Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (6)

shiff Level 110 Stories
January 29, 2020 5 Mins Read
20 Comments

”އީލު އެނގޭތަ…. ލީޝް ދޮންތިއާ ވާހަކަވެސް ނުދައްކާ…. ރުޅިއައިސްފަ ހުރީ……. މީ ހަމަ އީލުއާ ހެދި ވީކަމެއް…..” އީލާފްގައި ބަށްދާލައިގެން ރޮމުން ދިޔަ އަނާ އީލާފްއާ ދުރުވިއެވެ. އަސްލު ހަޤީގަތުގައި އަނާއަށް ކުއްވެރިކުރަންވީ ކާކުކަމެއް ނޭނގެއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާވެސް އީލާފްގައި ބައްދާލިއެވެ. އަނާގެ ރުއިމުގެ އަޑު މުޅި ކޮޓަރިތެރޭ ގުގުމަމުން ދިޔައިރު އެކަކުގައިވެސް ‘ހިއްވަރުގެ ބަހެއް’ ބުނެލާނެ ވަރެއްނެތެވެ. އެންމެ ހިއްވަރު ކުރަންވީ ވަގުތު ލާމިއުވެސް ފިނޑި ވީއެވެ. އީލާފްވެސް އަޑުން އަޑުނަގައި ނުރޮއުނެއްކަމަކު އޭނާގެ ލޮލުންވެސް ކަރުނަ ނުހިލެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އަނާ އުޅޭނެ ގޮތާމެދު ވިސްނާލިޔަސް ލޮލުން ކަރުނަ ފާއްދާލައެވެ.

**************
………………….މިހާރު……………………..

ޔުއާން އެލީޝާ ސޯފާގައި ބޭންދުމަށްފަހު ކުރުގޮތަކަށް އެ ހާދިޘާ ކިޔާދިނެވެ. އެލީޝާއަށް އިނދެވުނީ ރޯންވެސް ނޭނގިފައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އެލީޝާ ކަރު ބުޑުން ހަޅޭއްލަވައިގަތެވެ. ނަމަވެސް އެލީޝާގެ އަޑެއް ނުނިކުތެވެ. އެލީޝާއަށް ބޮލުގައި ހިފަހަށްޓާލެވުނީ އެމީހުން ކަނޑުވި ދުވަހުގެ ހަނދާތައް ލޮލު ކުރިމަތިން ތަސްވީރުތަކެއްހެން ފެންނަން ފެށީމައެވެ. އެލީޝާ ސަލާމަތްކުރީ އިންޑިޔާގެ ކަންނެލި އޮޑިއަކުންނެވެ. އެމީހުން ގަވައިދާހިލާފަށް މަސްބާނަން ނިކުމެ އުޅެނިކޮށް ކަނޑުވެފައި އޮތް ކުއްޖަކު ފެނުނީއެވެ. ޕޮލިހުންނަށް ރިޕޯޓުކުރުމުގެ ބަދަލުގައި އެލީޝާ އިންޑިޔާގެ އަވަށަކަށް ދޫކޮށްލީއެވެ. އެ ހާދިޘާއަށްފަހު އެލީޝާގެ އަޑެއް ނުނިކުމެއެވެ. އެތަށް މަސައްކަތެއް ކޮށްގެން ލިބުނު ވަޒީފާގަނޑުންވެސް އޭނާ ބަނޑުބޮނޑުކަން އެގުމުން ކަނޑާލީއެވެ. އެންމެ ސަތާރަ އަހަރުގައި ބަނޑުބޮނޑުވުމުން މީހުންގެ ފަރާތުން މަލާމާތާއި އެކިކަހަލަ ފުރަށްސާރަ ކުރިއިރު، ކަންވީގޮތް ކިޔާދެން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު މާޔޫސްކަމާއެކު އިސްޖަހާލަންޖެހެނީއެވެ.

