Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…08

eysh Level 510 Stories100 Comments100 Login500 Comments
January 24, 2020 6 Mins Read
37 Comments

ޒެވިން އަހަރެންގެ ކޮނޑުގައި ހިފައި ގާތަށް ދަމާލިއެވެ. އަހަރެން ދުރަށް ޖެހިލީމެވެ. ޒެވިން އަނެއްކާވެސް އަހަރެންގެ ކޮނޑުގައި ހިފައި ގާތަށް ދަމާލިއެވެ. މިފަހަރު ހިފަހައްޓައިގެން ހުރީ ކުރިޔަށްވުރެ ބާރަށެވެ. އަހަންނަށް ގުޑި ނުލެވޭނޭ ވަރަށެވެ.

ލިފްޓުގެ ތެރެއިން ނުކުމެވުމާއިއެކުވެސް ޒެވިން އަހަރެންގެ ގައިން ދޫކޮށްލާކަށް ނޫޅުނެވެ. އެންމެންގެ ނަޒަރު އަހަރެމެންނަށް ހުއްޓިފައިވީއިރުވެސް، ޒެވިންގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. އެގާތްކަމުން އަހަރެންގެ ހިތް ތޮރުފަމުން ދަނީއެވެ. ދުރަށްޖެހިލަންވެސް ހަނދާންނެތިފައި ބަލަން ހުރެވުނީ އެ މޫނަށެވެ. އޭރު ރަވާންގެ ހަނދާންތަކުން ދެލޯ ކަރުނުން ފުރިއްޖެއެވެ.

********

“އެންމެން އެ ބަލަނީއޭ… ދޫކޮށްލަބަލަ… ޕްލީޒް…” އަހަރެން ހާސްވެފައި ބުނީމެވެ.

“މަޑުން ހުރޭ…” ޒެވިންގެ އަޑުގައިވީ ހަރުކަށިކަމެވެ.

“ތިހެން އުޅެންޏާ ދެން އެމީހުންނަށް ފެންނަ މަންޒަރު އެހާ ރީއްޗެއް ނުވާނެ… އެނގޭނު އަހަރެންގެ ގައިގައި ބާރު ހުރިވަރު… މިކަހަލަ ލުއި ފަތެއް އުފުއްލައިލުން އެއީ އަހަންނަށް އެއްވެސް ކަމެއް ނޫން…” ޒެވިންގެ ފަހުގެ އިންޒާރާއިއެކު އަހަރެން ހިމޭންވީއެވެ.

ހޮސްޕިޓަލަށް ގޮސްފައިވެސް ޒެވިން އުޅުނު ގޮތުން ހީވަނީ އަހަރެންގެ ވަރަށް ގާތް މީހެއް ހެންނެވެ. އަހަރެން ގޮނޑީގައި ބައިންދާފައި އަމުރުކުރީ އެތަނުން ތެދުވެގެން ނުވާނޭ ކަމަށެވެ. ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަށް ޒެވިން އުޅުނު އިރުވެސް އަހަރެންގެ ނަޒަރު އެ ހަށިގަނޑާއި ވަކި ނުވެއެވެ. މިއަދު ރަވާން ދުނިޔޭގައި ހުރިނަމަވެސް އުޅޭނީ އެފަދަ ގޮތަކަށެވެ.

“ފިރިމީހާތަ؟…” އަންހެން ކުއްޖެއްގެ އަޑު އިވުމުން އަހަރެން ބަލައިލީމެވެ.

އަހަންނާއި ޖެހިގެން އިނީ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާގެ އެއް ފައިގައި، ކަކުލުން ފެށިގެން ފައިތިލަ އާއި ހަމައަށް ބޭސްގަނޑެއް އަޅާފައި އޮތެވެ. އަހަރެން ބަލައިލުމުން، އެ ކުއްޖާ ހިނިތުންވެލީ ހިތްހެޔޮ ގޮތަކަށެވެ.

“ސިޑިން ވެއްޓުނީ… މިހާރު ހަފްތާއެއް ވަނީ މިހާލުގަ އުޅޭތާ…” އަހަރެންގެ ނަޒަރު އެކުއްޖާގެ ފަޔަށް ހުއްޓުނު ތަން ފެނިފައި އެކުއްޖާ ބުންޏެވެ.

“އަހަރެން ހިތަށް އަރާ އަހަރެންގެ ފިރިމީހާވެސް އެހާ ހެލްޕްވާނެ ނަމައޭ… މިހާލުގައިވެސް ވަޒީފާއަށް ދަމުން މިހިސާބަށް މިއަންނަނީ އެކަނި… ކީއްކުރާނީ ދޯ… ފަރުވާކުރަން ބޭނުމިއްޔާ ޖެހޭނީ ކޮރަމުންވެސް މިހިސާބަށް އަންނަންތާ…” އެކުއްޖާ ވާހަކަ ދެއްކިއިރު ނަޒަރު އަމާޒުވެފައި ހުރީ ޒެވިންއަށެވެ.

“އެއީ އެއީ އަހަރެންގެ ފިރިމީހާއެއް ނޫން…” އަހަންނަށް އަވަސްއަވަހަށް ބުނެވުނެވެ.

“އޯޚް… ބޯއީ ފްރެންޑްތަ؟…” އަނެއްކާވެސް އެކުއްޖާ ސުވާލުކުރިއެވެ. މިފަހަރު އެ ދެލޮލުގައިވީ ތަފާތު ވިދުމެކެވެ. ވާހަކަ ދެއްކިއިރު، ކުރިން އެ އަޑުގައި ހުރި މޮޅިވެރިގޮތެއް ނެތެވެ.

