Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 3

darkangel Level 210 Stories
February 4, 2015 4 Mins Read
22 Comments

“ދޮންބެ ދައްތައަށް އެކްޓިން ކުރަން ޖެހިއްޖިއްޔާ ވަރަށް މޮޅުވާނެކަން ޔަގީން” ސަނާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ހެމުން ޒާޔާ ބުނެލިއެވެ.

“އެއީ އެކްޓިންގ އެއްނޫނޭ، ހަމަ ރިއަލް” ކާރުގައި އިނދެ ހަމަޖެހިލަމުން ސަނާ ބުނެލިއެވެ. ސަނާ މިހެން ބުނުމުން ޒާޔާ އަށް އަނެއްކައިވެސް ހެވުނެވެ.

” ސީރިއަސްކޮށޭ، ބައެއްފަހަރު އަހަރެނގެ ހިތަށއަރާ އަހަރެނގެ މައިދައިތައަކީ މަންމައެއްނޫނޭ، ދައްތައޭ، މިހާރުވެސް ހީވަނީ މަގޭ ދަރިއެއްނޫންހެން ހިތާނަކޮށްގެން އެއުޅެނީ، ދައްތައާއި ބޭބެގެ ދަރިއެއްހެން. އެހެންނުވާނީ ޝާންއަކީ މަންމަމެން އެކްސްޕެކްޓް ނުކޮށް ހުއްޓާ ވަރަށް ފަހުން ލިބުން ކުއްޖެއް، އެން އޭރު މަންމަ އަބަދު ބަލިވެ އުޅޭނީ، ޝާން ވަރަށް ކުޑައިރު ދައްތައާއި ބޭބެ މެރީ ކޮށްފި، ޝާންގެ ހުރިހާކަމެއް ކޮށްދީ ޝާން ގިނަ ދުވަހު ބެލީ ދައްތަ، އުފަން ދަރިއަކު ދެކެ ލޯބިވާފަދައިން ދައްތަ ޝާންދެކެވެސް ލޯބިވޭ، މިހާރުވެސް ޒަކޫ އާއި ހެދިގެން ދައްތަމެން އުޅޭވަރުން ހީވަނީ ދައްތަމެންގެ މާމަ ދަރިފުޅުހެން.” މަޖާ ރާގެއްގައި ސަނާ ވާހަކަ ދައްކަމުން ދިޔައެވެ.

**********************************************************

ޒާޔާމެންނަށް ގެއަށް އާދެވުނު އިރު ދިހަގަޑި ބައިވެބޮޑުވެއްޖެއެވެ.

“ޒާޔާ…..”ޒާޔާ ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ނޫރާ ބާރަށް ގޮވާލުމާއެކު އައިސް ޒާޔާގެ ގައިގައި ބައްދާލިއެވެ.

ނޫރާ އަކީ ޔަޝްރާ އަދި އަޖަމަލްގެ ހަގު ދަރިފުޅެވެ. ދެން ތިބެނީ އެއްމާބަނޑު އަންހެން ކުއްޖަކާއި ފިރިހެންކުއޖެކެވެ. ޒަޔާން އަދި ނާޔާ އެވެ.

“އޯމައި ގޯޑް، ސީރިއަސްލީ އެމް ސޯ ސޯ ސޯ ހެޕީ ޓު ސީޔޫއަގެއިން.” ނޫރާ ޒާޔާގެ ގައިގައި ބައްދައިގެންހުރެ އުފަލުން ބުނަމުންދިޔައެވެ. ނޫރާ ޒާޔާގެ ގައިން ދޫކޮށްލުމަށްފަހު ޒާޔާ އެއްޗެކޭ ބުނަންވައިރަށް އަނެއްކާވެސް ބައްދައިގެންފައި އުފަލުން ފުމެމުން ދިޔައެވެ.

