Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފޮނި ފާރޮށި 4

afnaarj Level 2100 Login10 Stories100 Comments
April 29, 2020 7 Mins Read
16 Comments

އެތަނުން ލިބޭ މުސާރައިގެ އިތުރުން އޭގެ ދެގުނަ މަންތްލީކޮށް ދޭނަން. ބޭނުންވެގެން އުޅުން އެޕާޓްމެންޓް ގަނެގެން އެކަނި މޫވް އައުޓް ކުރެވޭނެއެންނު އޭރަށް.” ނައިއަލް ސޮނިވެއްޓޭވަރުގެ ހުށަހެޅުމެކެވެ. ނައިއަލްގެ މޫނުމަތި އުޖާލާވިވަރު ފެނިފައި، އެންމެ ފަހުގެ ނިންމުން ކަނޑައެޅުނީކަން ހަނީފަށް ޔަގީންވެ، ހަމަޖެހިލާފައި، ހިހޫވެފައިވާ ކޮފީ ތަށި ތުމުގައި ޖެހިއެވެ. އަމިއްލަ އެދުން އިސްކުރި ނައިއަލް އަވަސް އަވަހަށް ބޯޖައިލީ، އޭނާއަށް މި އެއްބަސްވެވުނީ ކިހާވަރެއްގެ ކަމަކާއިކަން ނޭނގި އިނދެއެވެ.

*********************************

“އެ މީހުން މާދަމާ އެބަ ބައްވާ އެ އަންހެނާއަށް ބޮޑީ ގާޑެއް ހޮވުމުގެ އިންޓަވިއުއެއް. އެހެން ކޮމްޕެނީތަކުންވެސް އޭނަގެ ކަރަށް އަމާޒުކޮށްގެން އުޅޭތީ ބިރުން.” ހަނީފް މަލާމާތްކޮށްލިއެވެ.

“އެ މަޤާމު ހޯދަން ދާންވީ. މިހާރު ނަން ހުށަހަޅައިގެން އިންޓަވިއު ހަމަޖެހިފަ އޮންނާނީ. ކޮނެމެހެންވެސް އިންޓަވިއުއިން ފާސްވާތި. ނޫނީ ނުވެސް ފެށޭނެ. އެހެން ކަންތައްތަކާ ވިސްނާނީ ފަހުން.” ވަރަށް ސާދާކޮށް ހަނީފް އެންގިއެވެ. ނައިއަލް އެއްބަސް ކުރުވޭނެކަމުގެ ޔަޤީންކަން އޮތްލެއް ފުރިހަމަކަމުން ހަނީފް ވަނީ ހުރިހާ ކަމެއް ހަމަޖައްސާ ނިންމާފައެވެ. އޯކޭއޭ ބުނެ ދެކޮނޑު އަރުވާލަމުން ނައިއަލް ކެބިންއިން ނިކުތެވެ. ތުނބުންފުމެމުން މަޑު ރާގެއް އަޅުވާލައިގެން ހުރެ، އެ ފަންގިފިލާގެ އެކި ސަރަހައްދުތަށް ދިރާސާ ކުރަމުން އޭނާ ހިނގަމުންދިޔައެވެ.

“ހާއި… ވާން އުޅޭ ސީއީއޯ ނައިއަލް؟” ނައިއަލް ސިހުނީ ކުރިމަތީގައި ހުއްޓިލި މަންޖެ ބާރަކަށް އެސްފިޔަ ތަޅުވަމުން ތޫލި އަދި އެހާމެ ފޮނި އަޑަކުން ބުނެލުމުންނެވެ. މޫނުމައްޗާއި އަތުގައި ރޫ ހުރިނަމަވެސް އޭނާގެ މޫނުމަތިންނާއި ހަށިގަނޑުން ޒުވާންކަން ފެނުނީ މޭކަޕްގެ ސަބަބުންކަން ޔަގީންކުރަން ނޭނގުމުން ނައިއަލް ނިންމީ އެއީ ޒުވާނެއް ކަމަށެވެ.

ނައިއަލްގެ ނޭފަތް ބޮޑުވިއެވެ. އަނގަ ފޭވިއެވެ. ދަގަނޑު ކުލައިގެ ޑިސްކޯ ވިދާ ފޮތީގެ ބާރު ހެދުން އޭނާގެ ގަޔަށް ވަނީ ހިފިފައެވެ. ރިހި ކުލައިގެ ދިއްލި އުސް ފައިވާނަކާއެކު އޭނާ ހާމުންޑި އިސްތަށިގަނޑުގައިވެސް ވަނީ ރިހި ކުލައެވެ. ތުންފަތުގައްޔާއި އަނގަކައިރީގައި ޖައްސާފައި ހުރީ ދޮން ހަންގަނޑާ ނުގުޅޭ އޮރެންޖު ކުލައެކެވެ. ދެލޯމަތިވެސް ވިދަމުންދިޔައީ ރަނާއި ރިހި ކުލައިންނެވެ. ހިމަ ނޭފަތް ތޮރުފާފައި ލައްވާފައި ހުރީ ކަންފަތަށް ލައްވާ ބޮޅެއްކަން ނައިއަލްއަށް ޔަގީންވިއެވެ. ތުންފަތް ބޮޑުކޮށްފައި އެސްފިޔައާއި އެއްވަރަށް އޭނާ އުނަގަނޑު ތަޅުވަމުން ގެންދިޔަ ގޮތުން ނައިއަލް ފަކުރުގަތެވެ. ހެނދުނުގެ ނާސްތާ ނުނަގައި ހުރިކަން ހަނދާންކޮށްދޭން އައި މަންޖެއެއް ކަންނޭނގެއެވެ. މޭނުބައިކޮށްފައި ހޮޑުލަވައިގަތީ އެއެއް މިިއެއް ބަލާފަ އެއްނޫނެވެ. އެ މީހާ ގައިން ދުވީ ފައްކާ ފަރުހަކިވަހެވެ.

