Skip to content
އެސްފިޔަ

ފޮނި ފާރޮށި 3

“ޕަމްޕްކިންންން. ދެން ހޭލަބަލާ. ޑޭޑީ ބުންޏެއްނު މިއަދު އޮފީހަށް ދާށޭ. އަވަހަށް ތެދުވެލާ. އައިޝްވަރިޔާ މިއަދު އެހެރީ ޕޭންކޭކްސް ހަދާފަ.” ދޮރުގައި ޓަކިޖަހައިލި ލަތީފާ ހީވީ ހުރި ހަމައެކަނި ދަރިދެކެ ވާ ލޯބީގެ ފޮނިކަމުން ދިޔާހަކުރު ބުރުވާހެނެވެ. ބާލިސްތެރެއަށް ބޯ ގަންބައިލަމުން މިދަނީއޭ ނައިއަލް ބުނެލީ އޭނާގެ މަންމައަށް އިވޭނެ ކަމަށް ހިތާއެވެ. މިނެޓެއް ފަހުން ދޮރު ހުޅުވާއަޅާފައި ލަތީފާ ކޮޓަރިއަށް ވަނެވެ. ނައިއަލް އޮތީ އަރާމު ދޭ ނިދީގެ ތެރެއަށް އެނބުރި ދިއުމުގެ މަގުމަތީގައެވެ.

“ތެދުވާށޭ! މިއަދު ނުގޮއްސިއްޔާ އެ ބަފާގަނޑު ދަރިފުޅުގެ މަގާމު އެހެން މީހަކަށް ދޭން ނިންމަފާނެ! އޭރަށް އަހަރުން ބިކަވެދާނެއޭ!” ލަތީފާގެ އަޑު ބާރުވި އަޑަށް ނައިއަލް ބާލިސްތެރެއިން ބޯ ހިއްލާލިއެވެ. ދެލޯ ހުޅުވާނެގޮތް ހަނދާންނެތުމުން ހުޅުވުމުގެ މަސައްކަތުގައި ޖެހުނީ ފުރަތަމަ ދެ ބުމަ ހިއްލަންށެވެ. ނަމަވެސް ލޯ ހުޅުވުމުގައި ކާމިޔާބުވުމުން ހުޅުވުނު މޮޔައޭ ހިތަށްއެރިއެވެ. ކުރިމަތީ ފާޅުވެ ހުރި މަންމަގެ ރުޅި ހުރި ވަރުން ޖެހި ބިރުވެރި ސިފަ ފެނުމުން ނިދި ފިލައި ދިޔައީ އެއެއް މިއެއް ބަލާފައެއް ނޫނެވެ.

“އާޗާ މަންމާ. ތީ ކައިލީ ޖެނާރ ދަސްކޮށްދިން މޭކަޕެއްތަ. ހާދަ ޗާލޭ ދޯ ތި ހެދުންވެސް. ޑޯނަލްޑް ޓްރަޕްގެ ލާރިކޮޅުން ގަންނަ އެއްޗެހިހާ ޝާހީ ވައްތަރު ޖަހާ.” ވަށްބަހުން ޖެހުމެއް އެކުލެވުގެންވީ ރާގަކަށް ނައިއަލް ބުނެލިއެވެ. ލަތީފާއަށް އެކަން ފާހަގަ ނުވިކަން ނަސީބެކެވެ.

“ދަރިފުޅު އެއްބާރުލުން ނުދެންޏާ މަންމަ ކިހިނެތް ހަދާނީ؟ ދަރިފުޅު ސީ.އީ.އޯއަށް ވެގެންނޭ އަހަރުމެން ދެމައިންނަށް އުފާވެރިކަން އޮތީ.” ރުޅި މަޑުކޮށްފައި ލަތީފާ ހިނިތުންވެލިއެވެ. ނައިއަލްއަށް އެ މަޤާމު ނުލިބިދާނެތީ ހާސްވެފައި ހުރިވަރު ފޮރުވަން އޭނާ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ނަމަވެސް ނައިއަލް ކުރި ތަޢުރީފުން ފުދޭވަރަކަށް ހިތްހަމަޖެހުނުހެން ހީވިއެވެ.

