އިމްތިޙާން 6
ސަމީރު މާލެ އައިތާ ފުރިހަމަ ހަފްތާއެއް ވަނީއެވެ. ސީމާ އެދުންފަދައިން ކޯޓު މަރުހަލާގެ ދަށުން ތުގާ އެމީހުންނާ ހަވާލުކުރެވިއްޖެއެވެ. ދެފަރާތުން ވެވުނު އެއްބަސް ވުމުގެތެރެއިން ސަމީރުގެ ޝަރުތުތައްވެސް ދަމަހައްޓަން ސީމާއަށް މަޖުބޫރުވީއެވެ. ފަރީދާގެ ފަރާތުން ލިބުނު އެންމެ ފަހުގެ ނިޝާން، ސަމީރަށް ސިފަކުރެވުނީ ލޯބީގެ ރަމްޒެއްގެ ގޮތުގައެވެ. އާނއެކެވެ.!! މިހާރު އެއީ ސަމީރުގެ މާޒީއެވެ. އެހެނެއްކަމަކު، މިއަދަށްފަހު ސަމީރުގެ ދިރިއުޅުމުގެ މުސްތަޤްބަލް އަނެއްކާވެސް އާބާބަކުން ފަށަންވީއެވެ. ކުޑަކުޑަ ދެފިރިހެން ކުދިންގެ ޙައްޤުގައެވެ. އެކުދިންގެ ހަޔާތް އުޖާލާކޮށްދިނުމަށެވެ. ހިތްވަރާއެކު އަމިއްލަ ދިރިއުޅުން އާރާސްތުކުރަން ސަމީރު ރަށަށްދާން ފުރިއެވެ.
ސަމީރުގެ ހަޔާތުން ވޭތުވަމުން ދިޔަ ކޮންމެ ދުވަހަކީ ކުޑަ ދެކުދިންނާއެކު ތަފާތު ތަޖްރިބާތައް ކުރެވެމުން ދިޔަ ދުވަސްތަކެކެވެ. ދަރިންނަށްޓަކާ އުނދަގޫ ޙަޔާތެއް ވޭތުކުރަމުންދާ ސަމީރު، އާމްދަނީ ހޯދުމުގެ ގޮތުން ޤުރްއާން ކިޔަވާދިނުމުގެ އިތުރުން ގޭގައި ހުރެގެން ކުރާނެ އިތުރު މަސައްކަތެއް ހޯދިއެވެ. ރަށުގެ ހެދިކާވިއްކާ މަޝްހޫރު ގެއަކަށް ކޮންމެ ދުވަހަކު ހުނި ގާނަދޭންފެށިއެވެ. ކޮންމެ މަހަކު ލިބޭ ހަތަރު ސަތޭކަ ރުފިޔާއަކީ ސަމީރުގެ އާމްދަނީއެވެ. ލިބޭ މަދު ފައިސާކޮޅުން އިޤްތިޞާދު ކުރަން ސަމީރު ދަނެއެވެ. ދަރިންނަށް ކޮންމެހެން ބޭނުންވާ ޚަރަދުތައް ކުރުމަށްފަހު ފަހަށް ރައްކާކޮށް ހަދައެވެ.
ކޮންމެ ދުވަހަކު ވަގުތު ހޯދައިން މަހޫއާ މާލިކްއާއެކު ވަގުތުހޭދަކުރެވެ. ހަމަ ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ނަގައިން އެކުދިންނަށް އަކުރާ ފިލި ދައްކާދިނުމަކީ ސަމީރުގެ އާދައެވެ. އެޙަޔާތުގާ ފާއިތުވަމުންދާ ކޮންމެ ރެއަކު ކުދިން ނިންދެވުމުގެ ކުރިން ކޮންމެސް ވަރަކަށް ކުރު ސޫރަތްތައް ކިޔަވާދީހަދައެވެ. ދަރިންގެ ޙައްޤުގަ މިހެންކުރާ އެތައްއެތައް ކަމަކުން ސަމީރުގެ ޙަޔާތް މަޑުމަޑުން ނަމަވެސް އައީ އުޖާލާވަމުންނެވެ.
