Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯ ފޮހެލާދޭށެ މަގޭ 9

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
May 8, 2020 5 Mins Read
4 Comments

އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ އޮތް އަންހެން ކުއްޖާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ފޯނުން ފޮޓޯގަނޑަކަށް ބަލަމުން ދިޔައިރު މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލަތަކެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ވީ އިރު މޫނުމައްޗަށް ވަނީ ޖަންބު ކުލަ އަރާފައިއެވެ. ފަންދިގު އިސްތަށިގަނޑު އެނދުމަތީގައި ފަތުރާލައިގެން އޮތް އިރު އެއް އަތުން ދިޔައީ އިސްތަށިތަކާ ކުޅެމުންނެވެ. އެނެއް އަތުން ފޮޓޯގަނޑުގައި ފިރުމާލުމަށްފަހު ފޯނު ނިއްވާލިއެވެ. އަދި ދެލޯ މަރައި އަނެއްކާވެސް ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވިއެވެ.

***

މެންދުރުގެ ހޫނުގަދަ ވަގުތުގައި ޝާހިދު ގޭގެ ބޮޑު ސޯފާގައި އިށީންދެލައިގެން އިން އިރު ނަތާޝާ އިނީ އެޔާ ޖެހުނު ސޯފާގައިއެވެ. އަދި އެމީހުންގެ ދެދަރިން ކަމަށްވާ ޒައިކް އަދި ޔުނާން އިށީންދެލައިގެން އިނީ އަރިމަތީގައި ހުރި ދެގޮޑީގައިއެވެ. ޒައިކް އޭނާގެ ނޭވާ ހިފަހައްޓާލައިގެން އިން އިރު ޔުނާންގެ މޫނުމަތިން ދިޔައީ ދާތިކިތައް ހިލެމުންނެވެ. މޫނުމަތިން މާޔޫސްކަމާއި އެކުވެގެން ރުޅިވެރިކަމުގެ އަސަރުތައް ދިޔައީ ފައިޅުވަމުންނެވެ. ނަތާޝާ ގޮޑީގައި ހަމަޖެހިލައިގެން އިންއިރު އޭނާގެ އެއްއަތް އޮތީ ޝާހިދުގެ އަތް މަތީގައިއެވެ. އަވަހަށް ފަށާށޭ ބުނާކަހަަލަ ގޮތަކަށް ނާތާޝާ ޝާހިދުގެ މޫނަށް ބަލާލުމާއިއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ދެކުދިންގެ މޫނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ.

”މި ދައްކަން އުޅެނީ ވަރަށް މުހިންމު ވާހަކައެއް. އަދި ބައްޕަ ވަރަށް ކުރިން ރާވާފައި އޮތް ކަމެއްގެ ވާހަކަ ދައްކަން މިއުޅެނީ. ބައްޕަ ބޭނުމީ ވީ ހާވެސް އަވަހަކަށް މިކަން ނިންމަން. މަންމަވެސް ބޭނުމީ އެގޮތް.” އަނެއްކާވެސް ޝާހިދު ވާހަކަ ހުއްޓާލައި ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލިއެވެ. ނަތާޝާވެސް އިނީ ޝާހިދު ވާހަކަ ބުނަން އުޅޭލެއް ލަސްވެފައިއެވެ.

”ޒައިކް. ދަރިފުޅުވެސް މިހާރު ތި އެކާވީހާ ގާތް ކުރީ. ބައްޕަ ދެން ބޭނުމީ ދަރިފުޅު މީހަކާ އިންނަން. ދަރިފުޅު އަދިވެސް ބައްޕަމެންގެ ގާތު ކުއްޖެއްގެ ވާހަކަ ނުދައްކާތީ ވީހާވެސް މަޑުކޮށްލެވެނި މި. އެކަމު ބައްޕަމެން ހުންނާނެ ދަރިފުޅަށް ކަމުދާނެ ކަހަލަ ކުއްޖެއް ހޯދާފަ. މިރޭ އެމީހުން މިގެޔަށް އަންނާނެ. ދަރިފުޅަށް މަޖުބޫރެއް ނޫން ބައްޕަ ދައްކާ ކުއްޖަކު ހިޔާރުކުރާކަށް. ދަރިފުޅު ޖެހޭނި ގޮތެއް ނިންމަން.” ޝާހިދު ނިންމައިލިއެވެ.