“ހެއްހެއް.” އުނދަގޫ ގޮތަކަށް ހިނިތުންވާން މަސަތްކަތް ކުރަމުން ނައިއަލް ހަނާ އަޅާލިއެވެ. އޭނާ ދުރަށްދާން މަސަތްކަތް ކުރިއެވެ. ނަމަވެސް މީހެއްގެ ހިލަން ނުވާ އެ ހިސާބުގައި ފަރުހަކި މަންޖެއަށް ލިބުނީ ހިތްވަރެކެވެ. ނައިއަލްގެ ކޯޓުގެ ދެފަރާތުގައި ހިފައި އޭނާ ގާތަށް ދަމައިގަތެވެ. “އޯހް ހަނީ… ނޯބަޑީ ގޮނަ ސީ އަސް.” ދެލޯ މަރާލާފައި ތުން އޫކޮށްލަމުން ނައިއަލްގެ މޫނާ އޭނާ ކައިރިވިއެވެ.

“މައި ފުޓް.” ދަތްކުނޑި ވިކާލަމުން ނައިއަލް ދުރަށްދާން އުޅެގަތެވެ. ނަމަވެސް އެ އަންހެން މީހާ ހިފަހައްޓައިގެން ހުރިލެއް ނިކަން ބާރެވެ. ކުއްލިއަކަށް އިވުނު ބާރު އަޑާއެކު މުޅި ތަން އެއްވަސްވެގެން ދިޔައީ ބާރުގަދަ ވައިރަހެއް ފެތުރޭހާ ބާރުމިނުގައެވެ. ނައިއަލްއަށް އޭނާގެ ނޭފަތް މަތީ އަތް އަޅާލެވުނެވެ.

“ސޮރީ ވަރަށް ނާރވަސްވެއޭ، ދެން އާދެބަ.” ފޮޑިޖެހީ އޭނާ ކަމަށް އެއްބަސްވަމުން ނައިއަލްއާ ގާތްވާން އުޅެގަތެވެ.

“އޯ ނޯ. އައި ޝުޑަންޓް ޗީޓް އޮން މައި ޗިމްޕާ…” ސިކުނޑިއަށް ވެރިވި ނަމުގެ ސަބަބުން ނައިއަލް އެ މީހާގެ އަތްދަށުން ސަލާމަތްވާން ދުއްވައިގެތެވެ. އެންމެ ކައިރީ ހުރި ފިރިހެން ފާޚަނައަށެވެ. ރޭ ދަންވަރު ބުއި ހުރިހާ ކޯކެއް ސިންކަށް ދޫކޮށްލިީ ކެތްނުވެގެނެވެ. ބަނޑު ހުސްކޮށްފައި ތެދުވެ ކޯދޮވެލަމުން ލޯގަނޑާ ދިމާލަށް ބަލައިލި ނައިއަލްއަށް ދެ އަތް މުއްކަވައިލެވުނެވެ. ފަހަތުގައި ހުރި ދޮރުން ބޯ ދިއްކޮށްގެން އެ މަންޖެ އޮތެވެ.

