Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 8

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
May 19, 2020 3 Mins Read
27 Comments

ހަވީރުގެ ތެތްފިންޏެވެ. ހަލަބޮލި މާހައުލުގެ ތެރެއިން ސީމާ ފަހަރަކު ފިހާރައަކަށް ވަންނަމުން ދެއެވެ. އެކި ފިހާރައިން އެކި ސާމާނު ނަގަމުންގޮސް ކޮތަޅުތަކުން ސީމާގެ އަތް ފުރިފާވެއެވެ. އާދައިގެ ހިނގުމެއްގާ ކުރިޔަށް ދިޔަ ސީމާގެ މިސްރާބު ކުއްލިޔަކަށް ބަދަލުކޮށްލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ ސީމާއަށް އާކަމެއް ނޫނެވެ. އަދި އެއީ ސީމާގެ ހިތަށް ފަސޭހަ ކަމެއްވެސް ނޫނެވެ. މިހާރަކަށް އައިސް ފިހާރައަށް ނުކުންނަ ކޮންމެ ފަހަރަކުވެސް ސީމާ އެކަމާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، ކަމުގެ ހަޤީޤަތް ބަލަން ސީމާ މިއަދު ބޭނުމެވެ. އެނިޔަތުގާ ސީމާގެ ހިނގުން ނުހަނު އަވަސްކޮށްލިއެވެ.

“ކޮއްކޯ! ކިހިނެއްވެފަ ތިއިނީ؟ ކީއްވެ ތިރޮނީ؟ ދައްތައަށް ވަރަށް ގިނަ ދުވަސްދުވަހު ފެނޭ ކޮއްކޮ މިތާ ބޭރުގަ އިންނަތަން. ކޮބާ ކޮއްކޮގެ ގެ؟ ކޮބާ މަންމަމެން؟” މަގުގެ އެއްފަރާތުގާ ހުރި ހޮޅިދަނޑިއެއް ކައިރި އިށީންދެ އިން ކުޑަ ފިރެހެން ކުއްޖަކާ ވާހަކަ ދައްކަމުން ސީމާ އަހާލިއެވެ.

“މަންމަ.. މަންމަ… އަހަރެން ގޭން ނެރުނީ.. ދާނެތަނެއްނެތް.. އެހެންވީމަ ދެރަވޭ.” އެފިރެހެން ކުއްޖަ ރޮވިފާ އިނދެ ސީމާއަށް ޖަވާބުދިނެވެ.
“ކޮއްކޮ ގޯސްކޮށް އުޅުނީތަ؟ މިތާ އިންނާކަށް ނުވާނެ. އިރުކޮޅަކުން އިރުއޮއްސޭނެ. ކޮބާ ގެ؟ ހިނގާ ދައްތައާ އެކީ މަންމަ ކައިރިއަށް ދާން.” ފިރިހެން ކުއްޖާގެ އަތުގަ ހިފާ ނެގިއެވެ.

އެކުއްޖާ ސީމާއާއެކު ހިނގައިގަތެވެ. އެކުއްޖާގެ ފަހަތުން ސީމާ ދިޔައިރު އެއީ ހަނި ގޯޅިއެކެވެ. އެގޯޅިގަނޑުތެރޭ ދެފަރާތުން އެކިބައިބަޔަށް އެކި ގެތައް އެތުރިފާވެއެވެ. އެކުއްޖާ ތަންކޮޅެއް ދުރުގާ ހުއްޓިހުރެ ނޫކުލައިގެ ދޮރަކާ ދިމާއަށް އިނގިލިން އިޝާރާތްކުރިއެވެ. ބަލާކަށް ނުހުރެ ސީމާގޮސް އެދޮރުގާ ޓަކަޖަހާލަން ފަރިކޮށްލި ވަގުތު އެތެރެއިން ދޮރު ހުޅުވާލިއެވެ. އެއީ އަންހެނެކެވެ. ފެންނަ ފެނުމަށް ޒުވާނަކަށްވުރެ އޭނާ ދޮށްޓެވެ. އެހެނަސް މުސްކުޅިއެކޭވެސް ނުބުނެވޭނެއެވެ. އެ އަންހެން މީހާގެ އަތުގާ ފުރި ބާރުވެފައިވާ ރަތްކުލައިގެ ބޮޑު ކޮތަޅެއް އޮތެވެ.