ސޯފާގެ ދެއަތްގަނޑުގައި އަތް އަޅުވާލައިގެން އިން ޔުނާންގެ އަތަށް ދިޔައީ ބާރުތަކެއް އަރަމުންނެވެ. ދެންމެ ދެންމެ ހީވަނީ ސޯފާގައި ހުރި ހުރިހާ އިސްޕެންޖެއް ނަގައި އުކާލަދާނެ ހެންނެވެ. އިސްޖަހައިލައިގެން އިން އިރު މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތައް ފޮރުވަން އޭނާ ދިޔައީ އެތަކެއް މަސައްކަތް ކުރަމުންނެވެ.

”އެއީ ކޮން ކުއްޖެއް ބައްޕާ؟” ޒައިކް އަޑު ވަރަށް ވެސް މަޑެވެ. އޭނާއަށް ވަނީ ބޮޑު ސިހުމެއް ލިބިފައިއެވެ. އައިލީޝް ނޫން މީހަކު އޭނާގެ ހިތުގައި ނެތް އިރު އެހެން ކުއްޖަކާ ކައިވެނިކޮށްގެން އުޅޭނީވެސް ކިހިނެއް ހެއްޔެވެ؟ އެހެންނަމަވެސް އޭނާއަކަށް ޝާހިދުގެ ނިންމުމަކަށް ދެކޮޅު ހަދާކަށް ނުކެރޭނެއެވެ. ހިތާ ދެކޮޅަށްވެސް އޭނާ އެކަން ކުރަން ޖެހޭނެއެވެ.

”އެއީ އައިލީޝް. ދަރިފުޅު މި ކުއްޖައާ އިންނަން އެއްބަސްތަ؟” ޝާހިދު ސީދާ ޒައިކް ލޮލަށް ބަލަން އިނެ ބުނެލިއެވެ.

ޒައިކްއަށް އަނެއްކާވެސް ލިބުނީ ސިހުމެކެވެ. އޭނާއަށް ހުރީ ޝާހިދު ބުނި ބަސްތަކާއި މެދު ޝައްކެއްގެ މަތީގައިއެވެ. އޭނާއަށް އަޑު އިވުނީ ރަނގަޅަށް ބާއޭ ހިތަށް އަރައަރާއެވެ. އޭނާގެ ކަންފަތް އޭނާއަށް ސަމާސާ ކުރަނީއޭ ހިތަށް އަރައަރާއެވެ. ޒައިކްގެ ދުލުން ކާކު ހެއްޔޭ ދެވަނަ ފަހަރަށް  ބުނެލެވުނީ ހަމަ އެސިހުމުގައިއެވެ.

”އާން ދަރިފުޅާ. ބައްޕަ އަދި މަންމައަށް ވެސް ވަރަށް ކަމުދޭ އައިލީޝް. ބައްޕަ ބޭނުމީ ދަރިފުޅާ އައިލީޝް ގުޅުވަން. ދަރިފުޅު ދެކޮޅިއްޔާ ވެސް ބައްޕަގެ އެއްވެސް މައްސަލައެއް ނެތް.” ޝާހިދުގެ އެބަސްތައް އިވިފައި ޔުނާން ފުންމައިގެން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖަހައިލިއެވެ. ޒައިކްއަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ. ތަގުދީރުގެ ނިޔާ އޭނާއާ މެދު ކަންތައް ކުރާ ގޮތާމެދު އޭނާއަށް ވިސްނައިލެވެން އިރުކޮޅަކު އިނެވެ. ކިހާ އިންސާފުވެރި ހެއްޔޭ ހިތަށް އަރުވާލަ އަރުވާލައެވެ. ހަމައެއާއިއެކު އޭނާގެ ލޮލަށް ސިފަވެގެން ދިޔައީ އައިލީޝްގެ ޖަންބުކުލަ އަރާފައިވާ ދެކޮލެވެ. ކަޅުކުލައިގެ ބޮޑު ދެލޮލެވެ. ފިނިފެންމަލެއް ފަދަ ތުނި ތުންފަތެވެ. ދީވާނާވެފައިވާ މީހެއް ފަދައިން ޒައިކް އިނުމުން ޝާހިދު އޭނާގެ ގައިގައި ކޮއްޓާލިއެވެ. އަދި އަވަހަށް ޖަވާބެއް ދިނުމަށް އެދުނެވެ.