އަހަރެން ދެފަރާތަށް ބޯ ހޫރާލުމުން އެ ކުއްޖާ ދޫކޮށްލީ ފުން ނޭވާއެކެވެ. އެ ނަޒަރު ޒެވިންއަށް ހުއްޓައިލިގޮތުން އަހަރެންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ކައުންޓަރުގެ ކައިރިން ދުރަށްޖެހިލި ޒެވިން އަހަންނާއި ދިމާއަށް ބަލައިލިއެވެ. އަދި އަތުގެ އިޝާރާތުން ހުރިހާ ކަމެއް ރަނގަޅުތޯ ސުވާލު ކުރިއެވެ. އަހަރެން ބޯ ޖަހާލީމެވެ. އެއާއިއެކު ކައުންޓަރުން ދިއްކޮއްލި ކަރުދާސްކޮޅު ހިފައިގެން އަހަންނާއި ދިމާއަށް ހިނގައިގަނެފިއެވެ. ޒެވިން ހިނގާފައި އައިގޮތުން އަހަރެންގެ ހިތަށް ސިފަވީ ރަވާންއެވެ. ރަސްމީ ހެދުމުގައި ވަކީން ރަވާން އާއި ވައްތަރެވެ.

“އަދި ދެތިން ނަންބަރު ފަހުން ދެއްކޭނީ…” ކަރުދާސްކޮޅު ދައްކައިލަމުން ޒެވިން ބުންޏެވެ.

“އެކްސްކިއުޒް މީ… ޑޮކްޓަރ ރޫމް އާއި ހަމައަށް ގެންގޮސް ދެވިދާނެތަ؟… ރަނގަޅަށް ނުހިނގޭތީ…”

ކައިރީގައި އިން އަންހެން ކުއްޖާގެ އަޑު އިވުމުން އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. އަވަސްއަވަހަށް އެކުއްޖާއަށް ބަލައިލިއިރު، އެ ނަޒަރު އަމާޒުވެފައިވަނީ ޒެވިން އަށެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. ޒެވިންއަށް ބަލައިލިއިރު، އެ މޫނުމަތީގެ ޢަޞަރުތައް ހުރިގޮތުން އެ ކުއްޖާއަށް އެހީވާން ބޭނުންވެފައި ހުރިކަން އެނގުނެވެ.

“ހިނގާ އަހަރެން ގެންގޮސްދީފާނަން…” އަހަންނަށް އެހެން ބުނެވުނީ ކީއްވެ ކަމެއް ނޭނގުނެވެ.

ޒެވިން އާއި އަންހެން ކުއްޖާ އެއްފަހަރައި ކަހަލަ ގޮތަކަށް އަހަންނާއި ދިމާއަށް ބަލައިލައިފިއެވެ. އަހަރެން ރީއްޗަށް ރަކިވިއެވެ. އަހަރެންގެ އެ އަމަލުން ޒެވިން ހިތަށް އަރާނީވެސް ކީކޭ ހެއްޔެވެ؟

“އުހުނ… ބަލިމީހުން ތިބެންވާނީ ރީތިކޮށް… އަހަރެން ހިނގައިދާނަން…” ކުޑައިރުކޮޅަކު އަހަންނަށް ބަލަހައްޓައިގެން ހުރެފައި، ޒެވިން ބުންޏެވެ.

ޒެވިން އައިސް، އަންހެން ކުއްޖާ އަތުލަފިކޮށްގެން، ގޮނޑިން ނެގިއެވެ. އުނަގަނޑުގައި އަތް އަޅުވާލައިގެން ގެންދިޔަ މަންޒަރު ފެނުމުން އަހަންނަށް ދެއަތް މުށްކަވައިލެވުނެވެ. ނޭވާ އަވަސްވެގެން ދިޔައީ އަންހެން ކުއްޖާ ޒެވިންގެ ކޮނޑުގައި އަތް އަޅުވައި، އިތުރަށް ގާތްވެލި ތަން ފެނުމުންނެވެ. ހިތާއިހިތުން އަންހެން ކުއްޖާއަށް އެތިވަރު ގޮވުނެވެ. ނުވެސް ދަންނަ އަންހެން ކުއްޖަކާއި ޒެވިން އެހާ ގައިގޯޅިވުމުން ހިތްހަމަނުޖެހެވުނު ވަރުން އެތަނުގައި މަޑުކުރާކަށްވެސް ބޭނުމެއް ނުވިއެވެ. ހިތުގައި އުފެދުނު ޙަޞަދަވެރިކަމުގައި، އަހަރެން އިނީ ދެ ތުންފަތް ފިއްތާލައިގެންނެވެ. ވަކީން ރުޅިގަދަވީ، އެ ކުއްޖާ އާއިއެކު ޑޮކްޓަރ ކޮޓަރިއަށް ވަންގޮތަށް ޒެވިންގެ ޚަބަރެއް ނުވެ ގިނައިރުވާން ފެށުމުންނެވެ. އަހަރެން ތެދުވެގެން ދެކޮޅަށް ހިނގަން ފެށީމެވެ. ނުބަލަން އުޅުނަސް އިރުއިރުކޮޅައި އެ ކޮޓަރި އާއި ދިމާއަށް ބެލެމުން ދިޔައެވެ. ކުޑައިރުކޮޅެއް ފަހުން ޒެވިން އެ ކުއްޖާ އަތުލަފިކޮށްގެން ނުކުތް ތަން ފެނުނެވެ. އަހަރެން ވަގުތުން ގޮނޑީގައި އިށީނީމެވެ.

