Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެހެނަސް 15

samra Level 210 Stories100 Login100 Comments
May 13, 2020 6 Mins Read
5 Comments

“ތިކަހަލަ މީހަކު ދުނިޔޭގަވެސް ބަހައްޓާނެ ކަމެއް ނެތް..” ކުއްލިއަކަށް ޒޯރާ ހިފީ އެ އަންހެން މީހާގެ ކަރުގައެވެ.

______________________

ކޮޓަރި ދޮރު ހުޅުވާލާފައި ރޫބީއަށް ވެސް ވަދެވުނީ އެ ވަގުތުއެވެ.

“ޒޯރާ…” ރޫބީގެ އަޑަށް ޒޯރާއަށް ސިހުމެއް ލިބުނު އިރު އެ އަންހެން މީހާގެ ކަރުން ދޫކޮށްލެވިއްޖެއެވެ. ބަލި ގޮތަކަށް ކެއްސަން ފެށި އެމީހާއާ ރޫބީ ކައިރި ވުމުން ޒޯރާ ނުކުތީ ބޭރަށެވެ.

އޭނާ އަށް ލިބިފައި ހުރި ބައްޕަގެ ކޮންޓްރޯލް ނުކުރެވޭ ރުޅިގަނޑު ދެކެވާ ފޫހި އިތުރު ވެއްޖެއެވެ. މަންމަގެ ފުށުން އޭނާއަށް ހިތް ހެޔޮކަމާ ކެތްތެރިކަމާ ތެދުވެރިކަމާއި މިހެން ގޮސް އެތަކެއް ރިވެތި ސިފަތަކެއް ލިބުނުއިރު ބައްޕަގެ ފުށުން ވާރުތަވީ، އެ ކޮންޓްރޯލް ނުކުރެވޭ ރުޅިގަނޑު އެކަންޏެވެ. އޭނާއަށް ރުޅި އާދެވިއްޖެ ނަމަ ހަމަބުއްދި ފިލައި ގޮސް މީހަކު މަރާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. ދެންމެ ވެސް ރޫބީ ނައިނަމަ ވާނެ ގޮތެއް ނޭނގެއެވެ. އެ އަންހެން މީހާދެކެ ޒޯރާ ކިތަންމެ ރުޅި އަޔަސް އަނިޔާވެރި ވާކަށް ބޭނުމެއް ނޫނެވެ.

ރޫބީ އެމީހާއަށް ކާންދޭހާ އިރު ކޮށްފާ ޒޯރާ އެތެރެއަށް ވަނީ އެމީހުން މިތަނަށް އައި ހަޤީގީ މަގްސަދު ހާސިލު ކުރުމަށެވެ. ޒޯރާ ގޮސް އެނދު ކައިރީ ހުއްޓާލުމުން ރޫބީ ބޮލުން އިޝާރާތެއްދީ ކަމެއް އަންގާލިއެވެ.

“އަމީހާ…” ޒޯރާ ވާހަކަ ފެށުމުގެ ގޮތުން އެ އަންހެން މީހާގެ ނަމުން ގޮވާލިއެވެ.

“ތީ ވަރަށް ބޮޑު ކުއްވެރިއެއް.. ދުނިޔޭގަ އެތައް ފާފައަކަށް އަރައިގަނެފަ ހުރި ވަރަށް ނުބައި މީހެއް.. އަމިއްލަ ފަސްބައި ފިރިމީހާއާއި ދޮށީ އަންހެން ދަރިފުޅުގެ ލެއިން ކަޅި ވެފަ ހުރި މީހެއް.. ކަލެއަށް އެނގޭތަ ކަލޭގެ ސަބަބުން ކަލޭގެ ދަރިން އުޅޭ ހާލެއް.. އަމިއްލަ މަންމައަކީ ކާކު ކަން ވެސް ނޭނގި އާއިލާއެއް ނެތި ބިކަވެފަ އެކުދިން އެތިބީ ހަމަ ކަލޭގެ ސަބަބުން.. ތިމާއަށް އަޅާލާ ލޯބި ދޭނެ ތިން އަންހެން ދަރިން ދެއްވީމަވެސް ޝުކުރު ކުރަން ނޭނގުން..” ޒޯރާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އަމީހާގެ ލޮލަށް ބޮނޑި ވަމުން އައި ކަރުނަތައް ގިނަވިއެވެ.

