Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޝްފު 5

zaisha Level 210 Stories
February 13, 2015 4 Mins Read
10 Comments

ދޮރު ހުޅުވާލާފައި އެތެރެއަށް ނަޒަރު ހިންގައިލިތަނާ ޖީލާގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ގައިގެ ހުރިހާ ނާރުތަކެއް އައްސިވިހެން ހީވިއިރު އެ ބޮޑު ދެލޮލުން ކަރުނަ ވިދައެވެ. މިޝަލް އާއި ދިމްނާ އޮތް ގޮތް ފެނީ ޖީލާގެ ހެއަށް ގޮތް ނުވީ ކިރިޔާއެވެ.

އަތެއްފައެއް ހިރުވާލަންވެސް ނޭނގި އޮތް މިޝަލްގެ ކުރިމަތީގައި މިހިރީ އޭނާގެ ވާން އުޅޭ އަލަތު އަނބިމީހާއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިއެއްކަމު ދޫ ހަރަކާތެއް ނުކުރިއެވެ.

“މިޝަލް” ކުއްލިއަކަށް އިވުނު އަޑުން ސިހިފައި މިޝަލް ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު ޖީލާ ދާދި ކައިރީގައި އޭނާ ގާތުގައި ހެވިފައި ހުއްޓެވެ. މިޝަލްއަށް ހަމަ ބިމަށް އާދެވުނީ އަދިކިރިޔާއެވެ. ކުރެވުނު ޚިޔާލެއްކަން އެނގުމުން ހިތަށް ފިނިކަމެއް ލިބުނު ނަމަވެސް އެކަން ހަޤީޤަތަކަށް ވެއްޖެނަމަ ވާނެގޮތް ހިތަށް ގެނުވާކަށް ބޭނުމެއްނުވިއެވެ. މޫނު މައްޗަށް މަސްނޫއީ ހިނިތުން ވުމެއް ގެނުވަމުން ނުތަނަވަސްކަން ފޮރުވާލިއެވެ.

“ކޮބާ އެންމެން؟؟ އެއްވެސް މީހަކު ފެންނާކަށް ނެތް.” ކައިރީގައި ހުރި ގޮނޑި ދަމާލުމަށް ފަހު އިޝީން ނަމުން ޖީލާ ވާހަކަ ދެއްކިއެވެ. “ޝަޒިން އެބައުޅޭ ކޮޓަރީގައި މަންމަ ވީ މަތީގައި. ދޫނި ތިޔައީ އަދި އަހަރެން ހޯދާކަށް ނޫންދޯ. ދެރަވެއްޖެ.” އެއްފަރާތަށް ބޯ އަރި ކޮށްލަމުން މިޝަލް ބުނެލެއެވެ. އެރީތި ބޯ ހޭވިފައި ހުރި އިރުވެސް ނިކަން ރީއްޗެވެ.

“ދެން އެއްކަލަ މިޝަލް. އުމުރު ދުވަހުވެސް ދެން އުޅޭނީ މިޝަލްއާއި އެކީ އެއްނުން. ސޯ ޑޯންޓް ވޮރީ. އޭރުން ތިނޫން މީހެއް ނޫނީ ނުހޯދާނަން” ޖީލާ އެނާގެ ރީތި ހިނުތުންވުން ފާޅުކޮށްލަމުން ބުނެލިއެވެ.

“ހޭއި. އާދެ އަވަހަށް.” ކޮޓަރިން ނިކުމެގެން އައި ޝަޒިން ޖީލާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަދެ ގެއްލުނެވެ.

ރަށުގެ ސްކޫލްތެރެ އަލި ކޮށްލެވިފައި ވަނީ ކުދި ބޮކިތަކަކުންނެވެ. އެކި މޭޒުތަކުގެ މެދުގައި ބަހައްޓާފައިވާ މާ ކޯޅިތަކުގެ މީރުވަސް މުޅި ތަނުގައި ހިފާލާފައި ވާއިރު އިވެމުންދިޔައީ ހިއްގައިމު ރާގެކެވެ. ކުރިމަތީގައި ހުރި ތަން ހާއްސަ ކުރެވިފައި ވަނީ އަލަތު ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދެމަފިރިންނަށްށެވެ. ހަރުކުރެވިފައިވާ އުއްބައްތި ތަކުން ކައިރީގައި ތިބި ދެމަފިރިންގެ ހިޔަނި ފަހަތުގައި ހުރި ފާރަށް އެޅިފައިވެއެވެ. “އަނބި ޤަބޫލުކޮށްފިން” މިޝަލް ގެ ދުލުން އެ ބުނެލި ބަހާއި އެކީ ޖީލާ މުޅި އުމުރަށް މިޝަލްގެ ހައްޤަކަށްވީއެވެ.

