Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ހަހުރަޔާ – 05

hussain aslam abdulla Level 110 Stories
April 8, 2020 4 Mins Read
2 Comments

މެންދަމުގެ ހަމަ ހިމޭންކަމެވެ. ފެންރީތި ގޭތެރެވެސް ވަނީ އަރާމު ނިންޖެއްގެ ތެރޭގައެވެ. ކުއްލިއަކަށް އެގޭ ގިފިލީގެ ދޮރު ހުޅުވުނެވެ. ގޭތެރެއަލިކުރަން ދިއްލާފައިހުރި ބޮތްކަށްވެސް ގޮތެއްވާހެން ހީވިއެވެ. އަލި މަޑުވެފައި އަލިގަދަވާންފެށިއެވެ. ހީވަނީ ދެންމެ ދެންމެ ބޮކިވެސް ތަޅައިގެން ކުދިކުދިވާން އުޅޭހެންނެވެ. ގިފިލީގެ ދޮރު ހުޅުވުނުތަނާހެން ގޮތް ނޭންގޭ ވައިރޯޅިއއަކާއެކު ގޭތެރޭގައި އެލުވާފައިހުރި އުނދޯލިވެސް ހެއްލެންފެށިއެވެ. މީހަކު ހެއްލާފަދަ ގޮތަކަށް އުނދޯލި ހެއްލެންފެށިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އުނދާލި ހުއްޓުނެވެ. އެއަށް ގުޑުމެއްވެސް ނުވާފަދައެވެ.

އުނދޯލި ހުއްޓުވަގުތު އުނދޯލި ކައިރިން ކަޅުކުލައިގެ ހިޔަންޏެއް ފައުޅުވިއެވެ. ސިފައެއްނެތް އެ ހިޔަނި މިސްރާބު ޖެހީ އުސްމާނު ނިދާފައި އޮތް ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވުނެވެ. އުސްމާނާއި އަބްދުﷲ ވަނީ އަރާމު ނިންޖަކުން ނިދިފައެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ހަމަ ހިމޭންކަމުގެ ތެރޭގައި ހިޔަނި މިސްރާބު ހުރީ އުސްމާނާއި ދިމާއަށެވެ. އަބްދުﷲ އޮތީ އުސްމާނުގެ މަގަތުގައި ނިދާފައެވެ.

އެ ހިޔަނި ދިޔަގޮތަށް ގޮސް އެމީހުންނާއި ދާދި ގާތުގައި މަޑުޖެހުނެވެ. ވައިރޯޅިވޭވޭ ހުރިހެން ހުރި އެ ހިޔަނި އެނބުރެންފެށި ހަމަށަކު ބާރަކަށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެނބުރެމުންދިޔަ އެ ކަޅު ހިޔަނި ކޮޓަރިތެރެއިން ގެއްލުނެވެ. ދިޔަ ނުދިޔަ ދިމާލެއްވެސް ނޭންގުނެވެ.

“މަ މަރާލާނެ. އެމީހުން މަ މަރާލާނެ…” ކަޅު ހިޔަނި ގެއްލުނުތަނާހެން އުސްމާނު ފުންމައިގެން ތެދުވެ ހަޅޭއްލަވަން ފެށިއެވެ. އުސްމާނުގެ ބައްޕަވެސް ދެފައި ކޮޅަށް ޖެހުނެވެ. އޭރު އުސްމާނު ރޯމަހެއް މަރަށް ތެޅޭހެން ތެޅޭނީއެވެ. މުޅި ގައިގައި އަތް އުނގުޅުލަމުން އެކި ދިމާލަށް ނަޒަރު އުކަމުން ދިޔައެވެ. އުސްމާނުގެ ހަޅޭކުގެ އަޑަށް މާނާއާއި ސަމީރާވެސް ކޮޓަރިއަށް އައިސް ވަނެވެ.