ހަގީގަތުގައި އަމީހާ ނިޝާއާއި ނިކްހާ ދޫކޮށްފަ ދިޔައީ އެ ދެކުދިންގެ ސަބަބުން އޭނާގެ މަސަތްކަތައް ބުރޫ އަރާފާނެތީއެވެ. ނަޔާނީ އޭނާއާއި އެކު އައްޑޫއަށް ގެނެވުނު ކަމުގެ މޮޔަ ހީވާން ފެށީ އޭނާ ކުރާ ކަންތައް ތަކާ ބެހޭގޮތުން ނަޔާނީ ސުވާލު ކުރަން ފެށުމުންނެވެ. ނުވެސް ދަންނަ މީހަކާއެކު ނަޔާނީ ފޮނުވާލީ އެކުއްޖާ ދައްކާ ބޭކާރު ވާހަކަތައް އަޑުއަހާނެ ވަގުތު އޭނާގެ ބުރަ ދިރިއުޅުމުގައި ނެތުމުންނެވެ.

ދަރިންނާ ދުރަށް ގޮސްގެން މިހެދެނީ ގޯހެއްކަން ރޭކާލި އިރު މާ ލަސް ވެއްޖެއެވެ. އޭނާގެ ދޮށީ އަންހެން ދަރިފުޅު މަރާލި ގޮތުގެ ވާހަކަ ބަރްޒަލް ކިޔައިދިނުމުން އެތައް ދުވަހެއް ވަންދެން އަމީހާ ހިތާމަ ކުރިއެވެ. ދެން ތިބި ދެ ދަރީންގެ ދުވަސް ނުދަނީސް އޭނާ ހެދި ސިހުރު ބާތިލް ކޮއްލަން މަސައްކަތް ކުރިއެވެ. ނަމަވެސް ހެދި ސިހުރު އަމިއްލަ މީހާއަށް ޖެހި އޭނާއަށް އެ އޮތީ އެނދުން ވެސް ނުތެދު ވެވިފައެވެ. “ސިހުރު” ބަލީގައި އަތެއް ތަނެއް ގުޑުވައި ނުލެވޭ ވަރު ވީއިރު އެއީ އޭނާ މީހުންނަށް ލަނޑުދޭން ބޭނުން ކުރި ހަތިޔާރެވެ.

ޒޯރާ ބަރްޒަލް އަށް ނަފުރަތު ކުރެއެވެ. ބަރްޒަލް ބޭނުންވަނީ އެހެން މީހުން އޭނާއަށް ސަޖިދަ ޖަހާށެވެ. އަމީހާގެ ސިހުރުން ބަރްޒަލް އަށް އެތަކެއް ބާރު ތަކެއް ހޯދައި ދިނެވެ. ބަރްޒަލްގެ އެދުމަށް އަމިއްލަ ގައިގެ ކަށިތައް ހަދިޔާ ކުރަންވެސް އަމީހާ ހުރީ ތައްޔާރަށެވެ. ބަރްޒަލްގެ އެންމެ އިޝާރާތަކަށް ތިން އަންހެން ދަރިން ހަދިޔާ ކުރި މީހަކު ދެން ފަސްޖެހޭނީ ވަކި ކޮން ކަމަކަށް ހެއްޔެވެ.