“ސީ.އީއޯއަށް ނުވިޔަސް ކުނިކަހައިދީގެންނާ ސާފުކޮށްދީގެން މަ ލާރި ހޯދަފާނަމޭ. އޭރަށް މަށަށާ މަންމަޔަށާ ދެމީހުންނަށް ބެހޭނެ އެއްނު. މަންމަ ހާސްނުވޭ. މަސްވެރިކަމާ ދަނޑުވެރިކަމާވެސް އެއޮތީ ހަމަ. މަ ނިކަން ކުރާ ހިތްވާ ކަންތަކޭ އެއީ.” މަންމަގެ އެންމެ ބޮޑު ލަނޑުދަނޑިއަކީ ބައްޕަގެ މުދާގަނޑުކަން ރަނގަޅަށް ދެނަހުރެވެސް ނައިއަލް އޭނާގެ ހުވަފެންތަށް ކިޔައިދިންއިރު އެންމެ ފަހުން ލަތީފާއަށް ރުޅިއަންނަންވީ ކަމެއް ނުވަތަ ނައިއަލްއަށް ހަމްދަރުދީ ވާންވީ ކަމެއް ކަނޑަނޭޅުނެވެ. އޭނާ ދެކޭ ގޮތުގައި ނައިއަލް އެ ދެއްކީ މޮޔަ ވާހަކަތަކެކެވެ.

“ދަރިފުޅުގެ ޅަ ސިކުނޑިއަކަށް ނުވިސްނޭނެ. ކުނި ކަހައިގެންނާ، މަސް ބާނައިގެންނާ، ދަނޑު ހައްދައިގެންވެސް ލާރި ލިބޭނެ. އެކަމަކު އެއީ މީހުންގެ ކުރިމަތީގެ ގަދަރު އުފުލޭކަަހަލަ، ރީތި ނަން ލިބޭނެކަހަލަ މަސައްކަތްތަކެއް ނޫން. މަންމަ ބޭނުންވަނީ ދަރިފުޅު ވީހާވެސް މަތީ މަޤާމެއްގަ، ޝަރަފާ އިއްޒަތުގަ ހުންނަން. ތިކަހަލަ ޚިޔާލު ގެންގުޅޭތީއޭ މި ކިޔަނީ މަންމަ ބުނާ ގޮތް ހަދައިގެން އުޅޭށޭ. އެއީ އޭ ދަރިފުޅަށް އެންމެ ރަނގަޅު ގޮތަކީ. ދެންވެސް ތެދުވެ ޑޭޑީ ކައިރިއަށް ދާން ތައްޔާރުވޭ.” ލަތީފާ އޭނާގެ ބޯދާ ޚިޔާލު ފާޅުކޮށްލާފައި ނައިއަލް ބުނާނެ އިތުރު އެއްޗެއް އަޑުއެހުމެއް ނެތި ކޮޓަރިން ނުކުތެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ފެންވަރުގެ މޮޅު ޕްރައިވެޓް ކާރަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓެމުން ދިޔައެވެ. އޭގެ ބާރުމިނުން ޖެހިލާ ވައިގެ ސަބަބުން މަގުގެ އެއްފަޅީގައި ހުރި ވިނަތަށްވެސް ހެލިގަތެވެ. ކާރު ގޮސް މަޑުކޮށްލީ އެލް.ވީ.އީ ކޮމްޕެނީގެ މައިދޮރާށި ކުރިމައްޗަށެވެ. ފަހަތު ސީޓުގައި އިން ބޭފުޅާއަށްޓަކައި ދޮރުހުޅުވައިދިނުމަށް ފަހު ދޮރު ފަހަތުގައި މަޑުކޮށްލި ސެކިއުރިޓީ ގާރޑު ހަރުދަނޑިކަމުން ހީވަނީ ޗާބީ ދީފައި ހުރި ބުދެއްހެނެވެ. ކޮމްޕެނީގެ ކުރިމަގު އެމީހަކަށް ނިސްބަތްވެފައިވާ އެލް.ވީއީގެ ވާން އުޅޭކަމެއް ނޫޅޭކަމެއް ޔަޤީން ނުވާ ސީ.އީ.އޯ އޭގެން ފައިބާނެކަމުގެ ފޮނި އުންމީދާއެކުގައެވެ. ނަމަވެސް އޭނާ އެހެން ހުންނަތާ ތިރީސް ވަރަކަށް ސިކުންތުކޮޅު ތެރޭގައި ވަށައިގެންވީ މާހައުލުން ނުދަންނަ ނަޒަރު ތަކެއް މެނުވީ ނުލިބުނެވެ. ކާރު ތެރެއަށް ކުޑަކޮށް ބޯދިއްކޮށްލަން މަޖުބޫރުވީ އެތެރޭގައި އިން ބޭފުޅާ ނުކުތުމަށްޓަކައި އަނެއްކާ އަތުގައި ހިފަހައްޓަން ނުވަތަ ފުރޮޅުލީގޮނޑިއެއް ގެންނަން ބޭނުންވަނީތޯ ބަލައިލުމަށެވެ. ކާރު ތެރެއިން އޭނާއާއި ކަޅިހަމަވީ ފަހަތު ސީޓާއި ދިމާލަށް އެނބުރިގެން އިން ޑްރައިވަރާއެވެ. ޑްރައިވަރު އިނީ ފަހަތު ސީޓުގައި އިން ބޭފުޅާއަށް ގޮވަން ޖެހިލުންވެފައެވެ. ގޮވާލެވޭ ގޮތް ކަމުނުގޮސްގެން ބޮސް ވަޒީފާއިން ވަކިކޮށްފާނެވިއްޔާއެވެ. ގާރޑު މީހާ، ގޮވާލާށޭ ބުނާކަހަލަ ގޮތަކަށް ޑްރައިވަރަށް ލޮލުން އިށާރާތްކޮށްލިއެވެ.

