Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަތުގައި ހިފާލާށޭ…

Aminath Shafga Level 1
March 8, 2020 2 Mins Read
2 Comments

“ޒަރީން! މާލެއަށްތަ ތިޔަ ދަނީ؟” ޝެލީ ހައިރާންކަމެއްގެ ތެރޭގައި އިނދެފައި ޒަރީންގާތު އަހާލިއެވެ.
“އާނ…” ކުރުކުރު ޖަވާބެއް ދިނުމަށްފަހު ޒަރީން ހަމަޖެހިލިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަތުގައި އޮތް “ޓުރޫ ލަވް” ކިޔާ ވާހަކަ ފޮތް ހުޅުވާލައިފައި ކިޔަން ފެށިއެވެ.
ޒަރީން އިތުރު އެންމެ ލަފުޒެއްވެސް ދުލުން ބޭރެއް ނުކުރެއެވެ. އެހެންނަމަވެސް، ޒަރީން ޝެލީގެ ކޮންމެ ހަރަކާތަކަށް ކަޅި ހިންގަމުން ގެންދެއެވެ.ޝެލީއަށް އެކަން ފާހަގަވެސް ކުރެވުނެވެ. އެހެންނަމަވެސް ޝެލީ އިނީ ޒަރީންއާއި އިތުރަށް ވާހަކަ ނުދައްކާން ހިތު ތެރޭގައި ނިންމައިގެންނެވެ.
ހުޅުލޭ އެއަރޕޯޓުގެ ރަންވެގައި ބޯޓު ޖެއްސުމާއިއެކު، ޝެލީ އަވަސްވެގަތީ ކުރިންވެސް މާލެ އައިސް ހުރިއިރު ދިޔަ މަޖީދީމަގުގައި ހުރި ގެއަށް ދިއުމަށެވެ.
ޝެލީ އޭނަ ހިފާފައި ހުރި ކޮޓަރިއަަށް ފޮށި ވެއްދިއެވެ. އަދި ފޮށި ހުޅުވާލައިފައި އޭގައި އޮތް ޕާރސަލް ނެގިއެވެ. ޝެލީ އަވަސްވެގަތީ އެގެއަށް ދިއުމަށެވެ.
މަޖީދީމަގުގެ ކަނާއަތް ފަޅިން ބާރު ހިނގުމެއްގައި ޝެލީ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ޝެލީގެ އިޙްތިޔާރަކާއި ނުލާ އޭނާއަށް ހިނގުން މަޑުކޮށްލެވުނެވެ. އަދި ކަނާއަތް ފަޅިން ޝެލީއާއި އެއްވަރަށް ހިނގަމުން ދިޔަ ޒަރީންއަށް ޝެލީއަށް ބަލާލެވުނެވެ. އަދި ހައިރާންކަންމަތީ ހުރެ މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައެވެ. އެހެންނަމަވެސް، ޒަރީން އެހާ ވަރަކަށް އަޅައެއް ނުލައެވެ.
ޝެލީއަށް އެގެއާއި ހަމައަށް ދެވުމާއި އެކު ދެފަރާތަށް ބޯ އަނބުރާލައިފައި މަގުގެ ދެފަރާތް ބަލާލިއެވެ. ޒަރީން ފެންނާކަށް ނެތެވެ. ހަމަޖެހިލުމުގެ ގޮތުން ޝެލީ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ހިނިތުން ވުމަކާއިއެކު އެތެރެއަށް ވަދެ ލިފްޓަށް އެރިއެވެ.
7 ވަނަ ބަޔަށް ދިއުމަށް 7ކަށް އޮބާލިއެވެ. ލިފްޓުގެ ދޮރު ހުޅުވުމާއިއެކު، ޝެލީ އަވަހަށް ނިކުމެ އެޕާރޓުމަންޓް 7 ބީ ގެ ދޮރުގައި ބެލް ޖެހިއެވެ.
“އަނިލް ކޮބާ އަހަރެންގެ ދަރިފުޅު އީޝާލް” އަނިލް ދޮރު ހުޅުވުމާއިއެކު އެތެރެއަށް ޝެލީ ސިކުންތެއްގެ ތެރޭގައި ދެމިގަތެވެ. އެހެންނަމަވެސް އަނިލް އެންމެ ލަފްޒެއްވެސް އޭނަގެ ދުލުން ނުބުނެއެވެ. ޝެލީ އެތެރެއަށް ވަދެ އީޝާލް ހޯދަން ފެށިއެވެ.
“އައިންތު! ކޮބާ އީޝާލް؟” އެތެރެއަށް ވަނުމަށްފަހު އީޝާލް ނުފެނުމުން ޝެލީ އަނިލްގެ އަންހެނުން އައިންތު ގާތު އީޝާލް ކޮބައިތޯ ސުވާލުކުރިއެވެ. އައިންތުވެސް ދުލުން އެންމެ ބަހެއްވެސް ނުބުނިއެވެ. އަނިލްވެސް ދޮރު ޖެހުމަށްފަހު އައިސް އޭނައާއި އައިންތުގެ ދަރިފުޅު އައިނާ ގާތު ސޯފާގައި އިށީނެވެ.
ޝެލީގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އަދި އަނިލް ގާތަށް ގޮސް އަނެއްކާވެސް އީޝާލް ކޮބައިތޯ ސުވާލު ކުރިއެވެ. އަނިލް އިސްޖަހާލިއެވެ. އަދި ސޯފާއިން ތެދުވެ ބޮލުގައި އަތް ޖައްސާލިއެެވެ. ގޯހެއް އެބަ އުޅޭހެން ޝެލީއަށް ހީވާން ފެށިއެވެ.