“ހިތައް އަރާފާނެ އަހަރެން މިކަން ހުއްޓުވަން މި އުޅެނީ ކީއްވެހޭ.. އެއީ ނިޝާއަށް އިންސާފު ހޯދައިދޭން ވެގެން… އަހަރެންގެ ލޯ ކުރިމަތީ އަނިޔާވެރި ގޮތަކަށް މަރާލެވުނު ކުށެއްނެތް އެ ފުރާނައަށް އިންސާފު ހޯދައިދޭން ވެގެން..” ވާހަކަ ދައްކަމުން ދިޔަ އިރު ޒޯރާގެ އަޑު ބާރު ވެލާ ގޮތުން ރޫބީވެސް ހުރީ ސިހި ސިހިއެވެ.

ސަޖިދަ ތި ޖަހަނީ ނުބައި ޝައިޡާނަކަށް.. ދުނިއޭގަ ތި އުޅުނީ މާތް ރަސްކަލާންގެ ހަރާމް ކުރެއްވި ފާފައެއް ކުރުމުގަ.. އަދިވެސް ތި އޮތީ އެ ފާފައިގެ މަތީގައި.. ބޭނުންތަ ތި ކަމުން ސަލާމަތް ވާން..” އަމީހާގެ އަނގައިން ބޭރުވި މަޑު ގިސްލުމުގެ އަޑު އަހާ ޒޯރާއަށް ބަލައިލެވުނީ ރޫބީއަށެވެ. ރޫބީ އިޝާރާތް ކުރީ ވާހަކަ ހުއްޓާނުލާ ކުރިއަށް ގެންދިއުމަށެވެ.

“ކިހިނެތް މިކަން ނިމުމަކަށް ގެންނާނީ.. އަހަރެން ބޭނުންވަނީ ބަރްޒަލް ގެ ދުވަސް ދުއްވާލަން..” އެ ޖުމުލަ ބުނެލި އިރު ޒޯރާގެ އަޑު ތުރުތުރު ލީގޮތުން އޭނާވެސް ހައިރާންވިއެވެ. ބައްޕައެއް ކަމަކު ގޯސް މަގުން ދަންޏާ ހަމަ މަގަށް އެޅުވުމަކީ ދަރިންގެ ވެސް ވާޖިބެކެވެ. އަމިއްލަ ބައްޕަގެ ފުށުން ކުށެއް ނެތް އަންހެން ކުދިން ތަކަކަށް އަނިޔާ ލިބޭ މަންޒަރު ބަލަން އޭނާއަށް ހުރެވޭނެ ހެއްޔެވެ.

“އޭނާ ނުހަދާނެ. އަހަ ރެ ން ބުނާ ގޮތެއް.. މިއަދު އަހަރެން މިއޮތީ ބަލި އެނދުގަ.. ކިހިނެއް އޭނާއާ ހަނގުރާމަ ކު ރާ ނީ..” ކުކުރަމުން ކަހަލަ ގޮތަކަށް އަމީހާ ވާހަކަ ދެއްކިއެވެ.

“އޭނާ އާ ހަނގުރާމަ ކުރަން ދާނީ އަހަރެން.. އެންމެ ކަމެއް ކޮއްދޭން ވީ..” ޒޯރާ އަމީހާ އާ ގާތައް ޖެހިލިއެވެ.

“އަހަރެމެންނަށް އެންމެ ކަމެއް ބުނެދީ.. ކިހިނެއް އޭނައަށް ލިބިފަހުރި ބާރުތައް އަތުލާނީ.. ކަލޭގެ ސިހުރުގެ ބާރުގަ އޭނަ އެ އުޅެނީ.. ކިހިނެއް އެ ސިހުރު ބާތިލް ކުރާނީ…” މި ފަހަރު ވާހަކަ ދެއްކީ ރޫބީއެވެ.

އަމީހާގެ ލޯ އަމާޒު ވެފައިވީ ފަޔާ ދިމާލުން ކުރިމަތީ ހުރި މޭޒު މަތީ އިން ލަކުޑި ފޮއްޓަށެވެ. ދެން އޮތީ އެންމެ ގޮތެކެވެ. މިކަމަށް އޮތް ހަމަ އެކަނި ހައްލު ވެސް މެއެވެ.