“މަގޭ ދަރިއަށް ކިހިނެއްތަ މިވަނީ..” ހެދުންގަނޑު އަރުވަޖަހަމުން ސަމީރާ ކޮޓަރިތެރެއަށް ވަންނަމުން ބުންޏެވެ. މާނާއާއި ސަމީރާގެ މޫނުމަތިން ނުތަނަވަސްކަމާއި ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ. އަބްދުﷲ އުޅުނީ އުސްމާނަށް އެހީތެރިވާށެވެ. ސަމީރާ ވަތްގޮތަށް އުސްމާނުގެ މަގަތުގައި އިށީނެވެ. އޭނަ ބުރަކަށީގައި ފިރުމަމުން ދިޔައިރު ސަމީރާގެ ދެލޯ ކަރުނުން ފުރެމުންދިޔައެވެ.

“އަބްދުﷲ.. މި ސޮރަށް ކިހިނެއް މިވަނީ…؟ ވެގެން އުޅޭގޮތެއް ބަލަންވެއްޖެއެންނު..” ސަމީރާ ރޮމުން ވާހަކަ ދައްކަންފެށިއެވެ. އުސްމާނުގެ ހާލަތު ލޮލުންފެނިފައި ސަމީރާގެ ލަގނޑިއަށް ކެތްވާރެއްނުވިއެވެ.

“ދަރިފުޅާ.. މާނާ ބައްޕައަށް ފެންތައްޓެއް ގެނެސްދީބަލަ…” އުސްމާނުގެ އަތުގައި ހިފައިގެން އިނދެ އަބްދުﷲ ބުންޏެވެ. އޭނަގެ އަޑުގައިވެސް މާޔޫސްކަމާއި ކަންބޮޑުވުން އެކުލެވިފައި ހުއްޓެވެ. އަބްދުﷲ އެހެން ބުނުމުން މާނާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. ފެންޑާއަށް ނުކުމެވުނުތަނާހެން މާނާ ހުއްޓުންއެރިއެވެ.

***

ޒުމްރާއަށް އޮތީ ނިދިފައެވެ. އެނދުގައި ނިދާލާފައި އޮތް ޒުމްރާ އަތަކަށް ފުރޮޅިލިއެވެ. ނިދީގައި އޮވެފައި ގައިމަތީގައި އޮތް ބްލޭންކެޓް މައްޗަށް އަރުވާލަމުން ގައި ކައިރީގައި އޮތް ބާލީހުގައި ބައްދައިލިއެވެ. ޒުމްރާގެ ގައިމަތީގައި އޮތް ބްލޭންކެޓް މަޑުމަޑުން ތިރިވާންފެށިއެވެ. ހީވަނީ މީހަކު ބްލޭންކޭޓް ދަމަމުން ދިޔަހެންނެވެ. އެހެނަސް އެ ކޮޓަރިތެރޭގައި ޒުމްރާ ފިޔަވައި އިތުރު އެއްވެސް މީހަކު ފެންނާކަށްނެތެވެ. ބްލޭންކެޓް ކެހެމުން ގޮސް ޓާއިލްސްމަތީގައި ފެތުރިގެންދިޔައެވެ.

ޒުމްރާ ލައިގެން އޮތް ހުދުކުލައިގެ ނައިޓީއަށް ވައިރޯޅިއެއްގެ އިޝާރާތެއްކުރުވިއެވެ. އެ ކޮޓަރީގައި ހުރި ފަންކާ ވަނީ ނިއްވާލެވިފައެވެ. އޭސީ ޖައްސާފައި ހުރި ނަމަވެސް ކޮޓަރިއަށް ވައިރޯޅިއެއް ވަންނާނެފަދަ އެއްވެސް ދިމާލެއް އެ ކޮޓަރިތެރެއިން ފެންނާކަށްނެތެވެ. ޒުމްރާ ލައިގެން އޮތް ނައިޓީ ހިއްލެންފެށިއެވެ. ކަކުލާއި ދިމާލުން މައްޗަށް އަރަމުން ދިޔައިރު ހީވަނީ މީހަކު އޭނަގެ ހެދުމުގައި ހިފައިގެން ހުރެ ހެދުމާއި ސަމާސާ ކުރަމުންދިޔަހެންނެވެ. ފަލަމަސްގަނޑާއި ހަމައަށް ހެދުން އުފުލި އޭނަގެ ހަށިގަނޑުގެ ބޮޑުބައެއް ހާމައަށް ފެންނަން އޮތެވެ.