އެލީޝާއަށް އޭނާއަށް ރޮވެމުން ދާކަން އެގުނީ އޭނާގެއަތަށް ކަރުނަތިއްކެއް ވެއްޓުމުންނެވެ. ލޮލުން ކަރުނަ ފުހެމުން އެލީޝާ ގަނޑުގައި ދޮންތަކައިރިއަށް ދާން ބޭނުންވާ ވާހަކަ ލިޔުނެވެ. ޔުއާން ވާހަކަ ދަށްކަން ހުޅުވާލި އަނގަ ލައްޕާލިއެވެ. އެލީޝާއަށް ކަމެއް ސިއްރުކުރަން ނިންމީ އޭނާގެ ހަވަނަ ހިއްސު ބުނުމުންނެވެ. ޔުއާން ދެކޭގޮތުގައި ބައެއް ފަހަރު ބައެއް ކަންތައްތަކީ ސިއްރު ކުރަންޖެހޭ ކަންތައްތަކެވެ. ”ހޭ….. ހަމަޖެހިބަލަ….. އަދި ދެވޭނެއޭ ދޮންތަކައިރިއަށް އެކަމު އެލީ މިހާރު ތިގޮތަށް ހުއްޓަ ދިޔައީމަ އަނެއްކާވެސް ދޮންތައަށް ލިބޭނީ ޝޮކެއް….. ބޭބީ ވިހީމަ ޕާސްޕޯޓް ހައްދައިގެން ރާއްޖެ ދާނީ……” ޔުއާން އެލީޝާކައިރީ އިށީންނަމުން ވާހަކަދެއްކިއެވެ. ޔުއާން އިތުރަށް ވާހަކަ ދެއްކުމުގެ ބަދަލުގައި އެލީޝާކައިރީ ނިދާލުމަށް ބުނުމަށްފަހު ބޭރަށް ނިކުތެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައީ ހަލުވި ކަމާއެކީއެވެ. އެލީޝާގެ ބަނޑަށް ހަތް މަސް ފުރި އަށްވަނަ މަހަށް އެޅީއެވެ. އެލީޝާވެސް ކަންކަމާ މާވަރަށް ނުވިސްނާ ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި އުފަންކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. ޔުއާންވެސް ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ނިންމުމަށް ފަހު ގިނަ ވަގުތު އެލީޝާއާއެކު ހޭދަކުރެއެވެ. އެލީޝާއަށް މީރުވާނެހެން ހީވާއެއްޗެއް ވިއްޔާ އަބަދުވެސް ފްރިޖުގައި ހުސްނުކޮށް ހުރެއެވެ. މިހާރު އަދި އެލީޝާއަށް ވަކިން ހާއްސަ ނޯކަރެއްވެސް ހުރެއެވެ. ޔުއާންގެ ހެޔޮކަން ފެނިފައި އެލީޝާގެ ޅަހިތް ޔުއާންއަށް އެދެން ފެށީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. އަނެއް ކޮޅުން ޔުއާންއަށް އެލީޝާ ނުފެންނަންޏާ ހަމަ ނޭވާއެއް ނުލެވެއެވެ. ޑިއުޓީގައި އިންނަ އިރުވެސް އިރުއިރުކޮޅާ އެލީޝާއަށް މެސެޖެއް ކޮށްލައެވެ. ޔުއާންއާ އެލީޝާ މިހާރު ވާހަކަދައްކާ ވަސީލަތަކީ ފޯނެވެ. ޔުއާން ބައެއް ފަހަރު އެލީޝާއަށް މެސެޖުކޮށްފައި ޖަވާބެއް ނުލިބެއްޖެނަމަ ނޯކަރުންނަށް ގުޅައިގެންވިޔަސް އެލީޝާގެ ހާލުބަލައެވެ. ނަމަވެސް މިހާރަކަށް އައިސް ޔުއާން އަބަދު ހުންނަނީ ފިކުރު ބޮޑުވެފައެވެ. އެލީޝާ އެހިޔަސް ބުނަނީ ކަމެއް ނުވާ ކަމަށެވެ. އެލީޝާގެ ޅަ ސިކުނޑިއަށް ނުވިސްނުނެއް ކަމަކު ޔުއާން ކަމެއް ސިއްރު ކުރާހެން އެލީޝާއަށް ހީވެއެވެ.
