Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-20

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 11, 2020 5 Mins Read
18 Comments

“ކައިލް ކޮން ދާއިރާ އަކުން ކުރިއަށް ދާން ބޭނުންވަނީ؟ ކައިލް އިންޓެރެސްޓް ހުރި އެއްޗެއް ކިޔެވިއްޔާ އެންމެ ފައިދާ ބޮޑު ވާނީ..” ކައިލްގެ މޫނުގައި ބޭސް އުނގުޅާ ނިމުމުން ފޮށްޓަށް ބޭސްފުޅި ލަމުން ރައިހާ ވާހަކަ ދެއްކިއެވެ.

“އަދި ނޭނގެ ތިއެއް.. އަހަރެން ކަހަލަ މީހަކަށް ކޯއްޗަކަށް ވެވޭނީވެސް” ފަހު ޖުމްލަ ބުނެލަމުން ކައިލް އޭނާގެ ކަރުއެލުވާލިއެވެ.

އައިލެންްޑް މަތީގައި ބޭއްވިފައި އޮތް ކައިލްގެ ދެއަތުގައި ރައިހާ ހިފަހައްޓާލިއެވެ. ” ކައިލް ބޭނުން ކޮންމެ ކަމެއްވެސް އަހަންނަށް އިނގޭ ކައިލް އަށް ކުރެވޭނެކަން. އެހާ ހިތްވަރު ކައިލްގެ ގައިގާ އެބަހުއްޓޭ… އެހެންނޫނަސް އަހަރެން މިހުރީނު ކައިލް ބޭނުންވާ ކޮންމެ ކަމެއްގަ ހެލްޕް ވާން..” ކައިލްގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ ރައިހާ ބުނެލިއެވެ. ރައިހާގެ ވާހަކަ ތަކުން ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ކައިލް އަށް ލިބިގެން ދިޔައެވެ. އޭނާގެ ކުރިމަތީގައި އެއިން އަންހެން ކުއްޖާއަކީ އޭނާއަށް ދިމާވާ ހުރިހާ ހުރަސްތަކެއް އެކުގައި ގިރާކުރަން ތައްޔާރަށް ހުންނާނެ ފަރާތެއް ކަން އިނގުނެވެ. އެކަނިވެރިކަން އޭނާގެ މާޒީގެ ކަޅު ޞަފްހާތަކާއި އެކުވެގެން ހިނގައްޖެ ކަމުގައި ހީކުރެވެން ފެށުނެވެ.

“ހިނގާބަލަ ކައިލް އަށް އެއްޗެއް ދޭނަން.” ރައިހާ ކައިލްގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ކައިލްގެ މޫނުމަތިން ހައިރާންކަން ފާޅުވީނަމަވެސް ރައިހާ އާ އެކުގައި އެކޮޓަރިއަށް ގޮސް ވަދުނެވެ.

ކައިލް އަށް ލޮލަށް ގޮތެއް ހަދާލެވުނީ ރައިހާގެ ކޮޓަރީގައި ބޭނުން ކުރެވިފައިވާ ކުލަތައް ފެނުމުންނެވެ. ކޮޓަރީގެ ފާރުތަކުގައި ވަނީ މަސްޓަޑް ޔެލޯ ކުލަ ލެވިފައެވެ. އަދި އެނދުގައި އަޅާފައިވާ ބެޑްޝީޓް އާއި ބާލީސްތައް ހުރީ އެންބާ ޔެލޯ އާއި ހުދު ކުލައިންނެވެ. ފަރުނީޗަރުތައް ހުރީ ތަފާތު ލަކުޑިން ފަރުމާކުރެވިފައެވެ. މިއީ ކައިލް ރައިހާގެ ކޮޓަރީގެ ތެރެއަށް ވަތް ފުރަތަމަ ފަހަރެވެ.

ކައިލް ދެލޯ ކުޑަ ކޮށްލައިގެން ކޮޓަރީގެ އެކި ދިމާއަށް ބަލަން ހުރުމުން ރައިހާ ގާތަށް ފާޑަކަށް ހިނިއައެވެ. ނަމަވެސް އެކަން ފޮރުވަމުން ކައިލް އަށް ވާހަކަ ދައްކަން ފެށިއެވެ.

