Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފޮނި ފާރޮށި 5

afnaarj Level 2100 Login10 Stories100 Comments
May 1, 2020 5 Mins Read
14 Comments

“ޗިމްޕާ ދުނިޔޭގަ ހުރިހާ ހިނދަކު މަ އެއްވެސް އިންސާނެއްދެކެ ލޯތްބެއް ނުވާނަން އިނގޭ. އައި ޕްރޮމިސް.” އިޝްގީ ނަޒަރަކުން ކަންނެޔޮލަށް ބަލައިލާފައި އަނެއް އަތުން އޭގައި ފިރުމައިލަމުން އޭނާ އެ ކަންނެޔޮލުގައި ބޮސްދިނެވެ. އޭނާ ހިތުން މި ތުންފަތް ޖެއްސުނީ ޗިމްޕާގެ ތުންފަތުގައެވެ. ލޯބިވެރިޔާއާއި އެކީ ބެލި އޮއްސެމުންދިޔަ އިރުގެ ރީތިކަމަށް ހިތާހިތުން ތައުރީފުކުރި ނައިއަލްގެ ތުންފަތް މަތީ ދުވެލީ މައުނަވީ ހިނިތުންވުމެކެވެ. އޭނާގެ ނަޒަރު އިރަށް ހުއްޓިފައިވީ ނަމަވެސް ދެ ލޮލުން ފާޅުވީ، ޗިމްޕާއާއިއެކު ވަގުތު ހޭދަކުރުމުން ލިބޭ ހިތްހަމަޖެހުމެވެ. ގާތުގައި ހުރި ޗިމްޕާދެކެ އޭނާ ވަނީ ހަޤީޤީ ލޯތްބެވެ.

*******************************

ޗިމްޕާ ގައިގައި ބައްދައިގެން އޮވެ ނިދުނު ގޮތްވެސް ނައިއަލްއަށް ނޭންގުނެވެ. ހޭލެވުނުއިރު ގަޑިން ރޭގަނޑު އަށެއް ޖަހައިފިއެވެ. މެންދުރު ކެއި ލާޒާނިޔާ އެކީހެން ހަޖަމުވެއްޖެކަން އަންގައިދިނީ ދެފުށްޖެހިފައި އޮތް ބަނޑުންނެވެ. ޗިމްޕާ ނިދިޔަދީފައި އެނދުން ތެދުވީ ކާއެއްޗެއް އެތެރެކުރުމުގެ ނިޔަތުގައެވެ. އުނަގަނޑުން ތިރިއަށް ފައިބާފައިވާ ސޯޓު މައްޗަށް ނަގާފައި ލޯ އުނގުޅަމުން އުނގުޅަމުން ކޮޓަރިން ނުކުތް ނައިއަލްއަށް، ކެތްމަދުވެފައި އިންކަހަލަ ގޮތަކަށް ބަލަހައްޓައިގެން އިން ލަތީފާ ފެނިފައި ހިސާބަކަށް ޖެހިލުންވިއެވެ. ހަަމަޖެހިގެން އެއްޗެއް ކެވިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅޭ އޭނާގެ ހިތަށްއެރިއެވެ.

“ޕަމްޕްކިން! ކޮބާ، ކޮންއިރަކުން ފެށިގެން އޮފީހަށް ދާން ފަށަނީ؟” ލަތީފާ އުންމީދީ ރާގެއްގައި އަހައިލިއެވެ.

“މާދަމާ އިންޓަވިއު އޮތީ؟” ލަތީފާއާއި ކަޅި ހަމަކުރުމަކާއި ނުލައި ނައިއަލް ޖަވާބުދިނެވެ.

