ޝާން އެދުގައި އިދެފައި ދުވެފައި ކަހަލަ ގޮތަކަށް އައިސް ނުހާގެ އަތުގައި ހިފިއެވެ. ނުހާގެ ލޮލުން ކަރުނަތައް ފައިބަންފެށިއެވެ. ފިރިހެނުން ވާނީ ފިރިހެނުންނަށެވެ. ދުވަހަކުވެސް އިސްލާހެއް ނުވާނެއެވެ. މިހާރު ގޭތެރޭގައިވެސް ދެމީހުންގެ ގުޅުން ކުރިއަށްގެންދަނީއެވެ. ނުހާ ކުއްލިއަކަށް ބޮލުގައި ރިއްސައިގަތެވެ. ބޮލުގައި އަތް އަޅާ ހަޅޭއްލަވައިގަތެވެ.
” ދުރައްދޭ… މުޑުދާރު…” ނުހާ ޝާންގެ އަތް ފޮޅާލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ޝާން ނުހާގެ ފަހަތުން ނުކުތެވެ. އަރީކާ ގާތަށް ހިނިއައީ އޭނާ ބޭނުންވި ގޮތަށް އެކަން ވީމައެވެ. އޭނާ ބޭނުންވީ ނުހާ ރުޅި އައިސްގެންވެސް ޝާން އާ ދުރަށް ދިއުމަށެވެ. ޝާންގެ ފޯނު ރިންގްވާން ފެށިއިރު ޝާންއަށް އޮތީ ނިދިފައެވެ. އެހެން ކަމުން އަރީކާ ތެދުވެގެން ގޮސް ފާހަނައަށް ވަދެ ބޯތެންމާލައިގެން ނުކުތީ ނުހާއަށް އެދެމީހުން ދެމެދުގައި ގުޅުމެއް ވާކަން އެންގުމަށެވެ.
ޝާން ގޮސް ކޮޓަރިއަށް ވަދެ ނުހާގެ ގައިގާ ބައްދާލިއެވެ.
” ނުހާ ޕްލީސް.. އަހަރެން ދެކެ ރުޅި ނާދެބަލަ.. ” ރޮމުން ދިޔަ ނުހާ ހުއްޓުވޭތީ ޝާން މަސައްކަތް ކުރިއެވެ. މީގެ ކުރިން ނުހާ ރޯން ފަށައިފިނަމަ ޝާން ނުކުމެގެން ދަނީއެވެ. ނަމަވެސް މިއަދު އޭނާ ނުހާ ކައިރީ ހުރީ ނުހާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ނުހާ ހަމައަކަށް އެޅެންދެން ޝާން ނުހާ ގައިގާ ބައްދާލައިގެން ހުއްޓެވެ. އަރީކާ އެކޮޓަރީގެ ބޭރުގައި ހުރީ ނުހާ އާއި ޝާން ޒުވާބު ކުރާނެ ކަމަށް ހީކޮށެވެ. ކަތްފަތް ދޮރުގައި ޖައްސާލައިގެން ހުއްޓާ އަރީކާ ސިއްސައިގެން ދިޔައީ ޒާން ކުއްލިއަކަށް އައިސް އެދޮރުގައި ކަންފަތް ޖައްސާލުމުންނެވެ. ލިބުނު ސިހުމުން އަރީކާ ވެއްޓެން އުޅެނިކޮށް ޒާން އަރީކާ ހިފިއެވެ. ޒާން ކަޅި އަރީކާއަށް ހުއްޓިފައި ހުއްޓެވެ. ކުއްލިއަކަށް ނުހާ ކޮޓަރި ދޮރު ހުޅުވާލިއެވެ. އަރީކާ ގައިގާ ހިފަހައްޓާއިގެން ހުރުމަށްފަހު ޒާން އަރީކާ ގައިން ދޫކޮށްލީ ނުހާ ނުކުތުމުންނެވެ. އަރީކާ ވެއްޓި ޖެހުނު ގޮތުން ފޫކޮޅުގައި ރިއްސައިގަތެވެ.
” އައުޗް..” ވީ ތަދުން އަރީކާ ބުނެލިއެވެ.
” ސޮރީ..” ޒާން ހަދާނެގޮތެއް ނޭގިގެން ގޮސް ކޮޓަރިއަށް ވަނެވެ. ޒާން މިހެން އަރީކާގެ އަވައިގާ ޖެހިފައި ހުއްޓާ މިހާރު ނުހާއަށް ދެފަހަރު ފެނިއްޖެއެވެ. ނުހާ އިތުރަށް ވެދިޔަ ކަންތަކުގެ ވާހަކައެއް ނުދައްކައެވެ. ޝާން އޭނާގެ ހިތުގައިވާ ސިއްރުތައް ނުހާއަށް ކިޔައިދޭން ބޭނުމެވެ. ނަމަވެސް ނުހާ އޭނާއަކަށް އެފުރުސަތެއް ނުދެއެވެ.
ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ދިޔައެވެ. ނުހާ ތައްޔާރުވަމުން ދިޔައީ އެވޯޑް ހަފްލާއަށް ދިއުމަށެވެ. ހެދުން ލައި މޭކަޕްކޮށް ތައްޔާރުވެގެން ސިޓިން ރޫމްގައި މަޑުކޮށްލީ ޝާން ތައްޔާރުވެގެން ނުކުންނަންދެނެވެ. ޝާން ކޮޓަރިން ނުކުމެގެން އައެވެ. ނުހާއަށް ޝާންއާ ދިމާލަށް ބަލަން ހުރެވުނެވެ. ޝާންގެ ރީތިކަން މިރޭ އިތުރަށް ފުރިހަމަވެގެން ދިޔައީ ލައިގެން ހުރި ކޯޓުފަޓުލޫނުގެ އިތުރުން އޭނާގެ ތަނަވަސް ނިއްކުރި ފެންނަގޮތަށް ފުނާއަޅާފައި ހުރުމުންނެވެ. ޝާންވެސް ހިގާފައި އަންނަމުން ނުހާގެ ރީތިކަމަށް ހިތާ ހިތުން ތައުރީފުކުރިއެވެ. ނޫ ކުލައިގެ އެސްތަކުން ޖަރީ ކޮށްފައިވާ އެހެދުން ނުހާއާ ވަރަށް ގުޅެއެވެ. އާންމުކޮށް އައްސާފައި ހުންނަ ފަން އިސްތަށިގަޑު ވަނީ މިރޭ ނިއުޅުވާލާފައި ރީތިކޮށް ފުނާއަޅާފައެވެ. މޭކަޕް ކޮށްފައި ހުރިލެއް ފުރިހަމަ ކަމުން ނުހާ ފެނިގެން ދަނީ ސާދަވިލޭރޭ ހަދެއް ފަދައިންނެވެ. ދެމީހުންނަށް ހިތަށް އައި އެއްޗަކުން ހެވުނެވެ.
” ވާވް.. މަމް.. ޑޭޑް.. ހީވަނީ އަލަތު ކައިވެނި ކޮށްގެން އުޅޭ ދެ މީހުންހެން.. ވަރަށް ސަޅި… ” ޒާން ފޯނު ނަގައިން އައިސް ފޮޓޯއެއް ނަގާލިއެވެ. ނުހާ ލަދުރަކި ގޮތަކަށް ހީލިއެވެ.
” ނުހާ އެއޮއްއައީ ވޭން..” އަރީކާ ބެލްކަނީގައި ހުރެފައި ޒީ ބަލާ އައުމުން ގޮވާލިއެވެ. އަރީކާވެސް ހުރީ ވަރަށް ނަލަ ހެދިލައިގެންނެވެ. އޭނާވެސް މިރޭ ރައްޓެއްސެއްގެ ދައުވަތަކަށް ޕާރޓީއަކަށް ދާ ވާހަކަ ނުހާގާތުގައި ބުނެފައިވެއެވެ. އަރީކާ ފަހަތް ބަލާލިވަގުތު ޝާން ފެނުނެވެ. އަދި ޝާންގެ ރީތިކަމަށް މަޑު މަޑުން ތައުރީފް ކޮށްލެވުނެވެ.
***
ހުރިހާ އެންމެން ކަހަލަ ގޮތަކަށް ހަފްލާއަށް އައިސް ހަމަޖެހިލިއެވެ. އެކި އެކި ތަރިން އެކަކު އަނެކަކާ ސަލާމް ކޮށް ހަދާލާ އެމީހަކަށް ހާއްސަ ކުރެވިފައިވާ ގޮޑީގައި އިށީދެލިއެވެ. ހަފްލާ ފެށިގެން ކުރިއަށް ދިޔައެވެ. ކޮންމެ އެވޯޑޭއް އިއުލާން ކުރަމުން ދިޔައިރު ނުހާ އިނީ ޝާންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ނުހާއަށް ތިން އެވޯޑު ލިބިއްޖެއެވެ. ދެން އިނީ އޭނާ އެންމެ ބޭނުންވާ އެވޯޑު އިއުލާން ކުރާ ވަގުތެވެ. ނުހާގެ ހިތް ތެޅެމުންދިޔައެވެ. ނޮމިނޭޓް ވެފައިވަނީ ނުހާއާއި، އަރިންނާއި ނިޝާއެވެ. ޝާން ނުހާގެ އަތުގައި ބާރަށް ހިފާލިއެވެ.