” ލައިފަ ހުރި ކުލަ ކަމުނުދަނީ ދޯ؟” ރައިހާއަށް އިނގި ހުރެމެ ސުވާލުކޮށްލިއެވެ. ކައިލް ވަކި ޖަވާބެއް ނުދީ ހިނިތުންވެލައިގެން ހުއްޓެވެ.

“އެކަމަކު އިނގޭތަ ޔެލޯ އަކީ އަަހަރެންގެ ފޭވްރިޓް ކުލަ. އިޓްސް ބްރައިޓް އެންޑް ކާމިންގް” ކޮޓަރި ތެރޭގައި އެނބުރިލަމުން ރައިހާ ބުނެލިގޮތުން ކައިލް އަށް ހެވުނެވެ.

“ރައި އާ ވަރަށް ގުޅޭ” ކައިލް އެެހެން ބުނެލުމުން ރައިހާއަށް ކައިލްގެ މޫނަށް ބަލާލެވުނެވެ. އޭނާ އަށް ކުރުކޮށް މުޚާތަބު އެކުރި ނަމަކީ އޭނާގެ އެންމެ ގާތް މީހުން ބޭނުން ކުރާ ނަމެކެވެ. ކައިލް އެނަން ބޭނުން ކުރުމުން އެހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ.

އެ އުފާވެރިކަމުގައި އައިސް ކޮޓަރީގެ އެއްފަރާތުގައި އެކި ކަހަލަ ފޮތްތައް ބަހައްޓާފައި ހުރި ހަރުގަނޑު ކައިރީ ރައިހާ ހުއްޓިލިއެވެ. އަދި އެކި ފޮތްތަކުގައި އަތް ހާކަމުން ގޮސް ނޫކުލައިގެ ބަނޑަވެރިގަނޑެއް ލައިފާ އޮތް ފޮތެއް ނެގިއެވެ. ފޮތުގެ ބޯ މިނުގައި އިންޗިއެއް ވަރު ހުންނާނެއެވެ. ފޮތް ނަގަމުން ރައިހާ އެފޮތް ކައިލް އަށް ދިއްކޮލިއެވެ.

ވާނުވާގައި ހުރި ކައިލް މަޑު މަޑުން އެފޮތުގައި ހިފާލިއެވެ. “ތީ ކައިލް އެންމެ ފުރަތަމަ ކިޔަންވީ ފޮތް” ކައިލްގެ އަތަށް ފޮތް ލައިދެމުން ރައިހާ ބުންޏެވެ.

ކައިލް ފަރުވާތެރި ކަމާއެކު ފޮތުގެ ބަނޑަވެރި ގަނޑަށް ބަލައިލިއެވެ. ބަނޑަވެރި ގަނޑުގެ މަތީގައި އިނގިރޭސި ބޮޑު އަކުރުން “ހައު ޓު ފައިންޑް ޔޯރ ސެލްފް” ޖަހާފައި ވެއެވެ.

ކައިލް މަތި މަތިން ގަނޑުތައް އުކާލިއެވެ. އޭނާބފޮތެއްގައި އަތްނުލާތާ ވީ ކިތައް އަހަރުކަމެއްވެސް ނޭނގެއެވެ. އޭނާގެ ހިތަށް ކުރެވިގެން ދިޔައީ ތަފާތު އިޙްސާސެކެވެ.

“އަހަރެން އިނގިރޭސިއަށް އެހާ މޮޅެއް ނުވާނެ” ކައިލް ބިރުގަތީ އެހާދުވަސް ފަހުން އިނގިރޭސި ފޮތެއް ކިޔަން އޭނާ އަށް ނޭނގިދާނެތީއެވެ.

