Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 9

darkangel Level 210 Stories
February 19, 2015 4 Mins Read
5 Comments

ނިދަންއޮތް ކަމުގައިވިނަމަވެސް ޒާޔާގެ ލޮލަށް ނިންޖެއް ނައެވެ. 11 ގަޑި ބައިވާން ކައިރިވިއިރުވެސް އޭނައަކަށް ނުނިދުނެވެ. 11 ގަޑި ބައިވެ ފަސް މިނެޓު ހިނގިތަނާ އޭނަގެ ފޯނަށް މެސެޖެއް އައެވެ. “އެމް ވެއިޓިންގ” ރާއިންގެ ނަންބަރުން ފޮނުވާފައިވާ މެސެޖެކެވެ. ރާއިން އެއުޅެނީ މޮޔަވެގެންބާއޭ ހިތަށް އަރަމުން ކޮޓަރިން ދާން ހިނގައިގަތެވެ. ނަމަވެސް ހުރެވުނީ ނިދާހެދުމުގައިކަން ހަނދާންވެ އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލުމަށްފަހު އެއްޗެހި ބަދަލުކޮށްލިއެވެ. ޖިންސަކާއި ޓީޝާޓެއްލުމަށްފަހު އިސްތަށިގަނޑުގައި ކުޑަކޮށް ފުނާއަޅާލާފައި ފޯނުބަލާލީ އިތުރު މެސެޖެއް އައުމުންނެވެ. “ސްޓިލް ވެއިޓިންގ” ރާއިންގެ ދެވަނަ މެސެޖެވެ. ޒާޔާގެ ގާތަށް ހިނިވެސް އައެވެ. އަދި ޓެރަސް އަށް ދިއުމަށް ހިނގައިގަތެވެ.

“ވެއިޓިންގ، ވެއިޓިންގ، ވެއިޓިންގ” ރާއިންގެ ތިންވަނަމެސެޖު ޒާޔާއަށް ލިބުނީ ޓެރަސް ދޮރާއިހަމައަށް އެރިތަނާހެނެވެ. ދެކޮޅަށް ބޯހޫރާލުމަށްފަހު ހެވިފައިހުރެ ޓެރަސްއަށް އޭނަ އެރިއެވެ. އަދި ރާއިންއަށް ގޮވާލިއެވެ. ރާއިންހުރީ ޓެރަސްގެ އެއްކަނެއް ރެއިލިންގައި ހިފަހައްޓާލައިގެން މަގުމައްޗަށް ބަލާށެވެ. އެއްވެސް ލައިޓެއް އެތާގައި ދިއްލާފައި ނުވިކަމުގައިވިޔަސް ހަދުވަރުގެ އަލި އެތަނަށް އެޅިފައިވުމުން މާ އަނދިރިކަމަކަށް ނުދައްކައެވެ. ފިނީގެ އަސަރު ޖައްވުގައި ހިފާފައި ހުއްޓެވެ.

“ރާއިން ކިހިނެތްވީތަ، ޒާ ހީކުރީ ރާއިންވެސް އެންމެންނާއިއެކު ދިޔަކަމަށް” ރާއިންއާއި ކައިރިއަށް ދެވުމުން ޒާޔާ ބުނެލިއެވެ. ރާއިން އެނބުރި ބަލާލިއެވެ. އޭނަގެ އަތުގައި ރަތް ފިނިފެންމަލެއްއޮތެވެ. އެތަންފެނުމުން ޒާޔާ ހީލިއެވެ. އަދި އަނެއްކާވެސް ކިހިނެތްވީތޯ އަހާލިއެވެ. ނަމަވެސް ރާއިންކޮށްލިސުވާލަކުން ޒާޔާ ސިހުނުކަން އޭނަ ދެނެގަތެވެ.

“ކުއްޖަކަށް ޕްރޮޕޯޒް ކުރާނެގޮތެއް ބުނެބަ، މިއުޅެނީ ޕްރޮޕޯޒް ކުރާނެ ގޮތެއްނޭގިގެން”

ކުޑައިރުކޮޅަކު ގަބުވެފައި ޒާޔާ ރާއިންއާއި ދިމާއަށް ބަލަން ހުއްޓެވެ. އެލޮލުގައިވި ސުވާލު ކިތަންމެ ރަނގަޅަކަށްވެސް ރާއިންދުއްޓެވެ. ނަމަވެސް އިހުސާސްތައް ހަމައަކަށް އަޅުވަމުން އޭނަ ޒާޔާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އޭނަ ބޭނުންވަނީ ޒާޔާ އޭނަދެކެ ލޯބިވާކަން ޔަގީންކުރާށެވެ.