“އެކްސްކިއުޒް މީ ސަރ، އާދެވިއްޖެ އިނގޭތޯ.” ހިންދިރުވާލާފައި ޑްރައިވަރު ގޮވައިލިއެވެ. ސީޓަށް ވެޑުވި، ނިދާ މަރުވެފައި އިން ނައިއަލް ކުކުރާލަމުން ކަންނެތް ގޮތަކަށް ލޯ ހުޅުވާލިއެވެ. ޑްރައިވަރާއި ގާރޑު ބަލަން ތިބި ގޮތް ފެނިފައި ވަރަށް ނޭންގޭ ކަމަށް ހަދައި ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ޖީބުގައި އޮތް އެންމެ ފަހުގެ އަވި އައިނު ނަގައި ލޮލަށް ހެޔޮވަރު ކޮށްލަމުން ނައިއަލް ކާރުން ފައިބައި، ކުރިމަތީގައި ހުރި ހައިބަތު ބޮޑު ފަނަރަ ބުރީގެ އިމާރާތަށް ނަޒަރު ހިންގައިލިއެވެ.

“އަހް… އަލުން ބޭބީ ނާސަރީއަށް ދެވޭނެނަމަ ކިހާ ރަނގަޅު…” ހިތާހިތުން ނައިއަލްއަށް ބުނެވުނެވެ. މަސައްކަތެއް އެބަ އޮތޭ ކިޔައި ބައްދަލުކުރަން އެންގި ބައްޕަ ހަނީފްގެ ރާގު ހުރި ގޮތުން މިއަދު ހަމަ ނައިއަލް ޑައިރެކްޓަރަށް ހަދައި، ސީ.އީ.އޯއަށް ހެދުމުގެ ބިނގާއެޅުމަށްޓަކައި ފަހުގެ ނިންމުން ނިންމާނެކަމަށް ނައިއަލްއަށް ޔަގީންވިއެވެ. ބިލްޑިންގ ތެރެއަށް ވަތްއިރު އެންމެ ތިރީ ފަންގިފިލާގައި އެކަނިވެސް ހޭލަމޭލަވަމުންދިޔަ މުއައްޒަފުން ގިނަކަމުން، ކޮމްޕެނީގެ ވެރިއަކަށްވުމުން ބުރަވާނެވަރު ހިތަށް އެރުމުންވެސް މޭނުބައިކުރިއެވެ.

ހަރު އަދި އަވަސް ހިނގުމެއްގައި އޮފީސް ތެރެއަށް ވަދެގެން ދިޔައިރު އެތަށް ބަޔަކު އެމީހުންގެ ހަރަކާތްތަށް ހުއްޓާލައިގެން ނައިއަލްއާއި ދިމާލަށް ބަލަން ތިއްބެވެ. ކުންފުނީގެ ވެރިޔާ ހަނީފްގެ ދަރި، އަދި ވާންއުޅޭ ސީއީއޯގެ ގޮތުގައި މުއައްޒަފުންގެ ތެރޭގައި މަޝްހޫރުވެފައިވީ ނައިއަލް ހަމަލޮލަށް ފެނުމުން އޭނާގެ ހިތްގައިމުކަމުން ހިތްތަށް ކަތިލެވުނެވެ.

