Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 8

darkangel Level 210 Stories
February 15, 2015 5 Mins Read
9 Comments

” ހިތުގާ އުފެދުން ލޯބި، ފޮނުވީ ފޮނި ހިނިތުންވުމަކުން

       މިތުރާ ތިޔަދިން ވޭން، ފޮރުވީ ލޮލުގައިވި ކަރުނަތަކުން

އެކުގައިވި ކުޑަވަގުތުކޮޅުން، ކުރި ވައުދާ ހުވާތަކަށް

       ވީމޭ އަބަދުމެމަ ވަފާތެރި، ހުރެގެން ތިޔަ އިންތިޒާރުން

ވޭނީ ކަރުނަ ހިތަށް، ލިބުނީ ނިމުމުން ކުރި އިންތިޒާރު

       ބާކީ އަދުމިތާ މިވީ، ލިބެމުން ހިތި ޒަހަރު އަލުން “

އޮތްގޮތަށް އޮވެގެން ޒާޔާ މަޑުމަޑުން ކިޔާލިއެވެ. ނަމަވެސް އެހިތުގެ ރިހުމަކަށް ބަދަލެއްނައެވެ. ރޮވެމުން އައި ޒާޔާގެ އަޑު މަޑު ގިސްލުމަކަށް ބަދަލުވިއެވެ.

     ހުރިހާ ކުދިވެރިން ދިއުމުން ކާމޭޒު ކައިރީ މަޑުކޮށްގެންތިބީ ބޮޑެތި މީހުންނެވެ. އެރޭ ކާމޭޒުކައިރީ ނޫރާ ރާއިންއާއި ކުރި ސުވާލުގެ ޖަބާބު އޭނަގެ ފަރާތުންވެސް އަދި އޭނަގެ ބައްޕަ ޔާސިރުގެ ފަރާތުންވެސް ނުއިވުނީމައެވެ. ރާއިންގެ ޖަވާބު ޔާސިރު އޭނަގެ މައިންބަފައިންގާތު ހިއްސާކުރިއެވެ. ރާއިންގެ ޖަވާބާއިދޭތެރޭ ސަލްމާ އެއްޗެކޭ ނުބުނި ކަމުގައިވެސް އޭނަބޭނުންވަނީ އެކައިވެނި އަވަސްކުރާށެވެ. ރާއިންދިރިއުޅުމެއް ފަށާށެވެ. ރާއިންގެ ޖަވާބާއި ދޭތެރޭ ބަލްގިސް ހިތްހަމަ ނުޖެހުން ވެގެންދިޔައީ އެވާހަކަ ޔާސިރުގާތުގައި އިތުރަށް ދެއްކުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ބަލްގިސްއާއި ހިލާފަށް އަބްދުﷲ ޔާސިރުއަށް ތާއީދުކުރިއެވެ. ދަރިންނަށް އެމީހުންގެ ދިރިއުޅުންފެށުމުގައި ބޭނުންވާ ފުރިހަމަ މިނިވަންކަން ދިނުން އެއީ އެންމެ ރަނގަޅުގޮތް ކަމުގއި އޭނާ ދެކުނެވެ. އަބްދުﷲގެ ވާހަކަ އެގޮތަށް ހުރިކަމުގައިވިޔަސް ސަލްމާ ނިންމީ އަދިއެއްފަހަރު ޔާސިރުގާތުގައި އެވާހަކަ ދެއްކުމަށެވެ.