“ކައިލް އަށް ނޭނގޭ ކޮންމެ ބަހެއް އަހަރެން ކައިރި އަހާ. އެގޮތް އޯކޭ އެންނު؟” ހިނިތުންވެލާފައި ރައިހާ އެހެން ބުނުމުން ކައިލް އަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
*******

ބޯކޮށް ވެހެމުން ދިޔަ ވާރެޔާއެކު އިރު ކޮޅުކޮޅާ މުޅިތަން އަލިވެގެން ދަނީ ވިދާލާ ވިދުވަރުންނެވެ. ޖެހެމުން ދިޔަ ގަދަ ވަޔާއެކު ހީވަނީ ގަސްތައްވެސް މުލުން ލުހިގެން ހިނގައިދާނެހެންނެވެ. ދޭތެރެއަކުން ހޮނު ގުގުރީގެ އަޑު އިވިގެން ދާއިރު މުޅި ގައިން ހީބިހި ނަގައިގެން ދާ ވަރުވެއެވެ. އެބޯ ވާރޭގައި ކުޑަ ކުޑަ ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑު އިވި އިވި ހުއްޓެވެ. އޭނާގެ ކުރިމަތީ ހަބަރު ހުސްވެފައި އަންހެނެއް އޮތް އިރު އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނެތް މަގުމަތީގައި އެކުޑަ ކުޑަ ކުއްޖާގެ ރުއިން ހައްތަހާ ބާރުވަމުން ދިޔައެވެ.

ނިދިފައި އޮތް ރައިހާ އަށް ކުއްލި އަކަށް ހޭލެވުނު އިރު ބޯ ވިއްސާރައިގެ އަޑު ކަންފަތުގައި ޖެހިގެން ދިޔައެވެ. ހަމަ އެވަގުތު ކައިލްގެ މަތިން ހަނދާން ވުމުން ރަޖާގަނޑަކާ ރަޖާގަނޑެއް އެއްލާލައިފާ ރައިހާ ދުއްވައިގަތީ ކައިލްގެ ކޮޓަރިއާ ދިމާއަށެވެ.

ތަޅުނުލާ ހުރި ކޮޓަރި ރައިހާ އަށް ދާދި ފަސޭހައިން ހުޅުވާލެވުނެވެ. ބޮކި ދިއްލާލަމުން އަވަސް އަވަހަށް އެނދުގައި އޮތް ކައިލް އާ ކައިރިވެލިއެވެ. އޭރު ދެފަރާތަށް ބޯ އަނބުރަމުން ދިޔަ ކައިލް ނިދީގައި އޮވެގެން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ދެލޯ މަރާ ތަގުޅިކޮށްގެން އޮތް އިރު ހީވަނީ ތަނަކަށް ތަދުވެގެން އުޅޭ ހެެންނެވެ. ހާސް ވެފައި ހުރެ ރައިހާ ކައިލްގެ މޫނާ ކައިރި ވެލިއެވެ.

“މަންމާ..” ކައިލްގެ ކިޔަމުން ދިޔަ އެއްޗެހީގެ ތެރެއިން ރައިހާ އަށް ސާފުވާގޮތްވީ ހަމައެކަނި އެބަހެވެ. ހީވަނީ ކައިލް އުޅެމުން އެދަނީ ބިރުވެރި ހުވަފެނެއްގެ ތެެރޭ ހެންނެވެ. ރައިހާ ބެލީ އަވަހަށް ކައިލް ހޭލެއްވޭތޯއެވެ.

ކައިލް މޫނުގައި ރައިހާ އަތްޖައްސާލިއެެވެ. ރައިހާ ސިއްސައިގެން ގޮސް އަތް ދުރުކޮށްލެވުނީ ކައިލްގެ ގައި ހޫނުކަމުން ނެވެ. އޭނާ އަވަސް އަވަހަށް ކައިލް އަށް ގޮވަން ފެށިއެވެ . ސިއްސައިގެން ގޮސް ލޯ ހުޅުވާލަމުން ކައިލް މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ކުރިމަތީގައި ކަންބޮޑުވެފައި ހުރި ރައިހާ ފެނުމުން އޭނާއަށް ފެނުނީ ހުވަފެނެއްކަން ނަގައިގަނެވުނެވެ. ނަމަވެސް ކައިލް އަށް ހީވަނީ އަދިވެސް އެމަންޒަރުތައް އޭނާގެ ލޯކުރިމަތީ ތަމްސީލުވާހެންނެވެ. އެނދުގައި އޮށޯވެލަމުން ދެލޯ މަރާލީ އެ މަންޒަރުތައް ބޮލުން ފޮހެލަން ބޭނުންވީ ވަރުންނެވެ .