“ހުއް. އެ އީމާއެއްގެ ލޮލުގަ މައްސަލަ އުޅެނީ ތޯއްޗެއް. މަ ކިހާ ލޯބިތަ އަޅެ.” ލިފްޓުގައި ހުއްޓި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލި ނައިއަލް ތުން އޫކޮށްލާފައި އަމިއްލަ ނަފްސަށް ތަޢުރީފްކުރާ ހާލު ލިފްޓް ހުޅުވުމުން ބައްޕަ ހަނީފްގެ ކެބިންއާ ދިމާލަށް މިސްރާބުޖެއްސެވެ. ކެބިންގެ ދޮރުގައި ޖަހައިލުމުން ލިބުނު ހުއްދައާއިއެކު ވަތްއިރު އޭނާގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ. ކުއްލިއަކަށް އޮފީސް މަސައްކަތްތައް ބޮލަށް އެޅިދާނެއޭ އޭނާގެ ހިތުގައި އޮތެވެ.

“ދަރިޔާ، ހާދަ ލަހެއްވީ؟” ސޯފާއަށް ވެޑުވިފައި ކޮފީއެއް ދަމަން އިން ހަނީފް އަސަރެއް ނެތް ރާގަކަށް ބުންޏެވެ. ފުޅާ ހިނިތުންވުމެއް ދައްކާލަމުން ނައިއަލް ބޯ ކަހާލީ ބުނާނެ އިތުރު އެއްޗެއް އޭނާގެ ވިސްނުމަށް ނައުމުންނެވެ.

ހަނީފަކީ އެހާ ފަސޭހައިން ރުޅި އަންނަ މިޒާޖެއްގެ މީހެއް ނޫނެވެ. ޒަމާނީކޮށް ބުނާނަމަ ‘ޗިލް’ މީހެެކެވެ. ބައެއް ފަހަރު ރުޅިއަންނަންޖެހޭ ހާލަތްތަކުގައިވެސް ޗިލްކޮށް ހުންނަ ހުރުމުން އޭނާގެ އާދަޔާޚިލާފުކަން ދައްކުވައިދެއެވެ. އޭނާ ރުޅި އިސްކުރާނީ ދެ ހާލަތެއްގައެވެ. ލޮލުގެކޮއިހެން ގެންނުޅޭ އޭނާގެ ކުންފުންޏަށް ދެރަގޮތެއް ވުމުން، ނުވަތަ އޭނާގެ ރޭވުމެއް ކާމިޔާބު ނުވުމުންނެވެ.

“އެންމެ އަވަހަށް ބޯޑް މީޓިންގ އޮތީ ކޮން ދުވަހަކުން؟” މަޢުލޫއު ބަދަލުކޮށްލަމުން ބައްޕަގެ ބޮޑު ގޮނޑީގައި ނައިއަލް ޖައްސާލިއެވެ. ހަނީފް ކިތަންމެވަރަކަށް ދަރިއަށް މަގާމު ދޭން އުޅުނަސް ބޯޑް މެންބަރުންގެ ހުއްދައާއި ނުލައި އެކަން ނުވާނެކަން އޭނާއަށް އެނގެއެވެ.

“މިއަންނަ ހަފްތާގަ…” ހަނީފްގެ ކުރު ޖުމްލައިން ނައިއަލްއަށް އިސްއުފުލާ ބަލާލެވުނީ ހައިރާންވީ ވަރުންނެވެ.

“ވޯޓުލަނީ އެހެންވީމަ މިއަންނަ ހަފްތާގަ ދޯ.” ނިކަން މާޔޫސްވެފައި ނައިއަލް އެހި ނަމަވެސް އެންމެ ހަފްތާއެއްވެސް ލަސްވާތީ މަސައްކަތަށް ނައިސް ޗުއްޓީ ލިބޭނޭކަމަށް ހީކޮށް އޭނާގެ މޮޔަ ސިކުނޑި އުފާފާޅު ކުރަމުން ދިޔައެވެ. ކުރިއަށް އަންނަން އޮތް ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވާ ހާލުގައެވެ. ހަނީފްް ފުންނޭވާއެއް ދޫކޮށްލިއެވެ. ބުނަން ހުރި ހުރިހާ ވާހަކައެއްގެ ދިގުމިނަން ވިސްނާލައި، ސިކުނޑި ހަމަޔަކަށް އަޅުވާލިފަދައެވެ.

