Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން….14

leyfa Level 110 Stories
December 26, 2014 4 Mins Read
5 Comments

ޒާހިރު ވެސް ވޮލެޓް ނަގާ ލާރި ދީފައި ސަލާމަތް ވުމަށް އަވަސްވެލިއެވެ. ފަރީލާ އަތަށް ފައިސާނަގާފައި ދިއްކޮއްލީ ހިތާއި ދެކޮޅަށެވެ. އެހެން ގޮތެއް ނެތިގެންނެވެ.ފަރީލާ ހީލާފައި ދިއްކޮއްލި އަތް ފައިސާއަކާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. ފިލާ ހުރި ފާރަވެރިޔާ ލާރި ޖަހައިގަތެވެ. ދެމީހުން ނަށް ވެސް ސިހުން ގެނުވަމުންނެވެ.

“ކާކު؟ ގެނޭ ލާރި..” ޒާހިރު ހަޅޭއްލަވައިގަތެވެ.

“ޒާހިރު! ” ޒާހިރު ގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ނަ ނަ..ނަޝާ! ކީއްކުރަނީ މިތާގަ މިގަޑީގަ… އަނެއްކާ ތީ އަސްލު ނަޝާ ތަ؟” ޒާހިރަށް ކިޔޭ ނުކިޔޭ ނޭގޭހެން ފައްޗަކަށް އަމުނާލިޔެވެ.

” މީ އަހަރެން! ނަޝާޔާ! އިފްރީތަކާއި ވައްތަރީތަ؟ މިތަނަށް މިއައީ ތި ނާޗަރަންގީ ބަލާލަން… ހީވަނީ ސްޓާރ ޕްލަސް ގެ ޑްރާމާއެއް ހެން ވިއްޔަ… މީ ކޮން ކަންތައް ގަނޑެއް؟ ދަރިންނަށް ޚަރަދު ނުދެވޭއިރު ވެސް ރަށަށް އަރާ ތިބި ބީރައްޓެހިންނަށް ހެޔޮ ފޯރު ކޮށް އެބަ ދެވެއްނު!” ނަޝާޔާ ރުޅި ގަދަ ވެގެން ގޮސް މުޅި މީހާ ތުރުތުރު އަޅައެވެ.

” މީ ވަރަށް ގޮތް ކުޑަ ފިރިހެނެއް! އަންހެނަކު ފެނިއްޖެއްޔާ އަވަލާނެ! މަ ފަހަތުން އާދޭސް ކުރަމުން މިތަނަށް އައީ…ގަދަކަމުން ލާރިދޭން އެއުޅެނީ….” ފަރީލާ ވާހަކައެއް ހަދާލަން މަސައްކަތް ކުރިއެވެ. އެހެނަސް ފުރިހަމައެއް ނުކުރެވުނެވެ. ނަޝާޔާ ހަޅޭއްލަވައިގަތެވެ.

” ކަލޭ ހީކުރަނީ އަހަންނަކީ ފަސް ކުޅަނދު މަދު މީހެއް ކަމައްތަ؟ ކަލޭ ޖަހާ ހާ ބެރަކަށް މި ނަޝާޔާ ނުހެއްލޭނެޔޭ….. ކަލޭގެ ތި ދޮގު ވާހަކަ ފަތުރަން ކޮންމެވެސް އެހެންތަނަކަށް ދޭ! އަހަންނަށް އެނގެޔޭ ކަލޭގެ ހުރިހާ ކަމެއް! ކަލޭ ތިއުޅެނީ ޒާހިރު ފަހަތުން ނެއްޓެން ނޭނގިގެނެއްނު… އަނބިމީހާ ޔޯ… ހުއް” ނަޝާޔާ ހީވަނީ ފަރީލާ ކާލަފާނެހެންނެވެ. ނަޝާޔާ ގާތުގައި ބަސްއަހާ ކުޑަކުއްޖެއް ހެން ޒާހިރު ހުއްޓެވެ. ބަސް ހުއްޓިފައެވެ. ނަޝާޔާ ހާދަ ގަދަކޮށްލައިފިއެވެ. މީ އަނެއްކާ ނަޝާޔާ ކާއިގެން އަރާ އިން ހަންޑިއެއް ބާވައެވެ. ކޮންމެ ގޮތެއް ވިޔަސް މިރެއިން މިރެޔަށް މި ހައިޖާނު ނިންމަން އެނާ ބޭނުމެވެ. ހުރިހާ ހަގީގަތެއް ކިޔައިދިނުމަށް ފަހު މާފަށް އެދެން ނިންމިއެވެ.

