Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފޮނި ފާރޮށި 6

afnaarj Level 2100 Login10 Stories100 Comments
May 3, 2020 7 Mins Read
22 Comments

ނިދީގައި ކަންކަން ކުރެވުމަކީ، ދެ މަހުން އެއް މަހު ކަހަލަ ގޮތަކަށް އޭނާއަށް ކުރެވޭ ކަމެއްކަން އީމާއަށް ވަނީ ސާބިތުވެފައެވެ. އެނދުމަތީ ނިދާ މީހާ ބަދިގޭގައި އޮއްވާވެސް ހޭލެވެއެވެ. އެއްފަހަރު އޮފީހުގެ ބޯޑް މެންބަރަކަށް ގުޅައިގެން ދަރިފުޅަށް ދެނީ ކޮންކަހަލަ ނެސްޓަމެއްތޯވެސް އެހުނެވެ. އަނެއް ދުވަހު އެ ދައްތަ އެ ވާހަކަ ހީހީފައި ދެއްކުމުން ގަތް ލަދުން ކުންފުނި ބަންދުކޮށްފައި ވެމްކޯއަށް ވަންނަންވެސް އީމާގެ ހިތަށްއެރިއެވެ. ހަޤީޤަތް ސާފުކޮށް ކިޔައިދިނުމުން ސަމާސާކޮށްލާފައި އެ ދައްތަ އެކަމާ މާ ބޮޑަށް އަޅާނުލިކަން އީމާގެ ނަޞީބެވެ.

ކޮޅަށް ތެދުވެފައި ކަރުކެހެލި އީމާ އެ ނުދަންނަ ނަންބަރަށް ގުޅައިލިއެވެ. ވަރަށް ގިނައިރު ރިންގުވެފައި ޖަވާބެއް ލިބުނުއިރު އިވުނީ ނިދިމޮޅި ކުރަކި އަޑެކެވެ.

***********************************

“އޯއި.” އެކޮޅުން ބުނެލި އަޑު އިވުނެވެ. ދަންނަ އަޑެކޭ އެންމެ ފުރަތަމަވެސް އީމާ ހިތަށް އެރިއެވެ.

“އަމް… ރޭގަ ތި ނަންބަރަށް ގުޅުނު ދޯ މަށަށް.” ތަންކޮޅެއް މަޑުމަޑުން އީމާ އަހާލީ ލިބޭނެ ޖަވާބަކާ މެދު ވިސްނަން ނުކުޅެދިފައި އިން ހާލުގައެވެ. ފޯނުގެ އަނެއްކޮޅުގައި ރަޖާގަނޑު ދަށަށް ބޮނޑިވެ އޮތް ނައިއަލް އެއްލޯ ހުޅުވާލަމުން ސްކްރީނަށް ބަލައިލިއެވެ.

“އޯހް… ޖައިނޯމަސް ބަަފަލޯ. ދެލޯފުޅާ…” އީމާއަށް އޭނާ ހަރުކުރި ނަމުން ގޮވާލަމުން ނައިއަލް އާފުރުލީ މި އަންހެނާއާއި ހެދި ނިދެނީކީވެސް ނޫނޭ ހިތާހިތުން ގޮވަމުންނެވެ. އީމާގެ ދެލޯ ބޮޑުވިއެވެ. އަނެއްކާވެސް މި ސޮރުގެ ކުޅިގަނޑެއް ފެށުނީތާއެވެ. އަދި މިއުޅެނީ ހޮސްޕިޓަލު ކުޅިގަނޑު ނިމުނުތާ ސާޅީސް އަށްގަޑިއިރު ކިރިޔާ ހަމަވެގެންނެވެ.

“ހޫނ… މީނަ ދޯ.” އީމާ އިތުރަށް ހާސްވާގޮތްވީ އޭނާއަށްވުރެ ދަށު ދަރަޖައިގެ މީހެއް ކަމަށް ދެކުވުނު އިންސިއެއްގެ ކުރިމަތީ އޭނާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެވުނީބާއޭ ހިތާއެވެ.

“އާނ، ރޭގަ ގުޅި. މަ އޮތިން އަޑުއަހަން ބަފަލޯ ކީ ހުރިހާ އެއްޗެއް.” ނިދިގަނޑު ފިލައިގެންގޮސް އީމާއާއި ބެހިލުމުގެ ޢަޒުމުގައި ނައިއަލް އެނދުގެ ފަޑީގައި ބުރަކަށި ޖައްސައިލައި ހަމަޖެހިލިއެވެ.

“އެ…އަ…މަށަށް ކީކޭ ކިޔުނީ؟…” ނިތްކުރިން ހިއްލައިލި ދާތިކިތައް އަތުގެ ނުފުށުން ފޮހެލި އީމާ އިނީ ވަރަށް ހާސްވެފައެވެ. ދިހަ އަހަރު ފަހުން ބައްދަލުވިއިރު ނައިއަލްގެ މިޒާޖުގައި ބަދަލުތަކެއް ހުރިކަން އޭނާއަށް ފުރަތަމަ ބައްދަލުވުމުންވެސް ފާހަގަވިއެވެ. ނެސްޓަމްގެ ބްރޭންޑް އެހުނު ބޯޑް މެންބަރު ދައްތަހާ މީނަގެ ހިތް ދީލަތި ވާނެކަމުގެ ޔަޤީންކަމެއް ނެތެވެ.

“ކިޔުނު އެއްޗެއްވެސް ހަނދާނެއް ނެތްތަ؟” ނައިއަލް ހައިރާންވެފައި އަހައިލިއެވެ. މީ ކާފަރުންގެ ލޯބީގެ ޑްރާމާއެއްގެ ބަޠަލާއަކަށް، ރާ ބޮއެގެން ނުބައި މީހަކަށް ގުޅިފައި ކޮންމެވެސް އަނގައެއް ތެޅިފައި، އަނެއް ދުވަހު ހޭލާއިރު ކިޔުނު އެއްޗެއް މުޅިން ހަނދާންނެތިފައި ހުރި ކަހަލަ ސީންއެއްބާއޭވެސް ހިތަށްއެރިއެވެ.

