Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..13

leyfa Level 110 Stories
December 19, 2014 3 Mins Read
7 Comments

“ނަޝާ! އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ ބަލަ! މަށެއް ނަޝާ ނޫން އެހެން މީހަކަ ނީންނަން.. ޚަތިމު ގަ އަތްލާ ހުވާ ވެސް ކޮށްފާނަން… އާދޭސް ކޮށްފަ މިބުނީ އަހަރެންގެ ނުހުންނާނެ އާޒް ފިޔަވާ އިތުރު ދަރިޔެއް ވެސް…” ޒާހިރު ހީވަނީ ބަލިވެފައިން ގުރައެއް ހެންނެވެ. މިހާ ދުވަހު މޭ ފުއްޕާލާފައި ހުންނަ މީހާ އަށް މިއަތު ކިހިނެތް ވީ ބާވައެވެ. ނަޝާޔާ ގެ ހިތަށް އަސަރު ކުރިޔަސް އެކަން ޒާހިރަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އޭނާ ދެކޭ ގޮތުގައި ޒާހިރަކީ މޮޅު އެކްޓަރެކެވެ.

“އަހަންނަށް ތިކަން ގަބޫލު ކުރަން ވަރަށް އުދަގޫ…. އަހަރެންގެ ކޮންކަމެއް އުނިވެގެންތަ ހިލޭ އަންހެނުން ފަހަތުން ތި ދުވަނީ…. މުޅި ރަށުގައި ވެސް މަޝްހޫރު ޒާހިރު… ހުއް! ” ނަޝާޔާ މަލާމާތުގެ ރާގުގައި ތުން އަނބުރާލަމުން ބުންޏެވެ. ޒާހިރަށް ވެސް ހުރެވެނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ނަޝާޔާ ހާދަހާ ބަދަލު ވެއްޖެއެވެ. ކުރީގައި އުޅޭ ހެން އެޅިހާ ބަތަކަށް ރިހަ ކިޔާކަށް ނޫޅެއެވެ.

ޒާހިރު ގޭތެރައަށް ވަންނަން އެޅި ފިޔަވަޅާއެކު ހުއްޓުން އެރީ ލުތުފީ ގޮވާލުމުންނެވެ. ލުތުފީ ހުރީ ހިތްހަމަ ނުޖެހިފައި ކަން އެނގެއެވެ.

“މީ ކޮން ކަންތައް ގަނޑެއް ތަ؟ … ޒާހިރު މީހަކާއި އިނދެގެން ހުރެ ތަ މަގޭ ދަރިފުޅު ބަރުބާދު ކޮއްލީ…” ލުތުފީ ހުރީ ރުޅިއައިސްފައެވެ. ކިޔަމަންތެރި ކަމާއެކު އެއީ ދެނަހުރި ކަމެއް ނޫން ކަމުގައި ޒާހިރު ޖަވާބު ދެމުން ދިޔައެވެ. ލުތުފީ ގެ އެތައް ވާހަކަ އަކުން ވެސް ޒާހިރު ގެ ޖަވާބު ބަދަލެއް ނުކުރެވުނެވެ. އެންމެ ފަހުން މެޒުމަތީގައި އޮތް ޚަތިމު ގައި އަތްލާ ހުވާކޮށް ފައި އެއީ ފަރީލާ ގެ ވިހަގަދަ ރޭވުމެއް ކަމަށް ބުންޏެވެ. ލުތުފީވެސް އެކަން ގަބޫލު ކުރަން މަޖުބޫރު ވިއެވެ. އެކަމަކު ހިނގައި ގަތުމުގެ ކުރީގައި ނަޝާ އަށް އޮޅުވާލިކަން އެނގިއްޖެއްޔާ އޭނަ ވަރުގެ ނުބައި މީހަކު ނުހުންނާނެ ކަމަށް ބުނެ އިންޒާރު ދިނެވެ. ޒާހިރު ބޯޖަހާ ލާފައި ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

******************************

ފަރީލާ އިނީ ރަހުމަތްތެރިޔާ ގެ ގޭގެ ފެންޑާގައި ބަހައްޓާފައި ހުރި ޖޯލިފަތީގައެވެ.އޭނާގެ ޚިޔާލީ ނައު ދުއްވަމުން ދިޔައީ ޒާހިރާއި ދިމާލަށެވެ. ހއ ކެލައިން އައްޑުއަށް ދަތުރު ކޮށްފައި އައި ބެނުން ފުއްދޭނެ ގޮތްތައް ސިކުނޑީގައި ރާވަމުން ދިޔައެވެ.