”އާން. އަހަރެން އެއްބަސް. އަހަރެން އެއްބަސް މި ކައިވެންޏަށް.”

***

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޝަމްހާގެ މޫނުމަތި ވަނީ ހާސްކަމުން ހިސާރުކުރެވިފައިއެވެ. ނިތްކުރިމަތިން ދާތިކިތައް ހިލެމުން ދިޔަ ވަރަކަށް އޭނާގެ އަތުގެ ނުފުށުން ދިޔައީ ވަރުބަލިކަމާއިއެކު ދާތިކިތައް ފުހެމުންނެވެ. އޭނާ އެގޮތުގައި ހުއްޓާ އެތަނަށް އައިސް ވަނީ ނުހަނު ހިތްހަމަ ޖެހިލައިގެން ހުރި އިޝާމްއެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފަޑުވެގެން ދިޔައީ ޝަމްހާގެ މޫނުމަތިން އޭނާއަށް ފެންނަމުން ދިޔަ އަސަރުތަކުންނެވެ. އަދި ޝަމްހާގެ ދެކޮޑުގައި ހިފައި ކިހިނެއްވީ ހޭ އަހައިލީ ހާސްވެފައި ހުރެއެވެ.

”އިޝާމް. ދެންމެ އަހަރެން ފިހާރައިން އަންނަނި ކޮށް ކުއްޖަކާ ދިމާވި. ދޮން ދޮންކޮށް ހުރި އިސްތަށިގަނޑު ދިގު ކުއްޖެއް. ބަލާބެލުމަށް އެއީ ވެރިރަށް މާލެއަށް އުފަން ކުއްޖެއް. އެކަމު އަހަރެންނަކަށް ނޭނގޭ އެކުއްޖާ އަހަރެންނާ ދިމާލަށް އެވަރަކަށް މަސްނޫއީ ހިނިތުންވުމެއް ވެރިކުރުވައިގެން ބެލީ ކީއްވެ ކަމެއް. އެކަމާ ވިސްނެނީ މި. ގެޔަށް އައިސް ވަންނަން ދެން އެކުއްޖާ އަހަރެންގެ މޫނަށް ބަލަން ހުރި. ފަހަތުން އައި.” އިޝާމްއަށް ޝަމްހާ ބޯގޮއްވައި ކަންތައް އިނގިފައި އޭނާގެ ގާތަށް އައީ ހިންޏެވެ. އެވަރުގެ ކަމަކާއި ޝަމްހާ ހާސްވަމުން ދިޔައީ ކީއްވެ ކަމާއިމެދު އިޝާމްއަށް ހުރީ ނުވިސްނިފައިއެވެ.

”ސާބަސް ޝަމްހާ. ތީ މީހަކު ހަސްވާނެ ވަރު ކަމެއްތަ؟” އިޝާމް ޗޮކެއް ކަނޑައިލިއެވެ.

”ހާސްވާނެ ވަރު އިނގޭނެ އެކުއްޖާ ބަލަން ހުރި ގޮތް އިޝާމްއަށް ފެނުނު ނަމަ. ދެން އަހަރެންވެސް މީ ގަމާރެއް ނޫނޭ މީހަކު ބަލައިލައިގެން އައިސް އެކަމާ ބޯގޮއްވާ ހާސްވާން. ގައިމު ކުރިއަކުން އަހަރެން މިކަހަލަ ވާހަކައެއް ނުދައްކަމެއްނު އިޝާމް ގާތަކު. މިއަދު ހަގީގަތުގަވެސް ވީ ކަމަކުންނޭ އަހަރެން މިދައްކަނީ މި ވާހަކަ.” ޝަމްހާގެ ވާހަކައިން ކަމެއް ސިއްރު ކުރާހެން ވެސް އިޝާމްއަށް ފާހަގަވަމުން ދިޔައެވެ. އެހެންނޫންނަމަ މީހަކު ބަލައިލައިގެން އެވާހަކައެއް ޝަމްހާ ނުދައްކާނެއެވެ. އެއްޗެކޭ ބުނެގެން މެނުވީއެވެ. ނަމަވެސް އެއީ އޭނާގެ އަނބިމީހާ ކަމަށް ވީތީ ޝަމްހާއަށް އެއްވެސް ވަރަކަށް ޝައްކު ކުރާކަށް އިޝާމް ބޭނުމެއް ނުވެއެވެ. އޭނާ ޝަމްހާ ނުހަނު އިތުބާރު ކުރެއެވެ. އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށެވެ.