ރާއިންއަށް ބަލަންހުރެފައި ޒާޔާ ހީލުމަށްފަހު ސަކަރާތް ނުޖެހުމަށް ބުންޏެވެ.

“އެހެންވެތަ އެންމެންނާއިއެކު ރިޒޯޓަށް ނުދިޔައީ” ރާއިން ސީރިއަސްއޭ ބުނުމުން ގަބޫލު ނުކުރެވިފައިހުރެ ޒާޔާ އަހާލިއެވެ. އެހިތަށް ތަދުވިއެވެ. ބުނާނެ އެއްޗެއް ނޭގުނެވެ. އޭނައަށް ޖެހޭނީ އެހިތުގެ ހާލު ސިއްރުކުރާށެވެ. އޭނަގެ އެފެންވަރެއްނެތެވެ. ޖަޒުބާތުތަށް ކޮންޓްރޯލްކުރަމުން ޒާޔާ ދިޔައެވެ.

“ޒާ އަށް ފޮނުވިގޮތަށް ރޯޒް ދީފައި މެސެޖެއް ފޮނުވީމަ އޯކޭ ވާނެތަ، އެކަމް ވައިޓް އެއްނޫން، ރެޑް އިނގޭ، މި ނިއުއިޔާރ ފެށޭއިރު އަހަރެން ބޭނުން އެކުއްޖާއަށް ޕްރޮޕޯޒް ކުރަން، ސޯ ހެލްޕްމީ” ޒާޔާ ވާހަކަ ނުދައްކާ ރެއިލިންގައި ހިފަހައްޓާލައިގެން ހުންނަން ފެށުމުން ފޯނުން ގަޑިބަލާލުމަށްފަހު ރާއިން ވާހަކަދެއްކިއެވެ.

“ބޮޑަށް ރަނގަޅުވާނީ ޕާރސަނަލްކޮށް ބުނިއްޔާ ކަންނޭގެ” ޒާޔާ މަޑުމަޑުން ބުންޏެވެ. އެހިތުގެ ހާލު ރާއިންއަށް ބޭޒާރުވެދާނެތީ އޭނަ ހުރީ ބިރުންނެވެ.

“ޔާ، ބަޓް އެބެއް މައްސަލައެއް، ޝީއިޒް މައި ފްރެންޑް، އޭނަ ނޫނެކޭ ބުނެފިއްޔާ ވަރަށް ކަޑަ ވާނެދޯ، އޭރުން ފްރެންޑްޝިޕްވެސް ގެއްލޭނެ،” ޒާޔާ އިތުރަށް އެއްވެސް އެއްޗެކޭ ނުބުނާނެކަން ޔަގީންވުމުން ރާއިން ބޭނުންވީ ޒާޔާއަށް އެއްޗެއް ފަހުމްކޮށްދޭށެވެ. ނަމަވެސް ޒާޔާއަކަށް ނުވިސްނުނެވެ. ނޫނީ އޭނައަށް ވިސްނޭވަރަށްވުރެ އެހިތުގެ ހައިޖާނު ބޮޑުވެފައި ވީއެވެ.