“އަސްލު ގުޅުނީ…ނި…ނި…ނިދީގަ…” އީމާގެ ޖުމުލައިގެ ފަހު ބަސް ބުނިލެއް މަޑުކަމުން ސާފުނުވެގެން ނައިއަލް އަނެއް ކަންފަތަށް ފޯނު ބަދަލުކޮށްލީ ކަނާތު ކަންފަތުގައި މައްސަލައެއްޖެހުނީ ކަމަށް ހީކޮށެވެ.

“އޭނ؟” ތަކުރާރުކުރުމަށް އެދި ނައިއަލް ގޮވައިލިއެވެ.

“ނިދީގައޭ ގުޅުނީ! އެހެންވެ ކިޔުނު އެއްޗެއް ހަނދާނެއް ނެތޭ!” އީމާ ހަޅޭއްލަވައިގަތެވެ. ނަމަވެސް އޭނާގެ އަޑުގައި ރުޅިވެރިކަމަށްވުރެ ބޮޑީ ނުތަނަވަސްކަމެއްކަން ނައިއަލްއަށް ފާހަގަވިއެވެ. ނައިއަލްއަށް ވިސްނާލެވުނެވެ. އީމާ ރޭގައި ދެއްކި ވާހަކަތަކުގެ އެއްބައިގައި ވީ ނައިއަލްއަށް ކުރި ‘ތައުރީފު’ ކަމުގައިވި ނަމަވެސް ދެން ދެއްކި ވާހަކަތަކަކީ އީމާގެ ޙަޔާތުގެ ވަރަށް ބަނަ އަދި މާނަފުން ސަފްހާތަކެއްގައި ލިޔެވިފައިވާ ލިޔުންތަކެއް ކަމަށް އޭނާގެ ހަވަނަ ހިއްސު ބުންޏެވެ. ނައިއަލްއަށް މާ ވިސްނުންތޫނު، ހަރުދަނާ ސިކުނޑިއެއް ލިބިފައި ނެތަސް، އޭނާގެ ސަކަ މިޒާޖު ޚިޔާރުކުރީ އެ ބަނަ ވިލާތަށް އެއްފަރާތްކޮށް، މި ގޮތްނޭންގޭ އަންހެންކުއްޖާއަށް ދުވަހުގެ ފެށުން އަލިކޮށްދިނުމެވެ.

“ވަރަށް ފައްކާ ލަވައެއް ކީ. އެ އަޑުއަހަން އޮވެގެން މަށަށް ނިދުނީވެސް. މުޅި އުމުރުގަވެސް އިވުނު އެންމެ ހިތްގައިމު ނާނާ.” ނައިއަލް ހަދާލި ދޮގުން އީމާގެ މޫނު ލަދުން ރަތްއެރުން ނޫންކަމެއް ނުވިއެވެ.

“މިހެން ކީ…” ނައިއަލް ކަރުކެހިލާފައި ލަވަކިޔަން ތައްޔާރުވެލިއެވެ. “ނޫރު ތަކުން މުޅި ކައުނު ވިދާލީ.. ރޭގެ ފަޒާޔާ ޖައްވު ދިއްލާލީ.. ޝާދީގެ ސާދުން ދެ ފުރާނަ ގުޅާލިއްޔޭ ޖަޕާނާ.. ދޭތީ ފޯރީ.. ޗާންދް މިރޭގެ ޝާދީގާނާ.. މި ލޯބި ލޯބި ހަސްތީ.. ބަހާރުގާ ސުހާނާ ދޭތީ ފޯރީ.. ޗާންދް މިރޭގެ ޝާދީގާނާ….. މީރު ސަޔާ، ރަހަ.. މީރު އެ ބުއިންތަށް. މީރު ކުރިމުކޭކަރު ހަދިޔާތަށް.. އަގު މާތްވި ކާނާ ބަނާނާ.. ބަޓަރު ޖެހި ޕާނާ.. ދޭތީ ފޯރީ.. ޗާންދް މިރޭގެ ޝާދީގާނާ…” ނައިއަލް ޖޯޝުން ފުރިގެންވީ ރާގުގައި އީމާ ކީކަމަށް ބުނި ދޮހޮއްކޮބޭގެ ލަވަ ކިޔަމުން ގެންދިޔައިރު އީމާއަށް ނައިއަލް ލޯ މަރައިގެން އިނދެ ބޮޑުބެރު ލަވައަށް ނަށާހެން އަތް ހަލުވަމުންދިޔަތަން ތަސްވީރު ކުރެވެމުންދިޔައެވެ. އީމާ އިނީ ދެލޯ މަރައި ތަގުޅިކޮށްގެންނެވެ. އޭނާގެ ސިކުނޑިއަށް ކޮންމެ ލަފުޒަކުން ތީރު ހެރެމުންދިޔައީ އަމިއްލައަށްވެސް ކިޔުނީ ހަމަ ނައިއަލް އެ ކިޔާހާ ‘ހިތްގައިމުކޮށޭ’ ހިތާއެވެ. މިއީ އޭނާ އަޑުއަހާ އަހާ ހިތުދަސްވެފައިވާ ލަވައެއް ކަމަށްވެފައި، ފެންވަރާގަޑީ ބައެއްފަހަރު ވަރަށް ފޯރީގައި ކިޔާއުޅޭތީ ނިދީގައި އެ ލަވަ ކިޔުނުކަން އަމިއްލައަށް ޤަބޫލުކުރަން ވީ ހައްތަހާ ފަސޭހައެވެ. ލަދުންގޮސް ގައިގައި ހީބިހި ނެގުމުގެ ކުރިން އީމާ ފޯނު ކަނޑާލިއެވެ. އެކަމުގެ ހިލަމެއްނުވެ އިން ނައިއަލް ލަވައިގެ ދުނިޔޭގައި ކުރިއަށް ދިޔައެވެ.