“ނިމުނީތަ. މަށަށް އޯކޭއޭ އަދި އެއްފަހަރު އަޅެ އާދެބަލަ.” އޭނާ ޝަހާދަތް އިނގިލިން އަންނާށޭ ބުނަމުން ދޮރުގައި ފިރުމާލިއިރު ތުންފަތުގައި ދޫ ހާކާލިއެވެ. މި އުނދަގުލުން މިންޖުކުރަށްވާތޯ ދުޢާ ކުރަމުން ގެންދިޔަ ނައިއަލްގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ. ދާރުގައި ހަރުކޮށްފައި ހުރި ސައިބޯނި މެށިނުން އަތަށް ސައިބޯނިފޮދެއް އަޅައިލާފައި އިސްކުރު ދޫކޮށްލީ އަތްދޮންނަކަން ދަށްކާލުމަށެވެ. ނަމަވެސް އޭނާގެ މުށުތެރޭ ސައިބޯނިފޮދު ނުވެރޭނެހެން ހިފެެހެއްޓިއެވެ. އިންސާނެއްގެ ސިފައިގައި ހުރި ޝައިނާޠާނާއާއި ދިމާލަށް އޭނާ ރީތި ހިނގުމެއްގައި ގޮސް ހިނިތުންވެލިއެވެ. ދޮރު ހުޅުވާލާފައި ނައިއަލް ބޭރަށް ހިނގަމުން ގެންދިޔަ ވަރަކަށް ފަހަތަށް ފަހަތަށް އެ މަންޖެވެސް ހިނގިއެވެ. ފާރުގައި ޖެހުމުން އޭނާ ހުރީ ނިކަން އުފަލުންނެވެ. އޭނާގެ އެދުން ފުރިހަމަ ވާނެޔޭ ހިތާއެވެ. ނައިއަލް މޫނާއި މޫނު ކައިރިކޮށްލަމުން ނޭވާ ހިފަހައްޓާލީ ނޭވާލާ ނިޒާމުގެ ރައްކަލަކަށްޓަކައެވެ. ނަންނޭނގޭ އެ މީހާ، ދެލޯ މަރައިލުމާއެކު ނައިއަލް އޭނާ މުށުތެރޭ ހުރި ސައިބޯނިތައް އެ މީހާގެ އަނގަމައްޗަށް ގުޅައަކަށް ޖެހިއެވެ. ސިހިފައި ނޭވާލާން އަނގަ ހުޅުވައިލި ގަޑީ ލީ ސައިބޯނި ރަހައިން އޭނާ އޯކަށްދެމިގަތެވެ. އަދި ރުޅި އައިސް ރަތްވެފައި ނައިއަލްއަށް ބަލައިލިއެވެ.

“ހޭވް އަ ނައިސް ޑޭ.” އަތުގައި ހުރި ސައިބޯނިތައް ފެންނަ ގޮތަށް ހަނާ އަޅައިލަމުން ނައިއަލް ލިފްޓަށް އަރަން ދުއްވައިގަތެވެ.

ތިރީ ބުރިއަށް ފޭބި ނައިއަލް ކުއްލިއަކަށް ހަނދާންވީ ދެ އަހަރުކުރިން ހަނީފުއާއިއެކީ އައިސް މި އޮފީހުގެ ކެންޓީނުން ކެއި ލަޒާނިޔާގެ މަތިންނެވެ. ވަގުތުން ބަނޑުހައި ވެއްޖެއެވެ. ގޭގައި ކައްކާ ކުއްޖާ އައިޝްވަރިޔާގެ ޕޭންކޭކް ކައިކައި ފޫހިވެފައިވުމުން މިއަދު އޭނާ ކާހިތެއް ނުވިވިއްޔާއެވެ. އެ ފަންގިލފިލާގެ ފާޚަނައަށް ވަދެ އަތުން ސައިބޯނި ފިލުވައިގެން، ވަރަށް ފޮނި އުންމީދާއެކު ދިޔައިރު ކެންޓީނު ހުރީ ބަންދުކޮށްފައެވެ. މުއައްޒަފަކު ބުނީ ހުޅުވާނީ އެކެއް ޖަހާއިރު ކަމަށެވެ. އެކެއް ޖަހަންދެން އިންތިޒާރުކުރަން ނައިއަލް ނިންމިއެވެ. އޭނާ ހުރީ ލަޒާނިޔާއަށްޓަކައި ޖާނުން ފިދާވާން ތައްޔާރަށެވެ.

އެކުވެރިއެއް ކައިރީގައި ނެތްތާނގައި ކުރާނެކަމެއްވެސް ނެތިގެން ނައިއަލް އެތަށް ހާސް މޭލު ދުރުގައި ދިރިއުޅެމުންދިޔަ އެކުވެރިންނަށް ގުޅާ ޖެއްސުން ކުރަމުން މުޅި އޮފީސް ތެރޭގައި ހިނގީއެވެ. އެތަށް ޒުވާނުންނެއް މަސަތްކަތް ހުއްޓާލައިގެން އަނގައިން ސޮނި ފައިބާ ހާލު ނައިއަލްއަށް ބަލަހައްޓައިގެން ދީވާނާ ވެފައި ތިއްބެވެ. ނަމަވެސް މިއަދު ހެނދުނު ދިމާވި އަންހެން މީހާ ވަރުގެ އިންސާނެއް ނުފެނުނު ކަމަށްޓަކައި ނައިއަލް އެތަށް ހާސް ފަހަރު ޝުކުރުވެރިވިއެވެ.

ކެންޓީނުގައި އިށީނދެ އިން ނައިއަލް އޭނާގެ ފޯނު ހާވަމުން ދިޔައީ ބަނޑު ހަމަޖައްސަން ސޫޕް ތަށި ބޮމުންނެވެ. ޖެއްސުންކޮށްލަން ގުޅާނެ މީހަކު ވިސްނަނިކޮށް ހަނދާނަށް އައީ އިމާއެވެ. ވޮލެޓަށް ލީ ރިސިޕްޓުކޮޅު ނަގާފައި އޭގެ ފަހަތުގައި އިން ނަންބަރު ފޯނުގައި ޖަހައި ޑައިލްކޮށްލީ އޭނާއަށް ނަންބަރު ލިބުމުގެ އުފަލުގައި ޖެއްސުން ކޮށްލާނީއޭ ހިތާއެވެ.