     ނޫރާއާއި ޒާޔާ އެބައްދަލުވީ ދެ އަހަރެއްހާދުވަސް ފަހުންނެވެ. އެންމެފަހުން ޔަޝްރާގެ އާއިލާގެ މެންބަރުން އައިއިރު ޒާޔާހުރީ މާލެއިން ބޭރުގައިކަމުން ނޫރާއާއި ބައްދަލުވާގޮތް ނުވީއެވެ. ސަލްމާމެން އެމެރިކާއަށާއި އެނޫންވެސް ގައުމުތަކަށްދާއިރު ދުވަހަކުވެސް ޒާޔާ އެމީހުންނާއިއެކު ނުދެއެވެ. ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އަބަދުވެސް އެކަމަކުން ރެކެއެވެ. ޒާޔާ އޭނަގެ ފެނަވަރުން އުޅެން ބޭނުނަވާކަހަލައެވެ.

     ނަމަވެސް އެދެކުދިންގެ މެދުގައިވި ރަހުމަތްތެރިކަން އަދިވެސ ވަނީ އެންމެ ވަރުގަދަކޮށެވެ. މިވީދުވަސްތަކުގައިވެސް ފޭސްބުކްއިންނާއި އެހެނިހެން ކޮމިޔުނިކޭޝަން ތަކުގެ އެހީގައި އެކުދިންވަނީ ކޮންޓެކްޓް ބާއްވާފައެވެ.

“ދެކުދިން ދޮރުމަތީތިބެގެންތަ ހުރިހާ ވާހަކައެއް ދައްކާނީ؟” ނޫރާގެ މަންމަ ޔަޝްރާ ބުނެލިއެވެ.

“ދޭގެޓް ކްރޭޒީ ވެން ދޭ ސީއީޗްއަދަރ” ނޫރާގެ ދޮންތަ ނާޔާ އޭނަގެ މަންމަ ގާތުގައި މަޑުމަޑުން ބުނެލިއެވެ. ޔަޝްރާ މަޑުން ހީލިއެވެ. ނޫރާއާއި ނާޔާގެ މިޖާޒުގައި އުޑާއި ބިމާހައި ތަފާތު ހުރެއެވެ. ނޫރާއަކީ ސަކަރާތްބޮޑު ކުއްޖެކެވެ. ނަމަވެސް ނާޔާއަކީ މަޑުމައިތިރި ކުއްޖެކެވެ. ވާހަކަ ދެއަކުމުގައިވެސް އޭނައަކީ ބަސްމަދު ކުއްޖެކެވެ.

“އެތެދެއް! އައި ހޭވް މެނީތިންގްސް ޓް ޝެއަރ، ހިނގާބަ މައްޗަށް”ނޫރާ ޒާޔާގެ އަތުގައި ހިފައި ކިޔަންފެށިއެވެ. ޒާޔާ ޔަޝްރާމެންނަށް ބަލާލުމަށްފަހު ހިތްހެޔޮކަމާއި އެކު ހިނިތުންވެލިއެވެ. އަދި ނޫރާއާއިއެކު ކޮޓަރިއަށް ދިއުމަށް ސިޑިއާއި ދިމާއަށް ހިނގައިގަތެވެ.

“މަންމާ އަޅުގަނޑު މިދަނީ ޝާންގުޅައިގެން ހޮސްޕިޓަލްއަށް” ސަނާ ބަލްގިސް ގާތުގައި ބުންޏެވެ.

“މަންމަ ބުނި ޒަކޫ ދޫކޮށްލަނީމެންދުރު ފަހުގައޭ، ވީމަ ހިނގާ ދޮންތަމެންވެސް ދާނަން ޒަކޫގާތަށް” ސަނާއަށް ބަލާލުމަށްފަހު ޔަޝްރާވާހަކަދެއްކިއެވެ.

“އެހެންކިހިނެތް ކަމުދާނީ، އަދި ދެންމެ ތިއާދެވުނީވެސް، އެންވެސް އެއްޗެއް ނުވެސް ކައި އަދި ތިތިބީ، ވަރުބަލިވެސް ވެފަނުން ތިބޭނީ” ޔާސިރު ސޯފާގައި އިށިއިންނަމުން ޔަޝްރާއަށް ބުނެލިއެވެ.