ޒުމްރާގެ ހަށިގަނޑަށް އަރާމުކަމެއް އިހްސާސްކުރެވެންފެށިއެވެ. ހީވަނީ މީހެއްގެ ބީހުމުގެ އިހްސާސްކުރުވަތީ އުޅެމުންދިޔަހެންނެވެ. ދެފައި ކުރުކޮށްލަމުން ބާލީހުގައި ބާރަށް ބައްދައިލިއެވެ. ހަމަ އެވަގުތު އޭނަގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތްވިއެވެ. ހީވަނީ ހަމަ މީހަކު އޭނަ ކައިރީގައި އުޅެމުން ދިޔަހެންނެވެ. ލޮލަށް ނުފެންނަ ކޮންމެވެސް މަޙުލޫޤެއް ޒުމްރާއަށް ގޯނާކުރަނީއެވެ. އޭނަގެ އަތް މަޑުމަޑުން ބަނޑާއި ދިމާއަށް ދިޔައެވެ. ޔަޤީންނުންވެސް ޖިންސީ އަރާމެއް ކުރިމަތިވަނީއެވެ. ތިރިއަށް އަތް ދިޔަވަރަކަށް ނިދީގައި އޮވެ ޒުމްރާއަށް ވަމުންދިޔަ އަރާމާއި ފޮނި މީރުކަން އޭނަގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ.

ތެޅިގަނެފައި ޒުމްރާ އެނދުމަތިން ތެދުވިއެވެ. އަތަށް ބަލައިލެވުނީ ވާނުވާ ނޭންގިފައި އިންނަ ފަދަ ބެލުމަކުންނެވެ. އަވަސް އަވަހަށް ތެދުވެ އެނދުމަތީގައި ހަމަ ޖެހިލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނަގެ ހިތްވެސް ބާރުބާރަށް ތެޅިފޮޅެމުންދިޔައެވެ. ސިއްސައިގެން ދިޔައީ ފޯނުގެ ރިންގްއަޑަށެވެ. އެނދުމައްޗަށް ނަޒަރު ހިންގާލެވުނީ ފޯނު ހޯދާލުމަށެވެ. ފޯނު އޮތީ އެނދުމަތީގައި އޮތް ސައިޑް ކަބަޑުމަތީގައި ޗާޖަށް ޖަހާފައެވެ. ފޯނާއި ދިމާއަށް ބަލަހައްޓާއިގެން އިނދެފައި ފޯނާއި ގާތްވެލަން އުޅުނު ވަގުތު ލޯކުރިމަތިން ހިޔަންޏެއް ހުރަސްކޮށްލިއެވެ. ސިއްސައިގެންގޮސް ފަހަތަށް ޖެހިލެވުނެވެ. ހަމަ އެވަގުތު ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑުވެސް ވަޔާއި ވިހުރިގަތެވެ. ޒުމްރާގެ މޭގަނޑުހީވީ އަނގަޔަށް އައިހެންނެވެ. އޭރުވެސް ފޯނު މެދުކެނޑުމެއްނެތި ރިންގްވަމުން ދިޔައެވެ. ކޮޓަރިތެރެއަށް ބަލަމުން ތެޅިތެޅި އޮތް ހިތަކާއެކު ފޯނާއި ދިމާއަށް އަތް ގެންދިޔައެވެ. އޭރު އަތްވެސް ހީވަނީ ހަށިގަނޑުން ލުހިގެން ހިނގައިދާނެ ހެންނެވެ.

އަވަސް އަވަހަށް ފޯނަށް ބަލައިލިއެވެ. ގުޅަނީ އޭނަގެ ފިރިމީހާ ހިޝާމެވެ. މޭގައި އަތް އަލާލަމުން ފޯނުނެގިއެވެ. “ހަލޯ….” ބިރުން އިނދެ ފޯނު ކަންފަތުގައި ޖެހިއެވެ. އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.

“ނިދަނީތަ؟” ފިރިހެންވަންތަ އަޑެކެވެ. ނިތްކުރީގައި އަތް އަޅާލަމުން ޒުމްރާ ހަމަޖެހޭތޯ މަސައްކަތްކުރިއެވެ.

