ނޭނގޭ! (4)
“ސޮރީ” އެއްއަތުން ކޯކުތަށި ހިފައިގެނ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އަނެއްއަތުން ޒެނީޝްގެ މުލައްދަނޑީގައި ހިފާލާގެން ހުރި ވެއިޓަރު މާފަށް އެދުނެވެ. ނަމަވެސް ޒެނީޝް އައް އެއްޗެއ ނުބުނެވިފައި ިިިިިިިިިިިިިިިިިިުިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިުިިިިިިިިިިިިިިިިި ހުރީ ކުރިމަތީ ހުރި ސޫރަ ފެނިފައިވެ. ދިގުވެފައި އެހާމެ ރީޗެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތެކެވެ. ކަޅުކަޅިރަވައަކާއި ހިމަ ދެލޮލެވެ. އަދި އެހާމެ ރީތި އަހުލާގުގެ ވެރިއެކެވެ. ހުއްޓުމެއްނެތި މާފަށް އެދެމުން ދިޔައެވެ.
އެހެންމީހުނާ ހިލާފަށް ޝިއާން މާފަށް އެދި ހާސްވެގެން އުޅުނުގޮތުން ޒެނީޝް ހައިރާން ވިއެވެ. އެ ލަދުރަކި ކަމާ ރީތިބަހުރުވާ ޒެނީޝްގެ ހިތްއަތުލައިގަތެވެ. އެދުވަހަށް ފަހު ޒެނީޝް ވަޒީފާގެ މާދާނުން ނިކުމެވޭ ކޮންމެދުވަހަކު އެތަނަށް ދެއެވެ. މަސްދުވަސް ތެރޭގައި އޭނާއަށް ޝިއާން ލި ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުބނެވެ. އުފާވެރި ހުވަފެނެއްތެރޭ ޝިއާންއާއި އެކު ދެމަހެއް ވަންދެން އުޅެވުނެވެ. އެއަށްފަހު ޖެހުނީ އެހުވަފެނުން ހޭލާށެވެ.
މަންމަ އާއި ބައްޕަގާތު އެރެސްޓޯރެޓް ވާހަކަ ބުނެވުނީ ޒެނީޝްގެ މޮޔަކަމުންނެވެ. އެއީ ޒެނީޝްގެ ހުވަފެނީ ދުނިޔެއިން ހޭލަން ނޭނގިގެން އެޅުނު ފިޔަވަޅެކެވެ.
“ޒެނީޝް” ޝިއާންއާއި ބައްދަލު ކޮށްލަން ރެސްޓޯރެންޓްޓަށް ދާންރީތިވަމުން ދިޔަ ޒެނީޝް ތެދުވީ ޒަހުވާ ކޮޓަރިއަށް ވަނުމުންްނެވެ. ޒަހުވާ ފަހަތުން ވަދެގެން އައީ މޭކަޕްކޮއްދިނުމާއި ރީތިވުމަށް ހާސަކޮއް ބާތިއްބާފައިވާ މަސައްކަތު މީހުންނެވެ. ޒެނީޝް ސުވާލުގެ ނަޒަރަކުން ޒަހުވާ އައް ބަލާލިއެވެ. “ރެސްޓޯރެންޓް ދާންދޯތިދަނީ؟ މިއަދު އޯކޭ ވާނެ ނުދިޔަސް ރެސްޓޯރެންޓް ބޮޑުމީހާ އާދޭބަ ދަރިފުޅާ ބައްދަލު ކޮށްލަން.” ޒަހުވާ ހީލަމުން ބުނެލިއެވެ. ޒެނީޝް އައް އެއީ މާބޮޑު ކަމަކަށް ނުހަދާ އެވެ. އެހެންކަމުން އެކަމާ އެއްބަސްވެ ޝިއާންއައް ގުޅާ ނުދެވޭނެ ކަމަށް ބުނެލިއެވެ.