“ވައި ވުޑް އެނީވަން ވިލްސޭ ނޯ ޓްޔޫ” ތިރިބަލަހައްޓައިގެން ހުރެ ޒާޔާބުނީ އޭނަގެ ހިތުގައި އޮތް އެއްޗެކެވެ. “ޔަގީންތަ، އޭނަގާތުގައި ބުނަންވީތަ،” ރާއިން ޒާޔާއާއި ގާތަށް ޖެހިލަމުން އެހިއެވެ. މިހާރު ރާއިންއަށް ޔަގީންވެއްޖެއެވެ. ނަމަވެސް ދެން އޭޏަބޭނުންވީ ޒާޔާ ތަޅުވާލާށެވެ. ޒާޔާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ހަމައެއާއެކު އޭނަ އަނެތްފަރާތަށް އެނބުރުނެވެ. ނަމަވެސް އެލޮލުން ފޭބި ކަރުނަތިކި ކިތަންމެ ރީއްޗަކަށްވެސް ރާއިންއަށް ފެނުނެވެ. އޭނަގެ ހިތް އުފަލުން ނަށާލިއެވެ. ރާއިން އާއި ފުރަގަސްދީގެން ހުރެ ޒާޔާ ކަރުނަތައް ފޮހެލިއެވެ. އަދި ރާއިންގާތުގައި ދަނީއޭ ބުނުމަށްފަހު އެތަނުން ދާންހިނގައިގަތެވެ. އޭނަހީކުރީ ރާއިން އޭނަގާތުގައި މަޑުކުރުމަށް ބުނާނެ ކަމަށެވެ. ނަމަވެސް ދޮރާއިހަމައަށް ދެވުނުއިރުވެސް ރާއިންގެ އެއްވެސް އަޑެއް ނީވުނެވެ. ދޮރު ހުޅުވާލުމަށް ނެގިއަތް ތިރިކޮށްލެވުނީ އިވެންފެށިއަޑުގެ ސަބަބުންނެވެ. ފަހަތަށް އެނބުރި ބަލާލިއެވެ.

ރެއިލިންގައި ލެނގިލައިގެން ހުރެ ރާއިން ގިޓާއިން “ދީވާނާވޭ މޫސުމް، ތިޔަހެންބަލާލުމުން” އެލަވައިގެ ރާގުޖަހަނީއެވެ. އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ޒާޔާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ. ޒާޔާ ބަލަހައްޓައިގެން ހުންނަންފެށުމުން ރާއިން ޒާޔާއާއި ދިމާއަށް ހިނގައިގަތެވެ.

ޖަހަމުންދިޔަ ރާގު ރާއިން ބަދަލުކޮށްލީ ޒާޔާއާއި ފުދޭވަރަކަށް ކައިރިއަށް އައިސްފައެވެ.

“ބުނެބަލާ، ލޯބިވޭ ބުނެބަލާ” އެތަންކޮޅުގެ ރާގުތަކުރާރުކޮށް ރާއިން ޖަހަމުންދިޔައެވެ. ޒާޔާގެ ލޮލަށްބަލަހައްޓައިގެން ހުރެ އޭނަ ރާގު ކުޅެމުންދިޔައެވެ. ޒާޔާވެސް ހުރީ ހިޔާލީދުނިޔެއަކަށް ގެއްލިފައެވެ. “މިގޮތަށް އޯކޭވާނެތަ، ފްލާވާޒް ދީފަ” ރާގު ކުޅުން ހުއްޓާލައިފައި ފާރުގައި ގިޓާ ލައްގާލަމުން ރާއިން އަހާލިއެވެ. ހިޔާލީ ދުނިޔެތެރެއިން ޒާޔާއަށް ނިކުމެވުނީ ރާއިން އެހެންއަހާލުމުންނެވެ. “ވަޓް” ޒާޔާއަށް އެހެންބުނެވުނީ އޭނަގެ އިހްތިޔާރަކު ނޫނެވެ. ނަމަވެސް ރާއިން އެއަކަށް މާބޮޑުސަމާލުކަމެއްނުދެއެވެ.

“ނޫނީ ފޯރމަލްކޮށްތަ ޕްރޮޕޯޒް ކުރާނީ، ނީލް ޑައުން ކޮށްފަ، ރިންގްދީފައި” ކުއްލިއަކަށް ޒާޔާގެކުރިމަތީގައި އެއްކަކޫމައްޗަށް ތިރިވެ ޒާޔާގެ އަތުގައި ހިފާލުމަށްފަހު ރާއިން ބުނެލިއެވެ.

“ވަޓްސް ރޯންގް ވިތް ޔޫ ރާއިން” ޒާޔާ ރާއިންގެ އަތްފޮޅުވާލިއެވެ. އަދި އަނެއްފަރާތަށް އެނބުރުނެވެ. އޭނައަށް ރާއިންދެކެ ހިތްހަމަނުޖެހެވުނީއެއްނޫނެވެ. އަމިއްލަނަފްސުދެކެ ހިތްހަމަނުޖެހުނީއެވެ. ނަމަވެސް އަމިއްލަ ހިތުގެހާލު ބޭޒާރުވެވިދާނެ ކަމުގެ މައްޗަށް ރުޅިއިސްވީއެވެ. އެހެންނަމަވެސް ކުރިއަށް ހިނގައިގަންނަން ނޫޅެ ރާއިންއަށް ފުރަގަސްދީގެން ހުރީއެވެ.