ޒެވިން އައިސް އަންހެން ކުއްޖާ އަހަރެންގެ ކައިރީގައި ބޭންދިއެވެ. އެއަށްފަހު، ބޭސް ނަގައިގެން އަންނާނެ ކަމަށް ބުނެފައި ނުކުމެގެން ދިޔައީއެވެ.

“ހީ އިޒް ސޯ ސްވީޓް… އޭނަގެ ނަންބަރު އެނގޭތަ؟…” އަންހެން ކުއްޖާ އަހަރެންގެ އަތުގައި ހިފާލިއެވެ. އެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނި، އަހަރެންގެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑަށް ދަރުއެޅި ކަހަލައެވެ.

“އަމިއްލަ ފިރިމީހާގެ ކައިރީ ބުނަންވީނު… ކީއްކުރަންތަ ކޮންމެހެން ހިލޭ ފިރެހެނުންގެ ނަންބަރު ހޯދަނީ…” އަހަންނަށް ވާހަކަ ދެއްކުނީ އަމިއްލަ ހިތާއެވެ.

“ނޭނގޭ ދޯ… އޯކޭވާނެ… އަހަރެން އަހާލަފާނަން…” އަނެއްކާވެސް އެކުއްޖާ ބުންޏެވެ. އަހަރެން ހަމަ އަނގައިންވެސް ނުބުނެ އިނީއެވެ.

ޒެވިން އައީ އެކުއްޖާ ކާރާއި ހަމައަށް ގެންގޮސްދީފައެވެ. ހުރިހާ ރުޅިއެއް ބޭލުނީ އަތުގައި އޮތް މެމޯ ކޮޅަށެވެ. އަހަރެންގެ ދެއަތުގެ ތެރޭގައި އެ ކަރުދާސްކޮޅު އޮތީ ބޮނޑިވެފައެވެ.

“ކޮބާ މެމޯކޮޅު؟…” އަހަންނަށް ހަމަހޭވެރިކަންވީ ޒެވިންގެ އަޑު އިވުމުންނެވެ.

“ކިހިނެތް ހަދާފަ މިއޮތީ މިއަށް… ކުޑަ ކުއްޖަކަށްވުރެ…” ޒެވިން އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ. ހީވީ ޙާލަތުގެ ގޮތުން އަހަންނާއި ޒުވާބު ކުރަން ޖެހިދާނެތީ ބިރުން ހުރި ހެންނެވެ.

“ހިނގާ… އެޖެހުނީ ނަންބަރު…” އަހަރެންގެ އަތުގައި ހިފައި ހިއްލައިލަމުން ޒެވިން އެދުނެވެ.

“އަހަރެން އެކަނި ހިނގައިދާނަން…” އަހަންނަށް ވާހަކަ ދެއްކުނީ ހިތްހަމަނުޖެހިފައެވެ.

ޒެވިން އަހަރެންގެ އަތުން ދޫކޮށްލިއެވެ. އެކަމަކު އަހަންނާއިއެކު ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. ވީގޮތް ކިޔައިދިނުމުން ޑޮކްޓަރު އެދުނީ ބައެއް ޓެސްޓްތައް ހެއްދުމަށެވެ.

“ބީޕީ ތަންކޮޅެއް މަތީގަ އުޅެނީ… ވެދާނެ މާ ބާރަށް ހިނގާފަ އައީމަ ކަމަށްވެސް… ކެއުމަށް ކުޑަކޮށް ބަލާލައިގެން އުޅޭތި… މާ ބުރަކޮށް ނޫޅެ ގިނައިން ރެސްޓް ކޮށްލަނިކޮށް ރަނގަޅުވެދާނެ…”

ޑޮކްޓަރު ދެއްކި ވާހަކަ އިވުމުން އަހަރެންގެ ރުޅި އަދި ވަކީން ގަދަވިއެވެ. ހުރިހާ ކަމެއްވެސް ވީ ޒެވިންގެ ސަބަބުން ކަމުގައި ވީތީއެވެ.

ޓެސްޓްތައް ހައްދާފައި އަހަރެން ހޮސްޕިޓަލުން ނުކުންނަންދެންވެސް ޒެވިން އެއްވެސް ވާހަކަ އެއް ނުދައްކައެވެ. އަހަރެންގެ ރުޅިގަނޑު ފަޅައިގެން ނުގޮސް ހިފަހައްޓައިލެވުނީ އެހެންވެއެވެ.

“ތިހާ ރުޅި އަންނާތީއޭ ބީޕީ މައްޗަށް ދަނީ…” ޒެވިން ވާހަކަ ދެއްކީ ކާރަށް އަރާފައެވެ.

“ކޮންކަމަކާތަ އެހާ ރުޅި އައީ… އެކޮޅުން އައި އިރުވެސް ހުރީ މަޑު ފުއްކޮޅެއްހެން…” ލުއި ހިނިގަނޑެއް ޖަހާލަމުން، ޒެވިން ބުންޏެވެ.

ޒެވިންގެ ސުވާލުން އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. އަހަންނަށް ވިސްނައިލެވުނީ އަހަރެން އެހާ ހިތްހަމަނުޖެހެން ޖެހުނު ސަބަބަކާއި މެދުގައެވެ. ޒެވިންއަކީ އަހަރެންގެ ކާކު ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކޮންމެ މީހަކާއި އެކީގައި އުޅުނަސް އަހަންނަށް ކޮން ކަމެއް ހެއްޔެވެ؟ ވިސްނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތް ނުތަނަވަސް ކުރުވީ އެހެންވެއެވެ. ޒެވިން އާއިމެދު އަހަރެންގެ ހިތުގައި އިޚްސާސްތަކެއް އުފެދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ރަވާން ފިޔަވައި އިތުރު މީހަކު އަހަރެންގެ ޙަޔާތަށް ގެނައުން އެއީ ދުވަހެއްގައިވެސް އަހަރެން ބޭނުންވާނެ ކަމެއް ނޫނެވެ. މުޅި އުމުރު ހުސްކޮށްލަންވެސް ބޭނުންވަނީ ރަވާންގެ ހަނދާނުގައެވެ.

