Skip to content
އެސްފިޔަ

ހިތް އަދު ރޮނީއޭ ނުދާށޭ – 20 ވަނަ ބައި –

“ދޮންބިސް  ދެން ތިހާ ވަރަކަށް އިމޯޝަނަލް ވާނެ ކަމެއްނެތް…ރުޅިއައިމަ ނުވެސް ބުނެވޭނެ ބުނަން އައި ވާހަކަވެސް..އަޞްލު ދޮންބެ ރުޅި ނައިނަމަ  ބުނީމުސް ހަމަ މިހާރު….އިނގޭތަ؟…. ލައިގެ ވާހަކައެއް” ޒަވުޝް ހިނިގަނޑަކުން ނިންމާލިއެވެ.

“އޭތް…ވަޓް…އިޓްސް އަބައުޓް ހާރ….ޓެލް މީ..” ޒަވުޝް ދެންމެއަކު ބުނެލި ޖުމުލައަކުން ނާހިލްގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. “ނުބުނާނަން ހަމަ..ބުނޭ ރުޅި އެއްނޫނޭ ކޮއްކޮއާާ…” ޒަވުޝް އަދިވެސް އުޅުނީ ނާހިލް ތަޅުވާލާށެވެ.

“އެންމެ ރަނގަޅޭ..ދޮންބެ ރުޅިއެއްވެސް ނަާދެ..ދެން ބުނެބަލަ ލައި ކިހިނެއްވީތަ؟ ޑިޑް ޝީ ޓެލް އެނީތިންގ؟” ނާހިލް އަށް ލައިޝާގެ ކަމެއް ވިއްޔާ އެކަމެއް އެނގެން ވަރަށްވެސް މުހިއްމެވެ.

                 ” ނޮފް..ފަހަރި އެބައާދޭ މިއަދު މިގެއަށް..މަންމަ އެއުޅެނީ ލައި ބަލައި ދާން.. ދެންވެސް ތިހެން ނީނދެ  ދޭބަލަ ފްރެޝް ވެލަން..”ޒަވުޝްގެ އެ ޖުމުލައިން ނާހިލްއަށް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. ލައިޝާ ނުފެންނަތާ މިހާރު ފަސް ދުވަސްވަނީއެވެ. ފައި ހަލާކުވިފަހުން ލައިޝާ އަދިި އޭނާގެ ލޮލަށް މި ފެންނަނީ މިއަދުއެވެ. ނާހިލް ވިސްނުންތެރިކަމާއިއެކު އަތުގައި އޮތް ރިހި ކަމަރުލީ ގަޑިއަށް ބަލާލިއެވެ. އޭނާ މެންދުރު ނަމާދުކޮށްގެން އައި ފަހުން ހާދަ ގިނަ އިރަކު އެތާނގައި އެކަނި އިނދެފިއެވެ. މިހާރު އެއޮށްގެން ދެގަޑި ބައިވަނީއެވެ.

ނާހިލްގެ މަންމަ ލައިޝާ ބަލައި އަންނަ ވާހަކަ ގުޅާފައި ބުނީއްސުރެ، ލައިޝާއިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ނާހިލްގެ ކުރިމައްޗަށް ދާން އޭނާ އަދި ބޭނުންނުވަނީއެވެ. އަވަހަށް ހޮސްޕިޓަލުގެ ސައިޓަށް ވަދެ ޑިޔުޓީ ރޯސްޓަރ ބަލައިލިއިރު އޭނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ.

“ލައި..އެމީހުން އެބަތިބި އައިސް..ދެންއަވަސް ކޮށްލައިގެން ނިކުމޭ…ބޮއްތަ މިހުރީ ނާހިލްގެ މަންމައާއިއެކު ބޭރުގަ…” ލޯގަނޑު ކުރިމަތީ ޚިޔާލަކަށް ގެއްލިފައި އިން ލައިޝާ ސިހުންވީ ފާއިގާ ގޮވާލިއަޑަށެވެ. ފުނާވެސް އަތުން ދޫވެގެން ވެއްޓިުނެވެ. ހާސްކަން އޮއްބާލަން ލައިޝާ ހިންދެމިލީ ހަމަޖެހިލުމަށްޓަކައެވެ.

ބޭރަށް ނިކުތް ތަނުން ޒޫނާ އައިސް ލައިޝާގެ އަތުގައި ހިފައިގެން ދޮރުން ނިކުންނަން ދިޔައީ އެތަންބަލަން ހުރި ފާއިގާއަށް ޝުކުރުވެރި ހިނިތުންވުމެއް ދީފައެވެެ.