“އި..އިންޓަވިއު އޭ؟ ކޮން އިންޓަވިއުއެއް؟” ހައިރާންވެފައި ލަތީފާ ކުރި ސުވާލަށް ނައިއަލް ޖަވާބެއް ނުދެއެވެ. ނީވޭކަމަށް ހަދާފައި ގޮސް ކާން އިށީނީއެވެ. “ކޮން އިންޓަވިއުއެއްހޭ؟ ބަފާގެ އަމިއްލަ އޮފީހަށް ވަންނަން ދަރިއަށް ޖެހޭތަ އިންޓަވިއުއެއް ދޭން؟ ތިހާ ހަމަނުޖެހޭ ވާހަކައެއް މަ އަދި އަޑުއެހިތާ މި އިނީ. ވަޓް އިޒް ގޮންއިންގ އޯން؟” ދެ ބުމަ ގޮށްޖަހާފައި ހުރި ލަތީފާ ހިސާބަކަށް އަޑުބާރުކޮށްލިއެވެ.

“ބައްޕަގެ އޮފީހަކުން ނޫން…” ނައިއަލް އަދިވެސް ލަތީފާގެ މޫނަށް ޝައުގެއް ދޭން ހިތަށްވެސް ނާރުވައެވެ. ކާތަށިތެރޭ އޭނާގެ ހިތް ބާއްވައިގެން އުޅޭ ކަހަލައެވެ.

“ދެން އެެހެން ކޮން ތަނެއް؟! ޑޭޑީ! ޑޭޑީ!!!” ނައިއަލްގެ ފަރާތުން ޖަވާބެއް ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ލަތީފާ ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ބައްޕައަށް ރަހުމަތްލައްވާށިއޭ ހިތަށް އަރުވާލާފައި ނައިއަލް ކެއުމައިގެން ކުރިއަށްދިޔައެވެ.

“ޑޭޑީ! ޕްމްކިން ކީކޭ އެ ކިޔަނީ؟ ބައްޕަގެ އޮފީހެއް ނޫނޭ؟ ދެން ކޮންތަނެއް؟” ލަތީފާ އަޑު ތުއިކޮށްލާފައި އެހުމުން، ޓެބްލެޓްއިން ޚަބަރު ކިޔަން އިން ހަނީފް އިސްއުފުލައިލާފައި ލަތީފާއަށް ދިއްކޮށްލީ ފުޅާ ނަކަލީ ހިނިތުންވުމެކެވެ. ބައްތިރީސް ދަތް ފާޅުވި ނަމަވެސް ލޮލުގައި އުފާވެރިކަމުގެ އަސަރެއް ނެތެވެ.

“ހަނީ! ތި ކަމާ ޓޯކްކުރަށް ނިންމައިގެނޭ މި އިނީ. އައިސް އިށީންދެބަލަ މިތާ.” ހަނީފް ކުޑަކުއްޖަކަށް ވިސްނައިދޭ ކަހަލަ ރާގެއްގައި ކިޔައިލިއެވެ. ލަތީފާ ދެބުމަ ގޮށްޖަހައިގެން ހުރިގޮތަށް އައިސް ސޯފާގައި ހަނީފްއާއި ޖެހިގެން އިށީނެވެ. ހަނީފް ބޭނުންވީ ވީހާވެސް ގިނަ ދުވަހަކު ލަތީފާ ކައިރީ މި ރޭވުން ނާންގާ ކުރިއަށް ދާންށެވެ. މިކަމާ ލަތީފާ އެއްބަސް ކުރުވަން އުނދަގޫ ވާނެކަން އިނގޭތީއެވެ. ނަމަވެސް ލަތީފާއަކީ ވިސްނުން ތޫނު، އަދި އެހާމެ ޒީލަގަދަ މީހެއްކަންވެސް އޭނާ ދަނެއެވެ. ދޮގެއް ހެދުމަށްވުރެ ތެދަށް ކިޔައިދިނުން މާ ބުއްދިވެރި ކަމަށް އޭނާ ދެކުނެވެ. މި ރޭވުން ނާކާމިޔާބު ވެދާނެފަދަ ކަމެއް ލަތީފާ ނުހިންގާތޯ މަސައްކަތްކުރުން ވާނީ ހަނީފަށް އެންމެ ދަތި ކަމަށެވެ.

