Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެހެނަސް 14

samra Level 210 Stories100 Login100 Comments
May 9, 2020 6 Mins Read
11 Comments

މި ހުރިހާ އިރު އެމަންޒަރުތައް ބަލަން ދުރުގައި އޮތް ކާރުގައި އިން އަންހެން މީހާގެ މޫނު މަތީ ނުލަފާ ހިނިތުން ވުމެއް ދުވެލިއެވެ. އޭނާ ކާރުގެ މިސްރާބު ބަދަލު ކޮށްލަމުން ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެކާރުގެ މިސްރާބު ހުރީ ސީދާ ނިކްހާއަށެވެ.

___________________

ނިކްހާ ހީ ކަރުވައިގަނެގެން ތުރުތުރު އަޅަން ފެށިއެވެ. ނަމަވެސް އޭނާ ގޮސް ވަންނާނީ ކޮންތަނަކަށް ހެއްޔެވެ. ނިކްހާ އަށް ކައިރީ ހުރި ފާރުގައި އަތްޖައްސާ ލެވުނު އިރު މޫނު މައްޗައް އަނދިރި ވެއްޖެއެވެ. ކޮޅައް ހުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، ފެންގަނޑު ތެރެއަށް ވެއްޓެން ދިޔައިރު ފިނި އަތްތިލަ އަކުން އަތުގައި ހިފާލިހެން އޭނާއަށް ހީވިއެވެ.

“ޝިޓް ބައްޕަ އެބަ ގޮވާ.. ރޫބީ ސޭވް ހާރ..” ޒޯރާ ކަންބޮޑު ވެފައި ހުރެ ވައި ސޫރިއެއްހާ ބާރު މިނުގައި މައްޗައް އަރައިން ދިޔައީ އެދިމާއަށް އަންނަމުން ދިޔަ ކާރު ވެސް ހިފައިގެންނެވެ.

ވިލާ ތަކާ ހިސާބުން ކާރު ތިރިއަށް ވެއްޓެން އައި އިރު ޒޯރާގެ ހިލަމެއްވެސް ނެތެވެ. މޫނިސާ ރޮއެ ހޭރެމުން ސަލާމަތް ކޮއްދޭށޭ ކިޔެވެ. ނަމަވެސް މިހައިރު އޭނާގެ އަޑު އަހާނެ މީހެއް ނެތެވެ. އޭނާއަށް މި ވީގޮތް އެނގިއްޖެއެވެ. އޭނާ ފަރީޝާމެން ގޭދަށަށް އަންނަން އުޅުންތާ ކުޑަ އިރުކޮޅެއް ކުރިން ދެ އަންހެން ކުދިން އޭނާއާ ބައްދަލު ކުރިއެވެ. ނިކްހާ އަށް ކުރަން އުޅޭ ކަންތައް ހުއްޓުމަށް އެކުދިން ބުނި އަޑު ނާހާ އާދެވުނު ކަމުގެ ހިތި ރަހަ މިހައިރު މޫނިސާ ކަރުގައި ލައިފިއެވެ. އެކުދިން އެއީ އިންސާނުން ނޫންކަމަށް ބުނުމުން ވެސް މޫނިސާ ކުރީ މަލާމާތެވެ.

ހުދު މޫނިސާއަށް ވެސް އޭނާ ބޭނުންވަނީ ކޮން ކަމެއްކަން ނޭނގެއެވެ. ހަމަޖެހިލައިގެން އުފަލުގައި އުޅޭ އާއިލާއެއް ފެނުމުން ހަޖަމު ނުވަނީ ކަންނޭނގެއެވެ. ކާރު އެނބުރެމުން ތިރިއަށް އައި އިރު މޫނިސާ އޮތީ ދެ ގޮނޑި ދޭތެރޭ ތާށި ވެފައެވެ. ކަރާމާތަކުން ވިޔަސް ކާރު މަޑު މަޑުން ބިންމަތީ ޖެހެން އޭނާއަށް އެދެވުނީ ސަތޭކަ ފަހަރަކު ނޫނެވެ. ހަދަން ފަށާފައި ހުރި އިމާރާތެއްގެ މަތީ ފުރާޅު ފޫއަޅުވާލާފައި ކާރު ގޮސް ބިމަށް ޖެހުނު އިރު މޫނިސާ އޮތީ މަރުވެފައި ތޯއްޗެކެވެ.