ޝަހުމްއަށް މިހާރު ލަޔާއަށް ގުޅާނުލައި އެއްކަމެއް ވާކަމަކަށްވެސް ނުވެއެވެ. މިކަމާއި ލަޔާ ވަރަށް ގަޔާވިއެވެ. ރޭވެސް އޭނާ އިޝާ ނަމާދުން ފޭބިތަނުން ޝަހުމް ވަރަށް ހާސްވެހުރެ ކުރި ސުވާލަކުން އެތައް އިރަކު ހޭން ހުރެވުނެވެ. ރަށްޓެހި ކުދި ބަޔަކާއި އެކީ ފޮޓޯ ނަގަން ދާންވެގެން ލާނެ އެއްޗެއް ގަތުމަށް ފިހާރައަކަށް ގޮސް ގަންނަންވީ ކޮން ކުލައެއްގެ ޓީޝަރޓެއްތޯވެސް ޝަހުމް ލަޔާ ކުރެން އެއްސެވެ. އެވަރުން ނުވެގެން އެ ގަނެގެން ލަޔާއަށް ދައްކަންވެސް އެގެއަށް ޝަހުމްއައެވެ. އެދުވަހު ލައިޝާއަށްވެސް އެދެކުދިންގެ ގުޅުން ކުރިއަސް ގޮސްފައިވާ ވަރު ފެނުނެވެ.

ލައިޝާ ދިއުމުން ފާއިގާ ދޮރު ތަޅުލާފައި ދިޔައީ އޭނާކުރަންހުރި މަސައްކަތް ކުރާށެވެ. އޯޑަރަކަށް ކޭކެއް ހެދުމަށެވެ. އެއީ ގޭގައި އެކަނި ހުރެގެން ކުރަން ރަނގަޅު ކަމެއް ކަމުގައި ފާއިޒް މަޝްވަރާ ދިނުމުން އޭނާގެ ޒުވާން ދުވަސްވަރު ކިޔެވި އެއްޗެއްގެ ބޭނުން ފާއިގާ ދަނީ ކުރަމުންނެވެ. އަވަންއިން ތިންވަނަ ކޭކް ނަގައި މޭޒުމަތީ ބޭންދިތަނުން ބެލްގެ އަޑު އިވެންފެށިއެވެ. އަނެއްކާވެސް މަސައްކަތް ހުއްޓާލުމަށްފަހު ފާއިގާ ދިޔައިރު އެ މޫނު މަތިން ފޫހިކަމުގެ ކުލަ ފެންނަން ހުއްޓެވެ.

ހުޅުވާލި ދޮރާއެކީ އޭނާއަށް ފެނުނީ އޭނާގެ އިސްކޮޅާއި އެއްވަރުގެ މަލުގެ ގުލްދަސްތާއެކެވެ. ތިރިއަށް ބަލައިލިއިރު ދެމީހެއްގެ ޖީންސްގެ އެއްބައި ފެނެއެވެ.

“ސަޕްރައިޒް މަންމާ'” ޝާފީގެ ނިޔަނެތި އަޑުން ފާއިގާއަށް އަވަހަށް އެ މާ ބޮނޑީގައި ހިފައި ތިރިކޮށްލެވުނެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާއަށް މަގޭ ދަރިފުޅާއޭ ކިޔައި ޝާފީގެ ގައިގައި އޮޅުލަންފެށިއެވެ.

      “މަންމަާ އިހަށް މަޑުކޮށްބާ! މިހުރީ އަދި އަޅުގަނޑު މަންމަ ކައިރިއަށް ގެނައި ކުއްޖެއް..މަންހާ..” އޭނާގެ މަންމަ ހަމައަކަށް އަޅުވަމުން ޝާފީ ދައްކާލީ އޭނާގެ ލޯބިވާ ލޯބިވެރިޔާއެވެ. އެއީ ވަރަށް ދުވަހު އޭނާ ކުރި އިންތިޒާރަކުން ޙާޞިލްވެފައިވާ ލޯތްބެކެވެ.

“އޭތް…މީތަ އަބަދު މަންމަ ކައިރީ ކިޔާ ފެއަރީ އަކީ؟..މިފަހަރު ދެކުދިން ތިއައީ އޯ؟ ” ޝާފީ އަބަދުވެސް އޭނާގެ މަންމަައާއި ވާހަކަ ދައްކާއިރު މަންހާގެ ވާހަކަ ކިޔައިދެއެވެ. އެއީ އޭނާ އަބަދުވެސް ހުރިހާ ކަމެއް ޙިއްޞާކުރަނީ އޭނާގެ މަންމަ އާއި ކަމަށް ވީމައެވެ.

 ދެކުދިން އެތެރެއަށް ވެއްދުމަށްފަހު ފާއިގާގެ ފުރަތަމަ މަސައްކަތަކަށްވީ އެކުދިންނަށް ރަނގަޅު ކާ އެއްޗެއް ތައްޔާރު ކުރުމެވެ. ޝާފީ އެދުނީ އެގޭގައި އުޅޭ ދެ އަންހެން ކުދިންނަށް އޭނާ މާލެއައިކަން ސިއްރުކުރުމަށެވެ.

ފެންވަރައިގެން ނާހިލް ނިކުތްއިރު، ޢަޞްރު ނަމާދަށް ބަންގި ގޮވާ އަޑުއިވެންފެށިއެވެ. އޭނާ ބޭނުންވީ ނަމާދަށް މިސްކިތަށް ދިއުމަށެވެ. އޭރު ސިޓިންގ ރޫމްގައި ނާހިލްގެ ދެބެންގެ ދެދަރި ކުދިންތަކަކާއެކީ  ލައިޝާ އިންތަނެއް އޭނާއަކަށް ނުފެނެއެވެ.