ހުދުކުލައިގެ ބޮޑުހެދުމެއްގައި ހުރި ޖީލާގެ މޫނުމަތިން ފެންނަމުން ދަނީ އުފާވެރިކަމެވެ. ވިހުރާލެވިފައިވާ ފަން އިސްތަށިގަނޑު ވަޔާއި ވިހުރިލާއިރު ވަރަށްވެސް ފުރިހަމައެވެ. ކައިރީގައި ހުދު ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސޫޓެއް ލައިގެން ހުރި މިޝަލް މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމެވެ. ރީތި ގޮތަކަށް ތުނބުޅި ހަދާލާފައިވާއިރު އެރީތިކަމަށް ތަޢުރީފް ނުކުރާނެ މީހެއް މިތާގައި ނުވާނެއެވެ. ޖީލާގެ އަތް ލެވިފައިވަނީ ކައިރީގައި ހުރި މިޝަލްގެ އަތުގެ ތެރެއަށްށެވެ. ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން އައީއެވެ.

ޕާޓީފެށިގެން ކުރިއަށްދެއެވެ. ރަށުގެ ގިނަ ބަޔަކު ހާޒިރުވެފައިވާ މި ޕާޓީ ވަރަށްވެސް ފުރިހައެވެ. ތަންކޮޅެއް ދުރުގައި ހުރި ގަހެއްކައިރީގައި ލެނގިލައިގެން ސިނގިރޭޓެއް ބޯންހުރި ދާނިޝްގެ ނަޒަރު ހުއްޓިފައި ހުރީ މޭޒެއްކައިރީގައި ކޮޅަށް ހުރި ޝަޒިންއަށްށެވެ.

 ހުދުކުލައިގެ ދިގު ހެދުމެއް ލައިގެން ހުރިއިރު އެދޮން އަތް ވަނީ ހާމައަށްށެވެ. މައްޗަށް އައްސާލެވިފައިވާ އިސްތަށިގަނޑުގައި ހުދު ކުލައިގެ އޯކިޑް މަލެއް ހަރުކޮށްލާފައިވާއިރު މޫނުގެ އެއްފަރާތަށް ވައްޓާލެވިފައިވާ އިސްތަށިކޮޅާއި އެ ހިމަ ލޯލި އިނގިލަތަކުން ކުޅެމުން ދެއެވެ. އެހެން ނޫނީ މޭކަޕެއް ނުކުރާ މޫނުމަތި މިރޭވަނީ މޭކަޕުކޮށް ފުރިހަމަ ކޮށްލެވިފައިވާއިރު ތުންފަތުގައި ޖައްސާފައިވާ ރަތްކުލައިން އޭނާގެ ރީތިކަން އެތަށް ގުނައެއް އިތުރުކޮށްދެއެވެ.

އަތުގައި އޮތް ސިނގިރޭޓު އެއްލާލުމަށް ފަހު ޝަޒިންއާއި ދިމާއަށް ދާނިޝް މިސްރާބު ޖެހިއެވެ.

“ހޭއި. ކީއްވެ މިތާ އެކަނި ތިހިރީ. ބަލަ އެކޮޅުގައޭ އެންމެން އެތިބީ.” ދާނިޝް ޝަޒިން އާއި އަރާހަމަ ކުރަމުން ބުނެލިއެވެ. ދާނިޝް ހުރީ އެހެއް ނޫނިއްޔާ ނުލާ ގަމީހެއް ލާފައިވެ. އަބަދުވެސް ޓީޝާޓާއި ސޯޓު ލައިގެން އުޅޭމީހަކު މިރޭ ގަމީހައާއި ފަޓުލޫނެއްގައި ހުރުމުން އެ ފިރިހެއްވަންތަކަން އިތުރު ކޮށްދެއެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރި ދާނިޝްއާއި ދިމާއަށް ޝަޒިން ބަލައިލިއެވެ. އާއެކެވެ. އޭނާގެ ކުޑަބަވެސް ހާދަހާވާ ރީއްޗޭ ޝަޒިންގެ ހިތަށް އެރިއެވެ.

“ފޫހިދެން. އަޅުގަނޑުވީ ޕާޓީ ނިމެންދެން މިގޮތަށް ތަންތަނަށް ހިނގާލަ ހިނގާލާ ހުންނަން.” ފޫހި ރާގެއްގައި ޝަޒިން ބުނެލިއެވެ.