“ތީ ކާކު؟ ކާކު ހޯދަން މިގެއަށް ތިއައީ؟ ރުންކުރުގޮތަކަށް އެމީހާ ބުނެލިއެވެ. ރުޅިވެރިކަމުގެ ދިލަ ކަނި އެމީހާގެ ދެލޮލުން ފާޅުވާން ހުއްޓެވެ. އެއަންހެން މީހާގެ ރުޅިވެރިކަން އިންތިހާއަށް ގޮސްފައި ވާތީ ސީމާ ހިސާބަކަށް ޖެހިލުންވިއެވެ.

“އަ.. އަހަރެން .. އަނެތް..އެހެރީނު ކުއްޖެއް. އޭނަގެ މަންމަ ހޯދަން މިއައީ. ވަރަށް ގިނައިން ބޭރުގަ އިންނަތަން ފެނޭ. ދެރަވެފަ. ކޮބާ؟ އަނެތް.. ކޮބާތަ އޭނަގެ މަންމަ؟” ސީމާގެ ދޫއޮޅެންފެށިއެވެ. އެހެން ނަމަވެސް ސީމާ އެތަނަށް އައި އަސްލު ސަބަބު ބުނެދެމުން އެމީހާއާ ސުވާލު ކުރިއެވެ.

“އޭނަ މަންމަ ކިޔާއުޅެނީ މަށަށް. ބައްޕަ ކިޔާ މީހަކު ނުހުރެ.
މަށަށްވެސް ނޭންގެ އޭނަ އެހެން ކިޔަންވީ ކާކަށް ކަމެއް… މީހާ ބޮޑުކަމަށް ތިފެންނަނީ. އެކަމަކު އޭނަ ހީވާނީ ދެއަހަރު ނުވާ ކުޑަކުއްޖެއްހެން. ނިދައިފިއްޔާ ގޮދަޑިގަނޑަށް ކުޑަކަމުދާނެ. ހޭލާހުރިއްޔާ ގަޔަށް ލެވުނަސް ނުބުނާނެ. ގޭތެރޭން ދުވާވަހުން ރައްޓެއްސަކު ގެންނަން މަށަށް ނުކެރެ. މަގޭ ކުޑަކުއްޖައާވެސް އެވަރަށް ތޮޅޭ. ކަލޭމިގޭންދޭ. މަށަށްހެޔޮ ކޮންމެ ތާކަށް ދިޔަސް. މިކަހަލަ މީހުން ތަނަކަށްލާ ބަންދު ކޮށްފަ ތިބިއްޔާ ރަނގަޅުވާނީ. މީނަ ކައިރިން ސަލާމަތް ނުވެވިގެން މައުޅޭތާ ކިތަންމެ ދުވަހެއް. ދޭ މަގޭ ކުރިމަތިން ދޭ..” ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވާ އެއަންހެން މީހާ ފައްޗަކަށް އަމުނާލަމުން އަތުގާއޮތް ކޮތަޅު ސީމާގެ ފަޔާދިމާލަށް ވައްޓާލިއެވެ. ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފާ ހުރި ސީމާ ކުއްލިޔަކަށް ސިއްސައިން ދިޔައެވެ. އަނެއްކާވެސް އެމީހާ އެއްޗެހި ގޮވަންފެށިއެވެ.