“އެތެދެއް، ހިނގާ ހުރިހާކުދިން އަވަހަށް ސައިބޯން. މަންމަމެންވެސް ވީނޫންތޯ އަޅުގަޑުމެންނާއި ބައިވެރިވާން.” ސަލަމާ ޔާސިރުގެ ވާހަކައަށް ތާއީދުކުރަމުން ވާހަކަދެއްކިއެވެ. ބަލްގިސްވެސް ޔަޝްރާމެންނަށް ސައިބުއިމަށް ބުނުމުން ގެންގުޅޭކުއްޖަކަށް ގޮވާފައި ސައިހެދުމަށް ސަލްމާ ބުންޏެވެ.

ޒާޔާއާއި ނޫރާ ވާހަކަދައްކަން ތިބީ ނޫރާ މަޑުކުރުމާށް ހަމަޖެހިފައިވާ ކޮޓަރީގައެވެ. ދެކުދިންވެސްތިބީ ގިނަދުވަސްތަކަކަށްފަހު ބައްދަލުވުނމުން ނުހަނު އުފާވެފައެވެ.

“ސޯ ކޮބާތަ ޒާގެ މިސްޓަރ ރައިޓް؟” ނޫރާ ޒާޔާއާއި ދިމާކޮށްލިއެވެ. އުމުރުން ވިހި އަހަރު ފުރުނުއިރުވެސް ޒާޔާ އެއްވެސް ފިރިހެންކުއްޖެއްގެ ވާހަކަ ނުދައްކާތީ ނޫރާ އޭނައާ އަބދުވެސް ދިމާކުރަނީ މިސްޓަރ ރައިޓް އަށް އިންތިޒާރުކުރާ ވާހަކަ ދައްކަމުންނެވެ.

“ދެން ނޫރާ! އައި ޑޯންޓް ހޭވް އެނީވަން، އޯކޭއި، އެން ބިސައިޑް ދެއަހަރުފަހުން މީޓްވީމަވެސް އެއީތަ އެންމެ ފުރަތަމަ އަހަން އެނގުނު އެއްޗަކީ” ޒާޔާ ރުޅިއައިކަމަށް ކަމަށް ހަދާލާފައި ބުނޏެވެ. އަދި ނޫރާއާއި ދިމާއަށް ކުޝަންއެއް އެއްލިއެވެ.

“އޯކޭ އޯކޭ! އަދި ހަނދާންނެތިފައޭ މި ހުންނަނީ، އައި ހޭވް އަ ސަޕްރައިޒް ފޯޔޫ، ނޫރާމަޖާގޮތަކަށް ބުނެލިއެވެ. “އެކަމް އޭގެ ކުރިން ލޯމަރާ” ނޫރާ މިހެން ބުނުމުން ޒާޔާ ނޫރާއާދިމާއަށް ލޯއަޅާލުމަށްފަހު ލޯމަރާލިއެވެ.

“އޯޕެން ޔޯރ އައިސް” ނޫރާ ލަސްލަހުން ކިޔާލިއެވެ.

“ވާއު” ނޫރާގެ އަތުގައި އޮތް ނޫކުލައިގެ ދިގު މެކްސީ ފެނިފައި ޒާޔާ އުފާވެފައި ބުންނެވެ. ކުދި އެސްތަކަކުން ހެދުމުގެ މަތީބައި ޖަރީކުރެވިފައިވާ ގަދަނޫކުލައިގެ އެ ހެދުން ޒާޔާއަށް ވަރަށް ކަމުދިޔައެވެ. ހެދުމުގެ އަތުކުރިއަށް ވަނީ ރޫއަރުވާފައެވެ. ރޫތަކު ދޭތެރޭގައި ހަރުކޮށްފައި ހުރި އެސްތައް ފެންނައިރު ރީތި ގޮތެއް ހުއްޓެވެ.

ހެދުން ޒާޔާއަތަށް ދިނުމަށްފަހު ދެން ނޫރާ ދައްކާލީ އެއާގުޅޭ މަޑުނޫކުލައިގެ ޝޯވލް އެކެވެ.