ސައި ހަދާ ނިންމާފައި ނައިއަލްއަށް ގޮވަން ލަތީފާ އަންގާފައި އޮތުމުން ބޮޑު ކައްކާ އައިޝްވަރިޔާ އައިސް ނައިއަލްގެ ކޮޓަރި ދޮރު ކައިރި ހުއްޓިލީ އެ ވަގުތެވެ. އޭނާއަށް އިވުނު ލަވައިގެ ޖާދުވީ ކަމުން ބޮޑުބެރު ލަވައިގެ ނެެށުމެއްހެން ނަށަންފެށީ އިންޑިއާގެ ނެޝުންތަކާވެސް އެކުގައެވެ. ކޮޓަރިތެރޭ ނައިއަލްވެސް ހަމަ އެ ހާލެއްގައެވެ.

“ޗާލުވި ގުމުރީ މުނިޔާ ކޮކާލާ… ނަރުގިސް މަލުގައި އުފަލުން ކުޅެލާ… ހީލާފައި ލޯބިން ފިރުމާލާ… ހިޔާލާ ގުޅުވާލާ… ދޭތީ ފޯރީ….” ފޯނު ކެނޑިފައި އޮތްތަން ފެނުމުން އެނދުމައްޗަށް ހޫރައިލާފައި، އަސަރުގަދަ ކަމާއިއެކު ލަވައިގެ ބައިތަށް ކިޔަމުން ތެދުވެ ނައިއަލް ނަށަން ފެށިއިރު ލައްވަމުންދިޔަ ބަނޑިބަނޑިތަކާއި އެނބުރެމުންދިޔަ އެނބުރުންތަށް ވަނީ އިއްތިފާގަކުން ބޭރުގައި ނަށަމުންދިޔަ އައިޝްވަރިޔާގެ ނެށުންތަކާއި ސީދާ އެއްހަމައެއްގައެވެ. ހީވަނީ ހަމަ ދެ މީހުން އެތައް ހަފްތާއެއްގެ ފަރިތަކުރުންތަކަށް ފަހު އެއް ނެށުމެއް އެކީގައި ނަށާހެނެވެ. ލޭގެ ގުޅުން ނެތްކަމުގައިވިޔަސް ހިތާއި ހިތުގެ ގުޅުމެއް އުފެދިފައިވާކަން ފުރިހަމައަށް ރަމްޒުކޮށްދިނެވެ.

“އައިޝްވަރިޔާ.” ނަށަނަށާ ހުރި އައިޝްވަރިޔާއަށް ފަހަތުން ލަތީފާގެ އަޑު އިވުމުން ކުއްލިއަކަށް ހޭވެރިކަން ވީހެން ނެށުން ހުއްޓައިލައި، ވަރަށް ނޭންގޭކަމަށް ހަދައިފައި ނައިއަލްގެ ދޮރުގައި ޓަކި ޖަހާލިއެވެ.

“ޝާދީ…ގާނާ……” ދެއަތް މައްޗަށް ނަގައި އުނަގަނޑު ވަކިން ތަޅުވަމުން ނިކަން ބަރު އަޑެއްގައި އޮޕްރާ ސްޓައިލަށް ލަވަ ނިންމަން ހުރި ނައިއަލްއަށް ޓަކިޖެހުމުގެ އަޑުން ސިއްސައިގެންދިޔައެވެ. އޭނާއަށްވެސް ހަމަ އައިޝްވަރިޔާއެކޭ އެއްފަދައިން ބޭއިޚްތިޔާރުގައި އަތް ތިރިކޮށްފައި ނޭންގޭކަމަށް ހަދައިލެވުނެވެ. ދުވެފައި ގޮސް ދޮރު ހުޅުވާލެވުނުއިރު ދޮރުމަތީގައި ހުރި އައިޝްވަރިޔާ ފެނިފައި އަނެއްކާ އަޑުއިވުނުބާއޭ ހިތަށްއެރިއެވެ. ނަމަވެސް އެ ދެމެދުގައި ބައްދަލުވި ނަޒަރުން ދެ މީހުންނަށްވެސް ޒާތެއްގެ ގުޅުމެއް އިޙުސާސުވެގެންދިޔައެވެ. ދެ މީހުންގެ މިއުޒިކަށް ކުރާ ލޮއެއްބާއި ނެށުމުގެ ހުނަރުގެ އެއްގޮތްކަމުން ކަންނޭންގެއެވެ. އިއްތިފާގަކުން އެއްވަރަށް ނެށުނުކަން އެކަކު އަނެކަކަށް ނޭންގޭ ނަމަވެސް އެ ދެމެދުގައި ކުރިއަށްވުރެ މަތިވެރި އަޚުވަންތަކަމެއްގެ ހުޅު ރޯވެއްޖެއެވެ.

“ހޭލާ އުޅޭ ވައްތަރު ހުންނަނީ؟” އައިޝްވަރިޔާ ހުރީ ހެނދުނު ހަތެއް ޖެހިއިރު، އެއްވެސް މީހަކު ގޮވުމަކާއި ނުލައި ނައިއަލް ހޭލާ ހުރިތަން ފެނުމުން އަންތަރީސްވެފައެވެ. ސާފު ސީދާ ދިވެހި ބަހުން ވާހަކަ ދައްކަން އިނގޭއިރުވެސް އައިޝްވަރިޔާ ދޭތެރެއަކުން ކުރަފި ދިވެއްސަށް ބަދަލުކޮށްލަނީ ހަމަ ދިވެހިންނަށް ޖެއްސުމަކަށެވެ.