“ނަޝާ! އަހަންނަށް ޅައެއްޗެއް އެޅުނީ… އެކަމަކު މީތެދެއް.. މަގޭ ތިނޫން އެހެން އަތްނބެއް ނުހުންނާނެ.. އާޒް ނޫން އެހެން ދަރިއެއް ވެސް…ޕްލީޒް މިހިރަ ޑައިނު ދައްކާ ވާހަކަ ގަބޫލް ނުކުރޭ.. އެއީ މާ ކުރީގަ ހެދުނު މިސްޓޭކެއް….މާފް ކުރޭ ” ޒާހިރު ފުރަތަމަ ފަހަރަށް އަންހެނެއްގެ ކިބައިން މާފަށް އެދި އާދޭސް ކުރިއެވެ.

” ޒާހިރު .. ކަލެއަށް އަޅެ ތިވަނީ ކިހިނެތްތަ؟ ކޮބާތަ ހެކި… ކާކު ގަބޫލު ކުރާނީ ކަލޭ ދައްކާ ވާހަކަ… އަހަރެމެންގެ ދަރިފުޅަށްޓަކާ ދޮގު ނަހަދާ! ” ފަރީލާ ހުރީ ހަތިޔާރު ބަހައްޓާ ޚިޔާލެއްގައެއް ނޫނެވެ. ޒާހިރަކަށް އޭނަގެ ވާހަކައަކަށް ހެކި ނުދެއްކޭނެކަން އެނގޭތީ އޭނާ ބޭނުންވީ ނަޝާޔާ ވާވައްދާލާ އެދެމީހުން ވަކިކޮށްލާށެވެ. އާއިލާ ސުންނާފަތި ކޮށްލާށެވެ

“ޒާހިރަކީ ކޮންމެ ކަހަލަ މީހަކަސް އޭނަ ދޮގު ހުވައެއް ނުކުރާނެ! އެހެން ނޫނަސް ކަލޭ މީހަކާ ނީންނަކަން މަގޭ ގާތުގައި ތިރަށު މީހަކު ވެސް ބުނި…މާގިނަ ހެކިތަކެއް ދައްކާކަށް ބޭނުމެއް ނޫން..”

” އަހަރެން ހެކި ދައްކަފާނަން…” ނިޝްވާ ގެ އަޑަށް ތިން މީހުން ވެސް ފަހަތަށް އެނބުރުނެވެ.

“ވާ ވާ ގަދަ … މުޅީ އާއިލާ އެކީގަ ދޯ… ޔަގީނޭ ކޮންމެ ވެސް ފޭކެއް ހިފައިގެން އެ އައީ ލޯބިވާ ދައްތަ ސަލާމަތް ކުރަން..” ފަރީލާ ނިޝްވާ އަށް މަލާމާތް ކުރަން ފެށިއެވެ. ޖަވާބުގައި ނިޝްވާ ގެ ފޯނުގައި ހުރި ވީޑިޔޯ ހުޅުވާލިއެވެ. ނަޝާޔާ ވެސް ދިޔައީ ދެލޯ ބޮޑުވެގެން ނެވެ. ޝަމާމެންގޭގެ ޖޯލިފަތީގައި ތިބެ ދެކެވުނު ހާ ވާހަކައެއް އެފޯނަށް ހުރީ ވީޑިޔޯ ކޮށްފައެވެ. ނިޝްވާ އެގެޔަށް ދިޔަ ވަގުތާއި ދިމާވުމުން ދަނޑިވަޅު ގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފީއެވެ. ފަރީލާ ތައްޔާރު ކުރި ބޮން އަތަށް ގޮވީއެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތުމުން އަވަސް އަވަހަށް ފިލާ ރައްކާ ވިއެވެ.

