ކަޝްފު (3)
މުޅީގޭތެރޭގައި ހިފާފައިވަނީ ކާތަކެތީގެ މީރުވަހެވެ. ސުފުރާމަތީގައި އަތުރާލެވިފައި ވަނީ އެކި ބާވަތުގެ ކާތަކެއްޗެވެ. ފޮނި އެއްޗެއްސާއި ކުޅިއެއްޗެއްސެވެ. ބިއްލޫރި ތަށިތަށް ހިފައިގެން ކާގެއަށް އައި ޝަޒިން ކުއްލިއަކަށް ހުއްޓުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. އަވަސްއަވަހަށް ކައިރީގައި ހުރި މޭޒުމަތީގައި ތަށިތަށް ބެހެއްޓުމަށްފަހު ލައިގެންހުރި ރަތްކުލައިގެ ހެދުމުގެ ތިރީބައިގައި އަތްކާއްތާލުމަށްފަހު ޖީބުން ފޯނުނެގިއެވެ. އޭރު ހެދުމުގެ ތިރީބައިން ތަންގަޑެއް ތެމިފައިހުއްޓެވެ. “ޕިސް ޕިސް. ކިތަށްފަހަރު ބުނާނީ އަތް ތެއްކޮން ހުއްޓާ ހެދުމުގައި އަތްނުފޮހޭށެ. ހަމަބުނާ އެކައްޗެއްވެސް އަޑެއްނީވޭނެ.” އައިސް އަލަމާރިން އައިސްކިއުބްތަކެއް ނަގާ ޖޫސްޖަގަށް އަޅަން ހުރި ޒާހިދާއަށް ޝަޒިން ހެދުމުގައި އަތްފޮހެލިތަން ފެނުމުން ބުނެލިއެވެ. “ދެންވެސް ދޭބަލަ ތި ހެދުން ބަދަލުކުރަން ދޮންބެމެން އަންނަން ވާއިރަށް.” ޒާހިދާ މިހެއްބުނުމުން ޝަޒިން އަވަހަށް ފޯނުއަތަށް ލައިގެން ކޮޓަރިއާއި ދިމާއަށް ހިނގައި ގަތެވެ.
ކޮޓަރިއަށް ވަނުމަށްފަހު ފޯނުގެ ސްކްރީނަށް ބަލާލުމާއިއެކީ އެރީތި ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ފޯނަށް އައިސްފައި ވަނީ މެސެޖެކެވެ. ޖުމައިލްގެ މެސެޖެކެވެ. “ހައި. އޯކޭތަ މިއަދު ގުޅާލިޔަސް. ޓުޑޭ ވޮސްދަ ލާސްޓް އެގްޒާމް. ޝަޒޫ ބުނީމެއްނުން ފޯނުން ވާހަކަ ދެއްކޭނީ އެގްޒާމްސް ނިމުނީމައޭ. އައި ކާންޓް ވެއިޓް ޓު ހިއާ ޔުއާ ވޮއިސް.” ލިޔެފައިވާ އިބާރާތް ކޮޅު ކިޔާލުމަށްފަހު ޝަޒިން އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ފޯނުގެނެސް މޭގައި ފޮރުވާލަމުން ހިނިތުންވުމަކާއި އެކީ މަތީގައި އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރުހުއްޓާލިއެވެ.
“ޖުމައިލް” ޝަޒިން މަޑުމަޑުން އެނަން ކިޔާލިއެވެ. ޖުމައިލްއަކީ ޝަޒިން އަށް ވުރެ އެއްއަހަރު ބޮޑު ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ކުއްޖެކެވެ. ސްކޫލުގައިވެސް އެންމެ މަޝްހޫރު އެކަކީ ޖުމައިލްއެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވުމުން ހިތަށް އެރިކޮންމެ އެއްޗެއް އޭނާ އަށްލިބެއެވެ. އަންހެންކުދިންގެ ތެރޭގައި ޖުމައިލް އަކީ ވަރަށް މަޤުބޫލު މީހެކެވެ. މީގެ ތިންމަސް ކުރިން ޖުމައިލް ޝަޒިންއަށް ގުޅާ އޭނާއަށް ޝަޒިން ކަމުދާ ވާހަކަ ބުންޏެވެ. ފުރަތަމަ ޝަޒިންއަށް މިކަން ޤަބޫލުކުރަން ދަތިވިއެވެ. ޖުމައިލް ބުނީ އޭނާ ރައްޓެހިވި އެއްވެސް ކުއްޖެއްގެ ކިބައިގަ އޭނާ ބޭނުންވާ ފަދަ ގޮތްތަކެއް ނުހުންނަކަމެވެ. ނަމަވެސް ޝަޒިން ފެނުމުން އޭނާގެ ހިތް ޝަޒިންއަށް ލެނބި އޭނާ ބޭނުންވާފަދަ ގޮތްތައް ޝަޒިންގެ ކިބައިގައި ހުންނާނެކަމަށް އޭނާގެ ނަފްސު އަންގާދެމުންދިޔަކަމެވެ. ކުރިން އެހާ ފާހަގަނުވިޔަސް ފަހުން ފަހުން އައިސް ޝަޒިން ފާހަގަވެ އަބަދުހެން ދެކޭހިއްވާކަމެވެ. މިވާހަކަ ބުނުމުން ޝަޒިންގެ ހިތުގައި ފޮރުވިފައިވާ ޖަޒުބާތުތަށް ހޭލިއެވެ. ޖުމައިލްއަށް ޝަޒިން ފާހަގަ ނުވިޔަސް މިޔޮއްހާދުވަހު ޝަޒިންގެ ހިތުގައިވަނީ ޖުމައިލްގެ ނަމެވެ. ނުލިބޭނެކަން އިގޭތީ ހިތުތެރޭގައި ފޮރުވައިގެން އުޅުނީއެވެ. ޝަޒިން ދުވަހަކުވެސް ޖުމައިލް އޭނާއާއި ދޭތެރޭ މިގޮތަށް ދެކެފާނެކަމަކަށް ހިއެއްނުކުރެއެވެ. ނަމަވެސް މިފަހަރު އޭނާ އަށްވެސް ޖުމައިލް ކަމުދާކަން ހާމަކުރިއެވެ. ޝަޒިން ބޭނުންވީ އެހަށް އެގްޒާމް ނިމެންދެން ހަމައެކަނި ފޯނުން ޗެޓްކޮށް ވާހަކަ ދައްކާށެވެ. ގުޅައިގެން ވާހަކަދައްކާކަށް އަދި ބޭނުންނުވީއެވެ. އޭނާ ބޭނުންވިގޮތަށް ޖުމައިލް ނުގުޅާ މަޑުކުރީތީ ޖުމައިލްއަށް އިތުބާރުކުރެވެން ފެށުނެވެ.
ޝަޒިން ޚިޔާލީދުނިޔެއިން ނުކުމެ ފޯނުގައި މެސެޖެއް ލިޔަންފެޝިއެވެ. “އޯކޭ. މިރޭ ޓެންގަ ގުޅާނަން” މިހެން ލިޔެލުމަށްފަހު ސެންޑް ޖަހާފައި އިން ބަޓަނަށް ފިއްތާލިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ފޯނު ވައިބްރޭޓް ވުމުން ޝަޒިން އަވަހަށް މެސެޖް ހުޅުވާލިއެވެ. “އިންތިޒާރުގެ ގަޑި ގުނަންފެށީމި.” ލިޔެފައިވާ މެސެޖް ކިޔާލުމަށްފަހު ކައިރީގައިއޮތް ބާލީހުން ރަތްވެފައިވާ އެމޫނު ފޮރުވާލިއެވެ.