އައިސްފައި ހުރި ސިނގު ރުޅީގެ ސަބަބުން ނުދަންނަ ނަންބަރުން އައި ފޯނު ކަނޑައިލަން އުޅެނިކޮށް ފޯނު ނެގުނީކަމެއް ނޭންގި މޭޒު މައްޗަށް އީމާ ފޯނު ހޫރާލީއެވެ. ގުޅީ ކޮންމެ މީހަކަސް އޭނާއަށް ވަރިހަމައެވެ.

“ކަންފަތް ބީރުވެފަތަ ތި ތިބެނީ؟ އޭލެވެލް ނަހަދާ ބަޔަކު މަގޭ ސެކްރެޓެރީ ކަމަށް ތި ގެނައި ހަމަ ގަޅިކަމުންތަ؟” އީމާގެ ބާރުގަދަ އަޑު އޮފީސްތެރޭގައި ގުގުމާލުމުން، ހަތަރު ފާރުގެ ބޮޑުބައިގައި އިސްކޮޅަށްވުރެ އުހަށް ޖަހާފައި ހުރި ބިއްލޫރިތަށްވެސް ފުނޑުފުނޑުވާން އުޅުން ފަދައެވެ. އޭނާ ހުރި ފެންވަރުގެ ބޮޑު ކެބިންއަށް ފަސްވަރަކަށް މުއައްޒަފުން އެއްވެފައި ތިއްބެވެ. އީމާގެ ރުޅިގަދަ މޫނަށް ބަލައިފިނަމަވެސް ހެއަށް ގޮތްވެދާނޭތީ އިސްއުފުލާލަން ނުކެރިފައެވެ.

“ސުއްބޫހުލް ގުއްދޫސް. މީނަ ކައިރި އުޅޭ މުއައްޒަފުންނަށް ރަޙުމަތް ލައްވާށި.” ކަނޑައިނުލާ އޮތް ފޯނުން އީމާގެ ރުންކުރު އަޑު އިވިފައި ނައިއަލްއަށް ވާނުވާ ނޭނގުނު ނަމަވެސް އޭނާއަށް އިނގުނުހާވެސް އެއްޗަކީ އީމާ ވާހަކަ ދައްކަނީ އޭނާއާއި ނޫންކަމެވެ.

“އަލުން އިންޓަވިއުއެއް..” މުއައްޒަފެއްގެ ޖުމްލަ ފުރިހަމައެއްވެސް ނުވިއެވެ.

“ތިހެން އަހަންވެސް ކެރުންކަން ނަސީބެއް. އަލުން ރާވާ. ކުޑަމިނުން އޭ ލެވެލް ހަދާފަ، އެއް އަހަރުގެ ވޯކިންގ އެކްސްޕީރިއެއްންސް ނެތް މީހަކު މިތާ ތެރެއަށް ވައްދައިގެން ނުވާ…ނެ” އަޑު ބާރުވީ ވީނުން ޖުމުލައިގެ ވަކި ހިސާބަކުން ހެއްވާ ގޮތަކަށް އަޑު ކުރެކިފައި ކެނޑުމުން، ފިއްކެނޑިފައި ތިބި މުއައްޒަފުންގެ އަނގައިން ހިނިގަނޑެއް ނުނިކުތީ ކިރިޔާއެވެ. އީމާއަށް އެކަން ފާހަގަވެފައި ގަތް ލަދުން ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. މުޅި ހަޔާތުގައި އޮފީސް މުއައްޒަފުންގެ ފަރާތުން އެފަދަ ހަރަކާތެއް ފެންނާނެފަދަ ކަމެއް ދިމާވެފައެއް ނެތެވެ. ފޯނުގެ އަނެއް ކޮޅުގައި މަޑުމަޑުން އަޑުއަހަން އިން ނައިއަލްއަށް ފޯނުގައި އަތް އަޅާފައި ހިނިގަނޑު ފަޅައިލުމުގެ ނަޞީބު ލިބުނެވެ.

ކަރުކެހިލާފައި ދަށް ނުވާންވެގެން އީމާ މުއައްޒަފުންކޮޅަށް ލޯ އަޅައިލިއެވެ. ނަމަވެސް ހަޤީޤަތުގައި އޭނާއަށް އެންމެ ނަފްރަތުކުރެވުނީ އަމިއްލަ ނަފްސުދެކެއެވެ. ރުޅިގަަނޑު ކޮންޓްރޯލް ކުރަން އޭނާ ކުރަމުން ދިޔަ ބުރަ މަސަތްކަތް އެހެން މީހުންނަށް އެނގޭނަމައެވެ.