ީ ަަ ޒެނީޝް ރީތި ކޮއްދެން އައި މީހުން އޭނާގެ ހަަންގަނޑާ ދާދި އެއްކުލައިގެ ހެދުމެއް ދިނެވެ. ޒެނީޝް ހެދުން ބަދަލް ކޮއްލާގެން ނިކުތެވެ. އެފަށުވިހެދުުމުގެ ކުރިމަތިން ކުރުވެފައި ފަހަތުން ނުހަނު ދިގެވެ. ޒެނީޝްގެ ތުނި ހަށިގނޑާ ނުހަނު ގުޅެއެވެ. އޭނާގެ ކަޅު އިސްތަށިގަނޑުގައި އެމީހުން މެސީ ބަން އެއްޖަހާލައިދިނެވެ. ލޮލާ ހަމަޔަށް އަންނަވަރަށް ތުނިކޮށް ކޮށާފައި ހުރި އިސްތަށިތައް އެއްވެސް ހިފެހެއްޓުމެށް ނެތި ދޫކޮށްލާފައި ވެއެވެ. ރަނުގެ ހާރެއް ޒެނީޝް ގެ ކަރުގައި އެޅުވުނެވެ. ކަންފަތުގައި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަސްލު އެހެއް ޖަހާފައި އިން އެތިކޮޅެއް ލައްވާދިނެވެ.
ޒެނީޝްގެ މޫނުގައި މޭކަޕްކޮއްދެން އުޅުމުން ޒެނީޝް އެކަން މަނާކުރިއެވެ. އެ ހުދު ދޮން ހަންގަނޑުގައި ފުއްނުޖެހިއަސް ފުދޭނެއެވެ. ރަތްގަދަ ތުންފަތާއި މަޑުމަޑު ޗޮކްލެޓް ކުލައިގެ ލޯ ދުރުން ވެސް ފާޅުވާނެ އެވެ. ޒެނީޝް ކޮޓަރިން ނުކުމެގެން އައި އިރު ހީވަނީ ރަންވޭގައި ހިގާލާފައި އަންނަ މޮޑެލް އެއް ހެންނެވެ. އެހާވެސް ފުރިހަމަ އެވެ.
އެންމެން ތިބި ސިޓިންރޫމް އައް އާދެވުމާއެކު ހެން އެންމެންގެ ލޯތަށް ޒެނީޝް އައް އަމާޒުވި އެވެ. ޒެނީޝްގެ މަންމަ ޒަހުވާ ފަހުރުވެރިކަމާ އެކު އޭނާއަށް އިށީނަން ގޮވާލި އެވެ. ޒެނީޝް މަންމަ ގާތު އަށީދެލާފައި އައިސް ތިބި މެހެމާނުންނަށް ފުޅާ ހިނިތުންވުމެއް ދިނެވެ.
“ދަރިފުޅާ! މީ ދަރިފުޅުގެ ފޭވަރިޓް ރެސްޓޯރެންޓް ބޮޑުމީހާ އަކީ. ޒުބޭރު.” ބޮލުގައި ކޮންމެވެސްވަރަކަށް ނުރަހުރި ނަމަވެސް މުސްކުޅި ކަމުގެ ކުލަވެސް ނެތް ފިރިހެނަކަށް އިޝާރާތް ކުރަމުން ޒަހުވާ ބުނެލިއެވެ. ޒެނީޝް އެފިރިހެންމީހާގެ ލޮލުގައި އަޅައިގަތެވެ. އެއީ އަޅިކުލައިގެ ލޮލެކެވެ.
