަޑަށް އަވްލީންގެ އިތުރުން އަނެއް ތިން ކުދިންވެސް ސިހިފައި ފަހަތް ބަލާލިއެވެ. އެ އެންމެންގެ މޫނުގައިވެސް ވަނީ ހައިރާންކަމުގެ ކުލަވަރެވެ. ކަޅު ކުލައިގެ ބާރު ޓީޝާޓް އަކާއި ކަޅު ހައިވެއިސްޓެއް ލައިގެން ރަނާ ހުރިއިރު ޖެހެމުން ދިޔަ ރަހުމެއް ނެތް ވައިރޯޅިތައް ރަނާގެ ބުޅި އިސްތަށިކޮޅުތައް ވިހުރެމުން ދިޔައިރު ހީވަނީ ފިލްމެއްގެ ނުބައިބައި މީހާ ދައްކާލީ ހެންނެވެ.
“ހައި ރަނާ.. ނީޑް ސަމްތިން..؟” އަވްލީން ނުހަނު އެކުވެރިކަމާއެކީ ވާހަކަ ދެއްކިއެވެ. ރަނާ އާއި ކައިޔަންއާއި ބެހޭގޮތުން ކިޔައިދިން ވާހަކަ ތަކުން އަވްލީންގެ ހިތް ބަނައެއް ނުވެއެވެ. އެހިތް ސާފެވެ. “ކަލޭމެން ތިން ކުދިން ނުކުމޭ.. ހަމަމިހާރު ނުކުމޭ…” ރަނާ ބާރުބާރަށް ބުނެލިއެވެ. ބިރުން އަވަހަށް ދެކުދިން ނުކުތެވެ. ތިންވަނަކުއްޖާ ދޮރުން ނުކުންނަން ފައިއަޅާލިއެވެ. ”ހަމަމިހާރު ނުކުންނާށޭ…!!!” ރަނާ އެކުއްޖާގެ ބުރަކަށީގައި އަޅާ ކޮއްޕާލިއެވެ. އެކުއްޖާ ގޮސް ކޮރިޑޯއިން ބޭރަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
ދޮރު ލެއްޕުމަށްފަހު ރަނާ އަވްލީންއާއި ދިމާލަށް ކަޅި އަޅާލިއެވެ. “އަނެއްކާ ރަނާ ކައުންސެލިން ބޭނުން ވަނީތަ..؟ އަވަހަށް އިށީނދޭ…” އަވްލީން ރަނާގެ ކޮނޑު ގައި މަޑުމަޑުން އަތް ޖައްސާލިއެވެ.
“ހޫމް.. މަށަށް ކައުންސެލިން އެބަ ބޭނުންވޭ..! ޕްރެޝަރުގެތެރޭގައި އަހަރެން މޮޔަވަނީ.. ލޭމައްޗަށް ނުދާކަމެއް ނޭނގެ..!!! ކަލޭ އަނެއް ދުނިޔެއަށް ފޮނުވާލާވަރަށް އަހަރެން މޮޔަކޮއްލައިފި..!! ކަލޭ ހީކުރަނީތަ ކައިޔަންގެ ހިތް ކަލެއަށް ލިބޭނޭ..؟؟ ނޫން.. ހަނދާން ނައްތާލާ…!!!” ރަނާ އެއްލި އަތުން އަވްލީންގެ މޫނުމަތީ ހޫނު އެތިފަހަރެއް އެޅިއެވެ. އެވަރުން ނުވެގެން މޫނުމަތީ ދިގު ނިޔަފަތިތަކުން ވަކިއަޅާލިއެވެ. އަވްލީން ބިންމައްޗަށް ވެއްޓުނެވެ. އޭރު އަވްލީންގެ މޫނުމަތީގައި ލޭކޮށިފައި ހުރިގޮތުން ހީވަނީ ވަލު ޖަނަވާރެއް ހަމަލާއެއް ދިނީ ހެންނެވެ.
