އިމްތިޙާން 7
ހެދިކާ ހަދާގޭތެރެއިން ގިނަގިނައިން ސަމީރާ ދިމާވިކަމުގާވިޔަސް
ތުގާއާ ބެހޭގޮތުން އެއްވެސް އެއްޗެއް އަހާލަން ޔުސްރާއަށް ކީއްކުރަންހެއްޔެވެ؟ ރަށުގެ ގިނަމީހުންނަށްވެސް ނުކެރެއެވެ.
ހީވާގޮތުން ރަށުގެ ގިނަމީހުންނަށް ތުގާގެ ވާހަކަ ސަމީރުގާތު އަހަންނުކެރެނީ ސަބަބެއް ނެތިއެއްނޫނެވެ. ސަމީރުގެ ހާލަށްޓަކާ ޙަމްދަރުދީވާތީއެވެ. ސަމީރު ދެރަވެދާނެތީއެވެ. ކޮންމެހެން ވިޔަސް އެސުވާލު ކުރެވުނީތީ ޔުސްރާ ހަމަހިމޭންވިއެވެ. ކުށްވެރިއެއް ފަދައިން ޔުސްރާއަށް ބަލާލެވުނީ ސަމީރުގެ މޫނަށެވެ. އެސުވާލުގެ ޖަވާބުދޭން ސަމީރު ބޭނުންވާނެބާއެވެ؟
ޔުސްރާގެ ސުވާލާއެކު ސަމީރުގެ މޫނުމައްޗަށް ބުނަންނޭނގޭފަދަ އުފާވެރިކަމެއް ވެރިވިއެވެ. މިހާރަކަށް އައިސް ކުޑަނަމަވެސް އުޖާލާކަމެއް ސަމީރުގެ މޫނުމަތިން ފެނުމަކީ ނާދިރު ކަމެކެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގާ ސަމީރުގެ ޙަޔާތުން ފެނިފާނުވާ އުފާވެރިކަން ހަމަ އެންމެ ސުވާލެއްގެ ސަބަބުން ހާމަވެއްޖެއެވެ. ސަމީރުގެ އެއުފާވެރި ވަގުތުކޮޅު އެންމެ ކައިރިން ދުށުމަށް ލިބުނު ޔުސްރާގެ މޫނުމަތިންވެސް އިސާހިތަކު އުފާވެރިކަމެއް ފެނިގެންދިޔައެވެ.
“ކޮންމެ މަހަކު އެއްފަހަރު އަހަރެން މާލެދަމެއްނު. އެމަންޖެ އުރާލާހަދާލަން… މިހާރު ކޮންމެސް ވަރަކަށް އަހަރެން ފާހަގަކުރަން އިނގޭ.. އެހާތުއްތު އިރުވެސް ތުގާ އަހަންނަށް ވަރަށް ފޯރިހުރޭ. މިހާރު ހަމަސްވެގެން ކާންދޭންވެސް ފަށައިފި. އަހަރެން މާލެދިޔާއިމަ ސީމާވެސް ބުނާނެ ގިނަވަގުތު ތުގާ ގެންގުޅެންވާނީ ސަމީރޭ. އެއީ ވަރަށް ރަނގަޅުބައެއް.
އަދި އިނގޭތަ؟ އެމަންޖެ ރީތިކޮށްލާފަ އިންނައިރު ހަމަ ހީވަނީ
ޕަރީއެއްހެން. ސީމާ ހުންނަނީ ފާޑުފާޑުގެ ކުޅޭ އެއްޗެހިވެސް ހޯދާފަ. މިރަށްރަށުގަ އަދި ނުވެސްލާކަހަލަ އަންނައުނު ވަރަށް ގިނައިން އެމަންޖެއަށް ހޯދާފަ ހުރޭ. މިހާރު އެންމެ އުންމީދުކުރެވެނީ ބައްޕާއޭ ކިޔާފަ ގޮވާލާނެ ދުވަހަކަށް.” ހިތް ހަމަޖެހުމުގެ ހިނިތުންވުމަކާއެކު ސަމީރު ޔުސްރާއަށް ބަލައިލިއެވެ.