އިދިކޮޅު ކުންފުނީގެ ބޮޑުމީހާގެ ދުވަސް ދުއްވައިލުމުގައި އެހީއަކަށް ނައިއަލް ފޮނުވާ ވާހަކަ ބުނުމުން، ވީހާވެސް އަވަހަކަށް ނައިއަލްއަށް އެލް.ވީ.އީ އިން މަގާމެެއް ހޯދަން ބޭނުންވެފައި ހުރި ލަތީފާއަށް ކަމަކު ނުދިޔައެވެ. އޭނާގެ ހުވަފެން ކާމިޔާބުވުމާއި ދުރަށް ކަންތައް ކުރިއަށް ދާން އުޅޭހެން ހީވެ ހިތް ހާސްވެ ރުޅިގަދަވިއެވެ.

“ތި އީ.އެމް.އޭގެ ބޮޑު މީހާ އަހަރެން މަރާލަދެންތަ؟” ދެލޯ ބޮޑުކޮށްފައި ފުޅާކޮށްލި ނުލަފާ ހިނިތުންވުމުން ލަތީފާ ވައްތަރުވީ އިންސާނަކަށްވުރެ ފުރޭތައަކާއެވެ. ވައި އަޑުން އެފަދަ އެއްޗެއް ބުނެލިއިރު އޭނާގެ ލޮލުގައި ޖެހިލުންވުމެއް ނުވަތަ އިންސާނިއްޔަތުކަމުގެ ކުލައެއްވެސް ނެތެވެ. ހަނީފް ހާސްވީ، ލަތީފާއަކީ އެކަހަލަ ފާފައެއް ކުރަން ފަސްނުޖެހޭނެ މީހެއްކަން ކަށަވަރުވެފައި ވާތީއެވެ. ނަމަވެސް ލަތީފާގެ އެ ސިފަދެކެ ހަނީފްއަށް ވެވެނީ ލޮއެއްބެވެ. ރޭވުންތެރިކަމާއިއެކީ އަމިއްލަ އެދުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުންނަ ހަނީފްއަށް ލަތީފާކަހަލަ މީހަކު ވަރަށް ކަމުދިޔައެވެ.

“ނޫނޭ… އޭރަށް ކަމަކުނުދާނެ. އޭނަ މަރާލުމުގެ ކުރިން ޖެހޭނެ މުދާކޮޅު އަތުލަން. އިމޭޖިން، ހަނީ… އެ ބިޒްނަސްއާ އަހަރުންގެ ބިޒްނަސް ޖޮއިންކޮށްފިއްޔާ ކިހާ ފައިދާ ބޮޑުވާނެ. އޭނަ މަރާލުމުގެ ކުރިން މިކޮޅަށް ބިޒްނަސް ލިބެންޖެހޭނެ. އޭރަށް ފުރިހަމައަށް އޭނަ މަރާލިކަމަށް ވާނީ.” ހަނީފްވެސް މިހާރު ވާހަކަދެއްކީ ވައި އަޑުންނެވެ. ވަރަށް ފަހުރުވެރިކަމާއެކީ ރޭވުން ފާޅުކޮށްލިއިރު އޭނާވެސް ވަކި ލަތީފާއަކަށް ދުލެއްނުކުރެއެެވެ. މަންޒަރު ބަލާ މީހަކަށް، މީ އިންސާނުން ކަމާއިމެދުވެސް ޝައްކު ކުރެވޭނެއެވެ.

ކުންފުންޏަށް ފައިދާއެއް ކުރާ ވާހަކަ އިވުމުން ލަތީފާގެ ހިތް އެނބުރުނެވެ. ވީހާވެސް އަވަހަކަށް ނައިއަލް ސީ.އީ.އޯއަށް ހަދަން ބޭނުންވެފައި ހުރި ހުރުމަށް ބަދަލެއް ނައި ނަމަވެސްއެވެ.