“ވަ..ޓް…؟” އަވްލީންއަށް މަޑުމަޑުން ބުނެލެވުނެވެ. “ޔޫ އާރ އަ ކަރސް..!! އެނގިއްޖެތަ..؟ މަށާ ކައިޔަންގެ ދެމެދަށް ވަންނަން ތިޔަ އައީ ކީއްވެގެންކަމެއް ނޭނގޭ…. ކަލޭގެ ސައިކޭޓްރީ ހިތް ތިޔަ ވަނީ މާކަނޑުގައި ޖެހި ބެހިފަ..!!! ތިޔަ ވިސްނުމެއް ނެތް ދަބަރުން ގަނަ ވެފައިވާ ސިކުނޑީގެ ތެރޭއަށް ކައިޔަންގެ ސޫރަ ލެވުނީ މަގޭ ފަރުވާ ކުޑަކަމުން..! ކަލެއަށްވުރެ މަ މާރަނގަޅު…!!! ކަލޭ މާދަމާ ކައިޔަންގެ މީހަކަށް ވެއްޖިއްޔާ ކައިޔަންއަށް ހިތްދަތިކަން ނޫންކަމެއް ނުލިބޭނެ…!!! މަށަކީ ކައިޔަންގެ ހަޔާތަށް އައި ދަޅައަޅާ ދުވާލަކަށް ވެއްޖެއްޔާ ކަލެއަކީ ކައިޔަންގެ ހަޔާތަށް އައި އަނދިރި ނާމާން ރޭގަނޑެއް…!!!” ބިންމައްޗަށް ވެއްޓިފައިވާ އަވްލީންގެ ބަނޑަށް ފައިން އަރާ ފިއްތާލަމުން ރަނާ ހަޅޭއްލަވައިގަތެވެ.
ރަނާ އަރައިގެން ހުރި ހައިހީލްގެ ކަށި އަވްލީންގެ ބަނޑުގައި ޖެހުމުން ހީވީ އަވްލީންގެ ނޭވާ އުފުރުނު ހެންނެވެ. އަވްލީން ބަލިކަށިވިއެވެ. ސައިކޭޓްރިސްޓަކު ދޭ ކަހަލަ ނަލަ ހިނިތުންވުމެއް މިހާރު ރަނާއަށް ހަދިޔާ ކުރިޔަސް ވާނެކަމެއް ނޯންނާނެކަން އަވްލީންއަށް ވިސްނުނެވެ. އަމިއްލަ ނަފްސަށް އެހީތެރިވާން ކަމެއް ނުކުރެވި އަވްލީންއަށް އޮވެވުނީ ރަނާ ކިޔަންފެށި އެއްޗެހިތަކުން ލިބުނު ވަރުގަދަ ޝޮކުންނެވެ.
ފިލްމުތަކުން ދައްކާގޮތަށް ރަނާއާއި ތަޅާފޮޅާ ޚިޔާލު އަދިވެސް އަވްލީންގެ ބޮލަކަށް ނުވަދެއެވެ. އަމިއްލަ މީހާގެ ހިތްހެޔޮކަމުން ރަނާއާއި ދެކޮޅަށް އިނގިއްޔެއްހާ ހިސާބު ވެސް ހިއްލާލަން ޖެހިލުންވެފައި އަވްލީން އޮތެވެ.
އެވަރުން ނުވެގެން ރަނާ އަވްލީންގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ފާރަށް ގަންނަވާލި ގޮތަށް ކަރުގައި ހިފިއެވެ. ނޭވާ ނުލެވިގެން އަވްލީން ތެޅެން ފެށިއެވެ. ކިތަންމެ ހިތްވަރު ގަދަޔަސް ރަނާ އާއި ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ.
“ކައިޔަން އަހަރެންދެކެ ލޯބިނުވީ ކަލޭހެން ފަންކޮށް ހުންނަ ދިގުދިގު އިސްތަށިގަނޑެއްގެ ވެރިޔަކަށް ނުވީމައިތަ..؟ އެހެންވިއްޔާ މިވަރުން ނުފުދޭނެތަ…؟” ސްޓޭޝަނަރީ ހޯލްޑަރުން ބިޔަ ކަތުރެއް ރަނާ ނެގިއެވެ. ރަނާ މޮޔަވެފައިވާ ފަދައެވެ. ކުލުނެއް ރަހުމެއް އެ ލޮލަކު ނުވެއެވެ. ބޮއިގެން ހުރި މީހެއްގެ ހޭވެރިކަންވެސް އެއަށްވުރެ ރަނގަޅު ވާނެ ކަން ޔަގީނެވެ. ލޯތްބައްޓަކައި އަވްލީން މަރާލަންވެސް ތައްޔާރު ވެގެން ރަނާ ހުރި ކަހަލައެވެ.
ވިހަގޮތަކަށް ދެފަހަރަކު ކަތުރު ލައްޕާލާ ހުޅުވާލާފައި ރަނާ އަވްލީންގެ ބޮލުގައި ގޮށް މުއްކަވާފައި ދެ ފަހަރަކު ޖެހިއެވެ. އަދި އަވްލީންގެ އިސްތަށިގަނޑުގައި ހިފާ މައްޗަށް ނެގިގޮތަށް މޫނުމަތީގައި ދެތިން ބޮނޑި އެޅިއެވެ. އަދި ބާރުބާރަށް ހީގަންނަމުން އަވްލީންގެ އިސްތަށިގަނޑަށް ވާންކޮއްލި ގޮތަށް ކުރު ކުރުކޮށް އަވްލީންގެ އިސްތަށިގަނޑު ބުރި ކޮއްލިއެވެ. ”ޔާހް..!” ތަދުވިވަރުން އަވްލީންއަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. އޭރު އިސްތަށިތަކުގެ ބުޑުން ލޭ އަންނަމުން ދިޔައެވެ.