“އާނ. މަ މިހާރު އާރލީ ބާރޑް ވައްތަރު ހުންނަނީ.” ހުސްގަޔާ ހުރެ، ކޮޅަށް ޖަހާލާނެ ގިރުވާނެއް ނެތުމުން ނައިއަލް އޭނާގެ މޭގައި ޖަހައިލިއެވެ. އައިޝްވަރިޔާ ކުރަފި ދިވެހިން ވާހަކަދައްކައިފިއްޔާ ނައިއަލް ވަރުގެ ދިވެއްސަށް ކޮށި މީހަކު ނުހުންނާނެއެވެ. އައިޝްވަރިޔާ މަތީ ތުންފަތް ހިއްލާލާފައި އެއްބުމަ އަރުވާލަމުން ނައިއަލްއަށް ބަލައިލީ، އޭނާ ހަދައިލީ ސާފުޠާހިރު ދޮގެއްކަން އެނގުމުންނެވެ. އައިޝްވަރިޔާ އައީ ސައި ބޯން ގޮވަންކަން އިނގޭތީ، ސައި ބޯން މި ދަނީއޭ ކިޔާފައި ނައިއަލް ދޮރު ލައްޕަައިލިއެވެ.

ބަދިގޭގައި ބިސްގަނޑެއް އަޅަން އުޅުނު އީމާގެ ހާލު ފެނި ކައްކަން އަންނަ ކުއްޖާގެ ހިތަށް ހަމްދަރުދީ ވަނެވެ. އޭނާ ގޮސް އީމާ ގާތުގައި ހުއްޓިލަމުން އެހީއެއް ވެދެންތޯ އެހީ ހިތްހެޔޮ ޖަވާބަކަށް އެދިގެނެއް ނޫނެވެ. އީމާ ކައިރީގައި އުޅޭ މީހެއްވެއްޖެއްޔާ ހުންނާނީ ހިތްހެޔޮ ޖަވާބަކަށް އުންމީދުނުކުރަން އާދަވެފައެވެ.

“ކަލޭމެން ހިތުން އަބަދު ކައްކާއުޅޭ މީހުންނަށް އެކަނިތަ ކެއްކެނީ؟ އަހަރުމެން ބޮޑު ގޮނޑީގައި ދުވާލު ހަތަރުދަމު ތިއްބަސް ކައްކަން ދަންނަމޭ.” ބިސްގަނޑެއް އަޅަން ކުރާ މަސައްކަތް ހަތްވަނަ ފަހަރުވެސް އަނދާއަޅިއަށްވެ ދިޔުމުގެ ރުޅި ތެޔޮފުޅިއަށް ބޭލުމަކުން އީމާއަކަށް ނުފުދުނެވެ.

“ކަންކަން ދަންނަ ވަރު އިނގޭތީއޭ މަ މިއައީ.” ހިތާހިތުން ކައްކާ ކުއްޖާ ބުނެލިއެވެ. އޭނާ ފަސްއެނބުރި ދާން ހިނގައިގަތް ވަގުތު އީމާގެ ބާރު ހަޅޭކުގެ އަޑު އިވުނެވެ. ބިސްގަނޑު ފުށުންޖަހަން ވެގެން ތަވާ ހިއްލައިފައި ބިސްގަނޑު މައްޗަށް އެއްލުނުގޮތުގެ ބާރުގަދަކަމުން ސީލިންގުގައި ޖެހިފައި އައިސް އަނބުރާ ވެއްޓުނީ ތަވާ ތެރެއަށެވެ. އެވަރުންވެސް ފުށުން ނުޖެހެއެވެ. އޮތީ ހަމަ ކުރިންވެސް އޮތް ފުށަށެވެ. ކައްކާ ކުއްޖާއަށް ހިނިގަނޑު ނުހިފެހެއްްޓިގެން ޖެހުނީ ދުވެފައި ބަދިގެއިން ނުކުންނަންށެވެ. އެހާ މީރުކޮށް ފްރައިޑް ރައިސް ކައްކަދިނީމަ އަމިއްލައަކަށް މާ މޮޅުވެގަނެގެން ބިސްގަނޑު އަޅަން އުޅޭތީ ހިތާހިތުން މަލާމަތްކުރަމުން އަޅުގަނޑު ދަނީއޭ ކިޔާފައި އެ ކުއްޖާ ނުކުތެވެ.

“ކިހާ ދެރަކަމެއް!” އީމާގެ ބާރު ހަޅޭކުގެ އަޑު ހަވޭލީގައި ގުގުމާލިއެވެ. އެގޭގައި ދިރިއުޅެމުންދާ މީހަކީ ހަމައެކަނި އޭނާއަށްވުންވެސް އެއީ ނަޞީބެކެވެ. ފަހަތުން ދޮރު ލައްޕައިލި ކައްކާ ކުއްޖާއަށް ހަޅޭކުގެ އެއްބައި އިވުމުން އަވަހަށް ނުކުމެވުނުކަން ރަނގަޅޭ ހިތަށްއެރިއެވެ.

ބައިސްކަލު މަތީ އީމާ އިށީނދެލިއެވެ. ފުންނޭވާއެއް ދޫކޮށްލީ އެ ނޭވާއާއެކު ހިތުގެ ހަމަނުޖެހުންވެސް ފަޒާއަށް އަރައިގެން ދާނެކަމުގެ އުންމީދުގައެވެ. ދެ ދުވަސްކުރީގެ ހާދިސާއިން ބައިސްކަލު ވެއްޓުމުން، ތަނެއް ހަލާކުވެފައި އިންތޯ ބެލިއިރު ނެތް ނަަމަވެސް ފުރޮޅު ހުރީ ވަރަށް ބާވެފައިކަން އީމާއަށް ފާހަގަވިއެވެ. ސްކޫލު ދައުރުންސުރެ އެކުގައިވި ބައިވެރިޔާގެ ގުނަވަނެއް ކިރިޔާވެސް ބާވާތަން ދެކޭކަށް އީމާއަކަށް ކެތެއް ނުވާނެއެވެ. އެހެން ކަމުން ބައިސްކަލު ދުއްވައިލީ އުޅަނދު މަރާމާތުކުރާ ގަރާޖަކާއި ދިމާލަށެވެ.