*** ** ***

ވަރުބަލި ކަމާއެކު ލޯހުޅުވާލި ނިކްހާއަށް ފުސް ކަމެއްގެ ތެރެއިން ފެނުނީ ހުދު ސީލިންގެވެ. ބޮލަށް ބަރުވެފައި ހުރުމާއެކު ފަރައިތަކަށް ބޯ އަނބުރާވެސް ނުލެވުނެވެ. މަޑުމަޑުން މީހަކު ވަހަކަ ދައްކާއަޑު އިވުނަސް އޭނާއަށް އަނެއްކާވެސް ނިދުނީއެވެ.

*** ** ***

“ޝާޔާ.. މަންމަ ސަލާމް ބުނި.. ކޮބާ ނަޔާނީ.. އެހެންތަ.. ގެއަށް ގޮސް ބުނައްޗޭ ގުޅި ވާހަކަ..” ރައިޝާ އިނީ ގޭ ޖޯލީގައެވެ. އެތައް ދުވަހަކަށް ފަހު އުފަން ބިމަށް އާދެވުމުން އޭނާއަށް ލިބިފައިވާ އުފާވެރިން ބަޔާންކޮށްދޭން ވެސް ދައްޗެވެ. ދުރު ދުރުން ފެންނަން އޮތް މޫދަށް ބަލަހައްޓައިގެން އިން އިރު އޭނާގެ ދެލޯ ފެންކަޅިވަމުން އައެވެ.

ޒާހިރާގެ އަޅުވެތިކަމުގައި އޭނާ ހޭދަ ކުރީ ހާދަ ހިތްދަތި ދުވަސް ތަކެކެވެ. ކޮއްކޮމެންނަށް ޓަކައި ރުފިޔާ ހޯދަން ބޭނުން ވުމުން އެގޮތާވެސް ރުހެން ޖެހުނީއެވެ. ފިހާރައަކުން ވަޒީފާ ދޭނަމޭ ކިޔައިން މަންމަމެން ގާތު ދޮގުހަދައިގެން އޭނާ ގެންގޮސް ބެހެއްޓީ ޒާހިރާއަށް ނޯކިރީކަން ކޮއްދޭށެވެ. އޭނާ މައިން ބަފައިންނާ ދުރަށް ގެންގޮސް ބެހެއްޓީ އެންމެ ރުފިޔާ އެއްވެސް ނުދީއެވެ. އަނެއް ކޮޅުން ކުރާ އަނިޔާތައް އެހާ ބައިވަރެވެ. ނުވިތާކަށް އެނބުރި ރަށަށް އަންނާކަށް ވެސް ހުއްދައެއް ނުލިބުނެވެ. ނަޔާނީވެސް އުޅުނީ އޭނާއާ އެކު އެ އަނިޔާވެރި ކަމުގައެވެ.

ނަމަވެސް މިއަދު އޭނާއާ ނަޔާނީ ވެސް އެ އަނިޔާ ވެރިކަމުން މިންޖު ވެއްޖެއެވެ. ޝާޔާގެ މަންމަ ނަޝީލާގެ ހެޔޮ ކަމުންނެވެ. ނަޝީލާ އޭނާގެ ގޭގައި މަސައްކަތް ކުރާނެ ކުއްޖަކު ނުލިބިގެން ޒާހިރާ ކައިރީ އެތަކެއް އާދޭހެއް ކުރި ފަހުން ނަޔާނީއާ ރައިޝާ ގެންދާށޭ ބުންޏެވެ. ނަޝީލާ ރައިޝާގެ އާއިލާއާ ރައިޝާ ހަވާލުކޮށް ނަޔާނީ ގޮވައިގެން އޮސްޓްރޭލިއާއަށް ދިޔައީ ނަޔާނީގެ އާއިލާގެ މީހަކު ނެތީމައެވެ. އެމީހުން ދިރިއުޅެނީ އޮސްޓްރޭލިއާގައެވެ. ޗުއްޓީއަށް ރަށަށް އައިސް ޗުއްޓީހަމަވުމުން އެނބުރި އެދިޔައީ ނިކަމެތި ދެ އަންހެން ކުދިން އަނިޔާވެރި ކަމުން ސަލާމަތް ކޮއްދީފައެވެ.

