ނަމަވެސް އޭގެ ކުރިން ފަރީޝާ ބުނެލި ވާހަކައިން ނިކްހާއަށް ފިޔަވަޅު މަޑުޖައްސާލެވުނެވެ. ހޭލާ ހުއްޓާ ހުވަފެނެއް ފެންނަނީކަމަށް ހިތާ އަތުގައި ވިކާވެސް ލެވުނެވެ.
_______________
“ދައްތަ ބޭނުމެއް ނޫން ނިކްހާ ދެން މިގޭގައި ބަހައްޓާކަށް.. ފާއިތުވެ މިދިޔަ ދުވަސްތަކުގައި ދައްތަ ކޮއްދިން ކަންތައް ތައް ބަލައި ގަންނަ ނަމަ މިގެއިން ދާން ތައްޔާރުވޭ.. ނިކްހާގެ އެއްޗެއް މިތާ ހުރިއްޔާ ހިފައިގެން އާދޭ..” ފަރީޝާ ކިޔާނެ އެއްޗެއް ކިޔައިފައި ދަންދެން ބަލަން ހުރުން ނޫންކަމެއް ނިކްހާ އަކަށް ނުކުރެވުނެވެ.
ނިކްހާ ފަރީޝާ ފަހަތުން ނިކުންނަން ދަމުން އަނބުރާލާފައި އައިސް ކޮޓަރި އެއްފަރައިތުގައި ހުރި ބޮޑު އަލަމާރި ހުޅުވާލިއެވެ. އެއަލަމާރީގައި ކޮނޑުގައި އަޅުވާފައި ހުރި އެކި ކުލަ ކުލައިގެ ހެދުން ތަކާއި ބަރިޖާލައިފައިވީ ބޫޓުތަކުން ފެށިގެން ގޮސް ނިކްހާގެ ނަޒަރު ހުއްޓުނީ ވަކިން އިން ކުޑަ ވަތްގަނޑަކަށެވެ. އެވަތްގަނޑު ހުޅުވާލަމުން ނެގި ރަބަރެއްގައި އޮޅާލާފައި އޮތް ނިކްހާގެ ޑައިރީ މޭގާޖައްސާލަމުން ދަބަސް ތެރެއަށްލީ އަވަސް ހަރަކާތަކާ އެއްކޮށެވެ. ބުރުގާ ބޮލަށް މަހާލަމުން އެއްއަތުން ދަބަސް ހިފައިން ނިކުތްއިރު ފަރީޝާ ގާތު ޔަނާލް ވެސް ހުއްޓެވެ..
“ނިކްހާ ކޮން ދަބަސް ގަނޑެއް ހިފައިން ތި އުޅެނީ… މިރޭ ހިނގާބަލަ ޕާސްތާ ހަދަން.. ވަރަށް ފޫއްސެންނު..” ތުންކޮޅު ހަދާލަމުން ޔަނާލް ބުނެލިއެވެ. ނިކްހާ ހުރީ ހިނިތުން ވާންވެސް ނޭނގިފައެވެ. މި ވާން އުޅެނީ ކިހިނެއްކަމެއް ނޭނގި އޭނާގެ ހިތްވެސް އެބަ ތެޅެއެވެ.
“ޔަނާލް…” ފަރީޝާ ގޮވާލީ މަޑު މަޑުންނެވެ. “ދޭބަލަ ދޮންބެއަށް ގޮވާލަން..” ޔަމާންގެ ކޮޓަރިއާ ދިމާއަށް އިޝާރާތް ކޮށްލަމުން ފަރީޝާ ބުންޏެވެ.
ޔަމާންއަށް ގޮވާފަ އަންނަން ބުނިތާ ކުޑަ އިރުކޮޅެއް ފަހުން ޝިފާ އާއެކު ޔަމާން އެތަނަށް އައެވެ. އެމީހުން ކައިވެންޏައް ފަހު ޝިފާމެން ރަށުގައި އުޅެފައި މިކޮޅަށް އައިތާ އަދި ދެތިން ދުވަސް ވެސް ނުވެއެވެ.