އީމާގެ ފޯނު ކޯލާއިހެދި މިއަދު ދެ ލޯ ހުޅުވާލެވުނުލެއް އަވަސްކަމާއެވެ. އިތުރަށް ނިދީގެ ތެރެއަށް ފީނުމަށް އެ ދެ ލޯ އެއްބަސް ނުވުމުން ނައިއަލް އެނދުން ތެދުވެގެން ގޮސް ބަދިގެ ތެރޭ އެނބުރެމުންދިޔައެވެ. އައިޝްވަރިޔާ ތައްޔާރުކުރި ޝަވަރުމާވެސް ހުސްވެއްޖެއެވެ. ފްރިޖުގައި ހުރި ކޮންމެ ކާއެއްޗަކުން ސުންކަންވެސް ޖެހިއްޖެއެވެ. އިންޓަވިއުއަށް ދާން އަދި ފަސް ގަޑިއިރު އެބައޮތެވެ. ވައިފައި ކެނޑިފައި ހުރުމުން އިންޓަނެޓަށް ވަދެވޭކަށްވެސް ނެތެވެ. ގޭތެރެ ކިލާވެފައި އޮތްނަމައޭ ހިތަށްއެރި މީ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާގެ ނަޞީބުގައި ކުނިގޮނޑެއް ފަދައިން ކުނި ގިނަވެފައި އޮންނަ ގެއެއް ލެއްވިނަމަ މި ހާލުގައި އުޅޭކަށް ނުޖެހުނީހެވެ. ފިހިގަނޑާއި މޮޕް ހިފައިގެން ދެދަރިންނަށް ހަދައިން މުޅި ގޭތެރެ ކުޑަކުރެވުނު އިރުވެސް ފާޙަނަ ދޮރުމަތީ އޮތް އިސްތަށި ބޮނޑިއަކާއި ސޯފާ ދަށުގައި އޮތް ބޮކްސާރ ފިޔަވާ އިތުރު އެއްޗެއް ނުފެނުނެވެ. އައިޝްވަރިޔާއާއިއެކު ކައްކަން ބޭނުންވެގެން އާދޭސް ކުރެވުނީ ކިތަށް ފަހަރުކަމެއް ނޭނގެއެވެ. ނައިއަލް ބާކީކޮށްލާފައި އައިޝްވަރިޔާ ކައްކަން ދިޔުމުން އޭނާއަށް ނިކަން އަޞަރުކުރިއެވެ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަޔާތުގައި ކުރާނެ ވަކި ކަމެއް އަދި އަދާކުރާނެ ޒިންމާއެއް ނެތި ގޮތްހުސްވެގެން އެނބުރޭ ހަމައެކަނި އިންސިއަކީ ނައިއަލް ބާވައެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވީތީވެސް ވަނީ ހުސް އުފާވެރިކަމެއް ނޫންތާއެވެ.

ދެކޮޅަށް ހިނގާ ހިނގާ ވަރުބަލި ވެގެން ނައިއަލް ދެލޯ މަރާލަމުން ސޯފާގައި ޖައްސާލިއެވެ. އޭނާގެ ހިތަށް އެންމެ ފުރަތަމަވެސް މޫނު ކުޑަ، ގައި ބޮޑު، ކުރު އިސްތަށިގަނޑުގެ ވެރިޔާ ސިފަވެގެން ދިޔައީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

“ބައިސްކަލު!” ދެވަނަ ސިކުންތުގައި އައި ވިސްނުމުން ގެއިން ބޭރަށް ނިކުންނަން ނައިއަލް ދުއްވައިގަތެވެ. ހަލާކުވެފައި އޮތް ލޯބިވާ ބައިސްކަލު މަތިން ހަނދާންވީއެވެ.

އަރަމުންދިޔަ ހޫނު އަވީގައި ބައިސްކަލު ހިފައިގެން ދުވަމުން ދިޔަ ނައިއަލްއަށް އޭނާއަށް މި ކުރެވޭ ބޭކާރު މޮޔަ ކަންތަކާމެދު ހިތާމަކުރެވުނެވެ. ކާރުގައި އާދެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. ހެޔަށް ގޮތްނުވެ ދުވެވުނީ ހަމަ ކިރިޔަ ކިރިޔާއެވެ. ކުރާނެ ކަމެއް ނެތިގެން އުޅުމަށްވުރެ މި ގޮތް މާ ރަނގަޅުދޯއޭ އެހުމުން އޭނާގެ ސިކުނޑި ތެރޭގައި އޮތް ވަޒީރުންގެ ކޮމެޓީއިން އެއްބަސްވިއެވެ. ބައިސްކަލު ހަދާ ގަރާޖާއި ބައިސްކަލު ހަވާލުކޮށްފައި ނައިއަލް ވަރުބަލިކަންމަތީ އިށީނދެލީ މޫދަށް ފޭބޭގޮތަށް އޮތް ފާލަމެއް މަތީގައެވެ. ބައިސްކަލު ހެދެންދެން ވަގުތު ގުނަމުން ގެންދިޔައީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ.

ގަރާޖުގެ މުއައްޒަފަކާއި ބައިސްކަލު ހަވާލުކޮށްފައި އީމާ އެ ސަރަހައްދުގައި ހިނގަންފެށިއެވެ. މަރާމާތުކުރަން އެހެން އުޅަނދުތައްވެސް ހުރުމުން ފުރޮޅު ބަދަލުކުރެވޭނީ ފަނަރަ ވަރަކަށް މިނެޓު ފަހުންނޭ ބުނުމުން އެ ވަގުތުކޮޅުގައި އަނބުރައި ގެއަށް ނުގޮސް އިންތިޒާރުގައެވެ. އަތުގައި އޮތް ފެންފުޅި ހޫރަމުން ކަންނެތް ގޮތަކަށް ހިނގާފައި ދަނިކޮށް ފާލަމާއި ދިމާލުން ފެނުން އެއްޗަކުން ދެލޯ ކުޑަކޮށްލެވުނެވެ.