”އެލީ……..ބޭބީ ވިހީމަ އަހަންނާ ކައިވެނި ކުރާނަން ދޯ؟….” ސޯފާގައި ޓީވީ ބަލަން އިން އެލީޝާގެ ބަނޑުގައި އަތްޖަށްސާލަމުން ޔުއާން އަހާލިއެވެ. އެލީޝާ ޔުއާންއަށް ބަލާލީ އަނެއްކާވެސްހޭ ބުނާފަދައަކުންނެވެ. ޔުއާން މިއަދުވެސް ތިން ފަހަރަށް އެހެން އަހައިފިއެވެ. ”ޔާން ކައިރީ ބުނެފީމެއްނުން މިދަރިފުޅު ބައްޕަ ކިޔާނީ ޔާން އަށޭ…. އެލީ ނޫޅެމޭ މިކުއްޖާ ގޮވައިގެން ފިލާކަށެއް…….” އެލީޝާ ފޯނުން މެސެޖެއް ލިޔެލިއެވެ. އަދި ޔުއާންއަށް އެ މެސެޖް ފުނުވާލަމުން ހިނިތުންވެލިއެވެ. ” މިޡާލަކަށް… އެލީ އަހަރެން ދެކެ ރުޅި އައީއޯ…. ދެން އެލީ ބޭބީ ގޮވައިގެން ދާނީތަ؟……. ގޮސްފަ އަހަންނަށް ބޭބީ ނުދައްކާނީތަ؟….” ޔުއާން އެލީޝާ ކައިރީ ސޯފާގައި އިށީނެވެ. އެލީޝާ ބޯ ހޫރާލުމަށް ފަހު މެސެޖެއް ލިޔުމަށްފަހު ޔުއާންއަށް ދަށްކާލިއެވެ. ” ކީއްވެތަ އަބަދު ތިހެން ވިސްނަނީ އެލީ ބޭބީ ގޮވައިގެން ފިލާނޭ…. އަނެއްކާ ބޮޑުކަމެއް ޔާން ސިއްރު ކުރަނީތަ؟….” އެލީޝާގެ މެސެޖް ކިޔާލުމަށްފަހު ޔުއާން އިސްޖަހާލިއެވެ. އަދި އެލީޝާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. ” އެލީ އެހެނެއް ނޫނޭ…. ބުނީމެއްނުން ޔުއާންގެ މަންމަ ހެދިގޮތް……. ކޮއްކޮ ބައްޕައަށް ދަށްކާވެސް ނުލާ…… ކޮއްކޮއަށް ކިޔާ ނަމެއް ވެސް ނޭނގެ……” ޔުއާން ވާހަކަދައްކަމުން ދިޔައިރު އެ އަޑުވަނީ ކުރެހިފައެވެ. ” ހްމް….. ޔުއާންއާ ވަކިން ހުއްޓަސް، ކައިރީ ހުއްޓަސް ބޭބިއަށް ކިޔާނީ ސަދަފް……” އެލީޝާ ހެމުން މެސެޖެއް ލިޔެލިއެވެ. ”ދެން އެލީ……. ނުދައްޗޭ……..” ޔުއާން މެސެޖް ކިޔާލަމުން ބުނެލިއެވެ. އަދި އެލީޝާގެ ބަނޑުގައި ފިރުމާލިއެވެ. ޔުއާންގެ ކޮއްކޮ ސްޓީވެންގެ އެންމެ ފަހު ހަނދާނަކީ އެއީއެވެ. ކުރީ ކުއްޖާ ގެއްލިދާނެތީ ކަންބޮޑު ވިޔަސް މިހާރު އެލީޝާ ގެއްލިދާނެތީވެސް ޔުއާން ކަންބޮޑުވެއެވެ. ކުރިން ސްޓީވެންއަށްޓަކާ އެލީޝާއާ އިންނަން ބޭނުންވިޔަސް މިހާރު ޔުއާން ބޭނުންވަނީ އެލީޝާއާއެކު ހަޔާތެއް ފަށާށެވެ. އެލީޝާއާ ވަކިން އުޅެވޭވަރަށް ވުރެ ބޮޑަށް ޔުއާން އެލީޝާދެކެ ލޯބިވެއެވެ.