ހުމާ ފިހިފިހި އޮތް ކައިލްގެ މުޅި ގައި ތުރުތުރު އަޅަމުން ދިޔައެވެ. ރައިހާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ތައްޓަކަށް ތާފަނާ ފެން އަޅައިގެން ތުވާއްޔަކާ އެކުއައެވެ. ނަސީބަކުން އޭނާގެ އަތުގައި ހުމަށް ކާބޭހެއްވެސް ހުއްޓެވެ.

ފެންފޮދަކުން ތުވާލި ތެންމާލުމަށްފަހު ކައިލްގެ ކަރު ދޮށުގަޔާއި ދެއަތް ތިލައިގާ އުނގުޅާލަމުން ނިތްކުރީގައި ބާއްވާލިއެވެ. އަދި ބޭސްގުޅަ ކައިލް އަށް ދިއްކޮށްލިއެވެ. ކައިލް ރައިހާ އަށް ބަލައިލަމުން ބޭސް ގުޅައިގާ ހިފާ ފެންތައްޓަކާއި އެކު ދިރުވާލިއެވެ. ހިނދުކޮޅަކަށްފަހު ބޭހުގެ އަސަރު ކުރުމުން ކައިލް އަށް މަޑު މަޑުން ނިދެން ފެށިއެވެ. ރައިހާ އިރު އިރު ކޮޅުން ތުވާލި އަލުން ތެންމާލުމަށްފަހު ކައިލްގެ ނިތްކުރީގައި ބާވާލައެވެ. އެގޮތަށް އިން ރައިހާ ނިދިތާއްޔާ ޖެހެމުން ގޮސް ކައިލްގެ އެނދުގައި ބޯ އަޅައިގެން އިނދެ ނިދުނެވެ.

އިރުގެ ދޯދިތަކުން މުޅި ކޮޓަރިއަށް ވަނީ އަލިކަން ވެރިވެފައެވެ. ކައިލް އުނދަގޫ ގޮތަކަށް މަޑުމަޑުން ލޯ ހުޅުވާލިއެވެ. ކަންނަތް ގޮތަކަށް އެނދުން ތެދުވެލަން އުޅުނު ވަގުތު ލޮލުގައި އަޅައިގަތީ އޭނާގެ އެނދުގައި ބޯ ޖަހާލައިގެން ނިދިފައި އޮތް ރައިހާއެވެ. ރައިހާގެ ފަން އިސްތަށިގަނޑުން ބައެއް މޫނުމައްޗަށް އެޅިފައިވާ އިރު ފެންނަލެއް ނުހަނު މައުސޫމެވެ. ކައިލްގެ އަތް މަޑު މަޑުން ހަރަކާތް ކުރަމުން ދިޔައީ ރައިހާގެ މޫނާދިމާއަށެވެ. މަޑު މަޑުން މޫނަށް އެޅިފައިވާ އިސްތަށިކޮޅުތައް ކަންފަތް ދޮށަށް ލައްވާލިއެވެ. އޭރު ކައިލްގެ ހިތުގައި އުފެދެމުން ތިޔައީ ބުނެދެން ނޭނގޭފަދަ ތަފާތު ޝުޢޫރު ތަކެކެވެ. ރައިހާގެ އެ ރީތި މޫނު ފެންނަ ކޮންމެ ހިނދަކު ކައިލްގެ ހިތް އަވަސް ވެގެން ދެޔެވެ. އެއްވެސް ފޫހި ކަމެއް ނެތި މުޅި އުމުރަށް އެމޫނަށް ބެލުމުގައި ހޭދަކޮށްލަން ބޭނުނެވިއެވެ.