އޮފީހާއި ހަމައަށް ދެވެންދެންވެސް ދެމީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ.

“މިއަދު އޯކޭ ދެން އޮފީހަށް ނަޔަސް… ކޮޓަރިއަށް ގޮސް، ރެސްޓްކޮށްލާ… ފައިލުތަކުގައި ހުރި މަސައްކަތްތައް އަހަރެން ނިންމާލަފާނަން…” ލިފްޓްގެ ތެރެއަށް ވަދެފައި ޒެވިން ބުންޏެވެ.

އަހަރެން ވަކި އެއްޗެއް ނުބުނެ އިސްޖަހާލައިގެން ހުރީއެވެ. ލިފްޓްގެ ދޮރު ހުޅުވުމުން އަވަސްއަވަހަށް ނިކުތީމެވެ. ޒެވިން ދެއްކި ވާހަކަތައް ހަނދާންވީ އެވަގުތުއެވެ. އަހަންނަށް އަމުރުކުރަން ޒެވިން އެއީ ކާކު ހެއްޔެވެ؟ ވަގުތުން ދަތްތަކަށް ބާރުކޮށްލެވުނެވެ. ބާރުބާރަށް ލިފްޓާއި ހަމައަށް ދިޔައީމެވެ. އޭރު ލިފްޓް ތިރިއަށް ދަނީއެވެ.

ލިފްޓްގެ ކައިރީގައި ހުރެގެން، ހިތަށް އައިހާ އެއްޗެއް ޒެވިން އާއި ދިމާއަށް ގޮވީމެވެ. ދެފައިގައި ހުރި ބާރެއްލާފައި ލިފްޓްގެ ދޮރުގައި ތެޅީމެވެ. ހިތް ފުރުމުން އަހަރެން އައިސް ވަނީ ކޮޓަރިއަށެވެ. އަހަންނަށް ނޭނގުނުކަމީ ސީސީޓީވީ ކެމެރާތަކުން ރެކޯޑުވަމުންދިޔަ މަންޒަރުތައް ޒެވިން އޭނާގެ ފޯނުން ބެލިކަމެވެ. އެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނުނުނަމަ، އަހަރެން ލަދުން މޮޔަވީހެވެ.

********

އެނދުގައި ޖައްސައިލިގޮތަށް އަހަންނަށް އޮތީ ނިދިފައެވެ. ހޭލެވުނީ ފޯނު ރިންގްވާ އަޑު އިވުމުންނެވެ. ދެލޯ ހުޅުވައިވެސްނުލައި އޮވެފައި، ފޯނު ނަގައި ކަންފަތުގައި ޖައްސައިލީމެވެ. އިވުނު އަޑަކުން އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ނިދިވެސް ވަގުތުން ފިލައިގެން ދިޔަ ކަހަލައެވެ.

“އެޑްރެސް ފޮނުވައިފިން… ބަރާބަރު އަށެއް ޖަހާއިރު ފައިސާ ހިފައިގެން އެތާ ހުންނާތި…” އަހަންނަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ އެމީހާ ފޯނު ކަނޑާލިއެވެ.

އަހަންނަށް ބަލައިލެވުނީ ގަޑިއެވެ. ގަޑިން ހަތެއް ޖެހީއެވެ. އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވޮލެޓު ބަލައިލެވުނެވެ. އޭގައި އޮތީ ދެހާސް ރުފިޔާއެވެ. ކޭޝް ކާޑުގެ މުއްދަތު ހަމަވެފައި އޮތްކަން ހަނދާންވީ ދެނެވެ. ފައިސާ ނެގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އަހަރެން ކުޑަގޮތަކަށް ތައްޔާރުވެލައިގެން ނުކުތީމެވެ. ޝާޔަންއަށް އެތައް ފަހަރަކު ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. ވިސްނާވިސްނައި ހެދޭނެ ހަމަ އެއްވެސް ގޮތެއް ސިކުނޑިއަކަށް ނައެވެ. އެންމެ ފަހުން އަހަންނަށް މަޖުބޫރުވީ ޒެވިންގެ އެހީތެރިކަމަކަށް އެދޭށެވެ.

ނުވަވަނަ ފަންގިފިލާ އާއި ހަމައަށް ލިފްޓް ހުއްޓުމުން އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ދޮރު ހުޅުވުމާއިއެކީ އެތެރެއަށް ދެމިގެންފީމެވެ. ޒެވިން އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. ހަމައެކަނި ކުރު ސޯޓުކޮޅެއްގައި އޮތްއިރު އެ ކަސްރަތީ ހަށިގަނޑު ރީތިކޮށް ފެންނަމުން ދިޔައެވެ.

އަހަރެން ފެނުމާއިއެކު ޒެވިން ފުންމައިގެން ތެދުވިއެވެ. އަހަންނަށް އެނބުރެވުނީ އަނެއް ފަރާތަށެވެ.