“އަހަރެން ޒާހިރު ދެކެ ކުޑަކޮށް ވެސް ލޯތްބެއް ނުވޭ! އަހަރެން ވެސް ބޭނުމީ ފައިދާ ނަގާލަން… ޒާހިރު ވެސް ކަންތައް ކުރީ އެހެން..” ފަރީލާ

އަމިއްލަ ނަފްސަށް މުޚާތަބު ކޮށްލިއެވެ. އެ އަޑު ގަހަށް ފެންދޭން ހުރި ޝަމާ ގެ ކަންފަތާއި ހަމައަށް ވެސް ފޯރިއެވެ. ފަރީލާގެ މާޒީ އޮޅުން ފިލުވާލުމުގެ ޝައުގުވެރިކަން އުފެދިގެން އައިސް ޖޯލިފަތީގައި ޖައްސާލިއެވެ.

” ފަރީ.. މަށަށް ވަރަށް ހީވޭ ކޮންމެ ވެސް ބޮޑު ކަމެއް ހިނގައިފި ހެން… ކިޔައިދީބަލަ… އޭރުން އަހަންނަށް ވެސް އެހީ އެއް ވެދެވޭނީ.. ” ޝަމާ ހުރީ ވަރަށް އޮޅުން ފިލުވާހިތް ވެފައެވެ.

” އާނ ދޯ! އަހަރެން ނަކީ ޝަމާ ތިހީކުރާހާ ރަނގަޅު މީހަކަ ށް ނުވެދާނެ.. އެކަމަކު ރަހުމަތްތެރިކަން ކަނޑައިގެން ނުވާނެ… މިގޭގައި ބަހައްޓާ ދޭން ވާނެ … އެއްބަސްތަ؟” ފަރީލާ ވެސް އަހައިލިއެވެ.

“މައްސަލައެއް ނޯންނާނެ.. މާޒީގައި ހިނގާފައި އޮތް ކަމަކާ ހުރެ އަދަބެއް ނުދޭނަން…

ފަރީލާ އޭނާގެ މާޒީ ކިޔައިދޭން ފެށިއެވެ. އޭނައަކީ ބުރުސޫރަ ރީތި އަންހެން ކުއްޖެއް ކަމުން ރަށުގެ ގިނަ ފިރިހެން ކުދިންގެ ސަމާލުކަން ލިބެން ފެށިއެވެ. ސިޓީތަކާއި ނޯޓްތައް ކިޔަން އެތައް ވަގުތެއް ހޭދަވެއެވެ.ލިބޭތާ ލިބިގަންނަން ވާނެޔޭ ބުނެ ހައްދެއް ނެތި އެކި ފިރިހެން ކުދީން ގެ ހިތުގެ ރާނީއަކަށް ވިއެވެ. ޕާޓީ ކުރުމާއި ދަތުރު ދިޔުމުގައި މުޅި ދުވަސްތައް ހޭދަކުރަން ފެށިއެވެ. ހަމަ ހޭވެރިކަން ވީ ރަށްމެދަށް ބަލިވެ އިނުމުންނެވެ. ދިރި އުޅުން ބަދަލު ވެގެން ދިޔައީ އެހާ ހިސާބުންނެވެ.

“ދެން ބުނީމެއްނު މިރަށަށް އައީ ކުއްޖަކު ފެނިގެންނޭ… އެއީ ކާކު؟ ” ޝަމާ ހުރީ ވަރަށް ޝައުގުވެރިވެފައެވެ.

