Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ވާހަކަ 1 (އެއްވަނަބައި)

Annna Level 510 Stories100 Comments100 Login
March 14, 2020 2 Mins Read
19 Comments

އެއީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިއެވެ. އަހަރެން މަންމަ އާއި ބައްޕަ އާއި އެކު އުޅުނީ ވަރަށް އުފަލުގައި އެވެ. ނަމަވެސް އެއީ ހަމަ އެކަނި އަހަރެންގެ އުމުރުން ދިހަ އަހަރު ވާން ދެނެވެ. މަންމަ އާއި ބައްޕަ އާއި ދެމެދު ޖެހުނު މައްސަލަ އަކާއި ގުޅިގެން އެދެމީހުން ވަކިވީ އެވެ. އަހަރެންގެ މަންމަ، އަހަރެން ބައްޕަ ކައިރީގައި ބަހައްޓާފައި ރަށުން ފުރައިގެން ދިޔައީ އެވެ. އަހަރެންގެ ހިތް ޝަކުވާއިން ފުރުނު ނަމަވެސް، މައިންބަފައިންގެ ނިންމުމަށް ޗުއްޕުވެސް ނުބުނާން ވެގެން ހަނު ހުރީ އެވެ. އަހަރެންގެ މަންމަ އަހަރެންނާއި މެދު ނުވިސްނުމުން އަހަރެންގެ ހިތް ބިއްލޫރި ކޮޅެއްހެން ތަޅައިގެން ދިޔައެވެ.

ކޮންމެ އަކަސް އަހަރެންނަކީ އޭރު ކުޑަކުއްޖެކެވެ. މަންމަ އާއި ބައްޕަގެ ވަކިވުމުގެ ސަބަބުން އަހަރެންނަށް ފެންނަނީ ބައްޕަ އަބަދު މާޔޫސް ވެފައި ވާތަނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މަންމަ އާއި ބައްޕަގެ ވާހަކަ ތަކުން އަހަރެންނަށް އެދެމީހުން ކައިވެނި ކުރީ ލޯބިންކަން އިނގެއެވެ. އެހާ ލޯބިން، އެތައް އުއްމީދު ތަކަކާއި އެކު، އެތައް ހުވަފެންތަކަކާއި އެކު، ފެށި ދަތުރު އެހާ އަވަހަށް ނިމުމުން މާޔޫސް ނުވާނީ ކާކު ހެއްޔެވެ. އެގާރަ އަހަރުގެ ކައިވަނީގެ ގޮށް އެމޮހެވުނީ އެއްމެ ދުވަހަކުންނެވެ.

އެގޮތަށް ހަފްތާއެއްހައި ދުވަސް ވޭތުވެގެން ދިޔައެވެ. އެހަފްތާގެ ތެރޭގައި އެއްވެސް އެންގުމެއްނެތި ބައްޕަ ވަޒީފާއަށް ނުނިކުތުމުގެ ސަބަބުން، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ބައްޕައަށް ފޮނުވުނެވެ. އަހަރެން ވަރަށް ދެރަ ވިއެވެ. ވަރަށް ރުއީމެވެ. ނަމަވެސް ކުރާނީ ކިއެއްތޯއެވެ؟ އެއީ ތަޤްދީރުގެ ނިޔާ އެވެ. ތަޤްދީރުގައި ވާން އޮތްކަމެއް ވާނެ ނޫން ހެއްޔެވެ؟ އަހަރެމެންނަށް އޭތި ބަދަލުކުރެވޭނެ ބާރެއް އޮތީކީ އެއްވެސް ނޫނެވެ.

ހަފްތާއެއް ވެއެތުވެގެން ދިޔުމުން، އަހަރެންގެ ބައްޕަ އަހަރެންނަށްޓަކާ ކަށިން ހިތްވަރު ނެރެގެން ހިނިތުން ވާތަން ފެނުނެވެ. އަހަރެންގެ ބައްޕަގެ ހިތްވަރަށް އަހަރެން ހަމަ ސާބަސް ދެމެވެ. ބައްޕަ ކައިރީގައި އޮތް ރިސޯޓަކަށް ވަޒީފާ އަކަށް ހުށައެޅުމުން ދެދުވަހެއްތެރޭ ވަޒީފާ ލިބުނު ކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. ބައްޕަގެ ވަޒީފާގެ ވަގުތަކީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ. ރަށަށް އާދެވޭއިރު ހުންނާނީ ގާތް ގަނޑަކަށް ހައެއްޖަހާ ހަގަޑި ބައިވެފައި އެވެ. ބައްޕަ އަށް ވަޒީފާ ލިބުމުން އަހަރެން ވަރަށް އުފާ ވިއެވެ. ނަމަވެސް ބައްޕަ، ރަށުން ބޭރަށް ދާން ޖެހޭތީ އަހަރެން ވަރަށް ދެރަވިއެވެ.