     ރާއިން އޭނަގެ ކޮޓަރީގައި އެނދު ހުރަހަށް އުއްޑުން އޮށުއޮވެލައިގެން އޮތެވެ. އޭނައަށް ވިސްނެމުން ދިޔައީ މިރޭ ކާމޭޒުކައިރީ ކަންތައްވެގެން ދިޔަގޮތެވެ. އޭނަހީކުރި ގޮތާއިހިލާފަށް ޒާޔާއަށް އެވާހަކަ މާއަވަހަށް އަޑުއިވުމުން އޭނައަށް ވިސްނެނީއެވެ. ޒާޔާ ހިތަށް އަރާނެ އެއްޗަކާއި ދޭތެރެއެވެ. ޒާޔާ ދެރަވާނެވަރެވެ. ނަމަވެސް ހިތުގެ އެއްކަނުން ކަންތައްއެވީ އެންމެ ރަނގަޅަށް ކަމުގައި ބުނަމުންދިޔައެވެ. ޒާޔާއަށް ރަނގަޅުވާނީ ވީއެންމެ އަވަހަކަށް އެކަން އެގޮތަށް އެނގުންކަން ބުނަމުންދިޔައެވެ. ހިޔާލުތައް ފުންވަމުން ދިޔައެވެ. ޒާޔާގެ އަތުގައި އަދިވެސް އަޅާފައި އޮތް ރިހި ކެވެލިފަށް މަތިން އޭނަހަނދާންވަމުން ދިޔައެވެ. ޒާޔާ އަދިވެސް އެކެވެލިފަށް ނުނަގަން އެހުންނަނީ ކީއްވެބާއެވެ. އޭނަ މިހާވަރަށް ޒާޔާގެ ހިތަށް އަނިޔާކުރަމުން ދާއިރުވެސް އެއްވެސް ޝަކުވާއެއްނެތި އަދިވެސް އެހުންނަނީ އޭނަގެ އިންތިޒާރުގައި ބާވައެވެ. ހިޔާލުތައް ގިނަވަމުން ދިޔައެވެ. ޒާޔާއާއި ފުރަތަމަ ބައްދަލުވިގޮތެވެ. ޒާޔާގެ ހިތް އުފަލުން ފުރާލި ހަނދާނެވެ. މިހާރު އެހިތަށް ތަދުކުރަމުންދާގޮތެވެ. އެހުރިހާ މަންޒަރެއް އޭނާގެ ކުރިމަތީގައި ކުލަ ތަސްވީރުތަކެއް ފަދައިން ފެންނަމުން ދިޔައެވެ.

ޒާޔާ މ.ރަބާބް ހިޔާ އަށް ދިރިއުޅެން އައީ އޭނަގެ އުމުރުން 9 އަހަރުގައެވެ. އޭރު ރާއިންއަށް 14 އަހަރެވެ. ސުނާމީ ކާރިސާގައި ޒާޔާގެ ބައްޕަ މަރުވުމުން އޭނައަށް ފުންއަސަރުތަކެއް ކުރުވިއެވެ. އަދި ކުއްލިއަކަށް ނުދަންނަބައެއްގެ ތެރެއަށް ދިރިއުޅުން ބަދަލުކުރަންޖެހުމުން އޭނައަށް އެކަންތަކެއް ނަގައެއް ނުގަނެވުނެވެ. އެގޭގައި އުޅޭތާ ދެމަސްދުވަސް ވެގެންދިޔައިރުވެސް ޒާޔާ އެއްވެސް މީހަކާއި ވާހަކަ ނުދައްކާކަން ސަލްމާއަށް ފާހަގަވިއެވެ. އޭނާގެ ދެބެންގެ ދެދަރިންގެ ކުދިން އެގެއަށް އައިސް އުޅޭއިރުވެސް އެއްވެސް ކުއްޖަކާއި އެއްކޮން ކުޅޭތަނެއްވެސް އޭނައަކަށް ނުފެނެއެވެ. ޒާޔާއަށް ވަނީ ވެދިޔަކަންތަކުން ނަފްސާނީ ގޮތުން އަސްރުކޮށްފައިކަން އޭނައަށް ވިސްނެމުން ދިޔައެވެ. އޭނަ ޒާޔާ ބަލައިގަތީ އަމިއްލަ ދަރިއެއްފަދައިންނެވެ. އޭނައަށް ލޯބިދިނީ އެންމެ ފުރިހަމަ މަޔަކުވެސް ކަންތައް ކުރާނެ ފަދައަކުންނެވެ. ޒާޔާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުނެވެ. އަދި އެކަމަށް ފަރުވާ ކުރެވުނެވެ. މާހައުލު ބަދަލުކޮށްލުމުގެ ގޮތުން މަސްދުވަހެއްހާ ދުވަހު ރާއްޖެއިން ބޭރުގައިވެސް އެދެމަފިރިން ޒާޔާ ގޮވައިގެން ހޭދަކުރިއެވެ. އަހަރެއްހާ ދުވަހުގެ މަސައްކަތުން ޒާޔާގެ އުޅުމަށް ރަނގަޅު ބަދަލުތަކެއްއައެވެ. އެހުރިހާ ދުވަހު ޒާޔާ އެއީ އެގޭގައި އުޅޭ މީހެއްކަމެއްވެސް ހީނުވާކަހަލައެވެ. މީހުންގެ ތެރެއަށް އޭނާ ނިކުންނަނީ އެހާވެސް މަދުންކަމަށްވާތީއެވެ. ގިނަވަގުތު އޭނަ ހޭދަކުރަމުން ދިޔައީ އޭނަގެ ކޮޓަރީގައެވެ.

