Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ…4

Cherrychoppers Level 3100 Login10 Stories100 Comments
April 23, 2020 One Min Read
2 Comments

ބަރާބަރު ފަސް ގަޑި އިރުގެ ދަތުރަކަށްފަހު މާލޭގެ

ފަޅުތެރެއަށް ލާންޗު ވަނުމާއިއެކު އިވްރާ ކުޑަދޮރުން

ބޯދިއްކޮއްލައި ބަލައިލިއެވެ. ހުޅުމާލެއާއި މާލެ ގުޅިފައިވި

ސިނަމާލެ ބުރިޖު ފެނި އޭނަ ހައިރާންވިއެވެ. ސިނަމާލެ

ބުރިޖުގެ ރީތިކަމުގެ ވާހަކަ ތުންތުން މަތިން އޭނާ އަޑު

އަހައިފައި ވީނަމަވެސް ހަމަ ލޮލަށް މިހާ ރީތިވެދާނެކަމަކަށް

އިވްރާ އުއްމީދެއްނުކުރެއެވެ. އިވްރާ ސިއްސައިގއން ދިޔައީ

އަތުގައި އޮތް ފޯން ރިންގުވާން ފެށުމުންނެވެ. އޭރު ލާންޗުގައި

ތިބި އެންމެން ކަހަލަ ގޮތަކަށް ފައިބަނީއެވެ.އަވަސް އަވަހަށް

ކަންފަތުގައި ފޯން ޖައްސައިލަމުން އިސްލާމީ ރިވެތި ސަލާމުން

އިވްރާ ސަލާމް ގޮވައިލިއެވެ. ވާހަކަ ދައްކަމުން އޭނާ ލާންޗުން

ފޭބީ އޭނާގެ ފިޔާތޮށި ކުލައިގެ ފޮށިވެސް ހިފައިގެންނެވެ. އިވްރާ

ޖެޓީ މައްޗަށް ފޭބުމަށްފަހު ދެކޮޅު ދެކޮޅަށް ބަލަމުން ދިޔަގޮތުން

ހީވަނީ އޭނާ މީހަކު ހޯދަމުން ދާހެންނެވެ. އެއްލިކަޅިއަކުން

ތަންކޮޅެއް ދުރުން އެއްޖީބަށް އަތް ޖަހައިލައިގެން ހިނގަމުން އައި

ޒުވާނެއް އިވްރާގެ ލޮލުގައި އަޅައިގަތެވެ. އެއާއި އެކު އިވްރާގެ

ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހީވާ ގޮތުން

އެއީ އިވްރާ ހޯދަމުން ދިޔަ ފަރާތެވެ. އެޒުވާނާ އައިސް އިވްރާގެ

ގާތުގައި ހުއްޓިލަމުން އޭނާގެ ލޮލުގައި އޮތް ރޭބަން އަވި އައިނު

ނަގައިލިއެވެ. މަޑު ނޫ ކުލައިގެ ގަމީހަކާއި ހަމައެކުލައަށް ދާ

ޓައީއަކާއި ކަޅު ކުލައިގެ ފަޓުލޫނެއްގައި އެޒުވާނާ ފެންނަނީ

ނުހަނު ރަސްމީ ކޮއްށެވެ. ހީވާގޮތުން އޭނާ އެތަނަށް އެއައީ

އޮފީހުން ކުޑަ ވަގުތުކޮޅެއް ހުސްކޮއްލައިގެންނެވެ. “ގޯޑް މައި

ލިލް ސިސް ބޮޑުވެއްޖެ ދޯ ހެހެހެ…..ދަތުރު ކިހިނެއް.” ޔޫހާން

އިވްރާގެ ފޮށީގައި ހިފައިލަމުން އޭނާ އާއި ވާހަކަ ދެއްކީ އިވްރާގެ ކުޑަ

ނޭފަތުގައި ވެސް ހިފައިލަމުންނެވެ.” ހެހެހެ ރަނގަޅު…ދޮންބެ

ވެސް މިހާރު ވަރަށް ބޮޑުވެއްޖެ އެއްނުން…މިހާރުމާ ހޭންސަމް”

އިވްރާ ޔޫހާންގެ ފަހަތުން ހިނގައި ގަންނަމުން ވާހަކަ ދެއްކިއެވެ.