“އަނިލް ކޮބާހޭ އަހަރެންގެ ދަރިފުޅު! އެސޮރު ވީތަނެއް ބުނޭ… އެހެންނޫނީ…” ޝެލީއަށް އެހިސާބަށް ބުނެވުނު ތަނާއި އައިންތު އައިސް އޭނާގެ ކޮޑުގައި ހިފާ ކޮށްޕާލިއެވެ.
“އެހެންނޫނީ ކީއްކުރާނީ… ތިއީ ކާކު އަހަރެންގެ ފިރިމީހާއަށް ބިރު ދައްކަން… އިރެއްގަ ޝެލީގެ ފިރިމީހާއަކަސް މިހާރު އެއީ އަަހަރެންގެ މީހެއް…” އައިންތު ރުޅިވެރި ކަމާއިއެކު ޝެލީއާއި ޒުވާބު ކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، ޝެލީ މަސއްކަތް ކުރަމުން ދިޔައީ އޭނާގެ ދަރިފުޅު އީޝާލް ކޮބައިތޯ އޮޅުން ފިލުވުމަށެވެ.
” އަހަރެންނަށް އިނގޭ އަހަރެންގެ ދަރިފުޅުދެކެ ތިޔަ ދެމީހުންވެސް ނަފްރަތު ކުރާކަން… އަހަރެންގެ ދަރިފުޅު ކޮންކުށެއް އޮތީ. އެއީ އަހަރެންނާއި އަނިލް ވީ ލޯބީގެ ނިޝާނެއް.. އަހަރެންގެ ދަރިފުޅު އީޝާލް ދެކެ އަހަރެން ވަނީ ހަޤީޤީ ލޯބި.” ޝެލީ ލޮލުން އޮހޮރެމުން ދިޔަ ކަރިނަތައް އޭނަގެ ކަނާއަތުން ފޮހެލިއެވެ.
“އަހަރެންގެ ދަރިފުޅު އަހަރެންނަށް ދޭށޭ ބުނީމަވެސް އަހަރެންނަށް ދަރިފުޅު ނުދިނީވެސް ތި ދެމީހުންގެ ރޭވުން ރާވާއިގެން. އައިންތު އަހަރެން ދެކެ ވާ ފޫއްސެއްގެ ބޮޑު ކަމުންކަން އިނގޭ.. އަހަރެންެގެ ދަރިފުޅު އަހަރެން ގާތު ހުރިއްޔާ އަނިލް ގެއްލި ދާނެތީ… އަހަރެން މިހާރަކު އަނިލް ދެކެ ލޯތްބެއް ނުވޭ… އަހަރެން ލޯބިވަނީ އަހަރެންގެ ދަރިފުޅު އީޝާލްދެކެ..” ޝެލީ ބުންޏެވެ.
“ޝެލީ ލަދެއް ނުގަނޭތަ މިގެއަށް އަންނާކަށް.” އައިންތު ޗޮކެއް ޖަހާލަމުން ބުންޏެވެ. އަދި ޝެލީއަށް މަލާމަތް ކުރާ ރާގަކަށް ހީލިއެވެ.
“އާނ.. އަހަރެން ލަދެއް ނުގަނޭ އަދި މިފަހަރު އަހަރެން ދާނީ ތިޔަ ދެމީހުން ނުރުހުނަސް އަހަރެންގެ ދަރިފުޅު ގޮވައިގެން” ޝެލީ އަނިލްއާއި އައިންތުއާއި ދިމާލަށް ބަލަން ހުރެފައި އޭނަ ލައިގެން ހުރި ޖިންސުގެ ޖީބުން ފޯނު ނެގިއެވެ. އަދި ޕޮލިހުންނަށް ގުޅަން އުޅުނެވެ. އެހެންނަމަވެސް، އަނިލް އައިސް ޝެލީގެ ފޯނު ޖަހައިގަތެވެ. އެވަގުތު ޝެލީގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.
“އަހަރެންނަށް ފޯނު ނުދިނަސް ވަރިހަމަ. އެކަމު އަހަރެންގެ ދަރިފުޅު ވީތަނެއް ހަމަ މިހާރު ބުނޭ .”ޝެލީ އެދެމަފިރިންނަށް އަމުރުކޮށްލިއެވެ.
” ގަލޮޅު ގަބުރަސްތާނުގައި.” އަނިލް ޝެލީގެ ފޯނު މުށިތަންމައްޗަށް އެއްލާލުމަށްފަހު ބުންޏެވެ. އެވަގުތު ނޫނެކޭ ބުނުމަށްފަހު ޝެލީއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަދި އޭނަ އަތުގައި އޮތް ޕާރސަލް ބިންމައްޗަށް ވެއްޓުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aminath Shafga

Level 1

Other Articles

Previous

ހީވޭ ހިތް ބުނާހެން 18

Next

ހިތުގެ ކޮންމެ ވިންދެއްގައި – 5 –

Next
March 9, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 5 –

Previews
March 8, 2020

ހީވޭ ހިތް ބުނާހެން 18

2 Comments!

  1. Yanaa says:
    March 9, 2020 at 7:50 am

    Varah reethi??maa sha Allah❤❤❤ waiting waiting

  2. Shahuma says:
    March 10, 2020 at 7:47 pm

    Wow?
    v reethi?… Interesting ❤️
    Keep it up sis ❤️

Comments are closed.

Next Episodeލޯބިން އަތުގައި ހިފާލާށޭ…←


All Right Reserved!