“މިއަދު މަބެލީ އޭނަގެ އަންނައުނުތައް އެއްތަން ކުރެވޭތޯ. ގޭން ނެރެލަންވެގެން… މިއޮށްހާދުހު ސްކޫލަށް ނުފޮނުވީވެސް އެހެންވެ. ލަދުގަންނަން ޖެހޭނީ މަށެއްނު!”. ގޮވެލިފަތި އަމުނާލުމަށްފަހު އެއަންހެންމީހާ ގެއަށްވަދެ ދޮރުޖެހިއެވެ. ހަމައެއާއެކު ވެއްޓިފައިވާ ކޮތަޅު އަތަށް އަމުނާލަމުން ސީމާ އެކުއްޖާ ގޮވައިން ހިނގައިގަތެވެ.

ދުވަހުގެ ދިލަ ހޫނު މަޑުމަޑުން ކެނޑެންފަށައިފިއެވެ. ތެތް ފިނި ވައިރޯޅިތައް ޖައްވުގާ ބީހެމުންދާންފެށިއެވެ. އަލިކަމުގެ މައްޗަށް އަނދިރިކަން ވެރިވަމުންގޮސް ރޭގަނޑުގެ ނާމާންކަން ދުނިޔެ ވަށާލިއެވެ. ހައިހޫނުކަމުގާ ސަމީރުވަނީ ގޮތްހުސްވެފައެވެ. މަހޫ ބަލިކަމުން ކައްކާލާނެ ވަގުތެއް ސަމީރަށް މިއަދަކު ނުލިބުނެވެ. ބަނޑުހައިވެފައިވާ މާލިކް އަށިމަތީ ހަމަހިމޭންކަމާއެކު އޮށޯއްވެލައިން އޮތެވެ. މާލިކް އަބަދުވެސް ކެތްތެރިކަމަށް ބޯލެނބުން އިސްކުރެއެވެ. އުމުރުން ހައަހަރު ފުރުނެއްކަމަކު ކަންކަމުގާ ވިސްނާ ފިކުރުކޮށް ހަދައެވެ.

“އައްސަލާމް ޢަލައިކުމް!” ބޭރުން ފިރެހެނެއްގެ އަޑު އިވިގެން ސަމީރު ދޮރުހުޅުވާލިއެވެ.
“ވަޢަލައިކުމުއް ސަލާމް. ފަހުދު! ކިހިނެތްވީ؟” މަހޫ އުރާލައިން ހުރެ ސަމީރު ސުވާލުކޮށްލިއެވެ.

“އުޅޭ ހާލެއް ބަލާލަން. ނިކަމެތިންގެ ހާލު ބެލުމަކީ ވަރަށް ރަނގަޅު ކަމެއްނު. ގޭ ދޮރުލައްޕައިން ކައްކާ، ދޮއެ އިސްތިރިކޮށް، ކުނިކަހާ، ތަށިދޮއެ ނުހަދާ ކޮންމެސް މީހަކާ އިންނަންވީނު. ތިނޫން ހާލެއްގަ އުޅެވޭތޯ.؟؟ މަށަށް އިނގޭ މިހެން ބުންޏަސް ކަލެޔާ އިންނާނެމީހަކު މިތާ ނޫޅޭނެކަން. ކޮއްކޯ! ބައްޕަކައިރި ބުނޭ އެހެން މަންމައެއް ހޯދަދޭށޭ.. ހެހެ..”

މާލިކްއަށް އަޑު އިއްވަމުން ފަހުދު އިޝާރާތް ކުރިއެވެ. އެވަގުތު މާލިކްއާ ދިމާލަށް ފަހަތަށް އެނބުރި ވަށްކަޅިން ސަމީރަށް ބަލައިލެވުނެވެ. މާލިކްގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. ފަހުދު އިއްވި މަލާމާތުގެ ބަސްތަކުން ކަމެއް ނޫނީ ފަހުދު ދެކެ ވީފޫން ނޫންކަންވެސް ނޭނގެއެވެ. ސަމީރަށް އެކަން ފާހަގަ ކުރެވުނެވެ. ފަހުދުގެ ވިހަ ބަސްތައް ސަމީރުގެ ހިތް ޒަޚަމް ކޮށްލިއެވެ. އެއިން ކޮންމެ ޖުމްލައަކުން ކެތްކުރަން އުނދަގޫ ވާވަރަށް ސަމީރުގެ ނާޒުކު ހިތަށް ތުރާލިބެމުން ދިޔައެވެ.