ގްރޭޑް އަށަކާއިހަމައަށް ރާއިން ކިޔެވުމަށްފަހު ޔާސިރު ބޭނުންވީ ރާއްޖެއިން ބޭރުގައި ކިޔަވައިދިނުމަށެވެ. އެހެންވުމުން އޭނަގެ ކޮއްކޮ ޔަޝާރުގެ ގާތަށް ރާއިން ފޮނުވާލިއެވެ. ވޭތުވެދިޔަ އަހަރެއްހާދުވަހު ރާއިންއާއި ޒާޔާ ބައަދަލުނުވެ އޮތީ އެހެންވެގެންނެވެ. ރާއިންއާއި ޒާޔާ ފުރަތަމަ ބައްދަލުވީ އޭނަގެ އުމުރުން 15 އަހަރުގައެވެ. އޭރު ޒާޔާއަށް 10 އަހަރެވެ. ނަމަވެސް ހުންނަލެއް ކުޑަކަމުން އޭނަ ދައްކަނީ އެއަށްވުރެވެސް އުމުރުން ހަގުކޮށެވެ. ރާއިން އައިއިރު ޒާޔާ ހުރީ ފުދޭވަރަކަށް ހަމަޖެހިފައެވެ. ރާއިން އެފަހަރު އައިއިރު ޔަޝާރުގެ ހަގު ދަރިފުޅު ނޫރާވެސް އެމީހުންނާއި އެކު އައެވެ. ޒާޔާ އާއި ނޫރާގެ އެކުވެރިކަން ފެށުނީ އޭރުއެވެ. ނޫރާގެ އެކުވެރިމިޖާޒާއި އަދި ދެކުދިންގެ އުމުރުވެސް އެއްވަރުކަމުން ދެކުދިން އެކުގައި ގިނަވަގުތު ހޭދަކުރަމުން ދިޔައެވެ. މިކަންވެގެންދިޔައީ ޒާޔާގެ ނަފްސާނީ މައްސަލަ ހައްލުވުމަށް މެދުވެރިވި އިތުރު ސަބަބަކަށެވެ. އޭގެ ފަހުން ރާއިން މާލެއަށް އަންނަ ކޮންމެފަހަރަކު ޔަޝާރުގެ އާއިލާ ނައިކަމުގައިވިޔަސް ގިނަފަހަރު ނޫރާ ގެނެއެވެ.

ދުވަސްތައް އެގޮތުގައި ވޭތުވަމުން ދިޔައެވެ. ޒާޔާގެ އުމުރުން 13 އަހަރާއި ޖެހެންދެން ސަލްމާގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބެމުންދިޔައެވެ. ނަމަވެސް ކުއްލިއަކަށް ވީ ކިހިނެތްކަމެއް ޒާޔާއަކަށް ނޭގުނެވެ. ޒާޔާއާއި ކުރިން އޮންނަ ގާތްކަމެއް މިހާރަކުނުވެއެވެ. ކަންތައްތައް ކޮށްދޭއިރުވެސް އޭނަގެ ކޮންމެ އަމަލެއްގައި މަޖުބޫރުކަމެއް އެކުލެވޭކަން ޒާޔާއަށް ފާހަގަ ކުރެވެމުން ދިޔައެވެ. ހިތާއި ދެކޮޅަށް ކަމެވެ. އެނޫންގޮތެއް އޮތްނަމައަކީ އޭނަ ޒާޔާއާއި އަނގައިންވެސް ނުބުނާނެކަހަލައެވެ. އެލޮލުގައިވި ނުރުހުން އޭނައަށް ފާހަގަވަމުންދިޔައެވެ. ކުރެވުނީ ކޮންކަމެއްކަން ވިސްނާވިސްނާވެސް އޭނައަކަށް ނޭގުނެވެ. ނަމަވެސް މީހުންގެ ކުރިމަތީގައި ސަލްމާ އެދުރުކަމެއް، ނުރުހުމެއް ނުދައްކައެވެ. ނަމަވެސް އެފަހަރު ޗުއްޓިއަށް އައިސްހުރި ރާއިންއަށް އޭނަގެ މަންމަގެ ތަފާތުވެފައިވާ މިޖާޒު އަޅައިގަތެވެ. އެހެންނަމަވެސް އޭނަ އެވާހަކަ އެއްވެސް މީހެއްގެ ގާތަކު ނުދައްކައެވެ.

