Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަމޭ ގާތުގައި 14 (ފަހުބައި)

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
January 12, 2020 4 Mins Read
34 Comments

”މަންމާ. ބައްޕާ. އަހަރެންނަށް މަޢާފު ކުރޭ. އަހަރެން މިއަދު މިއައީ މަންމަމެން ބުނާ މީހަކާ ކައިވެނި ކުރަން. ބައްޕާ. އަހަރެންނަށް މަޢާފު ކުރޭ އެކަމަށް ދެކޮޅު ހެދުނީމަ. އަހަރެން ދެން ދުވަހަކުވެސް މަންމަމެން ނުގަބޫލުގަ އެއްވެސް ކަމެއް ނުކުރާނަން. އަދޭސް ކޮށްފައި މިބުނަނީ.” ރާޔާ އައިސް އެދެމީހުންގެ ކުރިމަތީގައި ބުނެލި ބަސްތަކުން ދެމީހުންނަށް އެކުއެކީ ހިނިތުންވެލެވުނީ ލިބުނު ހިނިތުންވުމެއްގެ ބޮޑުކަމުންނެވެ. ރިޝާންއާއި ހަމީދާ ހެޔޮހިތުން ރާޔާއަށް މަޢާފު ކުރިއިރު ރާޔާއަށްވެސް ލިބުނީ ބުނެދޭން ނޭނގޭފަދަ ބޮޑު އުފަލެކެވެ.

***

ހަވީރު ހަތަރެއް ޖެހިއިރު އިކާލް، ފާއިޒް، ދީނާ އަދި މާއީވެސް ހުރީ ރާކިންމެންގެ ގޭގައިއެވެ. އިކާލް އެގެޔަށް ވަނެފައި ފުރަތަމަވެސް ބައްދާލީ އިރާދާގެ ގައިގައިއެވެ. އަދި ހެޔޮހިތުން އިރާދާއަށް މައާފުކުރިއެވެ. އެގޭގައި އެކި އެކި ވާހަކަދައްކަން ތިބެފައި އިކާލްމެން އެދުވަހު ގެޔަށް އައީ އެމީހުންގެ ކައިވެނީގެ ކުޑަކުޑަ މަޝްވަރާއެއްވެސް ކުރުމަށްފަހުއެވެ. އިކާލް ކައިވެނި ކުރަން އުޅޭ ހަބަރު ލިބުމުން އިރާދާގެ އުފާތައް ދެގުން ވިއެވެ. އެދުވަސް ދެކޭ ހިތުން އޭނާ އެހުރީ ކެތް މަދުވެފައިއެވެ.

އިކާލްމެން އެގެއިން ނުކުމެގެން ދިޔަ ފަހުން މަރުވެފައިއޮތް ގޭތެރެއަށް އަލުން ދިރުމެއް އައެވެ. ވިކާޝްއާ އިރާދާގެ ގުޅުން ރަނގަލުވެފައިވާއިރު ރާކިންއާ އިރާދާގެ ގުޅުންވެސް ކުރިން އޮތް ގޮތަށް ބަދަލުވެގެން ދިޔައެވެ. އެހެންކަމުން އިރާދާއަށް ލިބުނު އުފާ ބަޔާން ކުރަންވެސް ދައްޗެވެ.

ރާކިންގެ ހިތުގައި އިކާލްއަށް އުފެދިފައިވާ ނަފްރަތު އެކީހެން ފިލާގެން ދިޔައީ ނުހަނު ފަސޭހައިންނެވެ. އިކާލް އެއީ އޭޏާގެ ބޭބެއަކަށް ވީއިރު ނަފްރަތު ކުރަންވީ އެއްވެސް ސަބަބެއް އޭނާއަކަށް ފަހުން ނުވިސްނުނެވެ. އިކާލްއާ ހީނަރުވެފައި އޮތް ގުޅުންވެސް ރަނގަޅުވެގެން ދިޔައިރު ރާކިންއަށް ލިބިފައިވާ ހިތްހަމަ ޖެހުން ނުހަނު ބޮޑެވެ. ލިބުނު އުފާވެސް އެހައިމެ ބޮޑެވެ. އޭނާއަށް ބޭބެއެއް ލިބުމުގެ އިތުރުން ގޭތެރެއަށް އަލުން ދިރުން ލިބުމުންވެސް މެއެވެ.