“ކިހިނެއްވީ މަންމާ..” ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ޔަމާން ސުވާލު ކުރީ ފަރީޝާއާއެވެ. މާހައުލުގައި ވީ ހަމަހިމޭންކަމުން އޭނާއަށް އުނދަގޫވީ ކަންނޭނގެއެވެ.
ފަރީޝާ އިސްޖަހައިލީ ދައްކަން އުޅޭ ވާހަކައިގެ ގޮތުންނެވެ.
ފަރީޝާ ނިކްހާއަށް ބަލައިލިއެވެ. ނިކްހާގެ މޫނަށް ބަލައިލެވުމުން އޭނާގެ މޭ ފިތޭހެން ވެސް ހީވިއެވެ. އެއީ ނިޝާ އޭނާއާ ހަވާލު ކުރި އަމާނާތެކެވެ. ހިޔާނާތްތެރި ވާނީ ކިހިނެއް ހެއްޔެވެ. ފަރީޝާ އެސްފިޔަތައް ތަޅުވާލަމުން ލޮލަށް ޖަމާވި ކަރުނަތައް ހިންދާލިއެވެ.
ޔަނާލް ކޮންމެސް އެއްޗެކޭ ބުނެ ހިނިއައިސްފާ ހުރެ ނިކްހާގެ ބޮލުގައި އަތުން ޖަހާލިއެވެ. ނިކްހާ ދެލޯ ބޮޑުކޮށްލަމުން ތެޅިގަތެވެ. ޔަނާލްއަށް އޮޅުމަކުން ވެސް ޖެހުނީ އޭނާ ބޮލުން ފަޅައިން ގޮސް އިން ތަނުގައެވެ. ލޯ މަރާލަމުން ފުންކޮށް ދެތިން ނޭވާ ލަމުން ނިކްހާ ހަމަޖެހެން މަސައްކައިތް ކުރިއެވެ. ފަރީޝާ މެންނަށް އޭނާ ގައިގައި ހުރި ޒަޚަމްތައް ފެންނާކަށް އެހިތެއް ނޭދެއެވެ. އޭނާ އަޅައިން ހުރި ކުޑަ، ކަޅު ބުރުގާ ފޯވަމުންއައި ލޭތައް މީހަކަށް ނުފެނި ސަލާމަތްވާނެކަމެއް ވެސް ނޭނގެއެވެ. ދެފައިގާ ރިއްސާވަރުން ކޮޅަށްހުރެވެނީ ވެސް ކިރިޔަ ކިރިޔާއެވެ.
“ޔަނާލް.. އާދޭ މިކޮޅަށް..” ނިކްހާ ގާތު ހުރި ޔަނާލް ފަރީޝާ ކައިރިއަށް ގެންނަމުން އޭނާ ނިކްހާއަށް ބަލައިލިއެވެ. ނިކްހާގެ މޫނުމަތިން ވޭނަކަށް ކެތްނުކުރެވިގެން އުޅޭ ފަދަ އަސަރެއް ފެނިލިއެވެ. ފަރީޝާ ޔަމާންއާ ޔަނާލްގާތު ވާހަކަ ނުދައްކާ ތިބުމަށް ބުންޏެވެ.
“ދޮންބޭ.. މަންމަ މިރޭ ވަރުގަދަ ގޭމެއް ކުޅެން އުޅެ ރެއެއް.. ގަވައިދު ތަކެއް ވެސް ހަދައިފި… އަނެއްކާ ޑުރާމާއެއްބާ.. ކޮސްޓިއުމްސް ވެސް ރެޑީގަ ދޯ..” ވާން އުޅެނީ ކިހިނެއްކަމެއް ނޭނގޭ ހާލު ޔަނާލް ވާހަކަ ދައްކަމުން ދިޔައެވެ. ޔަނާލް މާ އަނގަ ގަދަ ވެގެން އުޅޭތީ ފަރީޝާ އޭނާއާ ދިމާއަށް ލޯ އަޅާލާލަމުން ނިކްހާއާ ދިމާއާށް ހިނގައި ގަތެވެ.