“ހިނގާ ދުއްވާލަން ދާން. ޕާޓީ ނިމެންވާއިރަށް އަންނާނީ. އަނެއްކާ މިރޭ އޭނީ ފުލް މޫނެއް. ސަޅިވާނެ” ދާނިޝް މިހެން ބުނެ ޝަޒިންގެ އަތުގައި ހިފައި ދާން ހިނގައިގަތެވެ. “ނޫން. މަންމަ ރުޅިއަންނާނެ ދެން ޕާޓީދޫކޮށްލާފައި ދިޔައީމަ” ޝަޒިން ކުޑަކޮން ފަހަތަށްޖެހިލަމުން ދާނިޝްގެ އަތްނައްޓުވަން މަސައްކަތް ކުރިއެވެ

“މޮމްއަކަށް ނޭނގޭނެ. އޭގެ ކުރިން އަންނާނީއޭ” މިހެންބުނެ ދާނިޝް ކުރިއަށް ހިގަގަތުމުން ޝަޒިންވެސް އެނާގެ ފަހަތުން ހިނގައިގަތެވެ.

ޖެހެމުންދިޔަ ފިނި ވައިރޯޅިން ޝަޒިން ކުޑަކޮން ހީކަރުވަމުން ދިޔައެވެ. ސައިކަލު ކުރީގައި އިން ދާނިޝްގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އިން ޝަޒިންގެ ނަޒަރު ހުއްޓީފައިވަނީ ވަށައިގެންވާ މާހައުލަށްށެވެ. އުޑުމަތީގައި ހުރި ތަރިތައް ވިދަމުން ދިޔައިރު ބޮޑުވެފައިވާ ހަނދުގެ އަލިކަމުން ވަނީ މުޅިފަޒާ އަލިކުރުވާފައެވެ.

ދާނިޝް ސައިކަލު ހުއްޓާލީ ތުނޑީކޮޅަށެވެ. “ކީއްވެތަ މިތަނަށް ތިޔައައީ؟ ބަޓް ވަރަސް ރީތި މިގަޑީގަ މިތަން ދޯ. ވާއޮ” ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ދާނިޝް އަދިވެސް އެއްޗެކޭ ނުބުނުމުން ޝަޒިން ދާނިޝްގެ ކޮނޑުގައި ހިފާލިއެވެ. “ކުޑަބޭ. ކީއްވެތަ އެއްޗެކޭ ނުބުނެ ތިއިނީ. މިތަނަށް ކީއްކުރަންހޭ މިއައީ.” ދާނިޝް މަޑުމަޑުން ފަސްއެނބުރި ޝާޒިންއަށް ބަލައިލިއެވެ.

ކުއްލިއަކަށް ދާނިޝް ކޮށްލިކަމަކުން ޝަޒިންގެ ނޭވާ ތާށިވެ ހިތުގެ ތެޅުން އަވަސް ވިއެވެ. ޝަޒިން ތެޅެގަނެ ދާނިޝްގެ ކޮނޑުގައި ހިފާއި ކޮއްޕާލިއެވެ. އޭރު މުޅިމީހާ ބިރުން ތުރުތުރު އަޅަނީއެވެ. ދެލޯބޮޑުވެފައި ހުރިއިރު އެއްއަތުން އޭނަގެ އަނގަމަތީގައި އަތްއަޅައިގެން ހުރެ ޝަޒިން އަވަހަށް ސައިކަލުން ފޭބިއެވެ. އޭރު ދާނިޝްވެސް ސައިކަލުން ފައިބާ ޝަޒިންއާއި ދިމާއަށް ހިނގަން ފެށިއެވެ. މަޑު ފިޔަވަޅުތަކެއް ފަހަތަށް އަޅަމުން ދިޔަ ޝަޒިން އެނބުރި ދުއްވައިގަން ތަނާ ކުއްލިއަކަށް ބުރަކައްޓަށް ތޫނު ތަދެއް އެރިއެވެ. އެނެއްކާވެސް ދެވަނަ ފަހަރަ އެތޫނު ތަދު އިހުސާސްވިއެވެ. ވީ ތަދުން ޝަޒިން ހުރި ގޮތަށް ބިންމައްޗަށް ތިރިވިއެވެ.