***

އިކާލްއާއި މާއީގެ ކައިވެންޏަށް އެންމެން އެކީހެން ތައްޔާރީތައް ވަމުން ދިޔައިރު އެޔައް ވުރެ އުފާވެރިބައެއް މުދުނިޔޭގައިވެސް ނެތް ފަދައެވެ. އެންމެންގެ މޫނުމަތިންވެސް އުފާވެރިކަމާ ހަމަޖެހުން ފެނިގެން ދިޔައިރު ރުޅިވެގެން އުޅޭ އެކަކުވެސް ނެތެވެ. ގިނަ ބަޔަކަށް ދައުވަތު ދެވޭ ޕާޓީއަކަށް ވުމުން އެންމެން ވެސް ވަރަށް ފުރިހަމައަށް ކަންތައްތައް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

ދަރުބާރުގޭގައި ކައިވެނި ކުރުން އޮތުމުން އެތަން ވަނީ ވަރަށް ފުރިހަމައަށް ޖަރީކުރެވިފައިއެވެ. ޑަސްޓީ ޕިންކް ކުލައިިން އެތަން ފަރުމާ ކުރެވިފައި ވާއިރު ބަލައިލި ކޮންމެ ދިމާލަކުންވެސް ފެމިގެންދަނީ ހަމަ އެކުލައިގެ މާތަކެވެ. ބަލާލަން ނުހަނު ޗާލެވެ.

ކައިވެނި ކުރަން ހަމަޖެހިފައިވި މޭޒުކައިރީ އިކާލް އިށީންދެލައިގެން އިނީ މާއީ އަންނާނެ އިރެއްގެ އިންތިޒާރުގައިއެވެ. ހުދުކުލަިއގެ ގަމީހެއް އެތެރެއިން ލައި ޑަސްޓީ ޕިންކް ކުލައިގެ ކޯޓް ލާފާއި ވުމުން އިކާލް ނުހަނު ރީއްޗެވެ. ތުބުޅިއާ މަތިމަސްވެސް ވަނީ ރީތިވަރަކަށް ކޮށާލައިފައިއެވެ. އިސްތށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލާފައި ވުމުން އިކާލްގެ ފިރިހެންވަންތަކަން އިތުރުވެފައިވެއެވެ. އިކާލްގެ ނަޒަރު ދެން ހުއްޓިގެން ދިޔައީ ދޮރުން ވަދެގެން އައި މާއީއަށެވެ.

އާދައިގެ ގޮތަކަށް ފަހާފައިވާ ޑަސްޓީ ޕިންކް ކުލައިގެ އެހެދުން މާއީގެ ގަޔާ ނުހަނު ގުޅެއެވެ. މޭމަތިން ފެށިގެން އަތާ ހަމައަށް ލޭސްފޮތިގަނޑެއް ލާފައި ވާއިރު ހެދުމުގެ ތިރީ ބަޔަށް ވަނީ ކުދި ކުދި ރޫތަކެއް ލައިފައިއެވެ. ހަމައެކުލައިގެ ޝޯލްއެއް އަޅާފައިވާއިރު ބޮލުގައިވެސް ވަނީ ރީތި މާގަނޑެއް އަޅާފައިއެވެެ. މޫނުގައި ލުއި މޭކަޕްއެއް ކޮށްފައިވުމުން މާއީ ހީވަނީ ސާދަ ފަނަރަ ވިލޭރޭގެ ހަނދު ހެންނެވެ. ތުންފަތުގައި މަޑު ކުލައެއްގެ ލިޕްސިޓިކްއެއް ޖައްސާފައިވުމުން މާއީ އިތުރަށް ފުރިހަމަ ކަމަށް ދައްކައިއެވެ. މާއީ އައިސް ކައިރީގައި އިށީންއިރުވެސް އިކާލްއަށް އެސްފިޔަވެސް ޖަހާ ނުލައި ބެލެމުން ދިޔައީ މާއީ ކާރިއެވެ. މާއީ އިނީ އިކާލް ބަލަމުން ދިޔަ ގޮތުން ލަދުން ގޮސް ހަލާކުވާވަރުވެފައިއެވެ. އެހެންކަމުން އިކާލްގެ އެނަޒަރުން ފިލުމަށްތަކައި މާއީ އިސްދަށަށް ޖަހާލިއެވެ.

