Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދުވެސް މިހިތުގާ ވެޔޭ (19)

Krystal Level 510 Stories100 Login100 Comments
May 17, 2020 5 Mins Read
25 Comments

” މިހާރު؟ ކޮންތާކަށް ދާންވީ…” ނުހާ ކޮޓަރިއާ ދިމާލަށް ހިގައިގަންނަމުން ބުނެލިއެވެ.

” އާދެ ޑައިނަމޯއަށް އަހަރެންވެސް މިދަނީ އެތަނަށް..” އަކްރަމް މިހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ނުހާ އަވަސް އަވަހަށް ތައްޔާރުވެލައިގެން ބޭރަށް ނުކުމެ ކާރަށް އަރާ ޑައިނަމޯއަށްދާން ނައްޓާލިއެވެ. އަރީކާ ދައްތަ ނުހާއާ ބައްދަލު ކުރަން ބޭނުންވަނީ ކޮންކަމު ހެއްޔެވެ؟ 10 ވަރަކަށް މިނިޓް ތެރޭ ނުހާ ކާރު ޕާރކް ކޮށްލުމަށްފަހު ގޮސް ޑައިނަމޯއަށް ވަނެވެ. އަކްރަމް އިން މޭޒުކައިރިއަށް ނުހާ މަޑުކޮށްލުމަށްފަހު އަރީކާ ދައްތަ އާ ސަލާމް ކޮށްލުމަށް އަތްދިއްކޮށްލިއެވެ.

” އަރީޝާ.. ނުހާ ދޯ ނުހާ ނުދަންނަ މީހެއް މި ރާއްޖޭގަވެސް ނޫޅޭނެ..” ސަލާމްކޮށްލުމަށްފަހު ނުހާ އިށިންނަން ތަންދެއްކިއެވެ.

” ކީއްކުރަން އަރީޝާ އަހަންނާ ބައްދަލު ކުރަން ބޭނުންވީ؟” ނުހާ އަހާލިއެވެ.

” އަހަންނަށް އެގޭ އަހަރެން ކޮއްކޮއާ ހެދި ނުހާއަށް ވަރަށް އުދަގޫތަކެއް ކުރިމަތިލާން ޖެހޭކަން.. އަދި މިހާރުވެސް ކުރިމަތިވާކަން.. އަހަރެން ބޭނުން އަހަރެންގެ ކޮއްކޮގެ ފަރާތުން މާއާފަށް އެދެން..” އަރީޝާ މައާފަށް އެދެމުން ބުނެލިއެވެ.

” އެހެންވިއްޔާ ތިއާއިލާއަށް އެގިގެން ކުރާކަމެއްތައެއީ؟ ކީއްކުރަން؟ އަރީކާއަކީ އަދި ޒުވާން ކުއްޖެއް.. މީހެއްގެ ފިރިއެއް ފަހަތުން ދުވަންޖެހޭ ސަބަބެއް ކޮބަ؟އަނެއްކޮޅުން އަހަރެންމެން ދެމަފިރިންގެ ދަރިއެއްވެސް ހުރޭ ދެން ކީއްވެ..” ނުހާ ސުވާލުތަކެއް އަމުނާލިއެވެ.

” އަހަންނަކަށްވެސް ނޭގެ.. ވަރަށް ވިސްނަދެވޭތޯ އުޅެފިން.. މިއަދު އަހަރެން ނުހާ އާ ބައްދަލު ކުރަން ބޭނުންވީ އަހަރެންނަށް ކުރެވުނު ކުށަށް މައާފަށް އެދެން… މި ވާހަކަ ފަށަން ވީ ގޮތެއްވެސް އަހަންނަކަށް ނޭގެ…  އަހަރެން އަރީކާ އެދުމުގެ މަތިން ނުހާއަށް ފޯލްސް ޕްރެގްނެންސީ ރިޕޯޓެއް ތައްޔާރު ކޮށްދިނިން.. ނުހާ ބަޑުބޮޑުކަމަށް ޑޮކްޓަރު ބުނީ އަހަރެން ތައްޔާރު ކުރި ރިޕޯޓަށް ބަލާފައި..” އަރީޝާ އިސްޖަހާލައިގެން އިދެ ބުނެލިއެވެ.

