Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 1

darkangel Level 210 Stories
February 2, 2015 2 Mins Read
5 Comments

“ހިތުގާ އެޅި ކޫރުމުން އެކުގާ ތިޔަދިން ލައްޒަތުން

                         މިތުރާގެ އެކި ހަނދާނުން ރޭތައް ގުނިން އިންތިޒާރުން”

ޒާޔާ  އޭނަގެ ޑައިރީގައި ޅެން ލިޔަމުން ގެންދިޔައިރު އެވަށް މޫނު މައްޗަށް ވެރިވެފައިވަނީ މައުނަވީ ހިނިތުން ވުމެކެވެ. ބައެއްފަހަރު ލިޔެވޭ އެއްޗެހިން ކުޑަކޮށް ހީލައެވެ. އަނެއްބައިފަހަރު ލަދުގެނފައި މޫނުގައި އަތް އަޅައެވެ. ޅެން ލިޔެ ނިންމާލުމަށްފަހު ޅެމުގެ ތިރީގައި “ހުރީމޭ ތި އިންތިޒާރުގައި” މިހެން ލިޔެލިއެވެ. އަދި ޑައިރީގެނެސް މޭގައި ޖައްސާލުމަށްފަހުއެނދުގައި އުއްޑުން އޮށޯވެލިއެވެ. އެތުނފަތުގައިވި ރީތި ހިނިތުންވުން ފަނޑުވެ ނުގޮސް ހުއްޓެވެ

“ޒާޔާ!، ޒާޔާ!،”

އޭނާއަށް ހިޔާލުތަކުގެ ތެރެއިން ނިކުމެވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާ ޒާޔާގެ ނަމުން ގޮވާލުމުންނެވެ.

“ކީކޭ ދޮންބެ ދައްތާ” ކުޑައިރުކޮޅެއްފަހުން ދޮރު ހުޅުވާލުމަށްފަހު ކޮޓަރީގެ ދޮރުމަތީގައި ހުރި ސަނާއަށް ޒާޔާ ބުނެލިއެވެ. އަދި އެތެރެއަށް ވަނުމަށް ތަން ދެއކިއެވެ.

“މިވަރަށް ގޮވާއިރުވެސް ކީއްވެތަ އަނގައިން ނުބުނެ ތި އޮންނަނީ. މިހާރު އެއޮށްގެން 8 ޖަހަނީ. ކަމަނާ މިއަދު ބަދިގެއަށްވެސް ޒިޔާރަތް ނުކުރާދުވަހެއްތަ؟”

ސަނާ ސަމާސާ ރާގެއްގައި ޝަކުވާ ކޮށްލިއެވެ. ޒާޔާއަކީ ކެއްކުމަށް ޝައުގު ހުންނަ ކުއްޖެއްކަމުން ކޮންމެ ދުވަހަކުވެސް ބަދިގެއަށް ވަދެ ކެއްކުމުގައި އެހެންމީހުންނަށް އެހީތެރިވެދިނުމަކީ އޭނަގެ އާދައެއްކަން ސަނާއަށް އެނގެއެވެ.

“ރޭގަ ތަންކޮޅެއް ލަހުން ނިދުނީމަ ހެނދުނު މާލަހުން ހޭލެވުނީ. އެހެންވެ ދެން ނުދިޔައީ”

އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ބުރުގާ އަޅަމުން ޒާޔާ ބުނެލެއެވެ.

“ހޫމް. ހޫމް” ލަހުން ހޭލެވުނީކީނޫން، ހެނދުނު ހޭލާފަ ހިތުގެ ޝުއޫރުތަށް ޑައިރީގައި ލިޔެލީ” އެނދުގައި އޮތް ޑައިރީއަށް އިޝާރާތް ކޮށްލުމަށްފަހު ސަނާ ބުންޏެވެ.

“ދޮންބެ ދައްތާ ނޫން” ސަނާ ޑައިރީނަގާ ކަމަށް ހަދާލުމުން ސަނާ ގާތަށް އަންނަމުން ހާސްވެފައިހުރެ ޒާޔާއަށް ބުނެވުނެވެ.