*** ** ***

“ޒޯރާ ވެއިޓް… ތިހެން ހެދީމަ ކަމަކު ނުދާނެ..” ރޫބީ ކަންބޮޑުވުން ފާޅު ކުރިއެވެ.

“އަހަރެން ބޭނުން ނިޝާއަށް އިންސާފު ހޯދައިދޭން… އެކަމުގައި ފުރާނަ ގުރުބާން ކުރަން ވެސް އަހަރެން މިހިރީ ތައްޔާރަށް..” ޒޯރާގެ އަޒުމު ވަރުގަދައެވެ. “އަހަރެން މިކަމުގަ ބޭނުންވަނީ އެންމެ ކަމެއް.. އަހަރެން އެކަނި މިކަމާ ކުރިމަތި ލާން ވަރަށް އުނދަގޫވާނެ… އަހަންނާ އެއްކޮށް މިކަމާ ކުރިމަތި ލާނެ އިތުރު މީހެއް ބޭނުން.. ރޫބީ އަހަންނަށް އެހީ ވާނަންތަ..” އުންމީދުން ފުރިގެންވީ ގޮތަކަށް ޒޯރާ، ރޫބީއަށް ބަލައިލިއެވެ.

“ޒޯރާ ކަންބޮޑު ނުވޭ.. އަހަރެން ހުންނާނީ ޒޯރާއާ އެކު.. އެކަމަކު ޒޯރާ އަދި ކަންތައް ކުރަން ތި އުޅެނީކީ އެންމެ ރަނގަޅަކަށް ނޫން..” ރޫބީ އޭނާގެ ހިޔާލު ފާޅު ކުރިއެވެ.

“ކިހިނެއް ދެން ހަދަންވީ.. ވަގުތު ވަރަށް ކުޑަތަން ވެއްޖެ..” ޒޯރާ ހިޔާލަކަށް އެދި ބަލައިލީ ރޫބީއަށެވެ. ދެ އެކުވެރިން ތިބީ އެމީހުން އާންމުކޮށް ކަންކަމާއި މަޝްވަރާކުރަން އަންނަ ބޮޑު ގަހުގެ ގޮފިގަނޑުގައެވެ.

އަތުގައި އޮތް މަލުގެ ފިޔަތަކާ ކުޅެމުން ރޫބީ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އިން ޒޯރާގެ މޫނު މައްޗައް އަރައި ފައިބަމުން ދިޔަ ކުލަވަރު ތަކުން އޭނާ އެކަމާ ރުހޭކަން އެނގުނެވެ.

*** ** ***

ނިކްހާއަށް ހޭލެވުނީ ފިނި ބޮޑު ވެގެންނެވެ. އެއިރުވެސް ބޮލަށް ހުރީ ކުޑަކޮށް ބަރު ވެލާފައެވެ. މާހައުލަށް ބަލައިލުމުން އޭނާއަށް މި އޮވެވުނީ ހޮސްޕިޓަލެއްގައި ކަން ނަގައި ގަންނާކަށް ނިކްހާއަކަށް އުނދަގުލެއް ނުވިއެވެ. އޭނާގެ ހަނދައިނަށް މަޑުމަޑުން ނަމަވެސް ކަންތައް ތައް އަންނަންފެށިއެވެ. ފަރީޝާ ދެއްކި ވާހަކަ ތަކާއި ޔަނާލްގެ އާދޭސް ތަކެވެ. ވީގޮތް ރޭކާލުމާއެކު ނިކްހާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް އެވަގުތު އެތާ ހުރި ނަރުހަކު އެކަމަށް ހުރަސް އަޅަމުން ކޮންމެސް އެއްޗެހި ތަކެކޭ ކިޔައިގަނެފިއެވެ. އެ އަޑު އިވިގެން ދެތިން އަންހެނަކު އައިސް އޭނާ ވަށާލަމުން ސުވާލުތައް ކުރަން ފެށިއެވެ. އެކަމާ ނިކްހާ، ބޯހާސްވުން ނޫންކަމެއް ނުވެއެވެ.