” ކީކޭ… މޮޔަވީތަ؟ އިގޭތަ ތިކުރި ކަމަކުން އަހަރެން ތަހަންމަލު ކުރަން ޖެހުނު ހިތާމަ… ” ނުހާ ގާތަށް ރުޅިއައެވެ.

” އާނ.. ނުހާ އަހަރެން އެކަމާ ވަރަށް ދެރަވެ ހިތާމަ ކުރަން.. އަހަންނަކަށް ނޭގެ އަހަރެން ކުރި ކުށަށް އަހަންނަށް މައާފް ލިބޭނެ ކަމެއްވެސް.. އެކަމް އަން މީތި… އަހަރެން ގަބޫލު ކުރަން ނުހާ އަހަންނަށް މައާފް ކުރާނެ ކަމަށް..” އަރީޝާ ސިޓީއުރައަކާއި ޕެންޑްރައިވެއް ދިއްކޮށްލަމުން ބުނެލިއެވެ.

“މީ ކޯންޗެއް..” ނުހާގެ ރުޅިގަޑު އަދިވެސް މަޑެއް ނުވެއެވެ. ކޮއްކޮއާއި ދައްތަވެގެން އޭނާގެ މުޅި ދިރިއުޅުން ހަލާކު ނުކޮށްލީ ކިރިޔާއެވެ. އަރީޝާ އިތުރަށް އެއްޗެކޭ ނުބުނެ އެތަނުން ދިޔައެވެ. ނުހާ އަކްރަމްއަށް ބަލާލީ ހަދާނެގޮތް ހުސްވެގެންނެވެ،

” ތޭކްސް އަކޫ.. ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް…” ނުހާ ބުނެލިއެވެ. އަދި އޭނާވެސް ގެއަށް އައުމަށް އެތަނުން ނުކުމެގެން ހިގައިގަތެވެ.

***

ނުހާ ގެއަށް އައިސް އަރީޝާދިން ސިޓީ އުރަށް ކަޑާލިއެވެ. އޭގައި އިނީ އަރީކާގެ ނަން ޖަހާފައި އިން ޕްރެގްނެންސީ ރިޕޯޓެކެވެ. ނުހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝާން މިހާ ދަށު ދަރަޖައަކަށް ވެޓިދާނެކަމަކަށް ނުހާ ހިތަކަށްވެސް ނާރައެވެ. ނުހާއާ އެހާ ދުރުން ޝާން އުޅުނު ސަބަބު މިހާރު ނުހާއަށް އިގިއްޖެއެވެ. ޕެންޑްރައިވް ނަގާ ލެޕްޓޮޕަށް ޖަހާލީ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަމުންނެވެ. ޕެންޑްރައިވްގައި އިނީ އޯޑިއޯ ފައިލްއެކެވެ. ނުހާ ހެޑްސެޓް ޖަހާލުމަށް ފަހުއެ ފައިލް ޕްލޭ ކޮށްލިއެވެ.

  • ” އަދިވެސް ރިޕޯޓް ނެހެދޭތަ.. މިހާޜު ކޮން ދުވަހެއް.. ޝާން އަހަރެން ބަޑުބޮޑުކަމުގެ ހެކި ހޯދަން ބުނެފިއްޔާ އަހަރެން ކޮންތާކުން އެނެރެނީ.. އަވަހަށް ރިޕޯޓު ތައްޔާރުކޮށްފަ ގުޅާ.. އަހަރެން ބަޑު ބޮޑު ނުންކަން ޝާންއަށް އެގިއްޖެއްޔާ އަހަންނަކާ އޭނަ ނީންނާނެ..-

އަރީކާގެ އަޑު ނުހާއަށް އިވެމުން ދިޔައެވެ. އަރީކާ މިހާ ދޮގުހަދައިގެން ޝާންއާ އިނުމުގެ މަގްސަދަކީ ކޮބާބާއެވެ. ހަމަ ލޯބިވާތީ ހެއްޔެވެ. ނުހާ ޕެންޑްރައިވްގައި އިން ފައިލް ފޯނަށް އަޅާލިއެވެ. ނުހާ އިންތިޒާރު ކުރަމުން ދިޔައީ އަރީކާއާއި ޝާން ގެއަށް އަންނާނެ އިރަކަށެވެ. މިއަދު ކޮންމެ ގޮތެއް ހަދާފައިވެސް ނުހާ އަރީކާގެ ރޭވުން ފަޅާއަރުވާލާނެއެވެ.