“އަމުދުން މަމިއައީ ކޮންމެހެން އެވާހަކަ ދައްކާކަށްނޫން. ކަލޭ ހުނިގާނަދޭ ގޭމީހުން ދިން ދެތިން ހެދިކާ ހިފައިން. ކަލެއަށް ހަމަ މުސާރައިންވެސް ނުފުދޭތީދޯ ހެދިކާއަށްވެސް ސަލާންޖަހަނީ؟ ހެހެ..” ހެދިކާ ކޮތަޅު ދިއްކޮށްލަމުން ފަހުދުގެ ބޭއަދަބީ މަލާމާތާ ވިހަ ހިނިތުންވުން ސަމީރަށް ރައްދުކޮށްލިއެވެ.

ސަމީރު ދެރަކޮށް ހިތުގައި ޖައްސަން ފަހުދަށް އޮތީ ކޮން ޙައްޤެއްހެއްޔެވެ؟ ސަމީރުގެ ދިރިއުޅުން ދަތި އުނދަގޫ ޙާލަތުގައި ވުމަކުން ފަހުދަށް ކުރަންވީ ކޮން އަސަރެއްހެއްޔެވެ؟ މީހަމަ ދުނިޔޭގެ އާދަހެއްޔެވެ؟ ހާލުގައި ޖެހިފައިވާ މީހުންނަށް ދުނިޔެ އަބަދުވެސް ދައްކަމުންދަނީ މިކަހަލަ ކެހިވެރި ދަޅަތައްބާއެވެ؟

– ނުނިމެ –

——————–***********——————-

ކިޔުންތެރިންނޭ!!! ހަފްތާގެ ހަދިޔާ ?
މި ހަފްތާގެ ޕާރޓް އަޅުގަޑު ހަދިޔާއެއްގެ ގޮތުގާ މިދޫކޮށްލަނީ
(️ އަޅުގަނޑުގެ ވާހަކައަށް ކޮމެންޓް ކުރައްވާ ހަމަ ކޮންމެ ފަރާތަކަށް. ހާއްސަކޮށް ކޮންމެ ޕާރޓަކަށް ކޮމެންޓް ? ކޮށްދެއްވާ ހުރިހާ ކުދިން ހިމަނާލަން.)
❤ މިސް ޔޫ އޯލް. ?
ހުރިހާ ކުދިންނަށް عيد مبارك ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ނޭނގޭ! (4)

Next

ްއަޔާން

Next
May 19, 2020

ްއަޔާން

Previews
May 19, 2020

ނޭނގޭ! (4)

27 Comments!

  1. Lil sis says:
    May 19, 2020 at 11:44 pm

    Masha allah varah reethi mi partves Shaleen.. Missed you too.. Nikamethinnah haadha varekey ekamaku vaa e kohlanii.. E kuda kujjaa viyya gein nerilee E.. Insaaniyyathu kamehves nethii hama e meehaage.. Mi fahudheh ves ulheynii abadhuves sameerah jehsumeh kuran.. Asluves must salute for your hard work sis.. Just can’t wait for the next part.. Stay safe.. LYSM
    Lots of love❤
    Lil sis
    عید مبارک

    1. Shaleen says:
      May 20, 2020 at 12:14 am

      Alheyyy!!! Lil sis. Dhen ehaa rulhi naadhey ingey. Hehe.
      Hama bunelan othee vaahakaage haadhisaa dhaagothun viyas mivaahaka ah inthizaaru kurahchey.
      Dhen v v v v ufaavey thidhevvi hoonu ehenas fini comment ah.
      Thank you soooooooo much
      LYT ?❤