“ކިހިނެތް އެނގުނީ މިހާ ޕަރފެކްޓްކޮށް ހެޔޮވަރު ހެދުމެއް ގެންނަން” ހެދުން ގައިގައި ޖައްސައިގެން ހުރެ ޒާޔާ ސުވާލުކޮށްލިއެވެ.

“ގަތީކީނޫން، ފެހީ” ނޫރާބުންޏެވެ. “ސީރިއަސްލީ ފެހީއޭ، ޔާދެން އަހަރެންގެ ގައިން މިނަނަގާފަ ފެހީ އެކަމް ތަންކޮޅެއް ކުރުކޮށް” ޒާޔާ ގަބޫލު ނުކުރާ ގޮތަކަށް ބަލަހައްޓައިގެން ހުރުމުން ނޫރާ ޒާޔާއާއި ދިމާކޮށްލިއެވެ.

ޒާޔާއަކީ އިސްކޮޅުން ކުރުކޮށް ހުރިނަމަވެސް ރީތި ކުއްޖެކެވެ. ޒާޔާ ކުރުކަމުން ނޫރާ ޒާޔާއާއި ދިމާކުރެއެވެ. ނޫރާ އެހެންބުނުމުން ޒާޔާ މޫނު ކުނިކޮށްލިއެވެ. އަނެއްކައިވެސް ދެކުދިންގެ ސަކަރާތް ފެއްޓިއްޖެއެވެ.

“ދަރިފުޅާ ކީއްވެތަ މިފަހަރު ޒަޔާން ނައީ، މަންމަ ހީކުރީ ޒަޔާންވެސް އަންނާނެކަމަށް” ކާމެޒުކައިރީ ސައިބޯން ތިބެގެން ވާހަކައިގެ ތެރެއިން ބަލްގިސް ޔަޝްރާއާއި ސުވާލުކޮށްލިއެވެ.

“ޒަޔާންވެސް އަންނަން ހުރީ، އެކަމަކު އޭނަ މިހާރު ހަދަމުން އެދާ ކޯހުގެ އެގްޒާމްއެއް އެބައޮތް ދެދުވަސްތެރޭ، އެހެންވެގެން ނައީ، އަޖްމަލްގެ ބޭބެމެންވެސް ވީ ޗުއްޓީ ހޭދަކޮށްލުމަށް ގޮސްފަ، އެހެންވީމަ އެކޮޅުގަ ބިޒްނަސް ބަލަހައްޓަންވެސް ކޮންމެވެސް މީހަކު ހުންނަންވާނެއްނު، ދޮގެއްތޯ ބައްޕާ.” ޔަޝްރާ އޭނަގެ މަންމައާއި ވާހަކަ ދައްކަމުން އަބްދުﷲވެސް އެވާހަކައިގައި ބައިވެރިކޮށްލިއެވެ.

މެންދުރު ފަސްވިއިރު ޝާންގެ ދެމަފިރިން އެމީހުންގެ ދަރިފުޅު ޒަކްވާން ގޮވައިގެން ގެއަށް އައިސްފިއެވެ. އުފާވެރި މާހައުލެއްގައި އެދުވަސް ހޭދަވަމުން ދިޔައެވެ. ޒަކުވާން ހިތާނަ ކުރުމާއި ގުޅިގެން ބާއްވާ ހަފްލާ ފެށެން ވަގުތު ކުޑަތަންވަމުން ދިޔައެވެ. ގޭތެރޭގައިވާ ގަރޑަން އޭރިއާއާއި ހޯލް އާއި ޓެރަސް ވަނީ މެހެމާނުންނަށް ތައްޔާރު ކުރެވިފައެވެ. ޒަކްވާން ބާއްވާފައިވަނީ ހޯލްގެ އެއްފަރާތުގައެވެ. ކުލަކުލައިގެ ބޮކިތަކުންނާއި އެކި ކާރޓޫން ކެރެކްޓާރސް ތަކުން ވަނީ ގޭތެރެ ޒީނަތްތެރި ކުރެވިފައެވެ. ބޮޑުބެރު ގުރޫޕްވެސް ދަނީ މެހެމާނުން އަންނަންވާއިރަށް ތައްޔާރުމަމުންނެވެ. ގޭގެ ހުރިހާ މެންބަރުންވެސް ތިބީ ތައްޔާރުވެގެންނެވެ.