އަމީހާގެ އެދުމަށް ޒޯރާ ހިރަފުސް އަރާފައިވީ އެ ފޮށި ހުޅުވާލިއެވެ. ކޮޅަށް ތޫނުކޮށް އިން ރަތް ކުލައިގެ ދަނޑި ކޮޅެއްގެ އިތުރުން ކުޑަ ބިއްލޫރި ފުޅިއެއް ފިޔަވާ އިތުރު އެއްޗެއް އެ ފޮއްޓަކު ނެތެވެ.

“އާނ ތީ.. އޭނާގެ ބާރު އަތުލެވޭނީ ތީގެ އެހީގައި..” ޒޯރާ އަމީހާ ކައިރިން އެދުނީ އިތުރަށް އޮޅުން ފިލުވައި ދިނުމަށެވެ.

“ބުރަކަށީގެ މެދެއްހާ ހިސާބުގައި އިންނާނެ ރަތްކުލައިގެ ވައްބޮޅެއް ގޮތަށް ތަނެއް.. އެތަނަށް ތި ދަނޑިކޮޅު ޖަހާ.. އެއްފަހަރުން ހަރާލާތީ.. އެވަގުތު ތި ފުޅި ވަރަށް ހޫނުވާނެ.. އެކަމަކު ނަމަ ނަމަ އަތުން ދޫކޮށް ނުލާތި.. ދަންވަރު މިކަން ކުރަން ޖެހޭނީ އޭނާގެ ހަގީގީ ސިފައިގައި ހުއްޓާ.. އެ ދަނޑިކޮޅު އޭނާގެ ބުރަކައްޓަށް ހަރާލާފަހުން މާހައުލު ވަރަށް ބަދަލުވާނެ.. ހުރިހާ ކަމެއް ހަމައަކަށް އެޅި މާހައުލު ހަމަހިމޭން ވާއިރު ތި ކުރަން ބޭނުންވާ ކަންތައް ހުންނާނީ ނިމިފައި.. އެހެރަ ފޮށި ގެންދޭ.. ފޮށި ދަށުގައި އޮންނާނެ ފޮތެއް އެ ފޮތް ފޮށި ތެރެއަށްލާ.. އޭނާގެ އަތުގެ ކަށި އިނގިލީގައި އިން އަނގޮއްޓިއާ އެއްކޮށް ދަނޑި ކޮޅާއި ތި ފުޅި މި ފޮއްޓައް ލާތި.. ތިކަން ކުރާ ރޭގެ ފަތިސް ވުމުގެ ކުރިން ފޮށި ކަނޑު ފައްތާތި.. އެހެންނޫނީ ތި ކުދިންނަށް ވެސް ގެއްލުމެއް ވެދާނެ..” ހަދަންވީ ގޮތް ކިޔައިދެމުން ދިޔަ އިރު އަމީހާ ވަރުގަދަ މަކަރެއް ހެދިކަމެއް އެ ދެކުދިންނަށް ރޭކާވެސް ނުލިއެވެ. ބަރްޒަލް ނިކަމެތި ކޮށްލާކަށް އެކަކަށް ވެސް ނުކެރޭނަކަމަށް އަމީހާއަށް ޔަޤީން ކުރެވުނެވެ. ކޮންމެވެސް ޒަމާނަކުން ފުރިހަމަ ބާރާއި އެކު ބަރްޒަލް އަންނާނެއެވެ. ދުނިޔޭގައި ރަސްކަން ކުރާނެއެވެ. އެންމެން އޭނާގެ އަޅުވެތި ކަމުގެ ދަށަށް ގެންނާނެއެވެ. އުޅެވުނު ގޮތާއި މެދު ހިތާމަ ކޮށް ކޮށްފައިވެސް އެންމެ ފަހު ވަގުތު އަމީހާ މި ހެދީ ކިހިނެއް ހެއްޔެވެ.