ކަންފަތް ދޮށަށް އިސްތަށި ކޮޅު ލައްވާލިތަނާހެން އެސްފިޔަ ތަޅާލަމުން ރައިހާ އޭނާގެ ދެލޯ ހުޅުވާލިއެވެ. ދެވަނަ ސިކުންތުގައި ދެލޯބޮޑުކޮށްލަމުން ހަށިގަނޑު ސީދާކޮށްލިއެވެ. އަދި އަވަސް އަވަހަށް ކައިލް އަށް ބަލައިލިއެވެ. އޭރުވެސް ކައިލް އިނީ ރައިހާގެ މޫނަށް ނަޒަރުވަކި ކޮށްލުމެއް ނެތިއެވެ.

” ކައިލް މިހާރު ރަނގަޅުތަ؟” ހާސްވެފައި ހުރި ރައިހާ އޭނާގެ އަތް ކައިލްގެ ނިތުގައި ޖައްސާލީ ހުން ހުރިތޯ ބެލުމަށެވެ. ނަމަވެސް ހުމުގެ އެއްވެސް އަސަރެއް ނެތުމުން ރއިހާ އަށް ހިތްހަމަ ޖެހުމާއެކު ދެލޯ މަރާލެވުނެވެ.

” ކައިލް އަށް ބިރުވެރި ހުވަފެނެއް ފެނުނީ ދޯ ރޭގަ. ކައިލްގެ މަންމަގެ ހުވަފެނެއްތަ ފެނުނީ؟” ނާހަން އިނދެފައިވެސް ރައިހާ ސުވާލު ކުރިއެވެ. ކައިލްގެ އާއިލާ ކޮބައިތޯ ރައިހާގެ ހިތަށް އެތަށްފަހަރަކު އަރައެވެ. ކައިލް އަށް ނަފްސާނީ ބަލި މަޑުކަމެއް މެދުވެރިވީ ސަބަބު އޭނާއަކަށް އަދިވެސް ނޭނގެއެވެ. އެންމެ ކުޑަމިނުން ކައިލް ވާރޭދެކެ ބިރުގަންނަ ސަބަބުވެސް އޭނާ އަށް ހޯދިފައެއް ނެތެވެ.

ރައިހާގެ ސުވާލަށް މަޑުމަޑުން ކައިލް ބޯޖަހާލިއެވެ. ރައިހާ ހީކުރިގޮތާ ޚިލާފަށް އިތުރު އެއްވެސް ވާހަކައެއް ކައިލް ނުބުނެއެވެ. ރައިހާވެސް ގަދަކަމުން އެއްވެސް ކަމެއް ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. އަދި ކޮންމެވެސް ދުވަހަކުން ކައިލްގެ ހިތް އޭނާގެ ކުރިމަތީ ހުޅުވާލާނެ ކަމަށް ރައިހާ ޤަބޫލު ކުރެއެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ އެދުވަހަކަށެވެ.
*****

ކައިލް ކޮލެޖަށް ދާން ވާއިރަށް ލެޕްޓޮޕަކާއި ފޯނެއް ގަނެދިނުމަށް ރައިހާ ބޭނުންވިއެވެ. ވަރަށް އާދޭސްކޮށްގެން ރައިހާ އަށް ކައިލް ގޮވައިގެން ބޭރަށް ނިކުމެވުނެވެ.

ޕާޓީގައި ކަންތައް ވީގޮތުން އިތުރަށް ބޭރަށް ނިކުންނަން ކައިލް ޖެހިލުންވެއެވެ. އޭނާގެ ފަރާތުން ބޭއިޚްތިޔާރުގައި އަނެއްކާވެސް އެފަދަ އަމަލެއް ފެންމަތި ވެދާނެތީއެވެ. އެހެންވެއްޖިއްޔާ ދެން އިތުރަކަށް ރައިހާގެ މޫނަށް ބަލާލަންވެސް ކައިލް އަށް ނުކެރޭނެކަން ޔަޤީނެވެ. ނަމަވެސް ރައިހާ އާދޭސްކުރުމުން ހަތިޔާރު ބަހައްޓަން އޭނާއަަށް މަޖުބޫރުވީޔެވެ.