“ނުބުނެގެން އަދިވެސް މިއުޅެނީ” ތެދުވެ ޒާޔާއާއި ގާތްވެލަމުން ރާއިންބުންޏެވެ. ނަމަވެސް ދެންވެސް ޒާޔާ ރައިންއަށް ބަލާނުލައެވެ. އޭނަ އެގޮތަށް ރާއިންދެކެ ރުޅިއަންނާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އެގޮތަށް ކަންތައްކުރެވެނީ އޭނަގެ އިހުތިޔާރަކުނޫނެވެ. ރާއިން ޒާޔާގެ ކޮނޑުގައި ދެއަތުން ހިފާލުމަށްފަހު އޭނައާ ވީފަރާތަށް އެނބުރުވިއެވެ. “ކީއްވެ ނުބުނީ” ރާއިން މަޑުމަޑުން އަހާލިއެވެ. އޭރު އޭނަހުރީ ޒާޔާއާއި ނުހަނުގާތުގައެވެ.

“އަހަރެން ކީކޭތަ ނުބުނަނީ، ޔާ، ވަރަށް ރޮމްވާނެ އެގޮތަށް ޕްރޮޕޯޒް ކުރީމަ، ގާރލްސް ވިލް ލަވްދެޓް، އެއްވެސް ގާރލް އެއް ރާއިންއަކަށް ނޫނެކޭނުބުނާނެ” ޒާޔާ ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ. އެއަޑުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައިވާކަން ރާއިން އަށް އެނގެއެވެ. އިތުރަށް އެތާގައި މަޑުކުރާކަށް ޒާޔާ ބޭނުމެއްނޫނެވެ. ނަމަވެސް ދެވަނަފަހަރަށް ރާއިން އިގްނޯރ ކޮށްފައިދާން ނުކެރުމުން ހުރީއެވެ.

“އަހަރެން އެހީ، ކީއްވެހޭ ނުބުނީ، މިހުރިހާ އިރެއްވީއިރުވެސް، މިހާ އޯވާރ އެކްޓިން ކުރިއިރުވެސް، އަހަރެންދެކެ ލޯބި ވާކަން ކީއްވެހޭ ނުބުނީ” ރާއިން ދެއްކިވާހަކައިން ޒާޔާއަށް ސިހުމެއް ލިބުނެވެ. ނަމަވެސް ދެވަނަސިކުންތުގައި ހަމަޖެހިލުމަށްފަހު، ރާއިންގެ އަތް ދުރަށްލަމުން އޭނަ ލޯބި ނުވާކަމަށް ބުނެލިއެވެ. އޭނަ ހީކުރީ އަދިވެސް ރާއިން އެހެންބުނީ މަޖަލަކަށް ކަމަށެވެ. އޭރުއެދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމުދޫކޮށް ކޯތާފަތްމައްޗަށް އޮހެރިގެންފިއެވެ.

“އަހަރެން ހީކުރީ ވާކަމަށް، ޒާ ގެ ލޮލުން ތިފައިބާ ކަރުނައިން، ޒާ ހީލާގޮތުން، އަހަރެންފެނިފަ ލަދުން އިސްޖަހާގޮތުން، އެހެންވެ ޕްރޮޕޯޒް ކުރަން އުޅުނީ، އެމް ސޮރީ، އެކަމް ބުނެދީފާނަންތަ މިއީ ކޮންކަމެއްކަން” ޒާޔާގެ ކަރުނަތައް ފޮހެލަމުން އެއަށް އިޝާރާތް ކުރަމުން ރާއިން އަހާލިއެވެ.

“އަހަންނަށް ބުނެދީ ޒާޔާތިރޮނީ ކީއްވެގެންކަން” ޒާޔާއާއި ދުރަށްޖެހިލުމަށްފަހު ރާއިން ވާހަކަދެއްކިއެވެ.