އިކާލްއަށް ހަމަ ހޭވެރިކަން ވީ ގާޒީއައިސް އެތަނުގައި އިށީންދެފައި ވާހަކަ ދައްކަން ފެށުމުންނެވެ. ދެމީހުން ތައްޔާރުވުމާއިއެކު ގާޒީ ކައިވެނީގެ ހުތުބާ ފެށިއެވެ. އިކާލްގެ ދުލުން ”އަނބި ގަބޫލުކޮށްފިން” ބުނެވުނު ހިނދު މާއީގެ ދެލޯ ކަރުނުން ފުރިގެން ދިޔައީ އުފާވިވަރުންނެވެ. އެއާއިއެކު މާއީއަށް އެހެންކަހަލަ އިހްސާސެއް ކުރެވިގެން ދިޔައީ އިކާލްއެއީ މިހާރު އޭޏާގެ ފިރިމީހާ ކަން ހަނދާންވުމުންނެވެ.

ކައިވެނިކޮށް ނިމުމާއިއެކު އެންމެން އެކީގައި ފޮޓޯނަގަން ފެށިއެވެ. މުފީދާގެ އަނގައިން ނުފެންނަ އެންމެ ދަތެއްވެސް ނެތް އިރު އިރާދާވެސް ހުރީ ނުހަނު އުފާވެފައިއެވެ.

”ކޮބާ އިކާލް. ކޮންގުރެޓްސް. އެންޑް މާއީ ވަރަށް ބޮޑަށް ސޮރީ މާއީއަށް ކުރެވުނު ކަންތަކަށް.” ރާޔާއައިސް މާއީގެ ގައިގައި ބައްދާލިއެވެ. ރާޔާއާ އެއްކޮށް އެތަނަށް އައި ރާކިންވެސް އިކާލްގެ ގައިގައި ބައްދާލާ މަރުހަބާ ކިޔެވެ.

”އިޓްސް އޯކޭ.” މާއީ ހިތުންވެލާފައި ރާޔާއަށް މަޢާފު ކުރީ ހެޔޮހިތުންނެވެ.

”ކޮބާ ދެން ތިމީހުން ކައިވެނި ކުރަނީ ކޮން ދުވަހަކުންތަ؟ އަހަރެމެން ދެން މި އިންތިޒާރު ކުރަނީ އެދުވަހަކަށް.” އިކާލް މާހައުލުގެ އުފާވެރިކަން އިތުރުކުރުމުގެ ގޮތުން ބުނެލިއެވެ. އެއާއިއެކު ރާކިން ހިނިގަނޑެއް ޖަހާލާފައި ރާޔާގެ ކައިރި ބަލާލީ ޖަވާބު ދެށޭ ބުނާފަދައިންނެވެ.

”އަންނަ އަހަރު ކައިވެނި ކުރަނީ.” ރާޔާ ބުނެލިއެވެ. އެއާއިއެކު އެންމެންވެސް ޝަކުވާ ކުރަންފެށީ މާލަހުން ކައިވެނި ކުރާތީއެވެ.

ރާޔާއާއި ރާކިން އެތަނުން ދިޔުމާއިއެކު ދެން އެތަނަށް އައީ ފާއިޒްއާއި ދީނާއެވެ. ދީނާގެ ހަމަހުގެ ބަނޑާއިއެކު ފިޔާތޮށިކުލައިގެ ބޮޑު އެހެދުމުގައި ހުރުމުގެ ސަބަބުން ދީނާ ނުހަނު ޗާލު ކަމަށް ދައްކައެވެ. އިކާލްއާއި މާއީއާއެކު ފޮޓޯ ނަގާލުމަށްފަހު އެކި އެކި ވާހަކަތައް ދައްކާފައި ދެމީހުންވެސް އެތަނުން ދުރަށް ދިޔައީ އެތައް އިރެއްފަހުންނެވެ.

ޕާޓީ ނިމިގެންދިޔައީ އިކާލްގެ އަޑުން ރީތި ލަވައެއް ކިޔާލުމަށްފަހުއެވެ. އެންމެންނަށް އަޑު އިވޭނޭހެން ގިޓާއިން ރީތި ރާގެއް ކުޅެމުން އިކާލް ލަވަ ކިޔަމުން ދިޔައިރު މާއީގެ ހިތް ފުރިގެން ބަންޑުން ދިޔައެވެ. ޕާޓީ ނިންމާލުމަށްފަހު އެންމެންވެސް ގެޔަށް ދިޔައީ އެކެއްޖަހާ ބޮޑުވާން ކައިރިވެފައި ހުއްޓައެވެ.