“މީހުންގެ ތަންތަނަށް ވަންނައިރު، އަހާލުމެއްވެސް ނޯވޭތަ؟… އަމިއްލަ ތަނަކަސް އެއްވެސް މިނިވަންކަމެއް ނޯވެއޭ…” ޒެވިން ހިތްހަމަނުޖެހިފައި ބުންޏެވެ.

“އަހަރެން މަތިން މިސްވީދޯ؟… އެންމެ ފަހަރަކު ހެލްޕެއްވާއިރަށް ފަހަތުން ނުނައްޓާނެ މިއުޅޭ އަންހެނުން… ޓިޕިކަލް މޯލްޑިވިއަންސް…” ޒެވިން ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.

“ޕްލީޒް ހެލްޕް މީ… ޕްލީޒް…”

އަހަރެން އަނެއް ފަރާތަށް އެނބުރިފައި ޒެވިންގެ ފައިދަށަށް ތިރިވީމެވެ. އޭރު ރޮވޭވަރުން އަހަންނަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. އަހަރެން ފައިސާ ދޭން އެދުމުން ޒެވިންގެ ސުވާލުތައް ފެންމަތިވާން ފެށިއެވެ. ސަލާމަތް ނުވާނޭކަން އެނގުމުން އަހަރެން ނިންމީ ވީގޮތް ކިޔައިދޭށެވެ.

“މީހަކު ބްލެކްމޭލް ކުރަނީ… މިރޭ އަށެއްޖަހާއިރަށް ފައިސާ ނުދީފިއްޔާ…” އަހަރެން އެހިސާބަށް ބުނިތަނައި ޒެވިން އަހަރެންގެ ވާހަކަ ހުއްޓުވައިފިއެވެ.

“ކޮބާ ރީޒަންއަކީ؟… ޔަގީނޭ ކޮންމެވެސް މީހަކާ ޒުވާބުގަނޑެއް ހިންގާލީކަން… ނޫނީ ފޮޓޯތަކެއް ލީކްވީތަ؟…” ޒެވިން އަހަންނާއި ގާތަށް ޖެހިލިއެވެ.

“މިގަޑީ އެއްވެސް ވާހަކައެއް ނާހަބަލަ… ޕްލީޒް… އަހަންނަށް އެހީވާނަންތަ؟ ނޫނީ ނުވާނަންތަ؟…” އަހަރެންގެ އަޑު ނުކުތީ މަޑު ގިސްލުމުގެ އަޑާއި އެކުވެގެންނެވެ. އަހަރެން ހުރީ އެހީއަކަށް އެދިގެން ޒެވިންގެ ކައިރިއަށް އާދެވުނު މޮޔަ ހީވެފައެވެ.

“އޯކޭ… މިވާހަކަ އަދި ފަހުން ދައްކާނަން… އަށެއް ޖަހަން ބަރާބަރު ފަނަރަ މިނެޓް… އެ ހިސާބަށް ދާން ކާރެއްވެސް ދެން ނުލިބޭނެ… ހޫމްމް… އެހެންވީމަ އެކަމަށްވެސް އަހަރެންގެ އެހީތެރިކަން ބޭނުންވާނެތާ ދޯ… ހިނގާ… މިއަންނަނީ ތައްޔާރުވެލައިގެން…”

އަހަރެން ވާހަކަ ދައްކަދައްކަ ހުއްޓައި ޒެވިން އޭނާގެ ކޮޓަރިއަށް ވަދެފައި ނުކުމެއްޖެވެ. އައިގޮތަށް އައިސް އަހަރެންގެ ފޯނު އަތުލައިގެން އެއިން ކޮންމެވެސް އެއްޗެއް ބަލަމުން ދިޔައެވެ.

“ނަސީބަކުން ދާންޖެހެނީ އެހާ ދުރަކަށް ނޫން… އަހަންނަށް އެކަމަކު މިގަޑީ ދެވޭނީ ސައިކުގަ… އެގޮތާ އެއްބަސްވަންޏާ އާދޭ…” އަހަރެންގެ އަތަށް ފޯނު ލައިދީފައި ޒެވިން ބުންޏެވެ.

އެހުރިހާއިރު އަހަންނަށް ހުރެވުނީ ކަޅި ޖަހާވެސްނުލައި ޒެވިން ލައިގެން ހުރި ޓީޝާޓާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ޒެވިންގެ އަތުގެ މުލައްދަނޑީގައި ހިފައި، އަނެއް ފަރާތަށް އަނބުރުވައިލީމެވެ. އަހަރެންގެ ދެލޯ ފެންކަޅިވާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އެއީ ރަވާންގެ އުފަންދުވަހު އަހަރެން ރަވާންއަށް ދިން ޓީޝާޓެކެވެ. އޭގެ ފަހަތުގައި އަހަރެންގެ ނަމުގެ ފެށޭ އަކުރުގެ އިތުރުން ރަވާންގެ ނަމުގެ ފެށޭ އަކުރު ޖެހީ އަހަރެންގެ އަމިއްލަ އަތުންނެވެ. އެއްވެސް ތަފާތެއްނެތި، އެ ދެ އަކުރު އޭގައި ޖަހާފައި އޮތެވެ. އަހަންނަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

“އެލް އާރް…” ހިތާއިހިތައި އެ އަކުރުތައް ކިޔާލުމާއިއެކު އަހަންނަށް ދެލޯ މަރާލެވުނެވެ.

“ވަޓް؟…” ޒެވިން އަހަންނާއި ދުރަށް ޖެހިލިއެވެ.

“ދެން ނުބުނާތި މީ ތިމަންނަ އެއްޗެކޭ… ބުންޏަސް ނުދެވޭނެ އިނގޭ… ދިސް އިޒް މައި ފޭވަރިޓް…” ޒެވިން އޭނާ ލައިގެން ހުރި ޓީޝާޓު ރީތިކޮށްލަމުން ބުންޏެވެ.