“އޯކޭ… ކެތްކޮށްފާނަން. އެކަމަކު ޝަރުތެއްގެ މަތިން. ތި އަންހެނާ ފަހު ނޭވާ ލާތަން ބަލަން މަށަށް ފްރޮންޓް ރޯ ސީޓެއް ލިބެންވާނެ.” އިރުކޮޅެއްގެ ސުކޫތަކަށްފަހު ލަތީފާ އަންގައިލިއެވެ. މީހެއްގެ ފުރާނަ ދުއްވައިލުންވެސް މި ދެމަފިރިންނަށް ވަނީ ޝައުގުވެރި ޝޯއަކަށެވެ. ހަނީފް ހިނިތުންވެލިއެވެ. ލަތީފާގެ ކޮންމެ ބަހަކުން ހަނީފްގެ ހިތުގައި އޭނާއަށްޓަކައި އޮތް ލޯތްބާއި ޤަދަރު އިތުރުވާކަހަލައެވެ. ކުލުނުން ފުރިގެންވީ ނަޒަރަކުން ލަތީފާއާއި ކަޅިހަމަކޮށްލަމުން ހަނީފް ލަތީފާގެ އަތްތިލައިގައި ހިފައިލިއެވެ. ލަތީފާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

“ޑީލް.” ހަނީފް ލަތީފާގެ އަތްތިލައިގެ ނުފުށަށް ދިން ބޮސްދިނުމަކުން ދެ ޝައިޠާނުންގެ އެއްބަސްވުމުގައި ތައްގަނޑު ޖެހިގެންދިޔައެވެ.

ދިއްލިފައި ހުރި އަލިފާންކޮޅުގެ ހުޅު މަރުގެ ތުންފަތްމަތީ މަރަށް ދެކޮޅު ހަދަމުން ދެފަރާތަށް ބޯ ހޫރަމުން ގެންދިޔަ ފަދައެވެ. ނަމަވެސް ކަނިކޮޅު ކުޑަވަމުން ގޮސް މުޅިން ނިވުނުއިރު އަނދިރިކަމުގެ ފުރިހަމަ ތަސްވީރު ކޮޓަރިތެރެއިން ދައްކައިދިނެެވެ. ހުދުކުލައިގެ ކިންގް ސައިޒް އެނދުގެ މެދުގައި އޮތް އީމާ ކުއްލިއަކަށް ކޮޅަށްޖެހުނީ އަމިއްލަ އިޚުތިޔާރެއް ނެތިހެން ހީވިއެވެ. ބަލަހައްޓައިގެން އިނީ ކުރިއަށް ނަމަވެސް ދެލޮލުގައި ދިރުމެއް ނެތެވެ. އޭނާއަށް ތެދުވެވުނީ ނިދީގައެެވެ. ވަކި ގޮތަކަށް އަމަލުކުރަން ސިގްނަލް ދީފައި އިން މެޝިނެއްހެން އީމާ އަތް ދިއްކޮށްލާފައި ނައިޓްސްޓޭންޑް މަތީ އޮތް ފޯނު ނެގިއެވެ. އިނގިލީގެ ނިޝާން ޖެހުމުން އަމިއްލައަށް ފޯނު ދިއްލުނުއިރު ހުޅުވިފައި އޮތީ ކޯލް ލޮގްއަށެވެ. ސީދާ ފޯނަށް ބަލަހައްޓައިގެން އިން ނަމަވެސް އީމާއަކަށް އޭގައި އޮތް އެއްޗެއް ފެންނަނީކީ ނޫނެވެ. އިނގިލި ޖައްސައިލެވުނު ގޮތަކުން ގުޅުނީ އެންމެ ފަހުން އޭނާއަށް ގުޅާފައިވާ ވާކަމަށް ދައްކާ ނަންބަރަށެވެ.

ރިންގުވަމުން ދިޔަ ފޯނުގެ އަޑަށް ކޯކު ފުޅި އަނގަޔަށް ޖަހައިގެން ކަންނެޔޮ އުނގަށްލައިގެން އިން ނައިއަލް ފޯނަށް ނަޒަރެއް އެއްލިއެވެ. ސްކްރީނަށް އަރާފައިވާ ‘ޖައިނޯމަސް ބަފަލޯ’ މި ނަން ފެނިފައި ހައިރާނެއް ނުވިއެވެ. މިއަދު ގުޅާފައި އޮތުމުން ރުޅިގަނޑު ފިނިވީމައި އަލުން ގުޅީކަމަށް ހީކުރެވުނެވެ. ނައިއަލްގެ މޫނުމައްޗަށް ވެރިވީ ކުއްލި އުފާވެރިކަމެވެ.

