Skip to content
އެސްފިޔަ

މިދެލޯ ފުހެލަ ދޭށޭ ލޯބިން 4

“ސާރާ؟!ޔަގީނޭ ފިރިސޮރު އުނގުމަތީ އިންދާކަން މިގޮވުނީ.އަހަރެން ހިޔެއްނުކުރަން ސާރާ ޑޭޑްރީމް ކުރާ ކަމަކަށް .ލޯބި ހަމަ ކަންކަން ޗޭންޖް ކޮށްލަނީއޭ ދޯ.ހޫމް އެޔެއް ނޫނޭ.އަހަރުމެން މިދަނީ ދާން.މިހާރު ދިހަގަޑި ބައި ވީ. އޯކޭ؟މާދަމާ އަންނާނަން އެއާޕޯޓް އަށް ދާން ބަލާ.ނައިނާ އޭރުން ހުންނާނީ އެއާޕޯޓްގައި.ސާރާ ދޮންތަވެސް ދޮންތަބެވެސް އަތުވެއްޖެ ކަންނޭގެ.ގޭ ބޭރު ދޮރު ތަޅުލި އަޑު އިވުން.އޯކޭ ގުޑް ނައިޓް” އަހަރެންގެ ގައިގައި އެންމެން ބައްދައިލަމުން ބުނެލިއެވެ.

 

ސާރާ  ރައްޓެހިން ދިޔުމާއި އެކު ނިދުމަށް ޓަކައި ތައްޔާރުވެގެން އައިސް އެނދުގައި ޖައަސާލިއެވެ.ހަމަޖެހިނުލެވެނީސް ޝާއިފް ގުޅައިފިއެވެ. ސާރާ  ހަލޯ އޭ ބުނެލުމާއި އެކު ޝާއިފް ވާހަކަ ދައްކަން ފެށިއެވެ.”ޝާއި ހިޔެއްނުކުރަން ސާރާ ތިއީ ތިކަހަލަ ކުއްޖެއްކަމަކަށް” ސާރާ އަށް ޝާއިފް ބުނި އެއްޗެއް ސާފް ނުވުމުން ޝާއިފް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.”މިބުނީ ސާރާ ޝާއި ކައިރީ ހުންނަނީ ވަރަށް މަޑުންނޭ.އެކަމު ސާރާ ރައްޓެހިންކައިރީ ނުލާހިކު އަނގަގަދަ.އެއީ ޝާއި ސާރާ އަނގަގަދަ ވީމަ ރުޅި އަތުވެދާނެތީ؟” ސާރާ  ލަދުން އިންދެ ބުނެލިއެވެ.”ނޫން ވަކި އެހެންވެ އެއް ނޫން” ހިމޭން ވަގުތު ކޮޅަކަށް ފަހު އަސނެއްކާވެސް ޝާއިފް ވާހަކަ ދައްކަން ފެށިއެވެ.”ސާރާ އަބަދުވެސް ހަނދާން ކުރާތި ޝާއިފް ލޯބިވީ ސާރާގެ ސޫރަ ދެކެ ނޫންކަން.މިބުނީ އަނެއްކާ ސާރާ ހަޑި އޭ އެއްނުންއިންގޭ.ސާރާ ވަރަށް ރީތި .އެކަމަކު ސާރާ ގެ އަޚުލާގު ދެކެ އަހަންނަށް ލޯބިވެވުނީ މާ ބޮޑަށް ސާރާ ނުޖެހޭނެ ޝާއިފް ރުޅި އަތުވެދާނެ ތީވެ ސާރާ ގެ އަމިއްލަ ނަފްސު ބަދަލު ކުރާކަށް ސާރާ ކޮންމެ ގޮތެއްގައި ކޮންމެ ހާލެއްގައި ހުއްޓަސް ވެސް ޝާއިފް ސާރާ ގަބޫލު ކުރާނަން.ޝާއިފް ސާރާ ދެކެ ރުޅިއެއްވެސް ނާންނާނަން އިނގޭ.އަދި ބުނަންތަ ވަާހަކައެއް.ޝާއިފް ވަރަށް ލައިކް ސާރާގެ ފްރެންޑުންކައިރީ ފެނުނު ސާރާ.އެއީ ކީވެ ކަން އިނގޭތަ؟ޝާއިފް ކައިރީ ސާރާ މާ މަޑުން ހުންނަނީ ޝާިފް ޖެހެނީ ވާހަކާ ދައްކަން.”ޝާއިފް ވާހަކަ ދެއްކި ގޮތުން ސާރާ  ހެވުނެވެ.”ހޫމް ޝާއި ސާރާ ބާއްވަނީ މާދަމާ ފުރަން ވާއިރަށް ހޭލަން ވާނެއެއްނު.އޯކޭ ގުޑްނައިޓް.”