މެންދުރުގެ އެންމެ އަވިބާރު ވަގުތެވެ. މަޑުމަޑުން ހެއްލެމުންދިޔަ ބޮޑު އުނދޯލީގާ އޮށޯއްވެލައިން އެއޮތީ ސަމީރެވެ. ކުޑަކުޑަ މަހޫ ސަމީރުގެ ތަނަވަސް މޭމަތީ މަޑުމައިތިރިކަމާއެކު ބޯއަޅާލައިން އޮތެވެ. ހީވާގޮތުން މަހޫގެ ދެލޮލުން ފެންނަމުން ދަނީ އަރާމު ނިންޖަކަށް ބޭނުންވެފާވާތަނެވެ. މަހޫގެ ބުރަކަށީގާ އަތުން ފިރުމަމުންދިޔައިރު ސަމީރު ލޯމަރާލައިން އޮވެ މަޑުމަޑުން ލަވައެއް ކިޔަމުން ދެއެވެ.
“އަދު މިހާލަށް ކާކުހެ ހަމްދަރުދީ ވާނީ؟
މަދުވެފާވީ ދިރިއުޅުމުގެ ލޯބި މިދޭނީ؟
ތަދުވެފާވާ މިހިތުގެ ޒަޚަމު ދެކޭނީ ؟
އަދުއެކީ ދިރިއުޅުމަށް ކާކު ރުހޭނީ؟
ދަރިފުޅާ ބައްޕަ ދެގުނަ ލޯބިވެދޭނަން
ފަރިހަޔާތް ތިޔަކޮށްލުމަށް އެހީ ވެދޭނަން
ދަތި ނުވާހެން އުޅުމަށް ދުޢާ ކުރާނަން
ތަރިފަދައިން ބަބުޅާތަން ބަލަން އެދޭނަން”
“ސަމީރު! ހާދަހާ ޖަޒްބާތުގަޖެހިފަ. ހަމަ ހީވަނީ ދަރިފުޅަށް އަމިއްލަ ދިރިއުޅުން ކިޔާލާދޭހެން.” ސަމީރު ސިއްސައިންގޮސް ލޯހުޅުވާލިއެވެ.
ހެއްލެމުންދިޔަ އުނދޯލިކައިރި ހުއްޓިގެންހުރީ ޔުސްރާއެވެ. ހިނިއައިސްފާވާ ޔުސްރާ އުނދޯލި މަޑުކޮށްލުމަށްފަހު ސަމީރު ކައިރި އިށީންދެލިއެވެ. ބާލީހެއްގާ މަހޫ ބާއްވާލަމުން ސަމީރުވެސް އުނދޯލީގާ އިށީންދެ ހަމަޖެހިލިއެވެ. މެހެމާނުންނަށް އިޙްތިރާމް ކުރުމަކީ ސަމީރު ގައިގާ ހަރުލާފައިވާ ރީތި އާދައެކެވެ. ޔުސްރާ ނޫނަސް ކޮންމެ މީހަކަށްވެސް ސަމީރަކީ ހެޔޮހިތެއްގެ ވެރިއެކެވެ.
“ހެހެ… ޔުސްރާ ދައްކާވާހަކަ. އަހަރެން ކޮންއިރަކުތަ ޖަޒްބާތުގަ ނުޖެހެނީ؟ މީއަބަދުވެސް އަހަރެންގެ ހާލެއްނު. ޔުސްރާއަށްވެސް އިނގޭނު، މަންމަމެންގެ ނުގަބޫލުގަ އަހަރެން ކައިވެނިކުރިފަހުން އެމީހުން އެތިބެނީ އަހަންނާ ވާހަކަވެސް ނުދައްކާން. މަހޫއާ މާލިކްވެސް އެބަލައިދެނީ އަހަރެން މާލެދާންޖެހޭތީ.. ކަތީބު ނަސޭހަތްދީގެން. އަހަރެން މިހާރު މިކަހަލަކަންކަމަށް މަޑުމަޑުން ފަރިތަވާންފަށައިފި. ހޫމް… މިއަދު އަހަރެން ކާށި ބަލާނުދާތީދޯ ތިއައީ؟”
“އާނ! ކިހިިނެއްވީތޯ ބަލާލަން މިއައީ އަސްލު.. އެހެންޏާތީ ގަޑިއަށް ކާށިބަލާ އަންނަމީހެއްނު.” ޔުސްރާ އޮޅުންފިލުވާލަން ސަމީރާ ސުވާލުކޮށްލިއެވެ.