އަހަރެންގެ ހައިރާންކަން އިތުރުވީ ޒެވިންގެ ފަހު ޖުމްލަ އަޑު އިވުމުންނެވެ. އެ ޖުމްލަ ހަމަ އެއްވެސް ތަފާތުކަމެއްނެތި މީގެ ކުރިންވެސް އަހަރެން ވަނީ އަޑު އަހާފައެވެ. އެކަމަކު އެއީ ރަވާންގެ ދުލުންނެވެ. ވިސްނަންވީ ގޮތެއް ނޭނގިފައި ހުއްޓައި ޒެވިން ގޮސް ލިފްޓަށް ވަނެވެ. ފަހަތުން އަހަރެން ވަންއިރު، ސިކުނޑި ވަނީ މުޅީން އެހެން ދިމާއަކަށް މިސްރާބު ޖަހާފައެވެ. ކުރަންއުޅޭ ކަންތަކުގެ މަތީން އަހަރެން ހަނދާން ނެތުނެވެ.

“ހެލޯ… އެކްސްކިއުޒް މީ… ނުދަނީތަ؟… ދިހަ ވަރަކަށް މިނެޓުވެސް ދެން ނެތޭ…” އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލަމުން ޒެވިން ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހީވޭ ކަލާދެކެ ލޯބިވެވޭހެން – ޓްރެއިލަރ –

Next

ނޭދެން ވަކިވާކަށް (3)

Next
January 25, 2020

ނޭދެން ވަކިވާކަށް (3)

Previews
January 24, 2020

ހީވޭ ކަލާދެކެ ލޯބިވެވޭހެން – ޓްރެއިލަރ –

37 Comments!

  1. Sheen says:
    January 24, 2020 at 11:45 pm

    Alheyyyyyy…… Ingeytha komme paragraph eh 2 faharu 3 faharu kiyunu. ❤️?????❤️?????❤️?????❤️?????❤️?????❤️?????❤️??????????❤️??????????❤️????❤️?????❤️????. Wowwww wowwww and wow. Vvvvvv reethi. Ibaaraaiy kurunthahves furihama ey huvaa. Haadha asarehves huttey jumulathakuga. Athuraalaafahuri goiyves hama 1 vana. ????????????????????????????????? Vvvvvv interesting. Vvvg kiyaahithun indhaa nimunee. ???????????????♥️♥️♥️♥️♥️♥️♥️???????♥️♥️♥️♥️♥️♥️♥️ Alhey xevin akee hama ravaan dhw. 99.9 hama heevanee ae ravaan ey. Accident ga bolah libunu gellumakun hamdhaan netheekanneynge. ????????????????????????????????????????????????? Dhen in bai. Kiyaahithun hama avadhi vaa varuvey. Waiting waiting waiting. ????????????????????????????????♥️♥️♥️♥️♥️♥️♥️????????♥️?????

    1. eysh says:
      January 25, 2020 at 11:51 am

      Awww so sweet.. Thank u so much sheen ?❤ vvv ufaavehje cmnt kiyaalaafa.. means a lot.. hingaa dho dhen vaagotheh balamaa.. keep waiting fr the next.. ❤❤?

  2. ލަމް says:
    January 24, 2020 at 11:51 pm

    މާޝާﷲ. ފުރިހަމަ ކަމުން ދެވަނައެއް ނެތެވެ. ވަރަށް ފުރިހަމައެވެ.. ވަރަށް ހިތްގައިމެވެ. އޭޝްގެ ހުނަރުވެރިކަން މިހިތަށް އުފާވެރިކަން ގެނެސްދީފިއެވެ. ހަޤީޤަތުގަވެސް އޭޝްގެ ވާހަކަތައް ކިޔާލުމުން ހިތަށް އެލިބޭ ހިތްހަމަޖެހުން ދުލަކުން ގަލަމަކުން ބަޔާންކޮށް ނުދެވޭނެއެވެ. ހާދަހާ ރީއްޗެވެ. އެހާމެ ޝައުގުވެރިއެވެ. ކިޔަމުންދާއިރު ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. އެހާވެސް އަސަރު ގަދައެވެ. ސިފަކުރުންތައް މޮޅެވެ. ހިޔާލު ތަނަވަހެވެ. ގެނެސްދޭ ގޮތް ވަރަށް ހިތްހަމަޖެހެއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.

    1. eysh says:
      January 25, 2020 at 11:52 am

      Awww so sweet of u dear.. Thank u so much ?❤ vvv ufaavehje cmnt kiyaalaafa.. keep waiting fr the next.. ❤❤?

  3. shaai says:
    January 25, 2020 at 12:34 am

    wow…. ????
    story vvvvvvvvvv rythi…….??????
    eysh dhoonikolha …..
    kondhuvasthakehga story genasdheny ?????
    haadha inthizaarekey mi kureveny story kiyan nulibi…..?
    konme dhuvahakuves update veytho bele
    ekmves update vefa nethima dherave ….
    ………
    ekmves eysh mi story genas dhey kamah taka shukuru verivan…..???
    vvvvvvvvvvvvvvvvvvv rythi ?????????????

    1. eysh says:
      January 25, 2020 at 11:55 am

      Awww thank u so much shaai ?❤ vvv ufaavehje cmnt kiyaalaafa.. midhuvaskolhu Eysh maa bxy v ma lasvanee.. week aku 2 part genesdheveytho balanee.. varah ufaavejje understand veema.. v sweet.. in Sha Allaah next part avahah genesdheveytho balaanan ingey.. keep waiting fr the next.. ❤❤?