ހުނުން މަތަވުމުން ނައިއަލް ފޯނު ކަނޑައިލީ އިތުރަށް އޭނާއާއި ވާހަކަދައްކަން ނޫޅޭ މީހެއްގެ ހަޅޭކުގެ އަޑު އަހަން ޝައުގު ނެތީމައެވެ. ނައިއަލްގެ ހަނދާނަށް އައި އެ ދުވަހަ އީމާ އޭނާގެ އަމިއްލަ ނަފްސާ މުޚާތަބުކޮށް ބުނި ވަ ނަމެެވެ. ވަގުތުން ‘ޖައިނޯމަސް ބަފަލޯ’ ގެ ނަމުގައި އީމާގެ ނަންބަރު ސޭވްކޮށްލިއެވެ.

“މި ބުނި ކޮލިފިކޭޝަންސް ލާފަ އަލުން އިންޓަވިއުއަށް ކިޔާ. ކުރިންވެސް ކޮލިފިކޭޝަންސް ސާފުކޮށް ނުބުނެވުނީމަ މަގޭވެސް މައްސަލަ މީ ދެން. ދެން އަޅާނުލާ. މާދަމާގެ ބޮޑީގާޑް އިންޓަވިއުއަށް ކޮލިފިކޭޝަންސް ކިޔައިދިނީމެންނު ދޯ. މީހުން ވެއްޖެތަ މިހާރު؟” އިމާ ދެން ވާހަކަދެއްކީ އަޑުމަޑުކޮށްފައެވެ. މުއައްޒަފަކު ޖަވާބުގައި އާދޭހޭ ބުންޏެވެ.

އޯކޭއޭ ކިޔާފައި މުއައްޒަފުން ކައިރީ ދެން ދިޔަޔަސް އެންމެ ރަނގަޅޭ އީމާ ބުނުމުން ދޮރާއި ދިމާއަށް އެނބުރުނު އެ ފަސް މީހުންކުރެ ދެ މީހަކު ހޭތަން ބިއްލޫރިގަނޑުން އޭނާއަށް ފެނުނެވެ. ނުކުމެފައި އެތަނުން އެކަކު އީމާގެ އަޑު ކެނޑުނުގޮތް ނަކަލުކޮށްލުމުން ދެން ތިބި މީހުން ހޭންފެށި އަޑުވެސް އިވުނެވެ. ލައިގެން ހުރި ރަތްކުލައި ކޯޓާއި ފަޓުލޫނު ރީތިކޮށްލަމުން ހުދު ގަމީހުގެ ބެގީ ރަނގަޅުކޮށްލި އީމާ، ނިވާލާފައި ހުރި ކޮމްޕިއުޓަރުގެ ސްކްރީނުން ފެނުނު އޭނާގެ ސޫރައަށް ބަަލައިލިއެވެ. މޭކަޕެއް ނެތް އެ މޫނުމަތިން ދައްކުވައިދިނީ ވަރުބަލިކަމެވެ. ހަގީގަތުގައިވެސް އޭނާގެ ނަފްސު އަމިއްލަ ބާރުގެ ދަށަށް ނުގެނެވި އެހެން މީހުންނަށް އަނިޔާދެވޭ ކޮންމެ ފަހަރަކު އޭނާ މާޔޫސްވެއެވެ. ބޯ ހާވައިލަމުން ދަތްކުނޑި ވިކައިގަތީ ސިކުނޑި ތެރޭ އުފެދެމުންދިޔަ ހައިޖާނުގަނޑަށް ލުއެއް ލިބޭތޯއެވެ. ކެބިންގައި ޖަހާފައި ހުރީ ބޭރުފެންނަ، އެތެރެ ނުފެންނަ ބިއްލޫރިކަން ނަސީބެކެވެ. އެހެން ނޫންނަމަ ބޭރުން ފެންނަ ބަޔަކަށް އީމާއަކީ ހަމަޖެހޭ މީހެއްކަމާއިމެދު ޝައްކު ކުރާނެއެވެ.

އޮފީހުގެ ހުރިހާ މަސައްކަތެއް ނިންމާފައި ގެއަށް ދެވުނުއިރު ރޭގަނޑު އެގާރަ ޖަހަނީއެވެ. ވަރުބަލިކަމާއި ބޯ ހާސްކަން އެކުވެ، އީމާ ހުރީ ރުޅި އައިސް ރަތްވެފައެވެ. އެ ވަގުތު އޭނާ ރުޅިއަރުވާ މީހެއްގެ ކަރުގައި ހިފަންވެސް އޭނާ ފަސްނުޖެހޭނެ ކަންނޭންގެއެވެ. ގޭ ތެރެއަށް ވަދެވުމާއިއެކު ފަހަތުން ދޮރު ލައްޕާފައި ކޮނޑުގައި އޮތް ދަބަސް ބިންމައްޗަށް ވައްޓައިލިއެވެ. ގޭތެރޭގައި އަންނައުނާއި އެއްޗެހި އެއްވެސް ހަމައެއް ލަމައެއް ނެތި އެކި ތަންތާންގައި އުކާލެވިފައި ހުރި ހުރުމުންވެސް އީމާގެ އަވަދިނެތް ދިރިއުޅުން ދައްކުވައިދިނެވެ. ކޮޓަރިއަށް ވަަންނަން ދިޔަ މަގުމަތީ ބޫޓާއި، ލައިގެން ހުރި ކޯޓު، އަދި އަޅާއިފައިވާ ގަހަނާތައް، ފަހަރަކު އެއްޗެއް އަތުޖެހުނު ތާކަށް ފަރުވާކުޑަ ގޮތަކަށް ވައްޓަމުން ގޮސް އެނދުމަތީ އިށީންދެ، އަތުގައި އޮތް ފޯނާއި ގޭ ތަޅުދަނޑި ނައިޓްސްޓޭންޑް މަތީ ބޭއްވިއެވެ. މާދަމާވެސް މި ހާލެއްގައި ކުރިއަށް ދާންޖެހޭނެއޭ ހިތަށްއެރުމުން ކަކޫމަތީ ދެ އުޅަނބޮށި ވިއްދާލައިފައި ދެ އަތްތިލައިން ބޮލުގައި ހިފަހައްޓައިލެވުނެވެ.