“ދެންއޭނީ އޭނާގެ އަންހެނުން. އާޝިޔާ.” ޒަހުވާ ޒުބޭރާއި ޖެހިގެން އިން ޝާހީ ގޮތްގަނޑެއް ހުރި އަންހެނަކު ދައްކާލިއެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ. ދިވެސަކާ އެއްވެސް ވަތަރެއް ނޫނެވެ. ޒެނީޝް އާސޯޚްވީ އެއަންހެންމީހާގެ ލޯފެނުމުންނެވެ. ރަންކުލަ އަކަށްދާ ލޮލެކެވެ. ޒެނީޝް ހަދާންވީ ޓީން ވޮލްފް މަތިނެވެ. އޭގައި ތިބޭމީހުން ހުނަކަލަ ލޮލަކާ ވަރަށް ވައްތަރެވެ.
“ދެން އޭނީ އަޔާން! ދަރިފުޅު ވާން ހުރި ފިރިމިހާ!” ޒެނީޝް ހިތުން އާޝިޔާއައް ތައުރީފު ކޮއްނުނިމެނީސް ޒަހުވާ އަޔާން ދައްކާލިއެވެ. ޒެނީޝް ގެ ހިތުގެ ވިންދު އަވަސްވެގަތީ ވަކި އެއްޗެއް ބަލާާފަކައިއެއްނޫނެވެ. ހިތް އެއޮތް ތަނުން ނިކުމެ އަޔާން ގާތައް ދާން އުޅޭފަދައެވެ.
އެއީ ރީތި ފިރެހެނުންވެަސް ލަދުގަންނަށް ވާލާފަދަ ރީތި ކަމެކެވެ. ހުދު ދޮން ހަންގަނޑުގައި އެންމެ އޮޝާރައެއްވެސް ނެތެވެ. ކަސްރަތީ ބިޔަ ހަށިގަނޑެއްކަން ބަލާލައިފައި ވެސް އެގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެވެ. ދިގުކަމުން އިށީނދެ އިން އިރު ވެސް ފައިން އެގެއެވެ. އާޝިޔާއާއަި ޒުބޭރުގެ ލޮލުގެ ކުލަ މިކްސް ކޮއްފައި ހުރި ލޮލެކެވެ. ކަޅުކަޅި ވަށައިގެން އަޅިކުލަ ހުރެފައި ދެން އެއްކޮށް ހުރީ ރަންކުލައެވެ. ރަތް ފުރިހަމަ ތުންފަތުގައި އެވަގުތު ވެސް ކުޅެލަކުޅެލާހުރި ހިނިތުންވުމެއްވިއެވެ.
“ފި.ރި.މީހާ” ޒެނީޝް އަޅައަޅައި ގަންނަމުން ބުނެވުނު ބަސްތަކާއިއެކު ހަމަހޭވެރިކަން ވިއެވެ. ވަގުތުން ފުންމައިގެން ތެދުވެވުނެވެ. “މަންމާ! އަޅުގަނޑު ބޭނުމެއްނޫން ކާވެނި ކުރާކަށް.” ޒެނީޝް ވަގުތުން އިންކާރު ކުރިއެވެ. “ދަރިފުޅާ! ބަލާބަ އަޔާން ރީތިކަން. އަނެއްކާ އަޔާން އަށް އެހާ ކަމުދޭ ދަރިފުޅު!” ޒަހުވާ ޒެނީޝް އަތުގައި ހިފާލަމުން ބުނެލިއެވެ. ތެދެކެވެ. އަޔާން ވަރަށް ވެސް ރީޗެވެ. ރީތި ކަމުން ޒެނީޝްއައް ޝިއާންމަތިން ހަދާންނުނެތުނިވެސް ކިރިޔާއެވެ. އޭނާ އެހެންވިއަކަ ނުދޭނެއެވެ. ވަގުތުން ޒެނީޝް އެތަނުން ނިކުންނަން ހިނގައިގަތެވެ. ފަހަތުން އަޔާން ވެސް ހިގައި ގަތެވެ.
ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Here’s the 4th part of the stry hope u all like it. Feel free to comment and point out mistakes.?
vrh reethi smile part ves ….love it❤❤❤❤…waiting for the next part…❤#keep going on like that yaasmeen.❤