” އާދެ މިއޮތީ މިރޭގެ އެންމެ މުހިންމު އެއް އެވޯޑު… ކާކުތޯ މިއެވޯޑު ގެންދާނީ…” އެވޯޑް ހަވާލުކުރަން އައި ޔޫސުފް ސަކަ ގޮތަކަށް އަހާލިއެވެ. ހަފްލާގައިތިބި ދެތިން މީހަކު ނުހާ އޭ ކިޔާ ގޮވާލި އަޑު އިވުނެވެ.
” 2020 ވަނަ އަހަރުގެ ފިލްމްފެއާރ އެވޯޑްގެ އެންމެ މޮޅު އަންހެން އެކްޓަރަކީ….. ޑިންޑިންޑިން.. އާދެ އަރިން…” ޔޫސުފް މިހެން ބުނެލުމަށްފަހު އަތްޖަހަން ފެށިއެވެ. ނުހާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަރިން ކުޅުނު ފިލްމްވީ ބޮޑު ފްލޮޕަކަށެވެ. ނަމަވެސް އޭނާއަށް އެލިބުނީ އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑެވެ. ނުހާ އާއި ޝާންގެ ދެލޯ ބޮޑުވެގެން ދިޔައީ އެވޯޑާ ހަވާލުވާން އަރީކާ ގޮސް ސްޓޭޖަށް އެރުމުންނެވެ.
” އާދެ އަޅުގަޑޫގެ ކޮއްކޮ މިރޭ ރާއްޖޭން ބޭރުގަ ހުރުމުން އަޅުގަޑު މިއެވޯޑާ މިހަވާލު ވަނީ.. ކޮއްކޮ އަށް މި އެވޯޑު ވަރަށް ރައްކާތެރިކަމާއެކު ހަވާލުކޮށްދޭނަން..” އަރީކާ މައިކް ކައިރިއަށް ގޮސް ބުނެލިއެވެ. އެންމެންގެ ލޯތައް އަމާޒުވީ ނުހާއަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަރީކާ ހުރީ ނުހާ ލައިގެން ހުރި ހެދުމާ ވަރަށް ވައްތަރު ހެދުމެއް ލައިގެންނެވެ. ހަމައެކަނި ތަފާތަކީ ހެދުމުގެ ކުލައެވެ. ނުހާ ލަދުގަންނަ ގޮތްވިއެވެ. ނުކުމެގެން ހިގައިދާނަމޭ ނުހާގެ ހިތަށް އަރަމުން ދިޔައެވެ.
- އަރީކާގެ ހުރޭ ކޮއްކޮ އަކާއި ދައްތަ އެއް.. ކޮއްކޮއަކީ ފިލްމް ކުޅޭ މީހެއް. ދައްތަ މަސައްކަތް ކުރަނީ އޭޑީކޭގެ ލެބޯޓަރީގަ.-
އަކްރަމްގެ މެސެޖެއް ނުހާއަށް އައެވެ. ނުހާ މެސެޖް ކިޔާލުމަށްފަހު އަކްރަމްގާތު އަރީކާގެ ދައްތައާ ބައްދަލު ވާނެ ގޮތެއް ހަދައިދިނުމަށް އެދުނެވެ.
ހަފްލާ ނިންމާލުމަށްފަހު ނުހާއާއި ޝާން އައި ގެއަށެވެ. އަރީކާގެ ސަބަބުން ނުހާގެ މުޅި މޫޑުވަނީ ހަރާބުވެފައެވެ. އައިގޮތަށްއައިސް ލައިގެން ހުރި ބޫޓުބޭލުމަށްފަހު ސޯފާގައި އިށީދެލިއެވެ.
“ޝާންގެ ރައްޓެއްސަކަސް މާ މައްޗަށް އެދަނީ.. އޭނަ ހުންނަނީ އަހަންނާ ޖައްސާލައިގެންތަ؟ ” ނުހާ ތުން ދަމާލުމަށްފަހު ބުނެލިއެވެ.
” ނުހާ އަހަރެން ނުހާ ގާތު ވަރަށް ބޮޑޫ ވާހަކައެއް ބުނަން އެބައޮތް..” ޝާން ހިއްވަރު ކޮށްލާފައި ބުނެލިއެވެ. ޒާން ކޮޓަރިން ނުކުމެގެން އައީ އެވަގުތުއެވެ. އެހެން ކަމުން ޝާން އެއްޗެކޭ ނުބުނެ އިށިދެލިއެވެ.