 

އިންޑިޔާގެ ކްލިނިކެއް ކަމަށްވާ ‘ބްލޫ އައިސް’ އިން ނިކުތް ދެ އަންހެން ކުދިންގެ މިސްރާބު ހުރީ ކައިރީ ހުރި ރެސްޓޯރެންޓާ ދިމާލަށެވެ. ރެސްޓޯރެންޓު ތެރޭ މާ ގިނަ މީހުނެއްނެތެވެ.  ދެކުދިން އަތުގުޅާލައިގެން ތިބެ ހުސް މޭޒެއް ކައިރީ އިށީނެވެ. ” ސަމް…. އަނުމްއަށް ހީވަނީ ޒައުލް ވަރަށް ޗޭންޖު ވެއްޖެހެން…. މިއަދު ވެސް ގުޅީމަ ފޯނެއް ނުނަގާ……” އަނުމް ދުރު ބަލަހަށްޓައިގެން އިނދެ ބުނެލިއެވެ. އަނުމްގެ ދުލުން ޒައުލްގެ ނަން އިވުމާއެކު ސަމާގެ މޫނުމަތިން ހާސްކަން ފެނިގެންދިޔައެވެ. ސަމާގެ އަޑެއް ނީވުމުން އަނުމް ސަމާއަށް ގޮވާލިއެވެ. ”ޔާ….. ސަމްއަށް ވެސް ވަރަށް ހީވޭ އޭނަ ޗޭންޖުވެއްޖެހެން…. ދެން އެކަމާ މާގިނައިން ނުވިސްނާ…….” ސަމާ ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. ” ސަމް ބުނެބަ އަންނު ކިހިނެތްތަ މިކަމާ ނުވިސްނާ ހުންނާނީ……. އަންނުއަށް މިހެން ދިމާވިފަހުން ޒައުލް ކޯލެއް ކޮށްލަނީވެސް ހާލަކުން ފަހަރަކު….. އަޅެ އަންނުއެއްވެސް ބޭނުމެއް ނުވެއޭ މިގޮތަށް ވާކަށް…… އެކަމް ޑޮކް ބުންޏެއްނުން ރަގަޅުވާނޭ…….” އަނުމްގެ ލޮލުން އޭރު ކަރުނަ ފައިބަމުން ދިޔައެވެ. އަނުމް ރޯތަން ފެނުމުން ސަމާ ކުއްވެރިއެއްފަދައިން އިސްޖަހާލިއެވެ. ”އަންނު ދެން ނުރޮއެބަލަ…. ހުރިހާކަމެއްވެސް ރަނގަޅުވާނޭ…… ދެން…..” ” ސަމް ކުރިންވެސް ބުނި ތިހެން އެކަމު އެއްކަމެއްވެސް ރަގަޅެއްނުވެއެއްނުން…. ކަންތައްތައް ކުރިއްށްވުރެވެސް ގޯސްވަނީ….. ސަމް އަންނު ޒައުލްދެކެ ހާދަ ލޯބިވެޔޭ…. ކީއްވެތަ ޒައުލްއަށް އަންނުގެ ސިޓުއޭޝަން އަންޑަސްޓޭންޑް ނުވަނީ؟…..” އަނުމް ގޮތް ހުސްވެފައިވާ ހާލު ސަމާގެ ވާހަކަ މެދުކަޑާލަމުން ވާހަކަދެއްކިއެވެ. އެއަޑުގައިވެސް ވީ ހިތާމައެވެ. ހީވަނީ ހުރިހާ އުފަލަކުން މަހުރޫމްވެފައިވާހެނެވެ. އެވަގުތު ސަމާގެ ފޯނަށް މެސެޖެއްއައެވެ. ”އަންނު ހޮސްޕިޓަލްއިން މެސެޖް އައިސްފި….. އެބައަންނަން….. މިތާގަ މަޑުކުރައްޗޭ ސަމް އަންނަންދެން….” ސަމާ ފޯނުދަބަހަށްލަމުން ދަބަސް ހިފައިގެން ރެސްޓޯރެންޓުން ނިކުތެވެ..