“ކޮއްކޮ ދިވެހި ކުއްޖެއް ދޯ.. ދައްތަ ފަތިހު ބޭރަށް ނުކުތް އިރު ގޭ ދޮރުމައްޗައް ވެއްޓިފަ އޮތީ… ވަރަށް އަނިޔާވެސް ލިބިފަ ހުރީ.. ދައްތަ ދުވަހަކުވެސް އެހިސާބު ގަނޑަކުން ކޮއްކޮއެއް ނުދެކެން.. ކިހިނެއް ވެގެންތަ އަނެއްކާ..” އޭނާއަށް ލޯހުޅުވާލެވުމުން އެއްފަހަރާ ކުރިމަތިވި އެތައް ސުވާލަކުން ނިކްހާއަށް ދޭނެ ޖަވާބެއް ނެނގުނެވެ.

“ކޮން ގެއެއްގެ ކުއްޖެއްތަ.. ކޮއްކޮ ގޭ މީހެއް މިކޮޅުގަ އުޅޭތަ.. ރައްޓެއްސެއް ވިޔަސް.. އެއިރުންނެން އެމީހުންނަށް އަންގަން އެނގޭނީ..” އެމީހުންގެ ވާހަކައިން ނިކްހާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާ އަކީ އާއިލާއެއް ރައްޓެއްސެއް ގެއެއް ހުރި މީހެއް ނޫނެވެ. އޭނާ ދެން އިތުރު ބައެއްގެ އެހީތެރިކަމެއް ބޭނުމެއް ނޫނެވެ. މީހެއްގެ ލޮއެތްބާ ކުލުނެއް ވެސް ބޭނުމެއް ނޫނެވެ. އޭނާގެ ދުނިޔެއަކީ ކަރުނައާއި އެކަނި ވެރިކަން ކަމަށް މިއަދު މިވަނީ ގަބޫލު ކުރަން ޖެހިފައެވެ.

އޭނާއަށް ހާދަ ބައިވަރު ކަންތައް ތަކަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ. މަންމަ އާއި ބައްޕަގެ ހަނދާންތައް ނެތަސް ދޮންތަގެ ހަނދާންތަކަކީ އޭނާއަށް އަބަދުވެސް އުނދަގޫކުރާ ކަމެކެވެ. ދޮންތަގެ ކުއްލި ވަކިވެ ދިޔުމުން އޭނާގެ ހަޔާތަށް އައި ހުސްކަމަކީ ދުވަހަކުވެސް އޭނާއަށް އަރައި ނުގަނެވޭނެ ކަމެއް ކަމުގައި ހީކުރިއެވެ. ނަމަވެސް ޔަނާލްގެ އެހީއާއެކު އެހިތާމަތަކާއެކުވެސް އުޅެން އޭނާ ދަސްކުރިއެވެ. ދެން ދިމާވާން ފެށީ ރޫހާނީ ކަންތައް ތަކެކެވެ. އެއީ އޭނާ އަދި މިހާ ހިސާބަށް އައި އިރު އެކަކާވެސް ހިއްސާ ކޮށްފައި ނުވާ ވާހަކަތަކެކެވެ. ދޮންތަގެ ޑައިރީން އެނގުނު ގޮތުން މިކަން ނަޔާނީއާވެސް އުމުރުގެ ވަކި ހިސާބަކުން ކުރިމަތި ވާނެއެވެ.

މަންމަ އަމިއްލައަށް މަންމަގެ ތިން ދަރިންނަށް ޖެއްސި ހާލުން އެހިތުގައި އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ނެތްކަން އެނގުނެވެ. ނިކްހާ މަންމަ ކައިރިއަށް ދާން ބޭނުންވިއެވެ. އެހިތުގައި ހުރި އެތައްހާސް ޝަކުވާތައް މަންމަގެ ކުރިމަތީ ބަންޑުން ކޮށްލަން ބޭނުންވިއެވެ. މަންމަގެ ސަބަބުން ދޮންތަ އުޅުން ހާލާ އޭނާއަށް ދިމާވި ކަންތައްތަކާ ކޮއްކޮއެއް ހުރެމެ ވީތަނެއް ނޭނގުމުގެ ކުށް މަންމަ ބޮލުގައި އަޅުވާ އެތަކެއް ޝަކުވާއެއް ކުރަން ބޭނުންވިއެވެ. ނަމަވެސް ސުވާލަކީ އޭނާއަށް އެ ފުރުސަތު ލިބިދާނެ ހެއްޔެވެ؟

ނިކްހާ ލޯ މަރައިން އޮވެފައި ލޯ ހުޅުވީ އޭނާ ކައިރީ އުޅުން ދައްތަމެންގެ ހިލަމެއް ނުވުމުންނެވެ. ނަމަވެސް އެއިރު ކައިރީ ހުރީ ބީރައްޓެހި އަންހެން ކުއްޖެކެވެ.

