Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ..6

Cherrychoppers Level 3100 Login10 Stories100 Comments
May 5, 2020 One Min Read
8 Comments

ޖުމައްޔާގެ ކޯލް ނިމުމުން ޒާއިޝް އޭނާގެ

ގޮނޑީގައި ހަށިގަނޑު ދަމައިލިއެވެ.އިރުކޮޅަކު

އެހެން ވިސްނަންއިނދެލުމަށް ފަހު އޭނާ ގޮނޑިން

ތެދުވެ ޖުމައްޔާގެ ކެބިންއަށް ދިޔުމަށް މިސްރާބު

ޖެހިއެވެ.ޓަކި ޖަހައިލުމާއިއެކު އެތެރެއިން ވަންނަން

ހުއަދަދިނުމާއިއެކު ޒާއިޝް އެތެރެއަށް ވަނެވެ. އޭރު

ޖުމައްޔާއިނީ އޭނާގެ އިތުގައި އޮތް ފައިލަށް

ނަޒަރުހުއްޓައިލައިގެންނެވެ . ޖުމައްޔާ ރުންކުރު

ގޮތަކަށް އިށީންނާށޭ ބުނުމުން ޒާއިޝް ގޮސް

ކެބިންގެ އެއްފަރާތުގައި ހުރި އަޅި ކުލައިގެ

ސޯފައިގައި އިށީންދެލިއެވެ.”ޒާއިޝްގެ ސެކެޓްރީ

އެއް ހޯދައިފިންތަ؟”އަތުގައި އޮތް ފައިލު ލައްޕައި

ލަމުން ގޮޑިންތެދުވެ ސޯފާއާއި ދިމާލަށް ހިނގައި

ގަންނަމުން ޖުމައްޔާ ވާހަކަދެއްކީ އަމުރުވެރި

ގޮތަކަށްށެވެ.”އަދި ނުހޯދަން”މަޑުމައިތިރިކަމާއިއެކު

ޒާއިޝް ބުނެލުމާއިއެކު ޖުމައްޔާ ކަޅި މައްޗަށް

ހިންގައިލިއެވެ.”މި އަންނަ ހަފްތާ އަހަރެން މި

ދަނީ އޮސްޓްރޭލިއާ އަށް ދާން ..ދެންއާދެވޭނީ 6

މަސްފަހުން..މިފަހަރު އަހަރީ ޖަލްސާގެ ހުރިހާ

ކަމެއް ޒާއިޝްއަށް ހަވާލް..ހުރިހާކަމެއްވެސް

ހުންނަންވާނީ އަހަރެން ބޭނުންވާގޮތަށް ޕާފެކްޓް

ކޮށް..”ހިތްހަމަނުޖެހިފައި ހުރެ ޖުމައްޔާއިއްވައިލި

އެވެ se puede encontrar aquí.”އެއާއިއެކު ޒާއިޝް ބޯޖަހައިލީ ޖުމައްޔާގެ

ބަހަށް ބޯނުލަނބައިފިނަމަ ވާނެގޮތޮ އޭނައަށް

ރަނގަޅަށް އެނގޭތީއެވެ.”ލީވް”އެހެން ބުނެލުމާއި

އެކު އަވަސްހިނގުމެއްގައި ޒާއިޝް ކެބިންއިން

ނުކުތެވެ.ދޮރުކައިރީ އިރުކޮޅަކު މަޑުކޮށްލުމަށްފަހު

ހަރު ހިނގުމެއްގައި ޒާއިޝް އޮފީހުން ނުކުންނަން

ހިނގައިގަތެވެ.ބޭރަށް ނުކުތްއިރު އުޑުމަތީ ބަނަކުރުމުގެ

ބުރަ މަސައްކަތުގައި ވިލާތައް އަވަދިނެތި އުޅެމުން

ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ބޯކޮށް ވާރޭ ވެހެން

ފަށައިފައިނެހެންނެވެ.އެއްފަރާތުގައި ހުރި ޕާކިން ޒޯން