ޒާޔާ ހުރީ އޭނަގެ ކޮޓަރީގައި ރީތިވުމަށެވެ. ނޫރާ އޭނައަށް އެހީތެރިވުމަށް އުޅުނެވެ. ނޫރާ ހިތްހަމަޖެހޭ ގޮތަކަށް ޒާޔާއަށް ޝޯވލްވެސް އެޅުނު ކަމަކަށް ނުވިއެވެ. ދެކުދިން ރީތިވެގެން ތިރިއަށް ފޭބިއިރު ގޭގެ އެންމެން ތިބީ ރެޑީވެގެން ޒަކޫ ގާތުގައެވެ. މެހެމާނުން އަންނަންވާއިރު ޒަކޫއަށް އާއިލާ މީހުން ގެނެސްފައިވާ ހަދިޔާތައް ދެނީއެވެ. ޒާޔާއާއި ނޫރާވެސް އެމީހުންގާތު މަޑުކޮށްލިއެވެ.

ގޭގެ ބެލްޖަހާލި އަޑު އިވުނީ އެވަގުތުއެވެ.

“މެހެމާނުން އަންނަގަޑި ޖެހުނީތަ، އެކަމް އަދި ކިރިޔާ ހަތެއް އެޖެހީ، އިންވައިޓް ކުރީ 7:30 އަކަށްނުން” ޝާން ގަޑިބަލާލުމަށްފަހު ޔާސިރުގާތުގައި އަހާލިއެވެ.

ސަލްމާ ނޯކަރަކަށް ގޮވާލުމަށްފަހު ދޮރުހުޅުވަން ދިއުމަށް ބުންޏެވެ.

ދޮރުންވަދެގެން އައި ޒުވާނާފެނުމުން އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ނަމަވެސް އެއާއި ހިލާފާށް ޒާޔާއަށް އިސްޖަހާލެވުނެވެ. ދެއަތް ޖޯޑުކޮށްލެވުނީ އަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ދިއުމުންނެވެ. އޭނާ ފިނިވާންފެށިއެވެ. އެދޮން ކޯތާފަތަށް މަޑު ރަތްކުލައެއް ވެރިވެގެން ދިޔައެވެ.

ޝާން ކުރިއަށް ޖެހިލާފައި އެޒުވާނާގައިގައި ކުޑަކޮށް ބައްދާލިއެވެ. އަދި ކޮނޑުގައި މަޑުމަޑުން ދެފަހަރަކު ޖަހާލިއެވެ.

” މަމް” ޝާން އާއި ދުރަށް ޖެހިލުމަށްފަހު އެތެރެއަށް ހިނގައިގަންނަމުން އެޒުވާނާ ބުނެލިއެވެ.

ނުނިމޭ

ކިޔުންތެރިން މިވާހަކައާދޭތެރޭ ދެކޭގޮތް ކޮމެންޓު ކުރުން އެދެނ 🙂

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

އިންތިޒާރު 2

Next

އެ ފުރޭތަ (ދެވަނަބައި)

Next
February 4, 2015

އެ ފުރޭތަ (ދެވަނަބައި)

Previews
February 3, 2015

އިންތިޒާރު 2

22 Comments!

  1. girl says:
    February 4, 2015 at 12:42 pm

    Foohi

  2. YO says:
    February 4, 2015 at 2:20 pm

    TANKOLHEH KURI..EKAMU SALHI

  3. athoo. says:
    February 4, 2015 at 3:14 pm

    darkangle athoo ah varah maaf kurey athooge namuga mi story ge dhevana bayah comment kohfa ebain.
    ey author athoo eh noon reader athoo. athoo akah neyge eyna keekey hithah araigen kameh egothah comment kury.
    author athoo abadhuves register vegen comment kurany. it wasn’t me. athoo ge agu vahtan vegen kaneyge ehen comment kury.