ސަލްމާގެ ދުރުކަމުގެ ސަބަބުން ޒާޔާދެރަވިނަމަވެސް އޭނަގެ އެކަނިވެރިކަން ފިލުވައިދިނީ އޭނަ އައިތާ ކުޑަދުވަސްކޮޅެއްފަހުން ޝާންއާއި ކައިވެނިކޮށްގެން އެގެއަށް އައި ސަނާއެވެ. ސަލްމާ އޭނައެކަހެރި ކޮށްލިވަގުތު އޭނައަށް އެހީތެރިކަން ދިނީ ސަނާއެވެ. ސަލްމާއާއި ޔާސިރުގެ ފިޔަވައި ގޭގައި އުޅޭ އެހެންމެންބަރުންނަށް ޒާޔާ މުހާތަބު ކުރަނީ ރާއިން އެމީހުންނަށް މުހާތަބުކުރާ އުސޫލުންނެވެ. އޭގެ ދުވަސްކޮޅެއްފަހުން ޝާން އާއި ސަނާއަށް ލިބުނު ދަރިފުޅު ޒަކްވާންގެ ސަބަބުން ޒާޔާއަށް ލިބުނު އެކަނިވެރިކަން މުޅިން ފިލައި ދިޔަކަހަލައެވެ. ޗުއްޓީއަށް ރާއިންއައިސް ހުންނައިރު ރާއިންގެ ސަކަރާތް ބޮޑުވެފައިވާކަން އެންމެންނަށްވެސް ފާހަގަވެއެވެ. އެއީ އެއުމުރުގައި އޭނަގެ ބައްޕަވެސް އުޅުނުގޮތެވެ. ނަމަވެސް އެކަކަށްވެސް ފާހަގަ ނުކުރެވިފައިއޮތްކަމަކީ ރާއިން ޒާޔާއާއި ގާތްވަމުންދިޔަކަމެވެ. ޚުދު ރާއިންއަށްވެސް އޭނައަށް ޒާޔާއާއި ގާތްވެވެމުންދިޔަކަން ފާހަގައެއްނުކުރެވުނެވެ.

ޒާޔާގެ އިތުވަމުން އައި ރީތިކަމަށް ރާއިންއަށް ފަރުވާތެރިވެވެމުންދިޔައެވެ. ކޮންމެފަހަރަކު ޗުއްޓީއަށް އައިސްފައި ޒާޔާއާއި އެކުގިނަ ވަގުތު ހޭދަކުރަމުން ދިޔައީ އޭނަގެ އިހުތިޔާރަކުނޫނެވެ. ޒާޔާދެކެ އޭނައަށް ހަމަރަނގަޅަށްވެސް ލޯބިވެވުނީ ބާއޭ އޭނަގެ ހިތްބުނަމުންދެއެވެ. ލޯބި ކަމުގައި ނުވިނަމަވެސް އެހިތުން ޒާޔާއަށް ހާއްސަ މަގާމެއް ދެވުނުކަން އޭނައަށް އެނގެއެވެ. ޒާޔާއާއި ދޭތެރެ އޭނައަށް ކަންތައް ކުރެވެނީ ރައްޓެއްސަކާދޭތެރޭ ކަންތައް ކުރާވަރަށްވުރެ މާގާތްކޮށެވެ. ރާއިން ފެނުމުން، ރާއިންއާއި ވާހަކަދައްކާއިރު ޒާޔާގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުމުން ޒާޔާގެ ހިތުގައިވެސް އޭނައަށް ހާއްސަ މަގާމެއްދެވިފައިވާކަން އިހުސާސްކުރެވުނެވެ. އެއްފަހަރަކު ރާއިން ޗުއްޓީއަށް އައި ފަހަރެކެވެ. އޭރު އޭނަގެ އުމުރުން 20 އަހަރެވެ. ކިޔެވުމަށް އޭރު ބާކީ އޮތީ ދެއަހަރެވެ. ޒާޔާ އޭރު ގްރޭޑް 9 ނިމުނީއެވެ. އޭނަވިސްނަމުންދިޔައީ ޒާޔާއަށް ލޯބިހުށަހެޅުމާދޭތެރެއެވެ. މިހާރު ޒާޔާއަށް އޭނަގެ ހިތުގެ ހާލުބަޔާން ކުރާނީބާއެވެ. ނޫނީ ކިޔަވާނިންމާފައި އައިސް އެކަމާއި އުޅޭނީބާއެވެ. އޭނަ އެވާހަކަ ދެއްކީ ޝާންގެ ގާތުގައެވެ. އުމުރުގައި ބޮޑުތަފާތެއް ހުރިކަމުގައިވިޔަސް ރާއިން އޭނަގެ ހުރިހާ ވާހަކައެއް ހިއްސާކުރަމުންދިޔައީ ޝާންއާއެވެ. ނަމަވެސް ޝާންގާތުގައިވެސް އެކުއްޖާއަކީ ޒާޔާކަމެއް ނުބުނެއެވެ.