  4. Lamko says:
    January 25, 2020 at 6:48 am

    Eyshoo mi part hama vrh vrh vrh reeethi ngey…..❤️❤️❤️ Obiness to the max?????❤️??n i think zevin is ravaan….. ??❤️❤️❤️❤️❤️????????????
    N keeve livy ravaan ge birthday ga ravaan ah dhin t shirt zevin athuga onnan v ????alhe adhi enme fahu than kolhu varah kiyaahithun huttaa e nimuniii….. Sisoo nxt part dhigu kollahchey…. ???curiously waiting for the next part ?❤️❤️❤️?

    1. eysh says:
      January 25, 2020 at 11:58 am

      Hi lamko
      Thank u so much dear ?❤ vvv ufaavehje mi part ves kamudhiyaeema.. means a lot.. varah ufaavejje cmnt kiyaalaafa.. hingaa dho balamaa story ga vaagotheh..
      in Sha Allaah next part avahah genesdheveytho balaanan ingey.. keep waiting fr the next.. ❤❤?

  5. Sara says:
    January 25, 2020 at 10:37 am

    ވަރަށް ރީތި އެކަމަކު ވަރަށް ކުރު މި ބައި

    1. eysh says:
      January 25, 2020 at 11:59 am

      Thank u so much dear.. varah ufaavehje story kamudhiyaeema.. ?❤? in sha Allaah next part avahah genesdheveytho balaanan ❤??

  6. eysh says:
    January 25, 2020 at 12:01 pm

    Mibai v lahun dho mi genesdhevunee.. in Sha Allaah next part avahah genesdheveytho balaanan.. unmeedhukuranee mibaives hirihaa kudhinnah kamudhaane kamah..
    hurihaa kudhinge haaluves ragalhuvaane kamah unmeedhukuran.. baahjaveri dhuvahakah edhen.
    ❤❤

  7. me says:
    January 25, 2020 at 1:04 pm

    maa lahee up vaaleh

    1. eysh says:
      January 25, 2020 at 7:35 pm

      In Sha Allaah avahah upkureveytho balaanan ❤❤

  8. Umny ??? says:
    January 25, 2020 at 6:23 pm

    When is the next part by the way nice

    1. eysh says:
      January 25, 2020 at 7:36 pm

      Thank u so much dear.. varah ufaavehje mi part kamudhiyaeema ?❤? In Sha Allaah next part avahah upkureveytho masakkaiy kuraanan ❤❤

  9. Esherr says:
    January 25, 2020 at 7:45 pm

    Woww..??❤v salhi mi part vex..maa sha allah❤

    1. eysh says:
      January 25, 2020 at 9:45 pm

      Hi Esherr ?
      Thank u so much dear.. varah ufaavehje mi part ves kamudhiyaeema.. ?❤?

  10. nashy says:
    January 26, 2020 at 8:40 am

    maasha Allaah v reethi

    1. eysh says:
      February 1, 2020 at 8:31 pm

      Thank u so much dear.. ❤?

  11. Meekkomee says:
    January 27, 2020 at 5:15 pm

    Woww???varah Varah Reethi mi part ves…….my 1st comment on your story dhw sis???whn is next….. waiting for it??ly

    1. eysh says:
      February 1, 2020 at 8:33 pm

      Awww.. first cmnt ah maa lahun dho mi rply kohlevunee.. dhimaavi kanthah thakehge sababun mi site ah nuvadhevi mi dhiyaee.. Thank u so much dear.. ❤? vvv ufaavehje 1st cmnt kiyaalaafa.. next part In Sha Allaah mirey.. ly2 meekko ??❤❤

  12. Your number one Fan says:
    January 28, 2020 at 8:13 am

    ވ ރީތި މާޝާ ﷲ . އަނެއް ޕާޓް އަވަހަށް ނެރެބަލަ ދޫންޏާ. ލަސްވިޔަސް އަންޑަސްޓޭންޑް ވާނަން. ދިސް ސްޓޯރީ އިޒް ވޯތް ޓު ވެއިޓް. ތިކުރާ މަސައްކަތް އުފަލާއެކީ ބަލައިގަންނަން

    1. eysh says:
      February 1, 2020 at 8:35 pm

      Awww.. so sweeet.. means a lot.. Thank u so much dear.. ❤? vvv ufaavehje cmnt kiyaalaafa.. v ufaavey ehaa understand vaathee.. next part In Sha Allaah mirey ingey.. ??❤❤

  13. Your number one Fan says:
    January 28, 2020 at 8:17 am

    މާޝާ ﷲ ވަރަށް ރީތި. ވަރަށް ކިޔާހިތްވޭ. ތިޔަކުރާ ހިއްވަރަށް އައްސަރިބަހާއި ސާބަސް ދެން. ލަސްވިޔަސް ވޯތް ޓު ވެއިޓް. އެހާވެސް ރީތި. އެކަމަކުވެސް އަވަހަށް ކިޔާހިއްވާތީ އަވަހަށް ގެނެވޭތޯ މަސައްކަތްކުރައްޗެ އިނގޭ ދޫންޏާ

    1. eysh says:
      February 1, 2020 at 8:35 pm

      Awww.. so sweeet.. means a lot.. Thank u so much dear.. ❤? vvv ufaavehje cmnt kiyaalaafa.. v ufaavey ehaa understand vaathee.. next part In Sha Allaah mirey ingey.. ??❤❤

  14. rishy123 says:
    January 31, 2020 at 10:49 am

    mi dhen upnukuraaneetha eysh?inthixaaru koh mihaaru foohivaa varu vejje.mivarun story nuliyabala

    1. Lahufa says:
      February 1, 2020 at 8:31 pm

      Inthizaaru vx kuran jeheyene…miadhi madhu 3 years 4 years vandhen vx Inthizaaru kuran jehidhaane..kehtheri kamaa Thedhuveri kamaaa eku kuran jeheyni.story liyaa baeh kudhin kihaa fahakun up kureveni anehbai kudhin kurin komes kameh vma dhw eii…Ehen meehunge situation understand ve bala dhw..