*** ** ***

“ތި ފޮތް..” ޝާޔާ އުފުއްލާ ލައިގެން ހުރި ފޮތް ފެނުމުން ނިކްހާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ނިޝާގެ ހަޔާތުގެ ވާހަކަ އިތުރު މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ.

“ތިފޮތް ކޮންތާކުން..” ނިކްހާއަށް ދެންވެސް ބުނެލެވުނީ އެހާ ވަރަށެވެ.

“ކުޑާގެ އާއިލާގެ އެކަކު ވެސް ނެތްތަ މިހައިރު..” ޝާޔާ ހިތާމަވެރި ރާގަކަށް ކޮއްލި ސުވާލުން އޭނާ އެ ފޮތް ކިޔައިފި ކަން ނިކްހާއަށް އެނގުނެވެ.

“އާނ ދޮންތަ އެކަނި އަހަރެންގެ ހުރީ.. ދޮންތަގެ މަރުގެ ސަބަބުން އަހަރެންނަށް މިތަނަށް އަންނަން ޖެހުނީ.. ފަރީޝާއްތަ އަހަރެން މިއޮއްހާ ދުވަހު ބެލީ… ފަރީޝާއްތަ އަހަރެންނަށް ވަރަށް ހެޔޮ ވާނެ..” ނިކްހާގެ ވާހަކައިން ޝާޔާގެ ހިތުގައި އުފެދުނީ އިތުރު ސުވާލެކެވެ.

“ދެން އެހެން ވިއްޔާ މިހައިރު ފަރީޝާއްތަ ކޮބާ…” ޝާޔާ އިނީ ނިކްހާއާ ބެހޭގޮތުން އިތުރަށް އެނގެން ބޭނުން ވެފައެވެ. ނިކްހާ އޭނާއާ މެދު ކަންތައް ވީ ގޮތުގެ ވާހަކަ ކިޔައިދިން އިރުވެސް އޭނާއަށް ދިމާވާ ރޫހާނީ ކަންތައް ތަކުގެ ވާހަކަ ސިއްރު ކުރިއެވެ.

“ތި މޫނިސާ އަކީ ކާކުތަ..” ނިކްހާގެ ވާހަކަ އަޑު އަހަން އިނދެގެން ޝާޔާ ސުވާލަކަށް ފަހު ސުވާލެއް ކުރިއެވެ.

“އެއީ ކުރިއްސުރެ ދައްތަގެ ރައްޓެއްސެއް.. މަދުމަދުން ގެއަށް ވެސް އަންނާނެ.. އެހެން އައިސް އުޅުން ފަހަރަކު އޭނަ ދައްތަ ކައިރީ ދެއްކި ވާހަކައެއް އަހަރެންނަށް އަޑު އިވުނީ.. އެ ފަހުން އަހަރެން ވަރަށް ފާރަލީން މޫނިސާއާ.. އޭނަ ބޭނުންވީ ޔަނާލް މަރާލަން.. އެއީ މޫނިސާއާ ދައްތަ އާ ދެމެދު މާ ކުރިންވެސް އޮތް ރުޅިވެރިކަމެއްގެ ސަބަބުން.. އެކަމަކު މޫނިސާ ދައްތަ އަށް މާފު ކޮށްފީމޭ ކިޔައިގެން ގެއަށް އަންނަންފެށީ ދައްތަގެ ކިބައިން ބަދަލު ހިފުމަށް.. މޫނިސާ ދައްތައަށް ބިރު ދައްކައިގެން އަހަރެން ގެއިން ނެރެލީ އެކަން ނުކޮށްފިއްޔާ ޔަނާލް މަރާލާނަމޭ ކިޔައިގެން.. އަހަރެން އެ ވާހަކަ ތައް އަޑު އިވުނު ކަމަށްވެސް ނުހަދަން.. ދައްތައަށް އެއްވެސް ހިތް ބުރަކަމެއް ނެތޭ ބުނެފަ އަހަރެން އަވަހަށް ނިކުތީ.. އަހަރެން ބޭނުމެއް ނުވި އިތުރު ބައެއްގެ އެހީތެރި ކަމުގެ ދަށަށް ދެވަނަ ފަހަރު ދާކަށް.. އެއީ އަހަރެން ބޭނުން ނުވީ އިތުރަށް އަހަރެންގެ ސަބަބުން ބަޔަކަށް އުނދަގޫވާން.. އެކަމަކު އަނެއްކާވެސް ހޭލެވުނު އިރު އޮތީ މިތާ ހޮސް÷ޓަލުގައި..”  ނިކްހާ އިސްދަށަށް ޖަހާލިއެވެ.