“އޯކޭ މާދަން ޝާއިފް ދާނަން ސާރާ ބަލާ.އޯކޭތަ؟ހޫމް ގުޑްނައިޓް”ޝާއިފް ފޯނުބޭއްވުމާއި އެކު ސާރާ  ބެލީ އަވަހަށް ނިދޭ ތޯއެވެ.އެހެންނަމަވެސް ޝާއިފް އާއި މެދު ވިސްނެމުން ދިޔައެވެ.ޝާއިފް ގެ އެޕާޓްމެންޓް އިން އެދުވަހު އިވުނު ވާހަކަތަކާއި މެދުއެވެ.އެއީ ކޮން އަންހެއްކުއްޖެއްބާވައެވެ.މީގެ ކުރިން ޝާއިފް ލޯބީގެ ގުޅުމެއް އޮތް ވާހަކައެއް ސާރާ ކައިރިއަކު ނުބުނެއެވެ.ކޮންމެ ގޮތެއްވިޔަސް ޝާއިފް އުޅޭގޮތުން ސާރާއަށް ކަމެއް އޮޅުވާލާފައެއް ވާނެހެނެއް ހިޔެއް ނުވެއެވެ.ފަހަރެއްގައި އެއީ ސާރާއަށް ހީވި ހީވުމަކަށް ވެދާނެއެވެ.ސާރާ ނިންމީ އެކަންތައް ހަނދާން ނައްތާލާށެވެ.ނުވާ ކަމަކަށް ހަދާ ޝާއިފް އަށް ފުރުސަތެއް ދިނުމަށެވެ.މިފަދަ ހިޔާލުތަކެއްގައި އޮއްވާ އިސާހިތަކު ސާރާއަށް ނިދިއްޖެއެވެ.

ހެދުނު އިރު އެރީ ސާރާ  ހޭލާ ހުއްޓައެވެ.ޗެކިން އޮތީ 8 ޖަހާއިރު ކަމުން ސާރާ  ބެލީ ވީހާވެސް އަވަހަކަށް ތައްޔާރު ވެގެން ސައި މޭޒު ދޮށަށް ދެވޭތޯއެވެ.ދިޔައިރު އަރީޝާގެ ދެމަފިރިން ސާރާ ގެ އިންތިޒާރުގައި ތިއްބެވެ.އަރީޝާގެ ދެލޮލުން ސާރާއަށް ފެނުނީ ކަންބޮޑުވުމެވެ. ސާރާއަށް ދޮންތަގެ ކަންބޮޑުވެފައިވާ ދެލޯ ފެނުމާއި އެކު ދޮންތަ ގައިގައި ބައްދާލިއެވެ.”ސާރާ ދޮންތަ އަށް ޓަކައި ރަގަޅަށް ކިޔަވައިގެން އެބުރި އަންނައްޗޭ.ދޮންތަ ވަރަށް ބިރުގަނޭ ސާރާ ތިހެން ދޫކޮށްލަން.މިހެން ސާރާ މިފޮނުވަނީވެސް ނައިނާ ދާތީވެ. ސާރާ އެކަނި ނުވާނެތީ.” ސާރާ  ކަރުނަތައް ހިންދާލުމަށް ފަހު ވާހަކަ  ދައްކަންފެށިއެވެ.”ދޮންތަ ހާސް ނުވޭ.ސާރާއަށް ވަގުތު ވީވަރަކުން ގުޅާނަން. ﷲ އިރާދަ ކުރެއްވިއްޔާ ސާރާ އެބުރި އަންނާނީ ޑޮކްޓަރ ސާރާގެ ގޮތުގައި.” ސާރާ  މިހެން ބުނުމާއި އެކު ޝިޔާމް ވާހަކަ ދައްކަން ފެށިއެވެ.”ސާރާ ދޮންތަބޔާ އަގައިންވެސް ނުބުނާ ދުވަހަކީތަ؟” ދޮންތަބެގެ އަޑުއިވުމުން ސާރާ ގެ ދެލޯ  އަނެއްކާވެސް ފެންކަޅި ވެއްޖެއެވެ.

އެހެންނުވާނަވީ ކީއްވެ ހެއްޔެވެ.ލޭގެ ގޮތުން ގުޅުމެއްނެތް އެކަމަކު ބައްޕައެއްގެ ލަގަބު ދެވިފައިވާ މީހާގެ ހެޔޮ ކަމުންނެވެ.އުފަން ދަރިއަކު ދެކެ ލޯބިވި ގޮތަށް ލޯބިވިއެވެ. ސާރާ އަށް ހޯދަދޭންޖެހޭ އެއްވެސް އެއްޗެއް ނުހޯދާ ހަނދާން ނައްތާލާފައި އެން ނުވެއެވެ. ބޭނުންވާ ރައްކާތެރިކަން ދިނެވެ.އިއްޒަތާއި ގަދަރު ހޯދަދިނެވެ. ސާރާ ގެ އުމުރު ހުސް ވިޔަސް ެމަފިރިން ކޮށްދިން ކަންކަމުގެ އަގު އަދައެއް ނުކުރެވޭނެކަމަށް ސާރާ ގަބޫލު ކުރެއެވެ.