މާނޭވާ ލައި ލައި އިން ނައިއަލްއަށް އިސްއުފުލާލެވުނީ ބޯ މަތިން އެލިފައި އޮތް ފިނި ފެން ފުޅި ފެނިފައެވެ.

“ވަޓް ދަ…” އޭނާގެ މައުސޫމް ސިކުނޑި އިތުރަށް އަނގަ ހަރަކާތްކުރާކަށް ހުއްދައެއް ނުދިނެވެ. ކަރުހިއްކައިގަތްފައި ހުރިވަރުން ފެންފުޅި ދިއްކޮށްގެން ހުރި ފަރާތަށް ބަލާލުމެއް ނެތި ފެންފުޅި ކަނޑައިގެން ބޯން ފެށިއެވެ. އީމާ މޫނަށް ވައްތަރެއް ޖައްސާލަމުން ފާލަންމަތީ ޖައްސާލިއެވެ. ކައިރީގައި އިށީން މީހާ ފެނިފައި ނައިއަލްއަށް އަނގައަށް އެޅި ފެންކޯވަރު ބުރުއްސާލެވުނީ ސިހުނު ވަރުންނެވެ.

“ކަލޭ މަށަށް ފާރަލަނީތަ؟” ދުވަހެއް ދުވަހަކަށް އިތުރުވަމުން މި ދާ އިއްތިފާގުތަކާއިމެދު ވިސްނަމުން އީމާ އެއްސެވެ. ނައިއަލްއާއި ކަޅި ހަމަކުރުމެއް ނެތި ފެންފުޅި އަތުލާފައި ފެންބުއިމައިގެން މަސްއޫލުވި އީމާ ހިތްހަމަ ނުޖެހިފައި އިން ރާގަކަށް އެހެން ބުނި ނަމަވެސް ހަޤީޤަތުގައި އިނީ ނައިއަލްއާއި ބައްދަލުވުމުން ހިސާބަކަށް އުފާވެފައެވެ. އީމާ އިތުރަށް އެއްޗެކޭ ނުކީ ނަމަވެސް ނައިއަލްއަށް އަނގަ ހުއްޓައިގެން ނީންދެވުނެވެ.

“ކަލެއެންނު ތި އައީ މަ މިތާ ހަމަޖެހިގެން އިންދަ. މަށާ ދިމާވޭތޯ މުޅި ހުޅުމާލެ ހޯދަނީތަ އަނެއްކާ؟ ފައިނަލީ ފެނުނީމަ ވަރަށް އުފާވެއްޖެ ދޯ. ހާދަ ލޯތްބެކޭ ތިވަނީ.” އީމާގެ ކޮނޑަށް އަތްވައްޓާލި ނައިއަލްގެ މަޤްޞަދަކަށް ވީ އީމާ ރުޅިއަރުވާލުމެވެ. އެހެނަސް ރުޅި އާދެވުމުގެ ބަދަލުގައި އީމާގެ ހިތުގައި ބިންވަޅުނެގިފައިވާ ހަނދާންތަކާއި އިޙްސާސްތަށް އުތުރި އަރަން ފެށީއެވެ. މިއީ ހަމަ އޭނާގެ ނައިއަލްއޭ އެ ހިތްގޮވަމުން ދިޔައީ ދެކޮޅުހެދުމުގެ ކުޅަދާނަކަށް ލިބިގެން ނުވާ ހާލުއެވެ. އީމާގެ ކޯތާފަތަށް ޖަންބުކުލަ ފޭދުނުތަން ފެނި ނައިއަލްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ފެންނާނީ ރުޅިވެރިކަމެއް ކަމަށް ހީކޮށްގެން އިންދާ އެތަން ފެނުމުން، ރަކިވެފައި އަވަހަށް ކޮނޑު މަތިން އަތް ނަގައި، ނޭންގޭކަމަށް ހަދާފައި ދެއަތް ދެއަތަށް މޮޑެލިއެވެ.

“އާނ ޔަގީނެއްނު.” ނަފްސު ހަމަޖައްސައިލާފައި އީމާ ސަމާސާގައި ބައިވެރިވިއެވެ. ވަށްކަޅިން ބަލައިލި ނައިއަލްއަށް އީމާ ހެވިފައި އިންތަން ފެނުމުން ހިނިތުންވެލެވުނެވެ. އީމާގެ މޫނުމަތިން ހަޤީޤީ ހިނިތުންވުމެއް ފާޅުވަނީ ދަމަކުން ބަޑިއެއްޖަހާހާ މަދުންނެވެ. ނަމަވެސް ފާޅުވާ ކޮންމެ ފަހަރަކު އޭގެ ހިތްގައިމުކަމުން ބަލައިލާ މީހެއްގެ ހިތްފުރިގެންދެއެވެ.

“އަހަރުމެން ކީން ދޯ ސްކޫލް ނިންމާފަ ހުޅުމާލެއަށް އަންނާނީއޭ ބީޗު ރީތިކަމުން ބަލާލަން. އޭރު ވަރަށް ރީއްޗޭ. އެކަމަކު މިހާރު ހީވަނީ ކުނިގޮނޑެއްހެން.” ހިނިގަނޑެއް ޖަހާލަމުން އީމާ ބުނެލިއެވެ. ނައިއަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަކީ އީމާ ދަންނަ މީހާއެއް ނޫނޭ ބުނުމުންވެސް ޤަބޫލުކުރަނީކީ ނޫންވިއްޔާއެވެ. އެކަމާހުރެ ނައިއަލްގެ ހިތް ހަމްދަރުދީއިން ފުރުނީ އީމާ ދަންނަ ނައިއަލް ކޮބާބާއޭ ހިތަށްއަރާފައެވެ. އެ މީހަކާއި އީމާއާއި ދޭތެރޭ ހިނގި ކަމަކާއި ބެހޭގޮތުން ޝައުގުއުފެދުނެވެ. އޭނާގެ ހަރު ހިތް މިހާ މަޑުވީ ކޮންއިރަކުބާއެވެ. އެހެން މީހަކާއި ދޭތެރޭ މިހާ ވަރަށް ވިސްނެންފެށީ ކީއްވެބާއެވެ. ނޫނެކެވެ. މިހެން ވެގެން ނުވާނެއެވެ. ޗިމްޕާއަށް އިނގިޖެއްޔާ ދުވަސްގޮސްދާނެއޭ ހިތަށް އަރުވައިލާފައި ނައިއަލް، އީމާއަށްޓަކައި އޮތް ހަމްދަރުދީ ފޮހެލަން މަސައްކަތްކުރިއެވެ.