” އާނ.. އެއީ ޒާހިރު.. އަހަރެން ގެ އުފާތަކުގެ ބައިވެރިޔެއް އެއީ ވެސް… އޭނަ އަހަންނާ އިންނާނަމޭ ބުނެ ފޯމް ވެސް ފުރި… މުޅި ރަށަށް ކައިވެނި އިއުލާން ވެސް ކޮއްފަ، ބަނޑު ބޮޑުކަން އެނގުމުން ފިލައިގެން އައީ.. ޙާލުގަ ޖެހުމުން އެއްލާލީ…އެކަމުގެ ބަދަލު ހިފަން އަހަރެން ބޭނުންވާތީ މިއައީ… އަހަންނަށް އެހީވެދޭތި އިނގޭ!”

“މަށަށް ޥާވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން.. އޭނަ އުޅެނީ މީހަކާ އިނދެގެން… ހިޔެއް ނުވޭ އެހާ ފަސޭހައިން އޭނަ އަތުޖެހޭނެ ހެނެއް… އެކަމަކު ހިތްވަރު ކުރާތި! ” ޝަމާ ރަހުމަތް ތެރިޔާއަށް ހިއްވަރު ދެމުން ދިޔައެވެ.

**************************

ރޭގަނޑުގެ އަނދިރިކަން ވެރި ވުމުން މަގުމަތީގައި ހޭލަމޭލައަށް އުޅެމުން ދިޔަ މީހުންތައް މަދުވާން ފެށިއެވެ. މިފަދަ އަނދިރި ކަމުން ވެސް ބައެއް މީހުން އުފާ ހާސިލު ކުރެއެވެ. ޒާހިރު މަޑުމަޑުން އަތިރިފަރާތާއި ދިމާލަށް ހިނގަމުން ދިޔައެވެ. ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ. ގަހެއް ގެ ނިވަލުގައި ފިލާ ހުރެފައި ކުއްލިޔަކަށް މީހަކު އައިސް ބައްދާލިއެވެ.އޭނާ ދިޔައީ ސިއްސައިގެންނެވެ. ޖިންނި އަވަލާ ވާހަކަ އަކީ އޭނަ ގަބޫލު ކުރާވާހަކަ އަކަށް ވާތީ ބިރުން ގޮސް ފިއްކަނޑައިގެން ދިޔައެވެ. ޖިންނިން ވެސް އޭނާ ދެކެ ލޯބިވީތާ އެވެ.ބައްދާލި ގޮތަށް ދުލެއް ނުކުރިއެވެ. ބަލާކަށް ނުހުރެ ފޮޅުވާލީ އަތުގައި ލެވުނުހާ ބާރެއްލާފައެވެ.

“އައްދިޔޯއި..” ފަރީލާ ރޮއި ހޭރިގަތެވެ.ޒާހިރުގެ ދެލޯ ވެސް ތަންމިނަށް ހުޅުވިގެން ދިޔައެވެ.

“ކަލޭތަ؟ “ޒާހިރު ހުރީ ރުޅިއައިސް ރަތްވެފައެވެ. ބަލާކަން ނުހުރެ އެ ދިގު އިސްތަށިގަނޑާއި އަތާއި އެއްކޮށް ހިފާފައި ލުއްކެއް ޖަހާ ކޮޅަށް ނެގިއެވެ. ވީތަދުން ހޭބުއްދިފިލާ ދާ ވަރުވިއެވެ. ކަންކަށިމަތީގައި އެތިފަހަރެއް ވީއްލާލީ ރަނގަޅަށް ސީދާ ނުވެވި އުޅެނިކޮށެވެ. ޒާހިރު ގެ އަނިޔާވެރި ކަން ފެނި ފަރީލާ ވެސް ސިހޭގޮތް ވިއެވެ.ކަންކަށިމަތީގައި އަތްއަޅައިގެން ހުރެ ކުޑަކޮށް ދުރަށް ޖެހިލީ އެހެން ވެގެންނެވެ.އެނަޔަށް ވީތަދުން ރަނގަޅަށް ވެސް ހުރީ ރޮވިފައެވެ. އެހެނަސް ދޫކޮށްލާފައި ދާކަށް އޭނާގެ ސިކުނޑި އެއްބަހެއް ނުވިއެވެ.