” ވާވް.. މަންމާ ހާދަ ގަދައޭދޯ…. ތިން އެވޯޑް… ސެލެބްރޭޓް ކުރަން ހިނގާ..” ޒާން ނުހާގެ އެވޯޑު ތަކަށް ދޮނެއް ދެމުން ބުނެލިއެވެ. ޒާން އައުމުން ނުހާވެސް ޝާންވެސް ކަމެއް ނުވާކަމަށް ހަދާލިއެވެ. އަދި އިރުކޮޅަކު ޒާންއާ ވާހަކަ ދައްކަން އިނުމަށްފަހު ނިދަންވެގެން ގޮސް ކޮޓަރިއަށް ވަނެވެ.
ފޯނު ސޯނާވާ އަޑަށް ނުހާއަށް ހޭލެވުނެވެ. ދެލޯ އުގުޅަމުން އެދުން ތެދުވެ ފާހަނައާ ދިމާލަށް ހިގައިގަތެވެ. އޭރު ގަޑިން 6 ޖަހާ ބޮޑުވެއްޖެއެވެ. އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް ސައި ހެދުމަށްފަހު ނުހާއައިސް ޝާންއަށް ގޮވާ އޮފީހަށްދާން ތެދުކުރުވިއެވެ. ޝާން އާއި ޒާން ދިއުމުން ނުހާ އައިސް ތަށިތައް ދޮންނަން ހުއްޓާ ފޯނު ރިންގްވާން ފެށިއެވެ. ދެއަތިގައި ހުރި ފެންތައް ފޮހެލުމަށްފަހު ގޮސް ފޯނު ނެގިއެވެ.
” އަރީކާ ދައްތަވެސް ހުރީ ނުހާއާ ބައްދަލު ކުރަން ބޭނުންވެފަ… މިހާރު ވާނެތަ؟ ” އަކްރަމް ނުހާ ފޯނުނެގުމާއެކު ބުނެލިއެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




ޝާން ނުހާ އަށް ހުރިހާ ޙަޤީޤަތެއް ކިޔައިދީ އަވަހަށް
އަރީކާ އަށް ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށް އުންމީދު ކުރަން
Insha allah will never disappoint you.. keep waiting ?
Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. N krystal you are so talented.. Maashaallah.. Lysm ❤️❤️❤️❤️❤️
??Thank you queeny.. lysm take care and stay safe
Eyn varah reethi mi part vx, Ma Sha Allah ?????? nd salhi gothakah thi Arikaa bust vejjaa varah majaa vaane ????
??? Thanks izabell
Hahahaha. Who knows izabell beynunvaa gothahves vedhaane nun…
Vv Reethi
when next
Next part thankolheh avahah up kolladhechey
Thank you sama..
Next part today or tomorrow insha allah.
Maashaa Allah v v v v salhi…….keep it up……..just speechless seeing your talents…….. Curiously waiting…… How many parts remaining………. I would always want to see you shine like a star in writing stories……..
About earlier…… I’m a girl……. Actually I am learning Korean with the help of some apps and it was said that…… Sorry…… So hi eonnie…???When you thought I’m a boy I was so embarrassed……..??????
I know u r a kind hearted sis……I really want to meet you one day….. Cuz I like to meet nice people and you r my favourite writer……… LOTS OF LOVE FROM BLUEBIRD WHO IS A GIRL????Jalgayo……
Sometimes I may not be able to comment you but I will be always on your side……..
Awnn. My dongsaeng thank you…
Now 2 parts remaining. Neygi hutta story nimeny dhw..
Omona…. ohhhhh i am so sorry. Girl eh kamah heekohgen hutta nuna bunyma aslu hiyalu badhaluv… sorry sweety for making you embarrassed.. I totally didnt mean it….
Yes me tooo… i want to meet you too insha allah one day… ???
Awwn thats so sweet… i am honored to be your fav writer ?
I know blue that you always read the story…. and you do comment ???
Btw do you live in male’?
Lots of love from krystal Unnie
No……I live in Baa atoll………That’s where I belong but after few years I’ll move to male inshaa Allah….. How about you??? R u from Male????
Emmm blue bird can you tell me the apps you are using actually I am also very interested in Korean pls.
Ohh. Baa atoll dhw…
Really thats great… i live in male…
When you come to male I hope to meet you one day… ??
Emmm blue bird can you tell me the apps you use .actually I am also very interested in Korean. Pls❤????
This story is awesome. Comment nukuriyas regularly koh mi story kiyan. Miadhu dhen Hama comment eh kolaahie vee . Story is nice .keep it up ❤.saarangey❤ if you don’t mind can u say which atoll are you from??
Maasha allah … mi baives v salhi …. super excited for the next part … zaan hama rangalha e hedhee ? … mihaaru dhn nuha a hageegai engeyne irakah inthizaaru kurevenee ???
Thank you loola…
Next part insha allah maadhan libeyne… ☺
The story is amazing. Comment nukuriyas regular Koh Hama story kiyan .varah sali ingey keep it up. Lysm. ❤❤❤❤❤
She live in male…