“ނިކްހާ.. އާދެބަލަ ދައްތަ އާ އެކީގައި..” ނިކްހާގެ އަތުގެ ކުޑަހުޅުގައި ހިފާލަމުން ފަރީޝާ އެދުނެވެ. ޔަނާލްގާތު ހުރިތަނުން ގުޑައި ނުލާން ބުނަމުން ބޭރު ދޮރާދިމާއަށް ދިޔަ ފަރީޝާއަށް ނިކްހާގެ އަތުން ކުރަކި ކަމެއް އިހްސާސް ކުރެވުނެވެ. ލޯ ކުޑަ ކޮށްލަމުން ނިކްހާގެ އަތަށް ބަލައިލި އިރު ތޫނު އެއްޗަކުން އަޅުވާފައި ހުރި ފަދަ ދެތިން ތަނަކުން ލޭހިލިފައި ހުއްޓެވެ.
“މީ ކިހިނެއް ވެފަ..” ފަރީޝާ ކުރި ސުވާލަށް ދޭނެ ޖަވާބެއް ނިކްހާއަކަށް ނޭނގުނެވެ.
“ނިކްހާ.. ނިކްހާގެ އުމުރުން ތިހާވަރު ވެފައި ތިހުރީ ދައްތަ ނިކްހާގެ ހިދުމަތުގައި ހުއްޓައި.. އަބަދަކު ދައްތައެއް ވެސް ނުހުންނާނެ.. އެކަނި އުޅެން ދަސްވީމައި މީހާގެ ފެންވަރެއް ހުންނާނީ.. އެކަމަކު އެކަނި އުޅެވޭނޭ ކިޔާފައި ވެސް ރޭގަނޑުގެ ކަނު އަނދިރި ކަމުގެ ތެރެއަށް ކުއްޖަކު ދޫކޮށްލާނެހާ ހިތް ހަރު މީހެއްނޫން ދައްތަ މީކީ.. އެކަމަކު މިއަދު ދައްތަގެ މަޖުބޫރީ ހާލަތު އެކަމަކަށް ތަނެއް ނުދޭ..” ފަރީޝާ އިސްޖަހައިލި އެވެ. މިއޮށްހާއިރު ވާހަކަ ނުދައްކާ ހުރި ނިކްހާ ފަރީޝާއަށް ބަލައިލިއެވެ.
“އަހަރެން ތަޤްދީރުގައި ލިޔެވިފައިވާ ގޮތަކަށް ޝަކުވާއެއް ނުކުރާނަން .. އަގަކާ ނުލައި މިއޮށްހާދުވަހު ތިކޮށްދިން ކަންތަކަށް އަބަދުވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު ވެރި ވާނަން.. އަހަންނަށް އަހަރެންގެ ފެންވަރުއޮޅުނީ.. މުއްސަނދިކަން ލޮލަށް ފެނުމުން ކުރީގެ ދިރިއުޅުން މަތިން ހަދާންނެތުނީ.. ކޮންމެ ތާކު އުޅުނަސް އަހަރެން ހަނދައިން ނައްތާލައިން ނުވާނެ ހަގީގަތަކީ، އަހަރެންމީ ފަޤީރެއްކަން.. މަންމަ އާއި ބައްޕަ ނެތް ޔަތީމެއްކަން.. އާއިލާއެއް ނެތް އެކަނިވެރިއެއްކަން.. ދައްތައަށް އަހަރެންގެ އެއްވެސް ހިތްބުރަކަމެއް ނެތް…” އަތުގައި އޮތް ދަބަސްވެސް ފަރީޝާ ފައި ކައިރީ ބެހެއްޓުމަށް ފަހު ނިކްހާ ހިނގައިގަތެވެ.