މަޑުހިނގުމެއްގައި ހިނގަމުން ދިޔަ ރައިހާ ހުރީ ކައިލްގެ މުލައްދަނޑީގައި ހިފަހައްޓާލައިގެންނެެވެ. ކައިލްގެ ފަރާތުން ފެންނަމުން ދިޔަ ހާސްކަން އޭނާއަށް އިޙްސާސް ކުރެވެއެވެ. ނަމަވެސް ކައިލް ހަމަޔަކަށް އެޅޭނީ މިގޮތަށް ބޭރަށްވެސް ނިކުމެ އުޅެން ފެށީމަކަން އޭނާއަށް އިނގެއެވެ. ކައިލް އަށް ކުރިމަތިވެދާނެ ކޮންމެ ގެއްލުމަކުން ރައްކާތެރިކުރަން އޭނާ އެހެރީ ތައްޔާރަށެވެ.

ފުރަތަމަ ރައިހާ ކައިލް ގޮވައިގެން ވަނީ ފޯނުވިއްކާ ފިހާރައަކަށެވެ. ކައިލް ކައިރީ ބޭނުންވާ ފޯނެއް ނަގަން ބުނުމުންވެސް ރައިހާ ބޭނުންފޯނެއް ނެގުމަށް އެދުނެވެ. ރައިހާ ކައިލް އަށް ގަނެދިނީ އޭނާ އަށް އެންމެ ކަމުދިޔަ ކަޅުކުލައިގެ އައިފޯން އެކްސް އެކެވެ. އެއަށްފަހު ދެމީހުން މިސްރާބު ޖެހީ ލެޕްޓޮޕެއް ގަތުމަށެވެ. މަގުގެ ކަފިހި ހުރަސް ކައިރީ ދެމީހުން މަޑުކޮށްލީ ދުއްވާ އެއްޗެހި ތަންކޮޅެއް މަދުވުމުން މަގު ހުރަސް ކުރާށެވެ. ކައިލް މެން ތިބި މަގުގެ އަނެއްފަރާތުގައި ބޮޑު ރެސްޓޯރެންޓެއް ހުއްޓެވެ. ރެސްޓޯރެންޓްގެ މަތި ހާމައަށް އޮތް އިރު ފެންނަފެނުމަށް ވަރަށް މީހުން ގިނަ ވަޤުތެކެވެ. ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރި ކައިލްގެ ލޯ ކުއްލިއަކަށް އަމާޒުވީ ފިރިހެނެއްގެ ފަހަތުން ރެސްޓޯރެންޓުން ނިކުން އަންހެނެކެވެ. އެ އަންހެންމީހާ ނިކުމެ އޭނާ އާއި އެކު ނިކުން ފިރިހެން މީހާގެ އަތުގައި ހިފާލިއެވެ. އެވަގުތު އެފިރިހެން މީހާ ދެއްކި ވާހަކަ އަކާއި ގުޅިގެން ރަކި ގޮތަކަށް އެއަންހެންމީހާ ހިނިތުންވެލި ތަން ފެނުނެވެ.

އެދެމީހުންގެ އަމަލުތަކަށް ބަލަންހުރި ކައިލް ރުޅިވެރިކަމުން މުޅި ގައި ތުރުތުރު އަޅައިގެން ދިޔައެވެ. ދެބޮމަ ގޮށްޖެހިގެން ދިޔަ އިރު ހީވަނީ މުޅި ދުނިޔެއިންވެސް އޭނާ އެންމެ ނަފްރަތު ކުރާމީހާ ފެނުނުހެންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހުދާއްކޮ(ފުރަތަމަ ބައި)

Next

ލޯ ފޮހެލާދޭށެ މަގޭ 10

Next
May 11, 2020

ލޯ ފޮހެލާދޭށެ މަގޭ 10

Previews
May 10, 2020

ހުދާއްކޮ(ފުރަތަމަ ބައި)

18 Comments!

  1. Wonder says:
    May 11, 2020 at 1:45 pm

    Salaam readers. How r u all doing? Hope u all will like 20th part of this story.. Let me knw the feedbacks abt this part.. Have a blessed day and enjoy! B safe all and ly all ?❤

  2. Sau says:
    May 11, 2020 at 3:02 pm

    When is nxt… Mi part cx v reethi… Curiously waiting

    1. Wonder says:
      May 11, 2020 at 3:43 pm

      Thank u so much Sau. It’s always really motivating to c comments from new readers. V ufaavejje mi part kamudhiyaeema. Next part In sha Allah tomorrow night ga. Stay safe.?❤