ފިކުރުތަކުން ބޭރަށް ނުކުންނަން އީމާއަށް ޖެހުނީ ކަބަޑު ތެރެއިން ފޯނެއް ރިންގުވާ އަޑަށެވެ. އެއީ އޭނާ ގެންގުޅޭ މޮބައިލް ފޯނުގެ އަޑެއް ނޫނެވެ. އެތަށް ދުވަހެއް ވަންދެން އަޑު ނީވޭ، ކުޑައިރުގެ ހަނދާންތަކާއި ގުޅިފައިވީ އެ ރިންގުޓޯން އިވި އީމާއަށް ފުންމައިގެން ތެދުވެވުނެވެ. އެއީ، މަންމަގެ ހަނދާނުގައި އެތަށް އަަހަރެއް ވަންދެން ސަސްޕެންޑް ވިޔަ ނުދީ މަހުން މަހަށް ލާރި އަޅާފައި އީމާ ބާއްވާ، އޭނާގެ މަންމަގެ ފޯނެވެ. ދުވެފައި ގޮސް ފޯނު ނެގުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭންގެއެވެ. މަންމަ ނުވަތަ ބައްޕައެއް ހަމަ ގައިމުވެސް ދެން އޭނާއަކަށް ނުގުޅާނެއެވެ.

“ހަލޯ! މީ ބޭންކް އޮފް މޯލްޑިވްސް އިނގޭތޯ. ތި ބޭފުޅާގެ ބޭންކް އެކައުންޓްގަ ކުޑަ މައްސަލައެއް ދިމާވެގެން އުޅޭތީ، އެ މައްސަލަ ހައްލުކޮށްލަން އެބަ ޖެހޭ. ބޭންކް އެކައުންޓްގެ ނަަންބަރު ލިބޭހާ އަވަހަކަށް އެ މައްސަލަ ހައްލުކޮށްލާފަ މިކޮޅުން އަންގާލާނަން. އެކައުންޓް ނަންބަރު ކިޔާލަދެއްވުން އެދެން.” އެކޮޅުން އިވުނީ މަޑުމައިތިރި އަޑެކެވެ. ނަމަވެސް އީމާގެ ރުޅިގަނޑު އެރީ އަށްޑިހައަށެވެ. އެންމެ ބޮޑަށް ރުޅި އާދެވުނީ އެ ފޯނުން އޭނާ އުފާވާނެފަދަ އަޑެއް އިވޭނެކަމަށް އުންމީދު ކުރެވުނު އަމިއްލަ ނަފްސުދެކެއެވެ. މަކަރުން ލާރި ހޯދަން މަސައްކަތްކުރަމުންދިޔަ އެ ބީރައްޓެހި މީހާއާއި ދިމާލަށް ދުލަށް އައިހާ ނުބައި އެއްޗެއް ގޮވާފައި ފޯނު ކަނޑައިލި އީމާ އަތް ހޫރައިލީ އެ ފޯނު ބިންމައްޗަށް ޖެހުމަށެވެ. އެހެނަސް ފޯނު ދޫކޮށްލެވޭ ގޮތެއް ނުވިއެވެ. އެކަމާވެސް އަނެއްކާވެސް ރުޅި އާދެވުނީ އަމިއްލަ ނަފްސުދެކެއެވެ. ކަބަޑު ތެރެއަށް ފޯނު ހޫރާލާފައި އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީ އޭނާގެ ނޭވާ ހާސްކުރަމުންދިޔަ އިޙުސާސްތައް ބޭރުވޭތޯއެވެ. އެވަރުން ނުފުދިގެން އަތު ޖެހުނުހާ އެއްޗެއް ބިމަށް އުކައި މުޅިތަނަށް ތޫފާނެއް ގެނައެވެ.