“އެހެންތަ؟ ކިހާރަނގަޅު އެހެންވީމަ. މުއްސަނދި ބައެއްވިއްޔާ ދެން ކޮންމެ އެއްޗެއްވެސް ހޯދަދޭނެތާ. އެހެންނޫނަސް ދަރިން ނުލިބޭ ގިނަމީހުން ހަމަ ވަރަށް ލޯބިވާނެ ކުޑަކުދިންދެކެ. އެމަންޖެވެސް ރަނގަޅަށް ބަލައިދިނިއްޔާ ދެން ރަނގަޅުތާދޯ؟ ސަމީރަށް ލިބުނު ކިހާބޮޑު ނަސީބެއްތީ.. މަށަށް ހީވަނީ ދެން ރަނގަޅުވާނީ ސަމީރުވެސް މީހަކާ އިނިއްޔާހެން. އަދި ތިތިބީ ކުޑަދެކުދިން. ސަމީރު މަންމަމެންގެ އަޅާލުން ނުލިބޭ ހިނދަކު ކިހިނެއް އަބަދު ތިހެން އުޅޭނީ.؟” ޔުސްރާ ބުނަން ބޭނުން ހުރިހާއެއްޗެއް ފައްޗަކަށް އަމުނާލިއެވެ. ޔުސްރާގެ މަޤްޞަދަކީ ސަމީރަށް ވިސްނައިދިނުމެވެ.
“ހެހެ.. ޔުސްރާ ދައްކާވާހަކަ. ކާކުތަ މަށާ އިންނާނީ؟ ނިކަމެތިންގެ ހާލުދެކޭނެ މީހުންވާނެތަ؟ އަހަރެން ކަހަލަ މީހަކާ އިނދެގެން މިހާލުގަ އުޅެން އެކަކުވެސް ނާންނާނެ. މީހަކާ އިންނަންޏާ ވަރަށް ވިސްނަންޖެހޭނެ.. އަހަރެން ތިކަހަލަ ކަމެއް ކުރާނީ މިތިބަ ކުދިންގެ މުސްތަޤްބަލާ ދޭތެރޭ ޔަޤީންކަމެއް އޮތިއްޔާ.. އެކަމަކު ޔުސްރާ ތިބުނީ މުޅިން ދޮގުވާހަކައެއް ނޫން.” ޔުސްރާގެ ވާހަކައަށް ބާރުދިނުމުގެ ގޮތުން ސަމީރު އޭނަގެ ޚިޔާލު ފާޅުކުރިއެވެ.
“އަސްލު ބުނަންތަ؟ މަށަށް ހީވަނީ ހަމަ ސަމީރާ އިންނާނެ މީހަކު ވާނެހެން . ސަމީރަށް ތަޖްރިބާ ކުރެވިފަ ހުންނާނީ އަތންބަކާނުލާ އުޅެންޖެހިނީމަ ދަތިވާވަރު. ގޭތެރެ ކުނިކަހާ، ކައްކާ އަންނައުނު ދޮއެ ހަދަންވެސް ތިއުޅެނީ ގޭގެ މައިދޮރު ތަޅުލައިން. އެހެންވީމަ ސަމީރު އުޅޭގޮތުން ހަމްދަރުދީ ނުވާނެ މީހަކު ހަމަ ނުހުންނާނެ.” ޔުސްރާގެ ހަމަހިމޭން އަޑުން ސަމީރާ ވާހަކަދައްކަމުން ދިޔައެވެ.