“ދޮންތަބެ ވަރަށް ހަނދާން ވާނެ ސާރާ މަތިން.ހާއްސަ ކޮށް ސާރާ ކައްކާ ކެއްކުންތައް މަތިން.ސާރާ ތިއީ އަބަދުވެސް ދޮންތަބެގެ ދޮށީ ދަރިފުޅު.ުއުންމީދުކުރަން ސާރާ ދޮންތަ އާއި ދޮންތަބެ ފަޚުރުވެރި ކޮށްދޭނެކަމަށް.ސާރާ.ނުރޮއި ދެން.ތިއޮއް މޫނު ރަތް ވަނީ .ޝާއިފް އަނެއްކާ ބިރުވެސް ގަތް ފާނެ.”ޝިޔާމްގެ ފަހު ޖުމުލަ އިވުމާއި އެކު ސާރާއަށް ހެވުނެވެ.އެއީ ޝިޔާމް އަބަދުވެސް ސާރާ ގެ މޫޑު ރަގަޅުކުރުމަށް ގެންގުޅޭ އުކުޅެކެވެ.އ ސާރާ  ކަރުނައިގެ ތެރެއިން ހީލިތަން ފެނުމާއި އެކު ދޮންތަ ބުނެލިއެވެ.”ޝިޔާމް އަށް އިނގޭތަ އަހަރެން ވަރަށް ޖޭ ވޭ ސާރާ އެހެން ފެނުނީމަ.ހެހެހެ..އެއީ މަޖާ.އަބަދުވެސް ތިހެން ހީލައިގެން ހުނަނާތި.”ދޮންތަ ލޯތްބާއިއެކު ބުނެލިއެވެ.”އެދޮގެއް ސާރާ ދޮންތަބެއްށް ހީވަނީ އެއީ ހަމަ ތެދެއްހެން.ދޮންތަ ހަމަ ޖޭ ވޭ.”މިހެން ޝިޔާމް ބުނުމާއި އެކު މުޅި ކާގެ ތެރޭގައި ހުނުމުގެ އަޑު ގުގުމައި ގަތެވެ.

ސައިބޮއި ނުމުތަނާހެން ގޭގެ ބެލް ރިންގު ވާން ފެށިއެވެ.ހުޅުވާލިއިރު ޝާއިފް އާއި ސާރާގެ ރައްޓެހިން ތިއްބެވެ.އެންމެން އެއްކޮށް މިސްރާބު ޖެހީ އެއާޕޯޓާއި ދިމާލަށެވެ.

އޭރު އެއާޕޯޓުގައި ނައިނާ އެންމެންގެ އިންތިޒާރުގައި ހުއްޓެވެ.”އަޅެ މަ މިތާ ހުރެ ހުރެ ފިހުނު ކުކުޅަކަށް ވާއިރުވެސް ތިމީހުނަށް އާދެވޭ ކަމަކަށް ނުވި.” ތުން އަނބުރާލަމުން ނައިނާ ބުނެލިއެވެ.

“ނާން ކޮންއިރަކު ކުކުޅަަށް ވީ”މަންހާ މިހެން ބުނެލުމާއި އެކު އެންމެން ހޭން ފެށިއެވެ.

ޗެކިން ނިމުމުން ސާރާ ކައިރީ ޝާއިފް ބެހެއްޓުމަށް ފަހު އެންމެން ދިޔައީ އެތާ ކައިރީ ހުރި ކެފޭ އަކަށެވެ.

” ސާރާ ސާލާމަތުން އަންނަށްޗޭ.ޝާއި ވަރަށް ބިރުގަނޭ ސާރާ އަށް ކަމެއް ވެދާނެތީ.ޔޫ މީން ވޯލްޑްޓުމީ.ސާރާއަށް ކަމެެއް ވެއްޖިއްޔާ ޝާއިފް މޮޔަ ވެދާނެ.އަދި ސާރާ އެކޮޅަށް ދާއިރަށް ސަޕްރައިޒް އެއްލިބޭނެ.”ޝާއިފް ގެ ގަޔާ ކައިރި ކޮށް ލަމުން ސާރާއަށް ޝާއިފް ބުނެލިއެވެ.

“ކޮބާ ސަޕްރައިޒް  އަކީ؟” ކެތްތެރިކަން ކުޑަ ވެފައިވާ ގޮތަކަށް ސާރާ އަހާލިއެވެ.

