Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ (ދެވަނަ ބައި)

Shaz Level 110 Stories
March 2, 2015 2 Mins Read
8 Comments

ދެން އައީ ހަޔާތުގަ އަހަރެންގެ ހުވަފެނުންވެސް ނުދެކޭހާ ހިތާމަވެރި ދުވަސްތަކެވެ. އަހަރެން އެންމެ ލޯބިވާ މީހާގެ ކައިވެނީގެ ހުރިހާކަމެއްވެސް އަހަރެންގެ ހާޒިރުގައި ކުރަންޖެހުނީއެވެ. ކަރުނަތަކުގައި ފަރުދާއަޅައިގެން އަހަރެން އުޅުނީމެވެ. ކޮންމެދުވަހަކު އެތައްފަހަރަކު ހިތްކުދިކުދިވެއެވެ. ނަމަވެސް ކެއްކޮށްލައިގެން ހުރީ ކޮންމެ ހިތާމައަކަށްފަހު އުފަލެއް ލިބޭނެތީއެވެ. އަހަރެންގެ ނަސީބުގަ ހުރިގޮތެވެ.

މިރެއަކީ އީތަންގެ ކައިވެނި ޕާޓީ އޮތްރެއެވެ. އީތަން ބުނިގޮތައް އެންމެ ފުރަތަމަ ދައުވަތު ކާޑް ލިބުނީ އަހަންނަށެވެ. އަހަރެން ދާނީ ކިހިނެއް ހެއްޔެވެ؟ އީތަން އެހެން މީހެއްގެ ހައްގަކަށްވާތަން އަހަރެން ބަލާނީ ކިހިނެތް ހެއްޔެވެ؟ ގަޑިކައިރި ވަމުން ދިޔަވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ބާރުވަމުން ދަނީއެވެ. ދާން ތައްޔާރުވެސް ވާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ގަޑިޖެހެން ގާތްގަނޑަކަށް ތިރީހަކަށް މިނެޓަށްވެފައި ވަނިކޮށް އަހަރެންގެ ފޯނު ރިންގް ވާންފެށިއެވެ. ގުޅީ އީތަން އެވެ. އަހަރެންގެ ދެލޯފެންކަޅިވި އެވެ. ހިތްވަރުކޮށްފައި ފޯނުނެގީމެވެ.

“ދޫނި. އީތަން އަށް ނޭނގުނޭ ޓައި އަޅާކަށް. އަޅެދަންތަ ތިގެއަށް” އީތަންގެ ލޯބިވެތިއަޑު އަހަރެންގެ ކަންފަތުގައި ޖެހުނު ވަގުތު އަހަރެންނަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. ގިސްޖެހުނުއަޑު އީތަން އަށްވެސް އިވުނެވެ.

“ހެއި.ހެއި. ރޮނީތަ؟ ވަޓް ހެޕަން.” އީތަން ހާސްވިކަހަލައެވެ.

“މި.. މި.. އީތަން މަޑުކުރޭ އަހަރެން މިދަނީ… ” އަޅައިގަންނަމުން އަހަރެން ބުނީމެވެ.

“ފޯނު ނުކަޑައްޗޭ.. ކީއްވެ ތި ރޮނީ..” އީތަންގެ އޯގާވެރިކަން އިންތިހާއެވެ.

“މިއުޅެނީ ބޮލުގަ ރިއްސާތީ.. އެހެންވެ ރޮވުނީ.. ދޮންބެވެސް ވީ ރިޒޯޓަކަށް ގޮސް..” އަހަރެންނަށް ވާހަކަ ދެއްކެނީވެސް އުނދަގުލުންނެވެ.

“ނޫން އެހެން ކޮންމެވެސް ކަމެއް ވެގެން ތިއުޅެނީ..” އީތަންގެ ސުވާލުތައް ވީ ހައްތަހާ ގިނައެވެ.

“އަހަރެން މިދަނީ” އަވަސް އަވަހަށް އަހަރެން ފޯނު ކަނޑާލީމެވެ.

އެވަގުތު އަނެއްކާވެސް އަހަރެންގެ ފޯނުރިންގް ވާންފެށިއެވެ.

“އީތަން. ޕްލީސް ތިހާ ސުވާލު ގިނަ ނުކޮށްބަ.” އަހަރެން ފޯނުނެގުމަށް ފަހު އަވަސް އަވަހަށް ބުނީމެވެ.

“ނަޝާ.. މީ ޝާއިން.” އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އޮފީހުގެ ބޮސް އެވެ. ލަދުން މޮޔަ ނުވީ ކިރިޔާއެވެ.

“ސަރ. ޔޫ.. މްމް ސޯ ސޮރީ.. ދެޓް އީތަން ޑިސްޓާރބިން މީ ލައިކް އެނީ ތިންގ.. އެން އައި ތޯރޓް އީތަން.. އެނީވޭ ވަޓް ހެޕަން..” އަހަރެންނަށް ކިޔުނު ނުކިޔުނު އެއްޗެއްވެސް ނޭނގުނެވެ.

“ރިލެކްސް. ނަޝާ ރިލެކްސް… އަހަރެން މި ގުޅީ އެމެރިކާގައި އޮތް ޕައިލެޓް ކޯހުން ނަޝާއަށް ޖާގަ ލިބުނު ވާހަކަ ބުނަން” ޝާއިން ދިނީ މިވަގުތައް ވަރަށް އުފާވެރި ހަބަރެކެވެ. ސަބަބަކީ އީތަން އާއި ދުރަށްދާނެ ޗާންސްއެއް އަހަންނަށް ލިބުނުކަމެވެ.