ގައި އޮތް އޭނާގެ ކާރަށް އެރުމަށް ޒާއިޝް ހިނގައި

ގަތްއިރު ހިމަފޮދުވާރޭ ވެހެން ފަށައިފިއެވެ.ކާރަށް

އަރައި ހަމަޖެހިލަމުން އޭނާ ފުންނޭވާ އެއް ދޫކޮށްލި

އެވެ.އަދި ޝީޓުގައި ހަމަޖެހިލަމުން ލޯމަރައިލީ

އެތެރެހަށީގައި އުފެދެމުން ދިޔަ ތޫފާނަށް  ކުޑަ

ނަމަވެސް ތަސައްލީއެއް ލިބޭތޯއެވެ. އޭރު ޒާއިޝްގެ

ލޮލުގެ ހިމަކޮޅުން ފޭދުނު ކިރުނަތިކި ކަންފަތުގެ

ފޫޅާއި ދިމާއިން ހިނދިގެންދިޔައެވެ.އިރުކޮޅަކު އެހެން

އޮވެލުމަށްފަހު ހަށިގަނޑު ސީދާ ކޮށްލައި ޒާއިޝް

ކުޑަދޮރުން ބޭރުބަލައިލިއެވެ. އޭރު ވެހެމުން ދިޔަ

ހިމަފޮދުވާރޭ ބޯކެރިގަނޑަކަށް ބަދަލުވެ ގުގުރަން

ވެސްފެށީ އަންނަންއުޅޭ ތޫފާނުގެ އަލާމާތްތައް

ދައްކައިދެމުންނެވެ.ހަޔާތަކީވެސް މިކަހަލަ އެއްޗެކެވެ.

އޭނާގެ ހަޔާތްވެސް ހިމަފޮދުވާރޭއިން ތޫފާނަކަށް

ބަދަލުވީ އޭނަ ހިިވެސްނުކުރާހާ ގޮތަކަށްށެވެ.

އޭނާގެ މަޖުބޫރީ ހާލަތު ހިތަށް ވެރިވާ ކޮންމެ

ފަހަރަކު އެހިތް ލޭކަރުނައަޅައެވެ.ވަކި މަންޒިލެއް

ނެތި ޒާއިޝް އޭނާގެ ކާރު ދުއްވައިލީ އެހިތުގައި

އަޅަމުންދިޔަ ވޭނަށް ކުޑަވެސް ލުއިކަމެއް ލިބޭތޯ

އެވެ.

*******************************

ދަންވަރުގެ ހަމަހިމޭން ވަގުތެވެ.އެނދުގެ ދެފަރާތަށް

ފުރޮޅިލައި ފުރޮޅިލައި އޮތް އިވްރާގެ ނިދިވަނީ

އޭނާއާއި އެތައްހާސް މޭލެއްގެ ދުރުމިނެއްގައި

ފަދައެވެ .އެނދުގެ ކަނާތްފަރާތުގައި އަޑު ހަރުކޮށް

ގުގުރި ދަމަމުންދިޔަ ޔަނާ އޮތީ ފުންނިންޖެއްގެ

ތެރޭގައެވެ.އިވްރާ މަޑުމަޑުން އެނދުން ތެދުވެލައި

ކޮޓަރިން ބޭރަށް ދެވެން ހުރި ބެލްކަނީގެ ދޮރާއި

ދިމާލަށް ހިނގައިގަތެވެ.ބެލްކަނީގެ ދޮރުގައި

އަޅުވައިލެވިފައިވާ ހުދުކުލައިގެ ކާޓެއިންސްތައް

ވަޔާއި އުދުހެމުންދިޔައިރު ހަނދުވަރުގެ ރިހި

އަލި ކޮޓަރިތެރެއަށް އެޅިފައިވެއެވެ . އިވްރާ

ބެލްކަނިންބޭރަށް ނުކުތުމާއިއެކު އޭނާލައިގެންހުރި

މަޑު ފިޔާތޮށިކުލަިގެ އަތްދިގުކުރުތާއާއި ހަމައެކުލަ

އިގެ ހަރުވާޅުވެސް ވަޔާއި އުދުހެންފެށި ގޮތުން

އޭނާގެ ރީތި ބައްޓަން ފާޅުވާން ހުއްޓެވެ.