“މި ހޭލެވުނީ..” ހަމަޖެހޭގޮތް ދައްކާލަމުން ޒުމްރާ ޖަވާބުދިނެވެ.

“ހާދަ ބިރުން އިން ހެން ހީވެޔޭ…” ޒުމްރާގެ އަޑު ހުރިގޮތުން ހިޝާމަށްވެސް ކޮށްލެވުނީ ސުވާލެކެވެ.

“އާން.. ބިރުވެރި ހުވަފެނެއް ފެނުނީ…” ދޮގެއް ހަދާލަމުން އެނދުމަތީގައި ހަމަޖެހުނެވެ. އޭރުވެސް އޭނަގެ ދެލޯ ކޮޓަރިތެރެއަށް އުލެކެމުންދިޔައެވެ.

“ކޮބާ މަގޭ ދޫނި ގަނޑު…” ހިޝާމު ދެއްކީ ހިޝްމާގެ ވާހަކައެވެ. ޒުމްރާ ހިނިތުންވެލިއެވެ.

“މަންމަ ގާތުގަ..” ޒުމްރާ ދިނީ ކުރުޖަވާބެކެވެ.

“ކިހިނެއްވީ؟ ހާދަ ބިރުން ތިއުޅެނީ.. ؟ ކަމެއް ގޯސްވީތަ؟” ޒުމްރާގެ ވާހަކަ ދެއްކުމުގެ ރާގު ތަފާތުހެން ހީވުމުން އަނެއްކާވެސް ހިޝާމް ސުވާލުކުރިއެވެ.

“ނޫން.. ހުރިހާ ކަމެއް ވެސް ރަނގަޅު.. ކޮން ދުވަހަކުން ބޭބީ އަންނާނީ؟” ވަރަށް ލޯތްބާއެކު ޒުމްރާ ވާހަކަ ދެއްކިއެވެ.

“އިންޝާﷲ.. މާދަމާ ހަވީރު ހުންނާނީ ރަށުގަ.. ހިޝްކޮ ރަނގަޅުތަ؟” ހިޝާމް ބުނި އަޑުއިވުނެވެ. އޭނަގެ ވާހަކަދެއްކުމުގައި މާތްގޮތެއް ހުއްޓެވެ. މަޑުމައިތިރި އޯގާތެރި އަޑެއްގެ ވެރިއެކެވެ.

“ރަނގަޅު.. ބޭބީ ރަނގަޅުތަ؟” އެނދުގައި ޖައްސާލަމުން ޒުމްރާ ބުންޏެވެ.

“ހޫމް.. ރަނގަޅު.. ދެން އަވަހަށް ނިދާލާ.. މާދަމާ ހެނދުނު ހެނދުނާ ހޭލަންވެސް ޖެހޭނެ އެންނު..” ފުންނޭވާއެއްލަމުން ހިޝާމް ބުނި އަޑުއިވުނެވެ. “ވަރަށް ލޯބިވޭ އިނގޭ.. ގުޑްނައިޓް މައި ލަވް…” ލޯބިން ފުރިގެންވާ ރާގެއްގައި ހިޝާމް ބުންޏެވެ.

“ލަވް ޔޫ ޓޫ…” ލޯބިވާ ވާހަކަ ބުނެ ފޯނަށް ބޮސްދެމުން ފޯނު ބޭއްވިއެވެ. އޭރުވެސް ޒުމްރާގެ ހިތް ތެޅިފޮޅެމުން ދިޔައެވެ. ދިމާވަމުންދިޔަ ކަންތައްތަކާއި އޭނަގެ ބޯ ހާސްކުރުވިއެވެ. އެރޭގެ ފެނުނު ހިޔަނި ސިކުނޑީގައި އެނބުރެމުންދިޔައެވެ. ނުވިތާކަށް ކޮޓަރިތެރެއިން ފެނުނު މަންޒަރު އޭނަގެ ލޯކުރިމަތީގައި ސިފަވަމުން ދިޔައެވެ. ދުލަށް އައި ހެޔޮ އެއްޗެއް ކިޔަމުން އެނދުގައި ޖައްސައިލިއެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން ބާލީހުގައި ބައްދައިލިއެވެ. ހަމަ އެވަގުތު ލޯގަނޑުގެ ބިއްލޫރިގަނޑަށް ފުސްކަމެއް އެކުލެވިގެންދިޔައެވެ.