“ނޫނީ ކައިޔަންގެ ލޯބި މަށަށް ނުލިބުނީ ކަލޭގެ ގައިން އަރާ މީރު ވަސް މަގޭ ގައިން ނުދުވާތީތަ..؟” ކުނި ޑަސްޕިނުގެ ތެރެއަށް އަވްލީންގެ ފެންފުޅި އަޅާލަމުން ރަނާ އަވްލީންގެ ބޮލަށް ކުނި ޑަސްޕިން ވަރާލިއެވެ. ތުނޑު ޖަހާފައިވާ އެތިކޮޅުތަކާ ކަރުދާސްތަކާއި ޓިޝޫތަކާ ކާއެއްޗެހީގެ އުރަތައް ފެނާއެކީ އަވްލީން ގެ ބޮލަށް އޮހިގަތެވެ.
“ނޫނީ ކަލޭގެ މަސައްކަތް މަގޭ މަސައްކަތަށްވުރެ ރަނގަޅުވީމައިތަ…؟” އަވްލީން ގެ ފައިލު ތެރެއިން ކަރުދާސްތައް ނަގާ ރަނާ ކުދިކުދި ކޮއްލާފައި މައްޗަށް އުކާލިއެވެ. އެވަރުން ނުފުދިގެން ކޮމްޕިއުޓަރުގެ ސީޕީޔޫވެސް ރަނާ ފައިން ޖެހިޖެހީނުން ބިންމައްޗަށް ވައްޓާލިއެވެ.
“ކައިޔަންގެ ލޯބި މަށަށް ނުލިބުނީ ކަލޭގެ ލޯފަދަ ލޮލެއް ނުލިބުނީމައިތަ..؟!؟!” ރަނާ ހަޅޭއްލަވައިގަނެފައި އަވްލީންގެ ލޮލަށް ކަތުރު ވައްދާލަން އައެވެ. ރަނާގެ މުޅި މޫނަށް ލޭ ބުރައިގެން ދިޔައެވެ. ރަނާ ކަތުރު ދެ ފަރާތަށް އަނބުރާލިއެވެ. އަވްލީން ހަޅޭއްލަވައިގަތް އަޑަށް ވިހަ ހިނިތުންވުމަކުން ހީލާފައި އަވްލީންގެ ލެއިން ކަޅިވެފައި ހުރި ދެލޮލަށް ނަޒަރެއް ހިންގާލަން ރަނާ އެ ދިމާލަށް ބަލާލިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.





Oh my eiee huvafeneh kamugaa vaandheyve btw stry ha superb
Thank u Quentus ?? Hope u will wait for the next part to see if it was a dream or not ?
Masha Allah story vrh rythi nd curiously waitin for the next part
That’s very sweet of u Qween.. ? good 2 knw that ur waiting for the next part ??
Mi vaahaka furathama bai thah rythi mihaaru hadi dhen maa over vaathyve..loanchu dhuhvaa iru beyrah failaagen indheveytha loancha dhuvahaku erintha mi vahaka liyaa kujja nd school jobah dhaa iru ves hyvany fashion shoa akah dhaahen korea series eh nuny hindhi drama v ma foohi..
thank you mary..
No no alhe eii ranaage hiyaaleh dhw
hageegathakah nuhadhachey av ah ehn hadhaakah nuvaane
thank you faathun… thats a very motivating comment
rana haadha nubai meehekey av ah ehn hadaalafaane eyves hithakah ves naara…hua rana av lolah kathuru koppaalyma hyvy aharen gos dhe udares fenu jehunuhen. Mary thi bunee hama thedheh school job ah daairu maa fashion velaigenno dhany ma ebbas ekamaku mi vaahakayakee mi site in vs ma emme shauguverikamaa eku kiyaa vaahaka. Mi part vx hadi ehnooney vrh reethi ekamaku rana kathuru koppaalan ulhumunney biru gathee..anyways av ah gotheh nahadahchhe pls pls pls…..