“ހޭ މަންމަ މެންތަ ތިހޯދަނީ.. އަހަރެން އައީމަ އެދިޔައީ ގެއަށް..” ނިކްހާ ވަށައިން ބަލަން ފެށުމުން ހިތްހެޔޮ ހިނިތުން ވުމަކާއެކު އެކުއްޖާ ބުނެލިއެވެ.

“އަދިވެސް ވަރަށް ބޮޑަށް ބޮލައް ތަދުވޭތަ..” އެކުއްޖާ އަހާލިއެވެ. ނިކްހާ މަޑުމަޑުން ދެފަރައިތައް ބޯ ހޫރާލަމުން ނޫނެކޭ ބުންޏެވެ.

“މީ ޝާޔާ..” ޝާޔާ އެކި އެކި ވާހަކަ ދައްކަމުން ދިޔަ   ނަމަވެސް ނިކްހާ އޮތީ ނެގި މަޑުވެފައެވެ.

“ވާހަކައެއް އަހާލަންތަ…” ޝާޔާ ބުންޏެވެ. ނިކްހާ ހަމަ އެކަނި ބޯ ޖަހާލުމަކުން ފުއްދާލީ ވާހަކަ ދައްކާނެހާ ހިތްވަރު ނެތުމުންނެވެ.

“ހީވޭ ވަރަށް ދެރަވެފަ އޮންނަ ހެން.. ގޭމީހަކާ މައްސަލަ ޖެހުނީތަ.. މިހެން މިބުނީ ގޭ މީހަކު ތިކުއްޖާ ކައިރިއަށް ނާންނާތީ.. ނޫނީ މިކޮޅިގައި ނޫޅެނީތަ.. ތިކުއްޖާއަށް ވަރަށް ބޮޑު ކަމެއް ދިމާވެފަ ހުރިހެން ހީވަނީ.. އަހަރެން ކައިރީ ބުނެބަލަ.. އެއިރުން އެހީއެއް ވެދޭންވެސް އެނގޭނީ..” ދެންމެ ދިމާވި މިކުއްޖާގެ އެކުވެރިކަމާ ހިތްހެޔޮކަން ފެނި ނިކްހާ ހައިރާނެއް ނުވިއެވެ. ނަމަވެސް މިހާލަތުގައި އޭނާއަށް އެ އެހީތެރިކަން ބަލައިގަނެވޭކަށް ނެތެވެ.

“އަސްލު އަހަރެން ދެން ބޭނުމެއް ނޫން އެއްވެސް މީހެއްގެ އެހީތެރިކަމެއް.. އަހަރެން އެންމެ ބޭނުންވާ ދުވަހު އެހީ ވުމުގެ ބަދަލުގައި އެންމެންވެސް ފިލަނީ..” ނިކްހާގެ ވާހަކައިން އެއީދިރިއުޅުމުގައި އެތަކެއް ކަމެއް ކުރިމަތިވެފައި ހުރި ކުއްޖެއްކަން ޝާޔާއަށް އެނގުނެވެ. ޝާޔާގެ ހިތުގައި އޮތް ހަމްދަރުދީ އިތުރުވީ ނިކްހާގެ ލޮލުން ނީރާލި ކަރުނަ ތިކި ފެނިފައެވެ.

“އަހަރެން އަޑު އަހާނަން.. ކިއައިދޭން ބޭނުންވި އިރަކުން ތި ވާހަކަ ތައް އަހަރެންނަށް ކިޔައިދެއްޗޭ..” ޝާޔާގެ އަޑުގައި މަޑުމައިތިރި ކަމެއް ހުއްޓެވެ. އޭނާގެ ވާހަކަ ދެއްކުން ހުރި ގޮތުންނާއި އަމަލު ތަކުން އޭނާ ނިކްހާގެ ހިތާމައިގާ ބައިވެރިވާކަން އެނގެއެވެ.