ފަހަތުގައި ހުރި ދާނިޝްގެ އަތުގައި އޮތް ކަޓަރުގައި ލޭ ހުރިތަން ފެނުމުން ޝަޒިންއަށް ވީގޮތް ރޭކާލިއެވެ. އޭރު އެނާ ލައިގެން ހުރި ހުދުހެދުމުގެ ފަހަތް ރަތްކުލައިން ފޭދެމުން ދިޔައިރު ހޯސްލާފައި ލޭތައް ފައިބަމުން ދާ ކަމުގެ އިހުސާސް ޝަޒިންއަށް ކުރެވެމުން ދިޔައެވެ.

ދާނިޝް ތިރިވެ ޝަޒިންލައިގެން ހުރި ހެދުމުގެ ކޮނޑުގައި ހިފައިދަމައި ގަތުމާއި އެކީ އެތަން ވީދިގެންގޮސް މޭމަތިން ބޮޑުބައެއް ހާމަވެގެން ދިޔައެވެ. ޝަޒިންގެ ލޮލުން ކަރުނަ މެދު ނުކެނޑި އޮހޮރެމުން ދިޔައެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެއްކުރަމުން ސަލާމަތް ވުމަށްޓަކައި ކުރެވުނުހާ މަސައްކަތެއް ކުރަމުންދިޔައެވެ. އަތުން ވެލިނެގުމަށް ދާނިޝްގެ މޫނުމައްޗަށް ޖެހުމަށްފަހު ހިއްވަރުކޮށް ތެދުވެގެން މޫދާއި ދިމާއަށް ޝަޒިން ދުވަންފެށިއެވެ.

ދާނިޝް މޫނަމައްޗަށް ޖެހި ވެލި ފޮޅަމުން ބާރުމިނުގައި ޝަޒިންގެ ފަހަތުން ދުވަމުން އާދެއެވެ. ރާޅުޖަހާ ހިސާބަށް ދެވުނުތަނާ ޝަޒިން އޭނާގެ ގައިން ވަރުދޫވެގެން ވެލިގަނޑު މައްޗަށް ވެއްޓުނެވެ. އޭރުވެސް އޭނާ ފިރުކެމުން ކުރިއަށް ދިޔައިރު އެދޮންވެލިގަނޑުގައި ލޭ ހޭކެމުން ދިޔައެވެ.

ވެރިވެފައިވާ ހަނދުވަރުގެ އަލިކަމުގެ ތެރެއިން ޝަޒިންއަށް ހިޔަންޏެއް ވެލިގަނޑުމަތިން ފާޅުވުމުން ފަސް އެނބުރި ބަލާލިއެވެ. އޭރު ދާނިޝް އޭނާގެ ގަމީހުގެ ގޮއްތަށް ނައްޓަމުން ދިޔައެވެ. އެގަމީހުގައިވެސް ހޭކިފައިވަނީ ޝަޒިންގެ ލެއެވެ. ކުއްލިއަކަށް ދާނިޝް ތިރިވެ ޝަޒިންގެ ހެދުމުގެ ފަސްބައި އިރާލުމަށްފަހު ކަޓަރު އެޅުމުން ވީދައިގެން ދިޔަ ހެދުމުގެ ބުރަކީށިގެބައި ވީދާއެއްކޮން ނައްޓާލިއެވެ. އޭރު ޝަޒިން ސަލާމަތަށް އެދި ހަޅޭލަވާ އާދޭސްކުރަމުން ދިޔައެވެ. މީހަކަށް އަޑޫނީވޭނެކަން އެނގި ހުރެވެސް ކަރުގައި ލޭރަހަލަމުން ދިޔައިރުވެސް އެ ހަޅޭކުގެ އަޑު އިވެމުން ދެއެވެ.

“ކުޑަބޭ ހެޔޮނުވާނެ ތިހެން ނަހަދާ. މީ ކުޑަބެގެ ކޮއްކޮއޭ އަޅެ” އޮހޮރެމުން ދިޔަ ކަރުނަތަށް ވެލިގަނޑުތެރެއަށް ފޭދެމުން ދެއެވެ. ދާނިޝް ޝަޒިން އޭނާގެ ކުރިމައްޗަށް އަނބުރާލިއެވެ. އޭރު ޝަޒިންގެ އިސްތަށިގަނޑުހޭވި ތުންފަތުގައި ހުރި ރަތްކުލަ ވެސް ވަނީ އަނގަމަތީގައި ހޭކިފައެވެ. “ކުޑަބޭނޫން! މީ ކުޑަބެގެ ކޮއްކޮއޭ! އާދެސްކޮށްފަ މިބުނީ” ޝަޒިން ހުއްޓާނުލާ ކިޔަނީ އެކައްޗެކެވެ. ނަމަވެސް ދާނިޝްގެ މޫނުމަތިން ރަހުމުގެ ކަންފުޅެއްވެސް ފެންނާކަށްނެތެވެ.ކުއްލިއަކަށް ޝަޒިންގެ ހަޅޭކުގެ އަޑު މުޅި ފަޒާގައި ގުގުމައިގެންދިޔައެވެ.