    2. eysh says:
      February 1, 2020 at 8:37 pm

      Upkuraanan dear.. In Sha Allaah Eysh fashaifi kameh incomplete koh dhookoh nulaanan.. New part In Sha Allaah mirey ❤

  15. mahoo says:
    February 1, 2020 at 5:29 pm

    rishy123 haa ehmen free nuvaane understand vebala eyshge life gaa vahaka liyun ekanyeh nun masheh kathakah hama ekani kuran vefaa onnany ehen Kankan vess hunnaane .. so eh baifaharu lass vess vane vahaka liyaa meehakah evahaka liyumah new ideas vess beyynun vane so varah free vegen vahaka liyun kahala maseh kai kure veyny… eyyge manaeh nun up nukoh lassvafaharaku story nuliyaashey kiyaa eyynayah negative comment kurun… an witters ah alhuganduge varah bodu edhumeh eh fashai vahaka eh vehjeyaa ninmun mihaaru varah gina witters vahaka ehme reethi hisaabun medhu kandailaa aslu ehen ve readers ehaa nagetive vess vaan furusath libeny vaguthu libeyy varakun fashaa vahaka furihama kohlaa 2 mass 3 mass fahun viyass…

    1. eysh says:
      February 1, 2020 at 8:55 pm

      Eysh ah neynge keekey kameh bunaanee mi cmnt kiyaalaafa. V ufaavehje ehaa bodah understand veema.. really means a lot.. Asluves.. insaanunnah veethee life ga ethah kameh dhimaavaane.. eysh story liyanee hobby akah.. hinhama jehun libeythee.. varah kuraahithun kuraa kameh mee.. In Sha Allaah incomplete koh dhookoh nulaanan fashaa kameh nimmaanan.. eysh gabool kuran lasvanyaa hama readers ves hinhama nujeheyne kanves.. eysh ah v varakun masakkaiy kuraanan v haa ves avahah gennan.. Thank u v much Mahoo.. mi cmnt kiyaalaafa v hihvaru libijje.. means a lot.. ?❤❤❤❤
      Next part In Sha Allaah mirey genesdheynan ?❤

  16. Yanaa says:
    February 1, 2020 at 8:25 pm

    Varah??varah??varah??reethi??maa sha Allah.?waiting??for??the??next?part.???

    1. eysh says:
      February 1, 2020 at 8:58 pm

      Awww thank u so much Yanaa ?❤❤? varah ufaavehje story kamudhiyaeema.. ?❤ in sha Allaah new part mirey ??❤ keep waiting ?❤

  17. eysh says:
    February 1, 2020 at 8:30 pm

    Salaam All..
    Eysh ge family member eh v bodah balive, hospital gai admit kurumaa, kulligothakah rashun beyrah dhaan jehigen story upnukoh lasvee.. 9 vana part liye nimmaafa oiythaa v dhuvas vehje.. Ekam story ah vure muhimmu kankan life ga dhimaavumaai gulhigen, story ah vaguthu husskurevey goiy nuvee.. nuvee.. eysh gabool kuran vaahaka v lasvehje kan.. kiyuntherin v inthizaaru kuraane kanves.. life ga dhimaavaa baeh kahala haalaiy thakuga kithanme kuraa hithun kuraa kameh ves nukurevey faharu annaane.. Ekam in sha Allaah Eysh akee kameh fashaafa ekameh nunimmaa dhookohlaane meeheh noon kamuge yageen kan kiyuntherinnah dhen.. In Sha Allaah mirey new part upvaane..
    Unmeedhukuran hurihaa kudhin ves mi situation understand vaane kamah..

    1. Yanaa says:
      February 1, 2020 at 8:37 pm

      Yeah eysh ge situation understand vey….???Iraadha kurei viyyaa eysh ge family member varah avahah rangalhu vaane…Shafaakallah…

    2. eysh says:
      February 3, 2020 at 12:16 pm

      Awww thank u so much Yanaa.. means a lot.. so sweet of u.. ?❤❤❤

  18. Sheen says:
    February 1, 2020 at 11:51 pm

    Eysh ah furihama ithubaaeu eboiy. Vaahaka nimmaane kamuge yageenkan ovey. Lasviyas lasvaanee v bodu kameh dhumaavegenkan ingeythee eysh aa dheytherey alhugandu hithuga hama evves shakuvaaeh neiy. Komme meehakeeves life ga ethah zimmaathakeh adhaakuran jehey meeheh. Haalathu abadhu ehgothakah noannaane kanves dhannan jeheyne. Eysh ge situation v rangalhah understand vey. Thee hama number 1 keep it upy dear. ? ♥

    1. eysh says:
      February 3, 2020 at 12:17 pm

      Awww thank u so much sheen.. really means a lot.. so sweet of u.. thi dhey support ahtakaa hithuge enme funminun shukuru adhaakuran ?❤❤❤ ly ?

Comments are closed.

Next Episodeމިނަން ތިހިތުން ފިލުވާލަނީހޭ…09←


All Right Reserved!