“މަންމާ…” ނައިއަލްގެ ކަންފަތުގައި ޖެހުނީ އީމާގެ އަސަރެއް ނެތް އަޑެވެ. މަންމާއޭ ކިޔައި އޭނާއަށް ގޮވުމުން ނައިއަލްގެ އަނގައަށް ވައްތަރެއް ޖައްސައިލެވުނެވެ.

“ހާއި އެންގްރީ ބާރޑް… ނުބައި ނަންބަރަކަށް ގުޅުނީތަ؟” ނައިއަލް ނިންމީ ސަމާސާއެއް ފަޅާލާށެވެ. ނުބައި މީހަކަށް މަންމަޔަށް ގޮވުނުކަން އެނގުމުން އީމާއަށް ވާނެގޮތެއް ބަލައިލަން ބޭނުންވެ ނައިއަލްއަށް މަޖާވިއެވެ.

“މިހާރު މަ ނުދަންނަ މީހަކަށް ހަދަންތަ މަންމަވެސް ތިއުޅެނީ. އެ ނައިއަލުގަނޑު ކުރިންދުވަހު ބައިސްކަލާ ބައިސްކަލު ޖެހިފަ ވެއްޓުނީމަވެސް ހެދީ ތިހެނޭ. ކީއްވެތަ އެންމެ މަ ދޫކޮށްފަ ދަނީ؟ ކުޅޭ ކުޅިވަރެއްތަ މީ؟ ބަލަ މަ މީ އިންސާނެކޭ އެންގްރީ ބާރޑޭ ތިކިޔަނީ އިންސާނެއްގެ ސިފައިގެ އެއްވެސް މީހަކަށް މަ ނުފެންނާތީތަ؟ ވަޓް އިޒް ސޯ ރޯންގް އޮފް މީ؟ މަ ކީއްތަ ކުރީ؟ މި ވެސް ބޮޑު އުނދަގުލަކަށް ވެއްޖެއޭ.” އަސަރެއް ނެތް ރާގުގައި އީމާ ކީ އެއްޗެއް ނައިއަލްއަށް ފަހުމްވީ ކިރިޔާއެވެ. މީނަ މީނީ އަނެއްކާ ކޯޗެއް ބޮއެގެން ބާއޭ ނައިއަލްގެ ހިތަށްއެރިއެވެ.

ދެން އީމާ ކީ ނުކީއެއް ނައިއަލްއަކަށް އެއްގޮތަަކަށްވެސް ސާފެއްނުވިއެވެ. ހީވީ ކުޑަކުއްޖެއްގެ ކުސްތެޅުންހެނެވެ. އެހެން މީހަކަށް ގުޅަންވެގެން އޮޅިގެން މި މޮޔަ ކުއްޖާފުޅު އޭނާއަށް ގުޅުމުގެ އިތުރުން މިހާރު ކައިރީގައި ހުރި އެހެން މީހަކާ ވާހަކަދައްކަނީ ކަމަށް ހީވެ ނައިއަލްއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.

“މީ މަންމައެއް ނުނޭ ދެލޯފުޅާ. މަންމަގެ ނަންބަރު ހޯދައިދޭން ދާންވީތަ؟ ތިކިޔާ ނައިއަލްއެއްވެސް ހޯދަންވެއްޖެއެއްނު ދޯ. އެ ތެދެކޭ ކީއްވެތަ އެންމެން ބަފަލޯ އިގްނޯރ ކުރަނީ… އެހެން ހަދާކަށް ނުވާނެއެއްނު. ހާސްނުވޭ މަ އިގްނޯރ އެއް ނުކުރާނަން ދުވަހަކުވެސް އިނގޭ. މީހަކު އިގްނޯރ ކޮށްޕިއްޔާ މަގޭ ކައިރި ބުނައްޗޭ ދެން ފަހަރަކުންވެސް.” އޯގާތެރިކަން އެކުލެވޭ އަޑަކުން ނައިއަލް ވާހަކަ ދެއްކި ކަމުގައިވިޔަސް އޭނާ އިނީ ހިނިގަނޑު މަތަކޮށްލައިންނެވެ.