“ތެދަށް ބުނެބަލަ، މިތާންގަ މަސައްކަތްކުރުމުގެ ޝައުގުވެރިކަމެއް އެބަ އޮތްތަ ނައިއަލްގެ؟” ހަނީފް ވަރަށް ސީރިއަސް ވެލާފައި އަހައިލިއެވެ. ގޯސްކަމެއް ކުރި ކުޑަކުއްޖަކު އެކަމަކަށް އިއުތިރާފުވާ ކަހަލަ ގޮތަކަށް ނައިއަލް މަޑުމަޑުން ބޯ ހޫރައިލިއެވެ. ބައްޕަގެ ވިޔަފާރީގެ ތެރޭ މަސަތްކަތް ކުރުމަކީ އެއް އިރެއްގައިވެސް އޭނާ ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް އާއިލާގައި ހުރި ހަމައެކަނި ދަރިއަށްވެފައި، ލަތީފާގެ ނުސީދާ އިންޒާރުތަކުގެ ސަބަބުން އިތުރު ގޮތެއް ނެތުމުން މި ހިސާބަށް އަންނަން ޖެހުނީއެވެ.

“މަށަށް އެނގެއޭ.” ހަނީފު ހިނިގަނޑެއް ޖަހައިލިއެވެ. ބައްޕަ ކިޔަން އުޅޭ އެއްޗެއް ނުވިސްނި ނައިއަލް ހިސާބަކަށް ހިތް ނުތަނަވަސްވިއެވެ. ހަނީފުގެ ތާކުންތާކުން ނުޖެހޭ ކަންކަން ކުރާ މިޒާޖު އޭނާއަށް ވަނީ ފުދޭވަރަކަށް އެނގި، ދަސްވެފައެވެ. ނައިއަލް މެލޭޝިއާގައި އުޅުންއިރު ހަނީޕް ހާލު ބަލަން އައި ފަހަރެއް މަތިން ހަނދާންވިއެވެ. ހަދިޔާއެކޭ ކިޔާފައި ގެނައީ ރޭސް ކާރެކެވެ. ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. އަސްލު އެއްޗެކެވެ. ނައިއަލް މުޅިން މާޔޫސް ކޮށްލަމުންނެވެ. ދިހަ އަހަރުގެ ނައިއަލްއަށް އެ ދުއްވޭނީކީވެސް ނޫންވިއްޔާއެވެ. މި ދުއްވާނީ ކިހިނެތްހޭ އެހުމުން ހަނީފު ދިން ޖަވާބަކީ ‘ބައްޕަގެ ޑްރައިވަރު ދީފާނަމޭ’އެވެ. ހީވަނީ ޑްރައިވަރަކީ ގެންގުޅޭ އެއްޗެއްހެނެވެ.

“ޑައިރެކްޓަރަށް ވުމުގެ ކުރިން އެބައޮތް މާ ތްރިލިންގ މިޝަންއެއް.” ވަރަށް ފޯރީގައި ހަނީފް ބުނެލިއެވެ. “އަޑުއަހާފަ ދޯ އޮންނާނީ  އީ.އެމް.އޭ ކޮމްޕެނީގެ ވާހަކަ. އެ ކޮމްޕެނީ ސަކްސެސްފުލް ވީންސުރެ ވީ ހޭޑް ބިފްސް.” ދެ ކުންފުނީގެ ވާދަވެރިކަން ޒަމާނީ ގޮތަކަށް ހަނީފް ކިޔައިދޭން މަސަތްކަތްކުރިއެވެ. ނަމަވެސް ނައިއަލްގެ ސިކުނޑިއަށް އެ ކީ އެއްޗެއް ފަހުމްވާނެއޭ ހިތަށްއެރުން އެއީ އޭނާގެ މޮޔަކަމެވެ.

“ތީގަ ތްރިލްއަކީ ކޮބާ؟ މި ކޮމްޕެނީއާ ތި ބުނި ބީފްއެއް ނޯންނަ ބައެއް ނެތެންނު.” ނައިއަލް ބުންޏެވެ. ވާހަކަ ކުރުކޮށްލެވޭތޯ އޭނާ ކުރަމުން ދިޔައީ ސާބަސް ރައްދުވާވަރުގެ ބުރަ މަަސައްކަތެވެ. ނަމަވެސް އެ ބުނާ، މި ކުންފުނީގައި މަސައްކަތް ކުރަން ނުޖެހި ކުރެވޭނެ އެހެން ޝައުގުވެރިކަމެއް އަޑުއަހާހިތްވެސް ވިއެވެ.