ދެދުވަހެއް ފަހުން ބައްޕަ ވަޒީފާއަށް ނިކުންނަށް ޖެހެއެވެ. އިއްތިފާޤުން އެއީ އަހަރެންގެ ގްރޭޑް ހަތަރެއްގެ ދިރާސީ އައު އަހަރު ފެށޭ ދުވަހެވެ. އޭގެ އެއްދުވަސް ފަހެވެ. ބައްޕަ ގެއަށް އައީ ޔޫރަޕު ހިސާބެއްގެ އަންހެނެއް ގޮވައިގެންނެވެ. އެއީ ގޭގައި މަސައްކަތް ކުރާ ގޭގެ ނޯކަރެކެވެ.

ޖެނީފާރ ވަރަށް ރަނގަޅެވެ. ވަރަށް އަޅާލައެވެ. ވަރަށް އޯގާތެރި އެވެ. އަހަރެންނަށް މަންމަ އެއްގެ ލޯބި ޖެނީފާރ ދެއެވެ. އެގޮތަށް އަހަރެއް ފާއިތު ވެގެން ދިޔައެވެ. އެއްދުވަހަކު ބައްޕަގެ ޗުއްޓީ ލިބުނުތާ ދެވަނައަށް ވިދުވަހު ބައްޕަ އައީ ގެއަށް އަންހެނެއް ގޮވައިގެންނެވެ. އެމީހަކީ އަހަރެންގެ މަންމައަށް ވުރެ އެއްއަހަރު ވަރު ދޮށީ މީހެއްކަން ގައިމެވެ. އެމީހާ އެހާކަޅެކޭވެސް ދޮނެކޭވެސް ނުބުނެވޭނެއެވެ. ހަށިގަނޑު ބިޔަފެފައި ފަލައެކޭވެސް ނުބުނެވޭނެއެވެ. ނަމަވެސް ހިތްކޭ ބުނާވަރަށް ވުރެ ފަލައެވެ. އަހަރެންނަށް އެއީ އަހަރެންގެ މަންމަގެ މަޤާމަށް އަންނާނެ މީހާކަން އިނގުމުން އަހަރެން ބޮޑާހާކަން ފެށީމެވެ. އެދުވަހު ބައްޕަ ބުނިބަސް އަދިވެސް ހަނދާނުގައި އަކުރަކަށް ފިއްޔަކަށް ބަދަލެއްނެތި އެބަހުރި އެވެ. “ދަރިފުޅާ އާޝާ! ދުވަހަކުވެސް ދަރިފުޅުގެ މަންމަގެ މަޤާމަށް އެހެންމީހަކު ނާންނާނެ.. އަދި ނުވެސް ގެންނާނަން.. އެކަމަކު ދަރިފުޅާ! އެދައްތަ އަކީ ބައްޕަގެ އަނބިމީހާގެ މަޤާމަށް އަންނާނެ މީހާ…” ބައްޕަ އަހަންނަށް ވިސްނައިދިނީ ފަސްއަހަރުގެ ކުޑަކުއްޖަކަށް ވިސްނައިދޭ ފަދަ ގޮތަކަށެވެ.

ހަފްތާއެއްގެ ތެރޭ ބައްޕައާއި ސަމީރާއްތަގެ ކައިވެނި ކުރެވުނެވެ. އަހަރެން މަންމައޭ ނުކިޔަސް ‘ސަމީރާ ދައްތަ’ އޭ ކިޔައިފައި ނުގޮވަމެވެ. އަހަރެން ބައްޕަ ކައިރީގައި މަންމައޭ ކިޔައިފައި ގޮވަން އުނދަގޫ ވާނެކަން ހާމަ ކުރީމެވެ. ބައްޕަ ބުނުއްވީ ‘ސަމިއްތަ’ ކިޔަސް މައްސަލައެއް ނެތޭ އެވެ. އަހަރެންގެ ބައްޕަ އަހަރެންގެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ސަމިއްތަވެސް އަހަރެންދެކެ ވަރަށް ލޯބިވޭ މެއެވެ. ބައްޕަވެސް އަހަރީ ޗުއްޓީގައި މަޑުކުރީ އަހަރެންނަށް ނުދެވުނު ވަގުތު ދޭށެވެ.

ކޮންމެއަކަސް އަހަރެންނަށް އަހަރެންގެ ދޮންމަންމަ ވަރަށް ހެވެ. އަހަރެން އަޑުއަހާ ގޮތުގައި ދޮންމަންމައިން ވަރަށް ނުބައިވާނެއެވެ. ދޮންދަރިންގައިގައި ތަޅާ އަނިޔާ ކުރާ ވާހަކަ އަހަރެން އަހަމެވެ. އެކަހަލަ ސިފަޖެހިއަސް ދޮންމަންމަ ވަރަށް ހެވެ. ބޭރުފުއް އެގޮތަށް ހުއްޓަސް، އެތެރެ ހެވިއްޔާ ޢަމަލުން އެކަން ފެންނާނެ އެވެ. އަހަރެން އަޑު އަހަމެވެ. ފޮތެއްގެ ބޭރުފުއް ބަލާލައިފައި އޭތި އެއީ ރީތި އެއްޗެކޭ ނުބުނެވޭނެއެވެ. އޭތި ރީއްޗޭ ނުވަތަ ހަޑިއޭ ބުނެވޭނީ އެއެތި ކިޔައިފައި އެވެ. އެހެންކަމުން އަހަރެންވެސް ބެލީ ދޮންމަންމަގެ ބޭރުފުށަކަށް ނޫނެވެ. އެތެރޭގެ ރީތި ކަމަށެވެ.