ހިތް، ހަރު ހިލައަށް ހަދައިގެން ހުރި ފަރީޝާއަކަށް ކެތެއް ނުވިއެވެ.
“ނޫން ނިކްހާ.. މިދަބަސް ގެންދޭ.. ތީ ވަރަށް މާތް ކުއްޖެއް.. އިރާދަ ކުރެއްވިއްޔާ ﷲ ނިކްހާއަށް އުފާވެރި ދިރިއުޅުމެއް ދެއްވާނެ.. މިއަދަކު މިނޫން ގޮތެއް ނެތޭ ދަރިޔާ.. ދުވަހަކުވެސް ނިކްހާއަށް ދެރަގޮތެއް ވާކަށް ދައްތަގެ މި ހިތަކުން ނޭދޭނަން.. ދޭ.. ނިކްހާ ދޭ..” ދައްތަގެ ލޮލުން ފެނިލި އިންތިހާ ހިތްދަތިކަމުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްކަން ނިކްހާއަކަށް ނޭނގުނެވެ. އޭނާ ހިޔާލަކަށް ގޮސް ހުސްވަނިކޮށް އޭނާގެ ނިތަށް ބޮސްދީފައި ފަރީޝާ ގެއަށް ވަދެ ދޮރު ލައްޕައިފިއެވެ. އޭނާއަށްޓަކައި އެގޭގެ ދޮރު އަބަދަށް ބަންދުވީ ހެއްޔެވެ.
ދަބަހުން ނިޝާގެ ޑައިރީ ނަގަމުން ނިކްހާ ދުރަށް ހިނގައިގަތީ ވެދިޔަ ކަންތައް ގަބޫލު ނުކުރެވިފައި ހުރެއެވެ.
ދޮރު ލައްޕާލި ގޮތައް ފަރީޝާއަށް ދޮރު ބުޑަށް ޖެހިގަނެވުނެވެ. ހުވަފެނަކުން ހޭލެވުނު މީހެއް ފަދައިން ޔަނާލް ތެޅިގަތެވެ. ދުވެފައި ގޮސް ފަރީޝާ ކައިރިއަށް ތިރިވިއެވެ.
“މަންމާ ކިހިނެއްވީ.. ކޮބައި ނިކްހާ..” ޔަނާލްގެ ސުވާލުތަކާ ކުރިމަތި ލާން ޖެހޭނެކަންއެއީ އޭނާއަށް މާކުރިން ވެސް އެނގޭކަމެކެވެ. ހަގީގަތް ހާމަކުރަން އުޅެފައިވެސް ނުކުރީ މަސްލަހަތައްޓަކައެވެ.
“ނިކްހާ ދެން މިގެއަކަށް ނާންނާނެ.. މަންމަ ނިކްހާ ފޮނުވާލައިފިން..” ފަރީޝާގެ ވާހަކައިން އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮވި ފަދައެވެ.
“ކޮންތާކަށް..” ދެލޯ ބޮޑު ކޮށްލައިގެން ހުރި ޔަނާލް ބާރު ބާރަށް ބުންޏެވެ. ދެވަނަ ސިކުންތުގައި އޭނާ ދުއްވައިގަތީ ގޭގެ ދޮރާ ދިމާއަށެވެ.
“ނިކްހާ..” ޔަނާލް ދެފަރައިތަށް އެނބުރި ބަލައިލަމުން ދެފަހަރަކު ނިކްހާއަށް ގޮވާލިއެވެ. ޔަނާލް އެކޭ ދެފަޔަށް ހިނިއަރައިން އުޅެ މީހެކޭ ތަފާތެއް ނެތެވެ. ދެފައި ދެފަޔަށް ބިންމަތީ ކާއްތަމުން ދެއަތްތިލަ އުނގުޅަމުން ދޭތެރެ ދޭތެރޭ އަނގަމަތީވެސް އަތް އަޅާލައެވެ.