“ސާރާ އަށް އަޑުއިވުނީ ހަމައެކަނި އެޖުމްލަ ދޯ.ދެން ބުނީމަ ސަޕްރައިޒްއަކަށް ނުވާނެ އެއްނު.ކެތްތެރިވޭ.” ސާރާގެ ކޮލުގައި ހިފާލަމުން ޝާއިފް ބުނެލިއެވެ.

“ކޮބާ މާފޮޅުވާ ނިމުނީތަ؟”ޝިޔާރާ މިހެން ބުނެލި އަޑު އިވުމާއި އެކު ދެމީހުން ދުރުވެލިއެވެ.ސާރާއާއި ޝާއިފް އަކީ ދުވަހަކުވެސް މީހުން ކުރިމަތީ އެހާ ގާތް ކަން ދައްކައިގެން އުޅޭދެމީހުނަށް ނުވާތީވެއާއިވެސް އެކީއެވެ.

ތަފާތު ވާހަކަތަކެއްގައި ތިއްބާ އަޑުއިވުނީ ސާރާމެން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓް ދެގަޑިއިރަށް ޑިލޭވި ވާހަކައެވެ.

“ސާެާރާ ދޮންތަ އަކަށް ނުހުރެވޭނެ  އެހާއިރުވަންދެން.މިއަދު ދޮންތަ އާއި ދޮންތަ ބެއާއި ދެމީހުންވެސް އެއްކޮށް ދާންޖެހޭ.އަޅެ މިއަދު ސާރާ ފުރުވަންވެސް ދޮންތަ އަށް ނުހުރެވުންދޯ.” އަރީޝާ ކަންބޮޑުވުމާއި އެކު ބުނެލިއެވެ.

“އެއޯކޭ ވާނޭ ދޮންތާ . މިތިބީނުން ޝާއިފްމެންވެސް.ދޮންތަމެން ދޭބަލަ.ވަރަށް ވަރަށް ހަނދާން ވާނެ އިނގޭ ސާރާ.”ސާރާ ބުނެލިއެވެ.

“މައްސަލައެއްނެތް .ސާރާ ރަގަޅަށް ބަލާދެއްޗޭ ނައިނާ. ނައިނާގެ ޒިންމާގެ ދަށުގައި އެކޮޅަށް ދެވުމަށް ފަހު ސާރާ ބަހައްޓަން ވާނީ އިނގޭ.”ސާރާ ގެ ބޮލުގައި ފިރުމާލަމުން ޝިޔާމް ބުނެލިއެވެ.

“އޯކޭ ދަނީ އިނގޭ މި ދޮންތަމެން. ސާރާ ވެސް ނައިނާވެސް ދެދަރިން ބަސްއަހައިގެން ކިޔަވާތި .”މިހެން ބުނުމަށް ފަހު ސާރާ ގައިގާ ބައްދާލުމަށް ފަހު އަރީޝާގެ ދެމަފިރިން ހިނގައިގަތެވެ.

“އޭދެން ދެގަޑިއިރު ވަންދެން ކޮއްޅަށްތަ ތިބެނީ.ހިނގާ ތަނެއްގައި އިއްތާލަން ދާން.”މަންހާގެ މި ޚިޔާލަށް ތާއީދުކޮށް އެންމެންވެސް ބެންޗްތަކަކާއި ދިމާލަށް މިސްރާބު ޖެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. Dhonthy

    Woah Maasha Allah it’s beautiful ????❤️ Vvvv salhi mi vaahaka. Alhe ehaa avahah ninmaanulachche mi vaahaka inge dear. Aslu es mi vaahaka kiyaaleema foohi filaa ????? vanteKTH you are really talented dear. Insha Allah you’ll become a great writer in future. Love you ❤️❤️❤️❤️ Keep it up.

    1. vanteKTH
      Dhonthy

      thankyou dhonthy..and yes ehaa avahakah mi vaakaha nimmaalaa kahala hiyaaleh ney..?❤❤i wont make you guys feel disappointed..

  2. Kairaa

    Varah varah reethi…masha allah….waiting for the nxt…lysm

    1. vanteKTH
      Kairaa

      thankyou..inshallah maadhama kiyaalan libeyne..lym

  3. naash

    v salhi ey medam mi stry maasha allah..curiously waiting for the nxt part… lysm dear

    1. vanteKTH
      naash

      thankyou naasiraa..inshallah maadhama next part up kohladheynan.. lym

  4. ♥♥♥♥

    v reethi…masha allah….suvaaleh kohlantha?..did u watch descendents of the sun?

    1. vanteKTH
      ♥♥♥♥

      thankyou..yeah i watched..i am kinda into it.. what about you?

  5. ♥♥♥♥

    yeah i watched it and its one of my favourite

Comments are closed.