Ps:Big fan❤
Thank u sooo much haila… Your comment was very inspiring… i cannot thank u enough.. but just thnx for reading my story 🙂
Vaahaka salhi ekam lolah kathutu kohpaaleema over dramatic hen heevanee..Hama bundles.
thank u vry much don’t mind… that was a splendid comment too
vaa…over dramatic….cruel ehkamak evarukuraakah nuvaanenu….n hama evarah halheyhlavaairah meehakah naadhevihunnaanethrr…ethaathibi students vs kobayoa…vaahaka salhi but ethan hama aslys vehjiyyaa ranaa jalah vs laan jeheyne…e ee imaginatin akah vehjiyyaa k….waiting for the next…???
Thanks with hundreds of luv someone ?? glad to hear that ur waiting for the 14th episode..
Varah salhi… biru ganey… and Mary… loach ge be Eyrah fai laigen indheveyne.. that is possible.. E vedhaanehnu rana foni kamun school ah job ah dhaairu ehen hedhun alhaanee kamah vess… and Yoon…n this part is both nice and Scary.. hih avasvi like kathuru koppalee ey jahaafa otheeema.. and Mary.. This is not Hindi… Hindi films balaa nama ingeyne evaru…. meege haadhisaa genessa oii goih varah salhi.. hats off Yoon ??
IM A BIG FAN OF URS
Omg thank u zumm ? thanks for all of ur positive thinking ? thanks a lot for making time and reading this story ?
Rana moyaveetha. Nujeheyne alvyn ah ehaa aniyaa kurakan. Rana idebala liyan aai.
Alhey kain kihaa dhera vaane adhi rana deke vvvvvvvvv rulhi annnaaane.
Hithan araa vaahaka thereyah vadhelaafa rana maraala faanamey vx.
Story liyaa kuhjaa mihaaru maa fight mahchan the dance, v foohivey mihaa reethi vaahaka eh gaa maa fight ginavanyaa.
Unmeedhu kuran dhen ekahala baithan madhu kuraane kamah.
Mee hama aharenge view
Thnx with millions of ove Xeen.. Hope you will wait for the 14th episode to see what happened to avlyn.. Thnx again for reading and sharing such an excellent comment… very happy & I’ll try my best to improve.. thanx for sharing
my my… haadha goahey dhw ranagandu… and me ah emme salhee fights thah ginave dhiya varakah… ekam varah dhera vi ingey rana avleen ah hedhi goii enguneema 🙁 varah reethi ingey mi vaahaka…. this story was nice from the start and adhives varah reethi.. i want to knw how this ends .desperately waiting for the next part ingey yoon. lysm
That was very kind of u dhaththi ? nice to knw the situations u love ? hope u continue to wad till the end ☺☺ love you more ??
omg rana eii haadha nulafa kujjekey… lolun karunaves aissi… av ah dhera gotheh nuvaane kamah unmeedhu kuran ingey.. pls let her be safe… and alhugandah ves reethee fihts gina vee varakah…
like alhugandu emme kiyaa hih vanee desperate situations thah.. and like emeehun hallu genna scene thah… Hats off ingey auther
Good to knw the situations u luv 2 Meesam ? glad to hear that this story played with ur heart ??? and it wud be nice if u could call me Yoon… just wanna have close relationships with my fellow readers… hope u understand and thnx a bunch for reading this story.. hope u would continue reading this until the last episode ??
Mi part ves varah Hama sali. Mi rana kantha haadha falaeydhw. Avlyn ah ale ehen nahadhaachey. Rana go to hell???????but story Hama habeys . Waiting for next???❤
Luv to hear that u love this story 2 Ril ?? and I hope u will read the nxt part 2.. thnk u
Woops yooonn salhieyyyy ??❤️❤️ ekam eoih ranaa ehdho pis pis ?? meeehaku rulhinaana varehtha EIII
RANAAAAAAAAAAA. avlove ah dhen ehenn aniyaaeh nudhechey ….and let kaiyan know and shift her to hospital pllssess….. And avleen blind nukurahchey?? loveyou>3
Wow thank u larkuu ??? that’s an awesome one ☺ love u more dear
Avlyn blind nukurachey…plxx..
Hope you’ll read the 14th episode to see if avlyn got blind or not ?? Thanks a lot Yoon ge Fan ?? That feedback was amazing 2 ?
With lots of luv wait for the next part honey
Maasha allah this story is awesommmm… hama varah salhi… twist thah is heartbreaking.. adhi vaane gotheh balama.. hope the other part will be this nice too yoon… LOVEYOU !!
Thank u so much dear ? Glad to hear that ? Love you more ?
When is the next???? Maashaa Allah this part is very nice Yoon…pls upload next part soon.pls pls. Can’t wait to read ??????
Oh thank u very much my dear 🙂 that was very nice of u…. i think the 14th episode will be uploaded either tonight or tmrw moring.. hope u wait for it Een.. 🙂 🙂 Lysm 🙂