އެއާއިއެކު އައި ނޯ އޭ ބުނެލަމުން ފޮނި ގޮތަކަށް ޔޫހާން އޭނާގެ

ގިރުވާނުގައި ހިފައި ކުޑަކޮށް ހިއްލައިލިއެވެ.އިވްރާ ވެސް ހީލަމުން

ދެފަރާތަށް ބޯހަލުވައިލީ އޭނާގެ ދޮންބެ ދުވަހަކުވެސް ބަދަލެއް ނުވާނޭ

ހިތަށްއެރުމުންނެވެ. އިވްރާ އާއި ޔޫހާން އަކީ ދެބައިންގެ ދެދަރިންނަށް

ވިޔަސް އެދެމެދުގައި އޮއްންނީ އެއްބަޑު އެއްބަފާ ކިމުގެ ގުޅުމެކެވެ.

ޔޫހާން އާއި 7 އަހަރު ފަހުން ބައްދިލުވި ކަމުގައި ވިޔަސް އެ ދުރު

ކަމެއް އޭނާ އަކަށް އިހުސާސެއް ނުކުރެވެއެވެ.

****************************************

މާވިލްސް ކޮމްޕެނީގެ ދޮރުމައްޗަށް ހުއްޓައިލި ކަޅުކުލައިގެ

ޕުރައިވެޓް ކާރަށް މަގުމަތީން ދިޔަ ގިނަބައެއްގެ ލޯތައް

އަމާޒުވަމުން ދިޔައެވެ. ކާރުގެ ޑްރައިވަރު ސީޓް ހުޅުވާލުމަށް

ފަހު ހުދު ޔުނީފޯރމްގައި ހުރި މީހަކު  މަޑުދުވުމެއްގައި

ގޮސް ކާރުގެ ފަހަތު ސީޓުގެ ދޮރު އަދަބުވެރިކަމާ އެކު

ހުޅުވައިލިއެވެ. އެވަގުތު ކާރުގެ ތެރއިން ދެބައި އުމުރަށް

ދާ އަންހެނަކު ފޭބިއެވެ. އެއާ އެކު މަގުމަތިން ދާހާ މީހެއްގެ

ނަޒަރު އޭނާ އަށް ހުއްޓެން ފެށިއެވެ.ލައިފައި ހުރި ރަތް ކުލައިގެ

ގަމީހާއި ކަޅުކުލައިގެ ޕެންސިލް ސްކާޓުން އޭނާގެ ވަނާއަތްތައް

ފާޅުވާން ހުއްޓެވެ.އަރައިގެން ހުރި ކަޅުކުލައިގެ އުސްފައިވާނާއި

ކޮށްފައި ހުރި ގަދަ މޭކަޕްގެ ސަބަބުން އޭނާ އުމުރަށްވުރެ ޒުވާން

ކަމަށް ދައްކައެވެ.އަތުގައި އަޅައިފައި އޮތް އަގުބޮޑު ގަޑިއާއި

ލޮލުގައި އޮތް ޕްރާޑާ އަވި އައިނުން ދައްކައިދެމުން ދިޔައީ

އެ އަންހެންމީހާގެ މުއްސަނދިކަމާއި ފޯރުންތެރިކަމެވެ. އޭނާ

އަށް އަމާޒުވަމުން ދިޔަ ލޯތަކަށް ފަރުވާލެއް ނެތި ހަރު ހިނގު

މެއްގައި ފޮނިގޮތަކަށް ކުރިއަށް ހިނގައިގަތެވެ. އޮފީހުގެ ދޮރުން

އެއަންހެންމީހާ ވަނުމާއެކު ހުރިހާ މުވައްޒަފުން އެއްފަހަރާ ކަހަލަ

ގޮތަކަށް ކޮޅަށް ތެދުވެލީ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ.

އޭނާ ގޮސް ލިފްޓަށް އަރައި 4 ވަނަ ފިތަށް އޮބައިލިއެވެ.