*1 އަހަރު ފަސް*

ދީނާ އޭނާގެ ދިހަ މަހުގެ ނައިޝާ އުރާލައިގެން  ހުރީ ރާކިންމެންގެ ކައިވެނީގެ ފޮޓޯ ނަގަމުން ދިޔަތަން ބަލާށެވެ. ފާއިޒްވެސް ކައިރީގައި ހުއްޓިލާގެން ހުރީ އެމީހުންގެ ފިރިހެން ދަރިފުޅު ނާއިޝް އުރާލައިގެންނެވެ. ދެމީހުން އެކުގައި އެތަނުގައި ހުއްޓީލާގެން ހުރިއިރު ދިހަމަހުގެ ދެކުދިން އެމީހުންގެ އަމިއްލަ ބަހުރުވައިން ވާހަކަ ދައްކަމުން ދިޔައިރު އެދެމީހުންވެސް ހުރީ ހިނިތުންވެލައިގެންނެވެ. މާއީވެސް އިކާލްއާއިއެކު އޭނާގެ ނުވަމަހުގެ ބަނޑާއެކީ އައިސް އެތަނުގައި ހުއްޓިލިއެވެ. މާއީގެ މޫނުމަތިން އޭރު ފެނިގެން ދިޔައީ ވަރުބަލިކަމެވެ. މޫނުތަންތަން ދުޅަވެފައިވާއިރު މާއީ ކުޑަކޮށް ފަލަކަމަށްވެސް ދައްކައެވެ. ނަމަވެސް މާއީގެ ރީތިކަމަކަށް ކުޑަކޮށްވެސް ބަދަލެއް ނާދެއެވެ.

އެކި މީހުންނާއެކު ފޮޓޯ ނަގަން ތިބި ރާކިންއާ ރާޔާއަށް ދިޔައީ އެތައް ބައެއްގެ ތައުރީފު އޮހެމުންނެވެ. އެހެންނުވާންވީ ފަހެ ކީއްވެ ހެއްޔެވެ. ދެމީހުންވެސް ކައިވެނީގެ އެހެދުމުގައި ނުހަނު ޗާލެވެ. ރާކިން މުށިކުލައިގެ ކޯޓް ފަޓުލޫނުގައި ހުރިއިރު ރާޔާ ހުރީ ހުދުކުލައިގެ ބޮޑޫ ވެޑިން ޑްރެސް އެއް ލާފައިއެވެ. ނުހަނު ބޮޑަށް  ދެމީހުން ވަނީ ކައިވެންޏަށް ތައްޔާރުވެފައިއެވެ. ދެމީހުންގެ މޫނުމަތީގައިވެސް އުފާވެރި ހިނިތުންވުމެއް ކުޅެލާފައިވީއިރު އެމީހުން އިންތިޒާރު ކުރިދުވަސް ހަގީގަތަކަށް ވުމުންވެސް ތިބީ ނުހަނު އުފާވެފައިއެވެ.

އެންމެން އެއްކޮށް ފޮޓޯ ނަގައި ނިންމާފައި ގެޔާ ދިމާލަށް ހިނގައިގަންނަން އުޅުނު މާއީއަށް ހުއްޓުން އެރީ އޭނާގެ ބަނޑަށް އެރި ތޫނު ތަދުގެ ސަބަބުންނެވެ. ކައިރީގައި ހުރި އިކާލްވެސް ސިހިފައި މާއީގެ ކައިރި ބަލައިލީ މާއީ މާ ބާރަށް އޭނާ އާ ދިމާލަށް ބަަލައިލުމުންނެވެ. މާއީއަށް ބަނޑަށް އެރި ތަދާއެކީ ތިރިވެވުނިއިރު އިކާލްއަށް މާއީގެ ގައިގައި ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. ރާކިން އާއި ފާއިޒްގެ އެހީތެރިކަމާއިއެކު އިކާލްއަށް މާއީ ކާރަކަށް ލައިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު ފަހަތުން އެހެން ކާރުތަކުގައި މުފިދާމެން އަންނަމުން ދިޔައެވެ.