އަނގަމަތީ އަތް އަޅާލަމުން ދުވެފައި އެތެރެއަށް ވަންނަން ދިޔަ ޔަނާލް އެއްޗެއްގައި އަޅައިގަނެފައި އަނގަ ވަތަށް ވެއްޓުނެވެ. ބޮލަށްވީ ތަދަކުން ކުދި ކިޔަމުން ތެދުވި ޔަނާލްގެ ހަރަކާތް ތަކަށް ލަސްކަމެއް އައީ ފައި ބުޑުގައި އޮތް ދަބަސް ފެނިފައެވެ. ހަމަ ހަޤީގަތުގައި ވެސް ނިކްހާ މިގެން ދަނީހެއްޔެވެ.
ނިކްހާ ފަރީޝާއާ އެކު ބޭރަށް ނިކުމެފަ ގެއަށް ނުވަންނަ ކަން އެނގޭ އިރުވެސް ޔަނާލް މުޅި ގޭތެރެ ބަލައިފިއެވެ. ފަރީޝާ ކޮޓަރިއަށް ވަތް ގޮތަށް ދޮރު ތަޅުލާފައި ހުރުމުން ޔަމާން ކަންބޮޑުވިއެވެ. އޭނާ މަސަތްކަތް ކުރީ ފަރީޝާއާ ވާހަކަ ދެއްކޭތޯއެވެ.
ވާރޭ ވެހޭލެއް ބޯކަމުން ތަނެއް ދޮރެއް ވަކި ނުވެއެވެ. ދޭތެރެ ދޭތެރެއިން މުޅި ކައުނު އަލި ކޮށްލާ ވިދުވަރުގެ އެހީގައި ޔަނާލް ގޭ ގޭޓުން ބޭރަށް ނުކުތެވެ.
“ނިކްހާ… އަޑުއިވޭ ހިސާބުގަ ހުރިއްޔާ ވާހަކަ ދައްކަބަލަ..” ޔަނާލް އަށް ކަންބޮޑުވެގެން ގޮސް ރޮވެން ފެށިއެވެ. އޭނާގެ ކަނާއަތް ފަޅިއަށް ވާގޮތަށް އޮތް މަގުގެ އެއްކައިރީގައި މީހެއް ހުރިހެން ހީވި ހީވުން ޔަގީން ކުރެވުނީ ދެވަނަ ފަހަރަށް ވިދާލުމުންނެވެ. އެފަހަރު ވިދާލުމުން އެއީ އަންހެން ކުއްޖެއްކަން އޭނާއަށް ޔަގީން ވުމާއެކު އެދިމާއަށް ދުއްވައިގަތީ ޔަމާން ގޮވަ ގޮވަ އޮއްވައެވެ.
އަތުގައި އޮތް، ފޮތް މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރި ނިކްހާގެ ލޮލުން ފައިބަމުން އައި ކަރުނަތަށް ވާރެއާ އެކުވަމުން ދިޔައެވެ. ގައިގައި ހުރި ޒަހަމު ތަކުގައި ފެން ޖެހުމުން ނަގަމުން ދިޔަ ޒަވި ދިލައިން ލޯ ހުޅުވާލަން ދަތި ވާވަރު ވެއެވެ. ވާރޭ ވެހޭލެއް ބޯކަމުން ވާރޭގެ ބަރު ފެން ތިކިތައް އޭނާގެ ބޮލުގައި ޖެހިލާއިރު ހެޔަށް ގޮތްވާން އުޅޭހެން ވެސް ހީވެއެވެ.
“ނިކްހާ…” ޔަނާލްގެ އަޑު އިވުމުން ނިކްހާ ދިޔައީ ސިއްސައިގެންނެވެ.
“ނިކްހާ މޮޔަވީ ތަ..” ޔަނާލް ބާރު ބާރަށް ހަޅޭއް ލަވައިގަތެވެ.