“އިޒްއިޓް؟! އަޅެ.. ވަރަށް އުފާވެއްޖެ. ޝުކުރިއްޔާ ސަރ” އަހަރެން އުފަލުން ފުރުނެވެ.

“އެހެންވީމަ ފުރުން އޮތީ އަންނަ ހަފްތާ.. މާދަން އޮފީހަށް އައީމަ ކަންތައް ކުރަންވީގޮތް ކިޔާދޭނަން އޯކޭ..” ޝާއިންގެ ވާހަކަތައް އަހަރެން ކަނުލައި އަޑުއަހަން އިނީމެވެ.

“އާދެ.. ޝުކުރިއްޔާ..” އަހަރެން އުފަލުން ފުއްމާލީމެވެ. އެންމެ ފުރަތަމަ އަހަރެންގެ އުފާ އަހަރެން ހިއްސާކުރީ އަހަރެންގެ ދޮންބެއާއެވެ. އެހެންއިތުރު މީހެއްވެސް އަހަރެންގެ ނެތެވެ.

ކުއްލިއަކަށް އަހަރެންގެ ކޮޓަރި ދޮރުހުޅުވާލައިފައި އެވަނީ އީތަންއެވެ. އަހަރެންގެ މޫނުމަތީގައި ވީ އުފާވެރިކަން ވަގުތުން ފިލާދިޔައެވެ. ނަމަވެސް ހަމައެހިނދު އީތަންއަށް ވެސް އެ އުފާވެރި ހަބަރު ދިނީމެވެ. އަހަރެންގެ ހިތާމަތައް އީތަންއަށް ފޮރުވޭތޯއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އީތަންގެ ކައިވެނި ޕާޓީއަށް އަހަރެން ދިޔައީ އެހެން އެއްވެސް ގޮތެއް ހަމަނެތިގެންނެވެ. ކައިވެނި ޕާޓީގައި ވެސް އަހަރެން މަސައްކަތް ކުރީ ވީ ވަރަކުން އީތަން އާދުރުވެވޭ ތޯއެވެ. އެދެމަފިރިންނަށް ވެސް ނުބަލާ ވޭތޯއެވެ. ނަމަވެސް ހަމަބެލެނީއެވެ. ހުދުކުލައިވެ ވެޑިންގ ޑްރެސްގައި ހުރި އާނާ ހީވަނީ ޕަރީއެއްހެންނެވެ. އެހާވެސް ފުރިހަމައެވެ. އާނާއަށް ބަލާލާ ހަމަ ކޮންމެ ފަހަރަކު އެއީ އަހަރެން ނަމައޭ ހިތައްއަރައެވެ. ފެންކަޅިވެއެވެ. ހިތައް އުނދަގޫވެއެވެ.

ޕާޓީ ނިމެންދެން ވެސް އަހަރެން ޖެހުނީ ޕާޓީގައި މަޑުކުރާށެވެ. އީތަންގެ އެދުމަށެވެ. ޕާޓީގެ ހުރިހާކަމެއްވެސް ނިމިގެއަށް އާދެވުނު އިރު އެއްގަޑި ބައިވަނީއެވެ. ގެއަށް ވަދެވުމާއެކު ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގަތެވެ. ބޭއިޙްތިޔާރުގައި ރޯން ފެށުނެވެ. “އީތަން ޕްލީޒް.. ޑޯންޓް ހާރޓްމީ.. ޕްލީޒް… އައި ކާންޓް ޓޯލަރޭޓް ދިސް އެނީމޯ.. ކީއްވެތަ މަށާ ފްލާރޓް ކުރީ.. ކީއްވެތަ މަށަށް ކެއަރ ކުރީ… ކީއްވެތަ އެންމެ ފަހަރަކުވެސް ނުބުނީ އީތަންގެ ބިޓެއް ހުރެޔޭ…” އަހަރެން ރޮމުން ރޮމުން ވާހަކަދެއްކީމެވެ.

“ނަޝާ” އަހަރެންގެ ރުއިން ވަގުތުން ހުއްޓުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ސިއްރު (ދެވަނަ ބައި)

Next

އިންތިޒާރު 13

Next
March 2, 2015

އިންތިޒާރު 13

Previews
March 2, 2015

ސިއްރު (ދެވަނަ ބައި)

8 Comments!

  1. vaahaka liyaa meehaa says:
    March 2, 2015 at 5:49 pm

    Haadha kurukoh

  2. princy says:
    March 2, 2015 at 9:41 pm

    ekamaku vaa… haadha kurey. pls next part avahah up kohdhehchey.stry aslu v nice.keep it up

  3. athoo says:
    March 2, 2015 at 10:47 pm

    Fuckin story

  4. shahu says:
    March 3, 2015 at 8:22 am

    V reethi.. Next part miahvure thankolheh dhigukollahchey…

  5. aii says:
    March 4, 2015 at 9:27 am

    Dhe thin line liyeveny eh nun…ekam dhe story ehfahara up kuranvane…ekathi nimen dhen ragalhah liyefa anekathi fashaba

  6. md says:
    March 4, 2015 at 10:42 am

    mi dhn koachen.. haadha kurey dhw. vaahka reethi ekam ma kuru veema kiyaa hiy nuvey

  7. Sfgvb says:
    March 4, 2015 at 1:35 pm

    What the hell are you talking Athoo….nt fuckin story..fuckin you… Bloody

  8. shaa says:
    March 5, 2015 at 1:18 am

    Nice story…….. <3

Comments are closed.

Next Episodeއަހަރެންގެ ހައްގެކެވެ. )3ވަނަބައި(←


All Right Reserved!