ތެދެކެވެ. ސަމީރުގެ ދިރިއުޅުމަށް އެހެން ބައިވެރިއެއް ހޯދަންވެއްޖެކަން އަމިއްލަ ނަފްސަށްވެސް ވިސްނައިދޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެނެއްކަމަކު ސަމީރު ޖެހިލުންވަނީއެވެ. ސަމީރަށް ހީވާގޮތުން އެދިރިއުޅުމަށް މަރުޙަބާ ކިޔާނެ އިތުރު މީހަކު ދެންނާންނާނެއެވެ. މިކަމުގައި ސަމީރުގެ ވިސްނުން އެތައް ބަޔަކަށް ކަފިކަފި ލަމުންދެއެވެ. ދަރިންނަށް ފުރިހަމަ ލޯބި ހޯދައިދޭން ދޮންމަންމައަކު ގެއަށް ގެނައުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯ އަމިއްލަ ނަފްސާ ސުވާލު ނުކުރާ ދުވަހެއް އެހަޔާތުން ވޭތުވެ ނުދެއެވެ. އާނއެކެވެ. މިއީ ސަމީރަށް އިމްތިހާންގެ ވަގުތުތަކެވެ. މިއިމްތިހާނުގެ ނަތީޖާ ނިމިގެންދާނީ ކިހިނެއްބާއެވެ؟
ސީމާ ދިރިއުޅެމުންދާ ޑްރީމްސް ގެއަކީ ކުޑަކުޑަ ތުގާއަށް ޙަޔާތުގެ ގަނޑުވަރެވެ. ހަންހަރައިން ތުގާގެ ހިތް ފުރާލަދޭން ސީމާއާ މޫސަ ކެނޑިނޭޅި މަސައްކަތްކޮށްދެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ކައިވެންޏަށް ތޭރަ އަހަރުވެގެން ދިޔައިރުވެސް އެމީހުންގެ އުނގު ފަޅުފިލުވާދޭނެ އެއްވެސް ނިޝާނެއް އެޙަޔާތަށް ލިބިފަކާނެތެވެ . އެހެންކަމުން އެދެމަފިރިން ތުގާދެކެ ވަނީ އަމަށަކު ލޯތްބެއްނޫނެވެ. ތުގާގެ ސަބަބުން ސީމާއާ މޫސަގެ ޙަޔާތުގެ ރާސްތާ މަޑުމަޑުން އުޖާލާވަމުން ދާންފެށިއެވެ.
“މޫސަ! އަހަރެން މިއަންނަނީ ތުގާއަށާ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލައިގެން. މިއަދު ވަރަށް ނުނިދާއުޅެފަ ހަމަ ދެންމެ ތުގާ އެނިދީ. ހިއެއްނުވޭ އެހާ އަވަހަށް ހޭލާނެހެން. އެމަންޖެއަށް ރަނގަޅަށް ބަލައްޗެ.” ސޯފާގައި ޓީވީ ބަލަންއިން މޫސައާ ވާހަކަދެއްކުމަށްފަހު ސީމާ ބޭރަށް ނުކުތެވެ.
ހަވީރުގެ ތެތްފިންޏެވެ. ހަލަބޮލި މާހައުލުގެ ތެރެއިން ސީމާ ފަހަރަކު ފިހާރައަކަށް ވަންނަމުން ދެއެވެ. އެކި ފިހާރައިން އެކި ސާމާނު ނަގަމުންގޮސް ކޮތަޅުތަކުން ސީމާގެ އަތް ފުރިފާވެއެވެ. އާދައިގެ ހިނގުމެއްގާ ކުރިޔަށް ދިޔަ ސީމާގެ މިސްރާބު ކުއްލިޔަކަށް ބަދަލުކޮށްލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ ސީމާއަށް އާކަމެއް ނޫނެވެ. އަދި އެއީ ސީމާގެ ހިތަށް ފަސޭހަ ކަމެއްވެސް ނޫނެވެ. މިހާރަކަށް އައިސް ފިހާރައަށް ނުކުންނަ ކޮންމެ ފަހަރަކުވެސް ސީމާ އެކަމާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، ކަމުގެ ހަޤީޤަތް ބަލަން ސީމާ މިއަދު ބޭނުމެވެ. އެނިޔަތުގާ ސީމާގެ ހިނގުން ނުހަނު އަވަސްކޮށްލިއެވެ.
– ނުނިމެ –
——————******————————–
ކިޔުންތެރިންނަށް ސަލާމް!! ހަފްތާގެ ހަދިޔާ ?
މި ހަފްތާގެ ޕާރޓް އަޅުގަޑު ހަދިޔާއެއްގެ ގޮތުގާ މިދޫކޮށްލަނީ
( ރަތް ހިތަކުން ❤️ އަޅުގަނޑުގެ ވާހަކައަށް ލައިކް ދެއްވާ ހަމަ ކޮންމެ ފަރާތަކަށް ) ?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Oh finally. Mi part up veythw miadhu esfiya site ah vadhevijje vrh ginain.Masha Allah vrh reethi mi part vx. Thihira beynunkollaafa hunna basthakeh dhw. Hama habeys. Interestingggg…Seemaa ah kon manzareh baaey hithah aranii thi fenunii. N sooo happy for lil Thuga?. U r the best Shaleen. Waiting for next part. Stay safe,take care dear
Maasha Allaah.. vvv reethi. Ehaame asarugadha. Keep it up.. tc
Alhamdhu lillah
Hama v shukuriyyaa.