ޝާން މަޖަލަކަށް ހަދާފައި ތެޔޮނާށި ކާޅު ޖަހައިގަނެފާނެއޭ ބުނުމުން ރާއިންއަށް އެއީ ވެދާނެ ގޮތެއްކަމާމެދު ވިސްނުނެވެ. އަހަރުގެ ބޮޑުބައި އޭނަ މިއުޅެނީ ޒާޔާއާއި ނުފެންނަހާ ދުރުގައެވެ. މާލެ އައިސް ޒާޔާއާއި ކިތަންމެ ގާތުން އުޅުނުކަމުގައިވިޔަސް ބޭރަށްދިއުމަށްފަހު ފޯނުންވެސް ޒާޔާގެ ހަބަރެއް އޭނަ ބަލާފައެއްނުވެއެވެ. ގުޅަން ނުވެސް ކެރެނީއެވެ. އެކަން އެހެންވެގެންދާކަށް ރާއިން ބެނުމެއް ނޫނެވެ. އެނަ ޒާޔާ ބޭނުންކަމުގައި ފުރަތަމަފަހަރަށް އެހިތަށް އެހިތްބުންޏެވެ. އެހެންމީހެއްގެ ހައްގަކަށް ޒާޔާވާތަންދެކޭކަށްވެސް އޭނަބޭނުމެއް ނަމަވެސް ޒާޔާ އުމުރުން ހަގުކަމާއި ދޭތެރޭވެސް އޭނަ ވިސްނިއެވެ. ޒާޔާގެ ކިޔެވުމުގެ އެންމެ މުހިންމު އަހަރުވެސް އޮތީ ކުރިއަށެވެ.

ރެއަކީ އާއަހަރު ފެށޭ ރެއެވެ. 31 ޑިސެމްބަރ 2010 އެކެވެ. ގޭގެ އެންމެންވީ އެކަމާއި ގުޅިގެން އަބްދުﷲ ގެ ހާއްސަ އެކުވެރިއަކު ބާއްވާ ހަފްލާއަކަށް ދިން ދައުވަތަކަށް ކައިރި ރިސޯޓަކަށް ގޮހެވެ. އަންނަން ހަމަޖެހިފައިވަނީ ޖެހިގެން އަންނަދުވަހު ހަވީރުއެވެ. ނަމަވެސް ޒާޔާ އެއް ނުދެއެވެ. ސަލްމާގެ އެހުންނަ ދުރުކަމަކުން އޭނައަށް ރަނގަޅުވާނީވެސް ޒާޔާ ނުދިޔައީމަކަން އޭނައަށް ވިސްނޭތީއެވެ. ކަންތައްވީވެސް އެހެނެވެ. ސަލްމާ ހުރީ ޒާޔާ ނުދާތީ ހިތްހަމަޖެހިފައެވެ.