“ނަޔާނީ އަކީ އަހަރެންގެ ކޮއްކޮ.. އެކަން އަހަރެންނަށް އެނގުންތާ އަދި މަހެއްވެސް ނުވާނެ.. މީ އަހަރެންގެ ހާލަކީ.. ނަޔާނީ ވީތަނެއް ނަޔާނީ ހުންނާނެ ގޮތެއް އަހަރެންނަކަށް ނޭނގެ.. ހަމަ އެކަނި ނަން އަހަރެންނަށް އެނގެނީ..” ނިކްހާގެ ވާހަކަތައް އަޑު އަހާފަ ޝާޔާ އެތައް ސުވާލެއް ކުރަން ބޭނުންވި ނަމަވެސް ކެތްތެރިވިއެވެ. އެއްބޮނޑިއަކާ ހުރިހާ ސުވާލެއް ކުރުމުން ނިކްހާ އަށް އުނދަގޫވެސް ވާނޭ އޭނާގެ ހިތައް އެރިއެވެ.

“އަހަރެންނަށް ހީވަނީ ކުޑާއަށް ވަރަށް ބޮޑު އެހީއެއް ވެވިދާނެހެން.. އެކަމަކު އިހަށް ރެސްޓު ކޮއްލާ..” ނިކްހާ ކައިރީ ބާލީސް މަތީ ފޮތް ބާއްވަމުން ޝާޔާ ކުޑަ ދޮރުތައް ކައިރިއަށް ޖެހިލިއެވެ. ކޮންމެވެސް ވަރަކަށް ވާރޭ ފެން ޖެހި ހަލާކުވެފައި އޮތް އެ ފޮތް އޭނާއަށް ފެނުނީ ނިކްހާ ވެއްޓިފައި އޮތް ހިސާބުންނެވެ. އޭނާއަށް މިހައިރު އެއްޗެއް ހީވާން ފަށައިފިއެވެ. އެކަމަކު ކުރެވޭ ހީއަކަށް ބަލައި އެވަރުގެ ވާހަކައެއް އޭނާއެއް ނުދައްކާނެއެވެ.

*** ** ***

ކުރިމަތީ ހުރި ބަތްތަށި ހާވާލަ ހާވާލާ ޔަނާލް އިނީ ކާހިތް ނުވެފައެވެ. ދުރުގައި ފޯނު ހިފައިން އިން ޔަމާން ދޭތެރެ ދޭތެރެއިން އޭނާއަށް ބަލާލާކަން އެނގުނަސް ޔަނާލް އެއިން ބަތްކޮޅެއް އަނގައަށް ލާ ހިޔާލެއް ނުކުރެއެވެ.

ނިކްހާ އެގެއިން ދިޔަފަހުން ގޭތެރޭގެ މުޅި ހަމަޖެހުން ވަނީ ފިލާފައެވެ. ފަރީޝާވެސް ގިނަ ވަގުތު ހޭދަ ކުރަނީ ކޮޓަރީގައެވެ. ޔަނާލް ހުންނަނީ ފަރީޝާދެކެ ހިންހަމަ ނުޖެހިފައެވެ. އެރޭގެ ފަހުން ސާފު ހިތަކާއެކު ޔަނާލް ފަރީޝާއާއި ވާހަކަ ނުދައްކާކަން ޔަމާން އަށް އެނގެއެވެ. ޔަމާން ނިކްހާއާ މެދު ކަންބޮޑުވި ނަމަވެސް ފަރީޝާ މަނާކޮއްފައި އޮތުމުން ގެއިން ބޭރަށްވެސް ދެވޭކަށް ނެތެވެ.