***

ޒާން ސްކޫލު ނިންމާލުމަށްފަހު ޔޫނުސް އާއެކު ޖޫގޯ ބޯން ޖެލީ އަށް ދިޔައީ އެކިއެކި ވާހަކައިގާ ތިބެގެންނެވެ. ޔޫނުސްއަށް ޒާންގެ ހުރިހާ އެއްޗެއް އެގޭފަދައިން ޒާންއަށްވެސް ޔޫނުސްގެ ވަރަށް ގިނަ ކަންތައްތައް އެގެއެވެ. ޖެލީ ކުރިމައްޗަށް އެރިތަނާހެން ނުހާ ޒާންއަށް ގުޅިއެވެ.

” ދަރިފުޅާ.. ކޮންތާކު؟ ކޮން އިރަކު ގެއަށް އަންނަނީ..” ނުހާ ބޭނުންވީ ޒާން ގެއަށް އަންނާނެ އިރެއް ހޯދުމަށެވެ. އަނެއްކާ ގޭތެރޭގައި މިއަދު ހިގާފާނެ ހަމަނުޖެހުމެއްވެސް ނުހާ އަކަށް ބުނާކަށް ނޭގެއެވެ. އޭނާގެ ރުޅި ވަނީ އހާވެސް ގަދަވެފައެވެ.

” މަންމާ އަޅުގަޑު ޔޫނުސް އާ އެއްކޮށް ޖޫގޯބޯން އައިސް މިހިރީ.. އަދި އެބަޖެހޭ އެސައިމެންޓެއް ނިންމަން އެހެން ކުއްޖެއް ގެއަށްވެސް ދާން… ލަސްވާނެކަންނޭގެ..” އަތުގެ އިޝާރާތުން ޔޫނުސް ކައިރީ އޯޑަރދޭން ބުނުމަށްފަހު ޒާން އަނެއް ފަރާތަށް އެބުރިލީ ނުހާގެ ރާގު އެހެން ދުވަސް ދުވަހަށް ވުރެ ތަފާތު ވުމުން ކަންބޮޑުވެގެންނެވެ.

” މަންމާ.. އިޒް އެވްރީތިންގް އޯލް ރައިޓް..” ޒާން މަޑުމަޑުން އަހާލިއެވެ. ނުހާ އާނއެކޭ ބުނުމަށްފަހު ފޯނުބޭއްވިއެވެ. ޒާންއަށް ނުހާ ހަދަނީ ދޮގުކަން އެގުނެވެ. ގެއަށް ވީހާވެސް އަވަހަށް ދާން ޒާން ހުރީ ބޭޏުންވެފައެވެ. ޔޫނުސް ކައިރިއަށް ދިއުމަށް ޒާން އެބުރިގަތް ވަގުތު އަންހެން ކުއްޖެއް ގައިގާ ޒާން ޖެހި އެކުއްޖާ ވެއްޓެން ދިޔައެވެ. ޒާން އަށް ބޭއިހްތިޔާރުގައި ހިފުނީ އެކުއްޖާ އަތުން ވެއްޓެން ދިޔަ ޖޫގޯ ތަށީގައެވެ. ކައިރީގައި ތިބި އެންމެން ޒާންއަށްބަލާލީ އަންހެން ކުއްޖާ ބިންމައްޗަށް ވެއްޓިފައި އޮތްއިރު ޒާން އެކުއްޖާ ނަގާ ނުދިނުމުންނެވެ. އަވަސް އަވަހަށް އަންހެން ކުއްޖާގެ އަތުގައި ހިފާނަގާލިއެވެ. އަދި އޭނާގެ މޫނަށް ބަލާލިއެވެ.