“ކީއްކުރަންތަ މި ހުރިހާ އެއްޗެއް މި ކިޔަނީ މަ؟ ޔަގީނުންވިއްޔާ މި ފަހަރުވެސް މިކޮޅުން ކިޔާނެ އެއްޗެއް އަޑުނަހާ ފޯނު މާ ދުރުގަ ބާއްވައިގެންކަންނެ އެ ބޮޑާހާކަނީ.” ނައިއަލް ހިތަށްއެރިއެވެ. އީމާ އިނީ ކަންފަތުގައި ފޯނު ނުޖައްސާ ފޯނު ހިފަހައްޓައިގެންކަމުން، އީމާގެ އަޑު ނައިއަލްއަށް އިވުނީ ތަންކޮޅެއް ދުރުންނެވެ.

“ހޫނ… މަންމަމެން ކީއްވެތަ މަ ނުލާ މޫދަށް ދިޔައި؟…….. އިނގޭތަ އެއުޅޭ ނައިއަލް ކިޔަނީ މަގޭ މޫނު ކުޑަވެފަ ގައި ބޮޑިއްޔޯ. އޭނަ ހީވަނީ ދެތިން ގަރުނު ވަންދެން ފެންނުވަރާތީ ގައިގަ މިލަ ޖަހާފަ ހުރި މީހެއްހެން. އަދި އާދައިގެ މިލައެއްވެސް ނޫނޭ. ދޮން މިލަ… ހައްހައް. އޭނަގެ ލޯ ވެސް ހީވަނީ ކާޅު ގުއިހެން. އެހެރަ ބޮލެއްވެސް ވާ ބުނާކަށް……” ވާހަކައިގެ ވަކި ހިސާބަކުން އީމާގެ އަޑު ކެނޑުނެވެ. ނައިއަލް އިނީ އެތެރެއަށް ހީހީ ވަރުބަލިވެފައެެވެ. އޭނާއާއި ދިމާލަށް އީމާ އޮއްސި ތަޢުރީފުގެ ބަސްތަކުން އަންތަރީސްވެފައެވެ. އޭނާގެ އިސްތަށިގަނޑާމެދު އީމާ ކިޔާނެ އެއްޗެއް އަޑުއަހަން ކިތަންމެ ކެތްމަދުވެފައި އިނަސް ދެން އިވުނީ ގަދަ ގުގުރީގެ އަޑެވެ. ފޯނު ކަނޑައިލިގޮތަށް ނައިއަލްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“އެއޮއް އޮލަ ވާހަކަ ނުނިންމާ ނިދީދޯ އެ. ނިދަން އަރާފަވެސް ކޮންމެސް މީހެއްގެ ބޯ ގޮއްވަންކަންނެ އެ އުޅުނީ… އަނެއްކާ ހާދަ އަވަހޭ ނިދޭލެެއް. ހައްހައްހާ!” އެހެން އަންހެނުން އޭނާއަށް ކުރާ، އެދުންވެރިކަމުން ފުރިގެންވީ ތަޢުރީފާއި އެތަށް ހާސް ބައި ތަފާތު ޚިޔާލުތަކެއް އަޑުއަހާލަން ލިބުމުން، އީމާއަށްޓަކައި ނައިއަލްގެ ހިތުގައި އޮތް ޝައުގު ވީ އިތުރެވެ. އޭނާއަކީ އާދަތަށް މުގުރައިލާ ތަފާތު ކަންކަމަށާއި މީހުންނަށް ނިކަން ލޯބިކުރާ މީހެއް ވިއްޔާއެވެ. އީމާގެ މިޒާޖުން ލޯބިވެތި ކަމެއް ފާހަގަވި ނައިއަލްގެ ހިތުގައި ގޮތް ނޭންގޭ އިޙްސާސެއް އުފެދުނެވެ. ވަރަށް ހިތްހަމަޖެހިފައި އިނދެ ދާދި ދެންމެއަކު ހިނގި ކަންތަށް ނައިއަލް އޭނާގެ އަތުތެރޭ އޮތް ލޯބިވެރިޔާއަށް ކިޔައިދޭން އަވަސްވެގަތެވެ. “ޗިމްޕާ ގެސް ވަޓް… ލެޓް މީ ޓެލް ޔޫ.”