***

ވިހައި ކޮޓަރީގެ ދޮރު ކަިއރީގައި ހުރެ އިކާލް އަށް ދެފަރާތަށް ހިނގެމުން އިންތިޒާރު ކުރެވެމުން ދިޔައީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވޭނޭ އިރަކަށެވެ. އިރާދާމެން އެންމެން އެތަނަށް އައިސްފައިވާއިރު އެމީހުން ތިބީ އެތަނުން ގޮޑީއެއްގައި އިށީންދެލައިގެންނެވެ. ރާޔާއާއި ރާކިންވެސް އެތަނަށް އައިސްފާވާއިރު ދީނާވެސް އޭނާގެ ދެކުދިން ގޮވައިގެން އައިސް އެތަނުގައި ހުއްޓެވެ.

އިކާލްއަށް ސިހިފައި އިރާދާގެ ކައިރި އަދި މުފީދާގެ ކައިރިވެސް ބަލައިލެވުނީ ކުޑަކުއްޖެއް ރޯލި އަޑު އިވުމުންނެވެ. އެއާއިއެކު އިކާލްގެ ހިތް އެކުއްޖާއަށްޓކައި ފުރިގެން ބަންޑުން ދިޔައެވެ. ހަމައެވަގުތު ނަރުސްކުއްޖާ ނުކުންނާނެ އިރަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ. މުފީދާއާއި އިރާދާވެސް އިނީ ހަމަ އެފަދަ ހާލެއްގައިއެވެ. އެންމެންވެސް ކުއްޖާގެ މޫނު ބަލައިލަން ކެތް މަދުވެފައިވީ އިންތިހާއަށެވެ.

”މަރުހަބާ. ފިރިހެން ކުއްޖެއް.” ނަރުސް ކުއްޖާ އިކާލްގެ އަތަށް ލައިދެމުން ބުނެލިއެވެ. މުފީދާއާއި އިރާދާވެސް އަވަސް ހިނގުމެއްގައި އައިސް ކުއްޖާއަށް ބަލައިލިއެވެ.

”މާޝާﷲ. ހީވަނީ ހަމަ އިކާލް ހެން. ލޯބިލޯބި ފުއްކޮޅެއް.” މުފީދާއަށް އހެން ބުނެލެވުނީ ފެންކަޅިވެފައިވި ދެލޮލުންނެވެ. ހަގީގަތުގައިވެސް އިކާލްގެ ދަރިފުޅު ވައްތަރީ އިކާލްއާއެވެ. އެންމެންގެ މޫނުމަތީގައި ވެސް އުފާވެރިކަން ވީއިރު އެކުއްޖާ ފެނިފައި އެތައް ބައެއްގެ ލޯތައް ކަރުނުން ފުރުނެވެ.

އިކާލް ފަރިފުޅު އުރާލައިގެން ގޮސް މާއީގެ ގާތުގައި ދަރިފުޅު ބާއްވާލިއެވެ. ދަރިފުޅު ފެނުމާއިއެކު މާއީގެ ހިތްވެސް ލޯބިން ފުރުނެވެ. އަދި ދެލޯވެސް ކަރުނުން ފުރިގެން އައެވެ. ”މާއީ. މިއަދު އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ. އަހަރެމެންގެ މިދަރިފުޅާށް ކިޔަންވާނީ މިކްޔަލް. މިކްޔަލް އިކާލް” އިކާލް ދަރިފުޅު ނަގައި އުރާލާފައި ދޮނެއް ދިނެވެ. އެމަންޒަރު ބަލަން މާއީވެސް އޮތީ ހިނިތުންވެލައިގެންނެވެ.

”އާން ބައްޕީ. ވަރަށް ރީތި ތި ނަން. މިކްޔަލް.” މާއީ އިކާލްގެ އަތުގައި ހިފާލައިގެން އިނެ ބުނެލިއެވެ. ދެމީހުންނަށް ވެސް ހީވަނީ ދެއީދު އެއްފަހަރާ އައިސްގެން އުޅޭ ހެންނެވެ. މުޅިއެތަނަށްވެސް ވަނީ އެކަހަލަ އުފާވެރިކަމެއް އައިހެވެ. އުފާނުވާ އެކަކު ވެސް ނެތެވެ.