ސަމިއްތަ އަހަރެންނާއި އެކު ވަގުތު ހޭދަކޮށް ހަދައެވެ. އަހަރެންނަށް ކާންދީ ހަދައެވެ. ނިދެނީ ސަމިއްތަ ކައިރިގައި އޮއްވައެވެ. އެދުވަސްތަކުގައި ސަމިއްތަގެ ހިތްހެޔޮކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެގޮތުގައި ބޮޑު ޗުއްޓީ ހޭދަވި ގޮތްވެސް ނޭންގުނެވެ. އެއި އަހަރެންގެ ބައްޕަ ޗުއްޓީ ނިންމާފައި ރިސޯޓައް ދާން، ފުރި ދުވަހެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ހަހުރަޔާ – 01

Next

ހުރީމެ އިންތިޒާރުގަ (15)

Next
March 15, 2020

ހުރީމެ އިންތިޒާރުގަ (15)

Previews
March 14, 2020

ހަހުރަޔާ – 01

19 Comments!

  1. A aaR says:
    March 14, 2020 at 5:21 am

    Miothy mivahakige furathama bai… Alhugandu vaahaka gendhan raavai fai vaagothun part thah kuruvane kiyuntherin hiyhama jehey varah vure.. after reading leave a comment if you love it or not… and tell me my mistakes.. ly my readers

  2. saaz says:
    March 14, 2020 at 5:28 am

    Vaahaka hadieh noon…kyp it up… biruveri vaahakaeh up kohlaba..v biruveri vaahaka kiyaa hiyy veyy alhugadu….?

    1. A aaR says:
      March 15, 2020 at 9:07 pm

      Yess.. thank you.. biruveri vaahaka eh neren gasthu Koh fai vaanii

  3. Quiiin? says:
    March 14, 2020 at 10:51 am

    Vrh salhi ma sha allah…
    Keep it up dear ..
    ??❤
    I’m the author of nafrathun ufedhunu loabi

    1. A aaR says:
      March 14, 2020 at 2:02 pm

      jazaakallah khairan Quiiin.. yh i read that story… koniraku new part eh upload kuranii??

  4. Boaganvilla says:
    March 14, 2020 at 11:25 am

    Dhen mi vaahaka Aai medhu bunaane ekahcheh ves neiii amazing
    Ekamu varah hurt touching ehves change eh nethi thi liuelanee my life story viyya ??
    Lolun kaduna niraalaigen dhiya vaahaka kiyaafa asluves mi varu ge vaahakaeh Esfiya akah naadhey

    1. A aaR says:
      March 15, 2020 at 9:09 pm

      Thank Boaganvilla.. trailer ga bunefai vaane mi vaahaka aky alhuganduge khiyaaly vaahaka ekey.. dhen dhimaa vumaky ihthifaaqeh dhw.. sorry varah bodah… ??

  5. Rifu says:
    March 14, 2020 at 1:19 pm

    Woww. Vrh reethi. Ma Shaa Allah. keep it up. when next part??

    1. A aaR says:
      March 14, 2020 at 2:04 pm

      jazaakallah Khairan Rifu… next part on tuesday insha allah…

  6. Aira says:
    March 14, 2020 at 3:12 pm

    Dont make stepmom the villain like other stories

    1. A aaR says:
      March 14, 2020 at 4:58 pm

      baeh faharu kiyuntherin beynun vaa goi noon ehen goi vaa faharu ves annaane.. kurin bunihen mivaahaka akii alhugandu varah duraalai plan kohgen liyaa vaahaka eh.. sorry Aira dear

  7. Anonymous says:
    March 14, 2020 at 3:28 pm

    Asna ge insta account search kuran jehssyma nufene

    1. A aaR says:
      March 14, 2020 at 5:00 pm

      rangalhah akuru thah liyefai beynun kohlaba.. i am sure u will find my account..

  8. Anonymous says:
    March 14, 2020 at 3:29 pm

    n what is your b’day

    1. A aaR says:
      March 14, 2020 at 5:00 pm

      6th of this month

  9. yaanish says:
    March 15, 2020 at 11:44 am

    hi

    1. A aaR says:
      March 18, 2020 at 9:04 pm

      ??

  10. Jelly? says:
    March 15, 2020 at 12:48 pm

    ?So A aar ulheyny nine ga ennu
    ?dhn kiive eight ey buny

    1. A aaR says:
      March 15, 2020 at 9:05 pm

      Noon alhugandu ulhenii eight ga… Eh irakuves alhugandu nubunan alhugandu ulhenii nine ga ey.. e ee kuh hee eh

Comments are closed.

Next Episodeއަހަރެންގެ ވާހަކަ 2 (ދެވަނަބައި)←


All Right Reserved!