ލިފްޓުގެ ދޮރު ހުޅުވުމާއި އެކު ދޮރުމަތީގައި ހުރި އަންހެން

ކުއްޖާ އެއަންހެންމީހާއާއި އާއި ވާހަކަ ދައްކަމުން އޭނާގެ

ފަހަތުން ހިނގައިގަތެވެ.ހީވާ ގޮތުންއެއީ އެއަންހެނަމީހާގެ

ޕާސަނަލް އެސިސްޓެންޓެވެ. އެއަންހެންމީހާ ކެބިން ގެދޮރު

ހުޅުވާލުމަށްފަހު އޭނާގެ ހައިބަތު ބޮޑު ގޮނޑީ ގައި އިށީންދެލީ

އަތުގައި އޮތް އަތްދަބަސް މޭޒުމަތީގައި ބާއްވައިލަމުންނެވެ.

އަޅިއާއި ހުދުން ފަރުމާ ކުރެވިފައީ ވާ  އެ ކެބިންގެ ކޮންމެ

ދިމާލަކުންވެސްފެންނަމުން ދަނީ ތަނަވަސް ކަމާއި ތަރުތީބުކަމެވެ.

އިރު ކޮޅަކު އެހެން އިނދެލުމަށް ފަހު އަތުގެ އިށާރާތުން އޭނާ

އަށް ކޮފީއެއް ގެނައުމަށް މޭޒު ކައިރީ ކޮޅަށް ހުރި އަންހެން

ކުއްޖާއަށް އެންގިއެވެ.އެއަށް ފަހު މަޑު ހިނގުމެއްގައި ގޮސް ކެބިންގެ

އެއްފަރާތުގައި ހުރި ބޮޑު ފޮތް ހަރުގަނޑުކައިރީ ހުއްޓިލަމުން އެތަނުން

ފައިލެއް ނެގުމަށްފަހު އެނބުރި އައިސް ގޮނޑީގައި އިށީންނަމުން

ފަރުވާތެރިކަމާއި އެކު އޭގައި ހުރި ޑޮކިޔުމެންޓު ތައް ކިޔަންފެށިއެވެ.

އެވަގުތު ކޮންމެވެސް މީހަކު ކެބިންގެ ދޮރުގައި ޓަކިޖަހައިލިއެވެ.

އެއާއި އެކު އޭނާ ރުންކުރުގޮތަކަށް ވަންނާށޭ ބުނެލަމުން އަތުގައި އޮތް ފައިލު

ލައްޕައިލިއެވެ. އެވަގުތުކެބިންގެ ދޮރުހުޅުވާލައިފައި މެދުއުމުރުގެ

ފިރިހެނަކު ވަނެވެ. “ޖުމައްޔާ”މުޅިދަތްޕިލަ އެއްކޮށްފެންނަވަރަށް

ހިނުތުންވެލާގެން ހުރެ އެމީހާ ޖުމައްޔާ އަށް ގޮވައިލި އެވެ.

“ނުނިމޭ”

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ކައިރީގައި އެހެނަސް.. ދުރުގައި… 14

Next

ޒަޚަމް 5

Next
April 25, 2020

ޒަޚަމް 5

Previews
April 23, 2020

ކައިރީގައި އެހެނަސް.. ދުރުގައި… 14

2 Comments!

  1. Cherrychoppers says:
    April 29, 2020 at 7:21 pm

    Salaam readers, here is the 4th part of the story.. hurihaa readers ge samaal kamah dhannavaalan…. kurin mi vaahaka liyunee enme writer eh ehennamavx mi part ah fahu mi vaahaka shaaiyu kurevigen dhaanee ithuru 2 writers ge ehyaai khiyaalaa egothah… so jumlakoh bunaanama mi story dhen liyeveynee 3 writers ge khiyaalaa egothah binaavegen….. alhamdhullillah…. ummeedhu kuran mi partvx hurihaa kudhinnah kamudhaanekamah… rangalhu khlanjehey kameh iniyyaa faahagakoh alhugandumennah angaalehvumakee alhugandumenge varah bodu edhumeh…. Ramadan Mubarak everyone and be safe ?????

  2. ? ? Queen ? ? says:
    June 13, 2020 at 8:24 am

    Good job girls

Comments are closed.

Next Episodeހިތް ކަލާއަށް އެދޭތީ 5…←


All Right Reserved!