“މަށެއް ނޫޅެއް އެއްއިރަކުވެސް މިތަނަށް އަންނަ ހިތަކުން… މަ މީ އީމާ ދަންނަ ނައިއަލްއެއް ނޫންވިއްޔަ…” ބޯ ހޫރާލަމުން ނައިއަލް މަޑުމަޑުން ބުނެލިއެވެ. ތެދު ހާމަނުކޮށްޕިނަމަ އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރު ނުފޯރުވެވިދާނެތީއެވެ. އީމާއަށްޓަކައި އޭނާގެ ނައިއަލްއަށް ވެގެން އުޅެން ހިތްއެދެން ފަށައިފާނެތީއެވެ.

“ހޫނ… ތިހެން ދޮގު ހަދާލަ ހަދާލަ ހުރެވޭނީ ކިތަށް ދުވަހުތޯ މަ ބަލާނަމޭ.” ނައިއަލްއާ ދިމާލަށް ލޯ އަޅައިގަތް އީމާ ގޮތްދުލެއް ނުކުރިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެއީ އޭނާގެ ނައިއަލްކަމަށް ހިތުގައި ދާއިމީކޮށް ފަވާ އެޅިއްޖެއެވެ. ނަައިއަލް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެކޮޅު ހެދުމުގެ ގޮތުން ބުނާނެ ބަހެއް އެ ދުލަށް ނައީކަމެއް ނުވަތަ ބުނާ ހިތްނުވީކަމެއް ނޭނގެއެވެ.

“ލަވައެއް ކިޔައިދީބަލަ ކެރެންޏާ އަދި އެއްފަހަރު.” ތިމާގެ ހަމައެކަނި އެދުމަކީ އީމާއަށް ޖެއްސުންކުރުން ކަމަށް ބަލައިފައި ނައިއަލް ބުންޏެވެ.

“މީނަ ހީކުރީ މަމީ ކާކުކަމަށްތަ؟ ހުއް… ކެރެންޏާޔޯ!” އީމާ ހިތުން ނައިއަލް އެ އުޅެނީ އޭނާ ދަށްކޮށްލަންށެވެ. އޭނާއަކީ ނުކެރޭ ފިނޑިއެކޭ ހިތަށްއެރީ ހެއްޔެވެ؟ ފެންފުޅި ބަހައްޓާފައި ފާލަން މަތިން ތެދުވެ އީމާ ބާރަށް ލަވައެއް ކިޔަންފެށިއެވެ. ނައިއަލްގެ އަތުގައި ހިފައި ތެދުކޮށްފައި ކަޕްލް ޑާންސް ކުރަން ފެށިއިރު ނައިއަލްއަށްވުރެ ބޮޑަށް ހައިރާންވީ އޭނާ އަމިއްލައަށެވެ. ނައިއަލް ގެއްލުނު ފަހުން މީހެއް ކުރިމަތީ މި ފަދައިން ސަކަރާތްޖެހުނީ އަލަށްވިއްޔާއެވެ. ނައިއަލްއަކީ އޭނާގެ އެތެރެ ހަށީގައި ނިދާފައިވާ ސަކަ މިޒާޖު ހޭލައްވާލާ ތާޅަފިިއްޔެއް ބާވައެވެ. މަރުވެފައިވާ މައްޔިތެއްގެ ގޮތުގައި ފެންނަ ރުޅިގަދަ އަންހެން ކުއްޖާގެ މިޒާޖަށް ލޮޅުމެއްއެރިއެވެ. ނައިއަލް ފެނުމުން އޭނާއަށް ލިބުނީ ހީކުރި ވަރަށްވުރެ ބޮޑު ހަމަޖެހުމެއްކަން މިކަމުން އީމާއަށް އިތުރަށް ޔަޤީންވެގެން ދިޔައެވެ.

ނައިއަލްއަށް މަޖާވެފައި ހިނިގަނޑެއް ޖަހާލެވުނެވެ. އަދި ވަރަށް ފޯރީގައި އީމާގެ ލަވައިގައި ބައިވެރިވެލިއެވެ. ދެމީހުން އެއްކޮށް ކިޔާލި ބައިތު މިއުޒިކަކާއި ނުލާވެސް ފުރިހަމަވީ ހުނުމުގެ އަޑުންނެވެ. ކަޕްލް ޑާންސްއޭ ކިޔަސް ބޮޑަށް ވައްތަރީ ދެ ރާމާމަކުނުގެ ހަރަކާތްތަކަކާއެވެ. އެކީގައި ނަށަމުންދިޔަ އެ މަންޒަރަށް ވިލާތަކާއި ނޫ އުޑުވެސް ތަޢުރީފު ކުރާނެކަން ގައިމެވެ. އީމާގެ ކޮންމެ ހަރަކާތެއް ނައިއަލްއަށް ސްލޯ މޯޝަންއިން ފެންނަން ފެށި ހިސާބުން މީ ރަނގަޅު އަލާމާތެއް ނޫނޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އެ ވަގުތުކޮޅު އޭނާގެ ހިތުގައި އުމުރަށް ބިންވަޅުނަގައިލީ، ދެން އީމާ ފެންނާނެކަމުގެ މާ ބޮޑު އުންމީދެއް ނުގެންގުޅޭތީއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

afnaarj

Level 2100 Login10 Stories100 Comments

We hope you like our first story ‘foni faaroshi’. This story is written by two writters. We welcome both positive and negetive opinions of readers.