“ދަރިފުޅާ ޝަޒިން ކޮބާ އަވަސްކުރޭ. ދޮންބެމެންނާ އެކީ ކާންވާނެ” ޒާހިދާ ކޮޓަރި ދޮރުގައި ޓަކިޖަހާލިއަޑަށް ޝަޒިން ފުއްމައިގެން ތެދުވިއެވެ. “މިދަނީ މަންމާ” ޝަޒިން މިހެންބުނުމަށްފަހު ކުރިމަތީގައި ހުރި ހުދުކުލައިގެ ބޮޑު އަލަމާރިއާއި ދިމާއަށް ހިނގައިގަތެވެ. އަލަމާރިން ނޫކުލައިގެ ހެދުމެއް ނަގައިގެންގޮސް ފާޚާނާގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ފުދޭވަރަކަށް ބޮޑު މި ކޮޓަރީގެ ހުރިހާ އެއްޗެއްވެސް ހުންނަނީ ހުދަކުލައިގައެވެ. އަލަމާރި އާއި ޖެހިގެން ހުރި ޑްރެސިން ޓޭބަލް މަތީ ރީތިވާ ސާމާނުތަށް ނިކަން ތަރުތީބުކޮން އަތުރާލާފައި ހުޓެވެ. ކަނާތްފަރާތުގައި ދިގުކޮން ހުރި ކަބަޑުގެ، އެކި ހަރުފައްތަކުގައި ބިއްލޫރިން ހަދާފައިހުރި އެކި ވައްތަރުގެ އެއްޗެއްސާއި، ހުދު ކުލައިގެ ޓެޑީ ބެއާއެއްގެ އިތުރުން، ބިއްލޫރި މާވަށިގަނޑެއްގައި ރަތްކުލައިގެ ކުދި ފިނިފެންމާތަކެއް ހުރިއިރު ބަލައިލަން ވަރަށްވެސް ހިތްގައިމެވެ. ކޮޓަރީގެ އަނެއް ފަރާތުގައި ހަމަ ހުދުކުލައިގެ ފޮތްހަރުގަނޑެއް ހުއްޓެވެ. އޭގައި ކިޔަވާފޮތްތަށް ތިރީގައި ހުރި ކުޑަ ތިން ހަރުފަތަށް އަޅާފައިހުރި އިރު މަތީގައި ބޮޑުކޮން ހުރި ތިން ހަރުފަތުގައި ހުރީ ހުސް އެކިވައްތަރުގެ ވާހަކަ ފޮތެވެ. މިއިންވެސް ބަލައިލާ ކޮންމެ މީހަކަށް ޝަޒިންއަކީ ފޮތް ކިޔުމަށް ޝަޢުޤުވެރިކަން ހުންނަ ކުއްޖެއްކަން އެނގިގެންދާނެއެވެ. ކޮޓަރީގައި ފުދޭވަރަކަށް ބޮޑު ކުޑަދޮރެއް ހުއްޓެވެ. އޭގައި ހަވަރަކަށް ދޮރު ހުޅުވޭގޮތަށް ލާފާއިހުރިއިރު ހުދުކުލައިގެ ޑިސައިނެއް އަޅާފައިވާ ފަރުދާއެއް ދަމާފާވެއެވެ.
ފާޚާނާގެ ދޮރުހުޅުވާލުމަށްފަހު ނިކުމެގެން އައި ޝަޒިން އަލަމާރީގައި ހަރުކޮށްފައިހުރި ބޮޑު ލޯގަނޑު ކުރިމަތީގައި ހުއްޓެލިއެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައި ވާއިރު މޭމައްޗާ ހަމައަށް އަރައެވެ. މޫނުމައްޗަށް ވެރިފައިވާ އިސްތަށިކޮޅުތައް އަތުން އެއްފަރާތް ކޮށްލުމަށްފަހު އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެބުޅި އިސްތަށިގަނޑަކީ އޭނާގެ ރީތި ކަމުގެ އަސްލެވެ. ހަޤީޤަތުގައިވެސް ބޯބުޅި ކުދިންނަކީ އާދަޔާ ޚިލާފް ރީތިކަމެއް ލިބިފައިވާކުދިންނެވެ.
ގޭތެރޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން މިޝަލް ބޫޓް ބާލާފައި ކައިރިގައި ހުރި ހަރުގަނޑުގައި ބެހެއްޓިއެވެ. ފަހަތުން ވަން ޖީލާ ފެނިފާ ޒާހިދާ ހުޅުވާފައި ހުރި ޓީވީ ނިއްވާލުމަށްފަހު ސޯފާއިން ތެދުވިއެވެ. “އަވަހަށް އާދެ މިހާރު މަންމަ މި ހުންނަނީ ދަރިފުޅުމެން ނައިސްގެން.” ޖީލާގެ އަތުގައި ހިފާލަމުން ޒާހިދާ ކުރިއަށް ހިނގައިގަތެވެ. ޒާހިދާއަށް ޖީލާ ނިކަން ކަމުދެއެވެ. ޖީލާގެ ހުންނަ މަޑުމައިތިރިކަމާއި މުރާލިކަމަކީ ޒާހިދާ އެންމެ ގަޔާވާ ކަންކަމެވެ. “އާނ ދެން މިހާރު ޖީ ގެނައީމަ މަންމައަށް އަޅުގަނޑެއް ނުފެންނާނެ.” ޒާހިދާ އަޅާނުލާ ދިޔުމުން މިޝަލް ކުޑަކޮން ބޮޑާ ހާކާލިއެވެ. “މަންމަގެ ވާން އުޅޭ ފުރަތަމަ ޅީދަރިއަށް މިހާރު މާއަޅާލަން ޖެހޭނެޔޭދޯ” ޖީލާ ކާގެއަށް ގެންގޮސް ގޮޑީގައި ބައިންދަމުން ޒާހިދާބުނެލިއެވެ. ފަހަތުން މިޝަލްވެސް އައިސް ޖީލާގެ ކުރިމަތީގައި އިން ގޮނޑީގައި އިށީދެލިއެވެ. “ކޮބާ ޝަޒޫ؟؟” ޖީލާ ގޭތެރެއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި ޝަޒިން ނިކުމެގެން އައިސް ޖީލާ ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އިށީނެވެ. “މިޔޮއް އައީއެއްނުން. ކޮބާތަ އެ ދާނިޝް؟ ހެދުނު ނުވައެއް ޖެހިއިރު ވަންމީހާ އަދި ނުނިކުމެ. އަޖައިބުން އަޖައިބު. މިހާރު އޭނަ އަށްވެސް ފަސް ހަފަހަރަށް ގޮވައިފިން. ދާނިޝޫ!! ދާނިޝޫ!!” ޒާހިދާ ތަށިތަކުގެ މަތި ނަގަމުން ހިތްހަމަ ނުޖެހިފައިހުރެ ދާނިޝްއަށް ގޮވަންފެށިއެވެ.
ކާގެއަށް ވަދެގެން އައި ސަލީމް ފެނިފައި މިޝަލް ކޮޅަށް ތެދުވިއެވެ. ބައްޕައަށް އިޚުތިރާމް ކުރުމުގެ ގޮތުން ތެދުވެލުމަކީ ދާނިޝްގެ ކިބައިގައި ހުންނަ ރިވެތި އާދައެކެވެ. މިކަމުންވެސް އޭނާ ބައްޕައަށްކުރާ ގަދަރާއި އިޚުތިރާމް ފެނިގެންދެއެވެ. ސަލީމް އައިސް މިޝަލްގެ ކޮޑުގައި ކުޑަކޮން ޖަހާލުމަށްފަހު މޭޒުގެ އެންމެ ކޮޅުގައި އިން ގޮނޑީގައި އިށީނެވެ. އެވަގުތު ދާނިޝްވެސް ކާގެއަށް ވަދެ މިޝަލް އާއި ޖެހިގެން އިން ގޮނޑީގައި އިޝީން ނަމުން ސަލީމް އާއި ދިމާލަށް ބަލާލުމަށްފަހު ހީލިއެވެ. ސަލީމްގެ ކޮޑުގައި އަތް ބާއްވާލައިގެން ކޮޅަށް ހުރި ޒާހިދާ ހިނިތުންވުމަކާއިއެކީ މޭޒުކައިރީގައި ތިބި އެންމެންނަށް ނަޒަރު ހިންގާލިއެވެ. އަދި ހިތްހަމަޖެހުމުގެ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ކުޑަކުޑަ އާއިލާ ފުރިހަމަ ވީއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Haadha kurukoh genesdheny
dhen faharakun dhigu kohlaanan igey 🙂
v foohi piceh. bt story reethi vaanehen heevany. thankolheh kury
reethikan
Zai best of luck and happy new year.
Mivaahaka ehaa reecheh noon. Zai kihineh Thi hadhany.. Maa sifa kurun ginaee.. Sifakurun over vefa. Salhi dhn ekam ves ehaa ehaa ehnun. Sifakurumun konme part eh ninmaalaafa thiohnany
Assluvess.. maa sifakurun ginaee.. vaahakaige 3 part nimun iru ves evves haadhisaa eh adhi nuhinga.. Sifa kohdhevifa mi onnany..
next episode will be updated on tuesday insha allah. and as u guyz are saying sifakurun thankolhe ginayi ey, from next part onwards it will be corrected and yes vaahaka dhigu kon genes dheveytho balaanan. i appriciate all ur views. thnkx 🙂