ސަމާ ނިކުމެފައި މާގިނައިރެއް ނުވެ ފަސްވަރަކަށް ފިރިހެން ކުދިން ސަކަރާތްޖަހަމުން ރެސްޓޯރެންޓަށް ވަދުނެވެ. އެންމެ ކުރީހުރި ފިރިހެން ކުއްޖާ އެހެން ކުދިންނާ ވާހަކަ ދައްކަމުން އައިއިރު ގުދުވެގެން އޮތް އަނުމްއެއް އޭނާއަކަށް ނުފެނުނެވެ. އަނުމް އޭނާ ގެންގުޅޭ ބައްތި ފޯނު ބިންމައްޗަށް ވެއްޓުމުން އެނަގަން ގުދުވީއެވެ. އެ ފިރިހެންކުއްޖާ އަނުމްގެ ގައިޖެހިފައި ބިންމައްޗަށް ވެއްޓުނެވެ. މުޅި މާހައުލުގެ ހަމަހިމޭންކަން ނަގާލީ އެފިރިހެންކުއްޖާއާ އެއްކޮށް އައި ކުދިންތަށް ހޭން ފެށުމުންނެވެ. އަނުމް ވަގުތުން ސޮރީއޭ ބުނެލިއެވެ. ނަމަވެސް އެ ފިރިހެން ކުއްޖާގެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ. އެކުއްޖާ އެ ރުޅިވެރިކަންމަތީ ވާހަކަ ދައްކަން އުޅުނިކޮށް އެންމެން ހައިރާންކޮއްލީ އަނުމް ކޮއްލިކަމަކުންނެވެ. ސޮރީއޭ ބުނެފައި އިސް ޖަހާލި އަނުމްއަށް ނޭފަތް އެތެރެއަށް ދަމާލެވުނީ ބޭއިޙްތިޔާރުގައެވެ. ދެވަނަ ސިކުންތުތުގައި އަނުމް އެ ފިރިހެން ކުއްޖާގައި އޮޅުލައިގަނެވުނީ ކަމެއް ޔަގީންކުރެވުމުންނެވެ. އެ އަންހެންކުއްޖާ އޭނާގެގައި އޮޅުލައި ގަތުމުން  އެ ފިރިހެންކުއްޖާއަށް ދަތްކުޑިވިކާލެވުނެވެ. ހިތާ ހިތާ ކުދި ކިޔާލެވުނީ އައިސްފައި ހުރި ރުޅިންނެވެ. ”މީ އަދި ކޮން އަންހެނެތްތަ…… މީނަޔާ ހެދި ބޮޑު ލަދެއްގަ ބެދެން މި ޖެހުނީ…….” އެ ފިރިހެންކުއްޖާހުރީ އޭނަގެ އަތް އަނުމްގެ ގަޔާ ދުރު ކޮށްލައިގެނެވެ.