“މަނޫޅެމޭ މި ކިޔާކަށް، މިވީހާތައްދުވަހުވެސް ނުކިޔަމެންނު!،

ތިޑައިރީއަކާއިހެދި ޒާޔާ ހޯދަން އައި ކަންތައްވެސް މިއޮށްގެން ހަނދާން ނެތެނީ. މިރޭގެ ޑިނަރ އަށް ފެމެލީގެތަކަށް ދޭންޖެހޭ އިންވިޓޭޝަން ކާރޑުތައް ބަހަންދާން އަވަސްކުރޭ. ބައްޕަ ބުނުއްވައިފިވިއްޔަ ފެމެލިގެތަކަށް އިންވައިޓް ކުރަން ދާންޖެހޭނީ ޕާރސަނަލްކޮށް ގޮހޭ! އަދި އެހެރީ ކާރޑުތަކުގަ ނަންވެސް ނުލިޔެ، ދައްތަކަމަނާއަށް އެނގިވަޑައިގެންފިއްޔާ ރުޅިދުރުވާނެ، އަވަސްކޮށްގެން ތިރިއަށްއާދޭ!”

މުސްކުޅިއެއްހެން ހުރިހާވާހަކައެއް އެއްފައްޗަކަށް އަމުނާލަމުން ސަނާ ޒާޔާގެ ކޮޓަރިން ނިކުތެވެ. ހިނިއައިސްފައި ހުރި ޒާޔާ ދެފަރާތަށް ބޯހޫރާލުމަށްފަހު އަވަސްވެގަތީ ސަނާއާއިއެކު ކާޑުތަށް ބަހަން ދިއުމަށް ރެޑީވާށެވެ.

އެރިއިރާއިއެކު މ.ރަބާބް ހިޔާ އަށް ހީވަނީ ބަހާރު މޫސުމެއް އައިސްގެން އުޅޭހެނެވެ. ގޭތެރެއަށް ކުޑަވަރެއްގެ ޢީދެއް އައިސްފައިވާ ކަހަލައެވެ. ގޭތެރެ ޑެކަރޭޓް ކުރާ މީހުން ދަނީ ވަގުތަށް ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމައަށް ނިންމޭތޯ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ނަންމަޝްހޫރު ކޮންޝްޓްރަކްޝަން ކުންފުނި ކަމަށްވާ ޑްރީމް ބިލްޑާރސްގެ ވެރިޔާ ޢަބްދުﷲ ނައީމްގެ އެންމެ ހަގު ކާފަ ދަރިފުޅު ޒަކްވާން ހިތާނަކުރުމުގެ ހަފްލާއަށް އެގޭގެ ހުރިހާ މެންބަރުންނާއި ނޯކަރުން ދަނީ ތައްޔާރުވަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

އެ ފުރޭތަ (ފުރަތަމަބައި)

Next

ކޮންމެވެސް އެއް ދުވަހަކުން…

Next
February 2, 2015

ކޮންމެވެސް އެއް ދުވަހަކުން…

Previews
February 2, 2015

އެ ފުރޭތަ (ފުރަތަމަބައި)

5 Comments!

  1. aaf says:
    February 2, 2015 at 3:25 pm

    V nice ekamu miyoh hurihaa dhuvahaku inthaazaaru koh bahataafa thi genes diny thanfukeh Viya dhen gensdhy part eh miyavureh dhigukoh gensdhechy

  2. faai says:
    February 2, 2015 at 4:03 pm

    Haadha kurukoh thi genesdhiny… Plx awahah up kurahchey… Its interesting… 🙂

  3. @!$(-)@@ says:
    February 3, 2015 at 1:54 pm

    wow nice but varah kuda thankolheh thigenes dhiny so sad……………………

  4. Devil says:
    February 3, 2015 at 5:28 pm

    mi ves dhen waahaka liyaa goiy.. kuda thankolhe …

  5. thakkanubey says:
    September 18, 2016 at 7:20 pm

    ahdhey…varah reethi woow..i am waiting for ur new stories darkangel

Comments are closed.

Next Episodeއިންތިޒާރު 2←


All Right Reserved!