“އެ އީ.އެމް.އޭއަކާހެދި މާކެޓުގަ އަހަރުމެންގެ ކޮމްޕެނީއަށް ލިބޭ ހިއްސާގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް. މިކޮޅުން ކަމެއް ކުރާއިރަށް އެ ފަޅިން ވާދަޖަހާ. މިހާރު ބޮޑު ބައްޔަކަށް މިކަންވެއްޖެ. ކުރިން ދުވަހެއްގަ ބުނީމެންނުދޯ ބީޗާ ވީ ފަޅިއަށް ވަރަށް ސަޅި ގެސްޓް ހައުސްއެއް އަޅަންށޭ މި އުޅެނީ. އެތަނުން ބިން ލިބިލިބި އޮއްވަ މުށުތެރެއިން ދަމައިގަތީ އެ އަންހެނާ. މިހާރު އެކަހަލަ ހަތް ވަރަކަށް ޑީލް ނިގުޅައިގަތްފި. ނައިއަލް ވިސްނާލަބަލަ މިހެން ކަންތަށް ވަންޏާ އަހަރުމެންގެ ޢިއްޒަތް ދޯ ވެއްޔާ އެ މޮޑެވެނީ. އެހާ ޒުވާން މަންޖެއެއް ހިންގާ ތަނެކޭ އަނެއްކާ. ތީރީސް އަހަރު ފުރިފަ އޮތް މި ކޮމްޕެނީ ދަށަށް ޖަހާފަ އެމީހުން ކުރިއަރަންޏާ މީހުން ކިިޔާނެ އެއްޗަކަށް ވިސްނާލަބަަލަ. ތި ސިކުނޑިއަށް އެއްޗެއް ވަދޭތަ އެބަ؟” އަޑަށް ބާރުލާފައި މޭޒުމަތީ ގޮށްމުށެއް ޖަހަމުން އަތުގެ އިށާރާތާއެކު ހަނީފް ފަތިވަރު ދަމައިލިއިރު ހިތުގައި އުފެދިފައިވާ ހަސަދައިގެ ހުޅުގަނޑު މޫނުމަތިންވެސް ތަސްވީރު ކުރެވޭވަރުވެއެވެ. ނައިއަލް ޕިސްޕިސް ޖަހާލަމުން ބޯ ހޫރާލިއެވެ. މިކަން ފާހަގަކުރެވޭވަރަށްވުރެ ހަނީފްގެ ހިތުގައި އަށަގަތްފައިވީ ބަދަލުހިފުމުގެ ރޫހު ބޮޑެވެ.

“ދެން ކޮބާތަ މަ ކުރަންވީ ތްރިލިންގ ކަމަކީ؟” ވާހަކައިގެ މެދުތެރެއިން ނައިއަލް އާފުރުމުން، ގަދަރުކުޑަކުރުމުގެ އަމަލެކޭ ބުނާފަދައިން ހަނީފް އޭނާއާއި ދިމާއަށް އެއްބުމަ ހިއްލައިލިއެވެ. ހަނީފް މައިގަނޑު ނުކުތާއަށް ނުގޮސްގެން ނައިއަލް ނިދިއައްސިއެވެ. މިތަނަށް ނައިނަމަ މި ވަގުތުކޮޅުން، ބަލަން ފަށާފައި އޮތް ސީރީޒްގެ އާ އެޕިސޯޑް ނިންމައިލެވުނީހޭ ހިތަށްއެރިއެވެ.

“އެ އަންހެނާގެ ދުވަސް ދުއްވާލާނީއެންނު، ދެން އެހެން ކޮން ކަމެއް.” ނުލަފާ ހިނިތުންވުމަކާއެކު ހަނީފް ބުންޏެވެ.