     ރާއިންގެ ވާހަކައިން ޒާޔާ އިސްޖެހުނެވެ. ރާއިން އެދައްކަނީ ހަމައެހަދަނީ ތެދުބާއެވެ. އޭނައަށް ގަބޫލުކުރަން ދަތިވަނީއެވެ. ކުޑައިރުކޮޅެއް ކުރިން ދެއްކި ވާހަކަތަށްވެސް ހަނދާންވީ ދެނެވެ. ފޮނުވީ އޭނައަށް އެންމެ ރީތިމަލެވެ. ގިޓާއިން ކުޅުނީ އޭނައަށް އެންމެ ރީތި ލަވައިގެ ރާގެވެ. ޒާޔާ ހުރިގޮތުން ރާއިންއަށް މަޖާވިއެވެ. ނަމަވެސް ޒާޔާކައިރިއަށް އައިސްފައި އެކުޑަމޫނުގައި ދެއަތުން ހިފާލުމަށްފަހު އުފުލާލިއެވެ.

“ހަމަ ނުވޭތަ” ރާއިންއަހާލީ ވަރަށްވެސް މަޑުންނެވެ. ޒާޔާލަދުގަތްތަން ފެނިފައި ރާއިންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ރާއިން ޒާޔާއާއި ގާތްވަމުންދިޔައެވެ. ޖަންބުކުލަވެރިވެފައިވާ ޒާޔާގެ ކޮލުގައި މަޑުމަޑުން ބޮސްދިނެވެ. އަދި ކަންފަތާއި އަނގަ ކައިރިކޮށްލުމަށްފަހު އަނެއްކާވެސް އަހާލިއެވެ. ދެންވެސް ޒާޔާ އެއްޗެކޭ ނުބުންޏެވެ. އޭނައަށް ނޭވާ ހިފަހައްޓާލައިގެން ހުރެވުނީއެވެ. ރާއިން ޒާޔާގެ ކަންފަތުގައި ބޮސްދިނެވެ. އަދި އެއިސްތަށިގަނޑުގައި ފިރުމާލިއެވެ. ރާއިންގެ އެހަރަކާތުން ޒާޔާގެ އެންމެ ހިމަނާރަށްވެސް އަސަރުކުރުވިއެވެ. ކަނދުރާގައި ހުރިލޯލިތައް ހަރުކަށިވިއެވެ. ރާއިން ދުރުކޮށްލުމަށްޓަކައި އޭނގެ ކޮނޑުގައި އަތްއަޅާ ދުރަށްޖައްސާލަން އުޅުނެވެ. ނަމަވެސް ރާއިންމާ ހުށިޔާރެވެ. އޭނަ ޒާޔާގެ އުނުގަނޑުގައި ހިފާ ބައްދާލިއެވެ. ޒާޔާއަށް ކުޑަހަރަކާތެއްވެސް ނުކުރެވޭވަރަށެވެ. އިސްކޮޅުގައި ބޮޑުތަފާތެއްހުރުމުން ޒާޔާގެ ނޭވާތަށް އެޅެމުންދިޔައީ ރާއިންގެ މެއަށެވެ. ރާއިން ޒާޔާގެ ބޮލުގައި ދަތްދޮޅިވިއްދާލައިގެން ހެވިފައި ހުއްޓެވެ. އޭނަގެ ޖަވާބެއް އަޑުއެހުމަށް އެހިތްވަނީ ބޭގަރާރު ވެފައެވެ.

“ދެން ޔެސް ބުނީމަނޫނީ ދޫނުކުރާނަން” ދެވަނަފަހަރަށް ޒާޔާ ދުރަށް ޖެހިލަން މަސައްކަތް ކުރުމުން މަޖާވެފައިހުރެ ރާއިންބުނެލިއެވެ. “ތިހަމަހިމޭންކަން ޒާޔާގެ ޖަވާބަކަށް އާއެކޭކަމުގައި އަހަރެން ބަލަންވީތަ” ހަމަހިމޭންކަން ފޫދުއްވާލަމުން ރާއިން ބުނެލިއެވެ.