” ނިޝް… ތޭންކެސް ކޮއްކޯ… ކޮއްކޮ ކިހިނެތް ކުރި ކަމެއް…” ނަޝާޔާ ހުރީ ވަރަށް އުފާވެފައެވެ. ޒާހިރު ވެސް ފާޅު ނުކުރިއަސް ހުރީ ވަރަށް އުފަލުންނެވެ. ފަރީލާ ގެ ކިބައިން މިންޖުވީމައެވެ.

” ހިނގާ ގެޔަށް ދާން…އާޒް އުޅޭނެ މިހާރު ހޭލާއިގެން… ” ނަޝާޔާ ނިޝްވާ ގޮވައިގެން ގެޔަށް ދާން ހިނގައިގަތެވެ.

“ނަޝާ…. އަހަރެން ދަންތަ؟….”ޒާހިރު އަހައިލީ ޖެހިލުންވެ ހުރެއެވެ. ނަޝާޔާ ހިނިވެސް އައެވެ. އެހެނަސް އަވަހަށް އަނެއް ފަރާތަށް އެނބުރިލަމުން ” އަހަރެންގެ މައްސަލައެއް ނެތޭ “ބުނެލިއެވެ.ހަގީގަތުގައި އޭނަ ޒާހިރު ދެކެ އައިސްފައި ހުރި ރުޅި މަޑެއް ނުވެއެވެ.އެހެނަސް ބޭރުތެރޭގައި ހުރެ ހަޑި ހާވާކަށް ބޭނުމެއް ވެސް ނޫނެވެ.

ބަސްއަހާ ކުޑަކުއްޖެއް ހެން ޒާހިރު އެދެބެއިން ގެ ފަހަތުން ދިޔައީ ދިހަވަރަކަށް ފޫޓް ދުރުގައި ހުރެގެންނެވެ.

ދައްތާ! ޒާރުބެ އަށް ފާރަލާން އެނގުނީ ކިހިނެތްތަ؟ ފަރީލާ ގެ ކަންތައް އެނގުނީ ކޮންއިރަކު؟ ކިޔައިދީބަލަ!” ނިޝްވާ ހުރީ ކަން ހިނގިގޮތް އޮޅުން ފިލުވާ ހިތްވެފައެވެ.

” މަށާ ލިންނު އާއި ދެމީހުން ކޮލެޖް ނިންމާފައި އަންނަނިކޮށް އޭނަ މަށަށް ގޮވާ ޖެއްސުން ކުރީ… ނަސީބަކުން ލިންނު ރަށު މީހެއް އެ ފަރީލާ ގަނޑަކީ… ދެން ލިންނު ބުނީ މަގޭ ގާތު އޭނަ މީހަކާ ނީންނަ ވާހަކަ އާއި އެރަށު މުދިންބެ ގެ ދަރިޔަކަށް އޭނަ ބަލިވެ އިންވާހަކަ…ޒާހިރާއި ރައްޓެހިވެގެން އުޅުނު ވާހަކަ ވެސް ކިޔާއިދިން… އޭނައަކަށް ނޭގެ އެއީ މަގޭ ފިރިމީހާ ކަމެއް…އޭނަ ބުނިގޮތުން އެއީ ޒާހިރު ރިސޯޓްގައި އުޅުނު އިރު ހިނގިކަމެއް” ނަޝާޔާ ހުރިހާ ވާހަކައެއް ވެސް ނިޝްވާއާއި ހިއްސާކޮށްލިއެވެ. ނިޝްވާ ވެސް އޭނަ ގެ މިޝަން ކުރިއަށް ދިޔަގޮތުގެ ޚުލާސާއެއް ކިޔައިދިނެވެ.