“އޮހޯ… ޔޫނުސް ކަލޭ ކޮން އިރަކު ބުރުގާ އެޅީ… މަނުދަންނަން ކަލޭއެއް..” އަންހެން ކުއްޖާއަށް ބަލާލަމުން ޒާން ބުނެލިއެވެ. އެވަގު އަތަށް ދެ ޖޫގޯ ތަށި ލައިގެން ޔޫނުސް އައިސް މަޑުކޮށްލުމުން ޒާންގެ ދެލޯ ބޮޑުވިއެވެ. ކައިރީގައި މިހިރަ އަންހެން ކުއްޖާ ޔޫނުސްއާ އެއްވެސް ތަފާތެއް ނެތެވެ. އަހްމަދިއްޔާ ޔުނީފޯމްގައި ހުރިއިރު އެތާ ތިބި އެންމެނަށްވެސް ޔޫނުސް އާއި އެ އަންހެން ކުއްޖާ އޮޅިދާނެއެވެ.

” ޔޫނާ.. މިތާ ކޯއްކުރަނީ..” ޔޫނުސް ޔޫނާގެ ގައިގާ ކޮއްޓާލަމުން އަހާލިއެވެ. އޭރު ޔޫނާ ހުރީ ޒާންގެ ރީތިކަމުން ގޮސް ޒާންއަށް ގެއްލިފައެވެ.

” ދޮންބޭ.. މިހާ ހޭންޑްސަމް ރައްޓެއްސެއް ހުންނަ ވާހަކަ ކީއްވެތަ ކުރިން ނުބުނީ..” ޔޫނާއަދިވެސް ހުރިގޮތަށް ހުރެ ބުނެލިއެވެ.

“ތެދެއް ޔޫނުސް ކީއްވެތަ މިހާ ރީތި ކޮއްކޮއެއް ހުންނަވާހަކަ އަހަރެން ކައިރީ ނުބުނީ…” އަތުގައި އޮތް ޖޫގޯ ތަށި ޔޫނާއަށް ދިއްކޮށްލަމުން ޒާން ބުނެލިއެވެ. ދެމީހުން ހީވީ ފުރަތަމަ ނަޒަރުން ލޯބިވެވުނު ހެންނެވެ. ޔޫނާ އަކީ ޔޫނުސްގެ ޓުވިންސް ކޮއްކޮއެވެ. ޒާން ޖޫގޯ ބޯން މަޑުކޮށްލަން ޔޫނާ ކައިރީ ބުނެލިއެވެ. ޔޫނުސް ބޮލުގައި އަތް އަޅާލީ ދެން އޭނާ އެތާގައި ހުރމުގެ ބޭނުން ކެޑިއްޖެކަން ވިސްނުމުންނެވެ.

***

ހަވީރު ވުމުން ނުހާ ބެލްކަނީގައި މަޑުކޮށްލައިގެން ހުރީ ޝާން އާއި އަރީކާ އާދޭތޯ ބަލަންށެވެ. ދެމީހުން އެއްކޮށް ހިގާފައި އަންނަތަން ނުހާއަށް ފެނުނެވެ. ސިޓިންގްރޫމަށް ވަދެ ޕެންޑްރައިވް ޓީވީއަށް ޖަހާލިއެވެ. އަދި އެދެމީހުން ގެއަށް ވަންނަންދެން ސޯފާގައި އިށީދެލިއެވެ. ޝާން ގެއަށް އެޅި ފިޔަވަޅު ފަހަތަށް ޖެހުނީ ނުހާ އެއްލި ބާލިސް ހިފުމަށެވެ. ނުހާގެ މުޅި މޫނު ވަނީ އެއްކޮށް ރަތް ވެފައެވެ. އެ ރީތި ދެލޮލުން ކަރުނަތައް ފައިބަ ފައިބާ ހުއްޓެވެ. އަރީކާވެސް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.

” ޝާން ބައްޕައަކަށް ވަނީތަ؟ އެއީ ތެދެއްތަ އަރީކާ…” ނުހާ ސުވާލު ކޮށްލީ ދެމީހުންނަށް އެއްފަހަރާއެވެ. ޝާން އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ބާލިސް ހިފައިގެން އެތެރެއަށް ވަދެ ނުހާ ގާތުގައި އިށީދެލިއެވެ.

” ދުރަށްދޭ… ތި ދެމީހުންގެ އޮންނަނީ ތިކަހަލަ ގުޅުމެއްތަ؟ އަހަރެން ކައިރީ ރައްޓެހި ކަމޭ ކިޔާ އޮޅުވާލީ..” ނުހާ އަށް ރޮވެމުން ދިޔައެވެ.