“ބުނަން.. މިއަދު މިއުޅެނީ މަހޫ ކުޑަކޮށް ހުންއައިސްގެން. މީނަ ބަލިކަމުން ގޭގަ އެކަނި ބާއްވާފަ ބޭރަށްދާން ނުކެރިގެން ތިހިސާބަށް ނުދެވުނީ. އެވަގުތުކޮޅުވެސް އަހަންނަށް މުހިއްމުވާނީ މަހޫކައިރި މަޑުކުރުމެއްނު.. މާލިކްއަކީވެސް މަހޫބެލޭވަރަށްވުރެ ކުޑަކުއްޖެއް..” ސަމީރުގެ މަޖުބޫރީ ހާލަތާ ކުލުނުވެރި އުދާސްތައް ޔުސްރާއަށް އޮޅުން ފިލުވައިދިނެވެ.
“އާނ! ދޮގެއްނޫނޭ. ކޮބާތަ މިހާރު ތުގާ؟ އެމީހުންނާ ހަވާލުކުރިފަހުން ކިހިނެއްވަނީ؟” ސަމީރު ހީކޮށްފާނެ އެއްޗަކާމެދު ޖެހިލުންވެ އިނދެ ޔުސްރާ ސުވާލުކޮށްލިއެވެ.
ހެދިކާ ހަދާގޭތެރެއިން ގިނަގިނައިން ސަމީރާ ދިމާވިކަމުގާވިޔަސް
ތުގާއާ ބެހޭގޮތުން އެއްވެސް އެއްޗެއް އަހާލަން ޔުސްރާއަށް ކީއްކުރަންހެއްޔެވެ؟ ރަށުގެ ގިނަމީހުންނަށްވެސް ނުކެރެއެވެ.
ހީވާގޮތުން ރަށުގެ ގިނަމީހުންނަށް ތުގާގެ ވާހަކަ ސަމީރުގާތު އަހަންނުކެރެނީ ސަބަބެއް ނެތިއެއްނޫނެވެ. ސަމީރުގެ ހާލަށްޓަކާ ޙަމްދަރުދީވާތީއެވެ. ސަމީރު ދެރަވެދާނެތީއެވެ. ކޮންމެހެން ވިޔަސް އެސުވާލު ކުރެވުނީތީ ޔުސްރާ ހަމަހިމޭންވިއެވެ. ކުށްވެރިއެއް ފަދައިން ޔުސްރާއަށް ބަލާލެވުނީ ސަމީރުގެ މޫނަށެވެ. އެސުވާލުގެ ޖަވާބުދޭން ސަމީރު ބޭނުންވާނެބާއެވެ؟
– ނުނިމެ –
——————******————————–
ކިޔުންތެރިންނަށް ސަލާމް!! ހަފްތާގެ ހަދިޔާ ?
މިވާހަކަ ޝަޢުޤުވެރިކަމާއެކު ކިޔަމުން ގެންދާ އެންމެހާ ފަރާތްތަކާ،
ކޮމެންޓް ނުކުރިޔަސް ރަތް ހިތަކުން ވާހަކައަށް ލައިކް ދެއްވާ ފަރާތްތަކާ
އަދި އުފާވާކަހަލަ ރީތި ރީތި ކޮމެންޓްތައް ކުރައްވާ ފަރާތްތަކުގެ ތެރެއިން ….