މިނިވަންކަމާއިއެކު ދޫކޮށްލެވިފައިވާ ފަން

އިސްތަށިގަނޑު މޫނުމަތީގައި ސަމާސާކުރަމުން

ދިޔަގޮތުން އިވްރާ ދައްޗަކުން އޭނާގެ އިސްތަށި

ގަނޑު ހައްޔަރު ކޮއްލިއެވެ .ބެލްކަނީގައި ހުރި ހުދު

ކުލައިގެ އުނދޯލީގައި އިށީންދެލަމުން އިވްރާ

އުޑުމައްޗަށް ބަލައިލިއެވެ.ސާދަވިލޭރޭގެ ފުރިހަމަ

ހަނދުއުޑުމަތީގައި ރަނިކަންކުރަމުންދިޔައިރު އަންނަން

އުޅޭގަދަ ވިއްސައިރާގެ އަސަރެއް އުޑުމަތިން

ނުދައްކައިދޭފަދައެވެ.އިވްރާއޭނާގެ އުނގުގައި އޮތް

ކަޅު ބަނޑެވެރިގަނޑުލީ މަހުމާފޮތް ހުޅުވައިލިއެވެ.

އެއަށްފަހު ގަނޑުތައް އުކަންފެށިއެވެ.ކޮންމެ ގަނޑެއް

ގައިވެސް ރީތި އަތުލިޔުމަކުން ލިޔެވިފައިވެއެވެ.

ހުސްގަނޑެއް ހޯދައިލުމަށްފަހު އަތުގައި އޮތް

ކަޅުކުލައިގެ ގަލަމުން އިވްރާލިޔަންފެށިއެވެ.

“ރިހުމަތްތެރިޔާއެވެ .!7 އަހަރުފަހުން މިއަނިޔާވެރި

މާލޭގެ ބިމުގައި އަހަރެން ފައިމިޖެއްސީ ވަރުގަދަ

އަޒުމަކާއިއެކުގައެވެ.އާއެކެވެ.އަހަރެންގެ ލޯބިވާ

ދައްތައަށް އަހަރެން އިންސާފް ހޯދައިދޭނަމެވެ.

ރަހުމަތްތެރިޔާއަށް ވެސް އެނގޭނެފަދައިން އެއީ

އަހަރެންގެ އަމިއްލަނަފްސަށް އަހްރެން ކޮށްފައިވާ

ވައުދެކެވެ.ކޮންމެ ފަދަ ގުރުބާނީއެއް ވާން ވިޔަސް

އަހަރެން މިހުރީއަތުކުރި އޮޅައިލައިގެންނެވެ.އަހަރެންގެ

މަރުހޫމް ދައްތައަށްޓަކައެވެ.ހަމައެކަނި ދައްތަ އަށްޓަކައެވެ.

ދައްތަ އަހަރެންދެކެ ލޯބިނުވިކަމުގައިވިޔަސް މިހިތުގައި

ދައްތައަށްދެވިފައިވާ މަގާމެއް އެހެން އެއްވެސް

މީހަކަށްނުދެވޭނެއެވެ.ދައްތަގެ އެންމެ ލޯބިވާ

ކޮއްކޮއަށް އަހަރެން ނުވިކަމުގައިވިޔަސް މެއެވެ.”

އިވްރާގެ ލޮލުންވެއްޓުނު ކަރުނަތިކި ފޮތުގެ ތެރެއަށް

ވިރިގެންދިޔައީ ގަލަމުގެދެލި ވެސްފާއްދައިލަމުންނެވެ.

ފޮތްލައްޕައިލުމަށްފަހު އިވްރާއޭނާގެ މޭގައި އެފޮތް

ޖައްސައިލާ ލޯމަރައިލިއެވެ.އެހެން އިންދާ އޭނާ

ސިހުނީ ކޮޓަރިތެރެއިން އޭނާގެ ފޯންރިންގުވާ

އަޑުއިވުމުންނެވެ.އަވަސް އަވަހަށް ތެދުވެ އިވްރާ

ކޮޓރިތެރެއަށް ވަދެ ބެލްކަނީގެ ދޮރުޖަހައިލިއިރު

ހިމަފޮދުވާރޭ ވެހެންފަށައިފިއެވެ. ސައިޑްޓޭބަލް

މަތީއޮތް އޭނާގެ ފޯންނެގިއިރު ކޯލް މިސްވެއްޖެއެވެ.