އަނުމް ރޮނީކަން އެކުއްޖާއަށް ރޭކާލީ އޭނަލައިގެން ހުރި ގަމީސް ތެމެން ފެށީމައެވެ. އަނުމް ގަޔާ ދުރުކޮށްލަން އުޅުމުން އަނުމް ރޮވިފައިވާއަޑަކުން ވާހަކަދެއްކިއެވެ. ”ޒައުލް….. އައި ރިއަލީ ލަވް ޔޫ އޭ….. ޕްލީސް އަންޑަސްޓޭންޑް މައި ސިޓުއޭޝަން…..” އަނުމް ދިވެހިން ވާހަކަ ދެއްކުމުން އެކުއްޖާ ހައިރާންވިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް އަނުމް ގަޔާ ދުރުކޮށްލަމުން ވާހަކަ ދެއްކިއެވެ. ” ހޭ ގާރލް…. ތިއުޅެނީ އޮޅިގެން…. އަހަންނަށް ކިޔަނީ ޒައުލް އެއް ނޫނޭ…… ” އެ ފިރިހެންކުއްޖާ އެހެން ބުނުމުން އަނުމްއަށް އިސްޖަހާލެވުނެވެ. ”ރައިއްޓެ…. ލެޓްސް ގޯ…. ޝީ އިސް ޕްލެއިން އަ ކަސޯޓީ ސީން…. އިޒް ޝީ ބްލައިޑް؟ އައި ތިންކް އަ ސައިކޯ….. ރައިއްޓެ ލެޓްސް ގޯ……” އެ ފިރިހެން ކުއްޖާކައިރި ހުރި ކުއްޖަކު ވާހަކަ ދެއްކިއެވެ. އިސްޖަހައިގެން ހުރި އަނުމްގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އޭނައަށް އުޅެވުނު ގޮތަށް ވުރެ ބޮޑަށް ދެރަވީ މުޖުތައުން އަނުމް ކަހަލަ ކުދިން ބަލައިނުގަންނާތީއެވެ. އެކުދިންތަށް އަނުމްއަށް ފަސްދީ ދިޔައީ އެއްޗެހި ކިޔަމުންނެވެ. ރައިއްޓެއޭ ކިޔާ ކުއްޖާވެސް ދިޔައީ އޭނަގެ މާދަރީ ބަހުން އެއްޗެކޭ ބުނެލާފައެވެ. ” ޑޫޑް…. ޔޫ އާ ނޮޓް ރޯންގް….. މޯލްޑިވިއަންސް ލައިކް ކަސޯޓީ ސޯ މަޗް…… މަންޖެ ތެދެއް އަނދިރީތަ ކާކުކަން ވަކިކުރަން ނޭނގޭ ވަރަށް…… އެކަމު ތިވަރު ތަންފުކެތް ބޮޑުވަރު…..” އެކުދިން ދިއުމުން އަނުމް އަނެއްކާވެސް ތިރިވީ އޭނަގެ ފޯނު ފެނޭތޯއެވެ. އެއިރުވެސް އަނުމްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

ރައްޓެހީންނާއެކު ހިގައިގަތުމަށް ފަހު ރައިސާން ފަހަތް ބަލާލީ އެ މަންޒަރު ފެނިދާނެ ކަމަކަށް ނޫނެނެވެ. ހަމަ އަސްލުވެސް އެކުއްޖާ އަކަށް ނުފެނެއެވެ. ރައިސާން އަނުމްގެ ފަހަތުގައި އޮތް ފޯނު އަނުމްއަށް ދިށްކޮށްލީ ކުރިން ކުރެވުނު ކަންތަކާމެދު ދެރަވެފައެވެ. ނަމަވެސް އެ ފޯނުގައި ހިފީ އަނުމް އެއްނޫނެވެ. ސަމާ ރައިސާން އަތު އޮތް ފޯނުގައި ހިފުމަށްފަހު ހިނިތުން ވުމެއް ދިނެވެ. ”އަންނު ހިނގާ ދާން” ކައިރިން ސަމާގެ އަޑު އިވުމުން އަނުމްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ސަމާ އަނުމްގެ ފޯނު އޭނާގެ އަތުތެރެއަށް ލުމަށް ފަހު އަނުމްގެ އަތުގައި ހިފައިގެން ރެސްޓޯރެންޓުން ނިކުތެވެ.