“ޔަނާލް.. މިއަދު އަހަރުމެން ދެމީހުންނަކީ ދެ ބީރައްޓެހިން ކަމަށް ބަލާ.. އަހަރެންނަކަށް ދެން ތިގެއަކަށް ނުދެވޭނެ… އެކަމަކު ކޮންމެ ތާކު ކޮންމެ ހާލެއްގައި އުޅުނަސް ޔަނާލްއާ އެކު އުޅުނު އުފާވެރި ދުވަސްތައް މަތިން ހަނދާން ނައްތައެއް ނުލެވޭނެ.. އަހަރެން ބޭނުމެއްނޫން ފަރީޝާއްތަ މެން ބޭކާރު ހަރަދެއް ކުރާކަށް.. ވަރަށް ބޮޑަށް ސޮރީ މި ހުރިހާ ދުވަހަކު އުނދަގޫ ކުރެވުނީމަ..” އިސްދަށައް ޖަހައިން ވާހަކަ ދައްކަމުން ދިޔަ ނިކްހާއަށް ޔަނާލްގެ މޫނައް ބަލައިލެވުމާއެކު ރޮވުނެވެ.
“ކިހިނެއް ވެގެން އެންމެން ތި އުޅެނީ.. ތީ ކާކު ދައްކައިން އުޅޭހާ ވާހަކައެއް… މަންމަ އަށް މަށާ ނިކްހާއާ އޮންނާނީ ކޮން ތަފާތެއް.. ހަމަ އެކަނި މަންމަ ބަނޑުން އުފަން ނުވިކަން.. ހަމަ ހުރެ ހުރެފަ މަންމަ ނިކްހާ ގެއިން ބޭރު ކޮށްލާނެ ތަ.. ވީ ކިހިނެއްތޯ، ނިކްހާ އަށް ކުރެވުނީ ކީއްތޯ މަންމަ ކައިރީ އަހާލިންތަ.. ނިކްހާ ދެން ނުބުނައްޗޭ އަހަރެން މަންމަ ނިކްހާއަށް ކުރީ ބޭކާރު ހަރަދެކޭ.. އާދޭ އަހަންނާއެކު.. މިއޮށް ވާރޭގައި ނުވާނެ ހުންނާކަށް.. އާދެބަ މަންމައާ ވާހަކަ ދައްކަން ދާން.. މަންމަ ހުރީ ވަރަށް ދެރަވެފަ.. އެހެން ހުރެފަ ކަމަކާ ނުލާ މަންމަ އެވަރުގެ ކަމެއް ނުކުރާނެ.. ގެއިން ނިކުމެގެން ގޮސް ނިކްހާ ވަންނާނީ ކޮންތާކަށް.. ނިކްހާގެ ކާކު ހުންނާނީ އަހަރުމެން ފިޔަވާ.. ނިކްހާ ގޮއްސިއްޔާ އަހަރެން ކިހިނެއް އުޅޭނީ.. އެންމެ ކުޑަ އިރުން ފެށިގެންވެސް ދެމީހުން އެކީގަ އުޅެފަ.. މަންމަވެސް ނިކްހާ ދެކެ ވަރަށް ލޯބި ވާނެ..” ޔަނާލް ބެލީ ނިކްހާއަށް ވިސްނައި ދެވޭތޯއެވެ.