“ކޮންމެ މީހަކުވެސް ބުނަނީ ތިހެން.. އަބަދު ކައިރީގައި ހުރެދޭނަމޭ ކޮންމެ ހިތާމައެއްގައި ބައިވެރި ވާނަމޭ.. އެކަމަކު ކަން ވަނީ އެހެންނެއް ނޫން.. ފަހު ވަގުތު އަހަރެން އެކަނި ހިތާމައަށް ދޫކޮށްފަ އެންމެން ފިލަނީ..” ނިކްހާ ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް އެ އަޑުގައި ވީ ރިހުން ދެނެގަންނާކަށް ޝާޔާއަކަށް އުނދަގުލެއް ނުވިއެވެ.

“ކޮން ނަމެއް ކިޔަނީ..” ބައިވަރު ވާހަކަ ދެއްކުނު އިރު ވެސް ނަން އަހާލަން ޝާޔާގެ ހިތަށް އައީ މާ ފަހުންނެވެ.

“ނިކްހާ..” ނިޝާގެ މަތިން ހަނދާންވެ އޮވެ ނިކްހާއަށް ބުނެވުނީ ފުދޭވަރަކަށް މަޑުންނެވެ.

“އޯކޭތަ ކުޑާ ކިޔަސް..” އަތުގައި ހިފާލަމުން ޝާޔާ ކޮއްލި ސުވާލުން ނިކްހާގެ ހިތަށް ގޮތެއް ވެލިއެވެ.

އުމުރުގައި ވެސް އަލަށް ކުއްޖަކު އޭނާއާ އެކަހަލަ ސުވާލެއް ކުރުމުން ދޭނެ ޖަވާބެއް ނޭނގުނެވެ. ހަގީގަތުގައި އޭނާއަށް ކުޑާ ކިޔައިފައި ގޮވާނެ ކުއްޖަކު ހުންނާނެއެވެ. ނަމަވެސް ނަޔާނީގެ ނަން ފިޔަވާ އޭނާއަށް އެނގެނީ ކޮން އެއްޗެއް ހެއްޔެވެ.

ޝާޔާއަށް ބަލަން އޮވެ ނިކްހާއަށް ބޯޖަހާލެވުނު އިރު ރޮވިއްޖެއެވެ. އޭނާއަށްވާ ކޮއްކޮއެއް ހުރިކަން އެނގިއްޖެ ތާއެވެ. ނަމަވެސް ނަޔާނީއަށް އޭނާގެ ދެ ދައްތައިން ތިބޭނެކަން އެނގޭނެ ބާއެވެ. ނިކްހާއަށް ނޭނގުނު ކަމަކީ އޭނާއަށް ނަޔާނީއާ ބައްދަލުވާން ދާދި މަދު ވަގުތުކޮޅެއް ނޫނީ ނެތް ކަމެވެ. ނަމަވެސް ނިކްހާއަށް ނަޔާނީ ފާހަގަ ކުރަން އެނގޭނެބާއެވެ.

*** ** ***

ކުޑަ ކޮޓަރިއެކެވެ. ގިނަދުވަސް ވުމުގެ ސަބަބުން ބައުވެ ސިމެންތި ފައިބަން ފަށާފައި ހުރި ފާރު ތަކެކެވެ. ވަކަރު ތަކު މަތީ މީދަތައް ހޭބޯ ނާރާ ދުވަމުން ދިޔައިރު އެތަން މިތާ އުދުހެމުން ދިޔަ ކުރެފިވެސް މަދެއް ނޫނެވެ. ކޮޓަރީގެ އެއްކަނުން އަނެއްކަނަށް ރީތި ޑިޒައިން ތަކުގައި ފުރާފައި ހުރި މަކުނު ވާތަކުން އެއީ އެސޮރުމެންގެ އެތައް ދުވަހެއްގެ މަސައްކަތެއްކަން އެނގޭހާ ވަރުވެއެވެ. ތަޅުންގަނޑު މަތީ އެކި ހިސާބުގައި އުކާލެވިފައިވީ ފޮތްތަކާ އުއްބައްތި ތަކަށް ހިރަފުސް އަރައިފައި ހުރިވަރުން އެއިން އެއްޗެއްގައި އަތްނުލާތާ ގިނަދުވަސް ވެފައިވާކަން އެނގެއެވެ.