  3. Izabell says:
    May 11, 2020 at 3:05 pm

    Al’hamdhulillah. I’m doing well. What about yuh? Nd mi part vx varah varah varah reethi. Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤ Kail kaaku fenigen baa dhw ehaa rulhi eh e aee. Curiously waiting for the next part. Once again, story hama outstanding ???????????????????? Kon irakun next part up kollaani. Avahah up kollahche. Waiting waiting. Nd stay safe . Ly

    1. Wonder says:
      May 11, 2020 at 3:46 pm

      Al’hamdhulillah. Im doing great dear. Thank u. Let’s see dhw kail ehaa rulhi aee keehvegen kan.. kuri ah huri parts thakuga ingigen dhaane hama. Can’t thank u enough for ur lovely comments. Story In sha Allah tomorrow night ga submit kohlaanan. U too b safe and lym?❤

  4. love_reading says:
    May 11, 2020 at 3:43 pm

    woowww… mi part vz varah reethi… eii kaakubaa???.. love how the story is going ?❤️..

    1. Wonder says:
      May 11, 2020 at 4:59 pm

      Thank u soo much Love_reading. V ufaavejje mi part ves kamudhiyaeema. Let’s see dhw eii kaakukan.. storyge kuriyah huri bai thakun ingigen dhaane hama. B safe dear?❤

  5. Sher says:
    May 11, 2020 at 4:09 pm

    Owww wowwww♥️❤️♥️
    ???مشاء الله???
    Mi part ves hama varah varah varah reethi???????
    Wonder haadha molhey مشاء الله☺️?
    Wonder thihaa reethi koh mi vaahaka gennanyaa Sher men rangalhu vaane dho♥️♥️ n Wonder kihineh tha?? ☺️☺️☺️☺️☺️

    1. Wonder says:
      May 11, 2020 at 5:02 pm

      Al’hamdhulillah im doing great dear and i hope u r too. Thank u. V ufaavejje anehkaaves Sher ge comment kiyaalaafa. Story genesdheveygoih hinhama jehumaky wonder ah libey v bodu ufaleh. B safe dear❤?

  6. Aish says:
    May 11, 2020 at 5:35 pm

    Wa say wah ????? mi part ves Hama awesome. Thank you wonder mi Lockdown dhuvasvaru dhuvaalaku episode eh hen submit kollaathy?? kail ah kaakubaa efenuny can’t wait to know who is that ???

  7. Wonder says:
    May 11, 2020 at 7:02 pm

    Thank u soo much Aish. And ur wc. Aish ah kamudhaa story eh mikahala dhuvas varaku genesdheveythy v ufaavey hama. And yes im trying vee haa ves avahakah vaahaka up kohleveythoa. Let’s see dhw kail ah efenuny kaaku kan.. kuri ah huri baithakuga ingigen dhaane. B safe dear❤?

  8. Reesh says:
    May 12, 2020 at 1:14 am

    Woww v salhi mi part vex ❣️
    Be safe ♥️?

  9. Wonder says:
    May 12, 2020 at 2:53 am

    Thank u soo much Reesh.. v ufaavejje mi part ves kamudhiyaeema. U too stay safe dear?❤

  10. ??tweety?? says:
    May 12, 2020 at 8:56 pm

    whn next

    1. Wonder says:
      May 12, 2020 at 9:01 pm

      Hellow tweety. I really missed u. So so happy to see ur comment after a long time. Tonight In sha Allah I’ll submit the next part.. stay safe dear?❤

  11. Lam'aa says:
    May 12, 2020 at 10:02 pm

    Maasha Allah vrh reethi

    1. Wonder says:
      May 13, 2020 at 12:57 pm

      Thank u soo much Lam’aa.. Again really happy to see a comment from a new reader. Mi part kamudhiyaeema v ufaavejje hama. Stay safe?❤

  12. love_reading says:
    May 13, 2020 at 9:55 pm

    wht is next part, wonder?

Comments are closed.

Next Episodeވާށޭ މަށާ އެކީ-21←


All Right Reserved!