ކިރިޔާވެސް ހަމަޖެހުމެއް ލިބުމުން ގޮސް ފާހަނައަށް ވަނީ، ރުޅިގަނޑު ފިނިވޭތޯ މަސައްކަތް ކުރުމަށެވެ. ފިނި ފެންތައް ހަށިގަނޑުގައި ބީހުމުން ހީބިހިތަށް އުފުލި ހަންގަނޑުގެ އޮމާންކަން ނަގާލިއެވެ. ދެލޯ މަރާލުމާއެކު ޝަވަރުން މިނިވަންކަމާއެކު މޫނަށް އޮހުން ފެންތިކިތަކާއި ކަރުނަތަށް އެކުވީ އެއްވެސް ސަބަބަކާއި ނުލާއޭ ހީވެދާނެއެވެ. ނަމަވެސް ވީރާނާވެފައިވާ އެ ހިތުގެ ހާލު ދެނެވޮޑިގަންނަވަނީ ހަމަ އެންމެ ފަރާތެކެވެ. އީމާ އޭނާގެ ހަށިގަނޑުގައި ވަށާލައިގެން ހުރި ދެއަތް ކަންފަތް މަތީ އަޅައި ބާރުކޮށްލިއެވެ. ސިކުނޑީގައި އޭނާއަށް އަޒާބު ދެމުންދިޔަ ފިކުރުތައް އަޑުނާހަން މަސައްކަތްކުރި ފަދައެވެ.

ފެންވަރައިގެން ނުކުތްއިރު އީމާ ހުރީ ފުދޭވަރަކަށް ހަމަޖެހިފައެވެ. ނިދާހެދުން ބޮލަށް މަހައިލާފައި، ކޮފީ ޓޭބަލްއެއް މަތީ ހުރި އުއްބަތިއެއް ރޯކޮށްލިއެވެ. ނިދުމުގެ ކުރިން އެ އުއްބައްތީގެ ލެވެންޑާ ވަހުން ކޮޓަރިތެރެ އެއްވަސްކޮށްލުން އެއީ މަންމަގެ ފަރާތުން އީމާއަށް އާދަވެފައިވާ ކަމެކެވެ. ނިދަން އޮށޯތީ ކޮޓަރިތެރެ އޮތް ހާލަށް ސަމާލުކަމެއް ދިނުމަކާއިނުލައެވެ. އެ ހާލަކީވެސް އޭނާއަށް އާދަވެފައިވާ ކަމެއް ވިއްޔާއެވެ.

އޮފީސް ނިމިގެން އައިސް ކޯޓާއި ގަމީސް ކޮޓަރިތެރެއަށް ހޫރާލަމުން ނައިއަލް އެނދުމައްޗަށް ޖެހިގަތެވެ. ބެލްކަނިން ވަންނަމުންދިޔަ އިރުއޮއްސުމުގެ ކުލަތަކުން އެ އަނދިރި ކޮޓަރިއަށް އަލިކަން އެޅިފައި އޮތެވެ. ބޮޑު އެނދުގައި އޮށޯވެ ނައިއަލް އޭނާގެ ލޯބިވެރިޔާ ގައިގައި ބައްދާލިއެވެ.

“ޗިމްޕާ. މަ ކިހިނެތް މި ހާލުގަ ދިރިއުޅޭނީ. މިއަދުވެސް ކިރިޔާ ރޭޕް ނުވީ. މީ ހަމަ މަގޭ ނަސީބުގަ އޮތް ގޮތްތަ ދެން.” ރޮއެގަންނަމުން ނައިއަލް އޭނާގެ މޭގައި ފޮރުވާލީ އޭނާގެ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު އަދި ހަމައެކަނި ނަސީބެވެ. ކޮންމެ ދުވަހަކުވެސް ހިނގާ ކަންތަށް އަލިފުން ޔާއަށް އެ ލޯބިވެރިޔާއަށް ކިޔައިދެނީ އަޑުއިވުމާއި ފެނުމުގެ އިތުރަށް އިންސާނީ އެއްވެސް ބާރެއް ލިބިފައި ނެތަސް ހިތުގެ ފުންމިނުން ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ނައިއަލް އޭނާގެ އަތުތެރޭ އޮތް ހުދުކުލައިގެ ބޮޑު، ޗަސް ކަންނެޔޮ ހިފައިގެން ބެލްކަންޏަށް ނިކުތެވެ. ކޮޅަށް ހުންނާނެހެން ރެއިލިންގުގައި އެ ކަންނެޔޮ ލައްގައިލާފައި ޖެހިގެން ހުއްޓި އެއް އަތް ކަންނެޔޮލުގައި ވަށައިލީ އިންސާނެއްގެ ކޮނޑުގައި އަތް ވަށައިލާހެނެވެ.