ރޭގަނޑުކައިނިމގެން ކޮޓަރިއަށް ވަތް ޒާޔާގެ ލޮލުގައި އަޅައިގަތީ ފޮތްކިޔާ ކުޑަމޭޒުމަތީ ބާއްވާފައިއޮތް ރަތްކުލައިގެ ފިނިފެންމަލެވެ. ޓޭބަލް ލޭމްޕް ޖައްސާފައިވުމުން މަލުގައި ހުރި ކުދި ފެންތިކިތައް ސަބްނަމްގެ ތިކިތަކެއްފަދައިން ބަބުޅަމުންދިޔައެވެ. އޭނަ ނެތް ގަޑިއެއްގައި އޭނަގެ ކޮޓަރިއަށް މީހަކު ވަތް ކަން ޒާޔާއަށް ޔަގީންވިއެވެ. ގޭގައި އޭނަފިޔަވާ އުޅެނީ ނޯކަރުންނެވެ އެމީހުންވެސް މިހާރުވާނީ އެމީހުންގެ ކޮޓަރީގައެވެ. ޒާޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. ބެލްކަންޏަށް ނިކުމެވެން ހުރި ދޮރަށް އަވަސްއަވަހަށް ބަލައިލެވުނެވެ. ހުރި ތަޅުނުލައެވެ. ހސްކަމާއިއެކު އަވަހަށް ގޮސް އެދޮރު ތަޅުލިއެވެ. އެނދުގައި ހަމަޖެހިލުމަށްފަހު އަތުގައި އޮތް ރަތްފިނިފެންމަލަށް ބަލާލިއެވެ. ކުޑައިރުކޮޅެއްފަހުން ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ޒާޔާ ދޮރާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެއްވެސް މީހަކު އެއްޗެކޭ ބުނޭތޯއެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލަމުން އެމީހަކު ޒާޔާގެ ނަމުން ގޮވާލިއެވެ. ޒާޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެއީ ގޭގައި އުޅޭ ކުއްޖެއްކަން  ޔަގީންވުމުން ގޮސް ދޮރު ހުޅުވާލިއެވެ.

ދޮރު ހުޅުވާލުމާއިއެކު އޭނައަށް ހައިރާންކަން ލިބުނެވެ. އެކުއްޖާގެ އަތުގައި އޮތީ ހުދުކުލައިގެ ބޮޑު ފިނިފެންމާ ބޮނޑިއެކެވެ. އެއީ ކާކު ދިން އެއްޗެއްތޯ އެކުއްޖާކުރެން ޒާޔާ ސުވާލުކޮށްލިއެވެ. ނަމަވެސް އެކުއްޖާބުނީ ކާކުކަމެއް ނޭނގޭ ކަމަށެވެ. ގޭގެ ބެލް ޖަހާ އަޑު އިވިފައި ހުޅުވަން ދިޔައިރު އެއްވެސް މީހަކު ފެންނަން ނެތްކަމަށާއި ދޮރުމަތީ އޮތީ މާބޮނޑިއެއްކަމަށް ބުންޏެވެ. އަދި މާބޮނޑިގައި އިން ކުޑަ ކާޑުގައި “ޒާޔާއަށް” މިހެން ލިޔެފައި އޮތުމުން ޒާޔާއަށް ގެނެސްދިނީކަމަށް ބުންޏެވެ. ޒާޔާގެ ހައިރާންކަންވީ އިތުރެވެ. ހަމަގައިމުވެސް އެމީހަކީ ޒާޔާ އެނގޭ މީހެއްކަން އޭނައަށް އެނގުނެވެ. އެންމެ ރަނގަޅުކަމަށްބުނެ ޒާޔާ މާބޮނޑި ހިފައިގެން އެތެރެއަށް ވަނެވެ. ރަތް ކުލައިގެ އެންމެ މަލެކެވެ. ހުދުކުލައިގެ ބޮޑު މާބޮނޑިއެކެވެ. އޭނަގެ އެންމެ ފޭވަރިޓްއަކީ ހުދުކުލައިގެ ފިނިފެންމަލެވެ. އެވެސް އެމީހަކަށް އެނގެއެވެ. މާބޮޑިގެ އެއްކައިރީގައި އިން ކާޑު ނަގާ ޒާޔާ ބަލާލިއެވެ.