  2. No.1 fan says:
    May 20, 2020 at 12:19 am

    Eid mubarak sissyyy.Komme week akuvx readers ah nisbaiyy koh shaleen ge baskolheh himanaathii bunelaanii so swyt of u ey. OMG mi part vvvvvvvvvv reethi Masha Allah❤?❤. Vrh vrh asarugadha mi part.Feeling so sorry for that boy n sameeru. Day by day mi stry hama interesting vanii.? . N yahhh I’ll always be supporting u. Keep it up dear. Curiously waiting for next part

  3. Shaleen says:
    May 20, 2020 at 12:39 am

    Oh wow!!!
    No.1 fan ge Mioh comment eh dho. ❤
    Thihaa supportive Veema dhen v ufaavey. ?
    Yeah!! Abadhuves beynunvey readers ufaakollan. Ehenveema hama komme wk aku thikudhinnah msg eh dhenee.?
    No.1 fan thee liyuntherieh tho?

    Thank you so muchhhh dear

  4. Mabrook says:
    May 20, 2020 at 12:50 am

    Dhuniyeyge kurimathi, dhera nikamethi, fagyrunn ge haalathu, hama thi, knme myhakah vs akama kurimathi v ma ihusass kureveyni, kikkurani knthah thah lolah feni naseyhai dhy irushadhu dhey myhunn irushadhu dhey iru vs baheh a heni ae nunn
    Hama kethenuvani hithakah,a myhunnah vah bahunn vs jaha nulanya,
    V furihama sifa kohdhinunn??
    Eid mubarik u too
    ? for nation

  5. Halle says:
    May 20, 2020 at 1:00 am

    Maasha Allaah.. vvv reethi.. dhen partehga thiya fahudhuge anga bandhu kollaathi. Ekahala meehunge anga hahdhu jahanjehey.. hithehves oih meeheh noon aee.. avahah aneh part nerey shaleen.. Hama kehmadhuvefa. With lots of luv..????????????????tvgc

    1. Shaleen says:
      May 20, 2020 at 4:39 am

      Hehe. Thank you Halle. ?Fahudhu kahala meehakuves hunnanvaanethaa vaahakaehga dho.
      Dhen hingaabala balaalan vaagoi
      Thank you v bodah anekkaaves ❤

  6. Shaleen says:
    May 20, 2020 at 1:02 am

    Mabrook ge vaahakayah hama thaaeedh kuran. Dhuniyeyge aadha hama. Vaahakaaga ulhey meehun ge kanthahthah hunna gothun hih hama nujehunas vaahaka kiyamun gendhahcheyy.
    V ufaavejje hama this dhevvi comment ah .? Thi comment get sababun ummydhu Kiran when kudhinnahves ibrathei libeyne kamah. ?

  7. Obi says:
    May 20, 2020 at 1:08 am

    Liyun therieh noonas bunelan othy Hama v furihamaey.. liyuntheriyakah dhoonukurey.. Masha Allah. V reethi. Stay home stay safe.

    1. Shaleen says:
      May 20, 2020 at 4:44 am

      Hehe. Thank you Obi!!
      V ufaavejje❤?

  8. Dreams says:
    May 20, 2020 at 1:20 am

    Shaleen thee Hama gehlifa huri liyuntheriekey bunelan othee. Heskiyaafa asarugadha. Mivaahaka balaalevunuleh lasvee..kurinves mivaru vaahakaehkan engunu nama emme baehves dhookoseh nulaanan.. konirakun dhen nukunnany next part. I’m waiting for the next part..