އެ ދިމާއަށް ޔަމާން އަންނަން ފެށުމުން ޔަނާލް އަވަހަށް ޑަސްބިނަށް ބަތްތަށި އަޅާލާފައި ކޮޓަރިއާ ދިމައަށް ދުއްވައިގަތެވެ. އޭނާ މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ވާހަކަ ދައްކަން އުޅުނަސް ރީއްޗައް ވާހަކަ ނުދެއްކޭނެކަން އެނގެއެވެ. އައިއްސާ ހުރި ރުޅި ގަނޑު ފިނި ނުވަނީސް ކޮޓަރިން ނުނިކުންނަނަމޭ ޔަނާލް ހިތަށް އެރިއެވެ.

ދެއަތައް ބޯ ހޫރާލަމުން ޔަމާން ސޯފައިގައި އިށީނެވެ. މި ހުރިހާ ކަމަކާ ވިސްނާ ވިސްނާ އޭނާގެ ބޯ ފަޅައިން ދާ ވަރު ވެއްޖެއެވެ. މި ދުވަސް ކޮޅު ބައްޕަ މި ކޮޅުގައި ނޫޅޭކަން ނަސީބޭ އޭނާގެ ހިތައް އެރިއެވެ. އެހެން ނޫންނަމަ ގޭތެރޭގައި ވަރަށް ކަންތައް ހުރީހެވެ.

*** ** ***

ނަޔާނީ ހުރީ ލޯގަނޑު ކުރިމަތީގައެވެ. ޝާޔާއާއި އެކު ހޮސްޕިޓަލަށް ދާން ތައްޔާރު ވަމުން ދިޔަ އިރު ނޭނގޭ ހާސް ކަމަކުން އެހިތް ވަނީ ވަށާލެވިފައެވެ. ހޭލީއްސުރެ ކޮންމެ ވެސް ބޮޑު ކަމެއް ވާން އުޅޭހެން އޭނައަށް ހީވަނީއެވެ.

“އާދޭ ދާން..”  ކޮޓަރި ދޮރުން ބޯ ދިއްކޮއްލަމުން ޝާޔާ ގޮވާލި އަޑު އިވުނެވެ. ހާސްކަން ފޮރުވުމަށް ހިނިތުން ވަމުން ނަޔާނީ ހިނގައިގަތެވެ.

“ކުޑާ އިނގޭ ކިޔާނީ އެ ދައްތަ އަށް.. އަހަރެން ކުޑާ ކިޔާތީ ވެސް އޭނަ ވަރަށް އުފާވޭ.. އަދި ނަޔާނީ ވެސް ކިޔަން ފެށީމާ މާ އުފާ ވާނެން.. ޝާޔާ ކިޔަމުން ދިޔަ ކޮންމެ ވާހަކަ އަކަށް ބޯ ޖަހަމުން ދިޔަ ނަޔާނީ އަށް ނޭނގުނީ ހާމަ ވާން އުޅޭ ބޮޑު ހަޤީގަތެވެ.

*** ** ***

ނިދަން އުޅެ އުޅެ ވެސް ނުނިދުމުން ނިކްހާ އޮތީ ފޫހި ވެފައެވެ. އޭނާއަކީ އަބަދުވެސް އެހެން އޮންނަން ފޫހިވާ މީހެކެވެ. ހޮސްޕިޓަލުގައި މިހެން އޮންނަން ވުމުން ޔަނާލް މަތިން ވެސް ވަރަށް ބޮޑަށް ހަނދައިން ވިއެވެ. އޭނާ ބަލި ވެއްޖެ ނަމަ ކަންތައް ބޮޑު ކޮށްލައިގެން އުޅޭ ޔަނާލް އަބަދު ވެސް އުޅޭނީ ކޮންމެވެސް އެއްޗެއް ކާންދޭށެވެ. އެކަންތައް ތައް ހަނދައިން ވުމުން ނިކްހާއަށް ހިނިތުން ވެވުނެވެ.