” ނުހާ ކާކު ކީކޭ ކީ؟ އަހަންރެން ބައްޕައަކަށް ވަނީޔޭ… ކާކު ބުނީ..” ޝާން ހަމޖެހިލެވޭތޯ ބެލިއެވެ.

” ނޭގޭކަމަށް ހަދާނެ ކަމެއް ނެތް.. އަރީކާ އިނީ ޝާންގެ ދަރިއަކަށް ބަލިވެނުން..” ނުހާ މިބުނެލި ޖުމްލައިން ޝާންއަށް ތެޅިގަނެވުނެވެ. އަދި އަރީކާއަށް ރުޅިވެރި ގޮތަކަށް ބަލާލިއެވެ. އަރީކާ ނޭގެއޭ ބުނާފަދަ ގޮތަކަށް ދެކޮޑު ހިއްލާލިއެވެ.

” ނުހާ… އެއީ ހުސްދޮގު… އެހެންނެއް ނުވާނެ…” ޝާން ނުހާއަށް ވިސްނަދެވޭތޯ އުޅުނެވެ.

” ދޮގޭ.. ޝާން އަހަރެން ބުނީމެއްނުން އަހަރެން ބަޑުބޮޑޭ.. ދެން ނުހާއަށް ކިޔާދީބަލަ.. ކީއްކުރަން ސިއްރު ކުރަނީ ހުރިހާ އެއްޗެއް ނުހާއަށް އެގޭ އިރު..” އަރީކާ ނުހުރެވިގެން ބުނެލިއެވެ.

” ކަލޭ މިދޭތެރެއަށް ނުވަދެ ހުރޭ.. ކަލެއާ ހެދި އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ވެއްޖެ… ކަލެއާ ދިމާނުވިނަމައޭ އަހަރެން ހިތައްއަރާ…” ޝާންއަށް ހަޅޭއްލަވައިގަނެވުނެވެ. ނުހާވެސް ހައިރާންވެފައި ޝާންއަށް ބަލާލިއެވެ.

” ނުހާ އަހަރެން ލޯބިވަނީ ހަމައެކަނި ނުހާ ދެކެ.. ނުހާ ތީ އަބަދުވެސް އަހަރެންގެ ހިތުގެ ރާނީއަކީ… ނުހާ… އަހަރެން ބުނީމެއްނުން އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތޭ…” ޝާން ވާހަކަ ދައްކަމުން ދިޔައެވެ.