Ummydhu kuran abadhuves v supportive vaanekamah
Thank you No.1 fan ❤ abadhuves comment kollaa kan hama v faahaga kurevey.
V Ufaa vejje lyuntheri kamah judge Koh thigothah comment kolleema.
Faahaga kurevey V supportive commenter ehkan.
Komme part ehves publish veema hama ummydhu kurevey ehen kudhin fadhain No.1 fan ge commentakah ves.
Seemaa ge vaahaka dho? ?
Hingaa anekkaaves inthizaaru kollamaa!!!
V furihama, ❤?
Thank you Mabrook ?
V ufaavejje comment eh libuneema ingey.
Support kuravvaa
nooney vaa habbu
v v v reethi mibaives. Mi prt keema aneii prt kiyaalan mihaaru beynumee.
Thank you shaleen.mihaa reethi vaahakaeh genesdheythee.
Shukuriyya shaleen.
Ehenveema dhen in part ahves inthizaar kollaa. Hehe
V ufaavejje comment libuneema
Hehe. Thank you koimalaa. ? Ufaavey hama komme part akahves commented dhevvaathy. ?
Mi part vx Vvv salhi…. Lym❣️??
Thank you shaiii❤?
Masha Allah
V furihama, kiya hithunn indha nimunii, mi ah vure dhikillan v nu, week aku ae faharu genessdhey iru, mi hama khiyaleh, haadha immthikhaane key akamu thi kuruvanii
Stay safe, stay home, ❤
Masha9092
Alhamdhu lillah ?
Thank you dear for the comment .
Mi fahun liyamundhaa part thah dhigukuramun midhany in Sha allah
Ehisaabun hama dhigukoh kiyaalan libeyne kamah mi balany. ?
Anekka kihinehbaa vaanii next part ga??? Haadha curious vaa gothakashey thi nimmaalii dhw.. Vrh vrh reethi mi part ves.. Next part ah vrh wait kuraanan.. Sorry mi faharu lahun comment kurevuneema.. Will be always there supporting you.. Love you lots ❤Stay safe dear..
Lots of love
Lil sis❤
oh!! thank you Lil sis? v faahaga kurevey abadhuves comment kuraakan. So v happy ehenveema.
Dhen next part ah inthizaaru kollaa
Vaanee kihineitho kiyaalan!!
Adhives hama v thanks.
Lym
Mashaallah. Hama speechless. Reader ehge haisiyyathun bunelaanii liyumuge dhaairaain kuriyah dheveyne ey. Imthihaan vaahaka nimunas ummeedhu kuranii Shaleen ge vaahakatahakeh kiyaalan libeyne kamah. اللہ iraadha kurevviyyaa alhugan’du Shaleen ah support kohdheynan. Asluves, mi vhk reethikamun abadhuves esfiya site ah vadhevey vhk up vaathoa. Waiting for next part. Stay safe sis. Love you ❤
Wow. V furihama comment eh Real Me ge faraathun libunu.. aslu v ufaavey hama support kohdheytheeve. ? In Sha Allah hama kuriyah dheveytho mibalany. Thihen hivvaru dheyn thibedhenyaa kuriyah dhaany in Sha Allah.
V faahaga kollevey abadhuves hama comment dheytheeve ekan. So hama v happy
Stay safe stay home
❤️
thank you dear .
Dear,Haadha reecchey mi vhk Masha allah. Shaleenge fan akah vejje mihaaru. Ehaa reethikoh ibaaraiyy kuran dhaskurii konthaakun??Hama speechless.Alhey aayu ahves dhaskohdheeba mihen vhk liyan. Aslu vrh liyaa hiyy vey but ideas eh nulibe maa bodakah vaki hisaabakun medhu kan’daalan jehenii ehenve. Varah dhuvas vehje mi vhk ah balaathaa hithah erii kiyaalaanamey miadhu. So.. Keep it up??. Vrh interesting, waiting for the next. LYSM❤
oops thank you verry much.
Shauguverivegen liyan fashaa. Eyrun kuriyah dhaane madu madun .
Ehnmeehunge vaahakathah ves kiyaavarakah libeyne ideas
So keep trying .
Thanks fr the comment dear.
Lym