އިރުގެ ދޯދިތަށް މޫނަށް އެޅުމުން އެސްފިޔަތަށް ތަޅުވާލާފައި ކިރިޔާ ތަނެއް ދޮރެއް ވަކިކުރަން އެނގޭވަރަށް އީމާ ދެލޯ ހުޅުވާލިއެވެ. އައު ދުވަހަކަށް އިރު އެރީއެވެ. އަމިއްލަ ނަފްސާއި ކުރަން ޖެހިފައިވާ ހަނގުރާމަ ދިގުލައިގެން މިދާ ދިއުމާމެދު ހިތްހަމަނުޖެހިފައި އޮވެ ދުލުން ދެތިން ހުތުރު ބަސް ބޭރުކޮށްލާފައި ކައިރީގައި އޮތް ފޯނު ނެގިއެވެ. ނައިޓްސްޓޭންޑްމަތީ ބޭއްވި ފޯނު އެނދަށް ފޭބިގޮތެއް ނޭންގިގެން އީމާއަށް ދެބުމަ ގާތްކޮށްލެވުނެވެ. އިނގިލީގެ ނިޝާން ޖެހުމުން ހުޅުވުނީ އަނެއްކާވެސް ކޯލް ލޮގްއަށެވެ. އެންމެ ފަހުން އީމާގެ ފަރާތުން ގުޅާފައި އިން ނުދަންނަ ނަންބަރާއި، އެ ނަންބަރަށް ގުޅިފައި އިން ގަޑިއަށް އެއް ގަޑި ސާދަ އިނުމުން ނިދީގައި ގުޅުނީކަން ޤަބޫލުކުރާކަށް އީމާއަށް މާ އުނދަނގުލެއް ނުވިއެވެ. އެއީ އޭނާ އޮފީހުގައި ހުއްޓާ ގުޅި ނަންބަރުކަންވެސް ފާހަގަވިއެވެ.

ނިދީގައި ކަންކަން ކުރެވުމަކީ، ދެ މަހުން އެއް މަހު ކަހަލަ ގޮތަކަށް އޭނާއަށް ކުރެވޭ ކަމެއްކަން އީމާއަށް ވަނީ ސާބިތުވެފައެވެ. އެނދުމަތީ ނިދާ މީހާ ބަދިގޭގައި އޮއްވާވެސް ހޭލެވެއެވެ. އެއްފަހަރު އޮފީހުގެ ބޯޑް މެންބަރަކަށް ގުޅައިގެން ދަރިފުޅަށް ދެނީ ކޮންކަހަލަ ނެސްޓަމެއްތޯވެސް އެހުނެވެ. އަނެއް ދުވަހު އެ ދައްތަ އެ ވާހަކަ ހީހީފައި ދެއްކުމުން ގަތް ލަދުން ކުންފުނި ބަންދުކޮށްފައި ވެމްކޯއަށް ވަންނަންވެސް އީމާގެ ހިތަށްއެރިއެވެ. ހަޤީޤަތް ސާފުކޮށް ކިޔައިދިނުމުން ސަމާސާކޮށްލާފައި އެ ދައްތަ އެކަމާ މާ ބޮޑަށް އަޅާނުލިކަން އީމާގެ ނަޞީބެވެ.