“މަަގޭ ކައިރީ އެ ހުރިހާ އެއްޗެއް ކީމަ އޭނަގެ ދުވަސް ދޭތަ؟” ނައިއަލް އޭނާގެ ސިކުނޑީގައިވާ ވަޒީރުންގެ މަޖިލީހުގައި ޚިޔާލަކަށް އެދުނެވެ. “ކަލޭ ކައިރީ އެ ކޮމްޕެނީގެ ވެރި މަންޖެއާ އިންނަންކަންނެ ބުނަން އެއުޅެނީ.” ވަޒީރަކު ބުނި އަޑު އިވުނެވެ. ނައިއަލްގެ ދެލޯ ބޮޑުވިއެވެ.

“ބައްޕާ… މަ ކީއްކުރަންވީ؟” އަންނާނެ ޖަވާބަކަށް ހިތް ނުތަނަވަސްވެފައި ނައިއަލް އެއްސެވެ.

“މަ ބުނާ ކަމެއް ކުރާނަންތަ؟” ހަނީފް ސުވާލުކޮށްލިއެވެ.

“ނުކޮށްފިއްޔާ؟” ހަނީފްގެ ޖަވާބު ލިބޭނެ ގޮތެއްގެ އަޖުމަބަލަން ނައިއަލްވެސް އެއްސެވެ.

“ގެއިން ނެރެލާނަން.” ހަނީފް ވަރަށް ހަމަޖެހިފައި އިނދެ ނަމަވެސް ޔަޤީންކަމާއެކީ އަންގާލިއެވެ. އެ މައުލޫޢު ފެށިއިރުންސުރެވެސް ނައިއަލްއަށް އިޚުތިޔާރު ކުރުމުގެ ބާރެއް ދޭކަށް އޭނާ ވިސްނާފަކައެއް ނެތެވެ. ބައްޕަގެ ދެ ލޮލަށް ބަލައިލުމުން އޭގައި ދޮގުވެރިކަމެއް ނެތްކަން ނައިއަލްއަށް ކަށަވަރުވިއެވެ. ނައިއަލްވެސް އަދި އޭނާގެ މަންމަވެސް އާއިލާއިން ބޭރުކޮށްލަން ހަނީފް ފަސްނުޖެހޭނެ ކަމަށް އޭނާއަށް ހީވިއެވެ.

“ޔޯ، ޗިލް” އިރުކޮޅަކު ގަބުއަރާފައި އިން ނައިއަލް ފުދޭވަރަކަށް މަޑުން ބުނެލިއެވެ. “ލާރި ލިބެންޏާ އޯކޭ.” ހިނިތުންވެލަމުން އޭނާ ބުންޏެވެ. “މަށަށް ކޮން ގެއްލުމެއް ދޯ ލިބޭނީ. ލާރި އޮހެންޏާ މަ ހަމަ ކޫލް.” ނައިއަލްގެ ހިތް ބުންޏެވެ.

“އެތަނުން ލިބޭ މުސާރައިގެ އިތުރުން އޭގެ ދެގުނަ މަންތްލީކޮށް ދޭނަން. ބޭނުންވެގެން އުޅުން އެޕާޓްމެންޓް ގަނެގެން އެކަނި މޫވް އައުޓް ކުރެވޭނެއެންނު އޭރަށް.” ނައިއަލް ސޮނިވެއްޓޭވަރުގެ ހުށަހެޅުމެކެވެ. ނައިއަލްގެ މޫނުމަތި އުޖާލާވިވަރު ފެނިފައި، އެންމެ ފަހުގެ ނިންމުން ކަނޑައެޅުނީކަން ހަނީފަށް ޔަގީންވެ، ހަމަޖެހިލާފައި، ހިހޫވެފައިވާ ކޮފީ ތަށި ތުމުގައި ޖެހިއެވެ. އަމިއްލައެދުން އިސްކުރި ނައިއަލް އަވަސް އަވަހަށް ބޯޖައިލީ، އޭނާއަށް މި އެއްބަސްވެވުނީ ކިހާވަރެއްގެ ކަމަކާއިކަން ނޭނގި އިނދެއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (31)

  1. shaiiii

    wowww mi prt vvv habeys….best of luck sis

    1. afnaarj
      shaiiii

      We can’t thank you enough !!! but thank you v muchh ?❤

  2. Eems

    May I ask which two writers are writing this story? Story varah habeys ingey komme writer eh liyunas.. ?

    1. afnaarj
      Eems

      thank you veryy much eems :). we just two fellow writers who are new to the site and we decided to collab together 🙂

  3. afnaarj

    Salaam everyone! We r expecting u all to Enjoy this part too. And it will be very helpful if you let us know what we r lacking. And what you think is gonna happen next ? We appreciate your support deeply ❤?both positive and negative comments r always most welcome here ?