ފޯންހިފައިގެން އައިސް އެނދުގެ ފަނޑީގައި ލެނގިލީ

އަދި އެއްފަހަރު އެނަންބަރުން ގުޅާނެކަމުގެ ޔަގީންކަން

އޮތުމުންނެވެ.ގިނައިރުތަކެއް ނުވެ އަނެއްކާވެސް

ފޯންރިންގުވާން ފެށުމުން ލަދުރަކި ހިނިތުންވުމަކާއި

އެކު އިވްރާ ފޯންނެގިއެވެ.

*********************************

ކިންގްސައިޒް ބޮޑުއެނދުގެ މެދުގައި ލޯބިގޮތަކަށް

ނިދިފައިއޮތް ޒުކާއަށް ބަލަހައްޓައިގެން ޒާއިޝްއަށް

އޮވެވުނީ ކިހާއިރަކުކަމެއްވެސް ނޭނގުނެވެ.އޭނާގެ

ހިތަށްބައިވަރު އެއްޗެސް އަރައި ފައިބަމުން ދިޔައެވެ.

މަންމައަކާއިނުލާ މި ތުއްތު ފުރާނަ އޭނާއަށް

ގެންގުޅެވިދާނެބާއޭ؟ މަންމައެއް ނެތުމުގެ ފަޅުކަން

ތުއްތު ޒުކާއަށް އިހުސާސް ނުކޮށްދީ އޭނައަށް

ގެންގުޅެވިދާނެބާއޭ؟ ލޯބިވާ ދަރިފުޅަށް އުޖާލައިވި

މުސްތަގުބަލެއް އޭނައަށް ހޯދައިދެވިދާނެ ބާއޭ؟

ކޮންމެ ހާލަތެއްގައިވެސް ދަރިފުޅަށް ރައްކާތެރި

ކަމާއި ހިމާޔަތް އޭނައަށް ދެވިދާނެބާއޭ؟ އެތަކެއް

ސުވާލުތަކަކުން ޒާއިޝްގެ އެތެރެހަށި ހަލަބޮލިކުރުވަމުން

ދިޔައެވެ.އަވަސް އަވަހަށް އޭނާ ދެފަރާތަށް ބޯހޫރުވައިލީ

އެ ހިޔާލުތަކުން ދުރުވެލުމުގެ ބޭނުމުގައެވެ.ޒާއިޝް

ގުދުވެލައި ޒުކާގެ ނިތުގައި ބޮސްދިނުމަށް ފަހު

ނުކުތީ ބެލްކަންޔަށްށެވެ .ދަންވަރުގެ ފިނި ވައި

ރޯޅިތައް އެއްވެސް ހުރަހެއްނެތި ޒާއިޝްގެ

ކަސްރަތީ ހަށިގަނޑުގައި ބީހެންފެށުމުން ކުޑަކޮށް

ހީކަރުވާގޮތްވިއެވެ. އެހެންނަމަވެސް ޒާއިޝް

އެތެރެއަށްވަންނަ ހިޔާލެއްނުކޮށް ރެއިލިންގްގައި

އަތްއަޅުވައިލިއެވެ.އުޑުމަތީގައި ރަނިކަންކުރަމުންދިޔަ

ބުރު ހަމަ ހަނދުފެނި ބޭއިހުތިޔާރުގައި ޒާއިޝްގެ

ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ގުދުރަތުގެ ފުރިހަމަކަމާއި މެދު ހިތާހިތުން އޭނަ

ތައުރީފުކޮއްލިއެވެ.އިރުކޮޅަކު އެހެން ހުރެލުމަށްފަހު

ޖީބުގައި އޮތްފޯނުނަގައި ހުޅުވައިލިއވެ.އެއާއިއެކު

ފެނިގެން ދިޔައީބުރު ސޫރަ ރީތި އަންހެން ކުއްޖެއްގެ

ފޮޓޯއެކެވެ.އެކުއްޖާގެ ކަޅުކަންގަދަ ބުޅި އިސްތަށިގަނޑު

މިނިވަންކަމާއިއެކު ދޫކޮށްލެވިފައިވީއިރު އެތުނި ތުނި

ތުންފަތްމަތީގައިވީ ހިތްތަށްކަތިލާފަދަ ހިނިތުންވުމެކެވެ.