**********************

ހެނދުނު ހެނދުނާ ހޭލާއިގެން ނަޝާޔާ ތައްޔާރުވާން ފެށިއެވެ. ކޮލެޖް ސްޓަޑީ ބްރޭކް ކަމަށް ވާތީ ޑޮކްޓަރަށް ދައްކާލުމަށް ދާން އޭނާ ކޮންމެހެން ވެސް ބޭނުމެވެ. ސްކޭން ހައްދާ ރިޕޯޓް ޑޮކަޓަރަށް ދައްކަން އަންގާފައި ވާތީ ވެސްމެއެވެ. ޒާހހިރު ވެސް ފަތިސް ނަމާދަށް ހޭލި ދުވަހެއް ކަމުން މިސްކިތަށް ދިޔަގޮތަކަށް ގެޔަކަށް ނާދެއެވެ. ނަޝާޔާ ވާހަކަ ދައްކަނީ ކޮންމެހެން ކަމަކު ބުނަން ޖެހުމުން ނެވެ. ތައްޔާރު ވެ ނިމިގެން ޒާހިރަށް ގުޅާލިއެވެ.

“ޒާހިރު.. އަހަރެން ނުވައެއް ޖަހާއިރަށް ހޮސްޕިޓަލަށް ލައިދޭން އާދެބަލަ….ހެނދުނު ސައި ބޯން ވެސް ނާންނަނީތަ؟ “ނަޝާޔާ ގެ ވާހަކަ ދެއްކީ މަޑުމަޑުން ނެވެ.

” އާނ ދާނަން.. ތައްޔާރަށް ހުންނާތި” ޒާހިރު އިތުރު ބަހަނާއަކާއި ނުލާ އެއްބަސްވިއެވެ.

އޭގެ އިރުދަކެއް ފަހެވެ. ކޮޓަރީގެ ދޮރުފަތް އަޅައިދިން އަޑަށް ނިދާފައި އޮތް އާޒް ވެސް ދިޔައީ ސިއްސައިގެންނެވެ. ޒާހިރު އައިގޮތަށް އައިސް ހުއްޓުނީ ނަޝާޔާ ގެ ކުރިފަތީގައެވެ.

“ކީއްވެ ތަ ދޮރު ލުހެލަންތަ ތިއުޅެނީ… އާޒް ނިދާފަ އޮތް ތަން ވެސް ނުފެނުނީ ތަ؟ ދަރިފުޅު ހޭލުމުން ނަޝާޔާ ރުޅިއައިސްފައި ޒާހިރަށް ބަލާލަމުން ބުންޏެވެ.

“އާނ ދޮރު ވެސް ލުހެލާން.. ކޮޓަރި ވެސް ތަޅާނަން އަޅެ އަހަރެން މިގެޔަށް ނައިސް ދެ ދުވަސްވާއިރަށް އެއޮތީ މަރުހާބާ އަޅުވާފަ! ކިތަންމެ މަރުހަބާ އެއް ކިޔަސް އަހަރެން ވަރި ނުކުރާނަން… މިގެއިން ނުވެސް ދާނަން..” ޒާހިރު ވެސް އެނާގެ ނިންމުން ހާމަ ކުރިއެވެ.

“އަދި ކިރިޔާ ދޯ ތިފެނުނީ… މީހަކު އަޅެ ހައިރާނެއް ނުވާނެތަ… ޒާހިރަކާއި ބެހޭ އެއްޗެއް ނޫނޭ! މިގޭ މީހުން މޮޔަވީތަ ޒާހިރަށް މަރުހަބާ ކިޔާ މާފަތި ދަމަން… މާރަނގަޅު މީހެއް ވިއްޔާ! އެކަމަކު ކޮންމެހެން ވެސް އެނގެން ޖެހޭނެ ތާ އެއީ ޒާހިރަށް ދަރިއެއް ލިބިގެން ޖެހި އެއްޗެކޭ!” ނަޝާޔާ މަލާމާތް ކޮށްލިއެވެ. ކިތަންމެ ރުޅިއައިސް ފައި ހުއްޓަސް ނަޝާޔާ މިހާރު ޒާހިރު ދެކެ ބިރެއްނުގަނެއެވެ.