****

ކަޅި ޖަހާނުލައި މާނާ ހުރީ ކުރިމަތީގައި އޮތް ބޮޑު ކަޅު ކުލައިގެ ނަންނުގައްޗަކަށް ބަލަހައްޓާއިގެންނެވެ. އޭތި އޮތީވެސް ކާމޭޒުކައިރީގައެވެ. މާނާއަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުކެރުނެވެ. ފަސްފަހަތަށް ފިޔަވަޅު އަޅަމުން މަޑުޖެހުނެވެ. އޭނަގެ ދެލޯ ހުއްޓިފައިވަނީ ނަންނުގައްޗަށެވެ. އެއީ ދުވަހަކުވެސް އޭނަ ދުއް ކަހަލަ ނަންނުގައްޗެއްނޫނެވެ. އާދަޔާ ޚިލާފަށް ނަންނުގަތި ބޮޑުވެފައި ކަޅެވެ. މާނާ ބަލަހައްޓާއިގެން ހުއްޓާ ނަންނުގަތި މިސްރާބުޖެހީ ގެއިން ނުކުންނަން ހުންނަ ދޮރާއި ދިމާއަށެވެ. އޭތި ނުކުމެގެން ދިޔައިރުވެސް މާނާ ހުރީ ކުރިއަށް ގުޑިލާންވެސް ނޭންގިފައެވެ.

“ކޮބާތަ މާނާ.. ދިޔަގޮތަށް ބަހަބަރު…” ކުދި ކިޔަމުން ސަމީރާ ހިނގައިގަތެވެ. މާނާ ވެސް ދިޔަފަހުން ހަބަރެއް ނުވުމުން ސަމީރާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ސަމީރާ މަޑުޖެހުނެވެ. އޭރު ފެންތައްޓެއް ހިފައިގެން މާނާ އައިސް ވަންނަނީއެވެ.

“ފެންތައްޓެއް ގެނެސްދޭށޭ ބުނީމާ…” މާނާ އަތުން ފެންތަށިއަތުލަމުން ސަމީރާ ހިނގައިގަތީ އެތެރެއަށެވެ. މާނާ ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ. ފެނުނު މަންޒަރާއި ދޭތެރޭ އޭނަގެ ސިނކުޑިއަށް ބަރުވަނީއެވެ. އަނެއްކޮޅުން އުސްމާނު ދެއްކި ވާހަކަތަކާއި އޭނައަށް އެވަމުންދާ ގޮތްތަކާއި ދޭތެރޭ މާނާގެ ސިކުނޑިއަށް ބާރުބޮޑުވަމުންދިޔައެވެ.

***

ޖާބިރު އިނީ ދެފައި ވައްކޮށްލައިގެންނެވެ. އޭނަގެ ދެލޯ ވަނީމެރިފައެވެ. މުޅި ކޮޓަރިތެރޭގައިވަނީ ދުމުގެ އަސަރެވެ. ތުން ތަޅުވަމުން ދިޔައިރު އޭނަގެ ނިއްކުރިމަތީގައި އޮއްދާތިކިތަށް ފުނިޖެހިފައި ހުއްޓެވެ. ތުންތަޅުވަމުން ދިޔަވަކަށް އޭނަގެ އެސްފިޔަތަށްވެސް ހަރަކާތްކޮށްލައެވެ.

“ކޮބާ؟…”

(ނުނިމޭ)

Share Article

Follow Me Written By

hussain aslam abdulla

Level 110 Stories

Other Articles

Previous

ހީވޭ ހިތް ބުނާހެން 32

Next

ހިތް ކަލާއަށް އެދޭތީ 1

Next
April 8, 2020

ހިތް ކަލާއަށް އެދޭތީ 1

Previews
April 7, 2020

ހީވޭ ހިތް ބުނާހެން 32

2 Comments!

  1. Ram says:
    April 17, 2020 at 10:29 am

    V reethi maasha Allah

    1. Nash.u says:
      April 18, 2020 at 4:45 am

      6 bai ah inthi zaaru kuranii mi

Comments are closed.



All Right Reserved!