 ޝަޒިންގެ ގައިމަތީގައި އޮތް ދާނިޝް އިސްއުފުލާފައި ޝަޒިންއާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އެ ދުލުން ބޭރުވީ އެންމެ ބަހެކެވެ. “ސޮރީ” ކޮންފަދަ ރަހުމެއް ނެތް އިންސާނެއްހެއްޔެވެ. ކުރިމަތީގައި ލެއިން ފޯވެފައި އެވަނީ އޭނާގެ އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ދާނިޝް ތެދުވެ ގައިން ވެލި ފޮޅާލުމަށްފަހު ސައިކަލާއި ދިމާއަށް މިސްރާބުޖެހިއެވެ. ދެން އިވުނީ ސައިކަލު ދުއްވާލިއަޑެވެ.

 ވެލިގަނޑުމަތީގައި އޮތް ޝަޒިންގެ ރަތްވެފައިވާ ދެލޮލުން ހުއްޓުމެއްނެތި އޮހޮރެމުންދަނީ ކަރުނައެވެ. ލައިގެން ހުރި ހުދު ހެދުން ލެއިން ފޭދިފައިވާއިރު އެދޮންވެލިގަނޑު ބަބުޅަމުން ދަނީ ރަތްލެއިންނެވެ. އިސްތަށިގަނޑުގައި ހަރުކޮށްފައި އިން ހުދުކުލައިގެ އޯކިޑްމާވެސް ދުރުގައިން ލެއިން ފެވިފައި އޮތެވެ. އެތާގައި ހިނގާދިޔަ އެއްވެސް ކަމެއް ދިރިހުރި ފުރާނައަކަށް ނޭނގެއެވެ. ބީއްސަމުން ދިޔަ ރާޅުތަކުން ދޮންވެލިގަނޑުމަތީގައި ހުރި ލޭތައް ފޭދެމުން ދިޔައިރު ހިނގާދިޔަ އެ ހާދިސާވެސް ލޯތަކަށް ސިއްރުވެގެން ދިޔައީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

އިންތިޒާރު 7

Next

ހިނިތުން… 1 ވަނަ ބައި

Next
February 15, 2015

ހިނިތުން… 1 ވަނަ ބައި

Previews
February 13, 2015

އިންތިޒާރު 7

10 Comments!

  1. sal says:
    February 13, 2015 at 4:33 pm

    Alhey. Konfadha nubai beybe eh

  2. athoo. says:
    February 13, 2015 at 6:39 pm

    sifa koh dhinun hiygaimu.

  3. zaisha says:
    February 13, 2015 at 8:57 pm

    thankx athoo. i’m have been waiting for ur comment 🙂

  4. nathu says:
    February 13, 2015 at 9:48 pm

    konme mahehge 13th ga update vaa vahaka eh tha mee???

  5. minte says:
    February 13, 2015 at 9:59 pm

    Zaisha please avahah upp koh dheebala hama hit falhaigen nudhiya we kiriyaa ! Kithanmehaa ves furihama!alhey bunaane echeh ves neygey zaisha vaahaka liyanee kihineh??

  6. pwincex says:
    February 13, 2015 at 10:43 pm

    v rythi kn kahala beybe eh heyoh vaaneh thr ehn hadhan kiriyaa nuroh vuny mi part kiyaafa ehaa vx furihama waitin for da next part… avahah up kohdhehchey.. 😀

  7. zaisha says:
    February 13, 2015 at 11:04 pm

    thank u so much for ur support. aslu v gothaki zai aki a level student eh so school feshuni ma up nukurevuni. will try to update as soon as i write them. luv ya 🙂

  8. pwincex says:
    February 14, 2015 at 12:26 am

    Ur mst wlcm zai…. Gd nyt…:-D:-D

  9. aii says:
    February 14, 2015 at 8:38 am

    Garunakun ehfaharu up kurany..story ga vi.nuvi eh neygigen aneka kuri bai kiyan mijehuny

  10. zull says:
    February 14, 2015 at 9:54 am

    Zaisha akee real nametha hama

Comments are closed.

Next Episodeކަޝްފު 6←


All Right Reserved!