ފޯންނަގައި ތުންފަތުގައި ޖައްސއަްިލަމުން ޒާއިޝް

ހަނދަށް ނަޒަރު ހުއްޓައިލިއެވެ.”މިރޭ އުދާސްތަކުން..

ނުނިދޭ ވަކިވީމަ ކަލާ..މުޅިމެންދަން ތިޔަހަނދުމައިން..

ނިމެނީ ..ނިމެނީ..ފަހެ ކީއްވެހޭ!..”ޒާއިޝްގެ ފިރިހެން

ވަންތައަޑުގައިވީ ވާނާއި ޝަކުވާއެވެ.ތުރުތުރު އަޅަމުން

ދިޔައަތުން އެފޮޓޯގައި އިން އަންހެންކުއްޖާގެ މޫނުގައި

އޭނަ ފިރުމައިލިއެވެ.އެހެން އިންދާ އޭނާއަށް

ސިހުންގެނުވީ ބޮޑެތި ވާރޭގެ ތިކިތައް އެއްވެސް

ހުރަހެއްނެތި އޭނާގެ ހަށީގަނޑުގައި ބީހެންފެށުމުން

ނެވެ.ޒާއިޝްގެ ލޮލުން އްހެރެމުންދިޔަ ކަރުނަރައް

ވާރޭއާއި އެކުވަމުންދިޔައިރު އިސްޖެހިފައި އޭނާއަށް

ހުރެވުނީއެވެ.”ޒުމްމްމް..ވައި؟!” ބެދިފައިވި އަރުތެރެ

ފަޅައި އޭނާގެ އަނގައިން ނުކުތީ ހަމައެކަނި އެ

ދެ ލަފްޒެވެ.

-“ނުނިމޭ”-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

މާޒީ

Next

ލޯ ފޮހެލާދޭށެ މަގޭ 7

Next
May 5, 2020

ލޯ ފޮހެލާދޭށެ މަގޭ 7

Previews
May 5, 2020

މާޒީ

8 Comments!

  1. Cherrychoppers says:
    May 5, 2020 at 1:26 am

    Salaam readers… alhamdhulillah here is the 6th part of the story… hope u all like this one too .. insha allah next part tomorrow up kohladheynan… plx highlight the mistakes so that v can correct that next time.. be safe everyone and tc ???? much loves

    1. Cherrychoppers says:
      May 5, 2020 at 1:34 am

      And…. midhiya part gai comment kuri hurihaa kudhinnah varah bodah thank you… v were really motivated and glad to see those sweet comments… jazaakillah khairan.. comments thah publish nuvikamugaiviyas v saw that and varah ufaavi…. raa, anonymous, reesham, fainaa and hamnaa… once again thank you so much for those lovely words may allah bless you and lysm????❤

  2. ?? says:
    May 5, 2020 at 1:53 am

    Varaaah reethi mi bai maasha allah ❤❤ kn irakun next??

    1. Cherrychoppers says:
      May 6, 2020 at 1:07 am

      Jazaakillah khairan… ?? varah avahah insha allah

  3. Kylie says:
    May 6, 2020 at 5:26 pm

    Mi part vx hama vvv reethi.???…. Nd haadha cute baby ekey Maasha allah???….. Can’t wait fr nxt part..???…

    1. Cherrychoppers says:
      May 20, 2020 at 10:31 am

      Hehe alhamdhullillah ??

  4. Hamna says:
    May 6, 2020 at 6:54 pm

    Maashaa allah varah reethi♥️

    1. Cherrychoppers says:
      May 20, 2020 at 10:32 am

      Jazaakillah khairan ❤

Comments are closed.

Next Episodeހިތް ކަލާޔަށް އެދޭތީ..7←


All Right Reserved!