”އާކިފް ފޮނުވި ގަމީހުން ކުރެ ގަމީހެއް އިނގޭ މިއަދު ހުކުރަށް ދާން އިސްތިރި ކުރާނީ.” އިޝާމް ބެލީ ވާހަކަ އޮޅުވާލެވޭތޯއެވެ. ބަންގި ގޮވަން ގާތްވުމާއިއެކު އެކަމާ އިތުރަށް ހާސް ނުވެ އަމިއްލަ ނަފްސަށް ވިސްނައިދިނުމަށްފަހު ޝަމްހާ ދިޔައީ އިޝާމްގެ ގަމީސް އިސްތިރި ކުރާށެވެ. އިޝާމްވެސް އޭނާގެ ތުވާލި ކޮނޑަށް ވައްޓައިލުމަށް ފަހު ގިފިއްޔަށް ގޮސް ވަނީ ފެންވަރައި ތާޒާވެލުމަށެވެ.

***

”ލޯބި މަންމާއޭ އެދެނީ އުފަލުގާ

ލެއްވެވުން އެންމެ މަތިވެރި ރަހްމަތުގާ

ދުޢާއޭ، ދުޢާއޭ، ދުޢާއޭ، ދުޢާ”

ފޯނުން މަދަހައެއް ޖަހައިލައިގެން އޮތް އައިލީޝްގެ ލޮލުން ދިޔައީ ރޮނގަކަށް ކަރުނަތަށް ފައިބަމުންނެވެ. ދެލޯ ރަތްވެ ދުޅަވެފަައިވާ އިރު ތުންފަތް ވަނީ ހިކިފައިއެވެ. މުޅިމޫނު ޖަންބުކުލައިން ކުލަ ޖައްސާލާފައިވާއިރު އިރުއިރުކޮޅާ ކަރުނަތައް ނުހަނު ބާޜަށް މޫނުމަތިން ފުހެލައިއެވެ. ހީވާ ގޮތުން އޭނާ އަމިއްލަ ނަފްސުދެކެ ވެސް މިހާރު ފޫހިވެއެވެ. ރުޅިއާދެއެވެ.

އައިލީޝްއަށް ކުއްލިއަކަށް އޭނާގެ ބޮލަށް އެރި ތަދާއެކު ބޮލުގައި އަތް އަޅާލެވުނެވެ. އަދި އެނދުމަތީގައި ކުރުގެޅިލިއެވެ. ފަސްވަރަަކަށް މިނެޓަށް ދިގުދެމިގެން ދިޔަ އެރިހުން އައިލީޝްގެ ބޮލުން ދިޔައިރު ބާރަށް މުއްކެވިފައިވި ދެއަތުން ދިޔައީ ލޭތައް އަންނަމުންނެވެ. އިނގިލިތަަކަށް ބާރު ކުރެވުނު ވަރުން ދިގުވެފައިވާ ނިޔަފަތިތައް ހަންގަނޑަށް ވަނީއެވެ.

ބަންގީގެ މޫރިތިވި އާޔަތްތައް އައިލީޝްގެ ކަންފަތުގައި ޖެހުމާއިއެކު ކުއްލިއަކަަށް ތެދުވެ ގޮސް ފާހަނާއަށް ވަނެއެވެ. އަދި ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އެރިއެވެ.