އެ ކޮޓަރީގެ އެއްފަރައިތެއްގައި ކުޑަވަރެއްގެ އެނދެއް ހުއްޓެވެ. ހިކިކަމުން ކަށީގައި ހަންގަނޑު ތަތްލާފައި އޮތް އަންހެނެއް އެނދުގައި އޮވެ ކުކުރަމުން ދިޔައެވެ.

އޭނާގެ ހިކިފައިވީ ދެތުންފަތް މަޑުމަޑުން ހަރަކާތް ކޮއްލަމުން ފެން ފޮދެކޭ ބުންޏެވެ. ނަމަވެސް އެ އަޑު އިތުރު މީހަކަށް ފޯރާވަރަށް ވުރެން މަޑެވެ. ދެކޯ ވަޅުޖަހައިފައި ވީ ގޮތުންނާއި ލޯކައިރި ކަޅުވެފައި ވީގޮތުން ގިނަ ދުވަސް ތަކެއް ބަލީގައި ހޭދަކޮށްފައި ވާކަން އެނގެއެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ނުރަ ހުރި ނަމަވެސް އެއީ މުސްކުޅިއެކޭ ބުނާ ވަރެއް ނުވެއެވެ. އެއަންހެން މީހާ ބަލި އެނދުގައި އެ އޮތީކީ މުސްކުޅި ބަލީގައެއް ނޫނެވެ. ފަހަރެއްގައި ހަށިގަނޑުގައި ވަރު ހުރި އިރު އަރައިގަނެވުން ފާފައެއްގެ ނަތީޖައަށް ވެސް ވެދާނެއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެނދުގައި ހަރަކައިތެއް ނުކުރެވިފައި އޮތް އަންހެން މީހާގެ ލޯވެސް އެ އަޑަށް ހުޅުވާލިއެވެ. ދޮރުން ވަދެގެން އައީ ޒޯރާއެވެ. އަތުގައި ތަބަކެއް ހުރި އިރު އޭގައި ސޫޕެއް ފާޑު އެއްޗެއް ހުއްޓެވެ. ހީވާ ގޮތުން އެއީ އެ އަންހެން މީހާގެ ދުވަހުގެ ކާނާއެވެ.

އެއީ ޒޯރާގެ ކާކުބާއެވެ. މަރު ނުވާވަރަށް ކާންދީގެން، ޒޯރާ އެ އަންހެން މީހާ އެބަލަނީ ކޮންމެވެސް މަގުސަދެއްގައިކަން ހަމަ ޔަޤީނެވެ. އަދިވެސް ފޮރުވިފައިވާ ސިއްރުތަކެއް ހުރިކަން މިކަމުންވެސް އެނގިއްޖެއެވެ.

“ފެން…” ޒޯރާ ގޮސް މަޑުކޮށްލުމުންވެސް އެމީހާ އެދުނީ ފެން ފޮދަކަށެވެ. އެ އަޑު އިވި ޒޯރާގެ މޫނަށް ފޫހިކަން ވެރިވިއެވެ.