  9. Masha9092 says:
    May 20, 2020 at 4:33 am

    Masha Allah
    V furiha, hama hy vs nukurey gothakah, dhuniyey ge oyaa vaai, badhaluvaa usoolaa ae gothah, vaahaja vs kurifalha hedhi rw vamunn mi oh dhani, mi part than kolheh dhigu hen hyvey, dhigu kollamunn dhathi thankx ? ❤
    Mulhi hayaathuga vs mulhi islami ummathah vs v thafathu gothakah badhalkuri, rodhamajeh alhegadu menna vakive genn mi dhani,
    Anekka vs mulhi ummathah v thafathu dhuvahaku vs dhekifa nuva gothakah EID ALFITHRU bahdhalu kurA MI MUNASABU VAGUTHUGE THAHUNIYA AA HEYO EDHUNN THAH AMME HAA MUSLIMU AKHUNNA AKHUTHUNNAH ARISS KURANN,
    HASSA KON V LWIBAA I AKU SHALEEN GE FAMILY AH ARISS KURANN

  10. Shaiii says:
    May 20, 2020 at 4:43 am

    Vvv salhi mi part vx…… Curiously waiting for next part… ❣️❤️??

    1. Shaleen says:
      May 20, 2020 at 4:46 am

      Thank you dear.?
      Inthizaaru kuravvaa. Alhugandu hama mihuree vaahaka hama kuriyah gendhan
      In Sha Allah . ❤ Thank you anekkaaaavesss

  11. Shaleen says:
    May 20, 2020 at 4:55 am

    Dear Dreams!
    Varah varah varah bodah shukuriyya. ❤
    V ufaavejje.
    Dhen mihaaru mihuree gellifakaa noonennu dho.
    No thari hoadhan avahah masakkai kurey. Mi Thari araane komme hafthaa aku 1 faharu ?
    In Sha Allah
    Dhen othy this kudhinge hihvarun mivaahaka magbool kohdhinun❤

  12. Shaleen says:
    May 20, 2020 at 5:02 am

    Dear Masha9092
    Thikahala hivvaruge basthah dhemun dhaathyve v bodah shukuriyya.
    Kiyuntheringe edhumuge mathin mi balanee veehaaves rangalhah vaahaka kuriyah gendheveytho ❤
    Adhi kiyuntherin edhey fadhain vaahaka dhigukurumah masakkaives kuramun midhany.
    V ufaavejje shaleenge family ah eid he thahuniyaa kiyaaleema.
    Masha9092 get family ah ves hama efadhain thahuniyaa kiyamun nimmaalaanan.
    Thank you soooo much ?

  13. Lam says:
    May 20, 2020 at 10:40 am

    V asarugadha.?

    1. Shaleen says:
      May 20, 2020 at 10:47 am

      Thank you Lam.
      Stay safe stay home dear

  14. Wix says:
    May 20, 2020 at 10:42 am

    Proud of u shaleen. You r the best author.

    1. Shaleen says:
      May 20, 2020 at 10:49 am

      Alheyyy!!! Thank you dear wix.❤
      Ummydhu kurany abadhuves alhuganduge vaahaka kiyamun gendhaane kamah . ?

  15. Aayu❤ says:
    May 20, 2020 at 12:39 pm

    Dear vrh reethi mi vhk.Fahudhu kahala meehun dhuniyeyga vrh gina vaane, heevanii kuraane kan kan madhuvegen ulhey meeheh hen viyya. Abadhuves ehen meehakah ehii vaaanethii ehn e ulhenii. Seemaa kahala dhuniye matheega ulhey meehun aslu vrh madhu. Nikamethive bika haaluga jehifa thibey meehunah ehii vaanii haahakun ekaku. Dhen keehkuraanii dhw. Dhiri ulhumuga dhimaa vaane mikahala ethakeh kameh. Keiyy kurun noon gotheh neiyy.Sifa kohdheefa huri goiyy hama vrh reethi. Good luck for the next. Work hard and stay safe ❤

    1. Shaleen says:
      May 20, 2020 at 1:35 pm

      Thank you Aayu. ?
      Thibunee hama truth eh. V ufaavejje hama ingey comment eh dhineema. ?
      Abadhuves mi masakkai kuranee vaahaka ah ummeedhee comments libeytho.
      Dhen komme kahala comments ves hama balaigannaanee ufalaa ekuga