” އަހަންނާ އަރީކާ ދިމާވީ މީގެ 15 އަހަރު ކުރިން މެލޭއިން.. ހަދާންވޭތަ އަރީކާ ބުނިހަދާން.. އޭނާގެ މައިންބަފައިން މިދުނިޔެ ދޫކޮށްދިޔައީ އެކްސިޑެންޓެއްގެ ސަބަބުންނޭ… ހަދާންވޭތަ… އާނ ނުހާ އެފަހަރު އަހަރެން އިން ޓެކްސީ ގޮސް އަރީކާގެ މައިންބަފައިން އިން ކާރުގައި ޖެހުނީ… އަހަންނަކަށް ނޭގޭ އެ އެކްސިޑެންޓްގަ އަރީކާ މައިންބަފައިން ނިޔާވިކަމެއް… އަހަރެން އެދުވަހު އެކްސިޑެންޓަށްފަހު ދިޔައީ އަހަރެންގެ ޓެސްޓް އޮތީމަ ޓެސްޓަ.. އަހަރެން ފިލީކީ ނުން… އަހަންނަށްވެސް އެކިވަރުގެ އަނިޔާ ލިބުނު… ޓެސްޓް ނިންމާލުމަށްފަހު ގެޔަށް ދިޔަ މަގުމަތީ އަހަންނަށް ހަބަރު ލިބުނީ އެ އެކްސިޑެންޓުގަ 2 ދިވެއްސަކާއި 1 މެލޭޝިއާ މީހަކު ނިޔާވިކަން… އަހަރެން ހިތުން ދުވަހަކުވެސް އެކަމެއް ނުފުލާނެ… އަހަރެން ހޮސްޕިޓަލަށް ދިޔައީ އެމީހުންގެ މޫނު ފެންނާނެ ކަމުގެ އުންމީދުގަ… އަހަންނަށް ފެނުނީ އަރީކާ އެދުވަހު ހޮސްޕިޓަލް ތެރޭ އޭނާގެ މަންމަ އާއި ބައްޕަ ސަލާމަތް ކޮށް ދިނުމަށް ރޮއެ އާދޭސް ކުރިތަން.. އަހަރެންގެ ހިތްވަރު އެލުނީ.. އަރިކާ ހުރި ހާލު ފެނިފަ އަހަރެން އަހަރެންގެ އަމިއްލަ ނަފްސްދެކެ ރުޅިއާދެވުނު… އަހަރެންގެ ސަބަބުން އެމީހުން މަރުވިކަމުގައި ގަބޫލު ކުރެވެން ފެށުނު… އަރިކާ ބުނީމެއްނުން އަރީކަށް އެހީތެރިކަން ފޯރުކޮށްދިން މީހެއްގެ ވާހަކަ.. އެއީ އަހަރެން.. އަހަރެން އެހެން ކަންތައް ކުރީ އަހަރެންގެ ނަފްސަށް ހަމަ ޖެހުމެއް ހޯދުމަށް.. އެކަމަކު އަހަންނަކަށް އެއްވެސް ހަމަ ޖެހުމެއް ނުލިބުނު… އަހަރެން އަހަރެންގެ އަބިމީހާއަށް ދުރުވާން ފެށިން.. އަހަންނަށް ގަބޫލު ކުރެވުނު ގޮތުގައި ނުހާ ކަހަލަ މާތް މީހަކަށް އަހަރެން ކަހަލަ ނުލަފާ މީހަކު ހައްގެއް ނުން… އަހަރެން އެހާ ވަރަށް ނުހާ ދުރު ކޮށްލިއިރުވެސް ނުހާ އަހަންނާއި ދުރަކަށް ނުދިޔަ… އަހަރެން އަރީކާއާ ރައްޓެހި ވީ އަރީކާ ކުރި އާދޭހުން..” ޝާން ވާހަކަ ކިޔާ ދެމުން ދިޔައިރު ނުހާ އަދި އަރީކާގެ ލޮލުންވެސް ކަރުނަ އައިސް އައިސް ހުއްޓެވެ. އަރީކާގެ ފަހަތުގައި ޒާން ހުރީ ދެކެވެމުން ދިޔަ ވާހަކަ އަޑުއެހުމަށް ދެލޯ ބޮޑު ކޮށްލައިގެންނެވެ. އޭރު އެތާ ޒާޏް ހުރިކަން ތިންމީހުންތެރެއިން އެކަކަށްވެސް ނޭގެއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

އެހެނަސް 16(ފަހުބައި)

Next

ލޯ ފޮހެލާދޭށެ މަގޭ 11

Next
May 17, 2020

ލޯ ފޮހެލާދޭށެ މަގޭ 11

Previews
May 17, 2020

އެހެނަސް 16(ފަހުބައި)

25 Comments!

  1. ?Ril? says:
    May 17, 2020 at 11:37 pm

    Varah sali ingey. Masha Allah. Hama awesome ❤❤❤ SAARANGEY❤❤❤

    1. Krystal says:
      May 19, 2020 at 11:42 am

      ❤ Thank you ril
      Saranghae.. take care

  2. Krystal fan says:
    May 18, 2020 at 4:21 am

    Very nice

    1. Krystal says:
      May 18, 2020 at 1:53 pm

      Nice name… and thank you.. ?