އަނުމްމެން ރެސްޓޯރެންޓްއިން ނިކުމެގެން ދިޔައިރުވެސް ރައިސާންއަށް ހުއްޓުންއަރާފައި ހުރެވުނީއެވެ. ” ހޭ މޭން….. އާ ޔޫ އިން ލަވް؟…..” ރައިސާންގެ ކޮނޑަށް އަތްވަށްޓާލަމުން އޭނާގެ ރަހުމަތްތެރިޔާ ޑިރެކް ބުނެލިއެވެ. ”ހްމް….. ލަވް އެޓް ފަސްޓް ހޭޓް” ހުވަފެނީ ގޮތަކަށް ރައިސާން ބުނެލިއެވެ. އަދި ދެވަނަ ސިކުންތުގައި ހޭންފެށިއެވެ. ރައިސާންއަށް ނޭންގި ނަމަވެސް އޭނާގެ ހިތުން އަނުމްއަށް ޖާގައެއް ދެވިއްޖެއެވެ. އުމުރުން މި ވީހާތަނަށް އަންހެން ކުއްޖަކަށް އެހިތުން ޖާގައެއް ނުދެވުން ނަމަވެސް މިއަދު ރައިސާންގެ ހިތަށް އެގުންވެއްޖެކަން ޔަގީނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

ފުން އިހުސާސެކޭ 32

Next

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން..-1

Next
January 29, 2020

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން..-1

Previews
January 28, 2020

ފުން އިހުސާސެކޭ 32

20 Comments!

  1. Ibsha says:
    January 29, 2020 at 9:15 pm

    Varah reethi

    1. shiff says:
      January 30, 2020 at 8:47 am

      Thankyou ibsha❤❤❤

  2. Meekkomee says:
    January 30, 2020 at 12:13 am

    Sis mi part ves varah Varah Reethi ???? whn is nxt ???……. Waiting 4 the next??……………ly???❤️❤️❤️❤️

    1. shiff says:
      January 30, 2020 at 8:49 am

      Thankyou meekko…. vv avahah up kohdheynan….❤❤❤…ly2??

  3. shaai says:
    January 30, 2020 at 2:37 am

    wow…
    thank you darling up kohdhiniythi ?????????????????

    1. shiff says:
      January 30, 2020 at 8:49 am

      Thankyou shaai…..❤❤❤….

  4. Lamko says:
    January 30, 2020 at 7:15 am

    OOHH SHIFOO MI PART HAMA HABEYS…. WAITING FOR NEXT ❤️❤️❤️❤️

    1. shiff says:
      January 30, 2020 at 8:54 am

      Thankyou lamko ❤❤❤

  5. mujey? says:
    January 30, 2020 at 8:48 am

    Mi part ves v v v v v v naaaaice shiff
    Hope to read the next part soon???❤??

  6. Umny ??? says:
    January 30, 2020 at 12:49 pm

    Nice and vaahaka submit kureveyne date eh share kohdheeba please

    1. shiff says:
      January 30, 2020 at 5:45 pm

      Thankyou umny…❤❤❤… fridayga submit kohlaanan

  7. Yanaa says:
    January 30, 2020 at 4:46 pm

    Varah reethi…maa sha Allah..waiting for the next part❤❤?❤??❤

    1. shiff says:
      January 30, 2020 at 5:45 pm

      Thankyou yanaa❤❤❤

  8. Ñutss says:
    January 30, 2020 at 5:14 pm

    Vrh reethi?☺️but im confused yuaan aa eelaaf aa miee dhemiihun tha?

    1. shiff says:
      January 30, 2020 at 5:47 pm

      Thankyou❤❤❤… yes yuaan aaeelaaf eii dhemeehun….

  9. Yan♥️ says:
    January 30, 2020 at 8:29 pm

    Varah reethi Masha Allah ? waiting for the next part ?

    1. shiff says:
      January 30, 2020 at 10:02 pm

      Thankyou yan ❤❤❤

  10. nash says:
    January 31, 2020 at 2:46 pm

    kon irakun up vany

    1. shiff says:
      January 31, 2020 at 5:29 pm

      Saturday ga….

  11. nnn says:
    February 1, 2020 at 7:59 pm

    when next

Comments are closed.

Next Episodeނޭދެން ވަކިވާކަށް (7)←


All Right Reserved!