***

ރަތް ކުލައިގެ ގަމީހަކާއިއެކު ކަޅު ފަޓުލޫނެއް އިސްތިރިކުރަން ހުރި ނައިޝަމްއަށް ސިހުން ލިބުނީ އޭނާ ތައްޔާރުނުވެ ހުއްޓާ ބަންގި ގޮވުމުންނެވެ. ރޭގައި ވީ ކަންތަކާއިމެދު ވިސްނަން އޮވެފައި އޭނާއަށް ނިދުނީ ލަހުންކަމުން ހޭލެވުނީ އެގާރަގަޑީ ބައިވަން ކައިރުވެފައި ހުއްޓާއިއެެވެ. އެއީ ދުވަހަކުވެސް މީގެކުރިއަކުން އޭނާއަށް ވީ ކަމެއް ނޫނެވެ. ކިތަންމެ ލަހުން ނިދުނަސް ހެނދުނު އިރުއަރާއިރަށް އޭނާއަށް ހޭލެވޭނެއެވެ. ނަމަވެސް މިއަދު ވީ ކަންތަކާއިމެދު އޭނާވެސް ހުރީ ހައިރާންވެފައިއެވެ.

ގަމީހުގައި ނުހަނު ގިނައިން ރޫ ހުރި ކަމުގައިވިޔަސް އެލައިގެން ނައިޝަމް ކޮޓަރިން ނުކުތީ ގޭ ކުރިމަތީގައި ހުރި މިސްކިތަށް ދިޔުމަށެވެ. ގޭތެރެއިން އެކަކު ވެސް ފެންނަން ނެތުމުން ނުހަނު ފަސޭހައިން އެއްވެސް މީހެއްގެ ބަހެއް އަޑުއަހަން ނުޖެހި ނައިޝަމްއަށް ގެއިން ނުކުމެވެން ދިޔައެވެ. ނަމަވެސް ޔޫހާގެ ކޮޓަރިން ދިޔައީ ފާޑަކަށް އެއްޗެއްގައި ތަޅާ އަޑު އިވެމުންނެވެ. އެހެންކަމުން އޭނާ ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުރީ އިތުރު އަޑެއް އިވޭނެ ކަމަށެވެ. ނަމަވެސް ގަމަތް ދޭ އަޑު އިވެން ފެށުމުން ނައިޝަމް ދުއްވައި ގަނެގެން ގެއިން ނުކުތީ އެއަޑަށް ވުރެ ނަމާދު މާ މުހިންމު ކަމަށް ވިސްނައިގެންނެވެ.

***

ޝާހިދު ، ނަތާޝާ އަދި ޒާހިދާ އައިލީޝްއަދި ޒައިކްގެ ކައިވެނީގެ ވާހަކަ ދައްކަމުން ދިޔައީ އެމީޙުންގެ ކެއުން މެދު ކަނޑާލާފައިއެވެ. އެމީހުންގެ ވާހަކަތަކުން އެތަނުގައި އަނގައަށް އެއްޗެއް ލާން ނުކުރިފައި ތިބީ އައިލީޝްއާ ޔޫހާ އަދި ޔުނާންއެވެ. ނައިޝަމްއެކަނި ގޭގައި ބަހައްޓާފައި ޒާހިދާއައީ އޭނާގެ ސަބަބުން ޒާޙިދާ ކުރަން އުޅޭ ކަންތަކަށް އެތައް ހުރަހެއް އެޅޭތީއެވެ. ޔޫހާ ނާންނަން ރުޅިއައިސްފައި ކިތަންމެ ވަރަކަށް އެއްޗެހި ކިޔަމުން ދިޔައިރު ޒާހިދާ ޔޫހާ ގޮވައިގެން އައީ ކުރިމަތިވެދާނެ ސުވާލުތަކަކުންނެވެ.