މިހަފްތާގެ ޕާރޓް އަޅުގަޑު ހަދިޔާއެއްގެ ގޮތުގާ މިދޫކޮށްލަނީ،
( ޝަޢުގުވެރިކަމާއެކު މިވާހަކަ ކިޔަމުން ގެންދާ އެންމެހާ ފަރާތްތަކަށް ) ?
ނޯޓް: މި ވާހަކައިގެ 3 ވަނަ ބައިން ފެށިގެން 5 ވަނަ ބަޔާހަމައަށް ބައެއް ކުދިން ކޮށްފައިވާ ކޮމެންޓްތައް ޕެންޑިންގަ ހުރި ވާހަކަ ދަންނަވަން. އެހެންނަމަވެސް އަޅުގަނޑުވާނީ އެ ކޮމެންޓްތައް ކިޔާފަ. ޕެންޑިންގަ ހުރިކަމިގައިވިޔަސް ކޮމެންޓް ކުރައްވާ! ހުރިހާ ކުދިންވެސް ކޮށްފައިވާ ކޮމެންޓްތައް އުފަލާއެކު ބަލައިގަންނަން. ❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







DEAR READERS!!
HOPE U WILL LIKE THIS STORT. AND AS ALWAYS PLS POINT OUT MY MISTAKES AND LET ME KNW WHAT TO CORRECT.
THIS PART MIGHT BE A LIL SHORT.
BT
IN SHA ALLAH WILL TRY TO MAKE UP COMMING PARTS A BIT LONGER.
THANK YOU ALL.
THANK YOU EVERYONE WHO IS SHOWING SUPPORT TO THIS STORY. ❤?❤
wow. Its amazing. Curiously waitting fr the next parts. Shaleen is the best author here. Loves to read this story.
Good luck always.
Biiii
Yayyy.. Me first commenter dhw.. Vhk kiyaalaafa comment eh kuraanan..
Haha Lil sis saabahey comment kurumugaves vana hoadhan ulhey kudhin faahagavey
Koba SHALEEN GE when kudhinkolhu
Mashaallah.. Varah reethi mi part ves.. Thi liyelaafa in lava ehves dhw.. Hama speechless ?.. Mi faharu vrh ufaa vejje first commenter ah v ma?.. Waiting for next part.. Geyga thibegen hurihaa beyfulhun ves mi vabaa dhuniyein filaathoa dua kurehvumakii Lil sis ge vrh bodu edhumeh.. Stay home, stay safe dear.. Love you a lot ❤ Waiting for the next part..
Lots of love❤
Lil sis
Happy to hear ❤
Shukuriyya Lil sis.
V ufaavejje thidhevvi comment ah. Abadhuves thigothuga hunnaane kamah ummydh Kiran.
V reethi mi part ves❤️❤️❤️❤️
Mal?
Mal ge comment libifa iny pending ga
So bunelan othy thank you ey comment Koh support kohdhehvaathy?
V ufaavejje..see u soon
Koimalaage comment iny pending ga.
Ekamves v ufaavejje comment eh dhevveema. BEST AUTHOR ey buneema hama nenge dhen ufalun bunaane ehcheives .
Hama v ufaavejje asluves.
Alhamdhu lillah
Good job.
Mi prt vrh vrh salhi.
Maaru thuga kobaatha alheyyy!
Masha allah mi part ves hama varah reethi.. Mi faharuves 1st akah nudhevun dhw.. But will try next time..Vaahaka liyumuge talent Shaleen gaiga hurikan faahaga kurevey.. And adhi heevanii shaleen gaiga lhen baithu liyumuge talent ves hunnahen.. Shaleen thee mihaaru hama me ge favourite.. Pending ga inas comment recieve viyas reply kuraathii vrh ufaavey.. Esfiya site in hama abadhuves annathoa inthizaaru kurevey vaahaka eh mee.. Will be always with you and supporting you.. Stay safe dear.. Love you, Gud luck ❤
Hehe. V ufaavejje hama. Thank you Real Me❤
Abadhuves v faahaga kurevey hama komme part akahves comment kollaakan. Ekamahtakaaves v bodah shukuriyya.