Other Articles

Previous

ކުރި އިންތިޒާރު 4

Next

ސިއްރެއް 15

Next
May 3, 2020

ސިއްރެއް 15

Previews
May 3, 2020

ކުރި އިންތިޒާރު 4

22 Comments!

  1. samra says:
    May 3, 2020 at 2:49 pm

    Masha allah.. mi prt vx hama v obi… mi vaahaka ah v inthixaaru kurevey when nxt

  2. afnaarj says:
    May 3, 2020 at 3:14 pm

    Good evening everyone ❤! This part got a lill late we sincerely aplogize. We will focus on uploading every part 12-20 hrs after the latest one ? thank you so much for all the support. We r truely out of words since this is totally unexpected! We would also like to thank esfiya ihoo and muthahhar for ur comments that hasn’t been published but we did see it. You all mean a lot to us and we appreciate ur support . We were in shock to read the oosam comment from an amazingly talented writer muthahhar ibrahim. We really love your stories and we r a huge fan of u ?❤ have a nice day ! Stay safe

  3. shaiiii says:
    May 3, 2020 at 3:52 pm

    mi prt mihaaru 2 burah kiyaafin…majaakamun….vvv salhi mi part

    1. afnaarj says:
      May 3, 2020 at 8:09 pm

      Ooof aslutha?? Thats delightful to hear haha! Thank you very muuuch we love seeing ur comment like all others one too ❤

  4. Imkko says:
    May 3, 2020 at 4:01 pm

    Maasha allah …. hama woww … mi baives v reethi .. curiously waiting for the next part

    1. afnaarj says:
      May 3, 2020 at 8:12 pm

      ?? thankyouuuuu imkko ❤ that’s very nice of u ?next part tmr insha allah

  5. Kairaa says:
    May 3, 2020 at 4:35 pm

    Woowwwww….varah varah reethi…varah majaa mi part??…masha allah…mee varah varah reethi story eh…curiously waiting for the nxt part…lysm

    1. afnaarj says:
      May 3, 2020 at 8:18 pm

      Varah varah bodah thank you kairaa ❤? we r so proud to have such kind readers. U all are extremely motivating ?

  6. ?? says:
    May 3, 2020 at 7:12 pm

    Maashaa allah…. reehcheyy reehçheyy… just love it… Ekam aharen expect eh nukuran naial e lava kiyaafaanekamakah ???… romantic lava eh kiyaane kamah heekuryy… ekamvx this is unique ehen love stories thakah vureh…. maa realistic koh genesdhyfa hunnaathii kanneynge….. good job ?❤❤ lysm

  7. Shy❤ says:
    May 3, 2020 at 9:10 pm

    Varah reethi and varah majaa heehee halaak vehji.?? waiting for next part ? LYSM❤

    1. afnaarj says:
      May 3, 2020 at 10:16 pm

      OOOOOOOOOO here comes shy again ?❤we’ve been waiting for ur comment abadhuves fenna readers veema. Thanks alot immensely like always. We love u too ?

  8. Wonder says:
    May 3, 2020 at 10:59 pm

    Really beautiful story. Always makes my mood. I think we need more stories like this. It got the quality. You both r really talented Masha Allah. Waiting for the next part! b safe both❤

  9. Ihoo says:
    May 4, 2020 at 12:00 am

    Your most welcome afnaarj..Masha allah v habeys mi story..wen next part???

  10. magnumm says:
    May 4, 2020 at 12:55 am

    nuheyn huttas hama heveny eyy?❤haha! Btw stry vrh rythi ngeyy gendhaa goiy.whn next?waiting curiouslyyyy

  11. afnaarj says:
    May 4, 2020 at 1:13 pm

    salaam everyone. ?Lately there has been a lot of pending comments on this stry. It pains our heart that we aren’t able to respond to those precious comments. ❤ So we have decided to reply to all pending comments too in this comment box. Even though others cant see the pending comments we’ll be able to appreciate those comments this way. Have a nice day everyone. Stay safe!?

  12. afnaarj says:
    May 4, 2020 at 1:19 pm

    The first pending comment is frm samra. Thank you verry much for the support and having patient in us samra. ❤? nxt prt is submitted now

  13. afnaarj says:
    May 4, 2020 at 2:27 pm

    second pending comment is frm ?? (dont have that white flower srry ?) we chose that song instead of a romantic song for comedic effect. We aim for this stry to have a mix of realisticness n imaginativeness in it. ?? glad u enjoyed this prt too. ❤️ u

  14. afnaarj says:
    May 4, 2020 at 2:28 pm

    third pending comment is frm wonder. Thank u so much for the kind words. ? one of our aims is to make this stry something that can effect readers’ moods n make yall happy. Glad that wish was fulfilled ?❤️

  15. afnaarj says:
    May 4, 2020 at 2:30 pm

    fourth pending comment is frm ihoo. Thank u very much. Ihoo ge comment ves varah habeys. nxt prt mihaaru submit kollaifin?✨

  16. afnaarj says:
    May 4, 2020 at 2:30 pm

    fifth pending comment is frm magnumm. we r very happy that we were able to make u laugh n deliver some happiness to u n thank u so much for the kind comment. ??

  17. Laī says:
    May 4, 2020 at 2:54 pm

    Vrh vrh majaa… vrh furihama ithurah nenge bunaane ehcheh???

    1. afnaarj says:
      May 4, 2020 at 3:10 pm

      ?thank you in looads lai ❤ we can’t say it enough for ur kindness ?

Comments are closed.

Next Episodeފޮނި ފާރޮށި 7←


All Right Reserved!