“ޗިމްޕާ ދުނިޔޭގަ ހުރިހާ ހިނދަކު މަ އެއްވެސް އިންސާނެއްދެކެ ލޯތްބެއް ނުވާނަން އިނގޭ. އައި ޕްރޮމިސް.” އިޝްގީ ނަޒަރަކުން ކަންނެޔޮލަށް ބަލައިލާފައި އަނެއް އަތުން އޭގައި ފިރުމައިލަމުން އޭނާ އެ ކަންނެޔޮލުގައި ބޮސްދިނެވެ. އޭނާ ހިތުން މި ތުންފަތް ޖެއްސުނީ ޗިމްޕާގެ ތުންފަތުގައެވެ. ލޯބިވެރިޔާއާއި އެކީ ބެލި އޮއްސެމުންދިޔަ އިރުގެ ރީތިކަމަށް ހިތާހިތުން ތައުރީފުކުރި ނައިއަލްގެ ތުންފަތްމަތީ ދުވެލީ މަޢުނަވީ ހިނިތުންވުމެކެވެ. އޭނާގެ ނަޒަރު އިރަށް ހުއްޓިފައިވީ ނަމަވެސް ދެ ލޮލުން ފާޅުވީ، ޗިމްޕާއާއިއެކު ވަގުތު ހޭދަކުރުމުން ލިބޭ ހިތްހަމަޖެހުމެވެ. ގާތުގައި ހުރި ޗިމްޕާދެކެ އޭނާ ވަނީ ހަޤީޤީ ލޯތްބެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

afnaarj

Level 2100 Login10 Stories100 Comments

We hope you like our first story ‘foni faaroshi’. This story is written by two writters. We welcome both positive and negetive opinions of readers.

Other Articles

Previous

އަބަދުވެސް މިހިތުގާ ވެޔޭ (7)

Next

ތީ އޭ އުފަލަކީ…(7)

Next
April 29, 2020

ތީ އޭ އުފަލަކީ…(7)

Previews
April 29, 2020

އަބަދުވެސް މިހިތުގާ ވެޔޭ (7)

16 Comments!

  1. Kairaa says:
    April 29, 2020 at 12:00 pm

    Varah varah reethi mi bai vx?…curiously waiting for the nxt part….and whn nxt…

    1. afnaarj says:
      April 29, 2020 at 3:35 pm

      thank u kairaa nxt prt maadhamaa up veytho balaanan

  2. Shy❤ says:
    April 29, 2020 at 12:12 pm

    Yay first dhw? varah reethi vaahaka kuriyah gendhaa goi☺ whn next part?? Can’t wait to read next❤ LY ?

    1. afnaarj says:
      April 29, 2020 at 3:37 pm

      we appreciate ur comments a lot shy veehaaves avahakah up veytho balaanan luv u more

  3. Anonymous says:
    April 29, 2020 at 12:34 pm

    Afnaarj aa dhen kaakaa mi vaahaka liyany

    1. afnaarj says:
      April 29, 2020 at 2:21 pm

      afnaarj itself represents the both of us 🙂

  4. magnumm says:
    April 29, 2020 at 1:03 pm

    dhn mioh faruhaki manje gandeh vx dw..chee chee ladhun boa halaaku. Afnaarjuuu whn nextu?❤ waitinggg ngeyy.purple u?

  5. ?? says:
    April 29, 2020 at 3:12 pm

    Heehee halaaku vejje …lol ????…. eemaage mamma ehvx bappa ehvx nuhunnaneetha …. v curious vejje? as always story hama varaah reethi.. ❤❤ …

  6. shaiiii says:
    April 29, 2020 at 4:44 pm

    wowww mi prt vrh salhi

    1. afnaarj says:
      April 29, 2020 at 5:50 pm

      thank you vvveryyyy much shaii ! 🙂

  7. afnaarj says:
    April 29, 2020 at 5:48 pm

    hei everyone! we hope you like this part and smile after reading since it is written in a way in which we think will make the most of you smile. 🙂 next part will be submitted today insha allah. and some pending comments in part 1 2 and 3 has been published and we made sure to try our best and reply to all of you since each and every comment meant alot to us. we appreciate you guys so much. thank you ! 😉

  8. friend says:
    April 29, 2020 at 6:57 pm

    Hahaa
    Vaahaka hama habeys
    v majaa
    aharen vaahaka kiyaa indhe fa irukolhakaa hinigandeh jahaalaathee
    mamma firthihen kujjakkaa vaahaka dhakkaneehey kiyaa phone ves check koffi
    hahaa
    haalath Dho
    by the way when next

    1. afnaarj says:
      April 30, 2020 at 5:08 am

      loll! We Can relate a bit to that before haha! Let ur mamma know it’s just a story ? next part submit kohlaifin..thank you soo much friend❤

  9. Malsa Moosa (Lysh) says:
    April 29, 2020 at 10:44 pm

    Ahaha. just can’t stop laughing. naial vx dhw. piss piss. Ehe. Btw mi part hama as always habbu! i enjoyed a lot. baeh than than kolhu kiyaalaafa hama heehee lolun karuna aadhey. Curiously waiting for the next. love this story. waitn waitn. tc u 2

  10. Anonymous says:
    April 30, 2020 at 6:50 am

    Heiy can ya plx tell me that which app did yu use to make tht cover??
    nd btw this storyyy so funyy & amazin ? yu 2 are so talented Maashaa Allah ❤️

  11. Imkko says:
    May 14, 2020 at 6:40 pm

    Maasha allah … mi baives hama awesome … you guys are truely talanted … n that chimpa ? i can relate to it so much … i also have a chimpa … lol ???

Comments are closed.

Next Episodeފޮނި ފާރޮށި 5←


All Right Reserved!