  3. Sana says:
    May 18, 2020 at 4:24 am

    Rangalhu shaan adhi ehchekey bunan maa lasvejje… thi areeka fonuvaalabala…

    1. Krystal says:
      May 18, 2020 at 1:54 pm

      Asluves dhw sana… sana vidhaalhuvigotheh hama…

  4. Izabell says:
    May 18, 2020 at 4:47 am

    Ma Sha Allah. Mi part vx varah reethi ??????????????Ebunaahen Arikaa fonuvaalabala. Dhw Sana. Nd Zaan are Yunaa ge seen haadha cute ey. ❤❤❤❤❤❤❤❤ ly

    1. Krystal says:
      May 18, 2020 at 1:55 pm

      Thank you izabell…
      Mihaatu arika fonuvaalymaa dheythere varah visnan vejje.
      Hahaha.. zaan ekani nukohllan kuri request ah ithuru kohly… ☺

  5. blue bird says:
    May 18, 2020 at 8:37 am

    Maashaa Allah v v v v v furihama……. Your story is locking my mouth from saying anything!!! Bunnane ehchehves neyge…..keep it up…… Maashaa Allah your story is very successful……. Stay home stay safe…… Love you my dear dear eonnie??????I PURPLE U ALWAYS????

    1. Krystal says:
      May 18, 2020 at 1:57 pm

      Thank you dongsaeng ?
      You too sweety.. stay home stay safe… saranghae ❤❤

  6. Aisha says:
    May 18, 2020 at 11:28 am

    Wow… masha allah… krystal you are so talented.. i started reading this story because one of my friend recommended me this.
    Ebunaahen varah reethi heevany loa kurimathy sifa vaahen..

    1. Krystal says:
      May 18, 2020 at 1:58 pm

      Thank you aisha..
      Wow is it??? I am so happy that people are actually reccomending my story… hope you like it!!!

    2. Park Jimin says:
      May 18, 2020 at 8:22 pm

      Masha Allah Vvvvv Vvvvv.. Hama habeys Sifakuruntha Varah reethi… Sis thy Esfiya site ga huri javaahiru gandeh… Hevany KOREAN Series eh balaileveyhen…

    3. Aisha says:
      May 18, 2020 at 10:17 pm

      Yes I like it very much. Thank you for writing such a nice story…

    4. Krystal says:
      May 19, 2020 at 11:44 am

      Park jimin.. thee hama javaahiru gadeh…?
      Hahaha…

    5. Krystal says:
      May 19, 2020 at 11:45 am

      Aisha I want to thank you for liking this story so much… its my pleasure to bring these stories to the readers…

  7. Laya says:
    May 18, 2020 at 11:56 am

    Mi part ves varah reethi.. when next part??
    Curiously waiting….

    1. Krystal says:
      May 18, 2020 at 1:59 pm

      Thank you laya…
      Next part maadhan insha allah. Thats the last part… hope u will enjoy it…

  8. Park Jimin says:
    May 18, 2020 at 5:48 pm

    OMG… I can imagine every scene..stry hama best.. Alhey mioh reethi story Avahah nunimahchey… Mi stry ah flim hedhiyas rangalhu vaane.. Mistakes eh nuvec neiy ingey.. Maa loabi kamun neygun kiyaa nimun iru vec??? Nxt part kiyaahithun kehmdhuvefa mihury.. Emme curious kuruvrfa thi..Vrh dheravey Komme part akah comment nukurevethy…bxy vymaa ingey sis… Hope you will forgive me.. I will try my best to comment.. Sis ge haalu kihineh thah.. I hope ingey u r fine kamah as me.. LYSM SIS ❤️ ❤️ ❤️ ❤️ ❤️ Saranghae ? ? ?
    Take care be safe

    1. Krystal says:
      May 19, 2020 at 11:48 am

      Long time jimin ah….. missed you ???
      Awwnnn… jimin dhen kihineh hadhaany mihaaru emme fahu part ekani iny up nukoh ?
      Jimin film eh hadhaa dheyn v nun…
      Its okay as long as you read the story and like it.. however glad to see your comment.. gives me more motivation ❤❤
      Alhamdulillah I am fine…
      I purple you ???
      Take care and be safe my sweet jimin❤❤❤

  9. Krystal fan says:
    May 18, 2020 at 10:16 pm

    I am your fan… hehe sorry if it make you offended.

  10. Queen says:
    May 19, 2020 at 12:17 am

    Nice

    1. Krystal says:
      May 19, 2020 at 11:49 am

      Thanks queen… ❤

  11. Nash says:
    May 20, 2020 at 7:35 pm

    When next

  12. aayoo says:
    May 20, 2020 at 11:01 pm

    When next……

Comments are closed.

Next Episodeއަބަދުވެސް މިހިތުގާ ވެޔޭ (ފަހުބައި)←


All Right Reserved!