އަވަސްއަވަހަށް ކައި ލުމަށްފަހު ޔޫހާ އެތަނުން ނުކުމެގެން ދިޔައީ އޭނާގެ ކަރުނަތައް ނުހިފަހައްޓާލެވުމުންނެވެ. އަދި އަންނަ ރުޅިއެއް ކޮންޓްރޯލް ނުކުރެވިދާނެތީއެވެ. ނަމަވެސް ޔޫހާ ނުކުމެގެން ދިޔަތަން ވާހަކައިގައި ތިބި ތިންމީހުން ކުރެ އެކަކަށްވެސް ނުފެނެއެވެ. ގެއިން ނުކުމެގެން ގޯތިތެރޭގައި ހުރި މާގަސްތަކުގެ ކައިރީ ޔޫހާ ގޮސް މަޑުކޮށްލީ ރޭގަނޑުގެ އެވަގުތުގައި އެއްވެސް ބިރެއް ކަމެއް ނެތިއެވެ. ނަމަވެސް ޔޫހާ ސިއްސައިގެން ދިޔައީ އޭނާގެ ކުރިމަތިން ބޮޑު ހިޔަންޏެއް ފެނުމުންނެވެ. ތުރުތުރުއަޅާ ހާލު ޔޫހާ ފަހަތަށް އެނބުރެލިއެވެ. އޭނާއާ ނުހަނު ގާތުގައި ހުރި ޔުނާން ފެނިގައި ޔޫހާއަށް ފަހަތަށް ޖެހިލެވުނީ ދެވަނަ ފަހަރަށްވެސް ލިބުނު ސިހުމުގައިއެވެ.

”އެތަނުން ނުކުމެގެން ތިއައީ ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް ހަޖަމު ނުކުރެވިގެން ދޯ.” ޔުނާން އެއްމިއްޔަ ކަނުން ހީލިއެވެ.

”ޔުނާން ޖެހޭތަ އެޔެއް ބަލަން. ކޮންމެހެން އަހަރެން މިގެޔަށް އައީ އަންނަ ހިތަކުން ނޫން. ޔުނާން ކީއްވެގެން އެތަނުން ނުކުމެގެން ތިއައީ؟” ޔޫހާގެ ދެބުމަ ގޮއްޖެހިގެން ދިޔައެވެ.

”މަށަށްވެސް އެތާ ދައްކާ ވާހަކަ ހަޖަމު ނުކުރެވިގެން. މަ އެއްގޮތަކަށްވެސް ބޭނުމެއް ނޫން ޒައިކް އާ އައިލީޝް ކައިވެނި ކުރާކަށް. މަށަށް ކުރެވެން އޮތްހާ ކަމެއް ކޮށްގެން ވެސް އެދެމީހުންގެ ކައިވެނި ހުއްޓުވާނަން. ކަތުރުފަންޏަކަށް ވުރެ މަގޭ ނުބައިކަން ދައްކާލާނަން.” ޔުނާންއަށް އޭނާގެ ދަތްޕިލާ ޖައްސާ ފިއްތާލެވުނެވެ. ދެލޯ ހަނިކޮށްލުމަށްފަހު ޔޫހާ އާ ދިމާލަށް ބަަލައިލިއެވެ.

”މިވީ މާ ރަނގަޅަކަށްނު.” ޔޫހާއަށް ހިނިގަނޑެއް ޖަހައިލެވުނެވެ. ޔުނާންވެސް އޭނާއާ އެއްބައިވެލައި ހިނިގަނޑެއް ޖަހައިލީ މޮޅު ރޭވުމެއް ރާވަން ދެމީހުން އެކުވެރިވާން އުޅޭ ފަދައަކުންނެވެ.

~ ނުނިމޭ ~

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހުދާއްކޮ(ޓޮރެއިލާ)

Next

އަހަރެންގެ މަންމަ

Next
May 8, 2020

އަހަރެންގެ މަންމަ

Previews
May 8, 2020

ހުދާއްކޮ(ޓޮރެއިލާ)

4 Comments!

  1. Ram says:
    May 8, 2020 at 10:24 am

    Maasha Allah mibaives v reethi

    1. ?Nafu✨ says:
      May 8, 2020 at 10:22 pm

      thanks ram

  2. Kairaa says:
    May 8, 2020 at 11:07 am

    Varah varah reethi mi bai vx…masha allah….curiously waiting for the nxt part….

    1. ?Nafu✨ says:
      May 8, 2020 at 10:23 pm

      thanks kairaa.. ya keep waiting

Comments are closed.

Next Episodeލޯ ފޮހެލާދޭށެ މަގޭ 10←


All Right Reserved!