“ނުލިބޭނެ.. ކަލެއަކަށް އެކައްޗެއްވެސް ނުލިބޭނެ.. މިދޭވަރަށް ވެސް ކަލެއަށް ކާއެތިކޮޅު ދޭން މަ ބޭނުމެއް ނޫން.. އެކަމަކު ވެސް އަދި ދުވަސް ކޮޅަކު ދުނިއޭގައި އުޅެލަން ވާނެން.. ދޯ.. އެހެރީ ކަލޭ ދުނިޔެ މުށުތެރެއަށް ލާން ގެންގުޅުނު އެއްޗެހި.. ދޭބަލަ.. އަޅެ ގޮސް ކަލޭ މަދަދަށް ތި އެދޭ އެއްޗެހި ކައިރިން އެދިބަލަ ކަލޭ މިކަމުން ސަލާމަތް ކޮއްދޭން… ކަލޭތީ ދުނިޔެ އަށް ފޮނުއްވި މަގްސަދު ހަނދައިން ނެތިފަ ހުރި މީހެއް.. ކަލޭ ދުނިޔެއަށް ފޮނުއްވި ފަރައިތުން ގެންދަވަން ވެސް ގެންދަވާނެ.. އެކަލާންގެ ކަލެއަށް ނިއުމަތްތައް ދެއްވަވާނީވެސް… ނިކަމެތި ކުރައްވާނީވެސް.. ކަލޭތީ ވަރަށް ވިޔާނުދާ މީހެއް..” ޒޯރާގެ ބަސްމަގު ބަދަލު ވަމުން އައި އިރު، އައިސްފައި ހުރި ރުޅީގައި ކޮންމެފަދަ ކަމެއްވެސް ކޮއްފާނެހެން ހީވިއެވެ. އެ އަންހެން މީހާގެ ލޮލުން ތިރިއަށް ދަތުރު ކުރި ކަރުނަ ތިކި ޒޯރާއަށް ފެނިލިހެނެއް ހިއެއް ނުވެއެވެ.

“ތިކަހަލަ މީހަކު ދުނިއޭގަވެސް ބަހައްޓާނެ ކަމެއް ނެތް..” ކުއްލިއަކަށް ޒޯރާ ހިފީ އެ އަންހެން މީހާގެ ކަރުގައެވެ.

 

** ނުނިމޭ **

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ނިޤާބު

Next

ތި ލޮތްބަށް އެދިވަމޭ

Next
May 9, 2020

ތި ލޮތްބަށް އެދިވަމޭ

Previews
May 9, 2020

ނިޤާބު

11 Comments!

  1. Kylie says:
    May 9, 2020 at 2:21 pm

    Me first thr….. V reethi mi part vx….. Curiously Waiting fr nxt part….

    1. samra says:
      May 9, 2020 at 2:43 pm

      Thankxx kylie.. Yes ur first.. next prt vx insha allah v avahah kiyaalan libeyne.

  2. Hajja says:
    May 9, 2020 at 3:44 pm

    Hyves nukoh huttaa e up.. foohivegen ulhe ulhefa site ah vadheli iru mi stry fenunyma v happy vejje.. zoaraa e ulheny emyhaa maraalanthr.. i think ei ziaraage family myhehhen.. v furihama e anhen myhaage vaahaka genesdhyfa ingoeh.. curiously waiting fr the nxt episode

    1. samra says:
      May 9, 2020 at 11:03 pm

      Thnkxx Hajja… balamaa dhw vaagotheh.. v ufaavejje stry ah inthixaaru kuraakan enguneema.. next prtt vx v avahah.. insha allah

  3. Mixu says:
    May 9, 2020 at 6:36 pm

    Love it.. keep going sissu??

    1. samra says:
      May 9, 2020 at 11:04 pm

      Thnkxx Mixu..

  4. @b@n says:
    May 9, 2020 at 7:46 pm

    Vr vr reethi mi part vs.. vr kiyaa hithun indhaa e nimunii.. vr reethi mi bai genesdhiifa in goeh vs.. masha allah.. keep going sis… One of my favourite story.. luv u sis.. nxt part vr avahah kiyaalan libeyne kamah ummeedhu kuran..

  5. samra says:
    May 9, 2020 at 11:07 pm

    ThnQ @b@n.. v ufaavey konme prt aku @b@n ge cmnts fennaathy.. ur one of my fav reader… next vx insha allah v avahah.. ly 2???

    1. @b@n says:
      May 10, 2020 at 10:14 pm

      Alhey.. I’m so happy to become ur favourite reader..???

  6. Dr.ifhaam says:
    May 11, 2020 at 12:05 am

    E karu ga hifaa maraale tha
    This part is also very nice hope the next part will be uploaded soon by our famous debater………
    Hehe will wait for the next part IA ??

  7. samra says:
    May 11, 2020 at 1:00 pm

    Thnkxx Dr ifhaam…neynge dhw maraalee kamah vx vedhaane.. v ufaavey vaahaka ah inthixaaru kuraakan engunyma.. next prt vx v avahah insha allah..??

Comments are closed.

Next Episodeއެހެނަސް 15←


All Right Reserved!