  16. Shaleen says:
    May 20, 2020 at 1:35 pm

    Thank you Aayu. ?
    Thibunee hama truth eh. V ufaavejje hama ingey comment eh dhineema. ?
    Abadhuves mi masakkai kuranee vaahaka ah ummeedhee comments libeytho.
    Dhen komme kahala comments ves hama balaigannaanee ufalaa ekuga

  17. Real Me says:
    May 20, 2020 at 8:47 pm

    Dear,Masha allah vrh reethi mi part ves??. Hama fenkalhi vejje mi part kiyaalaafa. Yah, mee mihaaru hama dhuniyeyge varah nuran’galhu aadha eh. Meehaku kithanme nikamecchakas e meehaage hiyy saafiyya e nimunii ehnu.
    Shaleen ge roadha hadhiyaa thah me ah hama vrh kamudhey in’gey! Kiyuntherin shauguveri kurumuge talentves libifa eba huri Shaleen ah. Adhi Shaleenge talent thah fennan baakii onnaane kamah mi balany.
    Me ge faraathun Shaleen ah eid hadhiyaa eh.

    Thee Shaleen ey me ge favourite Me real kohdhin Shaleen
    Bunelanhe vaahaka imthihaan
    Meeyey Kiyaalan hiyy edhey
    Vaahaka neren bunefaa evaa
    Thaareekhakah unikan nudhii
    Neremundhanee hadhiyaa dhemun,
    Kiyumah mi emmen eku ekii
    Loathakah fen aruvamun, Hiyy thakah mi ufaadhemun
    Vaahaka thi liyelaa goiyy gothun
    Bunelaane eccheh numedheyey
    Dhuvahakun dhuvaheh dhanii vhk in’geyhey molhuvamun
    Liyelaa thi vhk ah bunan beynunvanii hama saabahey
    Hafthaage maguboolah erun meeyey mialhuge duaa akee
    Hama konme faharaku badge libun meeyey mi beynun vaa kamee

    Stay safe dear, LYSM ❤
    عید مبارک to you and your family.
    May allah bless your work.

    1. Shaleen says:
      May 20, 2020 at 10:40 pm

      Oh my dearest Real Me !!!!
      ❤❤❤❤❤❤
      Aslu Real Me Aki abadhuves commented dhey faraathei veema hama v miss vi comment libumuge kurin.
      Hama hithah eri kobaahey mifaharu Real Me he comment adhi nulibey.
      Abadhuves aammukoh comment dhey komme kujjei mathin varah handhaanvey vaahaka up vumah fahu.
      Hurihaaves hihvaraki thafaath comment dhey kudhin hama.

      Dhen hama bunelaanee Keeley .
      Vvvvvvvvvvv v ufaavejje thihaa reethi hadhiyaaeh dhineema .
      Bunelaanee hama hithun nufilaaney.❤ Ufalaaeki balaigannamey thi ?.
      V v v v v reethi v furihama hadhiyaaeh hama
      V hihvaru libijje
      Alhamdhu lillah .
      Real Me ge hadhiyaa libuneema hama
      Ma Sha Allah
      Alhamdhu lillah
      Abadhuves hunnahche hivvaru dheyn dear.
      Ufalun rovijje
      ????❤??

  18. koimalaahh says:
    May 21, 2020 at 5:28 am

    dhen keekey dho bunaani. Wahwah v reethi mi prt vx. Curiously waittttting fr the nxt prt. Keep it uppppp shaleen

  19. Shaleen says:
    May 21, 2020 at 8:45 pm

    Thank you koimalaa
    V ufaavejje. Hama dhen bunelan othee inthizaaru kollahchey anekkaaves next part ah

Comments are closed.

Next Episodeއިމްތިޙާން 9←


All Right Reserved!