  4. hehe says:
    February 4, 2015 at 3:17 pm

    Athoo ge ageh eba oiy tho eve?

  5. elsa says:
    February 4, 2015 at 3:22 pm

    myhun gina kamun vaanuvaa neygifa..eyeh miyeh neyngey..enmen ge intro thankolhe rangalha intro kohdheeba..

  6. Faathun says:
    February 4, 2015 at 3:27 pm

    Thankolheh kuree genesdheyleh. Meehun gina kamun kudakoh olhey goivey… But vaahaka varah reethi… Pls update soon. and thankolheh dhigukoh

  7. nash says:
    February 4, 2015 at 7:07 pm

    nice……

  8. athoo says:
    February 5, 2015 at 12:10 am

    Athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo athoo

  9. hamey says:
    February 5, 2015 at 7:59 am

    aa ilaa bodu kamun vaanuvaa eh neyge. thankolhgeh dhuru dhurugai meehun introduce kodhdhey nama kiyaalan faseyha vaane. effaharaa bodu singaa family eh genesfai othumun kiyaalan shaugu verikan v.kuda vey.

  10. fary says:
    February 5, 2015 at 8:35 am

    Maakuru. Gud

  11. faai says:
    February 5, 2015 at 10:34 am

    Faai akah neynge rangalhah waanuwaa eh… Maa myhun gina v ma kanneynge… Waahakaige thereakah numeh wadhewey ehaa rangalhakah… Thankolheh rangalhu kohdhyba darkangle… 🙂

  12. faai says:
    February 5, 2015 at 10:41 am

    Swrii athoo…. Faai vx hykury eii thi athoo kamah… 🙁

  13. t says:
    February 5, 2015 at 1:26 pm

    nice

  14. athoo. says:
    February 5, 2015 at 2:55 pm

    Oh please.. dhuniy Eyga ulhenee emme athoo eh tha? !!!! Foni viyas thee bodu varu

  15. athoo.. says:
    February 5, 2015 at 3:01 pm

    ehen kudhin heekohfaane thee writer athoo kamah. ehenve, faai vex ebuneenu heekury mi athoo kamashey.

  16. Shadhi says:
    February 5, 2015 at 5:35 pm

    Zayaa akee ege kaaku tha? Salma getha.. heevanee ehen…. aslu athoo maves furathama heekuree thi athoo kamah ekam rangalhah balaaleema engijje athoo kula akun nun kan e inee liyefa…

  17. darkangle says:
    February 5, 2015 at 6:54 pm

    thank you for all your comments. meehun ginakamun ekamuge shakuva kanneyge main koh othy. well ekamah bunelaany ya dhen meehun ginavefa dhw eothy. bt fashaigen kiyaalaifiyya engeyne huriha meehunge intro dheefa hurikan accept for one of the main character zaaya. zaayaage introves annaane at the right time. hope u all will read my story.

  18. luv says:
    February 8, 2015 at 2:27 pm

    intro dheefa othas maa rangalhakah neynge.. vaanuvaa neynge.. haasaarugandehhhen intro dhinax handhaaneh nuhurey.. varah undhagyu ehnve kiyan.. agevex rangalhah neynge..

  19. zaayaa says:
    February 9, 2015 at 12:57 am

    maa kuru… vaahaka reethi..

  20. naaaa says:
    February 9, 2015 at 9:42 am

    Thiya loibaanulaa mivaahakaige anebaikobaa

  21. alma says:
    May 27, 2015 at 8:34 pm

    nice but some much boaring…..can you make it little intresting then it will be sooo nice

  22. ammmday says:
    August 13, 2015 at 7:41 am

    Rangalhu..

Comments are closed.

Next Episodeއިންތިޒާރު 4←


All Right Reserved!