“އަހަރެން މިހިރީ ތައްޔާރުވެގެން.. ކުޑަމީހާ މަންމަ އަތަށް ދީފަ މިއަންނަނީ.”ނަޝާޔާ ދަމުން ބުނެލިއެވެ.

*****************************

މާލޭގެ ހަލަބޮލި މަގުތަކުން އަންމަޑޭ ހިނގަމުން ދިޔައެވެ. އައްޑުއަށް އައުމުގެ ކުރީގައި ހަދިޔާ ގަތުމުގެ ބޭނުމުގައެވެ. އެތައް ދުވަހަކަށް ފަހު ލޯބިވާ އަނބިމީހާ ގާތަށް ދާއިރު ރަނގަޅު ހަދިޔާއެއް ދިނުމަށް އޭނާ ބެނުމެވެ. ނިޝްވާއަކީ ސެންޓަށް މާވަރު ހުންނަ މީހެއް ކަމުން އަންމަޑޭ އެންމެ ފުރަތަމަ ވެސް ވަދެލީ ލެކިއުޓަށެވެ. ބައިގަޑިއެއް ހާއިރަށް ފަހު ފިހާރައިން ނިކުތީ ދެތިން ސެންޓްފުޅި ހިފައިގެންނެވެ.

“ހާދަހާ ސާމާނެއް… މުޅި ފިހާރަ ހުސްކޮށްލީ ދޯ…”ހިނިގަނޑެއް ޖަހާލަމުން އާނިމް ދިމާކޮށްލިއެވެ.

“އަހަނ.. އާނިމް ތަ… ބަލަ ކޮންއިރަކު މިކޮޅަށް އައީ…. ނުވެސް ބުނަމެއްނު… ނިޝްވާ ވެސް ނުބުނެ….” އާނިމް ކުއްލިއަކަށް ދިމާވުމުން އަންމަޑޭ ހުރީ ސުވާލު އުފެދިފައެވެ.

“ސާބަސް ޅިޔަންބޭ…. އެހާ ބޮޑުކަމެއް ނޫނެއްނު މީދެން… މިއަދު މިއައީވެސް.. ބައްޕަ ފިހާރައަށް މުދާ ގަންނަން އައިއިރު މަވެސް ދެން ޖައްސާލީ..ކޮންއިރަކު ތަ ރަށަށް ދަނީ..އަދި ދިމާވާން ވާނެއެއްނު… އަންނައްޗޭ ބޭބެ މެންގެ ގޭގަ މިތިބެނީ..” އާނިމް އޮޅުންފިލުވައިދިނެވެ. އަންމަޑޭ ވެސް އޭނަ ރަށަށް ދަނީ ކަމާއި ފުރާ ގަޑި ޖެހެނީ ކަމަށް ބުނެ ބައްޕައަށް ސަލާމް ބުނާށޭ ބުނަމުން އަވަސް އަވަހަށް ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ހަގީގީ

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

އޭޕްރީލް ފޫލް

Next

މިޙަޔާތާ ދުރުނުވޭ (ފުރަތަމަބައި)

Next
December 27, 2014

މިޙަޔާތާ ދުރުނުވޭ (ފުރަތަމަބައި)

Previews
December 23, 2014

އޭޕްރީލް ފޫލް

5 Comments!

  1. yoosuf says:
    December 27, 2014 at 8:47 pm

    REETHI

  2. aish says:
    December 28, 2014 at 1:29 pm

    vara reethi story eh.. upload next part soon

  3. mush says:
    December 28, 2014 at 6:48 pm
  4. leyfa says:
    January 6, 2015 at 9:41 pm

    THANK YOU

  5. Anonymous says:
    July 1, 2016 at 3:37 pm

    Ushaa

Comments are closed.

Next Episodeކަފުނަށް މިހިތް އަދި ނުލާކަން ޔަގީން….15←


All Right Reserved!