  4. shaiiii

    Ummm mi vhk ah foni faaroshi kiuny kihineh vgn???

    1. afnaarj
      shaiiii

      You will figure it out with the flow ?

  5. Shy❤

    Varah reethi mi part ves❤ waiting for next part ☺ ly both ❤

    1. afnaarj
      Shy❤

      Thenks in big bunchesss ? “❤” yall 2.

  6. Someone

    Well are u girls or boys?

    1. afnaarj
      Someone

      We would like to keep it as a sneaky lill secret ?? but let’s see as we go further here that can be revealed too

  7. Mai

    When next part?? Curiously waiting…

    1. afnaarj
      Mai

      PRESSING THE SUBMIT BUTTON IN A FEW MINS !! ?

  8. magnumm

    u guys r so talented masha allah!every part is much better than other❤whn next afnaarjuu?waitinggg ngeyy.much lavssss??

    1. afnaarj
      magnumm

      awwwn finally ur comment got published dho. thank you so much for the support you have been giving like all others. sending much love 🙂

  9. Kairaa

    Varah varah reethi mi part vx…waiting for the nxt part….

    1. afnaarj
      Kairaa

      Thankew veryyy bery muchh kairaa ❤we r hoping it will be uploaded today or tomorrow ?

  10. Laī

    Story vrh reethi vaane hen hiyvey… curiously wating for nxt part

    1. afnaarj
      Laī

      yes yes insha allah. 🙂

  11. Malsa Moosa (Lysh)

    Whoops. I can’t wait to see whats going to happen next. btw, eemaa kanneynge dhw mi haneef ge company aa vaadha alhuvaalhaigen ulhenee. and i think naial ah ekan enguneema eyna vx eemaa ge company thirikurevythw try kuran eemaa ah gonjehunthakeh jahaanehen. just my guess nge guyx. well mi part vx hama varah rythi. ibaaraaikurunthah hama ‘ i love it’ and kuriah oii baithah vx mihaa furihama vaane kamah ummeedhukuran. I enjoyed a lot. btw can’t wait to see if ‘u guyx’ are boys or girls thw balaalan. Ehe. Keep up the hard work. curiously waiting for the next part

    1. afnaarj
      Malsa Moosa (Lysh)

      it feels so motivating to continue writing futher parts after reading what you think is gonna happen. the guesses are very close but lets see whats poppin new dho 🙂 mal ge hurihaa comment ehves ‘we love it’ its so inspiring to have another amazing writer supporting us. we will reveal our gender soon haha! lets wait dho we have a few more things to think deeply into. thank you so much again and always 🙂

  12. Park Jimin

    Vvvvv reethi mi partvx. Curiously waiting for the nxt part kiyaahithun mihaaru vx kehmdhuvefa….. When next part……Masha Allah 2 of u are telented… Keep it up..
    Well are u girls or boys if u don’t mind plz tell….
    # stay in home and take care be safe both of you

    1. afnaarj
      Park Jimin

      OOOOO BTW FANS POPPIN on the comment section feels great haha ! dhuvaalaku ehfaharu submit kohladheynan insha allah. we deeply and sincerly appreciate your comment. much love stay safe. thank you endlessly 🙂 🙂 we will let you all know further details about us in upcoming parts as the story goes 😉

  13. Mal?

    We benun kogen answer dhathe miahaali mi vaahaka akii dhekudhen liya vaahaka ah tha??????

    1. afnaarj
      Mal?

      yesss. bio ga ves innaane jahaalaafa. this is a story written by two writers 🙂

  14. Mal?

    Wait for next part

  15. Mal?

    Wait for nxt part

    1. afnaarj
      Mal?

      thank you for having patience with us 🙂

  16. ??

    My God… just speechless… maashaa allah … alhe naial ge vazeerunge majilis haadha varugadha ey dhw lol ??? .. anyways when next episode?? Can’t wait anymore ??❤

    1. afnaarj
      ??

      awwwn. ur truely so supportivee. yes naial’s brain is totally different from most humans but he is still a human. 😉 we cant thank you enough. 🙂 lots of good wishes from us to you.

  17. Imkko

    Maasha allah … amazing hama … haadha majaley mi story … this story makes my day really well ♥️

Comments are closed.