އޭނާއަށް މިހައިރު އެހީވެދޭ ދައްތަ ވެސް ވަރަށް ހިތް ހެވެވެ. ނިކްހާ އިރާދު ކުރެއްވިއްޔާ މީހެއްގެ އެހީގައި މިހެން ދެން އުޅޭނީ ވަރަށް މަދު ދުވަސް ކޮޅަކުއެވެ.

ޝާޔާ އާއި އެކު ވޯޑަށް ވަދެގެން އައި އަންހެން ކުއްޖާ ފެނި ނިކްހާގެ ސިކުނޑި ކަމެއް ހަނދައިން ކޮއްދޭން އުޅުނެވެ. އެ ކުއްޖާ މޫނުމަތިން ދަންނަ ވައްތަރެއް ޖެހިޔަސް ދުވަހަކު ވެސް ފެނުން ހަނދައިނެއް ނުވެއެވެ.

ނިކްހާ އޮތް އެނދާ ހަމައަށް ގޮސް ދެކުދިން ހުއްޓުނު އިރު ނަޔާނީގެ ނަޒަރު ހުރީ ނިކްހާ އަށެވެ. ކުރިމަތީ މި އޮތީ އޭނާއާއި ކޮންމެވެސް ގުޅުމެއް އޮތް މީހެކޭ ނަޔާނީ ހިތަށް އެރީ ކީތްވެ ކަމެއް ނޭނގެއެވެ.

“ކުޑާ…” ފިނި ފިނި އަޑެކެވެ. އޭނާއަށް އަލަށް ފެނުނު މި އަންހެން ކުއްޖާގެ އަޑު ނިޝާގެ އަޑާ އެހާ ވައްތަރުވީ ކީއްވެ ބާއެވެ. ސުވާލު ތައް ފުނި ޖަހައިގެން ނަޔާނީ އަށް ބަލަން އޮތް ނިކްހާގެ ނަޒަރުން ނަޔާނީ އަށް ހާސްކަމެއް ލިބުނެވެ.

 

** ނުނިމޭ **

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ފޮހެލާނަމޭ ތިހަނދާންއެކީ

Next

އެކުއްޖާ 8

Next
May 13, 2020

އެކުއްޖާ 8

Previews
May 13, 2020

ފޮހެލާނަމޭ ތިހަނދާންއެކީ

5 Comments!

  1. Kylie says:
    May 14, 2020 at 12:43 am

    Maasha allah v reethi mi bai vxx???….. Nayaany ah hageegai ingeneetha?????? Curiously Waiting for nxt.???…..

    1. samra says:
      May 14, 2020 at 10:48 pm

      Thnkxx kylie.. happy to see ur cmmnts.. lets see dhw vaa gotheh.. next vx insha allah v avahah..

  2. @b@n says:
    May 14, 2020 at 12:17 pm

    Vr reethi mi bai vs masha allah.. finally nikha nd nayaany meet v dhw.. vr kiyaa hithun indhaa anekka e nimunii.. vr curious kollaafa thi nimmaalii vs.. waiting for nxt part…

    1. samra says:
      May 14, 2020 at 10:50 pm

      Thnk u so much @b@n… lets see dhw vaagotheh.. v ufaa vey @b@n ge supports libeythy… insha allah next vx v avahah kiyaalan libeyne

  3. Dr.ifhaam. says:
    May 14, 2020 at 11:42 pm

    Ohh this part is also very interesting and I think this part is the most fascinating part of the story EHENAS. ……roadha mahu haadha speed baaru kohlaafiyey……hehe????
    Hope next part will be updated soon by our famous debater….hehehe

    WILL WAIT FOR THE NEXT PART

Comments are closed.

Next Episodeއެހެނަސް 16(ފަހުބައި)←


All Right Reserved!