     “ޓެރަސް 11:30، ހޮޕް ޓް ސީޔޫ ދެއަރ ކޮކްރަޗް” ގަނޑުކޮޅު ކިޔާލުމަށްފަހު ޒާޔާގާތަށް ހިނި އައެވެ. އެއީ ރާއިންގެ ސަކަރާތެއްކަން އެނގުނީމައެވެ. “ކޮކްރަޗް” އެއީ ރާއިން އޭނަ ރުޅިއެރުވުމަށް ކިޔާނަމެކެވެ. ނަމަވެސް ރާއިން ގޭގެ އެންމެންނާއި އެއްކޮން ރިސޯޓަށް ދިޔަކަން ހަނދާންވެފައި އަނެއްކާވެސް ވިސްނާލިއެވެ. ފޯނު ނަގާ ރާއިންގެ ނަންބަރަށް ގުޅާލިއެވެ. ޒާޔާގެ ހާސްކަން އިތުރުވިއެވެ. ވާނީވެސް އެހެންނެވެ. ރާއިންގެ ފޯނު އޮތީ ނިވާލާފައެވެ. އޭނަ އެކަނި ގޭގައި އުޅޭނެތީ ގޭގައި ގެންގުޅޭ ކުއްޖެއް ލައްވާ ރާއިން ކުރި ސަމާސާއެއްކަމަށް ނިންމާ އިތުރަށް ނުވިސްނުމަށް ޒާޔާ ނިންމިއެވެ. އަދި މާބޮނޑި މޭޒުމަތީ ބޭއްވުމަށްފަހު ފާހާނައަށް ވަދެ ގައި ދޮވެލައިގެން ނިދަން ތައްޔާރުވިއެވެ.

ނިދަންއޮތް ކަމުގައިވިނަމަވެސް ޒާޔާގެ ލޮލަށް ނިންޖެއް ނައެވެ. 11 ގަޑި ބައިވާން ކައިރިވިއިރުވެސް އޭނައަކަށް ނުނިދުނެވެ. 11 ގަޑި ބައިވެ ފަސް މިނެޓު ހިނގިތަނާ އޭނަގެ ފޯނަށް މެސެޖެއް އައެވެ. “އެމް ވެއިޓިންގ” ރާއިންގެ ނަންބަރުން ފޮނުވާފައިވާ މެސެޖެކެވެ. ރާއިން އެއުޅެނީ މޮޔަވެގެންބާއޭ ހިތަށް އަރަމުން ކޮޓަރިން ދާން ހިނގައިގަތެވެ. ނަމަވެސް ހުރެވުނީ ނިދާހެދުމުގައިކަން ހަނދާންވެ އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލުމަށްފަހު އެއްޗެހި ބަދަލުކޮށްލިއެވެ. ޖިންސަކާއި ޓީޝާޓެއްލުމަށްފަހު އިސްތަށިގަނޑުގައި ކުޑަކޮށް ފުނާއަޅާލާފައި ފޯނުބަލާލީ އިތުރު މެސެޖެއް އައުމުންނެވެ. “ސްޓިލް ވެއިޓިންގ” ރާއިންގެ ދެވަނަ މެސެޖެވެ. ޒާޔާގެ ގާތަށް ހިނިވެސް އައެވެ. އަދި ޓެރަސް އަށް ދިއުމަށް ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ހިނިތުން… 1 ވަނަ ބައި

Next

ކަޝްފު 6

Next
February 15, 2015

ކަޝްފު 6

Previews
February 15, 2015

ހިނިތުން… 1 ވަނަ ބައި

9 Comments!

  1. sal says:
    February 15, 2015 at 8:26 pm

    Reethi

  2. nash says:
    February 15, 2015 at 8:27 pm

    avahaha update kurachey… varah kiyaahithun mihir…..
    BTWvarah salhi vaahaka

  3. faai says:
    February 15, 2015 at 9:54 pm

    Lwbi… 🙂

  4. saf says:
    February 15, 2015 at 10:00 pm

    Vara reethi ….waiting for next…

  5. ummi says:
    February 15, 2015 at 10:44 pm

    v reethi mi baii vrs waiting for the next part…

  6. Haf says:
    February 15, 2015 at 11:19 pm

    Alhey haadha reehchey… Avahah up kohdheeba

  7. yaal says:
    February 16, 2015 at 1:27 pm

    hama kiyaahithun kei madhuvany…

  8. een says:
    February 18, 2015 at 10:39 am

    v loabi. avahah next part up kohdhehcheyyy

  9. sikey says:
    February 18, 2015 at 2:53 pm

    eyyy salhiyey….. thi vaahaka liyunu meehakavess ma salaaaaaaaaaaaaaaaaaaaam……………. nala story eh………

Comments are closed.

Next Episodeއިންތިޒާރު 9←


All Right Reserved!