“ޒަވީ..ޒަވީ…” ސިޓިންގ ރޫމްގެ ޙާލަތު ނޭނގި ހުރެ ނާހިލް ޒަވުޝްއަށް ގޮވަމުން ސިޑިން ތިރިއަށް ފައިބަމުން ދިޔައެވެ. ނާހިލްގެ އަޑަށް ލައިޝާއަށްވެސް ސިހިފައި ބަލާލެވުނެވެ. ރަތް ކުލައިގެ ޓީޝާރޓަކާއި އަޅި ކުލައިގެ ޖިންސެއްގައި ހުރެގެން އައި ނާހިލް ފެނި ލައިޝާ ގެ ނިތްކުރިމައްޗަށް ދެތިން ރޫ އެރިއެވެ. އެކަމަކު މިގަޑީގައި ނާހިލް ހުންނަން ޖެހޭނީ ޑިޔުޓީގައެވެ. އޮފީސް ގަޑީގައި ނުގުޅޭ އެއްޗެއް ލައިގެން އެ ހުރި ސަބަބަަކީ އަނެއްކާ ކައިވެނީގެ ކަންތައް ހަމަޖެއްސުންބާއެވެ. މިިިިޚިޔާލު ތަކުގައި އިން ލައިޝާ ހޭވެރިކަންވީ ދެންތިބި ކުދިން އޭނާގެ އަތުގައި ހިފައި ތަޅުވައިލުމުންނެވެ.

“ހޫމް..މިހާރު ތިހެން ދުރުން ބަލައިލައިގެން ހިތްހަމަ ޖައްސާލާ…ފަހުން އަދި މާ ކައިރިން ދޮނާއަށް ބެލޭނެ ދޯ..” އެތަނުގައި އިން ޒާރާ ލައިޝާގެ އަތުގައި ކުޑަކުށް ޖަހާލުމަށްފަހު އެހެން ބުނުމުން ދެން ތިބި ކުދިންވެސް އޭނާއާއި ބައިވެރިވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. ނަޒާ

    ވާހަކަ ވަރަށް ވަރަށް ރީތި. އަނެއްބައި އަވަހަށް ގެނެސްދެއްޗޭ. ޕްލީސް

  2. pinky

    ހެހެހެހެ ފެބްލަސް. ހާދަ ލަހަކުން އަޕްވަނީ.. ވ.ވ.ވ.ރީތި. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް

  3. zahu

    varah salhi mi part ves waitin for the next part

  4. ޓާއީ

    އާޗާ!! ވ ވ ސަޅި…. ބަޓް ހާދަ ކުރޭ…

  5. އާތު

    އަސްލު ސްކޫލްގެ ކަންތަކުގަ ބިޒީކޮށް އުޅެން ޖެހޭތީ ލަސްވަނީ..އިިރާދަކުރެއްވިއްޔާ ފްރިވާންފެށީމަ އަވަހަށް ގެނެސްދެން ފަށާނަން…ހުރިހާ ކުދިން މިވާހަކައަށް ތިކުރާ ތާޢީދަށް ފަށްފަށުން ޝުކުރުވެރިވަން…

  6. xee

    ވވވވވވވވވވވވވވވވވވވވވވވވވވވވ ސަޅި…. މިސް ޔޫ އާތު…..

  7. Rose

    ވ ވ ވ ވ ރީތި…. އަވަހަށް އަނެއްބައި ގެނެސްދެއްޗޭ ޕްލީސް ޕްލީސް….

  8. Anonymous

    ހުމް ރީއްޗޭ ރީއްޗޭ…. އާތު އެއްނު ދޯ..ސޯ ވާހަކަވެސް އޮބިވާނުން ދޯ….ވެއިޓިންގަ…..މިސް ޔޫ އާތު

  9. Ahmed Majdhee

    އާތް… ފުރަތަމަ ފެށިތަނުގަ “ދޮންބިސް” އޭ އެބައިން ލިޔެވިފައި، ހީވަނީ އާތް އަށް އޮޅުމަކުން ހެން… ލޮލް…
    އެތަން ރަނގަޅުކޮށްލާފަ އަޕްޑޭޓް ކޮށްލާ…

  10. އާތު

    އެއީ އޮޅިގެނެއް ނޫން އިނގޭ… އެއީ ޒަވުޝް ލޯބިން އޭނަގެ ބޭބެއަށް ބައެއް ފަހަރު ކިޔާ އެއްޗެއް.. އެކި ކުދިން ކިޔާނިީ އެކި ގޮތަށް ދޯ

  11. jerry

    kyvetha aathoo ey ein nany . aslu kiyany athoo dhoh

  12. tom

    love your story s athoo

  13. layaa

    boththa yoo hehe

Comments are closed.