ކޮޅަށް ތެދުވެފައި ކަރު ކެހެލި އީމާ އެ ނުދަންނަ ނަންބަރަށް ގުޅައިލިއެވެ. ވަރަށް ގިނައިރު ރިންގުވެފައި ޖަވާބެއް ލިބުނުއިރު އިވުނީ ނިދިމޮޅި ކުރަކި އަޑެކެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

afnaarj

Level 2100 Login10 Stories100 Comments

We hope you like our first story ‘foni faaroshi’. This story is written by two writters. We welcome both positive and negetive opinions of readers.

Other Articles

Previous

އަބަދުވެސް މިހިތުގާ ވެޔޭ (8)

Next

ތީ އޭ އުފަލަކީ…(8)

Next
May 1, 2020

ތީ އޭ އުފަލަކީ…(8)

Previews
May 1, 2020

އަބަދުވެސް މިހިތުގާ ވެޔޭ (8)

14 Comments!

  1. Ihoo says:
    May 1, 2020 at 2:04 pm

    Mi thanun eh writer aky afnaa dhw? dhn aneh writer aky rj dhw ? just a guess ingeyy ?anyways this story is v habeyss ??? masha allah..wen next part? ??

  2. afnaarj says:
    May 1, 2020 at 2:10 pm

    good afternoon everyone. ! sorry it took a bit long but we can still guarantee the quality 😉 we hope you all enjoy this part as much as the previous parts. please do point out what we need to improve and what you all think about the story so far. thank you so much for the support. you all leave us speechless every single day 🙂 have a nice day! stay saafee

  3. Kairaa says:
    May 1, 2020 at 3:07 pm

    Woww…speechless…Varah varah reethi mi part vx?…masha allah…curiously waiting for the nxt part….and whn nxt…..waiting…stay safe..ly

    1. afnaarj says:
      May 1, 2020 at 9:08 pm

      Awwwwn thank youuuuu real bigg much! You leave us speechless too❤ next part insha allah tmr ?thanks alot for the patience too. much love.

  4. Shy❤ says:
    May 1, 2020 at 3:42 pm

    Oh.. varah reethi mi kahala reethi vaahaka eh kiyaaleveynee varah madhun ekm next part dhigukohlahchey. Waiting for the next part ? LY ❤

    1. afnaarj says:
      May 1, 2020 at 9:13 pm

      Wow! That’s really inspiring to hear. We r indeed motivated to continue ❤thank you so much shy ? LY moreee

  5. shaiiii says:
    May 1, 2020 at 5:41 pm

    mi prt vv majaa nd vrh salhi…i luv to read funny strys…lysm sisuuu

    1. afnaarj says:
      May 1, 2020 at 9:18 pm

      ? loved to hear we made u smile. Thank your for the support shai ? sis? Haha luv u mo too ❤

    2. ?? says:
      May 1, 2020 at 11:44 pm

      Ehenveemaa thee girls dhw ?? ??

  6. Muthahhar Ibrahim (Mutha/S.Hithadhoo) says:
    May 1, 2020 at 11:44 pm

    Hi, First comment on the story. I’ve been reading this from the start. It’s very entertaining and the concept and descriptions are very fresh. Really love that comical approach and the name of the story is also unique. Makes me think about the hidden meaning, if any behind the name. 🙂 Good luck and may both of your work be blessed. Keep up the good work.

  7. ?? says:
    May 1, 2020 at 11:50 pm

    Wow konme faharaku mi vaahaka kiyaifa hunnanee bandah thadu araifa…. heehee lol ???.. naial ge character varah salhi ingeh… alhe ahannah eyna libeynenama ????? good job both…. when next???

  8. Laī says:
    May 2, 2020 at 7:10 pm

    Seriously its more then i expected❤so plx upload the nxt part quicklyyyyyyy

    1. afnaarj says:
      May 3, 2020 at 3:05 pm

      Sorry for the very late reply lai. But thank you sooooooooo much. We Never expected this much support either ❤??the 6th part is uploaded now.

  9. Imkko says:
    May 14, 2020 at 6:43 pm

    Maasha allah … speech less vey hama kiyaafa … eema ves dhn nidheega gulhaagen kiyaa echehi …. ????…. heehee halaaku

Comments are closed.


All Right Reserved!