” އަހަންނަށް ކިތަންމެ އަނިޔާއެއް ކުރިޔަސް ހެޔޮ މަށަށް! ނުދާނަން.. އަހަރެން ހާދަ ލޯތްބެއް ވެޔޭ! ހިނގާ އަލުން ގުޅެން.. ” ފަރީލާ މަޑުމަޑުން ބުނެލިއެވެ.

“އަންހެނުން ހުސްވިޔަސް ކަލެޔަކާ ނީންނާނަން.. މީހުންގެ ފިރިން ފަހަތުން އުޅެން ނަހަދާ! “ޒާހިރު ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އާނ އާނ… ކިހާ ރީތި… ތިބުނާ ފިރިމީހާ އޭ ހިލޭ އަންހެނަކާ ހިތާ ވެގެން އައިސް ޖިންނިއެއް ހެން އަވަލާފަ އޮތީ…. އޭރު ތިބުނާ ވަފާތެރި ކަން އޮތީ ކޮންތާކު؟ ކުރާނެހާ ކަމެއް ކޮށްފަ ބާވީމަ ދޯ ފިރިޔެއްކަން ހަނދާން ވީ! އަހަރެން މިވަގުތު ވެސް ކަލޭގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނަން.. ނަޝާ..” ފަރީލާ އަށް ފުރިހަމަ ކުރެވޭ ވަރެއް ނުވިއެވެ. ޒާހިރު އޭނާގެ އަތުގައި ހިފައި ދަމައިގަތެވެ.ދަތްދޮޅީގައި ހިފާ ބާރުކޮށްލުމަށްފަހު ނަޝާޔާ އާއި ނުބެހުމަށް އިންޒާރު ދިނެވެ. ފަރީލާ ވެސް އެއްބަސް ވިއެވެ. ޝަރުތެއްގެ މަތިންނެވެ. ފަސް ހާސް ރުފިޔާއެވެ.

ޒާހިރު ވެސް ވޮލެޓް ނަގާ ލާރި ދީފައި ސަލާމަތް ވުމަށް އަވަސްވެލިއެވެ. ފަރީލާ އަތަށް ފައިސާނަގާފައި ދިއްކޮއްލީ ހިތާއި ދެކޮޅަށެވެ. އެހެން ގޮތެއް ނެތިގެންނެވެ.ފަރީލާ ހީލާފައި ދިއްކޮއްލި އަތް ފައިސާއަކާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. ފިލާ ހުރި ފާރަވެރިޔާ ލާރި ޖަހައިގަތެވެ. ދެމީހުން ނަށް ވެސް ސިހުން ގެނުވަމުންނެވެ.

“ކާކު؟ ގެނޭ ލާރި..” ޒާހިރު ހަޅޭއްލަވައިގަތެވެ.

“ޒާހިރު! ” ޒާހިރު ގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

ރަނާ (ތިންވަނަ ބައި)

Next

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން) ފަހުބައި

Next
December 19, 2014

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން) ފަހުބައި

Previews
December 18, 2014

ރަނާ (ތިންވަނަ ބައި)

7 Comments!

  1. athoo .. says:
    December 19, 2014 at 8:42 pm

    leyfa, hama bunaane ehcheh nei, WOW> mashaa allah!

  2. eenu says:
    December 21, 2014 at 1:59 pm

    wow nice …waiting for another part.. 🙂 best of luck leyfa 🙂

  3. leyfa says:
    December 21, 2014 at 10:09 pm

    THANKS athoo and eenu 🙂

  4. Aanth says:
    December 22, 2014 at 3:37 am

    salhi .. waitin for next part .. haadha zamaan kolaafa .. chutty hadhakytha ?? 😛

  5. leyfa says:
    December 22, 2014 at 5:43 am

    12 vana part lasvee kuda kameh dhimaa vegen… mi part mi upkodhiny nu avahah.. thanks ingey aanth

  6. mush says:
    December 28, 2014 at 6:37 pm

    Wowww v v v salhi

  7. JUMA says:
    January 6, 2015 at 9:35 pm

    VARA REETHI…

Comments are closed.

Next Episodeކަފުނަށް މިހިތް އަދި ނުލާކަން ޔަގީން….14←


All Right Reserved!