~ ނިމުނީ ~

 

 

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ވަމޭ ގާތުގައި 13

Next

ބުނަން ބޭނުމޭ 1

Next
January 12, 2020

ބުނަން ބޭނުމޭ 1

Previews
January 12, 2020

ވަމޭ ގާތުގައި 13

34 Comments!

  1. ☕Coffee☕ says:
    January 12, 2020 at 9:57 am

    ‏‎مشاء الله❤️❤️❤️❤️❤️❤️?????????????????????????? Varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah reethi mi vaahaka ❤️❤️❤️??????????????

    1. ?Nafu✨ says:
      March 14, 2020 at 12:29 pm

      thanks dear

  2. ~señorita~ says:
    January 12, 2020 at 12:23 pm

    Wooow Hama habeys . Varah reethi vaahaka ninmaali goih . Hama varah reethi . Mi vaahakaige dhevana season onnaanetha . Adhives continue kohfiyaa varah reethi vaane

    1. Shawnnnnn❤ says:
      January 12, 2020 at 7:33 pm

      umm yahhh, emeehun ge kids bodhethi kohfa 2nd season genaiima k vrne. plxx plxxx dhevana season eh genesdheythi nafuuuuuuu

    2. ?Nafu✨ says:
      March 14, 2020 at 12:30 pm

      thanks dear.. ya i will try..

  3. ~señorita~ says:
    January 12, 2020 at 12:24 pm

    Mee first . ❤️❤️❤️♥️❤️♥️❤️♥️♥️♥️♥️❤️♥️♥️❤️♥️♥️♥️❤️♥️❤️❤️♥️❤️♥️❤️♥️♥️❤️?❤️?❤️?❤️❤️??❤️?❤️?❤️?????????????????????????????????????????????????❤️❤️?❤️?❤️?♥️?♥️♥️?????????????????????????????????????????????????????♥️♥️???????????????????????????♥️??♥️?♥️????????????????????????♥️?♥️?♥️?♥️???????????????????????????????????????????????????????????????????????????????????????????????????????????????????♥️?♥️???????????????????????????????????????????????

    1. ?Nafu✨ says:
      March 14, 2020 at 12:31 pm

      yes ur first.. congratulation..

  4. ~señorita~ says:
    January 13, 2020 at 5:49 am

    Hey you Shawn mendes. Want to sing señorita with me

    I love it when you call me señorita

    1. Shawnnnnn❤ says:
      January 14, 2020 at 4:44 pm

      Shawn noolhen thi lava kiyaakah. Hama ekani camilla ehkoh kiyan beynumoooo

  5. Kylie says:
    January 13, 2020 at 4:02 pm

    Maasha allah v reethi story ge fahu part vx….. Ummeedhu kuran Nafu ge new stories Mi site in fennaane kamah…… Nd Keep it up igey sis…..

  6. FLOWER says:
    January 17, 2020 at 10:19 am

    masha allah. varah rythi vaahaka eh mee.. hama habbu. nimun vs varah rythi. dhn senorita bunihen second season eh nerunyma varah rythi vaane. nafuge ehn story thah mi site in fennaane kamah unmeedhu kuran.. lysm

    1. ~señorita~ says:
      January 18, 2020 at 9:40 pm

      Awwwwwwwwn thnx

  7. queen.. says:
    January 17, 2020 at 10:20 am

    wwow.. vr vr vr vr vr vr vr vr vr vr vr vr salhi vaahaka eh. nimun vs hama ehaaa furihama. nafuge ehn story akah inthizaarugai..

  8. kpop grl says:
    January 17, 2020 at 10:21 am

    awwn. haadha ryhchey. nafu second season eh genes dhehchey. hama vr salhi ko thi ninmaaly vs.

  9. shakuvaa says:
    January 17, 2020 at 10:23 am

    nafu. dhevana seasoneh genesdheythi. eyrun adhi vr rythi vaane. shakuvaa vr beynun myge dhevana seasoneh annan. nafuge faraathun unmeedhu kuran mi kanthah kohdheyne kamah. lysm

    1. 0000 says:
      January 17, 2020 at 10:24 am

      ebuny thedheh nafu. aharen vs beynun dhevana season eh kiyaalan. ekudhin bodethi kohfa.