“ދެން ނޫނެކޭ ބުނަންޔާ ތިގޮތަށް އަހަރެންގެ އަތުތެރޭ ނުހުންނާނެ ދޯ” އޭނަ ބޭނުންވީ ޒާޔާ އިތުރަށް ރަކި ކޮށްލުމަށެވެ. އިރުކޮޅަކު އެހެންހުރުމަށްފަހު ރާއިން ޒާޔާއާއި ކުޑަކޮށް ދުރަށްޖެހިލިއެވެ. ޒާޔާގެ ދެއަތްތިލާގައި ހިފާލައިގެން ރާއިން ހުރީ ޒާޔާގެ މޫނަށް ބަލަހައްޓައިގެނެވެ.

” އަހަރެން ޒާދެކެ ލޯބިވެޔޭ ބުނެފިއްޔާ ގަބޫލު ކުރާނަންތަ” އެހުރިގޮތަށް ހުރެ ރާއިން އަހާލިއެވެ. ނަމަވެސް ޒާޔާގެ ދޫހަރަކާތެއް ނުކުރިއެވެ. ލަދުގަނެ އިސްޖެހިފައި އޭނައަށް ހުރެވުނީއެވެ.

“އައި ވޯންޓް ގްރޯ އޯލްޑް ވިތްޔޫ، ޓް ޝެއަރ މައި ލައިފް ވިތްޔޫ، ވިލް ޔޫ ގިވް އަ ޗާންސް” ރާއިން ޒާޔާއަށް އޮޅުވާލުމެއްނެތި ރީތިކޮށް އެހިއެވެ. ޒާޔާގެ ލޯކަރުނައިން ފުރުނީ އުފަލުންނެވެ. ނަމަވެސް ދެންވެސް ދުހަރަކާތް ނުކުރިއެވެ.

“ސޭސަމްތިން” ޒާޔާ އެއްވެސް އެއްޗެކޭ ނުބުނުމުން ރާއިންއަށް ކެތްނުވެގެން އެހިއެވެ. ރާއިންގެ ލޮލަށްބަލާލުމަށްފަހު އެއީ ހުވަފެނެއްހޭ ޒާޔާއަށް އަހާލެވުނެވެ. ޒާޔާގެ އަތްދޫކޮށްލުމަށްފަހު އެ މޫނުގައި ދެއަތުން ހިފާލުމަށްފަހު ކަރުނުން ފުރިފައިވާ ޒާޔާގެ ދެލޮލުގައި ރާއިން ބޮސްދިނެވެ. އަދި މޫނުދުރުކޮށްލުމަށްފަހު އަދިވެސް ހުވަފެނެއްހެން ހީވޭހޭ އަހާލިއެވެ. ޒާޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ.

“އިޒް އިޓް އަ ޔެސް” ދެންވެސް ވާހަކަދެއްކީ ރާއިންއެވެ. ޒާޔާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ރާއިން ޒާޔާ އުފުލާލުމަށްފަހު އެނބުރިލއެވެ. އަދި ބެހެއްޓުމަށްފަހު ވަރަށް ލޯބިވާކަމަށް ބުނެލިއެވެ. ލަދުން ރަތް ވެފައިވާ އެމޫނުފެނި ރާއިން އަނެއްކާވެސް ޒާޔާއޭނަގެ އަތުތެރެއަށް ގެނައެވެ.

“ހެޕީ ނިއު އިޔަރ ލަވް” ޒާޔާގެ ގައިގައި ބައްދާލައިގެން ހުރެ ރާއިން ބުނެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ކަޝްފު 8

Next

ބާކީ ވެފައި….

Next
February 19, 2015

ބާކީ ވެފައި….

Previews
February 19, 2015

ކަޝްފު 8

5 Comments!

  1. immu says:
    February 19, 2015 at 10:49 am

    V v reethiii mi bai vesss .. waiting for the next part. .. 🙂

  2. yaal says:
    February 19, 2015 at 12:25 pm

    wow so romantic.. mihaaru varah salhi mivaahka.. kiyaa hithun kei madhuvefa hama.. plx up soon.

  3. saf says:
    February 20, 2015 at 12:23 am

    Wow its awsome , waiting for next epi….

  4. mari says:
    February 21, 2015 at 12:58 am

    wow , how romantic, waiting for next part

  5. smile says:
    February 22, 2015 at 4:22 pm

    Plxxxxxx dhn next part up kohbala….. Haada lahaey…..

Comments are closed.

Next Episodeއިންތިޒާރު 10←


All Right Reserved!