“އިތުރު ކޯޗެއް ވިސްނާކަށް.. އަޑުނާހަންތަ މަންމަ ބުނި ވާހަކަ… އަހަންނަކަށް ދެން ތިގެއަކަށް ނުދެވޭނެ.. ސޮރީ.. މި ހުރިހާ ދުވަހު އަގަކާ ނުލާ ވެދިން އެހީތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ… ޔަނާލް ދޭ ގެއަށް.. ގޮސް އަމިއްލަ ދިރިއުޅުމައިގެން އުޅޭ.. ލޭގެ ގޮތުން ގުޅުމެއް ވެސް ނެތް މީހަކާ ދޭތެރޭ ވިސްނަން އެހާ ގިނަ ދުވަސް ބޭކާރު ކޮށް ނުލައްޗޭ..” ކަރުނައިގެ ތެރެއިން ތުންފަތަށް ހިނިތުން ވުމެއް ވެރި ކުރަމުން ނިކްހާ ދުރަށް ހިނގައިގަން އިރު ކިރިޔަ ކިރިޔާ ލޯ ހުޅުވޭ ކަމެވެ. މިފަދަ ގޮތަކަށް ޔަނާލްއާ ވަދާއުގެ ސަލާމް ކުރަން ޖެހިދާނެކަން އޭނާ ދުވަހަކު ވެސް ހީކޮށްފައި ނެތެވެ.
މި ހުރިހާ އިރު އެމަންޒަރުތައް ބަލަން ދުރުގައި އޮތް ކާރުގައި އިން އަންހެން މީހާގެ މޫނު މަތީ ނުލަފާ ހިނިތުން ވުމެއް ދުވެލި އެވެ. އޭނާ ކާރުގެ މިސްރާބު ބަދަލު ކޮށްލަމުން ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެކާރުގެ މިސްރާބު ހުރީ ސީދާ ނިކްހާއަށެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Awwn.. sis kolhuu.. mi bai vx hama v obi.. ur one of the my fav writer.. sis ge vaahka thah enme kiyaa hih vany jumlathah genesdhyfai hunnaleh saadhaakamun.. maa kanthah gandu bodu nukoh bunan beynun vaa ehcheh bunedheythy v hihhama jehey.. ekam adhi miah vurevx bodah sifakurun thah gina kollaifiyyaa v perfact vaane.. keep it up siss.. ly so much?????
#keep safe
#stay home
Thnkxx Axaa.. yes sifakurun ithuru kureveythoa balaanan. IA.. ly2?
Ohh.this part is the most fascinating part of
The story I think …and I feel you have have speed up your writing engines …..good good
………will wait for the next part of the story IA………?????
Thankxx Dr.ifhaam… next prt insha allah v avahah
Wow ❤️?? habeys when is next part …??
Thnkxx NYHA.. insha allah v avahah nxt prt vx kiyaalan libeyne..
Vr vr vr reethi mi part vs.. vr reethi hisaabakun thi nimmaalii.. dhn vaane gotheh neyngey thii vr dhera dhw.. nikha ah dheragotheh nuhadhahchey inge.. waiting for nxt part..
Saty home
Stay safe
Thnkxx @b@n.. balamaa dhw vaagotheh..??
Alhey nikha ah kihineh baa vaany.. nama nama dhera gotheh nuhadhaathi.. nikhaaaaa fahaih balaa bala… careh eba aadheyyyy… mi baives vvvvv reethi.. keep waitinnn
Thnkxx laaraa.. nikhaa ah vaagotheh vx ngeyny dhen nxt prt in dhw.. next prt vx v avahah up kolla dheynan. Insha allah
Masha allah.. v furihama mi bai vx
Thnkxx Usha..
Dhen vaane gothakah inthizaaru kuran. V ufeh dhun theri
Dhen vaane gothakah inthizaaru kuran. V ufehdhun theri
Thnkxx Ulfa..
Vaahaka reethi
ekam maa kuri
Maalas Up vaalehvess
vaahaka reethiviyas mikahala kanthah vanyaa kiyuntherin foohi vaane
Thnkxx sama.. next prt dhigukollevey thoa try kuraanan. N avahah up kollevey thoa vx.. insha allah
Alhey kevve nikha e dhiyaeee ??? waiting for next part..love you sam ???
Thnkxx Ihoo… engidhaane thaa dhw vaagotheh.. next prt vx v avahah kiyaalan libeyne.. insha allah.. love u 2 Ihoo