  10. kiya says:
    January 18, 2020 at 7:22 am

    maasha allah. vr furihama vaahaka eh. nafuge faraathun ehn vaahaka akah inthizaaru kuran.. unmeedhu kuran vr avahah fennaane kamah..

  11. މަލާކް says:
    January 18, 2020 at 7:24 am

    މާޝާ ﷲ. ނަފު. ވަރަށް ރީތި ވާހަކަ އެއް މީ. ހަމަ ހަބޭސް. ނަފުގެ ހުރިހާ ވާހަކައެއްވެސް ވަރަށް ވަރށް ވަރަށް ވަރަށް ވަރަށް ވަރަށް ފުރިހަމަ. ވަރަށް ސަޅި. މި ވާހަކަވެސް ނިންމާލި ގޮތް ވަރަށް ރީތި. ނަފޫގެ އެހެން ވާހަކައަކަށް އެބަ އިންތިޒާރު ކުރަން. އަވަހަށް ގެނެއްދެއްޗޭ.

  12. LOTUS says:
    January 18, 2020 at 7:26 am

    NAFU. THIS STORY IS AMAZING. ENDING US VERY BEAUTIFUL. I FEEL LIKE I’M INSIDE THE STORY. LIKE DIVING. MASHA ALLAH. YOU ARE VERY TALENTED. AWWWN. NAFU GE EHN STORY EHGE INTHIZAARUGAI.. 🙂 🙂 🙂 🙂

  13. comment says:
    January 18, 2020 at 7:28 am

    comment nafuge story ah varah dhuvaskohlaafa dhw mi comment kohly. ekam hama baraabarah kiyan ingey. vr rythi mi vaahaka vs. hama habbu. kon irakun dhn ehn vaahaka eh liyan fashany??

  14. disgusting says:
    January 18, 2020 at 7:29 am

    enme part ekey bunefa thin part up kohlaafa. ekam vs vaahaka vr salhi. hehe..

  15. cutie pie:) :) says:
    January 18, 2020 at 7:29 am

    salhi vaahaka eh

  16. ehn vaahaka eh pls says:
    January 18, 2020 at 7:30 am

    ehn vaahaka eh pls

  17. nafuge fan eh says:
    January 18, 2020 at 7:31 am

    owwwwwwwwwn. haaaaadha haaa ryhcheyyyyyyy….. saaaaabaheyyyyyyyyyy nafuuuuuu. thigothugawiiiiiiii kuriwah dheyyyyyyyyyyyyyy. hama habeyssssssssss. lysmmmmmmmmmmmmmmmmmmm

  18. hsbcue says:
    January 18, 2020 at 7:32 am

    masha allah

  19. rishana says:
    January 19, 2020 at 7:13 am

    wow.. amazing

  20. naaz says:
    January 19, 2020 at 7:14 am

    rythi vr. ehn story akah inthizaarugai

  21. ifoo says:
    January 19, 2020 at 7:16 am

    second season nereythi nafu ingey. … vr rythi vaane eyrun

  22. Esherr says:
    January 20, 2020 at 11:22 pm

    Vrh reethi?❤

  23. aaf says:
    January 22, 2020 at 7:41 am

    nafu. adhi mikiyaalevuny story. and this story is awesome. masha allah. i’m waitinf dor ur nxt story ah ingey.. lysm

  24. ފާތުމަ says:
    January 22, 2020 at 7:42 am

    ވަރަށް ސަަޅި ވާހަކައެއް. ކޮނ އިރަކުން ދެން އެހެން ވާހަކައެއް ލިޔަން ފަށަނީ؟

  25. supporter says:
    January 22, 2020 at 7:45 am

    masha allah. mee varah salhi vaahaka eh. sifakurun thah vs varah furihama. adhi ibaaraaii kururn vs hama habeys. adhi vs nafu ge faraathun mi kahala rythi vaahaka thakeh fennaane kamah unmeedhu kuran. adhivs ehfaharu varah rythi. hama habbu ingey. masha allah. thy hama best. ur very talented. masha allah.

  26. 0000 says:
    January 22, 2020 at 7:46 am

    comment thakah reply nudheny keehve hey?????????????

  27. nujehey bunaakah says:
    August 7, 2020 at 2:58 pm

    Balaa belumuga e balany Babrah kameh Madun kameh engeyne tha??

Comments are closed.



All Right Reserved!