Dhen bunelan othy hama madhu madhun lhenves hadhaalaa ulhemey.
Liyuntherikamaki hama v loabi kuraakamei.
Vaahaka ah thihen inthizaar kuraathy dhen nengey hama asluves v ufaavey.
FAVOURITE ey buneemaves mihiree ufalun folhifa dhen ?
Again thanks dear
Stay safe stay home
❤❤❤❤❤❤❤❤❤??????????
Koimalaa ge comment iny pending ga.
So mi reply balaane kamah ummydhu Kiran.
V ufaavejje dhevvaafa in comment aa dheytherey v huh hama jehey.
Next part anekkaa Anna hafthaage angaara nooni budha dhuvhu
In sha Allah
Thank you koimala❤
Dear, Emme bodu fan
Thikolhun kollaafa in comment iny pending ga.
Alhugandu comment kiyaalaifin.
V ufaavejje hihvaru dhevvaathy.
Abadhuves v ufaavaane alhugandah support kuranyaa.
Thuga dho?
Hehe thuga ah vaane goii hama ingeyne kuriyah huri baithakun ? inthizaar kollavva
Masha Allah vrh vrh reethi mi part vx. Shauguverikan hoadhan anekkaa vx mi part ga aa ukulheh use kollaafa iniima hama buneveynii WELLDONE ey?. Vrh reethi e lhen baithu. Shaleen thii hama loyuntherikamuge dhaairaain hunaru huri gellifa huri tharieh. N finally shaleen ge reethi liyunthah kiyaalan liyuntherinnah libuniima vrh happy. Always loving this story. Waiting curiously for next part. Luv u sis❤
Dear Supporter!!
Comment iny pending ga. Ehen namaves ummydh Kuran mi reply balaalaane kamah. Supporter get commentga V Gina ❤ v Gina ? n v ginain?
Libifa hureema bunelaanee ummydhu kuramey positive comment eh kamah.
So thank you ? very much .
Keep supporting dear
Hi No.1 fan
Thank u dear even though ur comment isn’t published. By thanks for all the kind and swyt wrds from u.
V v v v v ufaavejje alhugandah support kuramun gendhaathy
❤Stay home n stay safe dear
Mi fahunn fenna liyunn therinn ge vaahaka thakaa v thafaathu, mi vahaka maha, kuri falhaigenn thiyadha oii vs hama obinove, i realy miss my bappa, ❤
Hama hyvani kuri mathi harakaii theri vaaathan fenna hen
Dear shaleen
Haadha varakah shey thiya kiyunn therinn immthihaanu kuramunn thi genn dhani,
Amaizing
Masha Allah
V vs furihama, sameer aa aku a ba thibinn hama, shaleen thi kiyunn therinn ge immthihaan kura kurumuga baiverive, immthihaanunn v furiha ah vs fass vaane kamuge ummydhuga,
Sameer ah takaaa ❤ hama lwbinn furijje
Stay safe, stay home
Much love
Hey shenha!
Comment isnt published yet. Bt happy to hear all the swyt words from you.
Mi shenha ge bappage storytha anekkaa miliyeveny?
bappa mathin miss vaathy bunelee.
Mikahala kind bappaehtha hunnany?
anyways thank you ingey comment ah dear.?
Dear masha9092
Alhamdhu lillah
Ma Sha Allah
V ufaavejje comment kiyaalaafa .
Alhuganduves miulheny mi imthihaanunves pass veytho.
Ekam alhugandhu pass vaany thiya kiyuntheringeves furihama ebbaarulun libigen.
Ehnveema mihaaruves this dhevvaagothah ebbaarulun dhevvaa.
Happy to hear from you masha9092
Maasha Allah.. mipartves vv reethi. Adhi thioh hadhaalaafa oih lhemehves Hama v reethi.. lhen hedhumunves kuriyah dhevidhaanehen v heevey. Keep it up. Luv u so much..?????.tvgc
thank you khaleel.
Haha fahathah nudhaanvegen kuriyah dheveytho mibalany.
Emme bodah beynunvany hihvaru . Eyrun hama ok vaanenu